Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 25

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
July 19, 2018 7 Mins Read
21 Comments

ކެބިންގެ ދޮރު ހުޅުވުނު އަޑަށް ޔޫހާން އާއި އޭނަގެ އަތުތެރޭގައި އޮތް ނައުރީންއަށް އެދިމާލަށް ބަލާލެވުނެވެ. ކެބިންގެ ދޮރު ހުޅުވައިގެން އެދެ މީހުނަށް ނަޒަރު ހުއްޓާލައިގެން ހުރި އައިލީން ފެނި ޔޫހާންގެ ދެ ލޯ ބޮޑުވިއެވެ. ނައުރީންގެ މޫނު މަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އަވަސް އަވަހަށް ޔޫހާން ނައުރީން އާ ދުރުވެލިއެވެ. އައިލީން އެއްވެސް އެއްޗެއް ބުނުމެއްނެތި ކެބިންގެ ތެރެއަށް ވަނެވެ. އޭނަގެ މޫނު މަތީގައިވި އަސަރުތައް ދެނެގަންނާކަށް ޔޫހާންއަކަށް ނޭނގުނެވެ. ” އައިލީ… ލިސެން ޓު މީ… އައިލީ ތި ހީކުރާ ކަހަލަ ކަމެއް ނޫން މީ… ” އައިލީން އެތެރެއަށް ވަދުމާއެކު ހާސްވެފައިހުރެ ޔޫހާން ބުންޏެވެ. ” އެހެންތަ… ތިހެންޏާ ދަނީ… ” އައިލީން އެހެން ބުނުމަށްފަހު ޔޫހާންއަށް ފަސްދީފާ ކެބިން އިން ނިކުންނަން ހިނގައިގަތެވެ. ”އައިލީ… ޕްލީޒް ވެއިޓް… އަހަރެން މި ބުނީނު އައިލީ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ މީ… ލިސެން ޓު މީ… ” އައިލީން ފަސް އެނބުރި ދާން ހިނގައިގަން ތަނާ ޔޫހާން އޭނަގެ އަތުގައި ހިފަމުން ބުނެލިއެވެ. އައިލީން ޔޫހާން އާ ކުރިމަތިލިއެވެ. ޔޫހާންގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން އައިލީންއަކަށް ހިނިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނައަށް ބާރަށް ހެވެން ފެށުނެވެ. އައިލީން ހޭން ފެށުމުން ޔޫހާން ހުރީ ވާނުވާ ނޭނގިފައެވެ. ހައިރާންވެފައި އައިލީންގެ ހަރަކާތްތަކަށް ބަލަން ހުރެވުނީއެވެ. ” އައިލީ… ވައި އާ ޔޫ ލާފިން… ” ކުޑަކޮށް ނުރުހުންވެފައި ހުރެ ޔޫހާން އެހެން ބުނުމާއެކު ވަގުތުން އައިލީންގެ ހުނުން ހުއްޓުނެވެ. އޭރު ހުރީ އޭނަ ހީހީ ވަރުބަލި ވެފައެވެ. ފަހަތުގައި ހުރި ނައުރީންވެސް ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ.                                     ޖޯލިފަތިން ޖޯއްޔެއްގައި އިށީންދެލައިގެން ތިބި އިފާން އާއި ރިފްޝާގެ މޫނު މަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އެދެ މީހުންގެ ކުރިމަތީގައި ހިނިތުންވެލައިގެން މާޝާ ހުއްޓެވެ. މާޝާ އާއި އޭނަ އާއި ދެމެދު ރަސްފަންނުގައި ހިނގާ ދިޔަ ހާދިސާ ހަނދާންވުމުން އިފާން އޭނަގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ރިފްޝާ ސުވާލުން ފުރިގެންވީ ނަޒަރަކުން މާޝާއަށް ބަލައިލިއެވެ. ”ފާން… ” މާޝާ މަޑުމައިތިރިކަމާއެކު އިފާންއަށް ގޮވާލިއެވެ. އިފާން މާޝާއަށް ބަލާލީ ކިހިނެއް ވީހޭ އަހާލާފަދަ ގޮތަކަށެވެ. ” ފާން… އައި ނޯ ފާން އަހަރެންދެކެ ހިތްހަމަނުޖެހިފަކަން ތިއިނީ… ބަޓް… ޕްލީޒް ލިސެން ޓު މީ… އައިމް ސޮރީ ފާން އަހަންނަށް އެރޭ ކަންތައް ކުރެވުން ގޮތުން… އަސްލު ސުކޫލު ދައުރުން ފެށިގެންވެސް އަހަންނަށް ފާން ވަރަށް ކަމުދޭ… އެކަމަކު އެންމެނަކަށް ފުރަތަމަ ލޯބި ކާމިޔާބެއް ނުވާނެތާ ދޯ… އެކަން އަހަރެން ގަބޫލުކުރަން… އެރޭ އެ ހާދިސާ އެއީ ނުވާ ކަމެއް ކަމަށް ދެކިގެން އަހަރެން މިއައީ ފާންގެ އެކުވެރިކަން ބޭނުންވާތީ… އެކަންތައް އަހަރެން ހަނދާން ނައްތާލާފަ އަލުން މި އެކުވެރިކަން ފަށަން… އަހަރެންގެ ސަބަބުން ތި ދެމީހުންގެ ގުޅުމަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިވި… އެކަމަށްޓަކައި އަހަރެން ތި ދެމީހުންގެ ކިބައިން މަޢާފަށް އެދެން… އައިމް ސޮރީ ފާން އެން ރިފޫ… މިހާރު އަހަރެން ބޭނުންވަނީ ރިފޫ އަދި ފާންގެ ރައްޓެއްސެއްގެ ގޮތުގަ ހުންނަން… ” މޫނު މަތިން ހިތާމަވެރިކަން ދައްކަމުން މަޑުމައިތިރި ކަމާއެކު މާޝާ ވާހަކަ ދެއްކިއެވެ. މާޝާގެ މޫނު މަތީގައިވި ހިތާމަވެރި އަސަރުތައް ފެނި އިފާންގެ ހިތުގައި މާޝާއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ”އިޓްސް އޯކޭ މާޝް… އަހަރެންވެސް ގަބޫލުކުރަން އަހަންނަށްވެސް އެރޭ ވާހަކަ ދެއްކުނީ ރަނގަޅަށް ނޫންކަން… އައިމް އޯލްސޯ ސޮރީ… ފްރެންޑްސް… ” މާޝާ އާއި މެދު ހަމްދަރުދީ އުފެދުމުން އިފާން ހިނިތުންވެލަމުން އެހެން ބުނުމަށްފަހު ސަލާމްކުރުމަށް މާޝާއަށް އަތް ދިއްކޮށްލިއެވެ. މާޝާގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާވެސް އުފަލުން ހުރެ އިފާންގެ އަތުގައި ހިފަމުން ސަލާމްކުރިއެވެ. އަދި ރިފްޝާއަށް ސަލާމްކުރުމަށް އަތް ދިއްކޮށްލިއެވެ. ގަދަކަމުން ހިނިތުންވެލަމުން ރިފްޝާ މާޝާ އާއި ސަލާމްކުރިއެވެ. މާޝާގެ ހިތް އެދެ މީހުނަށްޓަކައި ރަނގަޅު ވެދާނެކަމަކަށް ރިފްޝާގެ ހިތެއް ނުބުނެއެވެ. މިކަމުގެ އަޑީގައި މާޝާގެ ކޮންމެވެސް މަގްސަދެއް ވާނެކަމަށް ރިފްޝާގެ ހިތް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ކުޑައިރުކޮޅެއް ވަންދެން އެދެ މީހުނާއި ވާހަކަ ދައްކާލަން ހުރުމަށްް ފަހު މާޝާ އެނބުރި ދާން ހިނގައިގަތީ އޭނަ އާއެކު ރަސްފަންނަށް އައި ރައްޓެހިކުއްޖާ ގޮވާލުމުންނެވެ. އޭރު މާޝާގެ ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ. އޭނާ ބޭނުން ގޮތަށް ދެންމެ ކަންތައް ވުމުން މާޝާ ހުރީ ވަރަށް ހިތްހަމަޖެލާފައެވެ.                                           ވާހަކަ ދައްކަން އުޅުނު އައިލީންއަށް މިފަހަރުވެސް ހެވުނީއެވެ. ޔޫހާން އޭރުވެސް ހައިރާން ކަމާއެކު އައިލީންގެ ހަރަކާތްތައް ބަލަން ހުއްޓެވެ. އައިލީން ހުނުން ހުއްޓާލުމަށްފަހު ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. ” ހެވޭނެ އެއްނު… ތިހިރީ ޔޫހާންގެ މޫނު މައްޗަށް އަރާ ކުލަ… އައި ވޯޒް ޖަސްޓް ކިޑިން… ހެހެހެ… އަސްލު އަހަރެން ހީކުރީ ފިޔަވަޅު އެޅުނު ގޮތަކުން ނޫނީ އެކަހަލަ ކޮންމެވެސް ކަމެއް ދިމާވެގެން އެ ގާލް ވެއްޓެން ދިޔަ ވަގުތު ޔޫހާން އޭނަ ވެއްޓުނަ ނުދީ ހިފެހެއްޓީ ކަމަށް… އެކަމަކު ޔޫހާން ތިބުނީ އަހަރެން ހީކުރާ ގޮތަކަށް ނޫން… ސޯ ދެޓް މީންސް… އައި ވޯޒް ރޯންގް… ” އައިލީން އެހެން ބުނުމާއެކު ޔޫހާން ދެފަރާތަށް ބޯ ހުރާލިއެވެ. ” ތޭންކް ގޯޑް… އައިލީ އަހަރެން މުޅިން ނާވަސްކުރުވައިފި… ނޭނގެނެ އެއްނު އައިލީ ތިހާ ޕޮސިޓިވް ވާނެކަމެއް… އައިލީއަށް ބަލައިލި މީހަކު ހިތަށް އަރާނެ އައިލީ ތިހިރީ ހިތްހަމަނުޖެހިފައޭ… ދެން އަނެއްކާ ދާން ތި ހިނގައިގަތީ… ހާދަ މޮޅޭ އެކްްޓް ކުރަންވެސް… އައިލީ އެކްޓުކުރަން ތިހާ މޮޅުކަމެއް މީގެ ކުރިއަކުން ނޭނގެ… ހެހެހެ… ” ޔޫހާން އައިލީންގެ ދެއަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އެއާއެކު އައިލީންގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ” ޔޫން… ހޫ އީޒް ޝީ… ” ފަހަތުގައި ހުރި ނައުރީންއަކަށް އެ ސުވާލު ނުކޮށެއް އިތުރަކަށް ކެތެއްނުވިއެވެ. ނައުރީންގެ އަޑު އިވުމާއެކު ޔޫހާން އާއި އައިލީން ނައުރީންއަށް ކުރިމަތި ވާގޮތަށް ހުއްޓިލިއެވެ. ” ޝީ އީޒް މައި ގާލް… މައި ލަވް… މައި ހެޕިނެސް… އެން އެވްރިތިން… ” އުފާވެރި މޫނަކާއެކު އައިލީންގެ ކޮނޑުގައި އަތް އަަޅާލުމަށްފަހު އޭނަގެ ގަޔާ ކައިރިކޮށްލަމުން ޔޫހާން ބުނެލިއެވެ. ޔޫހާންގެ އެ ލޯބިވެތި ބަސްތައް އިވިފައި އައިލީންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އައިލީން އޭނަގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ރަނގަޅަށް ބަލައިލިއެވެ. ހަމުގެ ކުލަ އަލިވެފައި ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ކަނޑު ނޫ ކުލައިގެ ބަޓަފްލައި ސްލީވް ޓޮޕްކޮޅަކާއި ކަޅު ކުލައިގެ ސްކިނީއެއް ލައިފައިވީއިރު އަރާފައިވަނީ ކަޅު ކުލައިގެ ހީލްއަކަށެވެ. ގަދަ ފެހި ކުލައިގެ ކަޅިއެއް ލިބިފައިވި ބޮޑު ދެ ލޮލާއި ދިގު އެސްފިޔަތަކުގެ ސަބަބުން އޭނަގެ ރީތިކަން އިތުރު ކޮށްދެއެވެ. މޫނުގައި ވަރަށް ފުރިހަމައަށް މޭކަޕްކޮށްފައިވިއިރު ކަޅު ކުލައިގެ ކޮނޑުން ތަންކޮޅެއް ތިރިއަށް އަންނަން ރާޅު ބާނި އިސްތަށިގަނޑު ވަނީ މެދުން ކަފިކޮށްލުމަށްފަހު މިނިވަންކަމާއެކު ދޫކޮށްލާފައެވެ.                                     އިވުނު ބަސްތަކުގެ ސަބަބުން ނައުރީން ހުރީ ހައިރާންވެފައެވެ. އޭނައަށް ހީވީ އޭނަގެ ބޮލުގައި މީހަކު އެތިފަހަރަކުން ޖެހިހެންނެވެ. ޔޫހާންގެ ހިތުން އެހެން ކުއްޖަކަށް ޖާގަ ދިނީ ހެއްޔެވެ؟ އެފަދަ ވާހަކައެއް އެންމެ ކުޑަ މިނުން ޔޫހާން އޭނަ އާ ހިއްސާވެސް ނުކޮށްލައެވެ. އޭނަގެ ހިތުގެވެރިޔާ ލޯބިވަނީ އެހެން ކުއްޖެއް ދެކެއެވެ. އެންމެ ފަހަރަކު ނަމަވެސް ޔޫހާން ގާތު ލޯބިވާކަން ހާމަކުރެވުނު ނަމައެވެ. ޔޫހާންގެ އެންމެ ފުރަތަމަ ފެނިލުމުންވެސް އޭނަގެ ހިތުން ޔޫހާންއަށް ޚާއްސަ މަގާމެއް ދެވުނެވެ. އެ ރީތި ސޫރަ ނައުރީންގެ ހިތުގައި ބިންވަޅުނެގުނެވެ. އޭނަގެ ލޯބި އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލާކަށް ހަމަހިލާ އޭނައަކަށް ނުހުރެވޭނެއެވެ. މިފަދަ ހިޔާލުތަކަކަށް ގެއްލުފައިހުރި ނައުރީން ސިހުނީ ޔޫހާން އޭނަގެ މޫނު މަތީގައި އަތް ހޫރާލަމުން ވާހަކަ ދެއްކުމުންނެވެ. ” އޯ ހެލޯ ނައު… ” ނައުރީން ގަދަކަމުން ހިނިތުންވެލިއެވެ. ” އަސްލު ޔޫން ނުބުނޭ ވިއްޔަ އެކަހަލަ ވާހަކައެއް… ސޯ އައި ވޯޒް ޝޮކްޑް… ހެހެހެ… ” ލުއި ހީލުމަކާއެކު ނައުރީން ވާހަކަ ދެއްކިއެވެ. ” އާނ ދޯ… ދެން މިހާރު މި ބުނެވުނީތާ… ސޯ މީޓް މައި ޕްރިޓީ ގާލްފްރެންޑް އައިލީން… އައިލީ މީ ނައުރީން… ކުރިން ދުވަހެއްގަ ބުނީމެއްނު ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް މާލެ އައި ވާހަކަ… ޝީ އިޒް ހިސް ޑޯޓާ… ބައްޕަ އެކްސިޑެންޓްވުމުން ހޮސްޕިޓަލަށް ގެންގޮސް ދިނީ ވެސް ނަސީރުބެ… އޭރު އޮޕަރޭޝަން ކޮށްގެން އުޅުނު އިރުވެސް ނައު އާ ނަސީރުބެގެ ހެލްޕް ވަރަށް ލިބުން… ” ޔޫހާން އެކަކު އަނެކަކަށް ތައާރަފުކޮށްދެމުން ބުނެލިއެވެ. ”ނައިސް ޓު މީޓް ޔޫޫ ނައުރީން… ” ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކުރަމުން އައިލީން ނައުރީންއަށް ސަލާމްކުރުމަށް އަތްދިއްކޮށްލިއެވެ. ނައުރީންވެސް ގަދަކަމުން ހިނިތުންވެލިއެވެ. ތިން މީހުންވެސް ކުޑަކޮށް ވާހަކަ ދައްކާލުމަށް ޔޫހާންގެ ކެބިންގައި ހުރި ކަޅު ކުލައިގެ ސޯފާގައި ޖައްސާލިއެވެ.                                               ”ދަރިފުޅާ މާނިއު… މަންމަ އަންނާނަން މި ތަބަށް ޒާހިޔާ ދައްތައަށް ގެންގޮސްދީފަ… މީ ކުރީ ދުވަހު ބޮނޑިބަތް ގެނެސްދިން ތަބަށް… އަދި މި ހަނދާންވީ… ރިޝް ހޯދައިފިއްޔާ ދަރިފުޅު ބުނެލައްޗޭ… ” ކާ ކޮޓަރިން ނިކުން އާފިޔާ ސޯފާގައި ދޮށީ ދަރިފުޅު މާނީ އާއި ހަގު ދަރިފުޅު މާއިޝް އާއެކު ޓީވީ ބަލަން އިން މާނިއުއަށް ހިނިތުންވުމެއް ރައްދުކުރަމުން ބުންޏެވެ. މާނިއު ހިނިތުންވެލަމުން ބޯ ޖަހާލުމުން އާފިޔާ ގެއިން ނިކުތެވެ. ” މާނު… މަންމަ ކޮބާ… ” އާފިޔާ ދިޔަ ތަނާ ކޮޓަރިން ނިކުން ރިޝްފާ ބުނެލިއެވެ. ”މަންމަ ދިޔައީ ޒާހިޔާއްތަ މެން ގެއަށް ތަބަކެއް ދޭން… ” މާނިއު ޖަވާބުގައި ބުންޏެވެ. ރިޝްފާ އޯކޭ އޭ ބުނެ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އިށީނުމަށް ބޭރަށް ނިކުމެލިއެވެ. ބޭރަށް ނިކުމެ ޖޯލީގަ އިށީން ތަނާ އައި ހިޔާލަކުން ކޮޅަށް ތެދުވިއެވެ. އަދި އަވަސް ހިނގުމުގައި ގެއަށް ވަދެގެން ގޮސް އާފިޔާގެ ކޮޓަރިއަށް ވަނެވެ. އޭނާ އެންމެފުރަތަމަވެސް ގޮސް ބެލީ އަލަމާރިއެވެ. އަލަމާރީގެ ހުރިހާ ވަތްގަނޑެއް ބެލިއިރުވެސް އޭނައަކަށް އެ ފޮޓޯ ގަނޑެއް ނުފެނުނެވެ. އެންމެ ފަހުން ބޯ ރަޖާގަނޑުގެ މަތީގައި އޮތް ފޮޓޯ ފޮތް ނަގައި އެ ބަލަން ފެށިއެވެ. އޭގެތެރޭގަވެސް ހުރީ ހަމައެކަނި އޭނަގެ ކުޑަކުޑަ އާއިލާ މީހުންގެ ފޮޓޮއެވެ. އަދި ވެސް އެއީ ރިފްޝާގެ ފޮޓޯގަނޑެއް ކަމަކަށް ރިޝްފާގެ ހިތް އެއްބަހެއްނުވިއެވެ. އޭނާ ބާލީސްތަކުގެ ދަށާއި ޑްރެސިން ޓޭބަލްވެސް ބެލިއެވެ. އެހެނަސް އެތަނުންވެސް ފޮޓޯގަނޑެއް ނުފެނުނެވެ. އެހެންކަމުން އޭނަ އާފިޔާ އަންނަން ވާއިރަށް އަވަސް އަވަހަށް ކޮޓަރިން ނިކުމެ ސިޓިންރޫމު ސޯފާގައި ގޮސް ޖައްސާލިއެވެ.                               ފަނަރަ ވަރަކަށް މިނިޓު ވާހަކަ ދެއްކުމުގައި ނައުރީން އާއި އައިލީންގެ އިތުރުން ޔޫހާން އޭނަގެ ކެބިންގައި ތިއްބެވެ. ” އޯ ނޯ… އަހަރެން ދަނީ އިނގޭ ދެން… އަހަރެންގެ ފްރެންޑެއް އިންނާނެ މިހާރު ލަސްވެފަ… ތިދެ މީހުނާ ދިމާވީމަ ހަނދާންވެސް ނެތުނީ… ހެހެހެ… ހޯޕް ޓު ސީ ޔޫ ޓޫ ލޭޓާ… ” ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ސޯފާއިން ތެދުވަމުން ނައުރީން ބުންޏެވެ. އެހެން ބުނުމަށްފަހު ދެ މީހުނަށްވެސް ހިނިތުންވުމެއް ހަދިޔާކުރަމުން ނައުރީން ކެބިން އިން ނިކުތެވެ. ނައުރީން ދިޔުމާއެކު އައިލީންވެސް ކޮންމެވެސް ތަނަކަށް ދާން ހިނގާށޭ ބުނެ ސޯފާއިން ތެދުވިއެވެ. ކުރިއަށް އެއް ފިޔަވަޅު އަޅާލިތަނާ ފަހަތުގައި ހުރި ޔޫހާން އައިލީންގެ އަތުގައި ހިފާ އޭނައާއިވީ ފަރާތަށް އަނބުރާލިއެވެ. ” އައިލީ… ހަމަ އަސްލުވެސް އައިލީ އެފެނުން މަންޒަރުން ގޯސް މާނައެއް ނުނަގަން ދޯ… ވީ ގޮތަކީ ތިރީގަ އަޅާފަ މިއޮތް ކާޕެޓްގަ ނައު އަޅާއިގަތީ… އެހެންވެ ނައު… ” އައިލީންގެ ކޮނޑުގަ ހިފަހައްޓާލައިގެން ހުރެ ޔޫހާން ބުނެލިއެވެ. ޔޫހާންގެ ވާހަކަ ފުރިހަމަ ނުވީ އައިލީން އޭނަގެ އަނގަ މަތީގައި އަތް އެޅުމުންނެވެ. ” ޔޫހާން… އައި ޓްރަސްޓް ޔޫ… އެހެން ފެނިލާ މަންޒަރަކުން އަދި އަހަރެން ޔޫހާންދެކެ ވާ ލޮއެބަކަށް އެއްވެސް ބަދަލެއް ނާންނާނެ… އަހަންނަށްވެސް އެގޮތަށް ކިތައް ފަހަރު ދިމާވި… އެހެންވީމަ އެހެން މީހަކަށްވެސް ހަމަ އެކަހަލަ ގޮތެއް ވެދާނެ… އެންމެ ފުރަތަމަ ދަތުރު ދިޔަ ދުވަހު… ދެން ވާރެ ތެމުން ދުވަހު… ރަސްރަނި ބަގީޗާއަށް ދިޔަ ދުވަހުވެސް… ” ކުރީގެ ހަނދާންތަކެއް އާކުރަމުން އައިލީން ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ޔޫހާންއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ” ކިހާ ވަރަކަށް އައިލީ އަހަންނަށް އިތުބާރުކުރަން… ” އައިލީންގެ ލޮލާއި ލޯ ސީދާކޮށްލަމުން ޔޫހާން ސުވާލުކުރިއެވެ. ”މޯރް ދޭން މައި ސެލްފް… ” ފުޅާ ހިނިތުންވުމަކާއެކު އައިލީންވެސް ޔޫހާންގެ ލޮލާ ލޯ ސީދާކޮށްލަމުން ބުނެލިއެވެ. ޔޫހާން އޭނަގެ ދެ އަތުން އައިލީންގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން އައިލީންގެ ނިތުގައި ބޮސްދިނެވެ. ބޭއިޚްތިޔާރުގައި އައިލީންއަށް އޭނަގެ ދެ ލޯ މަރާލެވުނެވެ. އޭރުވެސް އޭނަގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއްވިއެވެ. ކެބިންގެ ދޮރު ކުޑަކޮށް ހުޅުވައިގެން އެ މަންޒަަރުތައް ބަލަން ހުރި ނައުރީންގެ ދެ ބުމަ ގޮށްޖެހިފައިވި އިރު އޭނަގެ ދެ ލޮލުން ހީވަނީ އައިލީން ފިއްސާލަފާނެ ހެންނެވެ. އެ ދެ ލޮލުގައި ވަނީ ނަފްރަތެވެ. ” ޔޫހާން އަކީ ހަމައެކަނި އަހަރެންގެ ހައްގެއް… ހަމައެކަނި އަހަރެންގެ ހައްގެއް… އެ ހިތުން ޖާގަ ލިބެން ޖެހޭނީ ހަމައެކަނި އަހަރެންނަށް… ” ނައުރީން އޭނަގެ ހިތާހިތާ ކިޔަމުން ދިޔައެވެ. އެ ދެ މީހުން ނިކުންނަން ވާއިރަށް ނައުރީން އަވަސް އަވަހަށް އޮފީހުން ނިކުތެވެ.                                           އޮފީހުން ނިކުން ނައުރީންގެ މޫނުމަތީގެ ކުލަވަރަކަށް ބަދަލެއް ނާދެއެވެ. ” ހާދަ ލަސްވީ… މަ މިތާ އިނދެ އިނދެ މިހާރު މިހިރަ ހަލާކުވަނީ… ހާދަ އެހެން ކަހަލަ ގޮތައް ތިހުރީ… ރުޅި އައިއްސަތަ… ” ދިނާޖުގެ ކުރިމައްޗަށް އައިސް ހުއްޓުނު ނައުރީންގެ މޫނުގެ ކުލަވަރު ފެނި އޭނާ ބުނެލިއެވެ. ” އާނ… ރުޅި އައިއްސަ…. ވަރަށް ރުޅި އައިއްސަ މިހިރީ… އައި ހޭޓް ހާ…” ދަތްކުނޑި ވިކާލަމުން ނައުރީން ވާހަކަ ދެއްކިއެވެ. ” ކިހިނެއްތަ ވީ ތިހާ ރުޅި އައީ… ” ދިނާޖު ބުނެލިއެވެ. ” މިތާކު ނޫން… ތަންކޮޅެއް ބޯ ހަމަޖެހޭ ތަނަކަށް ހިނގާ… ” މިހެން ބުނެ ދިނާޖުގެ ސައިކަލުގެ ފަހަތަށް ނައުރީން އެރިއެވެ. ނައުރީން އެރުމާއެކު ދިނާޖު ރަސްފަންނުގެ ހިތްގައިމު މާހައުލަށް ދިއުމަށް މިސްރާބު ޖެހިއެވެ.                            ” އައިލަވް ޔޫ އައިލީ… ” ޔޫހާން އައިލީން އާއި ދުރުވެލަމުން ބުންޏެވެ. ” އައި ލަވް ޔޫ ޓޫ ޔޫހާން… ” ޔޫހާންގެ އަޅި ކުލައިގެ އަސަރުގަދަ ދެ ލޮލަށް ގެއްލިފައި ހުރެ އައިލީންވެސް ބުނެލިއެވެ. ޔޫހާން މަޑުމަޑުން އައިލީން އާއި ކައިރިވުމަށް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު އައިލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޔޫހާންގެ ލޮލުން މިހާރު ފެންނަމުން ދަނީ ތަފާތު އަސަރެކެވެ. އޭރު އޭނަގެ ނަޒަރު ސީދާވެފައި ވަނީ އައިލީންގެ ފިޔާތޮށި ކުލައިގެ ފިނިފެންމަލުގެ ފިޔައެއް ފަދަ އެރީތި ދެ ތުންފަތަށެވެ. އައިލީން ފަހަތަށް ހިނގަމުން ގޮސް ހުއްޓެވުނީ މޭޒުގައި ލައްވުމުންނެވެ. ޔޫހާން އޭނަގެ ބާރުގަދަ ދެއަތް މޭޒުގެ ދެ ފަރާތުންގައި އަޅުވާލިއެވެ. ޔޫހާން އެހާ ގާތުގައިވުމުން އައިލީންގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ޔޫހާން މަޑުމަޑުން އައިލީންގެ މޫނާ އޭނަގެ މޫނު ކައިރިކުރަމުން ދިޔައެވެ. ” ރޭގަ ވެސް ދިނީމެއްނު… ސޯ މިއަދަކު ނުލިބޭނެ… ” އެވަގުތު އައިލީން އޭނަގެ ހިމަ ދިގު ޝަހާދަތް އިނގިލި ޔޫހާންގެ ތުންފަތުގައި ޖައްސާލަމުން ބުނެލިއެވެ. އައިލީން އެހެން ބުނެ ޔޫހާން އާ ދުރަށް ޖެހިލިއެވެ. އަދި ކެބިން އިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ޔޫހާން އައިލީންގެ އަތުގައި ހިފާ ދަމާލުމާއެކު އައިލީންގެ ބުރަކަށި ގޮސް ޖެހުނީ ޔޫހާންގެ ތަނަވަސް މޭމަތީގައެވެ. ޔޫހާން އައިލީންގެ ބަނޑުގައި ފަހަތުން ބައްދާލަމުން އައިލީންގެ ދޮން އޮމާން ކޯތާފަތުގައި ބޮސްދިނެވެ. މިފަހަރުވެސް ލިބުނު އަރާމަކުން އައިލީންއަށް ދެލޯ މަރާލެވުނެވެ. ” އައި ވިލް މިސް ޔޫ އަ ލޮޓް މައި ޕްރިޓީ ގާލް.. އަބަދުވެސް އައިލީ ދެކެ ދެގޮތެއް ނުވެ ލޯބި ވާނަން… މިހިތުގަ ދަނީ ދުވަހެއް ދުވަހަކަށް އައިލީ އަށްޓަކައި ލޯބި އިތުރުވަމުން… ލަވް ޔޫ މައި ގާލް… ” ޔޫހާން އައިލީންގެ ކަންފަތް ދަށުގައި މަސްތީ ރާގެއްގައި ބުނެލި ބަސްތަށް އަޑުއިވުމުން އައިލީން އޭނަގެ ދެ ލޯ ހުޅުވާލިއެވެ. ” އައި ވިލް މިސް ޔޫ ޓޫ… އަހަރެންވެސް އަބަދުވެސް ޔޫހާންދެކެ ލޯބި ވާނަން… ޔޫހާންގެ އުފަލަށްޓަކައި ކޮންމެ ކަމެއްވެސް ގުރުބާންކުރަން ތައްޔާރު… އެހާވެސް ލޯބިވަން… ” ރީތި ހިނިތުންވުމަކާއެކު ޔޫހާން އޭނަގެ ބަނޑުގައި ވަށާލައިފައިވި ދެއަތުގެ މަތީގައި އޭނަގެ ދެއަތް ބާއްވަމުން އައިލީން ބުނެލިއެވެ. ދެ މީހުންވެސް އެހެން ހުރެ ލޯ މަރާލި އިރު ދެ މީހުންގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. އެ ދެ މީހުންނަށް ނޭނގުނު ކަމަކީ އެ ހިނިތުންވުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ ދިރިއުޅުމުން ފިލައިގެން ހިނގައިދާނެކަމެވެ. އެދެމެދުގައިވި އިތުބާރާއި ލޯބި ނެތިގެން ހިނގައިދާނެކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ 16

Next

ލޯބި ވީމޭ ސިއްރު ސިއްރުން (14)

Next
July 19, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (14)

Previews
July 18, 2018

ރާސްތާ 16

21 Comments!

  1. Ifoo ifoo says:
    July 19, 2018 at 7:04 pm

    Salaam dear readers ❤️❤️❤️???… Here is the 25th part… Hope all will like this part too… If there is any mistakes please point out that for me so that I can improve… Thankyou so much all ifoo ah thidhey support ah ❤️❤️❤️❤️❤️… N In Sha Allah thikudhinnah kamudhaane kahala 3 boys and 3 girls himeney cover pic eh v avahah fenigendhaane… I will try for that???…

  2. Dolly says:
    July 19, 2018 at 7:57 pm

    Yay me first dhw. BTW varah reethi and beautiful stry this is ??keep it up ifoo

    1. Ifoo ifoo says:
      July 23, 2018 at 4:29 pm

      Dolly ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… I’m so happy that u like my story ❤️❤️❤️???… N yesss dear ur first ???… Congrats dear ❤️❤️❤️…

  3. Naju says:
    July 19, 2018 at 8:35 pm

    Ohh haadha rom ey… This story is osm dear vvvvvvvvvvv nice n interesting… ❤❤❤❤❤ when is next…

    1. Ifoo ifoo says:
      July 23, 2018 at 4:32 pm

      Naju ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… I tried my best rom kohlan… Heheh ???… V v v ufaavehje Naju ah kamudhiyaima ???❤️❤️❤️???… Thankyou so much Naju ifoo ah thidhey support ah ❤️❤️❤️??????… It really means a lot for me ???… Now next part submit kohlaifinn… Keep waiting dear ???…

    2. Naju says:
      July 23, 2018 at 8:37 pm

      Hehehe dear…???

  4. Stry Kiyaa Man says:
    July 19, 2018 at 9:32 pm

    Masha allah.great work.
    Vvv furihama.kihinehba naureen hadhaany. Maybe jinaadh aa dhemeehun vegen kan nyge dhw.kon dhuvahaku next part up vaany.if u can hoanihiru dhuvahu up kohdhen viyy ehnu.waiting waiting.-salaam- ???

    1. Ifoo ifoo says:
      July 23, 2018 at 4:36 pm

      ST Man ❤️❤️❤️… Thankyou so much ??????❤️❤️❤️???… V v v ufaavehje mi part vx kamudhiyaima ???… May be ur right… Let’s see dhw naureen hadhaa gotheh… Thankyou so much for the support ❤️❤️❤️?????????…

  5. Livy says:
    July 19, 2018 at 9:47 pm

    Ifoooo! Soo longgg time dho.. Varah bodah sorry hama comment kollan ulhefa ves nukurevi innany.. ?? But baraabarah hama kiyan and like ves kuran ingey story ❤❤?? and varah varah varah reethi story ??❤❤?? and so romantic ???? but varah biruganey hurihaa kudhin ge life ah ves goas gotheh vaan ulhey hen heevaathy ?? hope to see the next part soon ?? and missed your replies ifoo ? story is amazing ?? Lots of love ?????????

    1. Ifoo ifoo says:
      July 23, 2018 at 4:41 pm

      Awwwwnn ❤️❤️❤️???… Livy ❤️❤️❤️??????… Thankyou so much dear ❤️❤️❤️??????… V v v v ufaavehje comment kohleema ❤️❤️❤️??????… It’s ok dear… Story kiyaalaafa like kohlaakan ingunyma v v v ufaavehje ???❤️❤️❤️… I’m so happy livy ah mi story reethi v ma ❤️❤️❤️???… I miss ur colourful comments too ❤️❤️❤️??????… Once again thankyou so much my dear Livy ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…

  6. maya says:
    July 19, 2018 at 10:30 pm

    alheyyyyyy nooon aili and yoon dhuru kuranthr thi ulheni ifoo..ehen nuhadhahchey,….haadha rom ry vv habeys,,,comment nukuriyas abadhuves kiyan..

    1. Ifoo ifoo says:
      July 23, 2018 at 4:44 pm

      maya ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje dhuvaskolheh fahun vx maya ge comment fenunyma ??????… Story kiyaakan ingunyma I feel so happy ??????… N let’s see what happens… ???…

  7. Afaa says:
    July 20, 2018 at 12:19 am

    Masha Allah. Vv reethi. Bt yoohan r Aileen n Rifsha r ifaan mennah khneh hadhan thiulheni. Loabi loabi kudhin kolhah gotheh vejje ya reader in ves dhera vaane ingey ? ??❤

    1. Ifoo ifoo says:
      July 23, 2018 at 4:46 pm

      Afaa ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje ❤️❤️❤️???… Hehe hehe… Let’s see dhw vaagotheh…

  8. unique says:
    July 20, 2018 at 7:24 pm

    alhey nooooooooooooooooo thihen nuhadhaba dh yoon ashaa ailee ah……. feeling soooo sad for them omg i’ll miss them a lot………. that naureen n maasha are so bad n cheap just hate them they cant ruin anyones life dhw for their happiness they should think about others too

  9. unique says:
    July 20, 2018 at 7:26 pm

    alhey nooooooooooooooooo thihen nuhadhaba dhw yoon ashaa ailee ah……. feeling soooo sad for them omg i’ll miss them a lot………. that naureen n maasha are so bad n cheap just hate them they cant ruin anyones life dhw for their happiness they should think about others too

    1. Ifoo ifoo says:
      July 23, 2018 at 4:48 pm

      Heheh… Unique dear… Let’s see what happens… Yahh… Maasha n naureen dheke ifoo vx foohi vey… Thankyou so much dear unique ❤️❤️❤️????????????…

  10. Shaa says:
    July 21, 2018 at 7:46 pm

    Story v nice❤❤❤keep it up ifoo???ailee n yoon dhurunukurey?????????

    1. Ifoo ifoo says:
      July 23, 2018 at 4:49 pm

      Shaa ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje ???…

  11. Yooha says:
    July 22, 2018 at 1:40 pm

    Oh Shit aharennakah Hiyeh nuvey Aileen and yoohan vakivaa hisaabu kiyaane hiyvareh libeynehen. Anyways mi story feshyneesureh gavaaidhun kiyamun Anna fan eh mi love it.

    1. Ifoo ifoo says:
      July 23, 2018 at 4:53 pm

      Yooha ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje story kiyaakan ingunyma ???… Thanks dear… N kuriah huri parts thah vx kiyahchey… Eyrunthaa ingeynee yoohaan n Aileen dhuruvaakameh ???… Heheh… Thankyou so much dear ❤️❤️❤️?????????… I’m so happy to know that ur a fan of my story ???❤️❤️❤️…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 26←


All Right Reserved!