Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 17

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 19, 2018 5 Mins Read
11 Comments

ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ހުރިހާ ކުލުންތެރިންވެސް ނުތަނަވަސްވިއެވެ. ވާނީވެސް އެހެންތާއެވެ. ރެފްރީ ކަށިގަނޑު ފުމުނީ އިންޑިއާއިން ޖެހި ލަނޑު އެއީ ލަނޑެއް ނޫންކަމަށެވެ. ޗެތްރީ ބޯޅަ ވައްދާލުމުގެ ކުރިން އޮތީ އޭނާގެ އަތުގައި ޖެހިފައެވެ. އެހިސާބުންވެސް ރެފްރީ އޮތީ ފައުލް ދައްކާފައެވެ. އެހެނަސް އެމަންޒަރު ކުޅުންތެރިންނަކަށް ނުފެނުނެވެ. ރެފްރީގެ އެނިންމުމާއެކު ދިވެހިކުޅުންތެރިންގެ މޫނުމަތި އުޖާލާވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ހުރިހާ ކުޅުންތެރިންވެސް ހަމަޖެހިލިއެވެ. އެހެނަސް އިންޑިއާގެ ކުޅުންތެރިން މައްސަލަ ޖައްސަންފެއްޓިއެވެ. ނަމަވެސް ރެފްރީގެ ނިންމުމަކީ ބަދަލު ކުރެވޭ ނިިންމުމެއް ނޫނެވެ.

ދިވެހި ސަޕޯޓަރުން ތިބީ ވާނުވާގައެވެ. ސްކޯބޯޑުގައި ސުމެއް ސުމެއް ހުރިތަން ފެނުމުން ސާޕޯޓަރުންގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ. ވީީކިހިނެއްކަން އެނގުމުން ހުރިހާ ސަޕޯޓަރުން އަޑުގަދަކޮށްލުއެވެ.

ރެފްރީ އެންގުމާއެކު ޗެތްރީ އަތުން ޖެހި ހިސާބުން އަކްމަލް މާއިޒަށް ބޯޅަ ޕާސްކުރިއެވެ. އެއާއެކު މެޗުގެ ކުޅުން އެކީހެން ނިމިގެން ދިޔައެވެ. ދިވެހި ކުޅުންތެރިން އުފާފާޅުކުރިއެވެ.

އިންޑިއާ ކުޅުންތެރިން ތިބީ ރުޅިގަދަވެފައެވެ. އެންމެ ފަހުވަގުތު ލަނޑު ޖެހުމުން އެލަނޑު ބަލައިނުގަތީމައެވެ. ބައެއް ކުޅުންްތެރިންގެ ނުރުހުން ޗެތްރީއަށްް އަމާޒުވަމުން ދިޔައެވެ. ކޯޗުވެސް ހުރީ އޭނާދެކެ ހިތްހަމަ ނުޖެހިފައެވެ.

ޕެނަލްޓީ ޖަހަންދާ އަމިއްލައަށް އިސްނެގުމަށް ކޯޗު އެދުނެވެ. އެންމެ ފުރަތަމަ އިސްނެގީ ނަވީނެވެ. ދެވެނަ ޕެނަލްޓީ ޖަހަން އަހުސަމްއެވެ. ތިންވަނަ ޕެނަލްޓީ ޖަހަން އާރާޝްއެވެ. ހަތަރުވަނަ ޕެނަލްޓީއަށް ޒަޔާންއެވެ. އެންމެ ފަހު ޕެނަލްޓީ ޖަހަން މާއިޒްއެވެ. “ވަރަށް އުފާވެއްޖެ ޒުވާން ކުޅުންތެރިން އިސް ނެގީމަ. ޕެނަލްޓީއަކީ ފިފްޓީ ފިފްޓީއެއް. މިމެޗުން  ބަލިވެގެންދިޔަސް މުޅި ރާއްޖެއިން ތިކުދިންނާމެދު ފަޚުރުވެރިވާނެ. އެކަމު ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރަންވާނީ މޮޅުވޭތޯ. އަކްމަލް ދިސް އިޒް އަ ގުޑް ޗާންސް ޓު ޕްރޫވް ޔުއަރ ސެލްފް. އަދާސް ޓްރްއި ނޮޓް ޓު މިސްއަ ޕެނަލްޓީ. ގްރުޕްރީތް ވަރަށް ވިއެކްވާނެ ކަނާއަތް ފަޅިންޖަހާ ބޯޅަތަކަށް އެހެންވީމަ އެފަޅިއަށް ޖަހައިފިއްޔާ ވަނުމުގެ ޗާންސް ބޮޑުވާނެ. އެންޑް އަކްމަލް ރިމެމްބާ ޓު ޔޫޒް ޔުއަރ ބްރެއިން. ޔޫއަރ އަ ސްމާޓް ޕްލޭޔާ” ހުރިހާ ކުޅުންތެރިން އަތާއަތު ގުޅުވާލުމަށްފަހު މިފަހަރުވެސް މީ އަހަރުމެންގެ ފަހަރޭ އެއް އަޑުން ކިޔާލިއެވެ. ޕެންލްޓީ ޖަހާ ފަސްކުޅުންތެރިންނާއި އަކްމަލްފިޔަވާ ދެންތިބި ކުޅުންތެރިން ބެންޗަށް ދިޔައެވެ.

އެންމެ ފުރަތަމަ ޕެނަލްޓީ ޖަހަންދިޔައީ އިންޑިއާގެ ޑިފެންޑަރު އަރްނަބްއެވެ. އަކްމަލް ޕެންލްޓީއަށް ތައްޔާރުވިއެވެ. ކުޑަކޮށް ދެފަރާތައް ހެލިލިއެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު އަރްނަބް ބޯޅައިގައި މަޑުމަޑުން ޖައްސާލިއެވެ. އެއާކު އަކްމަލް ކަނާއަތް ފަރާތަށް ފުންމާލިއެވެ. ނަމަވެސް ބޯޅަދިޔައީ ވައަތްފަޅިއަށެވެ. ގޯލްރޮނގުގައި ބޯޅައޮއްވައި ފައިންޖަހާ އަކްމަލް ބޯޅަ ބޭރުކޮށްލިއެވެ.

ޕެންލްޓީ ނުބަލަންވެގެން ހުރި މާނީ ލޯހުޅުވާލީ އެންމެންއެކީ ސާބަހޭ ކިޔާ ހަޅޭއްލަވައިގަތުމުންނެވެ. ނަވްޔާއާ އިޝްމާގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ސަބަބުން އެޕެނަލްޓީ ނުވަތްކަން އިނގެނުވެ. އެއާކު ޔޭސްއޭ ކިޔާ އިޝްމާއަދި ނަވްޔާގައިގައި ބައްދާލިއެވެ.

ޕެނަލްޓީ ސަލާމަތްކުރުމަށްފަހު އަކްމަލް އުފާ ފާޅުކުރިއެވެ. ރާއްޖޭ ޕެންލްޓީ ޖަހަން ދަމުން ނަވީންދިޔައީ އަކްމަލްގައިގައި ބައްދާލާފައެވެ.

ބޯޅަކައިރީ ހުރެ ނަވީން ކުޑަކޮށް ފުމުނެވެ. އޭނާގެ ހިތްބާރަށް ތެޅެމުންދިޔައެވެ. މިހާތަނަށް އޭނާ ޖަހާފާ ހުރި އެއްވެސް ޕެންލްޓީއެއް މިސްވެފައެއް ނެތެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު އޭނާ ބޯޅަ ފޮނުވާލިއެވެ. ބޯޅަ ގޯލްގެ މަތީކަނަށްވަނެވެ. ނަވީން ދުވަމުން ގޮސް ކޯޗުގައި ބައްދާލިއެވެ. އަކްމަލްވެސް ސަޕޯޓަރުންނާ ކުރިމަތިލައިގެން ހުރެ އުފާފާޅުކުރިއެވެ.

އިންޑިއާގެ ދެވަނަ ޕެނަލްޓީޖަހަންދިޔައީ ޖޭޖޭއެވެ. ވައަތުފައިން ބާރަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މެދަށެވެ. އަކްމަލް ކަނާއަތް ފަރާތަަށް ފުންމާލުމުން އެބޯޅަ ގޯލްތެރެއަށް ވަދެގެން ދިޔައީއެވެ. އެއާކު އިންޑީއާގެ އަޑުގަދަވިއެވެ.

އަހުސަމްގޮސް ބޯޅަކުރިމަތީ ހުއްޓިލިއެވެ. ރެފްރީ ކަށިގަނޑުފުމުމާއެކު އަހުސަމް ކަނާއަތްފަޅިއަށް ބޯޅަޖެހިއެވެ. ކީޕަރު ރަނގަޅުދިމާއަށް ފުންމާލިއެވެ. ނަމަވެސް ެ އޭނާގެ އަތްދަށުން ލާފައި ގޮސް ބޯޅަގޯލްތެރެއަށްވަނެވެ.

ހުރިހާ އެންމެންނަށްވުރެ ބާރަށް އިސްރާ ހަޅޭއްލަވައިގަތެވެ. ޖެހިގެންއިން ކުއްޖާގައިގައި ބައްދާލިލެއް ބާރުކަމުން އެކުއްޖާހުރީ ނޭވާ ލާންވެސް ދަތިވެފައެވެ.

“ޔޭ ދޮންބެ ގޯލް” އަހުސަމް ޕެނަލްޓީ ވައްދާލުމުން ކުޑަކުޑަ އަންޖަލް އުފާފާޅުކުރަމުންދިޔައެވެ. ބައްތިރީސް ދަތްޕިލަ ފެންނަ ވަރަށް އާލާއާ އައްމާރުވެސް ހެވިފައި ތިއްބެވެ.

އަހުސަމް ދުވެފައި ގޮސް ފަހަރަކު ކުޅުންތެރިއެއްގައިގަ ބައްދާލިއެވެ. އަދި ކެމެރެއާ ދިމާއަށް “ފްލައިން ކިސެއް” ފޮނުވާލިއެވެ.

އާޝިޤް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ގޯލްތެރެއަށްވަނެވެ. އެއާއެކު އިންޑިއާ ޓީމުން އުފާފާޅުކުރިއެވެ. އޭނާވެސް ދުވެފައި ގޮސް ބޯޅަނަގައި އެއަށް ބޮސްދިނެވެ.

އާރާޝް އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ޕެނަލްޓީޖަހަން ދިޔައެވެ. ނިއްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު އޮނަގަނޑުގައި ދެ އަތް ވިއްދާލައިގެން އިންގޮތުން އޭނާ ހީވީ މޮޑެލެއްހެންނެވެ. ދިވެހި ހުރިހާ ސަޕޯޓަރުންގެ ދުލުގައިވީ އާރާޝްގެ ނަމެވެ. ހުރިހާ އެނެމެން އެއް އަޑަކުން “އާރާޝް އާރާޝް” ކިޔަމުން ދިޔައެވެ.

ރެފްރީ ކަށިގަނޑުފުމުން ފުން ނޭވައެއް ދޫކުރުމަށްފަހު އާރާޝް ބޯޅަޖެހިއެވެ. ބޯޅަ އޮޅެމުންގޮސް ވަނީ ގޯލްގެ ކަނާއަތްފަރާތު ކަނަށެވެ. އާރާޝް ދުވަމުން ގޮސް މާނީމެންތިބި ދިމާއަށްދިޔައެވެ. އެއަށްފަހު އެމް ސެލެބްރޭޝަން ހެދިއެވެ.

އިންޑިއާގެ ރަފީގްވެސް ބޯޅަގޯލްތެރެއަށް ފަސޭހަކަމާއެކު ވައްދާލިއެވެ.

ކީޕަރަށް ފުރުސަތެއްނުދީ ޒަޔާން ގޯލްގެ ތިރީކަނަަށް ބޯޅަވައްދާލިއެވެ.

އިންޑިއާގެ ފަސްވަނަ ޕެނަލްޓީޖަހަން ދިޔައީ އެމީހުންގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. އަކްމަލް ވަރަށް ރަނގަޅަށް ޗެތްރީގެ ހަރަކާތްތައް ބަލަމުންދިޔައެވެ. ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ޗެތްރީ ބޯޅަފޮނުވާލިއެވެ. އޭނަ ބޯޅަފޮނުވާލީ ސީދާ ގޯލްގެ މެދަށެވެ. އަކްމަލް ހުރިތާ ހުއްޓިގެންހުރުމުން އޭނާގެ ގައިގައި ޖެހިފައި ބޯޅަ ގޯލަށްނުވަދެ ދަނޑިމަތިން ބޭރަށް ދިޔައިއެވެ.

” އަޅުގަނޑުމެންގެ ޒުވާން ކީޕަރު އާދެ އުމުރުން އެންމެ އަށާރަ އަހަރުގެ ކީޕަރު އަކްމަލްގެ ދެ ސޭވާއެކު ދެހާސް އަށާރަވަނަ އަހަރުގެ ސާފްޗެމްޕިއަން ޝިޕް ދިވެހިރާއްޖެއިން މިއުފުލާލީ” ކޮމެންޓޭޓަރު ވަރަށް ފޯރިއާ ޖޯޝުގައި ކޮމެންޓްރީ ދެމުން ދިޔައެވެ.

މުޅި ދިވެހި ރާއްޖެ އެކީ އެކައްކަށް އުފާ ފާޅުކުރަމުންދިޔައެވެ. ކޮންމެ މީހަކުވެސް އަކްމަލަށް ތައުރީފް ކުރަމުން ދިޔައެވެ.

އޭކިއު ސްކޫލް ހިވަނީ ވައްޓާލަފާނެހެންނެވެ. ހުރިހާ ކުދިންވެސް އަކްމަލަށް ތައުރީފް ކުރަމުން ދިޔައެވެ.

މާނީގެ ލޮލުން އުފާވެރިކަމުގެ ކަރުނަތަށް ފައިބަމުން ދިޔައެވެ. އޭނަ ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ވީއެވެ. އަދި އެވެސް އޭނާގެ ދޮންބެގެ ހިއްސާއާ އެއްކޮށެވެ.

ނަވްޔާއަށް ހިތާހިތުން އޭނާގެ ދޮންބެގެ ކުޅުމަށް ތައުރީފް ކުރެވުނެވެ.

އިޝްމާ ހުރީ ބުނާނެ އެއްޗެށް ނޭންގިފައެވެ. އަކްމަލްގެ ހުނަރު ފެނިފައި ކޮސްވެފައެވެ. މިއަދު މުޅި ރާއްޖެވެސް އަކްމަލްއާ މެދު އެވަނީ ފަޚުރުވެރިވެފައެވެ. އޭނާ ބޭނުންވަނީ މިހާރުން މިހާރަށް ގޮސް އަކަމަލްގެ ގައިގަ ބައްދާލާށެވެ.

ރައުފާ ލޮލުން ކަރުނަ ފުހޭ ހާލު ތަރުހީބުދެމުން ދިޔައެވެ. އޭނާގެ ދަރިފުޅު ފުޓްބޯޅަކުޅުން މާނާ ނުކޮށް އެދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ދެވުނީތީވެ އޭނާ މިއަދު އުފާވިއެވެ. ކިޔެވުމުގެ ރޮނގުން އޭނާގެ ހަގުދަރިފުޅު އޭނާ ފަޚުރުވެރިކޮށްދީފިއެވެ. މިއަދު އޭނާގެ ދޮށީ ދަރިފުޅު ކުޅިވަރުން މުޅި ޤައުމު އެވަނީ ފަޚުރުވެރި ކޮށްދީފައެވެ. އޭނާގެ ދެކުދިންނަށްޓަކައި އޭނާގެ ހިތް އުފަލުން ފުރުނެވެ.

ފިރިހިނެއް ކަމަކު ދާނިޝްގެ ލޮލުންވެސް ކަރުނައަނަންމުން ދިޔައެވެ. އޭނާގެ ދަރިފުޅާމެދު ފަޚުރުވެރިވިއެވެ.

ހުރިހާ ކުޅުންތެރިން އެއްފަހަރާ ގޮސް އަކްމަލް ގަޔަށް އަރާގަތެވެ. އޭނާ ނޭވާލާނެ ފުރުސަތެއްވެސް ނުދެއެވެ. ފަހަރަކި ކުޅުންތެރިއަކު އޭނާގެ އިސްތަށިގަނޑުގައި ހިފާ ދެމިއެވެ. ކޯޗުވެސް އައިސް އޭނާގައި ބައްދަބައްދާފައު އުޅުނެވެ.

އިންޑިއާ ކުޅުންތެރިން ދަނޑުމަތީގައި މާޔޫސީކަމާއެކު ތިއްބެވެ. އެއްބައި ކުޅުންތެރިން ގިސްލަގިސްލައިފައި ރޮމުން ދިޔައެވެ. އަނެއްބައި ކުޅުންތެރިން ލޮލުން ކަރުނަފައިބައި ހާލު ދަނޑުމަތީގައި އިށީންދެގެން ތިއްބެވެ.

ކުޅުންތެރިންގެ ކިބައިން ސަލާމަތްވެގެން އަކްމަލް ދިޔަ ގޮތަށް ގޮސް ދާނިޝް އަދި ރައުފާގައިގައި އޮޅުލައިގަތެވެ. އެއާއެކު އޭނާގެ ބަޑިފަޅައިގެން ދިޔައެވެ. ކުޑަކުއްޖެއް ފަދައިން ގިސްލާފައި އޭނާރޮމުން ދިޔައެވެ. “ދަރިފުޅު މޮޅުވީމަވެސް ރޮނީތަ؟” ރައުފާ އަކްމަލްގެ ބޮލުގައި ފިރުމާލަަމުން ބުނެލިއެވެ. ކައިރީގައި މަންޒަރު ބަލަންހުރި އިޝްމާގެ ހިތްހީވީ ފަޅައިގެން ގޮސްދާނެހެންނެވެ.

މާނީ ދުވެފައި ދިޔަ ގޮތަށް ގޮސް މާއިޒްގައިގައި ބައްދާލިއެވެ. “ދޮންބޭ އައި ލަވް ޔޫ ޔޫ އާދަ ބެސްޓް ބްރަދާ އިން ދި ވޯލްޑް” މާނީ އުފަލުން ގޮސް ކިޔޭ ނުކިޔޭ އެއްޗެށް ނޭންގެއެވެ. މާއިޒްގައިން ދޫކޮށްލުމަށްފަހު އޭނާ އާރާޝްގާތަށް ދިޔައެވެ. އޭރު އާރާޝްހުރީ އާފްރާގާތުއެވެ. އަފްރާ އާރާޝްގައިގައި ބައްދާލާފައި ނިއްކުރީގައި ބޮސްދިނެވެ. މާނީ އާރާޝްގާތަށް ގޮސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އޭނާ ހުރީ ކިޔާނީކީކޭ ކަމެއް ނޭންގިފައެވެ އެހާ ދުވަސް ކޮށްފައި އަރާޝްގެ މޫނު ފެނުމުން ހިތަށް ނޭންގޭ ގޮތްތަކެއްވަމުން ދިޔައެވެ.

އާރާޝްވެސް މާނީއަށް ހިނިތުންވުމެއް ހަދިޔާކުރުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ. “ދޮންބެ މޮޅުވީ. އަޝްކޮގެ ޓޫ ދޮންބެވެސް ކޮއްކޮ ވަރަަށް މިސްވި އާރާޝް ދޮންބެ މަތިން” ކުޑަކުޑަ އަޝްވާ އައިސް އާރާޝްގާތު ބުންޏެވެ. އެހެންހޭ ކިޔާ އާރާޝް އަޝްވާ އުރާލިއެވެ. “މާއިޒް ދޮންބެމަތިން މިސްއެއް ނުވޭތަ؟” މާއިޒް އެހެން އަހާލުމުން އަޝްވާ ނޫނެކޭ ބުނެ ދެފަރާތަށް ބޯހުރުވާލިއެވެ. އަދި މާއިޒްގާތަށް ދާން އަތްދިއްކޮށްލިއެވެ.

ވަރަށް ހިތްވަަރުކޮށްފައި އަރްޝާދް އާރާޝްގާތަށް ދާން ހިނގައިގަތެވެ.

މީހެއް ކޮނޑުގައި އަތްއަޅުވާލިހެން ހީވެގެން އާރާޝް އެނބުރުނެވެ. އެއާއެކު އެމީހާ އޭނާ އެމީހާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ” އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ ސަން” އެމީހާ އެހެން ބުނުމާއެކު އާރާޝް އެމީހާގެ މޫނަށް ބަލާލިއެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ބޮޑުހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ކާމިޔާބީ ހިއްސާކުރަން ބޭނުންވާ ހުރިހާއެންމެން މިހާރު އެތިބީ އޭނާ ގާތުއެވެ. ކުޑައިރު މަންމަގެ އިތުރުން އަބަދުވެސް އޭނާއާކޮށް ވީ މީހާއެވެ. ބައްޕައެއްގެ ލޯބިއޭނާއަށް ދިން ފަރާތެވެ. ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ވިޔަފާރިވެރިޔާ އައްޒާމެވެ. މީހުންގެ ލޮލަށް އޭނާގެ ބައްޕައެވެ. “ބައްޕަ ކޮންއިރަކު މިތަނަށް އައީ؟” “ދެން އަހޫއާ ބައްޕަގެ އާރާޝްކުޅޭ ފައިނަލް މެޗު ބަލަން ނައިސް ހުންނާނެތަ؟ ބައްޕަހުރީ ވީއައިޕީގަ އެހެންވެ ދަރިފުޅަށް ނުފެނުނީ” އައްޒާމް އޭނާހުރީ ކޮންތާކުކަން އާރާޝަށް ބުނެދިނެވެ.

އަރްޝާދްގެ ފިޔަވަޅުތައް ހުއްޓުނީ އައްޒާމްއާ އާރާޝް ފެނިފައެވެ. އައްޒާމް ފެނުމުން އާރާޝްގެ މޫނުނަތީގައި އެވާ ހިނިތުންވުން އޭނާ ފެނުމުން ނުވާނެކަން ޔަގީނެވެ.

އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު ހުރިހާ ކުޅުންތެރިންވެސް ދަނޑަށްއެރިއެވެ. އިނާމުދިނުމުގެ ރަސްމިޔާތު ކުރިއަށްދިޔައިރު ދިވެހި ސަޕޯޓަރުން އެއް އަޑަކުން ކިޔަމުންދިޔައެވެ.

ކުޅެ ފިސާރި ޖޯޝުގައި ކުޅެ ފިސާރި ޖޯޝުގައި

ދިވެހިން މޮޅުވެއްޖެޔޯ މަރުހަބާ މަރުހަބާ ޤައުމީޓީމަށް މަރުހަބާ

މުުޅި ރާއްޖެވެސް އެލަވަ ކިޔަމުންދިޔައެވެ. ގޭއްގޭގެ އަންހެންވެރިން ބޮނޑިބަތްކައްކަން ތައްޔާރުވިއެވެ. ހީވިީ ދެޢީދު އެއްފަހަރާ ލައިގެން އުޅޭހެނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނަވީނެވެ. ތޭވިސް އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ކީޕަރުގެ މަގާމު ލިބުނީ އަކްމަލްއަށެވެ. ރަން ބޫޓު ލިބުނީ އާރާޝްއަށެވެ. ފެއަރ ޕެލޭ ޓީމަކަށް ހޮވުނީ ލަންކާއެވެ.

ރިހި މެޑަލް ދިނުމަށްފަހު ރާއްޖޭކުޅުންތެރިންނަން ރަން މެޑަލް ދެވުނެވެ. އެއަށްފަހު ޓިމުގެ ކެޕްޓަން ނަވީނާ ތަށި ހަވާލުކުރިއެވެ. ތަށި ހަވާލުކުރި ގަޑީ ސަޕޯޓަރުންގެ އަޑު ދަނޑުގައި ގުގުމާލިއެވެ. ކިޔަމުންދިޔަ ލަވަޔަކަށް ބަދަލެއް ނާދެއެވެ.

ހިތް ވަރާ ޖޯޝާންފުރޭ ގުގުމާލި އަޑުތަކުތެރޭ,

ރަން މެޑަލް ކަރަށް މަހައި, ތަށި ދެއަތުކޮޅަށް މިރޭ ދިވެހިން އުފުލާފިޔޯ.

ތަށިއަތަށް ލިބުނު ގަޑީ ހުރިހާ ކުޅުންތެރިންނަށްވެސް ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ.

ރާއްޖޭގެ ޓީވީ ޗެނަލަކުން އެދުމުން އަކްމަލް އާރާާޝްގެ އިތުރުން އަހުސަމް އިންޓަވިއުއެއް ދިނުމަށްޓަކައި ދަނޑުގެ އެއްފަރާތަކަށް ޖެހުނެވެ. އޭރު އެހެން ކުޅުންތެރިން ތަށި ހިފައިގެން ފޮޓޯ ނަގައި އުޅުނެވެ.

“އައްސަލާމް އަލައިކުމް އާދެ މިވަގުތު އަޅުގަނޑު ގާތު ހުއްޓިލައިގެން މިތިބީ މިއަހަރު ސާފް ޗެމްޕިއަން ޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިންތަކެއް މިތިން ކުޅުންތެރިންގެ އުމުރަކީވެސް އެންމެ އަށާރަ އަހަރު. އެންމެ ފުރަތަމަވެސް ތިން ކުދިންނަށް މަރުހަބާ. ކީކޭ ހިތަށް އަރަނީ މިހާރު؟”

އަަކްމަލްއަށް މައިކް ދިއްކޮށްލަމުން އެމީހާ ސުވާލުކުރިއެވެ. “الحمدلله. ވަރަށް އުފާވެއްޖެ މިހާ ޔަންގްއިރު ސާފްގެ ތަށި ނެގުނީމަ” އަކްމަލަކީ އެގޮތަށް އިންޓަވިއުދިން ކުއްޖަކަށް ނުވުމުން އޭނައަށް ކުޑަކޮށް އުނަދަގޫވިއެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ފަޅު ރަށް

Next

އެ ކޮޓަރީގެ ސިއްރު (05)

Next
July 20, 2018

އެ ކޮޓަރީގެ ސިއްރު (05)

Previews
July 19, 2018

ފަޅު ރަށް

11 Comments!

  1. Kiyara says:
    July 19, 2018 at 10:25 pm

    Slm hurihaa kudhin. Miothy mi stryge 17vana part. Mi bayakyvx thikudhin kiyaahivvi bayehkah ummedhu kuramebe.

  2. Yann says:
    July 19, 2018 at 10:40 pm

    hama habeyx ingey kiyara…naseebeh nu raaje molhuvikan….yeyy…..habyx mi part vx

  3. Baby girl ❤ says:
    July 19, 2018 at 11:36 pm

    Yeyy raajje molhu v???……. nd keep doing good work dear …… btw story hama ❤❤❤

    1. baby girl ❤ says:
      July 20, 2018 at 12:16 am

      habeys…

  4. Navii says:
    July 19, 2018 at 11:43 pm

    Wow.. Speech less???.. Love this part so so so much????….. This is one of my favourite story now..?? Raaje molhuvy.. Yey????

  5. Akuu says:
    July 20, 2018 at 4:50 am

    Yess ? Raajje molhuV! Hurray… alhe dhen. mifaharu aslukoh ves ehen waane nama dhw SAFF championship ga.. hehe.. ?? BTW vaahaka ix so amxn! just love itt.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  6. Maya says:
    July 20, 2018 at 11:30 am

    Alhey varah reethi.
    Keep it up dear

  7. Twinkle? says:
    July 20, 2018 at 12:12 pm

    OMG… hama aslu vs champion ah dhaane nama dhw… hama hyvany stadium ga indhevun hn… masha allah stry hama habeys…???⚽⚽⚽

  8. shai says:
    July 20, 2018 at 1:14 pm

    Alhey knirakun tha afra and afreen aee sisters kan engunu gothehge parteh genesdheynee..and aaraash ah arushad ae bappa kan engunu gotheh ves nugenes dhen tha…eyge parteh genesdheeba plx plx

  9. Maya says:
    July 20, 2018 at 3:54 pm

    Engey eyru ves raaje ah kan champion libeyni.. Waasaree vvv habeyyyyyyś???finally u made it guys ⚽⚽⚽⚽⚽⚽⚽

  10. unique says:
    July 21, 2018 at 12:04 am

    yay they won vvv reethi mi partvx……… its just osm kiya thanks a lot

Comments are closed.

Next Episodeރާސްތާ 18←


All Right Reserved!