ސާދަ ފަނަރައިގެ ރޭތަކުގެ ތެރެއިން ރެއެއްކަމުން ހަނދުގެ ޗާލުކަން އުޑުމަތި ބަލއިލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ނަމަވެސް މާލޭގެ “ސިޓީ ލައިޓްސް”ގެ ސަބަބުން އެ ޗާލުކަން މަދު ބަޔަކަށް ނޫނީ އިހުސާސް ނުވާނެއެވެ. އުޑުމަތީގައި އެއްވެސް ވިލާކޮޅެއް ފެންނާކަށް ނެތެވެ. މުޅި ޖައްވު ވަނީ ރީތި ތަރިރަކުން ޖަރީކޮށްފައެވެ. އެއާޕޯރޓުން ނުކުމެގެން އަހަރެން ބޭރުގައި މަޑުކޮށްލީ ޓެކްސީއެއް ފެނޭތޯއެވެ. މީގެ ދިހަ އަހަރު ކުރިން އަހަރެން ދޫކޮށްފަ ދިޔަ މާލެއާ މިރޭ އަހަންނަށް ފެންނަން މިހިރަ މާލޭގެ […]
ހެނދުނުގެ ނާސްތާކުރުމަށް ހިޔާލީގޭގެ ތިން މެމްބަރުންވެސް ތިބީ ހަމަހިމޭންކަމާއި އެކުއެވެ. ސައިބޯން އިށީނދެ ފަސް މިނެޓުވެސް ނުވަނީސް ހަދިޔާ ތެދުވެއްޖެއެވެ. “ދަރިފުޅާ ހާދަ އަވަހަކަށް؟ އަދި މާ މަދު.. އިށީނދެ އަދި ” ހަދިޔާގެ މަންމަ ޒަރީނާ ޝަކުވާކުރިއެވެ. “ތެދެއް ދަރިފުޅު. އަދި އިށީނދޭ.. ތި ކެވުނީ ދެން ކޯންޗެއް؟!” ގާސިމްވެސް ބައިވެރިވެލިއެވެ. ހަދިޔާ އެއްވެސް އެއްޗެއް ބުނާކަށް ނުހަދައެވެ. އޭނާގެ ޖަވާބަކަށްވީ ލުއި ހިނިތުންވުމެކެވެ. އެއީ މިހާރަކަށް އައިސް މިގޭގެ ކާ މޭޒު ދޮށުގެ އާންމު […]
މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި މިއީ “ފޯރިއަރުވާލާ” ވަގުތެވެ. އޮފީހަށް މެންދުރުފަހުގެ ޑިޔުޓީއަށް ދާމީހުންނެވެ. އިސްކޫލަށް ކުދިން ލާންދާ ބެލެނިވެރިންނާއި ބިދޭސީންނެވެ. މިތަނުގައި ގަހެއް ފެންނަން ހުންނަ ދިމާލެއް މަދެވެ. ގަސްތައް ހައްދާފައި ހުއްޓަސް ހުންނަނީ ޕޭމަންޓަށް ހިޔާވާ ގޮތަށް ކަމުން ދުއްވާ އެއްޗެހީގައި އުޅޭ މާލޭގެ އަހުލުވެރީންނަށް މިއީ އަޛާބެއްފަދަ ވަގުތެކެވެ. މެދުމިނުގެ ދުވެއްޔެއްގައި އަހަރެންގެ ސައިކަލު ދުއްވާފައި ދިޔައިރު ދެ ނޭވާ ދޭތެރެއިން ހުއްޓި ހުންނަން ޖެހެނީ މަދެއްކޮށެއް […]
ފާއިޒަކީ އޭނާގެ އުމުރުން އަށް އަހަރުން ފެށިގެން ޔަތީމު ހާލުގައި އުޅެމުން އަންނަ ކުއްޖެކެވެ. އޭނާގެ ބައްޕަ ނިޔާވިތާ ދެ އަހަރު ވީއިރު މިއަދާ ހަމަޔަށްވެސް އޭނާ ބަލަމުން އައީ އޭނާގެ ހިތްވަރުގަދަ ހުވަފަތް މަންމައެވެ. ގޭގެއަށް ގޮސް މަސައްކަތްތައް ކޮށްދީގެން ރުފިޔާ ހޯދައިގެން ފާއިޒުގެ ކިޔެވުމުގެ ހުރިހާ ކަމެއްހެން ހަމަޖެހެނީ ހަމަ ކިރިޔާއެވެ. ފާއިޒަށް ބައްޕައެއް ނެތްކަން އިހުސާސް ވިޔަ ނުދޭން އެ މަންމަ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދިމާފެވައިވާ އެތައް ދަތި ތަކާހުރެ އެ މަންމަ ވަނީ […]
2004ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވައިލި ސުނާމީ ކާރިސާއަކީ އެތައް ދިވެހިންނެއްގެ ހިތްތަކާ ކުޅެލި ބިރުވެރި ކާރިސާއެކެވެ. އެތައް ބަޔަކު އަދިވެސް އެދުވަހުގެ ހަނދާން ކޮށްކޮށްފައި ރޮއެ ހިތާމަ ކުރެއެވެ. އެތައް ބަޔަކު އެދުވަހުގެ ބިރުވެރި ކަމުގެ ތެރެއިން ނަފުސާނީ ބަލީގެ ޝިކާރައަކަށް ވެދިޔައެވެ. ދިރިއުޅުމަށް ކުރި އުއްމީދުތައް ވިއްސި ވިހާލެވިގގެން ދިޔައެވެ. ކުރި ބުރަ މަސައްކަތް ބިމާ ހަމަވެ ބިކަވެ ހާލުގައި ޖެހުނެވެ. އުފަން ރަށް ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރަން ޖެހުނީ މަދު ބަޔަކަށް […]
މާލޭގެ ކާރުބާރު ބޮޑު މާޙައުލެވެ. ހަވީރުގެ ފިންޏެވެ. ނުސާފު ވައެވެ. ގޯޅިގަނޑެއްގެ ތެރެއިން ވަދެވެން އިން “ފަޤީރު” ގެއެކެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން އަހަރެން ހުރީ ދިވެހި ރުކެއްހެން ދެފަރާތައް އަރި އަރިވެލައެވެ. އިރު އިރުކޮޅުން ތިރީގައި ގޮދަޑި މަތީގައި ފިލާވަޅުތައް ދަސްކުރަން އިން އަހަރެންގެ ދިހަ އަހަރުގެ ކޮއްކޮ، ހަނީމް އަހަންނަށް ވައް ކަޅިން ބަލައިލާ ހީލައެވެ. “ފިލާވަޅު އިނގޭ ދަސްކުރާނި! އެހެންނޫނީ ހަމަ މިހާރު މި ގޮވަނީ މަންމައަށް” އަހަރެން ލޯއަޅައިލީ ލޯގަނޑުން ފެންނަން […]
ނޯޓް: މިއީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިޢުކޮށްފައިވާ ވާހަކައެކެވެ. “ދަރިފުޅާ! ދެން ތެދުވޭ. ފަހެއް ޖަހަންވެއްޖެ. މާ ލަސްވަންޏާ ދަރިފު ނުލާ އެމީހުން ފުރާފާނެ އިނގޭ!” އަހަންނަށް ހޭލެވުނީ މަންމަ ދޮރުގައި ޓަކިދެމުން ދިޔަ އަޑަށެވެ. “ތެދުވެއްޖައީމޭ މަންމާ.” ނިދީގެ އަސަރު އެކުލެވިފައިވާ އަޑަކުން އަހަރެން އެހެން ބުނެލީ މަންމަގެ އެ ޓަކިދިނުންތަކައް ހުއްޓުމެއްގެނައުމަށެވެ. މަންމަގެ އަޑު ނުއިވުމުން މަންމަ ދިޔައީ ކަމަށް ބަލައި އަނެއްކާވެސް އަހަރެން އޮށޯތީ ބެޑުގައެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނީ އަހަރެންގެ މޫނަށް މީހަކު ފެންއެއްޗެއް އަޅާލުމުންނެވެ. ސިއްސައިގެން ގޮސް އަހަރެން […]