Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިލޯބި

ދޮންކަމަނަ 4

nim Level 1
July 19, 2018 4 Mins Read
9 Comments

‘ލިލީ ދައްތާ’ ވެޑިން ޑްރެސް ގައިގައި ޖައްސައިގެން ލޯގަނޑުން ފަރިބަލަން ހުރި ލިލީ އަށް ކޮޓަރީގެ ހުޅިވިފައި ހުރި ދޮރުގައި ޓަކިޖަހާލަމުން ފަރީޝާ ގޮވާލިއެވެ. ފަރީޝާ ގޮވާލުމުން ލިލީގެ ފަރިބެލުން ހުއްޓާލައިފައި ކިހިނެއްވީހޭ އަހާކަހަލަ ގޮތަކަށް ފަރީޝާއަށް ބަލައިލިއެވެ. ‘ހައްވައްތަ ބުނެގެން، ލިލީ ދައްތަ ކާން ބަލާ!’ ލިލީއަށް ޖަވާބު ދެމުން ފަރީޝާ ބުންޏެވެ. ‘އޯހް! ކާން ދޯ! އަދި ތިކަން ނެތެއްނު ނުވެފައެއް؟ އާދެބަ އެބަހުއްޓޭ ފަރީއަށް ދައްކަންވެފަ ހުރި މޭކަޕް ސްޓައިލްތަކެއް.’ ވެޑިން ޑްރެސް އެދުމަތީގައި ބާއްވަމުން ފަރީޝާއަށް އެތެރެއަށް އައުމަށް ލިލީ ދައުވަތު ދިނެވެ. ‘ކޮން ލިލީ ދައްތަ އެއްތަ؟ ލިލީ ކިޔާބަ! ދައްތަ ކީމަ މާ ދުރެންނު؟’ ކޮޓަރީގެ ދޮރު ލައްޕާފައި ފަރީޝާ އައިސް އެދުމަތީގައި އިށީނުމުން ލިލީ ބުންޏެވެ. ‘ބަލާބަ މިހިރަ ސްޓައިލްތައް؟’ ފަރީޝާ އަށް ލެޕްޓޮޕް ނަގައި ލިލީ ހޯދައިފައި ހުރި މޭކަޕް ސްޓައިލްތައް ދައްކަން ފެށިއެވެ.

ފަރީޝާ އެގެއަށް އައިފަހުން ލިލީއާއި ވަނީ ވަރަށްގާތް ގުޅުމެއް އުފެދިފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިލީގެ ހުރިހާ ކަމެއްހެން ފަރީޝާ ދަސްކުރިއެވެ. ހުރިހާ ކަމެއްގައިހެން ދެކުދިންގެ ހިޔާލު އެއްގޮތްކަމުން ލިލީއަށް ފަރީޝާ ވަރަށް ކަމުދިއެވެ. ހާއްސަކޮށް ކައިވެނީގެ ކަންތަކުގައި ފަރީޝާ ދެމުންގެންދާ ހިޔާލުތައް ލިލީ އަށް ވަރަށް ކަމުދިޔައެވެ. ލިލީގެ އެއްވެސް ކަމެއް ފަރީޝާގެ ހިޔާލެއް ނެތި ނުހިގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

‘ލިލިއްތަ އަކާ ނުގުޅެއެއްނު މި ސްޓައިލް ތަކެއް’ ފަރީޝާ ލެޕްޓޮޕަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. ‘އާނ! އެނގެއޭ!! ތި މަށަކަށް ނޫނޭ!!’ ‘ކާކަށް!’ ފަރީޝާ ހައިރާންވެފައި ވަރަށް ޝައުޤުވެރިކަމާއެކު ލިލީއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. ‘ތީ މަގޭ މެއިޑް އޮފް އޯނަރ އަށް! ފަރީ އަށް’ ލިލީ ވަރަށް އެގްޒައިޓް ވެލައިފައި ބުންޏެވެ. ލިލީގެ ޖަވާބުން ފަރީޝާއަށް ލިބުނީ އިތުރު ހައިރާންކަމަކާއި ޝޮކެކެވެ. އުފާވެރި ކަމާއެކު ޤަބޫލުކުރަން ދަތި އިހުސާސްތަކެއް ފަރީޝާއަށް އެވަގުތު ކުރުވިއެވެ. ‘ލިލީ ދައް.. އަޅުގަނ..’ ފަރީޝާ އަޅައަޅައިގެންފާ ބުނެވޭތޯ އުޅުނު ޖުމުލަ ލިލީ ފަރީޝާގެ އަނގަމަތީ އަތް އަޅައިފައި ހުއްޓުވިއެވެ. ‘އުހުނ.. މާގިނަ ވާހަކައެއް ދައްކާނެ ކަމެއް ނެތް. މިހާރު އެއީ ނިމިފަ އޮތްކަމެއް އެއްމެންނަށްވެސް އެނގޭނެ. އަޔާންވެސް އޯކޭ. މަމްވެސް އޯކޭ. ފަރީވެސް އޯކޭނުދޯ!’ ލިލީ ފަރީޝާގެ އަނގަމަތީގައި އަތް އަޅައިގެން ހުރެ ވާހަކަ ދެއްކިއެވެ. ފަރީޝާ އެއްބަސް ނުވަނީހެން ލިލީ ދޫ ނުކުރާނެތީ އެއްބަސް ވުމުގެ ގޮތުން ލިލީއަށް ބަލަހައްޓައިގެން ދެލޯބޮޑުކޮށްގެން އިދެ ފަރީޝާ ބޯ ޖަހާލިއެވެ.

…………………………………………………………………………………………………

‘އެވަރު ކަމެކޭތީ! އެއްބަސް ނުވެނިގެން ތިއުޅެނީ!’ ދާނިޔާ ކޮފީއެއްގައި އިނދެ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. މިއަދުވެސް އޭނާ އެއިނީ އޭނާގެ އެންމެ މަޤްބޫލު ރެސްޓޯރެންޓްގައެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އޭނާގެ އަތުން އަބަދުމެ ފެންނަ ސިގިރެޓް ފެންނާކަށް ނެތެވެ.

‘ކާކު ކޮންކަމަކަށް އެއްބަސް ނުވަނީ’ ދާނިޔާ ފޯނު ބޭއްވުމުން ކައިރީގައި އިން އަރީދު ސުވާލު ކުރިއެވެ. އެއީ އަރީދުގެ އާދައެވެ. ދާނިޔާ ބުރޭކް ނަގާ ގަޑިއަށް އަރީދު އެރެސްޓޯރެންޓަށް ކޮންމެދުވަހަކުވެސް އަންނާނެއެވެ. އޭނާގެ ހިތަށް ފިނިކަމެއް ގެނައުމަށެވެ. ކުރީކޮޅު ދާނިޔާއަށް އުދަނގޫވިޔަސް މިހާރު ދާނިޔާއަށް އެއީ މާބޮޑު ކަމެއް ނޫނެވެ. އަރީދު ގެ އެ އުޅުމަށް ދާނިޔާވަނީ ވަޅުކަށްޓަފުޅި ދާންޏަށް ހޭނޭހެން ހޭނިފައެވެ.

‘މި ގޭގެ ވެރިމީހާ. މާ އަވަހަށް ކުލިދޭން ކިޔާތީ. އޭނަ ހަމައަކަށް އަޅުވައިލީ.!’ ދާނިޔާ ގަސްތުގައި ދޮގުހެދިއެވެ. ދާނިޔާ އަސްލު ވާހަކަ ދެއްކީ ފަރީޝާއާއެވެ. ދާނިޔާއާއި ފަރީޝާއާއި ދެމެދު ވެވުނު އެއްބަސްވުމާއި ބެހޭގޮތުންނެވެ. އެކަންތައް އެއްވެސް މީހަކަށް އެނގޭކަން ދާނިޔާ ބޭނުމެއް ނުވެއެވެ.

‘އެހެންތަ؟ ހެލްޕެއް ބޭނުންތަ؟’ ‘ނޫނޭ! އޯކޭވާނެ. އޭނަ ބުނެފި އޯކޭއޭ ފަހުންވިޔަސް’ ދާނިޔާ އަރީދުއަށް ހިނިތުން ވެލަމުން ބުންޏެވެ. ‘އޯހް! ކަމެއް ދަތިކޮށް އުޅެންޏާ މަގޭ މަތިން ހަނދާން ނައްތާ ނުލައްޗެ!’ އަރީދުގެ އެދުމަށް ދާނިޔާ އަނެއްކާވެސް ހިނިތުން ވެލާފައި ބޯޖަހާލިއެވެ. އަރީދު އާއި ދާނިޔާ ދިމާވި ފަހުން ދާނިޔާގެ އާއިލާއަށް ކަމެއް ދަތިވާ ކޮންމެ ފަހަރަކު އަރީދުގެ އެހީތެރިކަން ލިބެއެވެ. ދާނިޔާ ނުބުންޏަސް އަރީދު އެގެއަށް ގޮސް ކަމެއް ގޯސްކޮށް އުޅޭތޯ ހޯދާބަލާނެއެވެ. އަރީދު ހުންނާނީ އެކަހަލަ ފުރުސަތަކަށް ބަލަބަލައެވެ.

‘ތިއެއްނޫނޭ. ކޮބާތަ އެއްކަލަ ދުވަހު މަ ލައްވާ މައުލޫމާތު ހޯދި ސޮރު. އެކަން ކިހާ ހިސާބަކަށްތަ ދިޔައީ.’ އަރީދު ވާހަކައިގެ މައުލޫ ބަދަލުކޮށްލައި ސުވާލު ކޮށްލިއެވެ. އަރީދު ދާނިޔާއަށް އެ މައުލޫމާތު ދިންފަހުން އަރީދުގެ ހިތުގައި ހުންނަނީ އެއްވާނަކަށް ރިއްސާލަ ރިއްސާލައެވެ. އެހެންކަމުން ދާނިޔާ ހަދާ ނުހަދާއެއް ކޮންމެހެންވެސް އަރީދު ބަލަން ބޭނުންވެއެވެ.

‘އެކަންދޯ! އޭގެ ނެތެއްނު ދެން މަ ކުރާނެ ކަމެއް! އެކަން އެއޮތީ ނިމިފައެއްނު. އެހެންނޫނަސް އެއީ ދެން އެހާ ސީރިޔަސް ކޮށް އެހި އެއްޗެއްވެސް ނޫނިއްޔަ!’ ދާނިޔާ ނޫންކަމަށް ހެދެމުން ބުންޏެވެ. ދާނިޔާގެ ވާހަކައިން އަރީދުއަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބުނުކަހަލައެވެ. ހަމަޖެހުމުގެ ފުންނޭވާއެއް ދޫކޮށްލެވުނެވެ.

……………………………………………………………………………………………………………….

ހަމަޖެހިފައިވާ ގޮތަށް ހުކުރު ދުވަހުގެ ހަވީރު 4 ޖެހި އިރު އަޔާން އާއި ލިލީގެ ކައިވެނި ކުރެވިގެން ދިޔައެވެ. އެ ކައިވެނީގެ ހަފްލާވެގެން ދިޔައީ ވަރަށްވެސް ކުލަގަދަ ހަފްލާއަކަށެވެ. އަޔާންގެ އާއިލާއާއި ކުންފުނީގެ މުވައްޒަފުންނާއި ލިލީގެ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިންނާއެކު އެ ކައިވެނީގެ ހަފްލާވެގެންދެޔައީ ބޮޑު ހަފްލާއަކަށެވެ. ކައިވެނީގެ ހުރިހާ ކަމެއްގައިހެން ވަރަށް ހަރަކާތްތެރިކަމާއެކު ފަރީޝާ ބައިވެރިވަމުން ދިޔައެވެ. ލިލީ އެދުނު ފަދައިން މެއިޑް އޮފް އޯނަރ އަކީވެސް ފަރީޝާއެވެ.

ކައިވެނިގެ ހަފްލާ ފެށިގެން ނިމެންދެން ފަރީޝާ ހުރީ ލިލީ ފެންނަ ހިސާބުގައެވެ. ލިލީ ބޭނުންވާ ކުދި ކުދި ކަންތައްތަކުގައި އެހީތެރިވެދީ ދޭތެރެއަކުން ލިލީ ކޮށްފައިވާ މޭކަޕް ރަނގަޅުކޮށްލާދީ ހަދައެވެ. ހަފްލާ ނިމުމުން ލިލީއާއި އަޔާން ނައްޓާލީ އެމީހުން އެރޭ ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށެވެ.

‘އެމީހުން އެ ނައްޓާލީ. ރެޑީގަތަ؟’ އަޔާންއާއި ލިލީ ކާރަށް އަރައި ނައްޓައިލުމުން ފަރީޝާ ފޯނުނަގައި ގުޅައިލަމުން ބުންޏެވެ.

………………………………………………………………………………………………………………..

‘ހާދަ ރީއްޗޭ..’ ކޮޓަރިއަށް ވަދެވުމާއެކު ލިލީގެ އަތުގައި ހިފާ ދަމާލައި ގަޔާއި ކައިރިކޮށްލައި މޫނުގައި ލޯބިކޮށް ފިރުމާލަމުން އަޔާން ބުންޏެވެ. ‘ދެން’ ލިލީ ރަކިވެލައިފައި އަޔާންގެ މެޔާ ލައި ބޮޑިވެގަތެވެ. ‘ވަރަށް ލޯބިވޭ’ ލޯބިން ލިލީގެ ގައިގައި ބައްދާލަމުން އަޔާން ބުންޏެވެ. އަދި ލިލީގެ ޖަންބުކުލައަރާފައިވާ މޫނު ދަތްދޮޅީގައި އަތްޖައްސާލަމުން ހިއްލާލަފައި ނިއްކުރިއަށް ބޮސްދިނެވެ. އޭރު ލިލީގެ ލޯވަނީ މެރިފައެވެ. އޭނާގެ ހިތާއި ނަފްސްވަނީ އަޔާން އާއެކު މަސްތީ ދުނިޔެއަކަށް ދާން ތައްޔާރުވެފައެވެ. އަޔާން ލިލީގެ އެމެރިފައިވާ ދެލޮލަށް ބޮސްދީ ލޯބިކޮށްލިއެވެ. އަދި މަޑު މަޑުން ލުއިގޮތަކަށް ލިލީގެ މަޑުމަޑު ފިޔާތޮށިކުލައަކަށް ފަވާލެފިފައިވާ ތުންފަތަށް ބޮސްދިނެވެ.

މަސްތީ އަރާމެއްގެ ތެރެއަށް ގެއްލެމުން ދިޔަ ލިލީއާއި އަޔާން ސިއްސައިގެން ދިޔައީ ކޮޓަރީގައި މީހަކު ޓަކި ދިން އަޑަށެވެ. ލިލީއަށް ބޭއިހްތިޔާރުގައި އަޔާން ކޮށްޕާލެވުނެވެ. އަޔާން ލިލީގެ ހަރަކާތްހުރިގޮތް ފެނިފައި ހިނިއައެވެ. އަދި ގޮސް ދޮރު ހުޅުވައިލިއެވެ.

‘ފަރީ!’ ދޮރުމަތީގައި ހުރި ފަރީޝާ ފެނިފައި އަޔާން ހައިރާންވެފައި ކިހިނެއްވީހޭ އަހާކަހަލަ ގޮތަކަށް ބުންޏެވެ. ‘ހެދުން’ އަތުގައި ކޮތަޅު ދައްކާލައިފައި ފަރީޝާ ބުންޏެވެ. ‘އޯކޭތަ ވަނަސް؟’ ދޮރުން ބޯ ދިއްކޮށްލައިފައި ފަރީޝާ އަހައިލިއެވެ. އަޔާން އާއެކޭ ބުނުމުން ފަރިޝާ އެތެރެއަށް ވަދެ އަތުގައި އޮތްކޮތަޅު ބެހެއްޓިއެވެ. އަދި ނިކުންނަމުން އެދުމަތީގައި އިށީދެލައިގެން އިން ލިލީއަށް ބަލާލަފައި ލާނެތް ގޮތަކަށް ‘ސޮރީ’ އޭ ބުނެލިއެވެ. ފަރީޝާ ނިކުތުމުން އަޔާން ދޮރުލައްޕާފައި ތަޅުލިއެވެ. އަދި މަސްތީ ގޮތަކަށް ލިލީއަށް ބަލާލައި ލިލީއާއި ދިމާލަށް ދިޔައެވެ.

………………………………………………………………………………………….

‘ކޮންތާކަށް ތިދަނީ؟’ އެދުން ފައިބެގެން ދާން އުޅުނު ލިލީގެ އަތުގައި ހިފައި މަޑުކުރުވަމުން އަޔާން ސުވާލު ކުރިއެވެ. ‘ފެންވަރަން’ އެދުގައި އޮށޯވެ އޮތް އަޔާން ބަލާލަމުން ލިލީ ބުންޏެވެ. ‘މިގަޑިގަ؟ ފިނިވާނު! މާދަން ވަރާނީ!’ އަޔާން ލިލީ ދިޔަނުދޭން މަސައްކަތް ކުރަމުން ބުންޏެވެ. ‘އުހުނ! އިރުކޮޅަކުން ބަންގި ގޮވާނެ’ އަޔާންގެ އަތުން އަތް ދަމައިގަންނަމުން ލިލީ ބުންޏެވެ. ‘އަންނާނަން. އަޔާންވެސް ވާނެ އަހަރެން އައީމަ ދާން’ އަޔާން ބޮލުގައި ފިރުމާލައި ނިތްކުރިއަށް ބޮސްދީފައި ތެދުވެގެން ދަމުން ލިލީ ބުންޏެވެ.

ލިލީ ފާހާނާއަށް ވަދެ ޝަވަރ ދޫކޮށްލިއެވެ. އަދި މާގަނޑުން އޮހެމުން ދިޔަ ފެނުގެ ފިނިހޫނުމިން ހިތްހަމަޖެހޭ ވަރުވުމުން މާގަޑުތެރެއިން ފައިބަމުން ދިޔަ ފެންތަކުގެ ތެރެއަށް ދެމިގަތެވެ. އަދި ލޯމަރާލައި ފުން ހިޔާލެއްގެ ތެރެއަށް ގެބިގެން ދިޔައެވެ. އޭނާގެ ހިޔާލުގައި ވަނީ އެރޭގެ އަރާމާއި މަސްތުން ހިތަށް ލިބުނު ފޮނިކަމެވެ. އެ މަންޒަރުތައް ލިލީގެ ސިކުނޑީގެ ތެރޭގައި އެބުރެމުން ދިޔައެވެ. ހިތަށް ލިބިފައިވަނީ އެތައް ދުވަހެއްގެ އިންތިޒާރު ހަގީގަތަކަށް ވުމުން ބަޔާންކުރަން ދަތި އުފަލެކެވެ. އެ އުފާތައް މެދުކެޑުމެއް ނެތި އަބަދުވެސް ލިބުމަށް އެހިތްގޮވަނީއެވެ. ފެންވެރުން މެދުކަނޑާލައިފައި އެ އުފާތަކަށް އަބުރާ ދިއުމަށް އެހިތް އެދި ގޮވަނީއެވެ.

އެތައް އިރަކު އެމަސްތީ ހިޔާލުތަކަށް ގެއްލިގެން ހުރެފައި ލިލީ ލޯ ހުޅުވައިލިއެވެ. އޭނާއަށް ތިރި ބަލައިލެވުމާއެކު ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. މާގަޑުން ތިރިއަށް ފައިބަމުން ދިޔަ ފެންތައްވަނީ ގަދަރަތްކުލައަކުން ފޭދިފައެވެ. އެ ރަތްކަން ގަދަވަމުން ދިޔައެވެ. ލިލީ އެއީ ކޮންތާކުން އައި ކުލައެއްތޯ ޔަޤީން ކުރެވޭތޯ އުޅުނެވެ. މާގަނޑުން އަންނަނީ ސާފު ފެންކަން ޔަޤީން ވުމުން ލިލީ ފާހާނާގެ ލޯގަނޑު ކުރިމައްޗަށް އެރިއެވެ. އޭރު ލިލީގެ ނޭފަތުންނާއި ކުރިމަތިން ފައިބަމުން ދިޔަ ލޭތަކުން މުޅިމީހާވަނީ ލެއިން ފޯވެފައެވެ. ލިބުނު ސިހުމާއެކު ލިލީ ނޭފަތުން ފައިބަމުން ދިޔަ ލޭތައް ހުއްޓުވޭތޯ އުޅުނެވެ. ހަމައެއާއެކު ލިލީ އަށް ހޮޑުލެވެން ފެށުނެވެ. އެއީ ހޮޑެއްނޫނެވެ. ހުސް ލެއެވެ. އެހުރިހާ ލޭތައް ފެނުމާއެކު ލިލީ ފިކުރު ބޮޑުވެ ހާސްވާން ފެށިއެވެ. މަންޒަރު ފުސްވެ އަނދިރިވާގޮތްވާން ފެށިއެވެ. ދެންވީގޮތެއް ނޭނގި ލިލީ އަރިއަޅާލައިގެން ފާހާނާގެ ތެރެއަށް ވެއްޓުނެވެ.

ނުނިމޭ

Share Article

Follow Me Written By

nim

Level 1

Other Articles

Previous

ކުށަކީ ކޮބާ؟ (6)

Next

ލޯތްބަށްޓަކައި

Next
July 19, 2018

ލޯތްބަށްޓަކައި

Previews
July 19, 2018

ކުށަކީ ކޮބާ؟ (6)

9 Comments!

  1. Unknown girlll.. says:
    July 19, 2018 at 7:34 pm

    V…reethi..ekam thankolheh kuru dhw.. adhi eh part up kohladheveynetha dhoona..???❤❤ luv ya…keep up the good work….

  2. ?Flower girl? says:
    July 19, 2018 at 7:53 pm

    First???

    1. ?Flower girl? says:
      July 19, 2018 at 7:55 pm

      Sorry. Second??

  3. Twinkle? says:
    July 19, 2018 at 9:56 pm

    OMG… kihineh e v???

  4. naash says:
    July 19, 2018 at 10:04 pm

    OMG,,, ebunaahn kihineii e v ????? vvv nice

  5. Baby girl ❤ says:
    July 19, 2018 at 11:45 pm

    Ahanah heevany fareesha eyna ah kwn mess ehcheh boan dhinyhen…..btw story mihaaru kuriah dhaagoy vrh salhi ….???

  6. Roxy says:
    July 20, 2018 at 1:52 pm

    Mg hrdha ehn khla gthekey ev ekm vx buneveyny mi prt hma prfct ey ?? well dne buddy ????

  7. Hash says:
    July 22, 2018 at 3:41 am

    My god… Kihineh e v.. Waiting for next part… Love ya.. Keep up the good work.. ????

  8. Shafiu says:
    July 26, 2018 at 1:46 am

    Kn irakun up kholanee

Comments are closed.


All Right Reserved!