ދުވަހަކީ ވިއްސާރަ ދުވަހެކެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ކެރިގަނޑު ބޯކޮށްލައިފިއެވެ. ވާރެއިން ސަލާމަތްވުމަށްޓަކައި އަހަންނާއި އަަހަރެންގެ އެންމެ ގާތް އެކުވެރިޔާ ހޮސްޕިޓަލުން ނިކުމެ ދުއްވައިގަތީމެވެ. ކުޑައެއް ނުވަތަ ކޯޓެއްވެސް އަހަރުމެން އަތަކު ނެތެވެ. ހޮސްޕިޓަލަށް އައީ ސައިކަލަކު ނޫނެވެ. ދެން އެނބުރިދާން އަރާނެ ސައިކަލެއްވެސް ނުހުންނާނެ ނޫންހެއްޔެވެ. ކާރަކަށްވެސް އެރޭނީ ލާރިއެއް ދެ މީހުން ކުރެ އެކަކުގެ އަތުގައިވެސް އޮވެގެނެއް ނޫންހެއްޔެވެ. އަހަރެމެންގެ އެކުވެރިއެއް ކަމަށްވާ ޝިފާން އެކްސިޑެންޑްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ޒިޔާރަތް ކުރަން އައިއިރު މޫސުން އޮތީ […]
މޭޒުމަތީގައި ދެ ފެންތަށި އޭނާ ބަހައްޓާލިއިރުވެސް އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ މޭޒު ހުންނީ ކުޑަދޮރު ކައިރީގައެވެ. އެހެންކަމުން ކުޑަދޮރުގެ ބިއްލޫރި ގަނޑު ތޮރުފާލާފައި ވަތް އިރުގެ އަލި އަމާނީގެ ދޮން ކަނދުރާއަށް އެޅުމުން އާޝޯޙްވެފައި އަހަންނަށް ހުރެވުނީއެވެ. އަމިއްލަ އިޙްތިޔާރުން ބޭރުގައި އަމާނީއާއި ދިމާލަށް އަހަންނަށް ހިނގައިގަނެވުނެވެ. ފަހަތުން އޭނާ ގައިގައި ބައްދާލާ އެ ކަނދުރާގައި ބޮސްދެވުނެވެ. ހީލިކަރުވައިގަނެގެން ކަހަަލަ ގޮތަކަށް އަމާނީ ތެޅިގަތުމުން އަހަންނަށް މަޖާވިއެވެ. އަނެއްކާވެސް އެކަހަލަ ސަމާސާއެއް ކޮށްލާ ހިއްވިއެވެ. […]
ރޭގަނޑުގެ ވަގުތެވެ. ޖެހިލާ ފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ފުރިހަމަ ހަނދު ރަނިކަން ކުރަމުން ދިޔަ ރެއެއް ނޫންކަމުގައިވިޔަސް އުޑުމަތި ފެންނަނީ ވަރަށް ރީތިކޮށެވެ. ކުދި ކުދި ތަރިތަށް ވިދަމުން ދިޔައީ ހަނދުފަޅި ވަށައެވެ. އެއީ މޫސުން ރީތި ރެއެކެވެ. ޖުމްހޫރީ މައިދާނުގައި ބަހައްޓާަފައި ހުރި ދިވެހި މިނިވަން ދިދައަށް ބަލަައްޓައިގެން ލަމާންއަށް ހުރެވުނީ ކިހާއިރަކު ކަމެއް ޙުދު އޭނާއަކަށް ނޭނގެއެވެ. މިނިވަންކަމާއެކު ވިހުރެމުން ދިޔަ ފެއްސާ ރަތާއި ހުދުގެ ދިދައަށް ނަޒަރު ހުއްޓާލައިގެން ހުރި އިރުުުުު […]
ވިލާތަކު ތެރެއިން ލާފައި ދިޔަ ފްލައިޓް ޖެއްސީ އިނގެރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ “ހީތްރޯ” އެއާރޕޯޓަށެވެ. ފްލައިޓުގެ ދޮރުާށި ދޮށަށް ސިޑި ކައިރިކުރެވުމުން ފުލު ފުލުގައި ޕަސެންޖަރުން ފައިބަން ފެށިއެވެ. މާޔާއަކީ ފްލައިޓުން ފޭބި ޕަސެންޖަރުންގެ ތެރެއިން އެކަކެވެ. އޭނާގެ މަންމަ ޝާމިރާއާއެކު ލަންޑަންގެ ފަސްގަނޑުގައި ފައިޖައްސާލެވުމުން ކުރެވުނީ ތަފާތު އިހްސާސެކެވެ. ރާއްޖޭގެ ވަލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން އިއްޔެ ފެށި ދަތުރު ނިންމާލިއިރު އެ ދެމައިންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ނަމަވެސް އިރު އެރުމުގެ ހިތްގައިމު ކުލަވަރު ފެނުމުން […]