Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ؟ (6)

Kyleen Level 110 Stories
July 19, 2018 One Min Read
9 Comments

އަހަރެން ގެއަށް ވަދެ ފެންވަރާލީމެވެ. ކައިލް ފެންވެރުވުމަށްފަހު ކައިލް ނިންދަވާލީމެވެ. ދެން އަހަރެން އަޞުރު ނަމާދު ކޮށްލީމެވެ. އޮށޯވެލަން ހިތަށްއެރުމުން އޮށޯވެލީމެވެ. ވެފައިވާ ވަރުބަލި ކަމެއްގެ ސަބަބުން ނިދޭތޯ ބެލީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. “އެހެންވީމާ މާދަމާ 9 ޖަހާއިރު އާދޭ މިގެއަށްް.. އެންމެން އެއްކޮށް ދާނީ..” ޝީން ބުނެފައިވާ ވާހަކަ ހަނދާން ވުމާއެކު ހިތް އުފަލުން ނަށާލި ކަހަލައެވެ.

އަހަރެން ނުކުތީ ބޭރަށެވެ. ބޭރުގައި ހުރި ޖޯލި ފަތީގައި އަހަރެން އޮށޯވެލީމެވެ. މިއަދު މީ ކައިސަން މަތިން މާ ބޮޑަށް ހަނދާންވާ ދުވަހެކެވެ. މީހެއްގެ ހިލަމެއް ވިހެން ހީވެގެން ކަނައަތް ފަރާތަށް އެނބުރިލީމެވެ. ސައިކަލުގައި އައިސް އަހަރެންގެ ކުރިމަތީ ހުއްޓިލީ އާއިޒްއެވެ. “ތުއްތު ދައްތަ ނުގުޅަމެންނު ގެއަށް ލައިދޭން އަންނާކަށް!” ފުރަތަމަވެސް އާއިޒް ބުނެލީ އެވާހަކައެވެ. “ދޮންބެ ބުނެގެން ދޮންބެއާއެކު ގެއަށް އައީ..” އަހަރެން ޖަވާބު ދިނީމެވެ. “ކީއްވެ ތުއްތު ކައިރިއަށް ނުދަނީ؟ ތުއްތު އަހާނެ ކޮންމެ ދުވަހަކު ދައްތަ ކޮބައިހޭ.. ދައްތަ ރަނގަޅުހޭ.. ދެން އަހަރެން ބުނަން ޖެހެނީ ނޭނގެއޭ.. ކޮންމެ ފަހަރަކު ތުއްތު މާޔޫސް ވެގެން ދަނީ.. ހިނގާ މިއަދު މިވަގުތު ތުއްތު ކައިރިއަށް ގޮސްލަން.. ޕްލީޒް…” އާއިޒް ބުންޏެވެ. އަހަރެންގެ ތުންފަތް މަތީ ދުވެލީ ހިނިތުންވުމެކެވެ.

“އިރާދަ ކުރެއްވިއްޔާ ދެން ނުޖެހޭނެ ކޮންމެހެން ބައްދަލު ކުރަން އެތަނަށް ދާކަށް.. މި ގެއަށް އައިމަ ނިމުނީ…” އަހަރެން ވަރަށް މަޑު މަޑުން ބުނެލީމެވެ. “ކީކޭ ތި ބުނީ؟” އާއިޒްއަށް ކީ އެއްޗެހި ސާފު ނުވުމުން ސުވާލު ކުރިއެވެ. އަހަރެން އެއްޗެކޭ ނުބުނަން ކަމަށް ބުނެ އެވާހަކަ އެއްފަރާތް ކޮށްލީމެވެ.

“ހަލޯ؟ އާނ! ދޮގެއް ނޫނޭ ފަސްގަޑި ބައިވަނީ.. އޭ ސޮރީ.. ހަމަ މިހާރު މިދަނީ.. މަޑުކުރައްޗޭ ތިތާ!” އާއިޒްއަށް އައި ފޯނު ކޯލަކަށް އާއިޒް ޖަވާބު ދިނެވެ. “ދަނީ އިނގޭ.. ރައްޓެއްސެއް ބުނެގެން އޭނައާ އެކު ކޮފީއަކަށް ޖައްސައިލަންވެގެން މިއުޅެނީ.. އެއްކަލަ ޔޫން އިނގޭނު.. އޭނައާއެކު..” އަހަރެން އާއިޒް ކީ އެއްޗެއްސަށް “ހޫނ” ލައްވާލީމެވެ. ޔޫންއަކީ އާއިޒްގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ސްކޫލް ދައުރުން ފެށިގެންވެސް އާއިޒްއާއެކު އުޅުނީ ޔޫންއެވެ. އެހެންނަމަވެސް ޔޫންއާ ވާހަކަ ޚިއްސާ ކުރާ ވަރަށްވުރެ މާ ގިނަ ވާހަކަ އަހަރެންނަށް ކިޔައިދޭނެއެވެ.

އަހަރެން ވަނީ ގޭތެރެއަށެވެ. ކައިލް ކޮބައިތޯ ބަލާލުމަށް ކޮޓަރިއަށް ވަދެލީމެވެ. ފުން ނިންޖަކުން ނިދާފައި އޮތެވެ. މޫނު މަތީގައި އެހެންޏާ ނުވާ ޒާތުގެ ބޮޑު ހިނިތުންވުމެއް ހުއްޓެވެ. އަހަރެން ކުރަން އުޅޭ ކަންތައް ކައިލް އަށް އެނގޭ ކަހަލައެވެ. މަޑު މަޑުން ދޮރު ކައިރި ކޮށްލުމަށްފަހު ބަދިގެއަށް ވަނީމެވެ. ކައިލް އަށް ކާންދޭނެ އެއްޗެއް ތައްޔާރު ކުރުމުގައި އުޅުނީމެވެ. ކާއެއްޗެހި ތައްޔާރު ވުމުން ކައިލް ހޭލިތޯ ބަލާލަން އަނެއްކާވެސް ދިޔައީމެވެ. މަޑު މަޑުން ދޮރު ހުޅުވާލީމެވެ. ކައިލް އިނީ އެނދުގައި އިށީންދެލައިގެންނެވެ. އަތުގައި ފޮޓޯ ލޯގަނޑެއް އޮތެވެ. ކައިލް ހުއްޓުމެއްނެތި ލޯބިލޯބި އަޑަކުން ހެމުން ދިޔައެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް އެއްފަހަރާ ކައިލް އަށް ލިބުނުހެން ހީވެއެވެ. ކައިލްގެ ހިނިތުންވުން ފެނި އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ކުރިން އެތައް ހިތާމައެއް ތަޙައްމަލް ކުރި ކުޑަ ކުޑަ ކައިލްއެވެ. ދަރިފުޅު އިތުރަށް ތިދެލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓާލިއަވެސް ނުދޭނަމެވެ. އަހަރެންގެ ހިތުގައި ވީ އެހެންނެވެ.

“ބައްޕި.. މީ ބައްޕި.. ބައްޕި އަންނަނި ކޮއްކޮ ކާލިއަށް.. ކޮއްކޮ ބައްޕި އަންނަނި ކޮއްކޮ ކާލިއަށް..” ހިތްތަށް ފަތަޙަ ކޮށްލާނެ ވަރުގެ ‘ބޭބީ’ އަޑެކެވެ. ފޮޓޯ ލޯގަނޑުގައި ވީ ކައިސަންކަން އަހަންނަށް އެނގުނީ ދެނެވެ. ކައިލް ކައިރިއަށް ޖެހިލާ، އުރާލީމެވެ. ފޮޓޯ ލޯގަނޑު އަތުލާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ. ކައިލްއަށް ކާން ދިނުމަށް އަހަރެން މިސްރާބު ޖެހީ ބަދިގެއަށެވެ. ކާންދީ ނިމުނު އިރު މަޣްރިބް ނަމާދު ބަންގި ގޮވީއެވެ. ވުޟޫ ކޮށްލައިގެން ކައިލް ގޮވައިގެން ނަމާދަށް އެރީމެވެ. ނަމާދުކޮށް ނިމިގެން ކައިލްއަށް ޤުރުއާން ކިޔަވައިދިނީމެވެ. އެއަށްފަހު އަހަރެންވެސް ޤުރުއާން ކިޔަވާލީމެވެ. ދެން ކައިލް ގޮވައިގެން ޢިޝާ ނަމާދު ކުރީމެވެ.

މެންދުރު ތަންކޮޅެއް ލަހުން ކެވުމުން އަހަރެން ބަނޑުހައެއް ނުވެއެވެ. ޖޫސް ތަށްޓެއް ބޮއެލައިގެން ކައިލްއާއެކު ނިދަން އޮށޯތީމެވެ. ކައިލް ނިދީ 9 ޖަހަނިކޮށެވެ. ކައިލްއަށް މިހާރު 2 އަހަރު ފުރިއްޖެއެވެ. ކައިސަން ޖަލުގަ ހުންނަތާ 1 އަހަރާއި 7 މަސް ދުވަސް ވެއްޖެއެވެ. ކައިސަން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުން ދާތާ ‘ގަރުނެއް’ ވެއްޖެއެވެ. ތަފާތު، ބޮޑެތި ޚިޔާލުތައް މިރޭ އަހަންނާ އުނދަގޫ ނުކުރާތީ އަހަންނަށް ނިދުނީ ހީކުރި ވަރަށްވުރެވެސް މާ އަވަހަށެވެ.

ހެނދުނު ހޭލެވުނު އިރު 7 ޖެހީއެވެ. 9 ޖަހާއިރު ޝީންމެންގެއަށް ދާން ޖެހޭތީ އަހަރެން ވީއެންމެ އަވަހަކަށް ކައިލްގެ ކަންތައްތައް ކޮށް ނިންމާލާ އަހަރެންވެސް ފެންވަރާ ތާޒާ ވެލީމެވެ. އޭރު 8:15 ވީއެވެ. އަހަރެން ބާރު ހިނގުމުގައި ކައިލް ގޮވައިގެން މަންމަ މެން ގެއަށް ދިޔައީމެވެ. ގެއަށް ވަދެ ސައި ބުއީމެވެ. ކައިލާން ވެސް ސައިމޭޒު ދޮށުގައި އަހަރެންނާއެކު ސައި ބުޔެވެ. ކައިލް މަންމައާ ހަވާލު ކުރުމަށްފަހު އަހަރެމެން ނައްޓާލީ ޝީންމެން ގެއަށް ދިއުމަށެވެ. ލަސްވެދާނެތީ ދޮންބެގެ ރައްޓެއްސެއްގެ ސައިކަލުގައެވެ. ޝީންމެން ގެއިން ދޮރާށިން އެތެރެވެލުމާއެކު ޝީން ފުންމައިގެން ތެދުވިއެވެ. އަހަރެމެން އަންނާނެ އިރެއްގެ އިންތިޒާރުގައި އިންކަން ޝީންގެ އެޢަމަލުން އެނގުނެވެ.

އަހަރެމެން ހިނގައިގަތީ ޕޮލިސް ސްޓޭޝަނަށް ދިއުމަށެވެ. ޝީން ބުނި ގޮތުގައި ކައިސަން ހުންނަނީ ތޭރި ތަކެއް ޖަހާފައި ހުންނަ ކޮޓަރިގަނޑެއްގައެވެ. ނަމަވެސް އެއީ ޖަލެއް ނޫންކަމުގައި ޝީން ބުންޏެވެ. ކައިސަން އެހެން މީހުންނާ ޚިލާފަށް ‘ބަސްއަހާތީ’ ކައިސަން ބޭނުންއިރަކު ބޭރަށް ނުކުމެލާ ހެދޭނެއެވެ. އެހެންނަމަވެސް ޕޮލިސް ސްޓޭޝަން އިން ބޭރަކަށް ނުނިކުމެވޭނެއެވެ. “ހެއްކަކަށް ކޯޗެއް ހުށައަޅަން ތި ނިންމީ؟” ކައިލާންގެ ސުވާލު އަމާޒުވީ ޝީންއާއެވެ. އަޑުގައި ތަންކޮޅެއް ހަރުކަށި ކަމެއް ހުރިކަން އަހަރެން ފާހަގަ ކުރީމެވެ. “ކައިލާންގެ ޑީ.އެން.އޭ އާ ޒާން ގެ ޑީ.އެން.އޭ.. ކުރިން ނަގާފަ ހުއްޓެއްނު..” ޝީން ޖަވާބު ދިނެވެ. ބީރައްޓެހި ކަމެއް އެކުލެވިގެންވާ އަޑަކުންނެވެ. އަހަރެންގެ އަތުގައި އޮތް ޑީ.އެން.އޭ ދައްކާލީމެވެ. އެއީ ކައިސަންގެއެވެ. “ހެކިވެރިންވެސް މަދެއް ނޫނެއްނު… އަމިއްލަ ކުށަށް އިޢުތިރާފުވާނެ ދެމީހުން އެބަ ތިއްބެއްނު..” ކައިލާން ބަލާލީ ޝީންއާ ދިމާއަށެވެ. ޝީން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހަމަހިމޭން ކަމުގެ ކުޑަ ވަގުތު ކޮޅަކަށްފަހު އެ ހަމަހިމޭންކަން ނައްތާލާ އަނެއްކާވެސް ކައިލާން ވާހަކަ ފެށިއެވެ. “ކުށެއް ކުރުމަށްފަހު އެ ކުށަކަށް އިޢުތިރާފު ވާނީ ދުނިޔޭގެ ހާހަކުން އެކަކު.. ﷲ އަށް ޙަމްދު ކުރަން އެމީހުންގެ ތެރޭގައި އަހަރެން ލެއްވީތީވެސް..” ކައިލާން ބުނީ ދޮގު ވާހަކައެއް ނޫނެވެ.

“އަސްލު ވާހަކައެއް ބުނަންތަ ތި ދެމީހުން ގާތު؟ މި ކަމާހެދި ދެމީހުން ދެމީހުންނާ އަރާރުންވެ ނަފްރަތު ނުކުރައްޗޭ.. އިންސާނުންނަށް ކުށް ކުރެވޭނެ.. އޭގެ މާނަޔަކީ އޭނާއަށް ނަފްރަތުކޮށް އޭނާ ބާކީ ކޮށްލާށެކޭ ނޫން.. ތިމާ ނަފްރަތު ކުރަން ޖެހޭނީ އޭނަ އެ ކުރި ކުށަށް.. އޭނާ އަކަށް ނޫން..” ÷ޮލިސް ސްޓޭޝަނަށް ވަންނަމުން އަހަރެން ބުނެލީމެވެ. ކައިލާންއާއި ޝީން އެކަކު އަނެކަކަށް ނަފްރަތު ނުކުރާނަންކަމަށް ބުނެ ޙުވާ ކުރިއެވެ. އަހަރެމެން ފުރަތަމަ ދިޔައީ ރިސެޕްޝަނަށެވެ. “ކައިސަންއާ ބައްދަލު ކޮށްލަން…” ވާހަކަ ދެއްކީ ޝީންއެވެ. އަހަރެމެން ރާވާފައިވާ ގޮތުގެ މަތިންނެވެ. އެތާގައި އިން މީހާ އަހަރެމެން ގެންދިޔައީ ހޯލަކަށެވެ. އެތަނުން އެއް ކޮޓަރިއަށް ވަންއިރު ތޭރި ތަކެއް ޖަހާފައި ހުރި ތާގެ އެތެރޭގައި މީހަކު ހުރިތަން ފެނުނެވެ. އަހަރެން ފަހަތަށް ޖެހިލީމެވެ. އަނދިރި ވެފައިވާ ތަނުގައި އަހަރެން މަޑު ކޮށްލީމެވެ. އެމީހާއާ ވާހަކަ ދެއްކުމަށް ދިޔައީ ޝީންއާއި ކައިލާންއެވެ. ކައިލާން ކަރު ކެހިލިއެވެ. އެމީހާ ސިއްސައިގެން ގޮސް ފަހަތަށް އެނބުރި ބަލާލިއެވެ.

“ކޮބާ ކައިނާ؟ ކައިނާ ގެނޭ! ކައިލްވެސް ގެނެސްދީ!” ދޮރު ހުޅުވާލާފައި އެކޮޓަރިތެރެއިން ނުކުންނަމުން ކައިސަން ހަޅޭއްލަވައިގަތެވެ. މޮޔަޔަކު ފަދައިންނެވެ. ޝީންއާއި ކައިލާންް ހަނު ހުރީއެވެ. “އަޅޭ! ކޮބާހޭ ކައިނާ؟ ކައިނާ ގާތު ބުނޭ އަންނާށޭ.. ބުނާތި ވަރަށް ބޮޑަށް ލޯބިވެޔޭ!” ކައިސަން އުޅޭ ގޮތަކުން އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އެންމެ ބާރު މިނުގައި ގޮސް ކައިސަންގެ ބާރުގަދަ ދެއަތުގެ ތެރެއަށް ވަނީމެވެ. އެތަނަވަސް މޭގައި މޫނު ފޮރުވާލީމެވެ. ލޮލުން ފެންދެމޭ ކޯރެއް ފަދައިން ފައިބަމުން ދިޔަ ކަރުނަތިކިތައް ކައިސަން ލައިގެން ހުރި ޓީޝާޓަށް ހަދިޔާ ކުރީމެވެ. ޝީންއަށް މިމަންޒަރު ބަލަން ކެތް ނުވުމުން އަނެއް ފަރާތަށް އެނބުރުނެވެ. ކައިލާންއަށް މިމަންޒަރު ފެނުމުން ކައިލާން ވީ އަމަށަކު ފޫއްސެއް ނޫނެވެ.

ކައިސަން މަޑުމަޑުން އަހަރެން ދުރު ކޮށްލިއެވެ. “ކައިނާ.. ކޮންތާކު އުޅި އުޅިފަ ތިއައީ؟ އަހަރެންމަތިން ހަމަ އެއްގޮތަކަށްވެސް ހަނދާން ނުވީތަ؟ ކީއްވެ ނައީ؟ ބުނެބަލަ.. ވާހަކަ ދައްކަބަލަ.. ކައިލް ކޮބާ؟ ދަރިފުޅު ރަނގަޅުތަ؟ 1 އަހަރާއި 7 މަސް ދުވަސް ވަނީ އެފަކީރު ލޮލުން ދެކެނުލާތާ.. ކައިލް ގޮވައިގެން އައިނަމަ.. ކައިނާ އަނެއްކާ އަހަރެން ދޫކޮށް ދިޔައީތަ؟  ކީއްވެ ވާހަކަ ނުދައްކަނީ؟ ކައިނާ ބަދަލުވީދޯ..  އަހަރެން މަތިން ފޫހި..” ކައިސަންގެ އަނގަމަތީ އަތްއަޅާ، ބުނަން އުޅުނު ވާހަކަ ހުއްޓުވީމެވެ. ދެފަރާތަށް ބޯ ހޫރުވާލީމެވެ. ކައިސަން އެއްފަހަރާ އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާތަކެއް ބަންޑުން ކޮށްލިއެވެ. އަހަރެންގެ ލޮލުން އަދިވެސް މެދުކެނޑުމެއްނެތި ކަރުނަ އަންނަނީއެވެ. “އަހަރެން ދުވަހަކުވެސް ކައިސަން މަތިން ހަނދާނެއް ނުނެތޭނެ! ފޫއްސެއް ނުވާނެ! އަހަރެން އަބަދުވެސް ކައިސަން ދެކެ ލޯބިވީން.. ލޯބި ވަން.. އަދި ލޯބި ވާނަން!” އަހަރެން ބުނެލީމެވެ. ކައިސަން އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. “ދެން ކީއްވެ އަހަރެންނާ ބައްދަލު ކުރަން ނައީ؟” ކައިސަން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. އަހަރެން ކައިސަންއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. ޖަވާބުދޭން އަނގަ ހުޅުވާލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (14)

Next

ދޮންކަމަނަ 4

Next
July 19, 2018

ދޮންކަމަނަ 4

Previews
July 19, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (14)

9 Comments!

  1. Kyleen says:
    July 19, 2018 at 9:36 pm

    will try next part about saturday ga up kolladheveytho

  2. Twinkle? says:
    July 19, 2018 at 9:39 pm

    Yay I’m first dhw

  3. Twinkle? says:
    July 19, 2018 at 9:45 pm

    Mi part vs hama vvv salhi… masha allah…

    1. Kyleen says:
      July 20, 2018 at 11:14 am

      Thanks Twinkle ?

  4. elyy says:
    July 20, 2018 at 6:59 am

    awwn….story varah salhi……maasha allah.loves

    1. Kyleen says:
      July 20, 2018 at 11:15 am

      Thank You elyy

  5. unique says:
    July 20, 2018 at 10:32 pm

    maasha allah sooooooooooo cute mi partvx……. kyl

    1. Kyleen says:
      July 21, 2018 at 9:23 pm

      Thn Qs Unique

  6. Kyleen says:
    July 21, 2018 at 10:05 pm

    I just submitted the next part of the story.. ummeedhu kuran kamudhaane kamah

Comments are closed.

Next Episodeކުށަކީ ކޮބާ؟ (7)←


All Right Reserved!