Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 3

almaa2004 Level 210 Stories100 Login
August 2, 2018 3 Mins Read
5 Comments

ދުވަމުން ކަހަލަ ގޮތަކަށް އައިސް ކުލާހަށް ވަނީ ޒާއިފް އަބަދުވެސް ދެކެން ބޭނުންވާ ސޫރައިގެ ވެރިޔާއެވެ. މި ގޮތަށް އޭނާއާއި ބައްދަލު ވެދާނެކަމަށް ޒާއިފް ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ޒިވާ މަޑުމަޑުން ގޮސް އެތާ ތިބި ދެ އަންހެންކުދިން ކައިރީގައި އިށީނެވެ. ޒާއިފްއަށް ސިއްސައިގެން ގޮސް ޒިވާ މޫނުން ނަޒަރު ވަކިކޮށްލެވުނީ ކުއްޖަކު އައިސް އޭނާ ކައިިރި އިށީންދެ ވާހަކަ ދައްކަން ފެށުމުންނެވެ.

” ހޭ ބްރޯ…. ކީއްވެ އެހާ މަޑުމަަޑުން ތި އިންނަނީ؟….. ތި ނިކަން ނަން ބުނެލާ އިންޓްރޮޑިޔޫސް ވެލަބަލަ ދޯ….. ވެލް މަށަށް ކިޔަނީ އާޔަން…..” އާޔަން އައިސް އެހާ ގާތްކޮށް ވާހަކަ ދެއްކުމުން ޒާއިފްގެ ހިތުގައިވި ނުތަނަވަސްކަަން އެއްކޮށް ހެން ފިލިއެވެ. ޒާއިފްވެސް ހިނިތުންވެލައި އަމިއްލައަށް ތައާރަފް ވެލިއެވެ. ޓީޗަރު ކުލާހަށްވަދެ ރެޖިސްޓާ މާކު ކުރަން ފެށުމުން މުޅި ކުލާސް ހަމަހިމޭންވިއެވެ. ޒާއިފް އިނީ އެކުއްޖެއްގެ ނަން ހޯދުމަށް އޭނާ ކެތްމަދުވެފައިވާ ކުއްޖާގެ ނަން ގޮވާނެ އިރަކަށް އިންތިޒާރުގައެވެ. މާގިނަ އިރު ތަކެއް ނުވެ ޒިވާގެ ނަން ގޮވާލުމާއެކު އެ ކުއްޖާ އަތް މައްޗަށް ނެގުމުން ޒާއިފްގެ ހިތް އުފަލުން ނަށާލިއެެވެ. ހަމަ އެއާއެކު ޒާއިފްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

” އޭ؟…. ކައެ ކޮންކަމަކާ މާ ހިނިއައިސް ތީނީ….؟ ދަންނަ ކުއްޖެއްތަ…؟ ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އާޔަން އަހާލިއެވެ.

” އުހުން… އަނެއްހެން މާ ބޮޑަކަށް ނުދަންނަން… އަހަރުން ރަށު ކުއްޖެއް ވީމަ އިނގެނީ…… ” ޒާއިފް ވަރަށް ނުވާކަމަށް ހަދާފައި އެހެން ބުނެލިއެވެ.

ބްރޭކް ގަޑި ޖެހުނުއިރު ޒާއިފް އިނީ ވާހަކަ ފޮތެއް ކިޔާށެވެ. ކިޔަން އިން ފޮތް ލައްޕާލުމަށްފަހުު އާޔަންއާއިއެކު އޭނާ ދިޔައީ ބަނޑުހައިވެފައި ހުރުމުން ކެންޓީނުން ކާ އެއްޗެއް ގަތުމަށެވެ. ކާއެއްޗިހި ހިފައިގެން އައިސް ހުސްކޮށް ހުރި ބެންޗެއްގައި ދެމީހުން އިށީނެވެ. ކާން އަނގަ ހުޅުވާލި ޒާއިފްއަށް ހުއްޓުން އެރީ މާދުރު ނޫން ހިސާބެއްގައި ހުރި ބެންޗެއްގައި އިށީންދެގެން އިން ޒިވާ ފެނުމުންނެވެ. ހިނިތުންވެލާއިރު ކޮލަށް އެ އެޅޭ އަޑިކޮޅު ފެނިފައިވެެސް ޒާއިފްގެ ހިތް ދޫނުވީ ކިރިޔާއެވެ. ގަދަ ފެހިކުލައިގެ ޝޯލް ތެރެއިން ޒިވާގެ މޫނު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ޒިވާ އޭނާއަށް އެ ޖެއްސީ ކޮންފަދަ ޖާޖޫއެއް ބާއޭ ޒާއިފްގެ ހިތަށް އެރިއެވެ. ސިހިފައި ޒާއިފްއަށް އެހެން ދިމާލަކަށް ބަލާލެވުނީ ޒިވާ އޭނާއާއި ދިމާލަށް ބަލާލުމުންނެވެ.

ކޮލެޖުން ނުކުމެގެން ގެއަށް ދިއުމަށް މިސްރާބު ޖެހި ޒާއިފްއަށް ގެއާ ހިސާބަށް ނުދެވެނީސް ޝާއިމް ގުޅިއެވެ. ފޯނު ނެގުމަށްފަހު އޭނާ  ކަންފަތުގައި ފޯނު ޖައްސާލުމަށްފަހު ހަލޯއޭ ބުނެލިއެވެ.

” ހޭ ލަވް ބޯއި….. މަ ހީކުރީ މާލެ ދިޔައިރަށް ކައެ މަރުވީ ކަމަށް…. ގުޅާވެސް ނުލާވިއްޔަ… ތިޔެއް ނޫނޭ… ކޮލެޖު ކިހިނެތް ؟… ސަޅި ކުއްޖެއް ފެނުންތަ؟….” މަޖާވެލާފައި ޝާއިމް ބުންޏެވެ.

” ޕިސް ޕިސް… ކައެ މައިންޑްގަ ނެތޭ ދޯ އެ ނޫން އެއްޗެއް…. ކޮލެޖެއް ވިއްޔާ ކުދިން ފެންނާނެ ދޯ؟…. ތިހާ ކުދިން ބަލާ ހިތްވަންޏާ މާލެ އަންނަން ވީ ނުން…. ” ޝާއިމްގެ ސަމާސާގައި ޒާއިފްވެސް ކުޑަކޮށް ބައިވެރިވިއެވެ.

ނިދަން އަރާ އޮތް ޒާއިފްއަށް ވިސްނެމުން ދިޔައީ ޒިވާއާ ދޭތެރޭގައެވެ. ކިތަންމެ ވަރަށް ނުވިސްނަން މަސައްކަތް ކުރިޔަސް ޒާއިފްއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މަޖާކަމަކީ އޭނާގެ ހިތާއި ސިކުނޑި އެކަތި އަނެއްކައްޗާ އެއްބަސް ނުވާތީއެވެ. އެހެން އޮވެފައި އޭނާއަށް ނިދުނީ ކިހައި އިރަކުކަމެއްވެސްް ޙުދު ޒާއިފްއަކަށް ވެސް ނޭނގެއެވެ.

އަނެއް ދުވަހު ކޮލެޖަށް ވަންނަން ދިޔަ ޒާއިފްއަށް ހުއްޓުން އެރީ ފިރިހެނަކާ އެއްކޮށް ސައިކަލެއްގައި އައިސް މަޑުކޮށްލި ޒިވާ ފެނިފައެވެ. އެ މީހާއަށް ހަނާ އަޅާލުމަށްފަހު ޒިވާ  ކޮލެޖަށް ވަނެވެ. ޒާއިފް ކުޑަކޮށް ދެރަވި ނަމަވެސް އެކަން ފޮރުވާލުމަށް ފަހު އޭނާވެސް ކޮލެޖަށް ވަނެވެ.

” އޭތް..؟ ކިހިނެއް ވެފަ ތި އިންނަނީ …؟ އަނެއްކާ ބިޓު ކެޓީތަ..؟ ” ޒާއިފް މާ މަޑުން އިނުމުން އެގޮތެއް އާޔަންއަކަށް އެހާ ކަމަކު ނުދިޔައެވެ. މީއީ ހަމަ ދެވަނަ ޝާއިމްއޭ ޒާއިފްގެ ހިތަށް އެރިއެވެ. ބޮލުގައި ރިއްސާތީ ކަމަށްބުނެ އޭނާ ދޮގެއް ހަދާލިއެވެ.

އެ ދުވަހު އެއްކޮށް ޒާއިފްހުރީ ނެގިމަޑުވެފައެވެ. އެއަކީ ޒިވާގެ ލޯބިވެރިޔާ ބާއޭ ޒާއިފް ހިތަށް އެރިއެވެ. އެއަކީ އޭނާގެ ބޭނެއަށްވެސް ވެދާނެއޭ ހިތަށް އަރުވާލާފައި ޒާއިފް ހިތްހަމަ ޖައްސާލިއެެވެ. އިރުކޮޅެއްނުވެ ޝާއިމް ގުޅަން ފެށިއެވެ. ފޯނު ނުނަގަނީސް އޭނަ މައިތިރިއެއް ނުވާނެކަން އިނގުމުން ޒާއިފް ފޯނު ނެގިއެވެ.

” އޭ މޭން… ގެސް ވަޓް…؟ މަ މި އުޅެނީ މި މަހު ފަހުކޮޅު މާލެދާން….. ވިޝާލް ވެސް ދާނެ… ސަޅި ވާނެ ދޯ…؟ ” ޝާއިމް ދިން ހަބަރަކުން ހުރިހާ ކަމެއް ޒާއިފް ހަނދާން ނެތުނުފަދައެވެ.

” އޭ ދޮގު ނުހަދާ..؟ އަސްލުތަ؟… ސަޅިވާނެ…. މަ އެކަނި ވަރަށް ވަޔޭ މިކޮޅުގަ…. ދެޓްސް ގޮނަ ބީ ސޯ ކޫލް….. ” ޒާއިފްއަށް ހީވީ ދުނިޔެ ރަންވިހެންނެވެ. 3 އެކުވެރިން އެކީ މާލެއަށް ކިޔަވަން ދެވުމަކީ އޭނާ މާ ކުރީއްސުރެވެސް ދެކެމުންއައި ހުވަފެނެކެވެ. ފޯނު ބޭއްވި އިރު ޒާއިފް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ފޭސްބުކް ހުޅުވާލުމާއެކު ފޯނުގެ ސްކްރީންއަށް އަރާފައި އިން ފޮޓޯ ފެނުމުންނެވެ

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 5

Next

ހިތުގެ ތެޅުން 8

Next
August 3, 2018

ހިތުގެ ތެޅުން 8

Previews
August 2, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 5

5 Comments!

  1. AN33 says:
    August 2, 2018 at 5:23 pm

    Nice??

  2. eekko says:
    August 2, 2018 at 5:42 pm

    rythi..whn nxt

  3. Yaan says:
    August 2, 2018 at 6:36 pm

    Reethi…….maasha Allah……when next part

  4. Ige Ehnnu ? says:
    August 2, 2018 at 11:15 pm

    Assu ma mii ehaa vaahaka kiyaa myheh noon! Heevey eba shaugu ufedhey hn❤❤??

  5. Baby girl ❤ says:
    August 3, 2018 at 2:19 pm

    Vrh reethi ..when next part ..

Comments are closed.

Next Episodeއިންތިޒާރު 4←


All Right Reserved!