Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……18

Noor💙 Level 710 Stories100 Comments100 Login500 Comments
August 1, 2018 6 Mins Read
30 Comments

ނިދާފައި އޮތް ރިޝްފާ ފެނުމުން ޒޭންގެ މޫނުމަތި ބަނަވެގެން ދިޔައީ ކަޅުފޮއި ރެއެއް ފަދައިންނެވެ. މިވަގުތު އެ މޫނު ފެނިއްޖެނަމަ ރިޝްފާ ދުނިޔެއިންވެސް މޮޔަ ވެދާނެއެވެ. ބިރުވެރި ސިފައެއްގައިވާ އެ މަޚްލޫޤު އައިސް ރިޝްފާގެ ގާތަށް ހުއްޓުނެވެ. އޭތީގެ އަނގުރު އަލިފާން ކޮޅެއް ކަހަލަ ދެލޮލުން ރިޝްފާގެ ހަށިގަނޑަަށް ބަލަމުން ދިޔައީ މިނިކާ ޖަނަވާރަކު ފަދައިންނެވެ. އޭތީގެ ހުޅުނބު ފަޅާފައިވާ ދެއަތުން ރިޝްފާގެ މުޅި ހަށިގަނޑުގައި ބީއްސަމުން ދިޔައިރު އޭތީގެ އަނގައިން ކުރަކި އަޑެއް ލައްވަމުން ދިޔައެވެ. ރިޝްފާއަކީ ނިދިގަދަ ކުއްޖެއް ކަމުން އޭނާއަކަށް ހަމަ ކުޑަކޮށްވެސް ރެއަކާވެސް ނުލައެވެ.

*****

“އޭ… ކަލޭ ތިބެހެނީ މަގޭ އަންހެނުންނާއޭ…. ހަމަ އަންހެން ކުއްޖަކު އެކަނި އިންދަ ފެނިއްޖިއްޔާ އެވީ ފޮށެންދޯ… ކަލޭމެން ކަހަލަ ގޮތެއް ނެތް މީހުންގެ ސަބަބުން ކިތައް އަންހެން ކުދިންގެ ދިރިއުޅުން ހަލާކުވެގެންދާކަން ކަލެއަށް އިޙްސާސްވެސް ކޮށް ނުލެވޭނެ. މާދަމާ ކަލޭގެ އަނބިމީހާއާ ތިގޮތަށް މީހަކު ދިމާކުރަން ކަލެއަށް ރުހެވޭނެތަ…… ”

ކައިލާން އައިސްފައި ހުރި ރުޅީގައިވެސް އައިސް އެ ޒުވާނާގެ އަތް ނަގައި ހުރާލުމަށްފަހު ވަރަށް ކެތްތެރި ކަމާއިއެކު އެ ޙާލަތާއި ކުރިމަތި ލިއެވެ. އޭނާއަކީ ޤަދަރުވެރި ވަޒީފާއެއްގައި ހުރި މީހަކަށް ވެފައި އަންނަ ރުޅީގައި ހަމައިން ނައްޓައިގެން ގޮސް ކުރެވޭ ކަމަކުން ޕޮލިހުންނާއި ދޭތެރޭ މީހުން ދެކޭގޮތް ގޯސްވާކަށް ނޭދެއެވެ. އެހެންވެ ރުޅިއައިސް ގެން ގޮސް ކަންފަތުން ދުން އަރާވަރު ވެފައި ހުރިއިރުވެސް އޭނާ އިޚްތިޔާރު ކުރީ މަޑުމައިތިރި ކަމެވެ. ކައިލާންގެ ވާހަކައިން އެ ޒުވާނާއަށްވެސް އިބްރަތެއް ލިބުނު ކަހަލައެވެ. އެދެމީހުންގެ ކިބައިން ވަރަށް ލަދުގަނެފައި ހުރެވެސް މައާފަށް އެދޭނީ އެހެންވެތާއެވެ. ޖަޒްލީ ހެޔޮހިތުން މައާފު ކޮށްދިނީ ކުށް ކުރެވޭނީ އިންސާނުންނަށް ކަމަށް ވެފައި އެކުށަށް އިއުތިރާޒުވެ އެކަމާއި ދެރަވެގެން މައާފަށް އެދޭނީ އެންމެ ރަނގަޅު މީހުންގެ ތެރެއިންވާ މީހުންނަށް ވާތީއެވެ.

ކައިލާން ގެގަނޑު މައްޗަށް އަރައި ޖަޒްލީގެ ގާތުގައި އިށީނދެ ޖަޒްލީގެ ބޮލުގައި ފިރުމާލުމަށްފަހު އެވަގުތު ޖަޒްލީގެ ގާތުގައި ނުހުރެވުނީތީ މައާފަށް އެދުނެވެ. ޖަޒްލީ ކައިލާންގެ އަތްތިލައިގައި އޭނާގެ އަތް ބޭއްވުމަށްފަހު ތިއީ އަހަރެންގެ ނަސީބޭ ބުނެލިއެވެ. އަދި އެހެން މީހެއްގެ ވިޔާނުދާ ޢަމަލެއްގެ ސަބަބުން ކައިލާން އަމިއްލަ ނަފްސު ކުއްވެރި ކުރުމަށް އޭނާ ނޭދޭ ވާހަކަ ބުންޏެވެ. ގަޑިން ބާރަޖަހާ ބޮޑުވެފައި ވާއިރު ބޯޓުމަތީގައި ޅަފުރާގެ ފޯނަށް ގެއްލިފައިވާ ދެތިން ކުއްޖެއް ފިޔަވައި އެންމެން ކަހަލަ ގޮތަކަށް ތިބީ އަރާމު ނިދިން ނިދާލާފައެވެ. ކައިލާން ޖަޒްލީ ގެނެސް އޭނާގެ އަތުގައި ބޭއްވުމަށްފަހު ދެމީހުންގެ ގައިމަތިން ރަޖާ އަޅައި ފޮރުވާލިއެވެ. މާގިނައިރު ތަކެއް ނުވެ ޖަޒްލީއަށްވެސް ނިދިއްޖެއެވެ.

ކައިލާންގެ އެއްއަތް ޖަޒްލީގެ ބޯދަށުގައި އޮތްއިރު އަނެއް އަތްއޮތީ އޭނާގެ ނިތްކުރީގައި އަޅައިފައެވެ. ކައިލާންއަށް ވިސްނެމުން ދިޔައީ މިރޭ ބޯޓުމަތީގައި އެ ހިނގި ކަންތަކާއެވެ. އެހެން ފިރިހެނަކު އޭނާގެ އަނބިމީހާއަަށް އެފަދަ ނަޒަރަކުން ބެލުމަށް ނުރުހޭއިރު, އެގޮތަށް ބީހޭތަން ފެނުމުން އޭނާގެ ހަށިގަނޑަށް އަރައިގެން ބާރުގަނޑު މައިތިރި ކުރެވުނީ ހާދަ ކެތްތެރި ވެގެންނެވެ. އެވަގުތު ޖަޒްލީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކުން އޭނާގެ ހިތުގައިވެސް ވަނީ ރިހުން އުފެދިފައެވެ. ބޯޓުމަތީގައި އެއްވެސް މީހެއްގެ ފަރާތުން ޖަޒްލީއަށް ގޯނާއެއް ވެދާނެތީ ކައިލާންއޮތީ ޖަޒްލީގެ ހިމާޔަތުގައެވެ. ޖަޒްލީގެ ރީތި މަޢުސޫމް މޫނަށް ކިތަންމެ އިރަކު ބަލަން އޮތަސް ކައިލާންގެ ހިތެއް ނުފުރޭނެއެވެ.

******

ރިޝްފާއަށް ނިދީގައި އޭނާގެ މޫނުމަތީގައި އަތް އަޅައި ފޮހެލެވުނީ ކޮންމެވެސް ކަހަލަ ތަތް އެއްޗެއް އޭނާގެ މޫނުގައި ކޭއްތޭފަދަ އިޙްސާސެއް ވުމުންނެވެ. ދެބަދޭތެރޭގައި އޮތް ރިޝްފާއަށް ދެލޯ ނެތްތަނަށް ބޮޑުކޮށްލެވުނެވެ. އެވަގުތު އޭނާގެ ގާތުގައި އެއްފަރާތުގައި އޮށޯވެ ހަމަޖެހިލައިގެން އޮވެ އޭނާގެ މޫނުގައި ދޫލަމުންދިޔަ ބިރުވެރި އެތި ފެނިފައި ބިރުންގޮސް ރިޝްފާގެ ހެޔަށް ގޮތްވެ އޭނާގެ ޚަބަރު ހުސްވިޔެވެ.

******

އާދުވަހަކަށް އިރު ފެނުން ތޮޅެލާފައި އޭގެ މަސައްކަތާއިގެން ފަށައިގަތެވެ.

ކުޑަކޮށް އެސްފިޔަތައް ތަޅުވާލާފައި ޖަޒްލީ ދެލޯ ހުޅުވާލާފައި ބަލައިލިއިރު ކައިލާން އޮތީ ނިދިފައެވެ. ވާނީވެސް އެހެންތާއެވެ. އެއީވެސް އިންސާނެއް ވިއްޔާއެވެ. ރޭގައި ޖަޒްލީއަށް ދެތިން ފަހަރަކު ހޭލެވުނު އިރުވެސް ކައިލާން އޮތީ ނުނިދައެވެ. ޖަޒްލީ މަޑުމަޑުން ކައިލާންގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާގެ ގައިމަތިން އަޅާފައިވާ ރަޖާ ނަގައި ކައިލާންގެ ފިިނިވެފައިވާ ދެފައި ނިވައި ކޮށްލަ ދިނެވެެ. އެވަގުތު ކައިލާން ދެލޯ ހުޅުވާލާފައި ލޯބިވެތި ގޮތަކަށް ޖަޒްލީއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ޖަޒްލީއަށްޓަކައި އެހިތުގައި ލޯބި ރައްކާކުރެވިފައި ވާވަރު ހެކިދެމުން ދިޔައެވެ. ކައިލާން އެހާ ފައުޅުކަން ބޮޑު ގޮތެއްގައި ބަލަމުން ދިޔައީތީ ޖަޒްލީ ވަރަށް ލަދު ގަންނަ ގޮތް ވިއެވެ.

“ދެން ތިވަރަަށް ނުބަލަބަލަ…. މިބޯޓުގަ އަހަރެމެން ނޫނަސް މީހުން އެބަތިއްބޭ….. “ޖަޒްލީ ލަދުގަނެފައި އިނދެ ވާހަކަ ދެއްކިއެވެ. “ކޮބާތަ މައްސަލައަކީ…… އަހަރެން މިބަލަނީ އަހަރެންގެ ހައްޤަކަށޭ…. އެހެން މީހަކަށް ކޮންކަމެއް…. ތީ އަހަރެންގެ ހަލާލ………… ”

ކައިލާންގެ ވާހަކައިން ޖަޒްލީ އިތުރަށް ލަދު ގަންނަގޮތްވެ ބޯޓުމަތީގައި ތިބި މީހުންނަށް ބަލައިލުމަށްފަހު ކައިލާންގެ އަނގަމަތީގައި އަތް އެޅިއެވެ. ޖަޒްލީގެ އެ ހަރަކާތުން ކައިލާންގެ މޫނުމައްޗަށް ފުޅާ ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ޖަޒްލީގެ އެފަދަ ކޮންމެ އަދާއަކަށް ކައިލާންއަށް ހަމަ އިތުރަށް ޖަޒްލީދެކެ ލޯބި ވެވެމުން ދިޔައެވެ. އޭނާގެ ހިތް ޖަޒްލީއަށް ލެނބިފައި ވަނީ އަޅަކު ސާހިބުމީހާއަށް ކިޔަމަންތެރިވާ ފަދައަކުންނެވެ.

*******

ކަޅުކުލައިގެ ދޫހެދުމުގައި ދަބަސް ކޮނޑުގައި އަޅުވާލައިގެން ކޮލެޖަށް ދާން ނިކުތް ޒިވާގެ ހިތް އެދެމުން ދިޔައީ އެރޭ ދިމާވި އެ ރީތި ޒުވާނާއާއި އަދި އެއްފަހަރު ނަމަވެސް ބައްދަލް ވެލުމަށެވެ. ނަމަވެސް އޭގެ ފަހުން ދެދުވަސް ފާއިތު ވެގެން ދިޔައިރުވެސް އެފަދަ ނަސީބެއް ނުލެއްވިއެވެ. އެ ޒުވާނާގެ ޚިޔާލުގައި ހުރެގެން މަގު ހުރަސް ކުރަންދިޔަ ޒިވާގެ އަތުގައި ހިފައި މީހަކު ދަމައިގަތުމުން އޭނާއަށް ގަތް ބިރާއިއެކު އެދިމާ ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޒިވާއަށް ހުރެވުނީ ލޮލަަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ކަޅި ޖަހާލަންވެސް ނޭނގިފައެވެ. ރުހާންގެ ހާލަކީވެސް އެއީއެވެ. އޭނާގެ ހިތުގައި ވިކަމުން ދިޔަ އެ ރީތި ސޫރަ ކުއްލިއަކަށް ކުރިމަތިން ފެނުނީމައި ވާނީ އެހެން ނޫން ހެއްޔެވެ؟ޒިވާއަށް އޭނާގެ މޭގައި އަތް އަޅައިލެވުނީ އެ ހިތް ތެޅެމުން ދިޔަލެއް ބާރުކަމުންނެވެ.

“އޭ ބަލަ މީ މަގުމައްޗޭ… މިހާރުގެ މިއުޅޭ ކުދިންނަށް ތަނެއް ތަނެއްވެސް ނޯވެޔޭ ދޯ… ލަދުން ގޮސް ބޯހަލާކު…. ”

ކުއްލިއަކަށް ދެމީހުންނަށް ހަމަހޭވެރިކަންވީ ކައިރިން އަޅާފައި ދިޔަ މުސްކުޅި ފުރައިގެ އަންހެނަކު އެމީހުންނަށް ނިސްބަތްކޮށް ބުނެލި ބަސްތަކަކުންނެވެ. ރުހާންވެސް ލަދުގަތް ވަރުން ކުޑަކޮށް ކަރުކެހިލާފައި ތިހެން ނުބަލާ މަގު ހުރަސް ކުރަނިކޮށް އެއްޗެއްގައި ޖެހިދާނެ ނޫން ހެއްޔޭ ބުނެލިއެވެ. ޒިވާއަށް ލަދުން ގޮސް އިސްޖަހާލެވުނެވެ. އަދި އަވަސް އަވަހަށް މަގުހުރަސްކޮށް ކުރިމަތިން އޮތް ގޯޅިއަށް އެޅީ އޭނާގެ ހިތުގެ އެދުމަށް އިޖާބަ ދީގެން އަވަސް އަރުވާލާފައި ކުރެވޭ ކަމަކުން ފަހުން ދެރަވާން ޖެހިދާނެތީއެވެ. އެހެން ނޫނަސް އޭނާއަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައި ހުރި މީހެއްކަން އެނގުމުން އެފަދަ ރީތި ޒުވާނަކު އޭނާ ބޭނުންވާނެ ހެއްޔެވެ؟ރުހާން އަވަހަށް ގޮސް ޝޫ ލޭންޑް ކައިރީ ޕާކު ކޮށްލާފައި އިން އޭނާގެ ސައިކަލަށް އަރައި ދުއްވާލީ މިއަދު އޭނާގެ ލޯމަތިން އެ ރީތި އަންހެން ކުއްޖާ ގެއްލިއްޖިއްޔާ ދެން ދެވަނަ ފަހަރަށް މިކަހަލަ ފުރުސަތެއް ނުލިބިދާނެހެން ހީވާތީއެވެ.

*****

މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ދެލޯ ހުޅުވާލި ރިޝްފާއަަށް ކޮޓަރި ތެރެ ރަނގަޅަށް ސާފުކޮށް ފެންނަން ފެށީ ފުސްކަމެއްގެ ތެރެއިންނެވެ. އެވަގުތު އޭނާއަށް ފުންމައިގެން ތެދުވެ ގަޑި ބަލައިލެވުނެވެ. ކަމަކު ދާކަށް ނެތެވެ. ނުވައެއް ޖަހާ ބޮޑުވެގެން ދަނީއެވެ. ހަނާވެސް އެތައް ފަހަރަކު ގުޅާފައި އެބައޮތެވެ. ރިޝްފާ އަވަސް ވެގަތީ ފެންވަރަން ދިޔުމަށެވެ. އަދި މިވީހާ ތަނަށް އޭނާ ދުވަހަކުވެސް ޑިއުޓީއަށް ގަޑި ޖެހިފައެއް ނުވާނެއެވެ. މިއަދު އެކަންވެސް ވީއެވެ.

ތުވާލި ހިފައިގެން ފާޚާނައަށް ދާން ހިނގައިގަތްތަނާ ރިޝްފާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް ޖަވާބު ދިން އިރު އެކޮޅުން ގުޅީ ރިޝްފާގެ މަންމައެވެ. ރިޝްފާ ބައްޕަ މިއަދު އޮފީސް ކަމަކު މާ ހެނދުނާ ވިލިނގިއްޔަށް ދާން ޖެހިގެން ރިޝްފާއަށް ނުގޮވާ ދިޔައީމައި އެވާހަކަ ރިޝްފާ ގާތު ބުނާށެވެ. ރިޝްފާ މިއަދު ނުހޭލެވުނު ވާހަކަ މަންމަގާތު ނުބުނީ މަންމަ ނެތީމައި ވީގޮތެކޭ ހީކޮށް އެހާ ގިނަދުވަސް ކޮށްލާފައި މާމަމެން ކައިރިއަށް ދިޔަ ދަތުރު ކުރުކޮަށްލާފައި އައިސްފާނެތީއެވެ. ފޯނު ނިންމާލާފައި ގޮސް ފާޚާނައަށް ވަދެ ފެންވަރަން ފެށި ރިޝްފާއަށް އޭނާގެ ހަށިގަނޑުގައި ކޮންމެވެސް ކަހަލަ ރިހުމެއް ހުރި ކަމުގެ އިޙްސާސް ކުރެވުނެވެ. ހަށިގަނޑުގެ އެކި ތަންތަން ވަކި ވަކިން މަސްގުޅަ ކައިފަ ހުރި ކަހަލައެވެ. އަވަހަށް ފެން ވަރާލައިގެން ނިކުމެ ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓި, ވަރުބަލިކަން އިޙްސާސް ކުރެވެމުން ދިޔަ އޭނާގެ ހަށިގަނޑަށް ބަލައިލިވަގުތު އޭނާގެ ފައިތިލަ ދަށުން ހީވީ ބިންގަނޑުވެސް ދެމިގަތް ހެންނެވެ. ތުރުތުރު ލަމުން ދިޔަ ދެއަތުން އޭނާގެ ކަރުދަށުގައާއި މޭމަތީގައި ފެންނަންހުރި ނޫފައި ގަނެފައި, ލޭއަރާފައިހުރި ގޮތަށް ފައުޅުވާން ހުރި ނިޝާން ތަކުގައި އަތް ޖައްސާލެވުނެވެ. ވާނީވެސް އެހެންތާއެވެ. އެފަކީރުގެ ހަނދާނުގައި ރޭގެ އެއްވެސް ކަމެއް ނެތްއިރު މީހަކާއި އެޒާތުގެ އެއްވެސް ގުޅުމެއް ހިނގާފައި ނުވާކަން ޔަޤީންވާއިރު ފެންނަންހުރި ނިޝާންތަކުން މާނައެއް ދޭހަކުރަން ނޭނގިފައިހުރި ރިޝްފާއަށް ހަށިގަނޑުގައި އޮޅާލާފައިހުރި ތުވާލިކޮޅާއިއެކު ހުރިތަނަށް ތިރިވެވުނީ ކަކުލު ހުޅުންވެސް ވާގިދޫވާހެން ހީވުމުންނެވެ. ރިޝްފާއަށް އޭނާގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލަބަލާފައި ރޮވެމުން ދިޔައެވެ. އޭނާ އެވާހަކަ ދައްކާނީވެސް ފަހެ ކާކު ކައިރީގައި ހެއްޔެވެ؟މީހަކާއި ޝެެއަރ ނުކޮށްވެސް އެކަމާއި ވިސްނާ ވިސްނާ މުޅި މީހާގެ ދުވަސް ދާނީ ނޫން ހެއްޔެވެ؟ކޮންމެ ގޮތެއް ވިޔަސް އެއީކީ މަންމަގާތު ދައްކަން ކެރޭ ޒާތުގެ ވާހަކައެއް ނޫނެވެ. އެންމެ ފަހުން ރިޝްފާ ނިންމީ ހަނާއާއި އެވާހަކަ ހިއްސާ ކުރާށެވެ. އޭނާއަށް ހަނާއަށްވުރެ ބޮޑަށް އިތުބާރު ކުރެވޭ އިތުރު ފަރާތެއްވެސް ނެތީމައެވެ.

****

“މީ މަގޭ އަނބިމީހާގެ ރަށަށް އާދެވުނު ފުރަތަަމަ ފަހަރު… އެހެންވީމަ ޖަޒްލީ ޖެހޭނީ ތިގެއަށްދާން މަގު ކިޔާދޭން…. ”

ދިގު ދަތުރަކަށްފަހު އަމިއްލަ އުފަން ރަށުގެ ފަސްގަނޑުގައި ފައި ޖެހުމުން ޖަޒްލީ އުފަލުން ގޮސް ފޮޅިފައިވާ މަންޒަރު ފެނުމުން ކައިލާންވެސް ހިތްހަމަ ޖެހިލައިގެން ހުރެ ޖަޒްލީގެ އަތުގައި ހިފާލާފައި ވާހަކަ ދެއްކިއެވެ. ޖަޒްއަށް ފެންކަޅިވެފައިވާ ދެލޮލުން އޭނާއަށް ލިބެމުންއެދާ އުފާތަކުގެ އަސްލު ކަމުގައިވާ ލޯބިވާ ފިރިމީހާއަށް ބަލައިލެވުނެވެ. ކައިލާން އޭނާގެ ދެއަތުން ޖަޒްލީގެ ކަރުނަތައް ފޮހެލައިދިނެވެ. އަދި ބޯމަތިން ނަގާފައިވާ ކަޅު ވިލާގަނޑު ދައްކާލާފައި ވިއްސާރައިގައި ޖެހެން ބޭނުން ނުވަންޏާ އަވަހަށް ގެއަށް ދާން ހިނގާށޭ ބުންޏެވެ. އޭނާގެ އަމާޒަކަށްވީ ޖަޒްލީގެ ސީރިއަސް މޫޑު ދުއްވާލުމެވެ.

ޖަޒްލީ އުފާވެރި ހިނިތުން ވުމަކާއިއެކު ކައިލާންގެ އަތުގައި ހިފައިގެން ދުއްވައިގަތީ އަވަހަށް ގެއަށް ދިޔުމަށެވެ. ޖަޒްލީއާއި ކައިލާން ބޯޓުން ފޭބީއްސުރެ ބަނދަރުމަތީގައި ތިބި މީހުންގެ ނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ޖަޒްލީ ރަށަށް އެއައީ ދިޔަފަހުން ހަތަރު މަސް ކޮށްފައެވެ. އަނެއްކާ އައި އިރުވެސް އެއައީ އެހާ ރީތި ޒުވާނަކާއި އެކުގައެވެ. ޖަޒްލީ ފަދަ މަންމަނަކު އެހާރީތި ފިރިހެނަކާއި އެކު އައުމުން އެތައް އަންހެން ކުދިންގެ ހަސަދައިގެ ލޯތައްވަނީ އެދެމީހުންނަށް އަމާޒުވެފައެވެ. ޖަޒްލީއާއި އެޒުވާނާއާއި އޮތީ ކޮން ގުޅުމެއްތޯ ބަލަން ކެތްމަދުވެފައިވާ މީހުނެއްވެސް މަދެއް ނޫނެވެ.

******

ހަނާއަށް ރިޝްފާގެ ހަށިގަނޑުގައި ހުރި ނިޝާންތައް ފެނުމުން އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނުއިރު ބިރުވެރި އިޙްސާސެއްވެސް ކުރެވިގެން ދިޔައެވެ. އެއީ ރިޝްފާގެ ފަރާތުން އެނގުނު ވާހަކަ ތަކުންނާއި, އޭނާގެ ހަށިގަނޑުން ފެންނަންހުރި ނިޝާންތަކުން ކޮންމެވެސް ކަހަލަ ރޫޙާނީ ކަންތައްތަކާއި ގުޅުމެއް ވާކަމަށް އޭނާގެ ހިތަށް ޔަޤީނާއި ގާތަށް ޝައްކު ވަނީއެވެ.

*****

“އެކްސް ކިއުޒް މީ…. ”

ރުހާން އޭނާގެ ހިތުގެ އަޑަށް އިޖާބަ ދެމުންގޮސް އޭނާގެ ރޭތަކުގެ ނިދި ވަގަށް ނަގައިގެން އުޅޭ ރީތި އަންހެންކުއްޖާ އާއި އަރާ ހަމަވުމުން ކުޑަކޮށް ސައިކަލް މަޑު ކޮށްލާފައި އެކުއްޖާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ރުހާންގެ ނަން ނޭނގުނަސް ޒިވާގެ ސިކުނޑިއަށްވުރެ ކުރިން އޭނާގެ ހިތުން އެރީތި ފިރިހެންވަންތަ އަޑު ދެނެގަތުމުގައި ކުރި ހޯދިއެވެ. ފިޔަވަޅުތަކަށް މަޑުޖައްސާލާފައި ޒިވާއަށް ފަހަތަށް އެނބުރި ބަލައިލެވުނެވެ. ފަހަތުން އަންނާނެ ކަމަށް އުއްމީދުވެސް ނުކޮށް ހުއްޓާ ރުހާން ފެނުމުން ޒިވާގެ ހިތުގައި ހިތްގައިމު މިއުޒިކެއް ކުޅެލިއެވެ.

****

ރަށުގެ ބޮޑުމަގުން ދުވަމުން ދިޔަ ކައިލާން އާއި ޖަޒްލީއަށް ގެއާއި ހަމައަށް ނުދެވެނީސް ވައިގަދަ ކޮށްލާފައި ވެހެންފެށި ވާރެއިން ދެމީހުން ތެންމާލިއެވެ. އެއްބަޔަކު ހިޔާވާން ވެގެން ގޭގޭގެ އަސްކަނިދަށަށް ވަންނަމުން ދިޔައެވެ. ނަމަވެސް ޖަޒްލީ ބޭނުންވީ ތަނެއްގައި މަޑު ނުކޮށް ގެއަށް ދިޔުމަށެވެ. ކައިލާންއަށް އަމާޒުވެފައިވާ ޒުވާން ފުރައިގެ އަންހެން ކުދިންގެ ލޯތަކުން އޭނާގެ ހިތަށް އުނދަގޫ ވަމުން ދިޔައީތީއެވެ. ކައިލާންއަކީ ހަމައެކަނި އޭނާގެ ޙައްޤެކެވެ. ކައިލާންގެ ސަމާލުކަން ހިނދުކޮޅަކަށްވެސް އޭނާ ނޫން އެހެން ފާރަތަކަށް ދިޔުމަކަށް ކައިލާންގެ އިންތިހާ ދަރަޖައިގެ ލޯތްބަށް އާދަވެފައިވާ އޭނާގެ ހިތަކަށް ނޭދެވޭނެއެވެ.

ދެމީހުންނަށް ގޮސް ޖަޒްލީމެންގޭ ވަށާފާރުން އެތެރެއަށް ވަދެވުނު ކަމެއް ނޭނގެ ކައިލާން ޖަޒްލީގެ އަތުގައި ހިފާފައި ޖެހި ލުތްކަކާއިއެކު ޖަޒްލީގެ މޫނުއައިސް ޖެހުނީ ކައިލާންގެ މޭގައެވެ. ވާރޭ ތިކިތަކުން ބަރުވެފައިވާ ޖަޒްލީގެ ލޮލުގެ އެސްފިޔަތަކުން ފިޔަ ޖަހާލުމަށްފަހު ކައިލާންއަށް ބަލާލި ގޮތުން ކައިލާންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ދިޔައީ އަސަރު ކުރުވައިގެންނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ޒާރާ ސީޒަން 2 (2)

Next

ސަލާމްލެއްވި ޔޫނުސްގެފާނު 03

Next
August 2, 2018

ސަލާމްލެއްވި ޔޫނުސްގެފާނު 03

Previews
July 31, 2018

ޒާރާ ސީޒަން 2 (2)

30 Comments!

  1. Nunnu says:
    August 1, 2018 at 11:36 pm

    vv reethi mi part ves
    when next

    1. Nunnu says:
      August 1, 2018 at 11:38 pm

      and I am first dho
      mi vaahaka p krey tho bala balaa indhaa thi up kree

    2. Noor??? says:
      August 1, 2018 at 11:43 pm

      Yap. U r the 1st. Maadhamaaves story update kolladheveytho varah try kuraanan. ThanQ dear

  2. Someone says:
    August 1, 2018 at 11:42 pm

    Ziva??? Furathama heekury rishfa ey jahan ulhefa olhigen kamah.. Ekam mihaaru get vehje.. Hehe.. New character eh dhw.. ☺️☺️☺️ Maa sha Allah.. Vrh salhi mi part ves.. Ekam liyuntheriyaa kiyaidhey iru English words beynun nukurahchey.. Eyrah ehaa reehcheh nuvedhaane.. Faahaga v thankolheh aee.. Share jahaafa in thaa ehge badhaluga hissaa jehyma Hama rangalhu vaane.. ☺️☺️☺️

    1. Noor??? says:
      August 1, 2018 at 11:46 pm

      ThanQ dear..kuriah huri part thakuga English words use nukoh liyevey tho balaanan. Ekan faahaga kolladhineema thanQ ingey.

  3. jumaa says:
    August 2, 2018 at 12:04 am

    Masha allah mi part vs varah reethi..alhe e ulhey jinni e annany rishfa ah fenunu reethi zuvaana ge sifaiga thrr anehkaa.

    1. Noor??? says:
      August 2, 2018 at 12:07 am

      Within two parts u will b clear dear.
      Just let me complete the 19th & 20th part. U will get the ans.. ThanQ dear

  4. Shaai says:
    August 2, 2018 at 12:30 am

    Superb …. story hama v habeys.. tnks dear…. eha avahah up kohdhinithi.. noor thi hama number 1 writer. And my favourite…?

    1. Noor??? says:
      August 2, 2018 at 12:33 am

      Awwwh. ThanQ dear.

  5. Sima says:
    August 2, 2018 at 6:53 am

    Wohhh. Varah lobi mi part??❤

    1. Noor??? says:
      August 2, 2018 at 7:14 am

      ThanQ dear

  6. kookie says:
    August 2, 2018 at 9:11 am

    wow. Masha Allah. Story hama varah supper varah reethi. waiting for next part igey. 🙂

    1. Noor??? says:
      August 2, 2018 at 9:23 am

      ThanQ dear

  7. Xaaaan says:
    August 2, 2018 at 9:29 am

    Masha Allah mi partves vv reethi???????❤

    1. Noor??? says:
      August 2, 2018 at 9:32 am

      ThanQ dear

  8. Anonymous says:
    August 2, 2018 at 1:26 pm

    Me first dhw,.. Varah reethi….maasha Allah ❤

    1. Noor??? says:
      August 2, 2018 at 1:46 pm

      ThanQ dear

  9. Jenna says:
    August 2, 2018 at 2:48 pm

    WOh!zeva kiya character eh ves mihaaru join kuree dhw ???
    Habeys hama bi bae noor???

    1. Noor??? says:
      August 2, 2018 at 3:53 pm

      ThanQ dear

  10. suty??? says:
    August 2, 2018 at 3:12 pm

    Ooh new character dhw..salhi ingey vhk..rishfa ge bai adhi ginain kiyaa hiy wanee..poor rishfa..story is awesome❣❤

    1. Noor??? says:
      August 2, 2018 at 3:53 pm

      ThanQ dear.

  11. Reader says:
    August 3, 2018 at 6:59 am

    Madukobba… Ekkala dhuvahu kailaan cyk in jehunu fahun jazly ah vaahaka dhekkey dho.

    1. Noor??? says:
      August 3, 2018 at 9:27 am

      Ya. But jazly ah vaahaka dhekkeykan ingeny kailaan and Ruhaan ah ekani… So kailaan parents and jazlymen rashu meehunves still think she can’t talk.. Ok dear

  12. Noor??? says:
    August 3, 2018 at 9:32 am

    Dear readers I’m little bit busy… That’s y wanted to tell u all that i might need some time to update. Hope u will undstand.. ThanQ frnds.

  13. Peony says:
    August 3, 2018 at 3:44 pm

    When you will update next part

    1. Noor??? says:
      August 3, 2018 at 4:31 pm

      In sha Allah tomorrow.. Liyevijjiyyaa tonight around 11, or 12 ves update kolladheynan

  14. Shaai says:
    August 3, 2018 at 11:31 pm

    Haadha dheraveye lahun upload vaathi…. haadha varakah Eva inthizaaru kureveye?

    1. Noor??? says:
      August 4, 2018 at 7:54 pm

      Sorry dear lasvaathy.. But just now I have updated. ThanQ

  15. haii says:
    August 4, 2018 at 6:56 pm

    Koba story

    1. Noor??? says:
      August 4, 2018 at 7:55 pm

      Dear, just now I have updated.. Sorry for been late.

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……19←


All Right Reserved!