Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……17

Noor💙 Level 710 Stories100 Comments100 Login500 Comments
July 31, 2018 5 Mins Read
46 Comments

ހަނާ ދިޔުމުން ރިޝްފާވެސް ކޮޓަރިއަށް ދިޔައީ ކޮންމެވެސް ވަރަކަށް ނިދިއައިސްފައި ހުރީތީއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ގޮސް އެނދަށް އެރި ރިޝްފާގެ ކަންފަތުގައި މަޑު މިޔުޒިކެއްގެ އަޑު ޖެހުނެވެ. ނޭނގޭ ހިތް ލަންބުވާފަދަ މިއުޒިކްގެ އެ އަޑު އަންނަނީ ކޮޓަރި ބެލްކަންޏާއި ދިމާލުންނެވެ. ރިޝްފާއަށް އެނދުން ތެދުވެގެން ގޮސް ބެލްކަނީގެ ދޮރު ކަހާލުމަށްފަހު ބޭރަަށް ނިކުމެ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެވަގުތު ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ގިޓައެއް ހިފައިގެން ހުރި ރީތި ޒުވާނާ ރިޝްފާގެ ލޮލުގައި އަޅައިގަތެވެ.

ހަމަ އެ ޒުވާނާއެވެ. އޭނާގެ ރޭގަނޑުގެ ނިދި ވަގަށް ނަގައިގެން އުޅޭ އަޅި ކުލައިގެ ކަޅީގެ ވެރިޔާއެވެ. ކޮންފަދަ ބޮޑު އިއްތިފާޤެއް ހެއްޔެވެ؟ އެ ޒުވާނާއާއި އެހާ ގާތުގައި އުޅެވުނު އިރުވެސް މީގެ ކުރިއަކުން ރިޝްފާގެ ލޮލުގައި އެ ރީތި ޒުވާނާ އަޅައިގަނެފައެއް ނުވެއެވެ.

ރިޝްފާއަށް ކަޅި ޖަހާވެސް ނުމެލާ އެ ރީތި ސޫރައަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާއަށް ހޭވެރިކަންވީ އެ ޒުވާނާ އަތުން ހަނައަޅާލިތަން ފެނުމުންނެވެ. ރިޝްފާއަށް ކުރެވުނު ކަންތައް އިޙްސާސް ވުމުން ގަތް ލަދުން އަވަހަށް އެތެރެއަށް ވަންނަން އުޅެނިކޮށް އެ ޒުވާނާގެ ފިރިހެންވަންތަ އަޑުން ރިޝްފާގެ ނަމުން މުޚާތަބުކޮށް އިހަށް މަޑުކޮށްބަލާށޭ ބުންޏެވެ. ރިޝްފާއަށް ހުރި ފިޔަވަޅު މައްޗަށް ހުއްޓި ފަހަތަށް އެނބުރި ބަލައިލެވުނުއިރު އޭނާގެ މޫނުމަތިން އުފާވެރިކަމާއި އެއްވަރަށް ހައިރާންކަންވެސް ފައުޅު ވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އެ ސޫރަ ދުށުމަށް އޭނާގެ ދެލޯ އެދެމުންދިޔަ ސޫރައާއި ބައްދަލްވި މިއީ އަދި ދެވަނަ ފަހަރެވެ. އެ ދުވަހު ރަސްފަންނުގެ އެ ބައި ބޯ މާޙައުލުން އޭނާއަށް އެ ޒުވާނާ ފެނުނު ހިނދުން ފެށިގެން ހިތުގައި އެ ރީތި ސޫރަ ބިންވަޅު ނެގިފައި ވިޔަސް އެ ޒުވާނާއަށް އޭނާއާއި ދިމާއަށް ރިޝްފާ ސިއްރުސިއްރުން ބެލިކަން ނުވެސް އިނގޭނެއެވެ. ވީއިރު ރިޝްފާގެ ނަމަށް ދަންދެން އެ ޒުވާނާއަށް އެނގުމަކީ ހަމަ އަސްލުވެސް ހައިރާން ވާނެ ކަމެއް ނޫން ހެއްޔެވެ؟

“ވަރަށް ހައިރާން ވެއްޖެ ދޯ އަހަންނަށް ރިޝްފާގެ ނަން އެނގުނީމަ…. އަހަންނަށް ރިޝްފާ ވަރަށް ކަމުދޭ…. އެހެންވެ ރިޝްފާއާ ބެހޭ މަޢުލޫމާތު ހޯދިން….. ރިޝްފާ މަސައްކަތް ކުރަނީ ބީ އެމް އެލް ގަ އެންނު…… އިފް ޔޫ ޑޯންޓް މައިންޑް އަހަރެން ވާހަކަ ދައްކާލަން ތިބަޔަށް ދިޔަސް ހެޔޮތަ؟”

އެ ޒުވާނާގެ ދުލުގައި އޮތް ޖުމްލަ ރަނގަޅަށް ފުރިހަމަވެސް ނުވަނީސް ރިޝްފާއަށް އާނ އެކޭ ބުނާ ފަދައަކުން ބޯ ޖަހާލެވުނީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުންނެވެ. އެހެން ނޫންނަމަ ކިތަންމެ ބޭނުންވިޔަސް ކޮންތާކުން އައި ކާކު ކަމެއްވެސް ނޭނގި އެހާ ފަސޭހައިން އެއްބަސް ވޭވޭނީ ކޮންފަދައަކުން ހެއްޔެވެ؟

އެއްވެސް އުނދަގޫ ކަމަކާއި ނުލާ އެ ޒުވާނާ ބެލްކަނި ހުރަސް ކޮށްފައި އައިސް ރިޝްފާގެ ގާތަށް ހުއްޓި ދެޖީބަށް އަތް ޖަހާލިއެވެ. އެވަގުތު ފަޒާގެ ތެރެއިން އައި ފިނިފިނި ވައި ރޯޅިތަކުން ރިޝްފާގެ ހަށިގަނޑުގައި ފިރުމަން ފެށިއެވެ. މިއޮއް ހުރިހާއިރު އެފަދަ އެއްވެސް އިޙްސާސެއް ނުކުރެވެއެވެ. ނަމަވެސް ކުއްލިއަކަށް ވަށައިގެންވާ މާޙައުލުގައި ތެތް ފިނިކަމެއް ފެތުރިގެން ދިޔައެވެ. ހަމަ ދެންމެއަކު ބޯކޮށް ވާރޭވެހިފައި ހުއްޓާލާފައިވާ ފަދައަކުންނެވެ.

“އެ އެޕާޓްމެންޓްގަތަ އުޅެނީވެސް… އެހެން މިއަހާލީ މީގެ ކުރިން ދުވަހަކުވެސް އެބައިން ބެލްކަންޏަށް ނިކުންނާތީވެސް ނުފެންނާތީ.. ”

ނަމަވެސް އެ އެއްވެސް ކަމަކަށް މާބޮޑު ފަރުވާލެއް ދެވޭ ވަރަށްވުރެ ރިޝްފާގެ ހިތަށް ވަމުންދިޔަ ގޮތް ނޭނގޭ ގޮތްތަކަކުން ކައިރީގައިހުރި ޒުވާނާއާއި ބެހޭގޮތުން އެނގެން ބޭނުންވިލެއް ބޮޑުކަމުން ވަރަށް ހިތްވަރު ކޮށްފައި ސުވާލު ކޮށްލިއެވެ.

“ހޫމްމް…. އަދި ހަފްތާއެއްވަރު ވާނީ މިތަނަށް ބަދަލު ވީފަހުން… ”

ރިޝްފާގެ ސުވާލަށް ޖަވާބު ދިންއިރު އެ ޒުވާނާގެ ނަޒަރު ފަޅިސިކުންތަކަށްވެސް ރިޝްފާއާއި ވަކި ނުވެއެވެ. ދެމީހުން އެތައް އިރަކު އެގޮތުގައި ވާހަކަ ދައްކަން ތިބެފައި އެދެމީހުންގެ ފުރަތަމަ ބައްދަލްވުން ނިންމާލީ މާދަމާރޭވެސް ހަމަ އެގަޑީގައި އެތަނުން ބައްދަލް ވުމަަށް ގަޑި ކިޔާފައެވެ. ރިޝްފާ އެތެރެއަށް ވަދެ ދޮރުލެއްޕުމުން ޒޭންވެސް އޭނާގެ ބަޔަށް ދާން ކަމަށް ހަދާލާފައި އަލިގުޅައަކަށް ވެގެން ވަކި ހިސާބަކަށް މައްޗަށް އަރައިގެން ގޮސް ގެއްލުނެވެ. ރިޝްފާއަށް ނިދެންދެންވެސް އޭނާގެ ހިތުގައި ޒޭން ރަސްކަން ކުުރަމުން ދިޔައިރު, ދުލުގައިވެސް ވީ އެނަމެވެ.

*****

އަނެއްދުވަހުގެ މެންދުރުގެ ވަގުތެވެ.

“ހިނގާ މިރޭ ދެމީހުން ހުޅުމާލެއަށްދާން އެސޮރު ބަލާ…… ގޮސް އެ މަންމަނު ކައިރިންވެސް މާޢާފަށް އެދޭނީ…. ދެން އެވަރުންވެސް ކައިލާން އަންނަން ޤަބޫލު ނުވެއްޖިއްޔާ ރޮއި އާދޭސް ކޮށްލަނިކޮށް އެ ހިތް މަޑުވެދާނެ….. ”

ކައިގެން ނިކުމެ ގޮނޑިސެޓުގައި އިށީނދެ ހަމަޖެހިލުމަށްފަހު ދުފާ ބިލެއްގަނޑު އަނގައަށް ލުމަށްފަހު ރޭވުންތެރި ކަމާއިއެކު ހަސަން މަނިކު ވާހަކަ ދެއްކިއެވެ. ނަމަވެސް ޖަޒްލީގެ ކިބައިން މަޢާފަށް އެދުމަކީ ސަކީނާއަށް ހަޖަމް ކުރަން އުނދަގޫ ކަމެކެވެ. ނަމަވެސް ލޯބިވާ ދަރިފުޅު އެގޮތުންވެސް އަނބުރާ ލިބޭނީވިއްޔާ ލޯމަރާ ބަހައްޓާފައި ޖެހޭނީ އެކަންވެސް ކުރާށެވެ.

*****

ދެ ނަމްބަރ ޖެޓީ ކައިރިއަށް ޓެކްސީ މަޑުކޮށްލުމުން ކައިލާން ޓެކްސީއިން ފޭބުމަށްފަހު ކާރުގެ ޑިއްކީއިން ފޮށި ނަގައިގެން ގެންގޮސް ބޯޓަށް އެރުވިއެވެ. އެއަށްފަހު ޖަޒްލީގެ އަތުގައި ހިފައިގެން ގޮސް އޭނާ ބޯޓަށް އަރާފައި ޖަޒްލީ އެރުވިއެވެ. ދަނީ ކޮން ރަށަކަށް ކަމެއް ނޭނގުނަސް ރޭގައި ވަރަށް އާދޭސް ކުރިފަހުން ދަނީ ރާއްޖެތެރޭ ރަށަކަށްކަން ކައިލާންގެ ފަރާތުން އެނގުމުންވެސް ޖަޒްލީ ހުރީ ވަރަށް އުފާވެފައެވެ. މާލޭ ދިރިއުޅުމަށްވުރެ ކިތަންމެހާވެސް ހިތްފަސޭހަ ވާނެތީއެވެ. އޭނާގެ އުފަން ރަށާއި, މަންމަމެންނާއިއެކު އުޅުނު ކުޑަކުޑަ އެހެނަސް އުފާވެރި ހަނދާންތަކުން ފުރިފައިވާ ގެ ދޫކޮށްލާފައި މާލެ އައި ހިތްދަތި ދުވަސް ޖަޒްލީގެ ހިތުން އަދިވެސް ފިލައިގެން ނުދެއެވެ.

އެކި ރަށްރަށަށްދާ މީހުން ތޮއްޖެހިފައިވާ އެ ބޯޓުގެ ގެ ގަނޑު މަތިން އެމީހުންނަށް ލިބުނު ތަންކޮޅުގައި ކައިލާން ތަންމަތި ފަތުރާލާފައި ދެމީހުން އިށީނެވެ. ޖަޒްލީގެ މޫނުމަތީގައިވާ އުފާވެރި ބެބުޅުން ތަކުން ކައިލާންގެ ހިތްފުރިފައި ވިއެވެ. އެމީހުންގެ އެއްފަރާތުގައި ތިބީ މުސްކުޅި ދެމަފިރިންނެވެ. އަނެއް ފަރާތުގައިވެސް ތިބީ އެމީހުންނާއި ދާދި އެއް އުމުރެއްގެ އަންހެނަކާއި، ފިރިހެނެކެވެ. ބަލާ ބެލުމަށް ހީވަނީ އެއީވެސް ދެމަފިރިން ހެންނެވެ.

މާގިނައިރު ތަކެއް ނުވެ ބޯޓު ފަޅުން ނެރެ މާސިންގާ ކަނޑާއި ދިމާއަށް މިސްރާބު ޖެހިއެވެ. ދުވަހަކީ ވައިގަދަ ދުވަހެއް ކަމުން ކަނޑުވެސް ދުރުން ބަލާލަން މަޑުހެން ހީވިއެއް ކަމަކު ވަރަށް ގަދައެވެ. ރުޅިގަދަވެ, ހުޅިނަގާފައިވާ ރާޅުތައް ފަޅަމުން ދިޔައިރު ބޯޓުވެސް ހީވަނީ ނަގަނަގާފައި ޖަހަމުން ދިޔަހެންނެވެ. ޖަޒްލީއަށް މާ ގިނަ އިރަކު ކެތެއް ނުކޮށްލެވުނެވެ. ބޯޓު ދެކޮޅަށް ހެލެމުން ދިޔުމުގެ ސަބަބުން އޭނާގެ ބޯ ސަކަރާތް ވާގޮތް ވިއެވެ. އެހެންވެ ކައިލާން ބޯދަށަށް ބާލީހެއް ލާފައި ޖަޒްލީ ބޭއްވިއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅި ތަކުން ޖަޒްލީ ފިނިބޮޑުވެގެން މުޅި ހަށިގަނޑުން ހީބިހި ނަގަމުން ދިޔައެވެ. ޖަޒްލީގެ އަތުގައި ހިފަހައްޓާލައިގެން އިން ކައިލާންއަށް އެކަން އިޙްސާސް ވިއެވެ. އެހެންވެ އެމީހުންނާއި ދިމާއަށް އިން ސަތަރި ގަނޑު ވައްޓާލާފައި ޖަޒްލީގެ ގައިމަތިން ރަޖާ އަޅައި ނިވައި ކޮށްލަ ދިނެވެ.

“އެހެންވީމަ އަހަރެންގެ އަންހެނުންނަކީ ކަނޑު މައްޗަށް ވަރަށް ބަލި މީހެއްދޯ….. ”

މޭ ނުބައިކުރާތީ ޖަޒްލީ އަނގަމަތީގައި އަތް އަޅައިގެން އޮތީމައި ކައިލާން އޭނާއާއި ދިމާކޮށްލީ ލާނެތް ގޮތަކަށް ހީލާފައެވެ. ދެން ކައިލާންއޭ ކިޔައި ކައިލާންގެ އަތުގައި މަޑުމަޑުން ޖަހާލުމަށްފަހު ޖަޒްލީ ކުށްތަޅާލިއެވެ. ކައިލާން ގާތަށް ހިނިއައެވެ. އަނބިމީހާގެ ކޮންމެ ހަރަކާތަކުން އޭނާގެ ހިތަށް ބުނެދޭންވެސް ނޭންގޭހާ ހިތްހަމަ ޖެހުން ލިބެމުން ދިޔައެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ދެހިތް ގުޅުނީމައި ހިތްތަކަށް ލިބިގެންދާ ފޮނި މީރުކަން ކައިލާންއަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

އިރުކޮޅެއްފަހުން ޖަޒްލީއަށް އޮތީ ނިދިފައެވެ. އޭރު އިރުއޮއްސި ހަތަރު ފަރާތުން އަނދިރިވެފައި ވާއިރު އުޑުމަތިން ރަތް ވިލާތައް ކޮންމެވެސް ވަރަކަށް ފައުޅުވަމުން ދިޔައެވެ. ޖަޒްލީ ބަނޑުމަތީގައި ބާއްވާލާފައި އަތުގައި އަތް އަޅާލައިގެން ކައިލާން އިނީ ޖަޒްލީގެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. އިރުއިރުކޮޅާއި ވަޔާއި ޖަޒްލީގެ މޫނަށް އެޅެމުންދިޔަ އިސްތަށިތައް ރީތި ކޮށްލާ ދެއެވެ. ކައިލާން އުޅޭ ގޮތުން ހީވަނީ ވައިރޯޅިއެއްވެސް ޖަޒްލީގެ ހަށިގަނޑުގައި ބީހުމަށް ނޭދޭ ހެންނެވެ. އެ މަންޒަރު ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތުގައި ޖަޒްލީއަށްޓަކައި ހަސަދައިގެ ހުޅު ރޯވާނެކަން ގައިމެވެ.

******

ހަސަން މަނިކުއާއި ސަކީނާ ހުޅުމާލޭ ފެރީ ޓާމިނަލް އިން ނިކުތް ގޮތަށް ކައިލާންމެން ގެއަށް ދިޔުމަށް ޓެކްސީއަކަށް އެރިއެވެ. ދިހަވަރަކަށް މިނެޓަށްފަހު ޓެކްސީގޮސް އެމީހުންދިން އެޑްރެހަށް މަޑު ކޮށްލުމުން ދެމަފިރިން ޓެކްސީއިން ފޭބުމަށްފަހު ކުރިމަތީގައި ހުރި އެޕާޓްމެންޓްގެ ފުރަތަމަ ފަންގި ފިލާއަށް އަރައި ބެލް އެޅިއެވެ.

ހާސްވެފައި ހުރި ސަކީނާގެ ދެއަތް ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. ހަސަން މަނިކުވެސް ޖެހިލުން ވެފައި ހުރެ އަނެއްކާވެސް ބެލް އަޅައިލިއެވެ. ކައިލާން މިހާރު އެ ދެމީހުން ކުރެ އެކަކުވެސް ދެކެން ބޭނުން ނުވާނެކަން އެނގޭތީއެވެ. މައިން ބަފައިންނަށް ވެ ތިބި އެމީހުންނަށް ކުރެވުނު ޢަމަލުތަކަކުން ވަނީ ދަރިންގެ ކުރިމަތީގައި އަގު ވެއްޓި ބޭނުން ނެތް ބަޔަކަށް ވެފައެވެ.

******

ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަހުރި ރުހާންގެ ހިތް ވަނީ އޭނާއަށް ކަންތައް ކުރެވުނު ގޮތުން ހަމަނުޖެހުމެއްގެ ތެރޭގައެވެ. މަންމަމެން ކައިލާންގެ އެޑްރެސް ހޯދައިގެން މިރޭ ކައިލާންއާއި ބައްދަލް ކުރަން ދާން އުޅޭކަން އެނގުނީމައިވެސް އޭނާ ކައިލާންމެން ހަވީރު ރާއްޖެތެރެއަށް ދާން ފުރާވާހަކަ ހަމަ ގަސްތުގައި ނުބުނީއެވެ. އެމީހުންނަށް ލަނޑެއް ދޭކަށް ނޫނެވެ. އެކަމަކު ކައިލާންއާއި ޖަޒްލީގެ އުފަލަށްޓަކައި އެހެން ކަންތައް ކުރެވުނީއެވެ. އެމީހުން ހަވީރު ފުރާކަން މަންމައަށް އެނގުނު ނަމަ ޔަޤީނުންވެސް ފުރުމުގެ ކުރިން ކައިލާންއާއި ބައްދަލް ކުރަން ދިޔައީހެވެ. އަދި މަންމައަށް ވެގެން ވާނަމަ އެދަތުރުވެސް ދިޔަނުދީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ހުއްޓުވީހެވެ. ކައިލާންމެންގެ އައު ކައިވެނީގެ އުފާވެރި ވަގުތުތައް އެފަދަ ގޮތަކަށް އެމީހުންގެ އަތުން ބީވެގެން ދިޔުމަކަަށް ރުހާން ނޭދެއެވެ. އެހެންވެ ރުހާން އޭނާގެ ހިތަށް ވިސްނައިދިނީ ލޯބިވާ ކޮއްކޮގެ ޙައްޤުގައި އެމީހުން ހަނީމޫން ދަތުރު ނިންމާލާފައި އަންނަންދެން ހަމަ އެނގޭކަމަށްވެސް ނުހަދާ ހުރުމަށެވެ.

****

“އޭ….. ޖަޒްލީ…. ތެދުވޭ ބަތްކޮޅެއް ކާލައިގެން އޮންނަން…. އަދި އެ ރަށަށް ދެވޭނީ މާދަމާ މެންދުރެއް ހާއިރަށް”

ކައިލާން ޖަޒްލީ ބޮލުގައި ފިރުމާލުމަށްފަހު ކާން ނަގަންވެގެން ގޮވާލިއެވެ. ޖަޒްލީ ކުޑަކޮށް ދެލޯ ފުހެލާފައި ތެދުވެ ހަމަޖެހިލިއެވެ. ރޭގަނޑުގެ ކެއުމަށް ބޯޓުގައި ތައްޔާރު ކޮށްފައި ހުރީ ގަރުދިޔަ އާއި ބަތެވެ. ތޮޅި މިރުހާއިއެކު ލުނބޯހުތް ފިތާލައިގެން ކައިލާންއާއިއެކު ޖަޒްލީވެސް ބަތްކޮޅެއް ކާލިއެވެ. ކައިނިމިގެން ދެމީހުން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި ކައިލާން ދިޔައީ ފާޚާނައަށެވެ. ކައިލާން ދިޔަތަން ފެނުމުން ވަގުތު ބަލާފައި އަނެއް ފަރާތުގައި އޮތް މީހަކު އައިސް ޖަޒްލީގެ ގާތުގައި އިށީނދެ ހަމަޖެހިލާފައި ކިހިނެތްހޭ އަހާލިއެވެ. ނުދަންނަ އެ ޒުވާނާ ޖަޒްލީއާއި ދިމާއަށް ބަލަމުން ދިޔަ ގޮތުން ޖަޒްލީއަށް އުނދަގޫ ވަމުން ދިޔައެވެ. އޭނާއަށް ބެލެމުން ދިޔައީ ކައިލާން އާދޭތޯއެވެ.

ޖަޒްލީގެ ޖެހިލުންވެފައިވާ ހިތަށް އިތުރަށް ބިރުވެރިކަން ވަނީ ބޯޓުގައި ދިއްލާފައި ހުރި ބޮކިތައް ނިއްވާލުމުންނެވެ. އެ ޒުވާނާ ވާހަކަ ދައްކަން މަސައްކަތް ކޮށްކޮށް ޖަޒްލީ އަނގައިން ނުބުނުމުންވެސް އެއްގޮތަކަށް ދާ ޚިޔާލެއް ނުކުރިއެވެ. ޖެހިގެން އެއްފަރާތުގައި ތިބި މުސްކުޅި ދެމަފިރިން ތިބީ ނިދާފައެވެ. އަނެއް ފަރާތުގައި އޮތް އަންހެން ކުއްޖާ ނިދާފައި އޮތް އިރު ފިރިހެން ކުއްޖާހުރީ ތަންކޮޅެއް ދުރުގައި ފޯނެއްގައެވެ. އެންމެ ފަހުން އެ ޒުވާނާ ޖަޒްލީގެ އުނގުގައި އޮތް އޭނާގެ އަތުގައިވެސް ހިފީއެވެ. ޖަޒްލީ އެ އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ދިޔައިރު އޭނާއަށް ރޮވެމުން ދިޔައެވެ. އެ މަންޒަރު ފެނި އައިސްފައިހުރި ރުޅިން ކައިލާންގެ ލޮލުން ހީވަނީ އަލިފާންކަނިވެސް ބުރާހެންނެވެ.

*****

އެނދުގައި އޮށޯވެލައިގެން އޮތް ރިޝްފާއަށް އިރުކޮޅަކާ ގަޑި ބަލައިލެވެއެވެ. އަދިވެސް ބާރަ ޖަހަން ވަގުތު ހުރުމާއެކީ އެނދުގެ ހެޑްބޯޑުމަތީ އޮތް ވާހަކަފޮތް ނަގައި ކިޔަން ހުޅުވާލިއެވެ. ނަމަވެސް އެއްގޮތަކަށް އޭގައި ލިޔެފައި އޮތް އެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. މިއަދު އޮފީހުގަ މާ ބުރަކޮށް ދިޔައީމައި ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް ޒޭން އާއި ބައްދަލް ކޮށްލާފައި ނޫނީ ނިދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވެ ހަމަ ނެތް ހިތްވަރު ލައިގެން ނުނިދާ އޮވެވޭތޯ މަސައްކަތް ކުރަމުން ދިޔަ ރިޝްފާގެ ލޮލަށް ނިދި ސަވާރުވެ ހުވަފެނީ ޢާލަމަށް ދަތުރު ކުރިއެވެ.

އޭގެ ފަސްވަރަކަށް މިނެޓް ފަހުން ޒޭން އައިސް ރިޝްފާ ކޮޓަރި ބެލްކަންޏަށް ތިރިކޮށްލިއެވެ. ބެލްކަނީގެ ދޮރު ލައްޕާފައި ހުއްޓަސް ދޮރު ނުހުޅުވައި އެތެރެއަށް ވަނުމަކީ އެފަދަ މަޚްލޫޤަކަށް އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ރިޝްފާއަށް އެމަންޒަރު ފެނި ހެޔަށް ގޮތްވުމަކީ ޒޭން ބޭނުންވާ ގޮތެއް ނޫނެވެ. އެހެންވެ ދޮރުހުރީ އެތެރެއިން ތަޅުނުލާކަން އެނގޭތީ ޒޭން ލޮލުން އައްޔެއް ފޮނުވާލާފައި ދޮރު ކަހާލުމަށްފަހު އެތެރެއަށް ވަނީ ރިޝްފާ ދެކިލުމަށް މިއަދު ހަތަރުދަމު އޭނާ ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން ގެންނަމުންނެވެ. ނަމަވެސް ނިދާފައި އޮތް ރިޝްފާ ފެނުމުން އޭނާގެ މޫނުމަތި ބަނަވެގެން ދިޔައީ ކަޅުފޮއިރެއެއް ފަދައިންނެވެ. މިވަގުތު އެ މޫނު ފެނިއްޖެނަމަ ރިޝްފާ ދުނިޔެއިންވެސް މޮޔަވެދާނެއެވެ.

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ރާސްތާ 24

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 4

Next
July 31, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 4

Previews
July 30, 2018

ރާސްތާ 24

46 Comments!

  1. jumaa says:
    July 31, 2018 at 11:44 am

    Alhe mioh reethi story vs jinni ulhen feshy..rishfa ah abadhu jinni akaa ekee eh noolheveyne ehnu..ekam mee varah salhi story eh

    1. Noor??? says:
      July 31, 2018 at 12:01 pm

      ThanQ for the comment dear

    2. Noor??? says:
      July 31, 2018 at 12:06 pm

      And about Rishfa. I have some other plane 4 her.. Let’s c dhw

  2. jumaa says:
    July 31, 2018 at 11:49 am

    First dhw.. noor thee juma ge emme favorite writer.. rishfaa ge bai vs egothah inas mi story varah reethi vaane kamah umeedhu kuran.. love u nd love ur storys

    1. Noor??? says:
      July 31, 2018 at 12:06 pm

      Happy to know that.. ThanQ dear

  3. Jenna says:
    July 31, 2018 at 12:30 pm

    Enme fahun rishfa alhaagathi jinni akaa nu?
    But varah reethi ige rishfa ge bae ves adhi jazlee aa kai laan ge bae ves?
    Ekm mi part heeve ehn bae thaka vure short hen so plx make it long noor?
    And can’t wait to see what happens to rishfa??

    1. Noor??? says:
      July 31, 2018 at 6:34 pm

      ThanQ for the comment dear.. Will try

  4. Mixuhan says:
    July 31, 2018 at 12:39 pm

    When is the next part???
    Nice story… interesting…avahah upkhdhehchey

    1. Noor??? says:
      July 31, 2018 at 2:35 pm

      ThanQ dear.. In sha Allah tomorrow

  5. Sima says:
    July 31, 2018 at 1:28 pm

    Vvvvvvv reethi. ❤❤❤❤❤

    1. Noor??? says:
      July 31, 2018 at 2:35 pm

      ThanQ dear

  6. charlie says:
    July 31, 2018 at 1:30 pm

    V salhi mi part vx???

    1. Noor??? says:
      July 31, 2018 at 6:37 pm

      ThanQ dear

  7. Xaaan says:
    July 31, 2018 at 2:03 pm

    Alhe mioh reethi story biruveri storyakah veetha so sad

    1. Noor??? says:
      July 31, 2018 at 2:39 pm

      Alhey. I thought to make it lil bit complicated dear.

  8. sudhaa says:
    July 31, 2018 at 2:50 pm

    mihaaru jinni story akah thivee mivaahaka alhe thihen nahadhaaba…pls ekam mistory varah reethi rishfaa ah ragalhu ehen baiveriyaku libeyne kamah unmeedhukuran…

    1. Noor??? says:
      July 31, 2018 at 2:56 pm

      ThanQ for the idea dear.. Its not like that dear… She will have a happy life with a human.. But to get her partner she will struggle.. ThanQ dear

  9. Salvaa says:
    July 31, 2018 at 2:54 pm

    Masha allah. Varah reethi vaahaka eh. Keep it up.

    1. Noor??? says:
      July 31, 2018 at 2:57 pm

      ThanQ dear

  10. kookie says:
    July 31, 2018 at 3:05 pm

    Masha Allah. mi part vx varaha varah reethi. when next part.??

    1. Noor??? says:
      July 31, 2018 at 3:23 pm

      ThanQ dear. In sha Allah tomorrow

  11. zee says:
    July 31, 2018 at 3:31 pm

    ahlhey jini story ahkah hadheetha ? dhen ehn nuhadhaa miyoh reethi story. noor

    1. Noor??? says:
      July 31, 2018 at 3:38 pm

      Dnt worry dear. It won’t be.. Its a love story.. ThanQ dear

  12. Yaan says:
    July 31, 2018 at 4:48 pm

    Maasha Allah………jinni vaahaka akah tha vaan e ulheny?

    1. Noor??? says:
      July 31, 2018 at 4:58 pm

      ThanQ dear.. No.. Its just to make it little bit different. Its a love story

  13. Stry Kiyaa Man says:
    July 31, 2018 at 4:49 pm

    Masha allah haadhaha furihama ey.stry hama v perfect.keep it up noor.
    kOniraku nw part eh up vaany.waiting waiting.
    -salaam-???

    1. Noor??? says:
      July 31, 2018 at 4:59 pm

      ThanQ dear…
      In sha Allah tomorrow.. But liyevuniyyaa mirey ves update kolladheynan

  14. Amu ❤️ says:
    July 31, 2018 at 6:07 pm

    Story vrh salhi hama ❤️
    Knmme faharaku kiyaa ninmaalaafa comment kohlan kamah hunnany ekm busy kamun hama handhaan netheny but i love the story nd you too noor ?❤️

    1. Noor??? says:
      July 31, 2018 at 6:38 pm

      Awwwh. ThanQ dear

  15. Twinkle? says:
    July 31, 2018 at 6:57 pm

    wow… mi part vs hama vvv rythi masha allah… whn nxt part

    1. Noor??? says:
      July 31, 2018 at 8:44 pm

      ThanQ dear. In sha Allah tomorrow

  16. Afaa says:
    July 31, 2018 at 11:08 pm

    Dhen mivaahaka kiyaan ehaa beynumeh noon. Jinni ulheythee, insaanun ulhuneema maa reethi vaahaka, aslu mivaahaka kurin maa reethi, ?

    1. Noor??? says:
      August 1, 2018 at 6:08 am

      Its ok dear. I respect ur choice. But want to let u know that jinni aky rishfa ah eynaage life partner aa badhdhal vumah medhuveri vaa sababah hedhumah Ebai genes einy.. I dnt Hav any plan on making them a couple. ThanQ dear

    2. Afaa says:
      August 1, 2018 at 4:40 pm

      Thanks dear, for giving a good hope, love your style of writing

    3. Noor??? says:
      August 1, 2018 at 7:01 pm

      ThanQ dear

  17. Kiuntheriyaa says:
    August 1, 2018 at 7:47 am

    Kudakoh thafaathu kohkeema aslu varah salhi I think ur plan also will be nice story ves varah reethi keep it up noor

    1. Noor??? says:
      August 1, 2018 at 8:41 am

      Happy to c a comment from u dear. ThanQ.

  18. noor ge story kiya kujjeh says:
    August 1, 2018 at 2:03 pm

    noor im waiting…..avas kh dheeba…plz plz

    1. Noor??? says:
      August 7, 2018 at 2:22 pm

      ThanQ dear

  19. azoo says:
    August 1, 2018 at 6:26 pm

    v.reethi mivaahaka

    1. Noor??? says:
      August 1, 2018 at 7:02 pm

      ThanQ dear

  20. ??? says:
    August 1, 2018 at 7:02 pm

    When next part

    1. Noor??? says:
      August 7, 2018 at 2:24 pm

      Dear..just now I saw ur comment.. Sorry for not replying b4

  21. Noor??? says:
    August 1, 2018 at 7:08 pm

    Alhuganduge phone charging ga massalaeh dhimaavegen ulheythy miadhu hama phone nividhaanethy story type nukurevigen miulheny.. Vaahakaige inthizaaruga thibi readers ge faraathun varah bodah maafah edhen. Phone Rangalhu veehaa avahakah next part update koh dheynan. In sha Allah.

  22. vaahaka kiyun therieh says:
    August 2, 2018 at 9:30 pm

    alhe adhives vaahaka up nuveytha haadha reethi vaahaka ekey mihaaru 2 days vegen dhiyaee avahah up kohlabala story

    1. Noor??? says:
      August 3, 2018 at 2:48 pm

      Alhey dear.. Lasvedhaanethy notice jahaalaafa inas hama 1st August ga 18th part update kohdhevifa iny. ThanQ dear

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……18←


All Right Reserved!