ކުއްލިއަކަށެވެ. ކޮޓަރީގެ ފާހާނާ ހުޅުވުނެވެ. ފާހާނާއިން ނިކުތް ފިރިހެން މީހާ ފެނުމުން އަވްލީންގެ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. ކަޅު ކުލައިގެ ސޯޓުބުރިއެއްގައި ހުސްގަޔާ އެހެރީ ހަމަ އޭނާއޭ އަވްލީންގެ ހިތް ބުނަމުން ދިޔައެވެ. ދިހަ އަހަރު ފަހުންވެސް އެ ސޫރާއެއް އޭނާއަކަށް ނޯޅޭނެއެވެ. އަވްލީންގެ ލޮލަށް ބޮނޑިވި ކަރުނަތަށް އެއްވެސް އިޙްތިޔާރަކާ ނުލާ ކޯތާފަތްމަތީގައި ބޮސްދޭން ފެށިއެވެ. ދޮރުމަތީގައި ހުރި ފިރިހެން މީހާއާ ދިމާލަށް އޭނާ ދުއްވައިގަތެވެ. އެ ޒުވާނާގެ ތަނަވަސް މޭމަތީގައި އަވްލީން އޭނާގެ […]
ރޭގަނގަޑުގެ އަނދިރިކަމުގެ ތަރެއިން އިންސާނުންގެ ލޯތަކަށް އަލިކަން ގެނެސްދިނީ މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ފުރިހަމަ ހަނދެވެ. ކަޅުވިލާތަކުގެ އުނދަގުލެއް ނުފޯރުމުން އެ ހަނދުގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. ރާއްޖެ ގަޑިން ރޭގަނޑު އެގާރަ ޖަހާ ތިރީސް މިނެޓު ހިނގާފައިވާއިރު މަގުމަތީގައި އުޅޭ މީހުންގެ އަދަދު ދިޔައީ މަދުވަމުންނެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ނަރުހެއްގެ ފުރިހަމަ ވާޖިބު އަދާކުރަމަށްފަހު ގެއަށް ދާން އަވްލީން މިސްރާބުޖެހީ ފައިމަގުގައެވެ. ކުރިއަށް އަޅަމުން ދިޔައ އަމިއްލަ ފައިތިލައިގެ ފިޔަވަޅުތަކަށް ބަލަމުން ދިޔައިރު […]