Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި އަހަރެން ވާނަމޭ 2

shaaly Level 1
July 31, 2018 3 Mins Read
22 Comments

ކުއްލިއަކަށެވެ. ކޮޓަރީގެ ފާހާނާ ހުޅުވުނެވެ. ފާހާނާއިން ނިކުތް ފިރިހެން މީހާ ފެނުމުން އަވްލީންގެ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. ކަޅު ކުލައިގެ ސޯޓުބުރިއެއްގައި ހުސްގަޔާ އެހެރީ ހަމަ އޭނާއޭ އަވްލީންގެ ހިތް ބުނަމުން ދިޔައެވެ. ދިހަ އަހަރު ފަހުންވެސް އެ ސޫރާއެއް އޭނާއަކަށް ނޯޅޭނެއެވެ.

އަވްލީންގެ ލޮލަށް ބޮނޑިވި ކަރުނަތަށް އެއްވެސް އިޙްތިޔާރަކާ ނުލާ ކޯތާފަތްމަތީގައި ބޮސްދޭން ފެށިއެވެ. ދޮރުމަތީގައި ހުރި ފިރިހެން މީހާއާ ދިމާލަށް އޭނާ ދުއްވައިގަތެވެ. އެ ޒުވާނާގެ ތަނަވަސް މޭމަތީގައި އަވްލީން އޭނާގެ މޫނު ފޮރުވާލީ ބައްދާލަމުންނެވެ. “ރާއިލް.” ގިސްލުމުގެ ތެރެއިން އަވްލީންއަށް ބުނެވުނު ހާވެސް އެއްޗަކީ އެއީއެވެ. އޭނާގެ އިހްސާސްތަށް ދުލުން ބޭރުކުރަން ބޭނުންވިޔަސް އެކަން ކާމިޔާބެއް ނުވިއެވެ. ނަމަވެސް އޭނާގެ ހިތުން އެތަށް ޝަކުވާއެއް ކުރެވެމުން ދިޔައެވެ.

ގަނބު އަރާފައި ބުދެއް ފަދައިން ރާއިލްއަށް ހުރެވުނެވެ. އޭނާއަށް ހައްޔަރު ކޮށްގެން މިގެނެވުނީ އެހިތުގެ މަލީކާން އެނގުނު ނަމަ އޭނާ އެކަމެއް ނުކުރީހެވެ. އެ އަނދިރި ގޯޅިގަނޑުގެ ތެރޭގައި އަވްލީންގެ މޫނު ފާހަގަ ވިނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ. ދިހަ އަހަރު ދުވަސް ފަހުން އެ ސޫރަ ހަމަ ލޮލަށް ފެނުމުން ހިތުގައި ތަފާތު އިހްސާސްތަކެއް އުތުރި އަރަން ފެށިއެވެ. އަވްލީން ގައިގައި ބައްދާލާ ލޯބިކޮށްލަން ބޭނުންވިޔަސް އޭނާއަށް މިއަދު މަޖުބޫރެވެ. ހިތް މަތީގައި ގާގަނޑެއް ބާއްވާލަމުން އޭނާގެ ނިކަމެތި ހިތުގެ އެދުމާ ދެކޮޅަށް ހަރަކާތްކުރަން ފެށިއެވެ.

އަވްލީންގެ އިސްތަށިގަނޑުގައި ހިފާލަމުން ރާއިލް އޭނާ ދުރުކޮށްލިއެވެ. “މޮޔަވެގެންތަ ތިއުޅެނީ. ތަަނަކުން ފިރިހެނަކު ފެންނަ އިރަށް އައިސް ބައްދަންޏާ ހާދަ ހާޔާތް ކުޑައޭ. ހީކުރީތަ މަ ކަލޭ މިތަނަށް ގެނައީ ކަލެއާ ހިތާވެގެންނޭ” އަވްލީންގެ ވޭނީ ރުއިމުގެ އަޑުގެ ސަބަބުން ރާއިލްގެ ހިތުގައި ކަޓަރަކުން އަޅަމުން ދިޔަ ފަދައެވެ. އޭނާ ނޭވާ ހިފާއްޓާލަމުން އަވްލީން އެނދުމައްޗަށް ވައްޓާލިއެވެ. ކޮޓަރިން ނިކުމެގެން ރާއިލް ދިޔައީ އަމިއްލަ ނަފްސު އެތަކެއް ކަމެއްގެ ސަބަބުން ކުށްވެރިކުރަމުންނެވެ.

އެނދުމަތީގައި އޮތް އަވްލީންގެ ސިކުނޑީގައި ސުވާލު މާކުަތަކެއް އެނބުރެމުން ދިޔައެވެ. އަވްލީންގެ ހިތް ދޮގެއް ނަހަދާނެއެވެ. ރާއިލްގެ ސޫރަ ކިތަންމެ ތަފާތުވެފައިވިޔަސް އަވްލީންއަކަށް ނޯޅޭނެއެވެ. ނަމަވެސް ރާއިލް އެހެން ކަންތައްކުރީ ކީއްވެބާއެވެ؟ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އަވްލީން ދެކެ ލޯބިވާކަމަށް ހެކިވި ރާއިލްއަކީ އެއީ ނޫންހެއްޔެވެ؟ މިއީ ހުސް އަވްލީންގެ ހިތުގައި އުފެދެމުން ދިޔަ ޖަވާބު ނޭނގޭ ސުވާލަުތެކެެވެ. ޖަވާބު ދޭނޭ ފަރާތެއް ރާއިލް ފިޔަވައި ނެތެވެ.

ހިތާމައިގެ ކަނޑުގައި ޣަރަގުވެފައި އޮތް އަވްލީންގެ ހިޔާލުތަށް ދަތުރު ކުރީ މާޒީއަށެވެ. އެއީ މީގެ ދިހައަހަރު ކުރީގެ އުފާވެރި ދުވަސްތަކެވެ. ނަމަވެސް މިހާރު ހިތާމަވެރި މާޒީއަކަށް ބަދަލުވެފައިވާ ހިޔާލުތަކެވެ.

ދިހަ އަހަރު ކުރި

ދެހާސް އަށެއްގެ ފަހު ކޮޅެވެ. “މިއަހަރު ނެގި އޭލަވަލް އިމްތިހާނުން މުޅި ސްކޫލުންވެސް އެންމެ މަތީ ވަނަ ހާސިލްކޮށްފައިވާ ދަރިވަރަކީ ސްކޫލުގެ އަންހެން ކެޕްޓަން އާއިޝަތް އަވްލީން.” ޕްރެޒެންޓަރުގެ އަޑާއެކު މުޅި މާހައުލުގައި ގުގުމާލީ އެންމެންގެ އަތްތިލަ ބަޑީގެ އަޑެވެ. މިއުޒިކު އަޑު ގަދަވެގެން ދިޔައިރު ބާރު ހިނގުމެއްގައި އަވްލީން މިސްރާބުޖެހީ ސްޓޭޖާ ދިމާލަށެވެ. މިއީ އޭނާގެ ހަޔާތުގައި މިވީ ސޯޅަ އަހަރު ދުވަސް ތެރެއިންވެސް އައި އެންމެ އުފާވެރި ދުވަހެވެ. ޖަލްސާ ނިންމާލަމުން ސްކޫލު ގްރައުންޑަށް އަވްލީން އޭނާގެ އެކުވެރިންނާއެކު މިސްރާބުޖެހިއެވެ. ދިމާވި ޓީޗަރުންނާ ވަދާޢީ ސަލާންކޮށް ހަދަމުންނެވެ.

“އަވްލީން.” ފަހަތުން އިވުނު އަޑުގެ ސަބަބުން އަވްލީން އޭނާގެ ފަހަތް ބަލާލިއެވެ. ޕްރިފެކްޓު ޔުނީފޯމްގެ ދެ ޖީބަށް އަތް ޖަހައިގެން ހިނިިތުންވެފައި ހުރި އޭނާގެ “ކްރަޝް.” ރާއިލް ފުނުމުން އަވްލީންގެ ހިނިތުންވުން ފުން ވިއެވެ. ފުރަތަމަ ނަޒަރުން އަވްލީންއަށް ވެވުނު ލޯތްބަކީ އެއީއެވެ. މިއަދާ ހަމައަށްވެސް އެހިތުގެ ކަނުގައި އެ ލޯބި ވަނީ ފޮރުވާލާފައެވެ.

އަވްލީން އެއްބުމަ އަރުވާލިއެވެ. “ވާހަކަ އެއް ދައްކާލަން ވެގެން.” ނުކެރިފައި ހުރެފައިވެސް ރާއިލް ބުނެލިއެވެ. މުހިންމު ވާހަކައެއް ކަމަށް ހިތާ އަވްލީން ރާއިލްގެ ފަހަތުން މިސްރާބުޖެހިއެވެ. ސުކޫލު ގޯތިތެރޭގެ މީހުން މަދު ހިސާބަށް ދެވުމުން އަވްލީންގެ ލޮލުގައި ރާއިލް ޖީބުންނެގި ފޮތިކޮޅު އައްސާލިއެވެ. ވާނުވާގައި އަވްލީން ބަހައްޓާލަމުން އޭނާ ކުޑަކޮށް ތައްޔާރުވެލިއެވެ.

“އޯކޭ ދެން ފޮތިކޮޅު ނެގިޔަސް.” ރާއިލްގެ އެދުމަށް އިޖާބަ ދެމުން ލޮލުގައި އައްސާފައިވާ ފޮތިކޮޅު މޮހާލިއެވެ. އެންމެ ފުރަތަމަވެސް ލޮލަށް ފެނުނު މަންޒަރު ގަބޫލުނުކުރެވިފައި އަވްލީންއަށް ހުރެވުނީއެވެ. މުޅި މާހައުލު ކޭންޑަލްތަކުން ދިއްލާފައިވާއިރު އޭނާގެ ކުރިމަތީގަ ކުދި ފިނިފެންމާ ފިޔަތަކުން އައި ލަވް ޔޫ ޖެހިފައިވާގޮތް ވަރަށް ފުރިހަމައެވެ. “ބީ މައި ގާރލްފްރެންޑް. އައި ލަވް ޔޫ.” އަވްލީންގެ ކުރިމަތީ އެއްފައި މައްޗަށް އިށީނދެލަމުން ރާއިލް ބުނެލީ އަތުގައި އޮތް ފިނިފެންމާ އޭނާގެ ހަރަކާތުގައި ބައިވެރިކުރުވަމުންނެވެ.

އަވްލީނަށް ކުރެވުނުހާވެސް ކަަމަކީ ބޯ ހަލުވާލުމެވެ. އުފާވެފައި ހުރި ވަރުން އަނގައިން ބަސްހުސްވީ ކަމަށްވެސް ވެދާނެއެވެ. ދުލުގައި ތަޅެއް ލެވުންވެސް އެކަށީގެންވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މިއީ އޭނާ ދުވަހަކު ހުވަފެންނުންވެސް ނުދެކޭ މަންޒަރެކެވެ.

ދުވަސްތަށް ފާއިތުވަމުން ދާލެއް ހަލުއްވެއެވެ. ސުކޫލުގެ ދައުރު ނިންމާލަމުން ރާއިލްއާއި އަވްލީން ހައިސްކޫލަށް ދާން ފެށިއެވެ. ހުސްވަގުތު ތަށް ބޭކާރުކޮށް ނުލާ އެކަކު އަނެކަކަށްޓަކައި ހިތުގައިވާ ލޯބި ހާމަކުރަމުންނެވެ. ހަރަކާތްތަކުންނާއި އަނގަބަހުންނެވެ. ފޯނުން ކުރާ ކޯލުތަކާއި މެސެޖުތަކުންނެވެ. އެގުުޅުމަށް އެއްއަހަރު ފުރުނީވެސް މިފަދަ ގޮތަކަށެވެ. ނަމަވެސް މި ގުޅުމަކީ ބިސްނަސްގެ ދާއިރާއިން ރާއްޖޭގައި ނަންވިދާ ރާއިލްގެ އާއިލާއިން ރުހޭ ގުޅުމެއް ނޫނެވެ. ސަބަބު އިނގޭނީ ހަމަ އެ އާއިލާއަށެވެ.

“ބޭބީ އާދެބަ ބީޗަށް ވަރަށް އަވަހަށް” މިހެން ބުނުމަށްފަހު ރާއިލް ފޯނު ކަނޑާލިއެވެ. ދެކޮނޑު އަރުވާލަމުން ފިހާރާއިން ނިކުތް އަވްލީން މިސްރާބުޖެހީ އާރޓިފިޝަލް ބީޗަށެވެ.

( ނުނިމޭ )

Share Article

Follow Me Written By

shaaly

Level 1

i upload every monday tuesday and thursday. wait for me readers..oxox loves

Other Articles

Previous

ހިތުގެ ތެޅުން 7

Next

ޒާރާ ސީޒަން 2 (2)

Next
July 31, 2018

ޒާރާ ސީޒަން 2 (2)

Previews
July 31, 2018

ހިތުގެ ތެޅުން 7

22 Comments!

  1. eekko says:
    July 31, 2018 at 6:20 pm

    Me frst tha

    1. shaaly says:
      August 1, 2018 at 2:14 pm

      yes dhefaharakunves first hoadhacheyy nge congrats

  2. Inkko says:
    July 31, 2018 at 6:39 pm

    Maasha Allah…….varah reethi…………….dhn when next part?♥

    1. shaaly says:
      August 1, 2018 at 2:15 pm

      thank you..next part thursday ga insha allah

  3. Twinkle? says:
    July 31, 2018 at 7:36 pm

    me third dhw… vvv rythi mi stry masha allah… curiously waiting for the nxt part❤❤❤

    1. shaaly says:
      August 1, 2018 at 2:17 pm

      third dhw mifaharu..next time first hoadhacheyy..& thank you oxox sis

  4. dhonkanbulo says:
    July 31, 2018 at 8:11 pm

    V salhi. V kiyaahiyyvey eba nxt prt

    1. shaaly says:
      August 1, 2018 at 2:18 pm

      thank you kanbulo. thursday ah inthizaaru kohlacheyy..

  5. Naju says:
    July 31, 2018 at 8:20 pm

    V nice story by maakury…

    1. shaaly says:
      August 1, 2018 at 2:20 pm

      oh thank you..next part dhigukohlaanan insha allah

  6. Reet says:
    July 31, 2018 at 9:22 pm

    V reethi ekamaku kury

    1. shaaly says:
      August 1, 2018 at 2:21 pm

      thank youuuu..will make the next part longer nge

  7. Hamtii says:
    July 31, 2018 at 11:01 pm

    vrh salhi mi part vx….ekamaku its too short ey shaa….nxt prt dhigu kh laathi nge shaa….waitings…waitings

    1. shaaly says:
      August 1, 2018 at 2:23 pm

      thank you hamttiiiiiii…will try ingey..thursday ah wait kohllacheyy

  8. shaaa says:
    July 31, 2018 at 11:46 pm

    Varah reethi mi part ves. Waiting…..

    1. shaaly says:
      August 1, 2018 at 2:26 pm

      thank you dear..;)

  9. Sima says:
    August 1, 2018 at 8:00 am

    Vvvvvvvv lobi masha allah??❤❤

    1. shaaly says:
      August 1, 2018 at 2:27 pm

      awww..thank you sima

  10. kookie says:
    August 1, 2018 at 10:19 am

    wow. Mash Allah. mi part vx varh reethi. when next part..??:-D

    1. shaaly says:
      August 1, 2018 at 2:25 pm

      thank you so much kookie ..next part thursday ga ingey

  11. Greeny says:
    August 1, 2018 at 7:34 pm

    Nice curious to read the story

  12. rai says:
    August 7, 2018 at 11:23 am

    wow lwbi…

Comments are closed.



All Right Reserved!