ހާސިލް ވުމަށް އެދި ހިތް ރޮނީ 4
“އޭ..އީން..ނަމަކީ އީން..އެދިޔައީ..ހިނގާބަލަ.. ވޯހް..މިގޭގައޭ އޭނަ އުޅެނީ ކަނޑު އޮތް ފުރޯ މަ ވަލުން މި ހޯދަނީ ..ކޭން ޔޫ ބިލީވް އިޓް..”އަލްޔާން ހީވަނީ އަގު ބޮޑު ޖަވާހިރެއް ލިބިގެން އުޅެނީ ހެންނެވެ. “ނޯ..އަޝްރާ އާއެކީ ދިޔަ މަންޖެ ވާހަކަތަ؟ އެެއީ މިގޭގަ އުޅޭ ކުއްޖެއް ނޫން.. ވެދާނެ އަޝްރާ ފްރެންޑަކަށް” އީތަން މެންގެ ގޭގެ ދެވަނަ ފްލޯރ ގައި އެމީހުން ކުއްޔަށް އުޅޭތާ މިހާރު 4 ވަރަކަށް އަހަރު ވެދާނެކަމާއި، އެ އަންހެން ކުއްޖާ މީގެ ކުރީން ދުވަހަކުވެސް ނުދެކޭކަމާއި، ނަމަވެސް އަޝްރާ އާއި ކޮންމެވެސް ވަރަކަށް ރައްޓެހިވާނެ ކަމަށް ވެސް އީތަން ބުންޏެވެ.
“ސަޅި ބިޓެއް ދޯ އެއީ..ކަޅިވެސް ޖަހާ ނުލާވިއްޔަ ބަލަން ހުރީ” ގެއަށް ވަންނަމުން އަޝްރާ އީން އާ ދިމާ ކުރިއެވެ. އަލްޔާންގެ ދެ ލޮލަށް ބަލަން ހުރެވުނު ގޮތް ހަނދާން ވުމުން އީން ވަރަށް ރަކިވިއެވެ. ތި ދެމީހުން ގެ އެއްވެސް ގުޅުމެއް އޮވޭ ތޯ އަޝްރާ އެހުމުން އީން އަވަސް އަވަހަށް ނޫން ނުވެސް ދަންނަމޭ ބުންޏެވެ.
އަލްޔާން ބޭނުންވީ އީން އެގެއިން ނިކުންނަން ދެން ބޭރުގައި މަޑުކުރާށެވެ. އޭރުން ގެއަށް ދާ އިރު ފަހަތުން ގޮސް އީން އުޅޭ ގެއެއް ވެސް ބެލިދާނެ ނޫން ހެއްޔެވެ. ވާހަކަ ވެސް ދެއްކިދާނެ ނޫން ހެއްޔެވެ. އެކަމަކު އީތަން އެކަމާ ދެކޮޅު ހެދިއެވެ. ކޮންމެހެން ނިންމަޖެހޭ މަސައްކަތް ހުރުމުން އީތަން ބޭނުންވީ އަލްޔާން ގޮވައިގެން ދާށެވެ. އެހެން ކަމުން އަޝްރާ އާއި ވާހަކަ ދައްކައިގެން މާދަމާ ކޮންމެ ގޮތެއްވިޔަސް އީން އާ ބައްދަލު ކުރުވަދޭނެ ކަމާއި ފޯން ނަންބަރ ވެސް ހޯދަދޭނެ ކަމަށް އީތަން ވައުދުވިއެވެ. މި ވަގުތު އީން ގެ ހުރިހާ ކަމެއް ފަސޭހައިން އިނގެން އޮތީ އީތަން އަށް ކަން ޔަގީންވާތީ އަލްޔާން އީތަން އާއެކީ ދިޔައެވެ. ލޯތްބަކީ ވެސް ހާދަ އެހެން ކަހަލަ އިހްސާސެކޭ އަލްޔާން ގެ ހިތަށް އެރިއެވެ. ހެނދުނުސުރެން ކިޔަމަން ނުވެގެން ވޭން އަޅަމުން ދިޔަ އޭނާގެ ހިތް އީން ގެ އެންމެ ފެނިލުމަކުން ހަމައަކައް އެޅި ހީވަނީ ފުރިބަންޑުންވާ ހެންނެވެ. ހާއްސަކޮށް އީން ވެސް އަލްޔާން އާ ދިމާލަށް ބަލަން ހުރި ގޮތުންނެވެ. އެރޭގެ ބޮޑު ބައެެއް ރައްޓެހިންނާއެކު މަސައްކަތުގައި ހޭދަ ކުރިއިރު ވެސް އަލްޔާން ގެ ސިކުޑިން އެންމެ ފަހަރަކުވެސް އީން ގެ ހިޔާލު ކައްސާލައިގެން ނުދެއެވެ. މާދަމާ އީން އާ ބައްދަލް ވާނެ ކަމުގެ ފޮނި އިންތިޒާރު ގައި އެރޭ ހުރިހާ ވަގުތެއްގައިމެ ހުރެވުނީ ހިނިތުން ވެވިފައެވެ. އެކަން އެނާ އެކުގައި އެރޭ އުޅުނު އެންމެންނަށް ވެސް ފާހަނގަ ކުރެވުނެވެ. “އޭ..ޔާންޓެ ކީއްވެ މިރޭ މާ ވަރަކަށް އުފާވެފަ މިއިނީ. އެއިންނަނީ ނު ހެވިފަ..އަނެއްކާ ޖިންނި ކަމެއްތަ؟”އެކުގައި ހުރި އެކުވެރިޔާއަށް އެކަން ފާހަގަ ވެގެން އީތަން ކައިރީ އަހާލިއެވެ. “ހްމް..ކަލޯ އެވާހަކަ ބާއްވާ..އޭނަ އެއިނީ އިޝްގުގަ ޖެހިފަ..މާ ރީތި އަންހެއްކުއްޖެއް ފެނުނީ ޔޯ. މަ ބުނެފިން މާދަމާ މީޓް ކުރުވަދޭނަމޭ.. އެހެންވެ ދަތް ކޮޅު އަތަށް ނަގައިގެން އެއިންނަނީ” ތަންކޮޅެއް ދުރުގައި ހުރެފައި އަލްޔާން އަށް ބަލާލަމުން އީތަން ބުންޏެވެ.
ގްރޫޕް މަސައްކަތް ނިމުނު އިރު ހުރިހާ ކުދީން ވެސް ތިބީ ވަރުބަލިވެ ބަނޑުހައިވެސް ވެފައެވެ. އެހެން ކަމުން އޯޑަރު ކޮށް ގެން ޕިއްޒާ ގެނެސް ގެން އެންމެން ކެއެވެ. ގެއަށް ދިޔުމަށް ނިކުތް އިރު އީން ގެ ހިތް އާދަޔާ ޙިލާފަށް ބާރަށް ތެޅޭ ކަމުގެ އިހްސާސްވިއެވެ. މިފަހަރު އޭނާ ފެނުމުން އަލްޔާން ކިޔާނީ ކީކޭބާއެވެ. ކުރިންވެސް އެއްޗެކޭ ނުބުނެ ބަލަން ހުރީ އެވެ. އެކަމަކު އެހެން ބެލުމުން ހާދަ ލަދުގަނެއެވެ. މިފަހަރު އެހެން ހަދައިފިއްޔާ ނުބަލާށޭ ބުނާނީ އެވެ. ލިފްޓުގައި ހުރި އިރު އީން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އަލްޔާން އޭނާ ގެ އިންތިޒާރުގައި ހުންނާނެކަމުގެ ޔަގީންކަން އީން އަށް އޮތެވެ. އެހެން ކަމުން މަގުމައްޗައް ނިކުމެ ފަރާތަކަށް ބަލާވެސްނުލާ ހިނގަން ފެށިއެވެ. ފަހަތުން އަލްޔާން އަންނާނެކަން އިނގޭތީއެވެ. ތަންކޮޅަކަށް ދެވުނު އިރުވެސް މީހެއްގެ ހިލަމެއް ނުވެގެން ފަހަތް ބަލާލެވުނެވެ. އަލްޔާން އެއްނެތެވެ. އީންގެ ހިތް މާޔޫސް ވިއެވެ. ލޯބީގެ އިހްސާސެއް ދުވަހަކުވެސް ވެފައި ނުވާ އީން ގެ މައުސޫމް ހިތް ރޯލިއެވެ.
ގެއަށް ގޮސް ވަދެވުނު އިރު އީންގެ މޫނުވަނީ މިލާ މޯޅިވެފައެވެ. އަލްކާ ނިދިފައި އޮތްތަން ފެނުމުން އީން އަވަހަށް ގޮސް ފާހާނާ އަށް ވަނެވެ. ލޯ ގަނޑުން އަމިއްލަ ސޫރައަށް ބަލާލުމާއެކު ލޮލުން ހޯސްލާފައި ކަރުން އޮހިގަތެވެ. ހައިރާންކަމާއެކު އީން ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ފޮހެލިއެވެ. މިއީ ކޮންކަމެއްބާވައެވެ.އެންމެ ދެތިން ފަހަރަކު ފެެނުނު ނުވެސް ދަންނަ މީހަކަށްޓަކައި އޭނާގެ ލޮލުން ކަރުނަ ފައިބަންވީ ކީއްވެ ހެއްޔެވެ. އަލްޔާން ހުންނާނެ ކަމަށް އެހާބޮޑަށް އެކްސްޕެކްޓް ކުރެވުނީ ކީއްވެގެން ބާވައެވެ. އޭނާ ނެތުމުން މާޔޫސް މިވީ ކީއްވެ ހެއްޔެވެ؟ ރޮވުނީ ކީއްވެ ހެއްޔެވެ؟ އީން ގެ ހިތް ފަހަރަކު ސުވާލެއް އޭނާގެ އަމިއްލަ ނަފްސާ ކުރަމުން ދިޔައިރު އޭގެއިން އެންމެ ސުވާލަކަށް ޖަވާބު ދޭންވެސް ސިކުނޑި ވަނީ ނުކުޅެދިފައެވެ. އީން އަވަސް އަވަހަށް މޫނު ދޮވެލައިގެން ނިކުމެ ހެދުން ބަދަލް ކޮށްގެން އެނދަށް އަރާ އޮށޯވެ ނިދޭތޯ ލޯ މަރާ ބާރު ކޮށްލިއެވެ. އެއާއެކު ހިޔާލަށް އައީ އަލްޔާންގެ ސޫރައެވެ. އީން އާ ދިމާލަށް ބަލަން ހުރި ގޮތެވެ. ހިތް ކަތިލާފަދަ އެތޫނު ނަޒަރެވެ. އެ މީރު ވަސް ސިކުނޑީގައި ހަރުލާފައި ހުރިފަދައެވެ. ކުއްލިއަކަށް އީން ދެލޯ ހުޅުވާލިއެވެ. އެއާއެކު އެއްކަލަ ސުވާލުތައް ހިތުގައި ފުނިޖެހެން ފެށިއެވެ. އެރޭ ގެ ބޮޑުބައެއް ހެދަވީ އެސަކަރާތެއްގައެވެ. ހަމަ ނިދި އެއްގޮތަކަށް ވެސް ނުލިބުނެވެ. އެހެން ކަމުން އަމިއްލަ ނަފްސު ދެކެ ރުޅި އަންނަ ގޮތްވިއެވެ. ” ޑޭމް..ދެއަރ އިޒް ނޯ ލޮޖިކަލް އެކްޕްލެނޭޝަން ޓު ދިސް.. ވަޓްސް ހެޕެނިން ޓު މީ” އެންމެ ފަހުން މޫނުގައި ބާލީސް އަޅާ ބާރު ކޮށްލައިގެން އޮވެ އީން އަމިއްލަ ނަފްސަށް ބުނެލިއެވެ.
*****
ފަތިސް ނަމާދު ގަޑިއަށް އަލްކާ އަށް ހޭލެވުނު އިރު އީން އޮތީ ނިދިފައެވެ. އަބަދުވެސް މި ގަޑީގައި އަލްކާ އަށް ގޮވާ ހޭލައްވަނީ އީންއެވެ. އެހެން ކަމުން މިއީ އެހެންޏާ ދުވަހަކުވެސް ނުވާ ކަމެކޭ ހިތަށް އަރައި އަވަހަށް އީން އަށް ގޮވާލިއެވެ. ލޯ ހުޅުވުނު އިރު އީން ގެ ބޮލުގައި ރިއްސާވަރުން ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެކަމަކުވެސް ތެދުވެ ދެކުދީން އެކީގައި ނަމާދު ކުރިއެވެ. ފަތިހު އަލްކާ އާއި އެކީގައި ޖޮގިން އަށް ދާން އީން އޮތީ އެއްބަސް ވެފައެވެ. އެކަމަކުވެސް ބޮލުގައި ރިއްސާ ވާހަކަ ބުނުމުން އަލްކާ އަވަހަށް ގޮސް ހޫނު ކިރު ތައްޓަކާއެކު ޕެރެސެޓަމޯލް ގުޅައެެއް ގެނެސްދިނެވެ. އަދި އަވަހަށް ބޭސް ކައިގެން ރެސްޓް ކުރުމަށް އެދުނެވެ. އަލްކާ އެކަނި ދާން ޖެހުމުން އީން ދެރަވި ނަމަވެސް ހެދޭނެ އިތުރު ގޮތެއް ނެތުމުން ބޭސް ގުޅަ ކައިގެން އޮށޯވެލިއެވެ.
****
ހެނދުނު އިރު އެރީ އަލްޔާން ހޭލާ ހުއްޓާއެވެ. އިރުގެ ރަން ދޯދިތަކުން ދުނިޔެއަށް އަލި ކުރަމުން ދިޔަ އެ ހިތްގައިމު މަންޒަރު ބަލަން އަލްޔާން ހުރީ އޭނާގެ އެޕާރޓްމެންޓް ބެލްކަނީގައެވެ. މިފަދަ ހިތްގައިމު ވަގުތެއްގައި އޭނާ އާއެކީ އީން ހުންނާނެ ނަމައޭ ހިތަށް އެރުމާއެކު ސޯޓާ އެކު ހުސްގަޔާ ހުރި އަލްޔާން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަތުގައި ހުރި ހޫނު ކޮފީ ތަށިން އަވަހަށް ކޯވަރެއް ބޯލީ ހީފިލުވާލުމަށްޓަކައެވެ. ބޫޓަށް އަރައި ރެޑީ ވެލުމަށްފަހު ދެން އަލްޔާން ދިޔައީ އޭނާގެ އެކްސެސައިޒިން ރޫމަށެވެ. ކޮޓަރި ތެރެއިން ގޮސް ވަދެވެން ހުރި އެ ތަން ކުޑަވަރެއްގެ ޖިމް އެކޭ އެއްވަރެވެ. ކަސްރަތު ކުރަން ބޭނުން ކުރާ ފަހުގެ ހުރިހާ މެޝިނަރީޒް ތަކެއް އެތާނގައި ހުއްޓެވެ. ހެނދުނުގެ ނާސްތާ އަށް ފަހު 8 ޖެހި އިރު އަލްޔާން ހުރީ ތައްޔާރުވެލައިގެންނެވެ. މިއަދަކީ އޭނާގެ ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށް ހިތުގެ ހާލު ކިޔައިދޭނެ ދުވަހެވެ. މީގެ ކުރީން އެތައް ފަހަރަކު ތަފާތު ކުދިން ކައިރީ އޭނާ ލަވްޔޫ އޭ ބުނެފައިވެއެވެ. އެކަމަކު މިއަދަކީ އޭގެ ހަޤީޤީ މާނަގައި އަލްޔާން ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު ދެކެ ލޯބި ވެއޭ ބުނާ ދުވަހެވެ. ތައްޔާރު ވެގެން ލޯގަނޑު ކުރިމަތީގައި ހުރެ އަލްޔާން އަމިއްލަ ސޫރަބަލާލިއެވެ. އެއާއެކު ތުންފަތް މައްޗައް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.
****
ހެނދުނު 8.30 ވީއިރު އަޝްރާ ކޮލެޖަށް ދާން ނިކުތް އިރު އީތަން ސައިކަލް މަތީގައި އިންތިޒާރުގައި އިނެވެ. “ގުޑް މޮރނިން ގޯރޖަސް..ކޮލެޖަށް ދާންތަ؟ ލިފްޓެއް ބޭނުންތަ؟ އަރާ އަވަހަށް” އީތަން އަނގައިގެ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލަމުން ބުންޏެވެ. އަޝްރާ ހައިރާންވީ ވަރުން ގޮސް އަނގަ ހުޅުވުނެވެ. މިގޭގަ އުޅޭތާ މިހާ ގިނަ ދުވަސް ވިއިރު ދުވަހަކުވެސް އީތަން މިގޮތަކަށް މިހާ ހެޔޮފުޅު ވެގެން ވާހަކަ އެއް ނުދައްކައެވެ. ފެނުމުން ކުޑަކޮށް ހީލާ ތަންކޮޅެއް ފަލަކޮށް އަޝްރާ ހުންނާތީ ޖެއްސުމަށް ދޭތެރެއަކުން އެއްޗެއް ބުނެލާކަން އެކަންޏެވެ. އަދި ތަންކޮޅެއް ކުރީ ދުވަހެއްގައި އަޝްރާ ބާޒާރު ކޮށްލައިގެން ބައިވަރު ކޮތަޅު ތަކާއެކު ވަރަށް ބަރުކޮށް އައިސް ލިފްޓަށް އަރަން އުޅެނިކޮށް އީތަން ލިފްޓް ތެރޭގައި ހުރެ އަޝްރާ އަށް ލަނޑުދޭން ވެގެން މަޑުކުރާށޭ ބުނެ ބުނެ އޮއްވާ ހެވިލާފައި، ތިހިފައިގެން ސިޑިން ދިޔައީމަ ހިކޭނެ އޭ ބުނެ އަވަހަށް ލިފްޓް ބަންދުކުރި ހަނދާން ވުމުން އަޝްރާ ދަތްކުނޑި ވިކާލިއެވެ. “ލިފްޓޭ؟؟ލިފްޓެއް ބޭނުންހޭ؟؟؟ތީ މަ ގޮވަ ގޮވަ އޮއްވާ މަށަށް ލަނޑުދޭން ލިފްޓް ބަނދުކުރި މީހާ..މިހާރު ކޮން ލިފްޓެކޭ ކިޔާކަށް މާ ހެވިފަ….އެހެން ނޫނަސް މަ ހިނގާފަ ދިޔައީމަ މާ ބޮޑަށް ހިކޭނެ..ސޯ.. ނޯ.. ތޭންކްސް ފޯ ދި ކައިންޑް އޮފާރ” އަޝްރާ ލޯ އަޅާލަމުން ރުޅިވެރިކަމާއެކު އެހެން ބުނެފައި ދާން ހިނގައިގަތެވެ. އެދުވަސް ހަނދާން ވުމާއެކު އީތަން ގެ ހިނިތުންވުން މުޅިން ފަނޑުވެ ކަރު އެލުނެވެ. “އޯ ނޯ…މި ގޮލާ މި އިންނަނީ މަދެކެ ރުޅިއައްސަ ދޯ އެފަހުން.. ހަނދާންވެސް އެބަހުއްޓޭ އަދި” ބޮލުގެ ފުއްކިބާގައި މަޑުމަޑުން ޖަހާލަމުން އީތަން އަމިއްލަ ނަފްސަށް ބުންޏެވެ. އެކަމަކު ކޮންމެހެން ހަދާފަވެސް އަޝްރާ ރުއްސަން އެބަ ޖެހެއެވެ. އީން ގެ މައުލޫމާތު ހޯދޭނީ ވެސް އޭރުން ތާއެވެ. އެހެން ނޫނީ އަލްޔާންގެ ހިތް ހަލާކު ވެދާނެއޭ ހިތަށް އަރައި އަވަހަށް އަޝްރާ ފަހަތުން ދިޔައެވެ. އެއްގޮތަކަށް ވެސް އަޝްރާ ސައިކަލަށް އަރަން އެއްބަސް ނުވުމުން އޭނާ ފަހަތުން ކޮލެޖާ ހަމައަށް އީތަން ދިޔައެވެ. ދިޔަ މަގުމަތީގައި އެތައް ފަހަރަކު މާފަށް އެދި އަޝްރާ ހައްދަން އެތައް ވާހަކަ އެއް ދެއްކިއެވެ. ކުޑަކޮށް ޗަބީވީމަ އަސްލު ވަރަށް ރީތި ވާހަކަ އާއި ދިމާ ކުރަނީ އެހެން ވެގެންނޭ ވެސްބުންޏެވެ. އަދި ރަސްމީ ކޮށް މާފަށް އެދެން އަޝްރާ ގޮވައިގެން ކޮންމެވެސް އިރަކުން ޑިނާރ އަކަށް ދާން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ. އީތަން ގެ ފޮނި ވާހަކާގައި ޖެހި އަޝްރާވެސް އީތަން އަށް މާފު ކުރިއެވެ. ހުށިއާރު ކަމާއެކު އީތަން ދެން ފެށީ އީން ގެ ވާހަކަ އޮޅުން ފިލުވުމަށެވެ.
އަލްޔާން ގުޅާ ގުޅާވެސް އީތަން ފޯނު ނުނަގައިގެން މީނައަކަށް މިކަމެއް ނުވާނޭ ހިތައި އައި ރުޅީގައި އަލްޔާން އަމިއްލައަށް ކާރުގައި ކޮލެޖް ކައިރިއަށް ދާން ނައްޓާލިއެވެ. ކައިރި ހިސާބެއްގައި ޕާކު ކުރުމަށް ފަހު އީން ފެނޭތޯ ހޯދަން ފެށިއެވެ. އެއާއެކު ލޮލުގައި އަޅައިގަތީ އީތަން ވަރަށް ހެވިލާފައި މާ އޮލަ ވާަހަކަ އެއްގައި އަޝްރާ އާައެކީ ހިނގާފައި އަންނާތީއެވެ. ގޭޓާ އަރާ ހަމަކޮށްފައި ތުއި ގޮތަކަށް “ބާއި..ސީޔޫ” އޭ ކިޔާލައިފައި އަޝްރާ ވަދެގެން ދިޔައެވެ. އީތަން ވެސް ބާއި އޭ ބުނެ ފްލައިން ކިސް އެއް ފޮނުވާލިއެވެ. އެ މަންޒަރު ބަލަން ހުރި އަލްޔާން ހައިރާންވެފައި ހުރެ ނޫނޭ ކުޅަދާނަ އޭ ހިތަށް އެރިއެވެ.
ދެމީހުން އެކީގައި ކޮފީ އަކަށް ގޮސް މޭޒެއްގައި ޖައްސާލިއެވެ. “ހްމް.. ދެން ކިޔާބަލަ” އަލްޔާން ހުރީ އީން ގެ މައުލޫމާތު އަހާ ހިތުން ހިތް އަވަސް ވެފައެވެ. “ހަމަޖެހިބަލަ..ކިޔާދޭނަމޭ.. ހުވާ މިބުނީ އަނގަ ވާޅު ވެއްޖެ ވާހަކަ ދައްކާ ދައްކާ.. އެ އަޝްރާ ހައްދަން ހާދަ ވާހަކަ އެކޭ މަ ދައްކަން ޖެހުނީ” އީތަން ގޮނޑިއަށް ލެނގިލަމުން ބުންޏެވެ. “ހައްދަންށޭ..މަ ހީކުރީ ކަލޭ ފްރެންޑެއް ކަމަށް އެއީ” އަލްޔާން ހައިރާންވެފައި ބުންޏެވެ.
“އާނ ދެން އިހަށް ތިވާހަކަ ބާއްވާ…އަސްލު އޭނައަށް އީން އާ ބެހޭ މާގިނަ އިންފޯ އެއް ނޭނގޭ. އޭނަ ބުނީ އީން އަކީ އައްޑު އަތޮޅު ހިތަދޫ ކުއްޖެކޭ. މާލެ އައީ ކިޔަވަންށޭ ހަދަނީ ޑިޕްލޮމާ އިން ނާރސިން ކޯހެކޭ. ބިޓެއް ހުންނަ ކަމެއް ނޭގެޔޯ..އެކަމް ވަރަށް ރަނގަޅު ކުއްޖެކޯ.. ހުންނަ ގެއެއް ނޭނގޭ. އެކަމް މި އޮތީ ނަންބަރ” އީތަން އޭނާ އަށް އަޝްރާގެ ފަރާތުން އިނގުނު ވާހަކަތަށް ކިޔާދިނެވެ. ޝައުގު ވެރިކަމާ އެކު އީތަންގެ ވާހަކަ އަޑު އަހަން ހުރި އަލްޔާން ފޯން ނަގާ އަވަސް އަވަހަށް އެ ނަންބަރަށް ޑައެލް ކޮށްލިއެވެ. ހަތަރު ފަހަރުގުޅުނު އިރުވެސް ޖަވާބެއް ނުދެއެވެ. އަނެއްކާ ނުދަންނަ ނަންބަރަކުން ގުޅާތީ ފޯން ނުނަގަނީ ބާއޭ އަލްޔާންގެ ހިތަށް އެރިއެވެ. އަލްޔާން މާޔޫސް ވީވަރު ފެނުމުން ކޮންމެ ގޮތެއް ހަދާފައިވެސް އީން އާ އަލްޔާން މިއަދު ބައްދަލް ކުރުވަން އީތަން ނިންމިއެވެ.
****
މެންދުރުވާން އުޅެނިކޮށް ހޭލެވެނު އިރު އީން ގެ ބޮލުގެ ރިހުން ވަނީ މުޅިން ހެން ރަނގަޅުވެފައެވެ. ރޭގެ ހާދިސާ މަތިން ވެސް ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައެވެ. މެންދުރު ނަމާދު ކޮށްގެން ކައިނިމިގެން އީން ބޭނުންވީ ފިލާވަޅު ދަސްކުރާށެވެ. މިއަދު ކޮލެޖަށް ވެސް ނުދެވުނީތީ އެކަމާ ދެރަވެގެންއީން އަވަހަށް ފޮތް ތައް ހިފައިގެން އިށީނެވެ. އިރު ގަނޑެއްފަހުން ފޯން ރިންގް ވާތީ ބަލާލިއެވެ. ގުޅަނީ މަންމަ އެެވެ. ނުގުޅާތާ ހަތަރު ވަރަކަށް ދުވަސް ފަހުން މަންމަ ގުޅުމުން އީން ކުޑަކުންޖެހެން ޝަކުވާ ކުރިއެވެ. އެތައް އިރެއް ވާންދެން މަންމަ އާ ވާހަކަ ދައްކަން ހުރެފައި ފޯން ބޭއްވި އިރު ނުދަންނަ ނަންބަރ އަކުން މާވަރަކަށް މިސް ކޯލް ތަކެއް ހުރީތީ ފެނުނެވެ. އަނެއްކާ ކާކުބާ އޭ އީން ގެ ހިތަށް އެރިއެވެ. “އަލްޔާން ބާ؟” އަލްޔާން ގެ ނަން ހިތަށް އެރުމާއެކު އީން ނޯ ވޭ.. ނޮޓް އެގެއިން އޭ ކިޔާ ދެލޯމަރާ ބާރު ކުރުމަށް ފަހު ފޯން ނަގާ ދުރުގައި ބޭއްވިއެވެ.
*****
އިރު އޮއްސި 5 ޖަހަމުން ދިޔައިރެވެ. އަލްޔާން އޮތީ ސޯފާގައި އޮށޯވެގެންނެވެ. މިއަދުވެސް އެނާ އައީ އީން ފެނޭތޯ ކޮލެޖް ކައިރީ އެތައް އިރެއްވާންދެން ހުރެފައެވެ. ގުޅާ ގުޅާ ފޯނަށް ޖަވާބެއްވެސް ނުދެއެވެ. ހަވީރު ގުޅި އިރު ވެސް ފޯން އެތައް އިރެއް ވާން ދެން ވެއިޓިންގަ ހުއްޓެވެ. އަނެއްކާ ބިޓެއް ހުންނަނީ ބާ އެވެ. އެހެން ހިތައް އެރުމާއެކު އަލްޔާންގެ ހިތް ނުގޮތަކަށް ތެޅިލިއެވެ. ނޫނެކެވެ.އެހެންނެއް ނުވާނެއެވެ. އޭނާ އެހެން ވިޔަކަ ނުދޭނެއެވެ. އެކި ހިޔާލް ތަކުން ފުރިވައިވި އަލްޔާންގެ ސިކުނޑި ހޭލައްވާލީ ފޯން ރިންގް ވާ އަޑަށަށެވެ. އީން ކަމަށް ހީކޮށް ބަލާލި އިރު ގުޅަނީ އީތަން އެވެ. އުފާވެރި ހަބަރަކަށް ވާނެ ކަމުގެ އުންމީދުގައި އަލްޔާން އަވަހަށް ފޯން ނެގިއެވެ. ވީ ވެސް އެހެންނެވެ. އީތަން ބުނީ އީން އުޅޭ ގެއެއް އެގިއްޖެކަމާއި އަވަހަށް ޗާނދަނީ މަގުގައި ހުންނަ ރެޑްވޭވް ފިހާރަ ކައިރިއަށް އައިސް ދިނުމަށެވެ.
އަވަހަށް ދިއުމައްޓަކައި ބާރު ސްޕީޑް ގައި ސައިކަލް ދުއްވާފައި ދިޔަ އަލްޔާންގެ ހިތް ވެސް ހަމަ އެ ސްޕީޑް ގައި ތެޅެމުން ދިޔަފަދައެވެ. ގުޅިތާ 5 މިނެޓް ވެސް ނުވަނީސް އަލްޔާން ހުރީ އީތަން ބުނި ތަނުގައެވެ. އޭރު އީތަން އިންތިޒާރުގައި ހުއްޓެވެ. “ވޯހް މޭން…ހާދަ އަވަހޭ..މަ ކަމަކު ބުނީމަ ވެސް ތިހާ އަވަހަށް ސުޕަމޭން ހެދިފަ އަންނާނެނަމަ؟” އަލްޔާން އަވަސްއަރުވާލައިފައި ހުރިވަރާ އަދި އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު ފެނުމުން އީތަން އަށް މަޖާވިއެވެ. އަލްޔާން ގޮވައިގެން ފިހާރަ ޖެހިގެން އިން ގޯޅިން ވަދެ ރީތިކޮށް ހަދާފައި ހުރި 5 ބުރީގެ އިމާރާތެއް އީތަން ދައްކާލިއެވެ.” ކަލޭގެ ރާނީ އުޅެނީ އެގޭ ސެކަނޑް ފްލޯރ ގަ” އީތަން އެގެއާ ދިމާލަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “ވަރަށް ކައިރިއަށް އާދެވިއްޖެ އީން…. އައިވިލް މޭކް ޔު މައިން ސޫން” އަލްޔާން ހިނިތުންވެލާފައި އެގެއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.
**********
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Alah*
☺️
Vrh reethi mi part when next part???…?
thank you raani..insha allah friday ga.
vvvv nice mi part vx maasha allah… hey raani ur first dhw congra..??
thank you naash.
naash dhooniyyy
When next very nice
thank you. insha allah friday
woah vvv habeys ..avahah aneh part genesdhehchey…..
thank you for the lovely comment maya.
insha allah friday ga.