Skip to content
އެސްފިޔަ

ފެވިފާނަންތިވޭ ހިތުގާ 3

ކުރިމަތީ ހުރި ފިރިހެން ކުއްޖާ މާފަށް އެދުމުގެ ބަދަލުގަ ހުއްޓާނުލާ ހޭތަން ފެނުމުން ލަމްޔާ ކައިރިޔަށް ރުޅިއައިސްގެން  ކޮއްލިކަމަކުން އެ ފިރިހެން ކުއްޖާގެ ހުނުން ވަގުތުން ހުއްޓުނެވެ. ކައިރީގައި ހުރި ނީމް އާއި ލަމްޔާ ކުރިމަތީ ހުރި ފިރިހެން ކުއްޖާގެ ކައިރީގައި ހުރި ފިރިހެން ކުއްޖާ ވެސް ސިހުނެވެ.  އެހެންނުވާންވީ ސަބަބެއްވެސްނެތެވެ. ލަމްޔާ ކުރިމަތީ ހުރި ފިރިހެން ކުއްޖާގެ މުޅި މޫނުގަޔާއި ލައިގެން ހުރި ގަމީހުގައި އޮތީ ހުސް ޗޮކުލެޓު ޖޫގޯއެވެ.

އިދާންގެ ހުނުން ހުއްޓުނީ ކުރިމަތީ ހުރި އަންހެން ކުއްޖާ އޭނާގެ މޫނަށް ޖޫގޯ ތަށީގައި ހުރި ޖޫގޯ އޭނަގެ މޫނަށް ޖެހީމައެވެ.

“ވަޓް ދަ **** ” އިދާން ބުނަން އުޅުނުބަސް ހުއްޓުނީ އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ.

“މަގުމަތީގަ ބަލައިގެން ނުހިގެންޏާ ގޭގަ އޮންނަންވީނުން. މަގޭ މުޅިހެދުމަށް ކޮފީތަށި އޮއްސާލާފަ ނުވިތާކަށް މާފަށް އެދުމުގެ ބަދަލުގަ މިތާހުރެގެން ހުރިހާ ދަތްޕިލައެއް ދައްކައިގެން ހެނީ. ” ލަމްޔާ ރުޅިއައިސްގެން ބުންޏެވެ.

” ހައް އެންމެ ފުރަތަމަ ތިކުއްޖާ ވީނުން މަގުމަތީ ބަލައިގެން ހިނގަން . ” އިދާންވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

ޔޫއާން ހުރީ ކައިރީގައި އިދާންއާއި އިދާންކުރިމަތީ ހުރި ކުއްޖާ އުޅޭގޮތް ފެނި މަޖާވެފަ އެވެ. އެހެން ހުރެފަ އެއްލި ކަޅިޔަކުން އެ އަންހެންކުއްޖާއާ ޖެހިގެން ހުރި ކުއްޖާފެނި ޔޫއާން ހުއްޓުން އެރިއެވެ. އެ ކުއްޖާވެސް ހުރީ އެދެމީހުން އުޅެގޮތުން މަޖާވެފަކަން މޫނުމަތިން އެނގެއެވެ. ޔޫއާން އެކުއްޖާއާ ދިމާލަށް ބަލަން ހުޓާ އެކުއްޖާ ވެސް ޔޫއާން އާ ދިމާލަށް ބަލާލި އެވެ. އެވަގުތު ދެ މީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޔޫއާންގެ ހިތުގެ ވިންދު އެވަގުތު އަވަސް ވިއެވެ.

ލަމްޔާ ކުރިމަތީ ހުރި ފިރިހެން ކުއްޖާ ކައިރީގައި ހުރި ފިރިހެން ކުއްޖާއާ ހަތަރު ކަޅި ހަމަ ވުމުން ނީމްގެ އަތް ފައި ސިކުންތެއްގެ ތެރޭގައި ފިނިވިއެވެ.

ދެމީހުންނަށް ހޭވެރިކަމެއްވީ ކައިރީގައި ތިބި ދެމީހުން ހަޅޭތް ލަވައިގަތް އަޑަށެވެ. ނީމް އާއި ޔޫއާންގެ ދެލޯ ދިޔައީ ބޮދުވެގެންނެވެ. ނީމް ކައިރީގައި ހުރި ލަމްޔާ ހީވަނީ ލަމްޔާ ކުރިމަތީ ހުރި އިދާންގެ އިސްތަށިގަނޑު އުފުރާލަފާނެހެންނެވެ. ހަމައެހެންމެ ޔޫއާން ކައިރީގައި ހުރި އިދާންވެސް ހުރީ ލަމްޔާގެ އިސްތަށިގަނޑުގައި ހިފައިގެންނެވެ. ލަމްޔާ އިދާންގެ އިސްތަށިގަނޑަށް ވާންކުރަމުން ދިޔަވަރަކަށް  އިދާންވެސް ދިޔައީ ލަމްޔާގެ އިސްތަށިގަނޑަށް ވާންކުރަމުންނެވެ.

ކައިރީގައި ތިބި ނީމް އާއި ޔޫއާން ވަރަށް ވަރަކުން ދެ މީހުން ހުއްޓުވިއެވެ. އޭރުވެސް ދެމީހުން ހީވަނީ ދެންމެދެންމެ  ގަޔަށް އަރައިގެންފާނެހެންނެވެ. އޭރު މަގުމަތިން ދިޔަ ގިނަމީހުންގެ ލޯތަށް އެ މީހުންނަށް އަމާޒުވެފައިވިއެވެ. އެހެން ކަމުން ނީމް އަވަސްވެގަތީ ލަމްޔާ ގެޔަށް ލާން ދިޔުމަށެވެ. ޔޫއާންމެންނަށް ފަސްދީފައި ދަމުން ނީމް ފަސްއެނބުރި ބަލާލިއެވެ. އަދި އަވަސް އަވަހަށް ކުރިޔަށް ނަޒަރު ހުއްޓާލީ ނީމް ފަހަތް ބަލާލި ވަގުތު ޔުއާން އޭނައާ ދިމާލަށް ބަލަން ހުރުމުންނެވެ.

ނީމްމެންވެސް ގޮސް މަގުގެ ދެންއޮތް ގޯޅިޔަށް އެޅުމުން ޔޫއާންވެސް އިދާން އާއެކު ގެޔާދިމާލަށް ސައިކަލުގައި މިސްރާބުޖެހި އެވެ.

ރޭގަނޑު ކައިގެން އައިސް އެދުގައި ޖައްސާލި ޔޫއާން ދެލޯ މަރާލީ ނިދޭތޯއެވެ. ލޯމަރާލާއިރަށް ސިފަވި ސޫރަ ފެނުމުން ޔޫއާންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އެއީ އޭނާގެ ހިތުގެ ރާނީއެވެ. އެހެން އޮއްވާ ޔޫއާން އަށް ނިދުނު އިރެއްވެސް ނޭނގުނެވެ.

އެނދުގައި ދެފަރާތަށް ފުރޮޅިލާ ފުރޮޅިލާ ނީމް އޮތީ ނުނިދިފައެވެ. ލޯ މަރާލާއިރަށް ފެންނަނީ މިއަދު ރަސްފަންނުން ފެނުން ފިރިހެން ކުއްޖާއެވެ. އެ ހިޔާލު ތަކުގައި ނީމް ވަރަށް ގިނައިރު ވަންދެން އޮތެވެ.

(ނުނިމޭ)

Comments (18)

  1. eekko

    Whn nxt

    1. goldie
      eekko

      wednesday

  2. maya

    nice

  3. Twinkle?

    Masha Allah rythi mi part vs… whn nxt

    1. goldie
      Twinkle?

      thanks twinkle

  4. liyaa

    hahaahaa nice

    1. goldie
      liyaa

      thanks

  5. I LOVE MYSELF

    THIS LOVE AT FIRST SIGHT HUTTALAN VEJJE HENU HURIHAA WRITERS LIYANEE EHEN BUT STORY VRH REETHI THANKOLHEH DHIGUKOH GENESDHEYCHEY

    1. goldie
      I LOVE MYSELF

      thanks.

  6. Unknown girlll..

    V.reethi,keepit up??? ,luv ya❤ when nxt???

    1. goldie
      Unknown girlll..

      thanks unknown girlll..

  7. Goldie's best friend

    Wow.. mi part vx v nice …keep it up Goldie..?

    1. goldie
      Goldie's best friend

      thanks bestie

  8. Cassiopeia

    Next part dhigukohladhehchey. V nice mi part vx. ???

  9. F❤I

    Maasha allah….vrh reethi…when next?

  10. Hudher

    woooow mi part vx hama habeys maasha allah whn next luv your stry

  11. Reader

    Avahah up kohba ??

  12. #unknown

    Vrh reethi?….but haadha kurey??

Comments are closed.