Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 29

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 27, 2018 3 Mins Read
11 Comments

މާޒީ….

އަރްޝާދް ދިޔުމާއެކު އަފްރާއަަށް އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. އަފްރާ ރޯނެ ވަރަކަށް ރޯން އައްޒާމް ބޭންދިއެވެ. ވިއްސަކަަށް މިނެޓު ފަހުން އަފްރާ ރުއިން ހުއްޓާލުމުން އައްޒާމް އަފްރާ ގޮވައިގެން އަފްރާގެ ގެއަށް ދިޔައެވެ. ނަސީބަކުން ފަރީހާ އެ ވަގުތު ގެއަކު ނޫޅެއެވެ. އައްޒާމް އެތަށް ވާހަކައެއް ދެއްކުމުން ވެސް އަފްރާ އަނގަޔަކުން ނުބުންނެވެ. ގާވެފައި އިން ގޮތަށް އިނީއެވެ. އެހެން އިނދެފައި ކުއްލިއަކަށް އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ.

އަފްރާއަށް މަޑު މަޑުން ލޯހުޅުވާލެވުނެވެ. އޭރު ވަރަށް ނުސާފުކޮށް އޭނާގެ ކުރިމަތީގައި ހުރި އާލާ އާއި އައްޒާމް ފެންނަމުން ދިޔައެވެ. ބޮލަށް އެނބުރުން އަަރައިފައި ހުރުމުން އައްޒާމާއި އާލާގެ ދެ މީހުން ފެންނަމުން ދިޔައެވެ. އައްޒާމާއި އާލާ ޑަކުޓަރާއި ވާހަކަ ދައްކަނީ ވަރަށް ހާސްވެފައި ތިބެކަން އަފްރާއަށް އެނގުނެވެ. ރަނގަޅަށް ބޯ ހަމަޖެހުމުން އާލާގެ ޕާޓީގައި ވެގެން ދިޔަ ކަންތައްތައް ހަނދާންވިއެވެ. އެއާކު އަނެއްކާވެސް އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބައިގަތެވެ. ޑަކުޓަރު ދިން ޚަބަރުން އާާލާ ހަދާނެގޮތް ހުސްވިއެވެ.

އަރްޝާދްމާލެ ދިޔަ އަސްލު ސަބަބު އައްޒާމްގެ ފަރާތުން އެނގުމުން އެކުވެރިޔާއަށް ޓަކައި އޭނާގެ ހިތް ހަމްދަރުދީން ފުރުނެވެ. އަފްރާއަށް އަރްޝާދް މަތިން ދެން ހަނދާންނައްތާލުން ވާނީ އުނދަގޫ ކަމަކަށެވެ.

މެންދުރު ވީއިރު އަފްރާގެ ހާލަތު ރަނގަޅުވިއެވެ. އަޒީޒާގެ އިތުރުން އަބްދުﷲ ދެފަހަރަކު ހޮސްޕިޓަލަށް އައެވެ. އަފްރާ ގާތު ހޮސްޕިޓަލުގައި މަޑުކޮށްގެން ތިބީ އަފްރާއާއި އައްމާރެވެ. ކާއެއްޗިހި ހިފައިގެން އައްޒާމް އައެވެ. އާލާއާއި އެއްޗިހި ހަވާލުކުރުމަށްފަހު މަޑުކޮށްނުލައި އައްޒާމް ދިޔައީއެވެ. މެންދުރު ވީއިރުވެސް ފަރީހާ ހޮސްޕިޓަލަށް ނައުމުން އަފްރާ އާލާ ކުރެން ފަރީހާ ކޮބައިތޯއެއްސެވެ. އަފްރާ ފަރިހާ ގެ ވާހަކަ އެހުމުން އާލާ އައްމާރާއި ދިމާއަށް ބަލާލިއެވެ. ފުން ނޭވައެއް ދޫކޮށްފައި އާލާ ދިން ޚަބަރަކުން އަފްރާ މޮޔަ ނުވީ ކިރިޔާއެވެ.

މިހާރު…

“އެ ދުވަހު އަހަރެންގެ ސަބަބުން މަންމައަށް ހާޓެޓޭކެއް ޖެހިގެން ނިޔާވި ވާހަކަ ބުނުމުން ހިތް ނުހުއްޓުނީ ކިރިޔާ. ދިރިއުޅުން މަތިން ފޫހިވި އެކަމު އާރާޝަށް ޓަކައި..” އަފްރާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ގިސްލެވެން ފެށުނެވެ. އޭރު އަފްރީންގެ ލޮލުންވެސް ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ލޯބިވާ ކޮއްކޮ އެދުވަހު އުޅުނު ހާލު އޭނާއަަށް ތަސައްވަރުވެސް ނުކުރެވުނެވެ.

މާނީ އަތުގައި ހިފައިގެން އައްޒާމް ގޭތެރެއަަށް ވަނެވެ. އައްޒާމް އުޅުނު ގޮތުން އޭނާ ހުރީ ވަރަށް ހާސްވެފައިކަން އެނގެއެވެ. “ނުންުނު ކީއްވެ އަޝްކޮ ގޮވައިގެން އެކަނި ބޭރަށް ނުކުމެ ތިއުޅެނީ. ގެ ކާރިއަށް ވިޔަސް އެކަނި ނުނިކުންނައްޗޭ. ދެންވެސް ދޭ އަވަހަށް މައްޗަށް.” އައްޒާމް އެހެން ބުނުމާއެކު މާނީ ދުވެފައި އެތެރެއަށް ވަންނަން ދިޔައެވެ. ބިރުން ގޮސް މުޅި ކުއްޖާ ތުރުތުރު އަޅައެވެ.

މާނީ މައްޗަށް ދިއުމުން އައްޒާމް ބޭރަށް ނުކުތެވެ. އޭރު ރަޒީން ފެންނާކަށް ނެތެވެ. ކައިރި މަގުތަށް ބެލި އިރުވެސް ރަޒީންގެ ހިލަމެއްވެސް ނުވެއެވެ. އެހެންވެ އަނބުރާ ގެއަށް ވަނެވެ.

މާނީ ދުވެފައި ސިޑިން އަރަނިކޮށް ލައިގަތީ އާރާޝްގެ ގައިގައެވެ. ބިރުގެންފައި ހުރި ވަރުން މާނީއަށް އާރާޝް ގައިގައި ބައްދާގަނެވުނެވެ. އަދި ބާރުބާރަށް ރޯންފެށިއެވެ. ބާރަށް ނުރޮއެއް ކަމަކު އަޝްވާ ވެސް ހުރީ ފެންކަޅިވެފައެވެ.

މާނީ ރޯއަޑު އިވިގެން އަރްޝާދާއި އިޝްމާ ދުވެފައި ސިޑިކާރިއަށް ދިޔައެވެ. އޭރު އައްޒާމް ވެސް މައްޗަށް އަރަނީއެވެ. އަރްޝާދް ބޮލުން އިޝާރާތް ކުރުމާއެކު އަޝްވާ ގޮވަައިގެން އިޝްމާ އެތަނުން ދިޔައެވެ.

“ހެއި ކިހިނެއްވީ؟” އާރާޝް އޭނާގެ ގަޔާ މާނީ ދުރުކޮށްލަމުން އަހާލިއެވެ. “މީ..ހަ..ކު އަ..ތުގަ ހިފީ” އަޅަަަޅައިގަންނަމުން މާނީ ބުންޏެވެ. އާރާޝްގެ އަތް މުށްކެވިގެން ދިޔައެވެ. އެ މީހެއްގެ އަތް ބިންދާލުމަށް އޭނަ ބޭނުންވިއެވެ. “އާރާޝް ދޭބަ ނުންނު ގޮވައިގެން މައްޗަށް” އައްޒާމް އެހެން ބުނުމަށްފަހު އަރްޝާދް ގޮވައިގެން ތިރިއަށް ފޭބިއެވެ. އައްޒާމް ކުއްލިއަކަށް އޭނާ އަތުގައި ހިފައިގެން ތިރިއަށް ފައިބާތީވެ އަރްޝާދް ހިތްހަމަ ނުޖެހުނެވެ.

އާރާޝް މާނީ ގޮވައިގެން އެެރީ ޓެރަހަށެވެ. މާނީގެ ރީތި ބޮޑު ދެލޮލުން ކަރުނަ އަންނަތަން ފެނުމުން އާރާާޝްގެ ހިތަށް ތަދުވިއެވެ. “މާނީ ލުކް އެޓް މީ. ތިހާ ކުދިކުދި ކަންތަކާ ރޯކަށް ނުވާނެ. އެ މީހާ އަތުގަ ހިފީމަ މާނީ ރޯންފެށީމަ އޭނަ އިތުރަށް ބޭނުންވާނީ މާނީ ރޮށްވަން. އެކަމު ވަރަށް ކެރިގެން އެމީހާޔާ ކުރިމަތިލާފިއްޔާމުން ދެވަނަ ފަހަރަށް ބަލާލަންވެސް ނުކެރޭނެ. މާނީ ތީ ނުލާހިކު ވަރުގަދަ ކުއްޖެއްނު. ގައިމު މިއަދު މަންމައާއި ބައްޕަ ހުއްޓަ އާރާޝާއި ދިމާއަށް ވެމްޕަޔަރެކޭ ބުނަން ކެރުނެއްނު” އާރާޝް ބެލީ ސަމާސާއެއް ކޮށްގެން މާނީ ހަމައަކަށް އެޅުވޭތޯއެވެ. އާރާޝް އެހެން ބުނުމާއެކު މާނީ ދެނޭ ކިޔާ އާރާޝް ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. ދެން އިވިގެން ދިޔައީ މާނީގެ ހުނުމުގެ އަޑެވެ. ކަރުނަތައް ފުހެލުމަށްފަހު މާނީ ހަމައަކަށް އެޅިލިއެވެ. “އަސްލު ރޮވުނީ މައްޗަށް އެރި ގަޑީގަ އާރާޝް ފެނުނީމަ. ހީކުރީ ދޮންބެ ކަމަށް އެހެންވެ ބައްދާގަތީ” މާނީ އިނގިއްޔާ ކުޅެމުން ބުންޏެވެ. އާރާޝް ގައިގަ ބައްދާގަނެވުމުން މާނީ ހުރީ ފުދޭވަރަކަށް ލަދުގަންފައެވެ.

އިސްރާ ގެއަށް އައި ގޮތަށް އައިސް އެނދަށް ވެއްޓިގަތެވެ. އާލާއާއި ވާހަކަތައް ހިއްސާ ކުރެވުމުން ސިކުނޑިއަށް ލުއިކަމެއް އިހްސާސްކުރެވުނެވެ. އޭނާ ބޭނުންވަނީ އާލާ ކަހަލަ މަންމައެކެވެ.

އިޝްމާ ސުވާލު ނުކުރަަނީސް ވީގޮތް އަޝްވާ ކިޔައިދިނެވެ. އިޝްމާ ބޭނުންވީ އެވަގުތު މާނީ ގާތަށް ދާށެވެ. ނަމަވެސް އަޝްވާ އެކަނި ބަހައްޓާފައި ދާކަށް ނުކެރުނެވެ. އިޝްމާ ފޯނަށް މެސެޖެއް އައުމުން ކާކުގެ މެސެޖެއްތޯ ބެލިއެވެ. އަކްމަލްގެ މެސެޖެއްކަން އެނގުމުން އަވަހަށް މެސެޖްކިޔާލިއެވެ. އަކްމަލް ބުނެފައިވަނީ ރައުފާއާއި ދާނިޝަށް އެމީހުންގެ ގުޅުން އެނގިއްޖެކަމަށެވެ. ރައުފާ އަދި ދާނިޝްވެސް އެގުޅުމާއި މެދު ހިތް ހަމަޖެހޭވާހަކަ ބުނެފައި އޮތެވެ. އިޝްމާ އެ މެސެޖު ކިޔާފައި ލަދުގަތެވެ. އަރްޝާދް އޭނާ ގާތު ދެއްކި ވާހަކަތައް ލިޔެފައި މެސެޖަށް ރިޕްލައި ކުރިއެވެ.

ނަވްޔާގެ ދިގު މެސެޖް ފެނިފައި މާއިޒް ހީހީ ހަލާކުވާވަރުވިއެވެ. ދާނިޝް ގާތު އެވާހަކަ ބުނަން ކެރުނީ ކިހިނެއްތޯ އަހާފައި ހުއްޓެވެ. އަދި ދާނިޝް ގާތު އެވާހަކަ ބުނުމުން ޝަކުވާކޮށްފައި ހުއްޓެވެ. މާއިޒްވެސް ދިގު މެސެޖެއް ލިޔެފައި ރިޕްލައި ކުރިއެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ފެވިފާނަންތިވޭ ހިތުގާ 3

Next

ކުށަކާނުލައި- 10 ވަނަބައި

Next
August 28, 2018

ކުށަކާނުލައި- 10 ވަނަބައި

Previews
August 27, 2018

ފެވިފާނަންތިވޭ ހިތުގާ 3

11 Comments!

  1. eekko says:
    August 27, 2018 at 9:45 pm

    Rythi

  2. Lotus says:
    August 27, 2018 at 10:00 pm

    I waited so long for this.. v nice.. wen nxt prt

  3. maya says:
    August 27, 2018 at 10:17 pm

    after a long time..haadha lahey up vaaleih..and v kuru bt reethi ingey…alhe kiya thankolheh avahah up kohdhehchey…

  4. Airah says:
    August 28, 2018 at 10:46 am

    haadaha kurey .tankolhea digukolhaba plx .story v reethi

  5. Aesh says:
    August 28, 2018 at 3:37 pm

    Alheyyyy… One of my favorite stories in this site… ???????☺️ Maa sha Allah.. Vrh Vrh Vrh reethi mi part ves… Vrh ufalun mihury ehaa dhuvaskolhakah fahu anekkaa ves vaahaka kiyaalan libuneema.. Jazakillah… ????? when next part kiyaa? Alhey dear keevve mihaaru comment thakah reply nukurany??????

  6. Honey says:
    August 28, 2018 at 5:50 pm

    keep it up kiyaa?

  7. Mal says:
    August 28, 2018 at 7:12 pm

    V rythi plus maany and aaraash v cute..?????bt kiyaa mihaa dhuvas kohfa up kuri iru i thought v dhugukohshey up kuraany., ???ehn ve v excited vefa kiyan miulhuny….❤❤❤❤❤

  8. Kiyaa ge fans❤ says:
    August 29, 2018 at 12:10 am

    Alheyy…….kiyaa……..this story vx v salhi …I mean this part …but y ehaa lahun….. long time no see d hww….hehe I hope next parts v salhi vaane kamah n thankolheh dhigu vaanekamahh ……..once again keep it up….with love from fans…??? …curiously Waiting fr the nxt prt …..???❤❤❤

  9. Tinker says:
    August 29, 2018 at 4:11 pm

    Story vrh salhi???….. thankolheh dhigu kohlinama…… avahah up kohla dhehceyy

  10. Akuu says:
    August 29, 2018 at 5:09 pm

    aww.. wrh rythi mi prt vx ! Razeen gandeh haadha goaheyyy dhw BTW keep it up Kiyaa Dhoooniii

  11. ❤❤❤❤ says:
    August 29, 2018 at 6:03 pm

    Kiyaa plx readers gr comments ah reply kohba…???❤❤❤❤❤

Comments are closed.

Next Episodeރާސްތާ 30←


All Right Reserved!