Skip to content
އެސްފިޔަ

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 11

އަރުޝްއަށް ހުރި ތަނަށް ތިރިވެ ކީއްވެހޭ އަހާލެވުނެވެ. އެ އަޑު އިވުނު މީހެއްގެ ހިތްވެސް ޒަހަމް ކޮއްލާހާ އަރުޝްގެ އަޑުގައި ވޭނީ ކެކުޅުން ހުއްޓެވެ.

އަރުޝްއަށް ކުޑަވެސް ގެއްލުމެއް ލިބެން ސާރާ ނޭދޭތީ މިއަދު އެ ޖެހުނީ އަރުޝް ލޯބިވާކަން އެނގިހުރެވެސް އެ ލޯބި ސާރާގެ ހިތުގައި ފަސްއަޅާ ފޮރުވާށެވެ.

ފަތިހު ބަންގީގެ އަޑަށް ސާރާތެދުވިއެވެ. އަދި ވުޞޫކޮއްލައިގެން ނަމާދަށް އެރިއެވެ. އަރުޝްއަށް ދެރަގޮތެއް ނުވުމަށް އެދި އެތަށް ފަހަރަކު ދުޢާ ކުރެވުނެެވެ. ރޭގަ ސާރާ ގެއަށް އައިސް އެހާވަރަށް ރުުުއިމުގެ ސަބަބުން ބޮލުގައި ރިހެމުންދިޔައެވެ. އަރުޝްގެ ދެލޮލުން ސާރާ ދެކެ ވާ ލޯބި ފެނުނަސް މިއަދު ސާރާ އެކަން ގަބޫލްކުރެވޭކަށް ނެތެވެ. އަރުޝްގެ ފުރާނަ ސާރާއަށް މާ މުހިންމެވެ.. އަރުޝްގެ ކުރިމައްޗަށް އަރާނެ ހިތްވަރު ސާރާގެ ނެތެވެ. އަރުޝްގެ ސުވާލުތަކަށް ކުރިމަތިލާހާ ސާރާ ލޯބީގެ މައިދާނުގައި ބަލިކައްޓެވެ. އެހެންނަމަވެސް މިއަދު އަރުޝް އަށްޓަކައި ސާރާ ހިތްވަރު ކުރަން ޖެހެއެވެ.
ހައްވައްތަމެން ގެއަށް ނުދާން ސާރާ ހިތަށްއެރި ނަމަވެސް ހައްވައްތަ ހަވާލުކޮއްފައިވާ މަސައްކަތް އަދާ ކުރުމަކީ މިއަދު އޭނާ ކުރަންޖެހޭނެ ކަމެއްކަން އެނގެއެވެ. އެހެންނޫން ނަމަ އޭގެ ބަދަލުގައި ސާރާގެ މަންމަ ދާނެ ކަން ސާރާ ދަނެވެ. ސާރާ މަންމަ ލައްވާ ބުރަމަސައްކަތް ކުރުވަން ސާރާ ބޭނުން ނުވާތީ ހަލާލު ކޮންމެ މަސައްކަތެއް ކޮއްގެންވެސް ރުފިޔާ ހޯދުމަކީ ސާރާގެ އަޒުމެވެ.

ފަތިހު ގަސްދޮށަށް ވެއްޓިފައިވާ ބަނބުކެޔޮލެއް ހިފައިގެން ސާރާ އައިސް ފުރަތަމަވެސް ބަނބުކެޔޮ މަށާލާ ރިހަޔަށް ކޮށާލިއެވެ. އަދި ފެން ކައްކަން އުދުމަށްފަހު، ކެކުމުން ކެޔޮކޮޅު އަޅާލުމަށްފަހު މަތިޖަހާލިއެވެ. އެއަށްފަހު ހުނިގާނާ ހަދައި ރިހަ ކައްކަން ކިރު ނެގިއެވެ. ވަރަށް އަތްމަތި އަވަސްކޮށް އުޅޭތީ ހީވަނީ ތަނަކަށްދާން ލަސްވެގެން އުޅޭހެންނެވެ. އަރުޝްއަށް ފެނުމުގެ ކުރިން އެގެއިން ދިއުމަށް ސާރާ އިންތިހާއަށް ބޭނުންވިއެވެ. ރިހަޔަށް ބޭނުންވާ ހުރިހާ އެއްޗެއް އެޅުމަށްފަހު ލޮނު ރަހަ ބަލާލާ ރިހަ ކެކުމުން އުނދުން ނިއްވާލިއެވެ. އަދި ތައްޓަކަށް ރިހަ ނެގުމަށްފަހު ރޮށި ކާނެ ތިންތަށިވެސް ނެގިއެވެ.
އެއަށް ފަހު ރިހަ ކައްކަން ގޭނި ތަނުން ބާކީ ކުރި ހުނިކޮޅު އަޅާ ހުނި ރޮއްޓަށް ފުއްގަޑެއް މޮޑެލިއެވެ. އަދި 10 ފުއް ގުޅަ ހަދާލުމަށްފަހު ރޮށިފިހެން ތައްޔާރުވިއެވެ. އެވަގުތަކީ ޝާމިން އަދި ހަމީދު ވަތް ވަގުތެވެ. ވަނުމާއެކު ސާރާ އަށް ބުނެވުނެވެ.

” ލަސްވެއްޖެ ދޯ މިއަދު, ސޮރީ, ރިހަ ކެކިފަ ހުރީ, ރޮށި ފިހެންޖެހޭނީ, ނުވާނެ ލަހެއް, ”
ސާރާ ހާސްވެފަ ހުރުމުން ބަސްތައް ކުރުވެފައި ބުނިލެއް އެހާ އަވަހެވެ.
” ހެހެހެ, އޯކޭޔޭ, އަހަރެމެން އަދި މިއައީ ކޮފީ ބޯން, އެކަމް ތި ރިހާގެ ވަސްދުވީމަ ރޮށި ކައިގެން ދާނީ, އަހަރެމެން އަނގަތަޅާލަން ތިބޭނަން, ހަމަޖެހިގެން ރޮށިފިހެލާ, ” ޝާމިން ވަރަށް މަޑުމައިތިރި ކަމާއެކު ސާރާއަށް އެހެން ބުނުމަށްފަހު ހިނިތުންވުމެއް ރައްދު ކުރަމުން ގޮސް ގޮޑީގައި އިށީނެވެ. ސާރާ ރޮށިފިހަން ފެށިއެވެ. ހަމީދުމެން ފަހަރަކު ވާހަކައެއްގަ ތިއްބެއެވެ. ސާރާ ހަ ރޮށި ފިހެވުމުން އެ ގެންގޮސް މޭޒުމަތީ ބެހެއްޓުމަށްފަހު ތަރުމޯޒު ކައިރިއަށް ގޮސް ސައި އަޅަން ފެށިއެވެ. ކުއްލިއަކަށް ހަމީދު އަރުޝްއަށް ގޮވާލުމުން ސާރާގެ އަތް ތުރުތުރު އަޅާގަތެވެ. އަދި ހޫނު ސައި ސާރާއަތަށް އެޅުނެެވެ. އެވަގުތު ސާރާއަށް އައްދޯތް އޭ ބުނެވުނެވެ. އެވަގުތަކީ އަރުޝް އެތަނުގެ ދޮރުމައްޗަށް އެރި ވަގުތެވެ. މަންޒަރު ވަރަށް ރީތިކޮށް އަރުޝްއަށް ފެނުނެވެ. އަރުޝްގެ ހިތަށް ހީވީ މީހަކު ވިކާލިހެންނެވެ. އަވަސް ހަރަކާތާއެކު ސާރާ ކައިރިއަށް ދިއުމަށް އަޅާލި ފިޔަވަޅާއެކީ ރޭގެ ހާދިސާ ހަނދާންވުމުން ސާރާއާ ދިމާލަށް އަޅާލި ފިޔަވަޅުވެސް ލަސްލަހުން ފަހަތަށް އަޅާލައި ދާންވީ މިސްރާބު ބަދަލުކޮއްލާ ގޮސް ޝާމިންމެންނާ ބައިވެރިވިއެވެ. ސާރާ ރޭގަ ދިން ޖަވާބުން އަރުޝްގެ ހިތް ކުދިކުދިވިއެވެ. އެހެންކަމުން ސާރާގެ ކުރިމައްޗަށް އަރަން އަރުޝް އުޖުރުވެރިވެއެެވެ. އެހެންނަމަވެސް ދެން މާގިނަ ދުވަހެއް ނެތޭ ހިތަށް އަރުވަމުން ހިތްހަމަ ޖައްސާލައެވެ.

ރޮށިފިހެން ހުރި އިރުގައި ވެސް ސާރާއަށް ކެތް ކުރެވެމުންދިޔައީ ހަމަ ކިރިޔާއެެވެ. ހޫނު ސައި އެޅުނުތަނަށް އުނދުނުގެ އާވިން އިތުރަށް ދިލަނަގަމުންދިޔައެވެ. އެހެންނަމަވެސް އަތުން ނަގާ ދިލައަށް ވުރެ ސާރާގެ ހިތުގައި އަޅާ ވޭން މާ ބޮޑެވެ. އަރުޝްގެ ކުރިމަތީ މިހެން ހުންނަން ވެއްޖެނަމަ ސާރާ ބޭޒާރުވާނޭކަން އެނގޭތީ އަތްމަތި އިތުރަށް ހަލުއިކޮށް ރޮށި ފިހެ ނިންމާލިއެވެ. އަދި ފިހެފައި ހުރި ރޮށިތަށް މޭޒުމައްޗަށް ނެގިއެވެ. އޭރު ޝާނިމްއާއި ހަމީދުވެސް ސައިބޯން ފަށައިފިއެވެ. ސާރާ ސިއްރުން އަރުޝްއަށް ބަލާލިއެވެ. އޭރު އަރުޝްވެސް އިނީ ބަލަހައްޓައިގެންނެވެ. އަރުޝްގެ ދެލޯ ފެނިފައި ސާރާގެ ހިތް ހީވީ ތޫނު އެއްޗަކުން ހިތުގައި ޅިޔައަޅާލިހެންނެވެ. އިތުރަށް ބަލަން ކެތް ނުވުމުން އަވަސް ހިނގުމުގައި އެތަނުން ނިކުންނަން ދިޔައެވެ.

“ހޭ, އަރޫ, ކިހިނެއްވެފަ, ރޭގަ ނުނިދަނީތަ, ހާދަ ލޯ ރަތޭ، ކޮންކަމަކާ ރޮއެފަ” ހަމީދުގެ ޖުމްލައިން ސާރާގެ ދެފައިގައި ތަޅުއެޅުވިކަހަލައެވެ. ފަހަތަށް ބަލާލަންވެސް ނުކެރިފައި ހުރެވުނެެވެ. އަރުޝްގެ ލޮލުން އެެެެންމެ ކަރުނައެއްވެސް ވެއްޓޭކަށް ސާރާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ސާރާއަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތެެވެ.

“އެއީ މާ ބޮޑު ކަމެއް ނޫން, ދިރިއުޅުމުގައި އެކަހަލަ ކަންތަށްވެސް ވާނެ, ހުރިހާ ރަހައެއް ތަޖްރިބާ ކުރަން ޖެހޭނެއެއްނު, އުފަލާއި ހިތާމަ, އެކަމަކު އަހަރެންގެ ދިރިއުޅުމުގައި އުފާވެރިކަން ތާ އަބަދު ދެމި ނޯވޭ, އުފަންވީ ވެސް އެކަނިވެރި އަކަށް, މަންމަ ބައްޕަ ހުރެ އެކަމަކު ނެތްފަދަ, ލިބެން އޮތް ހަމައެކަނި އުފާވެސް ބީވެގެން ގޮއްސި, މިހާރު ބޭނުންވަނީ ވީހާވެސް އަވަހަށް މާ ހައުލު ބަދަލުކޮއްލަން, ފުރުމުގެ ކަންތަށް އަވަހަށް ހަމަ ޖައްސަންވީ ކަންނޭނގެ” އަރުޝްގެ ކޮންމެ ލަފްޒެއް ސާރާގެ ހިތް ކަފަމުންދިޔައެވެ. ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އަންނަމުންދިޔައެވެ. އެހެންކަމުން ބަދިގެ ފާރުގައި ބުރަކަށި ޖައްސާލައިގެން ހުއްޓެވެ. ޝާމިންވެސް އަނގަ ބަންދުވެފައި ތިބީ މިހާތަނަށް އަރުޝްގެ އަނގައިން ބޭރުނުވާ ބަސްތަކެއް އިވި, އަރުޝްގެ އަޑުގައިވި ވޭނާއި ހިތްދަތިކަން ފެނިފައެވެ. އަރުޝް ރޮށި ފުޑުކޮއްފާއިވެސް ނުކައި ދިޔައީ އިތުރަށް ކެތްނުވުމުންނެވެ. ރައްޓެހިންގެ ކުރިމަތީ ފިޑި ވާން ބޭނުން ނުވާތީ، މިހާރުވެސް ބުނަން ބޭނުން ނުވާވަރަށް ބުނެވިއްޖެ ކަން އިހްސާސްވުމުން, ފަހުން ކާނަން ކަމަށް ބުނެ ދިޔައީއެވެ.

“އަރޫ ކިހިނެއްވީ ބާ, ހީވަނީ މަންމަމެން މަތިން ހަނދާންވީހެން, އަހަރެމެންގެ ކުރިމަތީ މާ ހަމަޖެހޭ މީހަކަށްވިޔަސް ހާދަ ވިސްނާ މީހެކޭ އެެއީ, ހާދ ދެރަވާނެ ދޯ, މަަންމައާއި ބައްޕަ މާލޭގެ އެެންމެ މުއްސަނދި މީހުންނަށް ވެ ހުރެ, ދަރިއަށް ވުރެ ވިޔަފާރި މުހިންމުވެގެން ދަރިއަށް ބޭނުންވާ ލޯބި ނުދޭތީ, އެއިން މީހެއްގެ ލޯބި ނުލިބި 20 އަހަރުވެގެންދާއިރު, ހާދަ ކެތްތެރިވީމައޭ މީހުންގެ ކުރިމަތީ އެގޮތަށް ހިނިތުންވެފަ ހުރެވޭނީ” ހަމީދުގެ ވާހަކައިން ސާރާގެ ހިތަށް އިތުރަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. ހީވީ ފާރުގަނޑެއްގައި ލޮނުމިރުސް އެޅިހެންނެވެ. އެހާވެސް ހިތުގައި އަޅާވޭނާއި, ނަގަމުންދާ ދިލަ ބޮޑުވިއެވެ.

އަރުޝްވާނެ ދެރަ ސާރާއަށް އިހުސާސްކުރެވުނެވެ. އިތުރަށް ކެތް ނުވުމުން އެގޭގެ އަނެއްފަރާތުގައި ހެދިފައިވާ ގަސްފަލަށް ގޮސް ވަނެވެ. ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ. އެހެންކަމުން އެތާ ހުރި ބިޔަ ހިރުނދު ގަހުގެ ބުޑުގައި އިށީނދެ ކަކޫ ގަޔާ ކައިރިކޮއްލުމަށްފަހު ކަކުލުގައި ބޯ އަޅާލިއެވެ.

“އަރުޝް އަހަރެންނަށް މާފްކުރޭ, އަހަރެންވެސް އަރުޝްދެކެ ވަރަށް ވަރަށް ލޯބިވޭ، އެކަމް އަހަރެންގެ ލޯބި އަރުޝްއަށް ނުރައްކަލަކަށް ހަދާހާ އަހަރެންގެ ހިތްވަރެއް ނެތް، އަހަރެންވެސް އަރުޝް ބޭނުން, މިހާރު އަދި މާ ބޮޑަށް, އަހަރެންގެ ލޯބިން އެކަނިވެސް އަރުޝްގެ ހިތް އުފާ ކޮއްދޭން ބޭނުން, އެކަމް ކީއްވެތަ އަރުޝްއަށް ނުވިސްނެނީ, އަހަރެންނަށް ކިރިޔާވެސް ގޮތެއް އޮތްނަމަ އަރުޝް ތިހެން ހިތާމަ ކުރިއަކަ ނުދޭނަން, އިންތިހާއަށް ލޯބިދޭނަން, އެކަމް މިއަދު އަހަރެންނަށް އިތުރު ގޮތެއް ނެތޭ, އަހަރެންގެ ހިތުގައި މިވާ އެންމެ ބޮޑު ބިރު އަރުޝްއަށް ދެވޭ އުފާވެރި ހަބަރަކުން ހަގީގަތަކަށް ވާތަން ދެކޭކަށް މިހިތަކަށް ކެތެއް ނުވާނެ، އަހަރެން ކޮންމެ ނަމާދެއްގަ ދުޢާކުރަން އަރުޝްއަށް ހުރިހާ އުފަލެއް ދެއްވުމަށް އެދި، އަރުޝް އެހަށް އަހަރެންގެ ކުރިމަތިން ދޭ، އަހަރެންގެ ކެތްތެރިކަން އިމްތިހާން ނުކުރޭ, އުފާވެރި ހަޔާތެއް ހޯދޭތޯ މަސައްކަތް ކުރޭ, އަހަރެންނަށް ވުރެން ރަނގަޅު ކުދިން ވާނެ, އަހަރެންދެކެ ތިވާ ލޯބި ފަސްއަޅާ ފޮރުވާ, ތަގްދީރުގައި ގުޅެން ހުރިއްޔާ ވާނެ, ޕްލީޒް…… އަހަރެންގެ ކުރިމަތިން ދުރަށް ދޭ, ދުރަށް ދޭ…….. “. ސާރާގެ ހިތުގައި އަރުޝްއަށް ބުނަން ބޭނުންވާ ކޮންމެ ލަފްޒެއް ސާރާގެ އަނގައިން ނުކުތީ ގިސްލުމާ ވޭނީ އާހް އާ އެކުއެވެ. މީހާ ގިސްލެވި ވަރުބަލިވާ ގޮތްވިއެވެ. އެތަށް އިރަކު އެގޮތަށް އޮވެވުނެވެ. އަމިއްލަ ބަދުނަސީބާ ދޭތެރޭ ވިސްނާށެވެ. އެހެންއޮވެ މާގިނަ އިރެއް ނުވެ ސާރާގެ ދެލޯ ނިދިން މަރާލެވުނެވެ. އޭރުވެސް ސާރާއަށް ދިޔައީ ގިސްލެވެމުންނެވެ.

ސާރާއަށް ކުއްލިއަކަށް ހޭލެވި ބޯ ހިއްލާލެވުނީ ބޮލުގައި ހިރުނދަކުން ޖެހުމުންނެވެ. ބޯ ހިއްލާލާ ދެލޯ ފުހެލިއެެވެ. އަވަހަށް ތެދުވެ ހިނގާ ގަތީ ކުރަން ހުރި ކަންތަށް ހަނދާންވީމައެވެ. ކުއްލިއަކަށް ކޮޅަށް ތެދުވުމާއެކު ސާރާގެ ބޮލަށް އެނބުރުން އެރިއެވެ. ސާރާއަށް ގަހުގައި ވަގުތުން ހިފަހައްޓާލެވުނެވެ. އަދި މަޑުމަޑުން އަނެއްކާވެސް އިށީނެވެ.
އެހާ ގިނައިރު ރުއިމުގެ ސަބަބުން ބޮލަށް އެނބުރުން އަރާތީ ކޮޅަށް ނުތެދުވެ އިރުކޮޅަކު އިނެވެ. އެހެންްއިނުމަށްފަހު ކޮޅަށް ތެދުވިއެވެ. ކުޑަކޮށް ރަނގަޅުހެން ހީވުމުން މެންދުރަށް ކެއްކުމަށްޓަކައި ބަދިގެ ފަރާތަށް ދިޔައެެވެ. އޭރުވެސް ބޮލަށް ބަރުވެ, އެނބުރުން އަރާގޮތް ވެފަ ހުރުމުން ބޮލުގައި އަތްއަޅާ ކުޑަކޮށް ބޮލުގައި ޖަހާލިއެވެ. އަދި ދެވަނަ ފަހަރަށް އަރުޝްއަށް ފެނުމުގެ ކުރިން އެގެއިން ދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ނިންމުމަށް އަވަސްވެގަތެވެ.

ބަތްކައްކަން އުދުމަށްފަހު ހެނދުނު އެމީހުންނަށް ސައި ހެދި ތަށިތަށް ނަގާ މޭޒުމަތި ސާފުކޮއްލިއެވެ. އޭރު ގަޑިން އަދި ވީ ހެނދުނު 10 އެކެވެ. އެހެންކަމުން ވަރަށް ގިނައިރު އެ ގަސްދޮށުގައި އިނދެވުނީތާއޭ ސާރާ ހިތަށް އެރިއެވެ. އަދި މަޑުހިނގުމުގައި ގެއަށްދިއުމަށް ހިގައި ގަތްތަނުން ރޯނުގައި ހިއްކަން އަޅާފައޮތް ޓީޝާޓެއް ވެއްޓިފައި އޮތްތަން ފެނުނެވެ. އެހެންކަމުން އެ ޓީޝާޓް ނަގަން ގުދުވުމަށްފަހު ޓީޝާޓް ހިފައިގެން ތެދުވިއެވެ. އެވަގުތު ސާރާގެ މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރައި އަރިއަޅާލިއެވެ. ހިފަހައްޓާނެ އެއްވެސް ތަނެއް ސާރާގެ އަތުގަ ނުޖެހި ވެއްޓުނެވެ. ބިންމައްޗަށް ވެއްޓުމުގެ ކުރިން ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނެވެ. އަދި ސާރާއަށް ހިނިތުންވެވުނީ ފުސްކަމާއެކުވެސް އަރުޝް ގެ ސޫރަ ފެނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. eekko

    Rythi…Whn nxt

  2. Sh@_n@

    Hii… Hurihaa kudhin. Miothy part 11.uhmeedhu kuran hurihaa kudhin nah vess kumudhaane Kamah. And story kiyaafa comment kohlahchey.mistakes thah vess bunedheythi.. Eyrun improve kohlan engeynee. Mihaavaruvess mivany thi kudhin ge hiy varaa eku. Thanx alot hurihaa kudhin??❤❤❤❤❤❤??❤

  3. riyer

    maasha allah varah reeth i

  4. Sh@_n@

    Thanx eekko❤❤❤??insha Allah day after tomorrow Ehme lasvegen

  5. Sh@_n@

    Thanks riyer. ❤??❤❤??next partah wait kurahchey

  6. NAJU

    Masha Allah vvvvvvv nice n touching mi story.. ?????? seriously can’t wait 4 next ???

  7. almaa2004

    Alheyy…
    Arush hama dhanytha e rashun??
    Story hama?

  8. Ainth

    Ma sha allah mibaives v reethi …. kuriah huri baithakah inthizaaru kuran… kaamiyaabee ah edhen ?

  9. Sh@_n@

    Ohh.. Thanx naju… ❤❤??❤❤wait kuraathi ingey❤??❤

  10. Sh@_n@

    Ohh.. Thanx alot ainth dear.. ❤❤??❤❤wait kuraathi ❤??❤next partah ingey… Ee aslu vess arush baa???????

  11. avyaa

    varah reethi mi part vess well done dear goodluck and next part koniraku?

  12. Sh@_n@

    Thanx avyaa dear. Insha Allah day after tomorrow. Because maadhan v busy dhuvaheh. ❤?❤❤

  13. Xaha

    Vaahaka v reeethi.btbvaahaka maaa Kurt genesdheyle.next part inthixaaru kurrveni.ain arush nooo kaneyge dhw didlndin

  14. Unknowngirlll..

    V.reethi , keep up the good work.???????? luv ya❤❤❤

  15. Sh@_n@

    Thanx unknowngirlll ?❤❤?❤?❤

  16. naash

    Maasha Allah vvv reethi mi part vx… ??When next? Reethi kamn hureveny kii nun?

  17. Sh@_n@

    Thank you all. Insha allah maadhan. Thidhey hiy varah shukurihyaa❤❤?❤?❤??

  18. Jacqueline

    vvvvv rythi

  19. Haiii

    When next part

Comments are closed.