Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 3

hygge Level 510 Stories100 Comments100 Login500 Comments
August 28, 2018 8 Mins Read
27 Comments

“ޝަޒިއްޔާ.. ހާދަ ވަރަކަށް އެސޮރާއި ދިމާލަށް ތި އެއްޗެހި ކިޔަނީ؟ އަދި މިއަދު އޭނާ ވަޒީފާއަށް އެ ނިކުތީވެސް.. އެހެން ނޫނަސް އިންސާނުންނޭ އަހަރެމެން މީ.. ކުށްވެސް ކުރެވޭނެ.. އެއީ އެހާ ކަމެއް ނޫނޭ..” އަރީފް މަޑު ހިނގުމެއްގައި އައިސް އެމީހުން ގާތު ހުއްޓިލިއެވެ. އޭނާގެ އަޑުގައި ވަނީ ހިތްހެޔޮކަމާއި މަޑުމައިތިރި ކަމެވެ. “އެކަމަކު.. އޭނާ ނުޖެހޭ ދޯ އަހަރެން ކުރާ އަމުރަށް ދެކޮޅު ހަދާކަށް..” ޝަޒިއްޔާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަރީފް ޝަޒިއްޔާގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން އޭނާގެ ވައަތް ފަރާތުގައި ހުއްޓިލިއެވެ. އެއަށްފަހު އަނެއްކާވެސް ޝަޒިއްޔާއަށް ވިސްނައިދެވޭތީ އުޅުނެވެ. ނަމަވެސް ޝަޒިއްޔާ ގޮތް ގަބޫލުކުރާ ގޮތެއް ނުވިއެވެ. އެހެން ކަމުން ކުރިމަތީ ހުރި ފިރިހެން ކުއްޖާ ގާތު އެތަނުން މިވަގުތު ދިޔުމަށް އެދުނީ ޝަޒިއްޔާގެ ރުޅިގަނޑު އެވަގުތު ފިނިވާނެ ގޮތަކީ އެއީ ކަމަށް ވާތީއެވެ. އޭނާއާއި ވާހަކަ ދައްކަމުން އެހުރިގޮތަށްހުރެ އަރީފް ޝަޒިއްޔާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ސިޑިން އަރަމުން ދިޔައެވެ.

އިރުގެ ރަން ދޯދިތައް ދުނިޔެމައްޗަށް އެޅިފައިވާއިރު ބަލާ ފޫހިނުވާނެހާ ރީއްޗެވެ. ހިތްގައިމެވެ. ހެނދުނުގެ އެ ވަގުތު ލިބެމުން ދިޔަ އަރާމުން ކާޅުތައްވެސް އުދުހިލައިފައި އުޅެނީ އިރުގެ ހޫނު އިޙުސާސް ކުރުމަށް ކަންނޭނގެއެވެ. ފަތިސް ނަމާދަށް ފަހު ދާނިޔަލްވެސް ރަސްފަންނުގެ ހިތްގައިމު ދޮންވެލި ފަސްގަނޑުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އިނީ އެ މަންޒަރުން އޭނާގެ ހިތަށް ތަސައްލީއެއް ހޯދުމަށެވެ. މިއަދުގެ ވަގުތެއްގައި މިދިޔަ އަހަރު އޭނާ ހެދި އިމްތިޙާންތަކުގެ ނަތީއްޖާ ލިބޭނެކަން އިނގުނީއްސުރެ އޭނާ ހުންނަނީ ފާޑަކަށް ފިނިވެފައެވެ. ބިރުގަނެފަ ހުންނައިރު ހިތް ވަނީ ނުތަނަވަސްވެފައެވެ. މިޔޮށް ހުރިހާ ދުވަހު އޭނާގެ ގައިގައި ހުރި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ސިފަ އުދުހިގެން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.

އިރުގެ ހޫނު ހަށިގަނޑަށް އިޙުސާސްވާންފެށުމުން ޚިޔާލަށް ގެއްލިފައި އިން ދާނިޔަލްއަށް ހޭވެރިކަން ވިއެވެ. އެހެން ކަމުން އަވަސް އަވަހަށް ޖޯލިން ތެދުވަން އުޅުނެވެ. ނަމަވެސް އަވަސް އަރުވާލިގޮތުން އޭނާ އަނެއްކާ ޖޯއްޔަށް ވެއްޓުނީއެވެ. އެހެން ކަމުން ދާނިޔަލް ގާތަށް ހިނިވެސް އައެވެ. އޭނާ ހިނގާލައިފައި މާލޭގެ މަގުމަތިން ދިޔަ އިރު މަގުތައް ވަރަށް ފަޅެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތު އަދި އޮފީހަށް ދާ މީހުންވެސް ނުނިކުންނާތީ މަގުތައް ވަރަށް އަމާންކަމަށް ދައްކައެވެ.

ހިނިތުންވެލައިގެން ހުރެ ދާނިޔަލްގޮސް ގޭގެ ދޮރޯށި ހުޅުވާލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ. ގޭތެރެއިން އާލިމާގެ ހިލަމެއް ނުވުމުން އޭނާ ދެފަހަރަކު އާލިމާއަށް ގޮވާލުމަށްފަހު ގޭގެ އަނެއްފަރާތަށް ދިޔައެވެ. “އަނހަ ދަރިފުޅު.. އާދޭ ސައިބޯން.. ދާނިޔަލް އަންނަން ވާއިރަށް އަވަހަށް ސައި ތައްޔާރު ކުރަނީ މީ.. މިއަދު ރަނގަޅަށް ސައި ބޯލައިގެން ދާން ވާނީ ނަތީއްޖާ ބަލައި..” ހިނިތުންވެލުމަށްފަހު އާލިމާ ވަރަށް ލޯބިން ދާނިޔަލް އާއި ވާހަކަ ދެއްކިއެވެ. އެހެން ކަމުން ދާނިޔަލްވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލަމުން އައިސް ކާގެއަށް ވަނެވެ. އެއިރު އާލިމާ ދެ ކަޅުސައިތައްޓާއި ކުޑަ ބޯތައްޓެއްގައި ދެތިން ފާރޮށި ބާއްވައިފައި އޮތެވެ.

“މަންމަ ފާރޮށި ނުކަންތަ؟” އާލިމާ ހުސް ސައި ތަށި ބޯތީ ފާރޮށިކޮޅެއް ކާން އިން ދާނިޔަލް އަހާލިއެވެ. އެވަގުތު އާލިމާ ހިނިތުންވެލަމުން ޖަވާބުދޭން އަނގަ ހުޅުވާލިއެވެ. “މަންމަ އަށް މިގަޑީގަ ނުކެވޭނެ އެހާ ބައިވަރު އެއްޗިއްސެއް.. މީގެ ސައިތައްޓެއް ބޮވޭއިރު ހުންނާނީ ބަނޑުން އަޑު ކިޔާ ވަރުވެފަ..” އާލިމާ ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް ދާނިޔަލް އެގޮތަކާއި ހިތްހަމައެއް ނުޖެހުނެވެ. ޣޭގައި ފާރޮށި ނެތުމުން އޭނާ ބަނޑުބޮޑު ނުވެދާނެތީ މަންމަ ޖައްސާލި އުކުޅެއްކަން ދާނިޔަލްގެ ތޫނު ސިކުނޑީ ދެނެގަތީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. “ނޫން.. މަންމަ ކާލާ މީތި.. ދާން ކާނަން މީތި..” ތަށީގައި އޮތް ދެފާރޮށިން އެއް ފާރޮށި އާލިމާއަށް ދިނުމަށްފަހު އަނެކަތި ދާނިޔަލް ނެގިއެވެ. އެހެން ކަމުން އާލިމާ އެކަމާއި ދެކޮޅު ހެދިއެވެ.

“ނޫން.. ނޫން.. މަންމަ ޖެހޭނީމިފަހަރު ހަމަ މީތި ކާން.. މަންމައަށް މިއަދު އިތުރު ގޮތެއް ނޯންނާނެ.. މަންމަވެސް ހަމަ ދާން ނުކާން އުޅުނީމަ ކުރީގަވެސް ކާން ދެނީނު.. މަންމަވެސް މިއަދު ޖެހޭނީ ހަމަ ކާން.. އިނގޭ..” ދާނިޔަލް އޯގާތެރިކަމާއެކު ބުނެލިއެވެ. އޭނާގެ ދަރިފުޅު އޭނާއާއިމެދު އަޅާލާ މިންވަރު ފެނި އާލިމާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ދެމައިން ސައި ބޮއެ ނިންމާލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.

ސިކުންތަކަށްފަހު ސިކުންތެއް ފާއިތުވަމުން މިނެޓަކަށްފަހު މިނެޓެއް ފާއިތުވަމުން ދެއެވެ. ދާނިޔަލް ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ލިބޭނެ ނަތީއްޖާއަކާއިމެދު ފިކުރު ކުރާށެވެ. އޭނާ އުންމީދު ކުރަނީ އަދިވެސް ހަމަ ރަނގަޅު ނަތީއްޖާއެއް ލިބޭނެ ކަމަށެވެ. އެކަމަކު ވާނެ ގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟ އެހެން ކަމުން ދާނިޔަލްގެ ސިކުނޑިވެސް ދިޔައީ ހާސްކުރުވަމުންނެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ދާނިޔަލް ކޮޓަރިން ނިކުތެވެ.

“މަންމާ.. ސްކޫލަށް މިދަނީ..” އާލިމާ މެދުކޮޓަރީގައި އިންދާ ދާނިޔަލް އޭނާއަށް ގޮވާލައިފައި ބުނެލިއެވެ. އެވަގުތު އާލިމާ ހިނިތުންވެލުމައްފަހު ބޯ ޖަހާލިއެވެ. “ދަރިފުޅަށް ކާމިޔާބަށް އެދެން..” ދާނިޔަލް ގެއިން ނިކުތް އިރުވެސް ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަ ދެންމެ އޭނާއަށް ދިން ހިތްވަރުގެ ބަސްކޮޅެވެ. އެ މަންމަ އޭނާއާއި ދޭތެރޭ ދެކެމުން އައި ހުވަފެން އޭނާއަށް ޙަޤީގަތަކަށް ހެދޭނެ ބާވައެވެ؟ ބައްޕަ އޭނާއާއި ދޭތެރޭ ކުރި އުންމީދުގައި ކުލަ ޖައްސައިދެވޭނެ ބާވައެވެ؟ އެ ހުރިހާ ސުވާލެއް ވީ ދާނިޔަލްގެ ހިތުތެރޭގައެވެ. ކޮންމެޔަކަސް ސްކޫލުގެ މައި ދޮރޯށި ކުރިމައްޗަށް ހުއްޓެވުމުން އޭނާއަށް ހޭވެރިކަން ވިއެވެ. އެއިރު މަދުމަދުން ކުދިން ސްކޫލަށް ވަންނަމުން ދާތަން ފެނެއެވެ. ދާނިޔަލްވެސް ގޮސް ސްކޫލަށް ވަނެވެ.

މަޑު ފިޔަވަޅުތަކެއްގައި ދިޔައިރު އޭނާގެ ދެއަތް ވަނީ ފިނިވެފައެވެ. ނަތީއްޖާ އޮތް ޝީޓު ހިފައިގެން އޭނާ ނިކުތީ އެ ބަލައިވެސް ނުލައެވެ. އޭނާ ބޭނުންވީ ބޭރަށް ނިކުމެފައި ތަންކޮޅެއް ހަމަޖެހިލައިގެން އިނދެ ނަތީއްޖާ ބަލައިލާށެވެ. އެހެން ކަމުން ދާނިޔަލް ހިނގާލައިފައި ގޮސް އެތާ އިންދައިފައި އިން ހިޔާދޭ ބޮޑު ގަހުގެ ދަށުގައި ބަހައްޓާފައި އިން ބެންޗުގައި އިށީނދެލިއެވެ. އެޔަށްފަހު މަޑުމަޑުން ނަތީއްޖާ ޝީޓު ބަލައިލިއެވެ. އެވަގުތު ދާނިޔަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ އިންގޮތަށް އަނގަ ހުޅާވެފައި އިންދާ ދެލޮލަށް ކަރުނަތައް ޖަމާވެގެން ގޮސް ލޮލަށް ބަރުވެގެން ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ފައިބައިގެތެވެ. ހަރަކާތެއްވެސް ކުރަން ނޭނގުފައި ދާނިޔަކްއަށް އިނދެވުނީ ގަބު އަރައިފައެވެ.

“އަލްޙަމްދުލިއްލާހް..” ދާނިޔަލްގެ ތުރުތުރު އަޅަމުން ދިޔަ ދެތުންފަތް ދޭތެރެއިން ނިކުތީ ﷲއަށް ޙަމްދުކުރުމުގެ ބަސްކޮޅެވެ. ދާނިޔަލްއަށް އުފަލުން ރޮވުނެވެ. ކިޔެވި ހުރިހާ މާއްދާ އެއްގެ ތެރެއިން އެއް މާއްދާއިން އޭ ލިބުނު އިރު ބާކީ ހުރި ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބިފަ ހުއްޓެވެ. އުފަލުގެ ކޮޅެއްވެސް ނެތެވެ. މަންމަގެ ހުވަފެން އޭނާއަށް ޙަޤީގަތަކަށް ހެދިއްޖެއެވެ. ބައްޕަ އޭނާއަށްޓަކައި ކުރި އުންމީދުގައި ކުލަ ޖައްސައިދެވިއެއްޖެއެވެ. ބެންޗުގައި އިރުކޮޅެއް ވާންދެން އޭނާ އެ އިން ގޮތަށް އިނީ ހަމަޖެހިލުމަށެވެ. “އޯވް.. އަތުގަ ފައިސާއެއްވެސް ނެތް.. އެންމެ ފަހުން ކިޔެވުމުންވެސް ފެއިލް ވީ.. ސޯ ސޭޑް..” ދާނިޔަލް އަށް ނަތީއްޖާ އޮތް ޝީޓުން ނަޒަރު ވަކިކޮށްލެވުނީ ކުރިމަތިން އިވިގެން ދިޔަ ރީތި އަންހެންވަންތަ އަޑުންނެވެ. ކޮންމެވެސް ތާކުން އިވުނު އަޑެއްހެން ހީވިއެވެ. އޭނާއަށް ސިހުން ގެނުވީ ކުރިމަތީގައި ދެއަތް އުރާލައިގެން މަލާމާތުގެ ފާޑަށް ހިނި އައިސް ހުރި އާލާ ފެނިފައެވެ.

“ހެހެ.. ނޫނޭ.. ތި ހީވީ އަދި ރަނގަޅަކަށް ނޫން.. އަލްޙަމްދުލިއްލާހް، ދާން ފާސްވި.. ތި ހީކުރި ވަރަށްވުރެ މަތިން ﷲ އިރާދަކުރެއްވީތީ ފާސްވި.. ތި ބަސްކޮޅުވެސް ދާންއަށް އަމާޒުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. މީހުން ބުނާ ތިކަހަލަ ބަސްތަކަކީ ދާންއަށް ލިބޭ ހިތްވަރެއް..” ދާނިޔަލް ހިނިތުންވެލުމަށްފަހު ބެންޗުން ތެދުވެލިއެވެ. އާލާގެ އެހުންނަ ބޮޑާ ސިފަތަކެއްގެ ސަބަބުން ދާނިޔަލް ދެރަވެއެވެ. އޭނާ އަކީ ދާނިޔަލް އުންމީދު ކުރިފަދަ ކުއްޖަކަށް ނުވިއެވެ. ހިތުގައި އުފެދެމުން ދިޔަ ކަންކަން މައިތިރި ކޮށްލީ ﷲމަތިން ހަނދުމަ ކޮށްލަމުންނެވެ. އޭނާގެ ނަފްސު އެކަހަލަ ކަންކަން މަތިން ހަނދާން ކުރާ ކޮންމެ ފަހަރަކު ދާނިޔަލް ކަންތައް ކުރާ ގޮތަކީ އެއީއެވެ. ސަބަބަކީ ހިލޭ މީހުންނާއިމެދު އެގޮތަށް ވިސްނުމަކީ ރަނގަޅު ކަމަކަށް ނުވާތީއެވެ.

ދާނިޔަލް ތެދުވެގެން ދިޔަ ތަން ބަލަން އިން އާލާ ގެ ހަށަމުން ދެއަތް މޮހެވި ދެއަތް މަޑުމަޑުން ތިރިވީ ބޭއިޚްތިޔާރުގައެވެ. އޭނާ ހުރީ ފާޑަކަށް އަނގަ ސަކަރާތް ވެފައެވެ. ކުއްލިޔަކަށް ހިތަށް އައި އެއްޗަކުން އޭނާގެ ބޮލުގައި ޖަހާލިއެވެ. “އަހަރެންވެސް.. އޭނާއަކީ މި ސްކޫލް ކެޕްޓަންއޭ އާލާ.. ކޮން އިރަކުތަ ހަނދާން ނެތުނީ އެކަން.. އޭނާ ޓެސްޓުން ރަނގަޅު ނަތީއްޖާ ހޯދާނެއްނު.. އެކަމަކު ހާދަ ފޮންޏެއް ވެލައިފައޭ އެދިޔައީ އާލްއާއި ދިމާލަށް އެއްޗެއް ބުނެލައިފަ.. ކަލޭ ހަނދާން ކުރާތި.. އެއްޗެކޭ ތި ބުނީ އާލްއާއި ދިމާލަށް.. ފާތިމަތު އާލާ އަރީފް އާއި ދިމާލަށް..” އާލާ ނުރުހުންވެ ހުރެ މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ.

މަޑުމަޑުން ހިނގާލައިފައި ސްކޫލުން ނިކުންނަން ދިޔަ ދާނިޔަލްގެ ދެފައިގައި ތަޅު އެޅުވުނީ މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. މަޑުކޮށްލުމަށްފަހު ހައިރާންވެފައި ހުރެ އޭނާ ފަހަތަށް އެނބުރިލިއެވެ. އެއިރު އޭނާގެ ކުރިމަތީގައި ހުރީ ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ ޒުވާން ފިރިހެނެކެވެ. ތުނިކޮށް ބޯ ކޮށައިފާ ވާއިރު ތުނބުޅިވެސް ހުރީ ތުނި ތުނިކޮށެވެ. ރަތްކުލައިގެ ގަމީހަކާއި އެކު ކަޅު ފަޓުލޫނެއް ލައިފައި ހުރި އިރު ހުރީ ބެގީ ކޮށްފައެވެ. “މަރުޙަބާ ދާނިޔަލް.. ވަރަށް ވަރަށް އުފާވެއްޖެ މިއަދު ސަރ..” އެއީ ދާނިޔަލްގެ ކްލާސް ޓީޗަރ އަދި އޭނާ އަށް ކެމިސްޓްރީ ކިޔަވައިދިން ޓީޗަރ އަނީލް އެވެ.

އަނީލް ގެ މުނުމަތީގައިވާ ފުޅާ ހިނިތުންވުމާއި އެ މޫނު އުޖާލާވެފައިވާ މިންވަރުންވެސް އޭނާ އުފާވެފައި ހުރި މިންވަރ ދޭހަކޮށްދެއެވެ. އަނީލް ދާނިޔަލްއަށް މަރުޙަބާ ކިޔުމުން އޭނާއަށް ޝުކުރިއްޔާއޭ ނުބުނެވިގެން އުޅެނިކޮށް ދާނިޔަލްގެ ގައިގައި ބައްދާލިއެވެ.

ދާނިޔަލްއަކީ އޭނާ އެންމެ ލޯބިވާ އެއް ދަރިވަރަށް ވުމުން އޭނާއާއިމެދު އަނީލް ދެކެނީވެސް އަމިއްލަ ދަރިއެއް ފަދައިންނެވެ. ދާނިޔަލްއަށް ކާމިޔާބީއެއް ލިބިއްޖެއްޔާ އަނީލް އަބަދުވެސް އުފާކުރާނެއެވެ. އެހެން ވުމުގެ ސަބަބުން ދާނިޔަލް އާއި އަނީލްގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައިވެއެވެ. އެގޮތުގައި ހުރެ ދާނިޔަލް އަނީލްގާތު ޝުކުރިއްޔާ އޭ ބުނެލިއެވެ.

އެއިރު އޭނާގެ މުނުމަތިންވެސް ދެންމެ ހުރި މާޔޫސްކަން ފިލާގޮސް އުފާވެރިކަން ވެރިވެފައި ވެއެވެ. ދެމީހުން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ވަދާއީ ސަލާމްކޮށްލަމުން ވަކިވިއެވެ. ދާނިޔަލްވެސް ހިނިތުންވެލައިގެން ހުރެ ސްކޫލް ގޭޓުން ނިކުމެ ދިގު ފިޔަވަޅުތަކެއް އަޅަން ފެށީ މަންމައަށް އެ އުފާވެރި ޚަބަރު ދިނުމަށްޓަކައެވެ.

“މަންމާ..” ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ދާނިޔަލް ބާރަށް އާލިމާއަށް ގޮވާލިއެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް އޭނައަށް އާލިމާގެ ޚަބަރެއް ނުވިއެވެ. ނަމަވެސް އެ ހުރި ހިނިތުންވުމާއެކު ގޭތެރެއަށް ވަދެގެން ދިޔައެވެ. އަނެއްކާވެސް ދާނިޔަލް ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނައެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނު ނަމަވެސް ހަމަޖެހުން ލިބުނީ ކޮޓަރިތެރޭގައި އާލިމާ އުޅޭ އަޑު އިވުމުންނެވެ.

ދޭތެރެއަކުން ކެއްސާލާ އަޑު އިވެއެވެ. “މި ނިކުންނަނީ..” އާލިމާ ކެއްސާ އަޑު އިވޭތީ އެކަމާ ދޭތެރޭ ވިސްނަން ހުރި ދާނިޔަލް ސިހުނީ އާލިމާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އެ އަޑުގައިވާ ޖޯޝުން އޭނާގެ ހާލު ރަނގަޅުހެން ހީވެއެވެ. ދާނިޔަލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ އެހެންވެއެވެ.

ދާނިޔަލް ސަރަންފީ ގޮނޑީގައި އިށީނދެލައިގެން އިންދާ ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަވަސް އަވަހަށް ތެދުވެ ފަހަތަށް އެނބުރިލި އިރު އާލިމާ ކޮޓަރިން ނިކުމެގެން އަންނަނީއެވެ. އޭނާގެ މޫނުމަތީގައި ވަނީ އުޖާލާކަމެވެ. “މަންމަ ކިހިނެތްވީ ކެއްސީ؟” ދާނިޔަލްއަށް ފުރަތަމަވެސް އާލިމާއާއި ކުރިމަތިކުރުވުނީ ސުވާލެކެވެ. އޭނާއަށް އެ ސުވާލުގެ ޖަވާބު ނުލިބެނީސް ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އިނގޭތީއެވެ. “އެއީ ދޯ.. ހެހެ.. އެއީ މަންމަ ދެންމެ ފޯށް ކޮށަން އިނދެފަ ދުފާލިތަނުން ކޮށިއެރީ.. ދެން ކެއްސައިގަތީ..” އާލިމާ ވަރަށް ހަމަޖެހިލައިފައި ޖަވާބު ދިނެވެ. އެހެން ކަމުން ދާނިޔަލްވެސް އެހެން ހެއްޔޭ ބުނެލިއެވެ. އެވަގުތު އާލިމާ ދާނިޔަލް ގާތު ލިބުނީ ކޮން ނަތީއްޖާއެއްތޯ ސުވާލުކޮށްލީ ފުޅާ ހިނިތުންވުމަކާއެކުއެވެ.

ދާނިޔަލް ދޮގެއް ހަދާކަށް ނޫޅުނެވެ. ތެދުތެދަށް ޖަވާބުދޭން އޭނާ ނިންމިއެވެ. އޭނާ އެހެން ހުރުމަށްފަހު އާލިމާގެ އަތަށް ލައިދިނީ ނަތީއްޖާ ލިޔެފަ އޮތް ކަރުދާސްގަނޑެވެ. އެއިރު އޭނާގެ މޫނުމަތީގައިވެސް ހިނިތުންވުމެއް ވިއެވެ.

ދާނިޔަލް އާލިމާގެ މޫނަށް ބަލަހައްޓައިގެން ހުރީ އޭނާގެ މޫނަށް އަރައި ފައިބަމުންދާ ކުލަވަރުތައް ދިރާސާކުރާށެވެ. “އަލްޙަމްދުލިއްލާހް.. މާ ޝާ ﷲ، ވަރަށް މޮޅު… މަރުޙަބާ ދަރިފުޅާ..” އާލިމާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ދަރިފުޅު ހޯދި ކާމިޔާބީއިން އޭނާ މިއަދު އެހުރީ ބަޔާންކުރަންވެސް ދަތިވާވަރަށް އުފާވެފައެވެ.

އޭނާ ދާނިޔަލްގެ ގައިގައި ކުޑަކޮށް ބައްދާލީ މިއަދު އޭނާގެ ދަރިފުޅު ދުވަހަކުވެސް ނުވާ ވަރަށް އޭނާ އުފާކޮށްދިނީތީއެވެ. އޭނާއާއި އަދީލްގެ ހުވަފެންތައް ޙަޤީގަތަކަށް ހަދައިދިނީތީއެވެ. އާލިމާގެ ތަޢުރީފުގެ ބަސްތަކުން އުފާވެފައި ހުރިނަމަވެސް އޭނާ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައި ހުރީ ހިތުގެ ކަނަކުން އާލިޟާގެ ޙާލަތު ރަނގަޅެއް ނޫނޭ ބުނަމުން ދާތީއެވެ.

ދާނިޔަލް ކުޑަކޮށް ދެކޮޅަށް ބޯ ހަރަކާތްކޮށްލީ މި އުފާވެރިވަގުތު އެފަދަ ޚިޔާލުތަކުން ބޯ ހާސްނުކުރުވަށެވެ. “އެހެން ވީމަ މަންމަގެ ހަދިޔާ ދަރިފުޅަށް ވަރަށް އަވަހަށް ލިބޭނެ.. އިން ޝާ ﷲ..” އާލިމާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ދާނިޔަލް ފުހެލަދިން ވަގުތު އޭނާ އުފާވެފައި ހުރެ ބުނެލިއެވެ. ދާނިޔަލްވެސް ހިނިތުންވެލަމުން މަންމައަށް ޝުކުރު އަދާކޮށްލިއެވެ. ނަމަވެސް އެއީ ކޯންޗެއްތޯ އެހުމުން ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް އާލިމާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން ދާނިޔަލްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

“އާދޭ އަވަހަށް ސައިބޯން ދެން.. މަންމަ ހުންނާނެ މަސްހުންޏާއި ރޮށްޓާއި ހަދާފަ..” އާލިމާ ދާނިޔަލްގެ ބޮލުގައި ފިރުމާލުމަށްފަހު ބުނެލިއެވެ. އެއީ އޭނާގެ ދެލޮލުގެ ނޫރެވެ. އެ ދަރިފުޅަށްޓަކައި އޭނާ މިއަދު އެހުރީ ދުވަހަކުވެސް ނުވާ ވަރަށް އުފާވެފައެވެ.

ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔައިރު ދާނިޔަލް ދިޔައީ މަންމަގެ އަތުން ހަދާފައި އެހުރި ކާނާއަށް ތަޢުރީފް ކުރަމުންނެވެ. އާލިމާގެ އަތުން ހަދާ އެއްޗިއްސަށްވުރެ އޭނާއަށް ދުވަހަކުވެސް އެހެން މިހަކު ހަދާ އެއްޗެއް މީރެއް ނުވާނެއެއެވެ. އެކަން ބަދަލު ކުރަން މީހަކު އުޅެފިނަމަވެސް އެމީހަކު ޖެހޭނީ ބަލި ޤަބޫލުކޮށްގެން ދާނިޔަލްއަށް ފުރަގަސް ދޭށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކާންދިނަސް އޭނާގެ މަންމަގެ ރަހައަށްވުރެ އެހެން މިހެއްގެ ރަހަ ދާނިޔަލްއަށް މީރެއް ނުވާނެއެވެ. އުފާވެރި ވަގުތުކޮޅެއް ދެމީހުން ހޭދަކުރަމުން ދިޔައީ އެމީހުންގެ އަމިއްލަ ހަމަހިމޭން ދުނިޔޭގައެވެ.

***

“އާހް.. އެއީ ކާކުތަ މަށާއި އެވައްތަރަށް ވާހަކަ ދައްކަން.. އަތާއި އަނގަޔާއިވެސް ރަނގަޅަށްވިއްޔާ ދިމަލެއް ނުވާނެ ކަންނޭނގެ.. އެކަމަކު ނިކަން ފޮނިވެލައިފަ އަދި މަށަށް ބަސްބުނެޔެއްނު.. ހުއް..” ރުކާ އާއި އެކު ދުންޖަހާފައި ކޮޓަރިއަށް ވަދެގެން އައި އާލާ އައި ގޮތަށް އައިސް އެނދުގައި އިށީނުމަށްފަހު އޭނާގެ ދެފަރާތުން އެނދުގައި ބާރު ބާރަށް ހިފަހައްޓާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ ދެލޮލުން އަލިފާން ކަނި ބުރާނެ ނަމަ މިހާރު އޭނާ ކުރިމަތި އެހުރި ރުކާއަށްވެސް އޭގެ އަސަރުކުރާނެ ކަން ގައިމެވެ. އާލާ އިން ގޮތުން ހީވަނީ އައިސްފައި ހުރި ރުޅި މަތަކުރަން އުޅޭހެންނެވެ.

“އާލް.. ކިހިނެއް ވީތަ؟ ކާކު ކިކޭ ބުނީތަ؟” ރުކާ މަޑުމައިތިރިކަމާއެކު އާލާ އާއި ސުވާލު ކުރީ އާލާ އުޅޭގޮތަކުން ބޯ ހަލާކުވާވަރުވެފައި ހުރެއެވެ. “ރުކާގެ ލޯބި ލޯބި ދާނިޔަލް އެއްނު.. ހުއް..” އާލާ ހީވީ ބޮން އަޅާލިހެންނެވެ. އަޑުވެސް ގަދަކަމުން ޖެހިގެން ހުރި ކޮޓަރިއަށްވެސް އަޑު ނުއިވުނިއްޔާ ދެރައެވެ. ރުކާ އަވަހަށް ގޮސް ދޮރު ލައްޕާލީ އެހެންވެއެވެ. އަނެއްކާ މިހުރިހާކަމެއް ޝަޒިއްޔާ އާއި ހަމައަށް ފޯރައިފިނަމަ އަދި ސަލާމަތް ނުވާނެއެވެ. “އާލް.. ހަމަޖެހިބަލަ.. އެއީ ދެން އެވަރުކަމެއް ނޫނޭ..” ރުކާ އާލާއަށް ވިސްނައިދޭ ފަދައަކުން ބުނެލިއެވެ. ނަމަވެސް އެކަން ވީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ.

“މައްސަލައެއް ނެތް.. ދެން މަށަކަށްވެސް ނޭނގެ ކިހިނެއް ކަމެއް މިކަމުގަ ހަދާނީ.. އަހަރެން ހުރީމަ އާލް ހައްތަހާ ރުޅިގަދަވެދާނެ އަހަންނަށް ބުނެވޭ އެއްޗަކުން.. އެހެން ނޫނަސް ޔުނީފޯމުވެސް ނުބާލާ އަދި މިހުރީ.. ދަނީދެން.. ފަހުން އަންނާނަން.. ކާލައިގެން އަރާމުކޮށްލާ.. އެއިރަށްވެސް ތި ސިކުނޑިއަށް ތަންކޮޅެއް ލުއިވެދާނެ..” ރުކާ ކުރި މަސައްކަތުން ނަތީއްޖާއެއް ނުފެނުމުން އޭނާ އެންމެ ފަހުން އާލާ އެކަނި ދޫކޮށްލުމަށްފަހު ގެއަށް ދާން އެގެއިން ނިކުތެވެ. އާލަ ރުޅިގަދަވެއްޖެ ހިނދެއްގައި އެހެން މިހަކު ބުނާ އެއްޗެއް އޭނައަށް އަޑުވެސް ނިވޭނެއެވެ.

ރުކާ ދިޔަ ތަނުން އާލާ އޭނާއާއި އެންމެ ގާތުގައި އޮތް ބާލީސް އަތުކޮޅަށް ހޫރާލިއެވެ. އެޔަށްފަހު ފުން ނޭވާތަކެއް ލާންފެށީ އަރައިގެންފައި ހުރި ރުޅިގަނޑު ފިނިވޭތޯ މަސައްކަތް ކުރަމުންނެވެ. އެއިން އެންމެފަހަރަކުވެސް އޭނާއަށް ރުޅި މަޑުކުރަން ސުންނަތުގައި އަންގަވާފައި ވާގޮތަށް ކަންތައް ކުރާކަށް ހިތަކަށް ނައެވެ. ކުޑަމިނުން ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން އައިސް ނަމާދުކުރަންވެސް އެ ސިކުނޑިއަކަށް ނައެވެ. އެޔަށްވުރެ ބޮޑަށް ޝައިޠާނާ ވަނީ އެ ޒުވާން ސިކުނޑި ޙިޞާރު ކޮށްފައެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ދާނިޔަލް މަގުމަތިން ހިނގާލައިފައި ދިޔައީ ވަޒީފާއަކަށް އޮތް އިޢުލާނެއް ފެނިގެން އެ ވަޒީފާ އޭނާއަށް ލިބޭތޯ އެކަމަށް ބޭނުންވާ އެއްޗެހި ފުރުމަށެވެ. މިވަގުތު އެގާރަ ބާރަވެސް ނިމިފައި ވުމާއެކު ލިބުނު ރަނގަޅު ނަތީއްޖާއާއެކު ފުރަތަމަ އޭނަ ބޭނުންވަނީ މައްޗަށް ކިޔެވުމަށްޓަކައި ލާރި އެއްކުރާށެވެ. އަނެއްކޮޅުން މިދުވަސްކޮޅު ފައިސާގެ ދަތިކަންވެސް އޭނާއަށާއި އާލިމާއަށް ވަރަށް ބޮޑެވެ. ވަޒީފާ ހޯދަން އެވަރުން ދާނިޔަލް އެ އުޅެނީވެސް އެހެންވެއެވެ. ހިނގާފައި ދިޔަ ދާނިޔަލް ހުއްޓުނީ ފަނަރަ ވަރަކަށް ބުރިއަށް ނަގައިފައި ހުރި އިމާރާތެއް ކުރިމައްޗަށެވެ. އެ ބޮޑު އިމާރާތުގައި އެއްކޮށް ގަދަ ނޫކުލައިގެ ބިއްލޫރި ޖަހާފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. އޭނާ އެތެރެއަށް ވަދެގެން ގޮސް އޮފީސްތެރެއަށް ވަދެވެން ހުރި ދޮރުން އެތެރެއަށް ވަނެވެ.

އޮފީސްތެރެއިންވެސް ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ މުއްސަނދިކަމާއި ސާފުތާހިރު ކަމެވެ. ދާނިޔަލް އެތެރެއަށް ބަލަމުން ގޮސް ހުއްޓުނީ ކަނާތް ފަރާތުގައި ހުރި ރިސެޕްޝަން ކައުންޓަރ ކައިރީއެވެ. އެތާ އިން އަންހެން ކުއްޖާ ގާތު އޭނާ ބޭނުންވާ ކަންތައް ބުނުމުން ހަތްވަނަ ފަންގިފިލާއަށް ދިޔުމަށް އެދުނެވެ. އެހެން ކަމުން އެކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު ދާނިޔަލް ގޮސް ލިފްޓަށް އެރުމަށްފަހު ހަތެއް ޖަހާފައި އިން ފިތަށް އޮބާލިއެވެ. އެހިނދު ލިފްޓުގެ ދޮރު ލެއްޕި މައްޗަށް އަރަން ފެށިއެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަތްވަނަ ފްނަގިފިލާއަށް ލިފްޓު ހުއްޓި ދޮރު ހުޅުވުމުން މިނެޓެއްވެސް ލަސްނުކޮށް ދާނިޔަލް އެއިން ފޭބިއެވެ. އެޔަށްފަހު އެ ފަންގިފިލާގައި ހުރި ރިސެޕްޝަން ކައުންޓަރ ކައިރިއަށް ގޮސް އޭނާ ބޭނުންވާ ކަންތައް ތަކުރާރުކޮށްލިއެވެ. އެހިނދު އެތާ އިން އަންހެން ކުއްޖާ ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އިޝާރާތް ކޮށްލީ އެތެރެއިން ގޮސް ވައަތް ފަރާތުގައި ހުރި އޮފީހަސް ވަނުމަށެވެ. ދާނިޔަލް ބޭނުންވާ ލިޔުމާއިއި އެހެނިހެންވެސް އެއްޗެހި ހިފައިގެން އޮފީހުން ނިކުތީ ހިނިތުންވެލައިފައެވެ. އަތުގައި ހުރި ގަނޑުތަކަށް ބަލަމުން ގޮސް ދާނިޔަލް ލިފްޓަށް އެރުމަށްފަހު ގްރައުންޑް ފްލޯއަށް ދިޔުމަށްޓަކައި އެ ފިތަށް އޮބާލިއެވެ. އިސާހިތަކު އޭނާގެ މަންޒިލަށް ފޮރުމުން ދާނިޔަލް ލިފްޓުން ފޭބުމަށްފަހު އެ ބޮޑު އިމާރާތުން ނިކުންނަށް މިސްރާބު ޖެހިއެވެ. އޭނާ އެއިރު ދިޔައީ އަތުގައި އޮތް ގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ.

ދާނިޔަލް ސިހުނީ އޭނާ ގައިގައި މީހަކު ޖެހުމުންނެވެ. އަތުގައި އޮތް ގަނޑުވެސް ބިންމައްޗަށް ވެއްޓުމުން އިސްއުލާލައި ބަލައިލިއެވެ. އެއިރު ކުރިމަތީގައި ހުރީ ގާތްގަނޑަކަށް ސާޅީހަކަށް އަހަރުން މައްޗަށް ގޮސްފައިވާ ފިރިހެނެކެވެ. ކޯޓު ފަޓުލޫނުގައި ހުރި އިރު އޭނާގެ ހައިބަތު ދައްކައިދެއެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ވާއިރު ހަމުގެ ކުލަ އަލި މޫނެކެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ވަރަކަށް ބޮޑާ ކަމުގެ ސިފައެއް ފެންނާކަށް ނެތެވެ. އެ މިހާ ދާނިޔަލް އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

“ބަލާލައިގެން ހިނގައްޗޭ އިނގޭ.. ނޫނީ ވެއްޓިފަ އަނިޔާއެއްވެސް ވެދާނެއްނު..” އެމީހާ ދާނިޔަލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ދާނިޔަލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހާ މަތީ ފަންތީގެ މީހެއް އޭނާ ފަދަ ދެރަ ނިކަމެއްޗަކާއި އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ހައިރާން ނުވާނީ ކާކުހެއްޔެވެ؟ އެމީހާ އަނެއްކާވެސް ރީތި ހިނިތުންވުމެއް ދާނިޔަލްއަށް ހަދިޔާކޮށްލުމަށްފަހު ކޯޓު ރީތިކޮށްލަމުން އެތަނުން ދިޔައެވެ.

އިރުކޮޅަކު އެހުރި ހައިރާންކަންމަތީ ހުރުމަށްފަހު ދާނިޔަލް އަވަސް އަވަހަށް ވެއްޓިފައި އޮތް ގަނޑު ނަގައިގެން އޮފީހުން ނިކުތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 4

Next

އިންސާނުންގެ ހިތުގައި ހަމަ ރަޙުމެއް ނެތީ ބާވައެވެ.

Next
August 28, 2018

އިންސާނުންގެ ހިތުގައި ހަމަ ރަޙުމެއް ނެތީ ބާވައެވެ.

Previews
August 28, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 4

27 Comments!

  1. Lotus says:
    August 28, 2018 at 6:31 pm

    That’s Aalaa’s dad dhw.. v nice mi part vx. Keep it up dear

    1. aish noor says:
      August 28, 2018 at 9:45 pm

      Areef aky aalaa ge dad.. 🙂 jazakillah khairan dear.. 🙂 vrh ufaavehje dear thihaa supportive v ma.. 🙂

  2. Confusion says:
    August 28, 2018 at 6:57 pm

    Hurihaa subject ahkun A A* libunyma government in dheyne dhw scholarship.. So doctor kan kiyavan dheveynehnu job ahkah nugos ves dhw.

    1. aish noor says:
      August 28, 2018 at 9:47 pm

      vrh vrh vrh vrh bodah sorry dear.. vrrrrrrh bodah sorry.. noor ah ethankolhah visnaa nulai liyevifa othy.. dear mn faahaga kollyma aslu inguny.. ugh.. 🙁 jazakillah khairan, ethan kolhu faahaga kolladhinyma.. ingey dear.. 🙂 vrh ufaavehje.. 🙂

  3. Mal says:
    August 28, 2018 at 7:08 pm

    V salhi…?????keep up the good work dear❤❤❤❤❤❤❤❤❤❤❤

    1. aish noor says:
      August 28, 2018 at 9:49 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan, for the support dear… 🙂

  4. aish noor says:
    August 28, 2018 at 10:15 pm

    Assalaamu a’laikum dear readers.. 🙂 hurihaakudhinge haalu ahuvaalu kihineh? ummeedhu kuran hurihaa kuhinge haaluves rangalhu vaanekamah.. 🙂 al’hamdhulillaah! miothy vaahakaige 3 vana bai up vefa.. 🙂 mistakes huredhaane.. ekan kan dear mennah faahaga v varakun noor aai hissaa kohlahchey.. eirah kuriyah oiyy baiga noor ah ethankolhu rangalhu kohleveynee.. ingey.. 🙂 dhn ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah.. 🙂 Jazakumullah khairan and LY all.. 🙂 <3<3<3

  5. maya says:
    August 28, 2018 at 10:24 pm

    eii aalaage dad dhw..A* libunyma libeyne dhw scolarship so dhaan can fulfill his dreams dhww,,,bt this is awesome..nor sis ethankolhu handhaan nethifa dhw eini……vvv reethi masha allah..waiting curiously…jazaikallah khairan

    1. aish noor says:
      August 30, 2018 at 3:28 pm

      balamaa dhw.. hehe.. 🙂 yess.. jazakillah khairan dear.. 🙂 yess dear.. liye nimmi fahunney handhaan v.. keeh kuraany dhw? dhn ebai badhalu kuranyaa mulhi story kahala gothakah badhalu kuran jeheyne.. ehnve dhn e in gothah beyndhy.. 🙂 jazakillah khairan dear.. 🙂 marhabaa dear.. 🙂 4th part pending ga.. 🙂

  6. Anonymous says:
    August 28, 2018 at 10:28 pm

    vehdhaane dhw hurihaa subject ahkun A* hoadhyma kamah scholarship libeny

    1. .. says:
      August 29, 2018 at 1:46 pm

      Nah

    2. aish noor says:
      August 30, 2018 at 3:29 pm

      nooney dear.. first ah dhaa kudhinnah scholarship libeyne.. 🙂 Aslu noor ah olhigenney kurin ehn liyevuny.. 🙁 noor ah ehn liyevunyma confusion eh mi kurimathi v.. ekamahtakaa hurihaa readers ge faraathun noor maafah edhen..

  7. Some one says:
    August 28, 2018 at 10:40 pm

    Noor dear aee sorry bunaavaruge kameh nun. ehaa gina in sorry bunyma kudahkoh dheravehjje. story kiyamun dhiya iru ehthankolhu faahaga vyma hama bunehladhiny. I really like this story and your comments. comments ga story ge eh part ahkun libidhey ibraythah faahaga kohla dhyfa ehkankamah baaru alhaadheythyve vv kamudhey. good job dear. v interesting koh mivaahaka kuiah dhany. v inthizaaru kurehvey next part ah.
    v gina faharu comment submit kurehvihjjeh ehkam ves comment publish nuvey why?

  8. Kokee says:
    August 29, 2018 at 1:01 pm

    maasha allah…vrh reethi…keep ur hard work sis

    1. aish noor says:
      August 30, 2018 at 3:40 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 vrh vrh vrh ufaavehje dear thi dhey support ah.. adhi jazakillah khairan.. 🙂

  9. Reader says:
    August 29, 2018 at 3:36 pm

    A phone for Dhaaniyal

  10. Reader says:
    August 29, 2018 at 3:36 pm

    Please don’t kill Aalimaa

  11. Reader says:
    August 29, 2018 at 3:37 pm

    And Cancer kahala bayyeh ves nujassaaathi

    1. aish noor says:
      August 30, 2018 at 3:41 pm

      alhey.. hehe.. dear haadha varakashey dhw thi guess kuranee.. 🙂 dhn balamaa dhw vaagotheh.. noor ah ves part thah up vaa varun thikudhinnah vamundhaa goiyy kiyaaladheveynee.. hahaha.. 🙂

  12. Miroo says:
    August 29, 2018 at 8:26 pm

    Vv nice. Waiting 4 next part curiously

    1. aish noor says:
      August 30, 2018 at 3:42 pm

      jazakillah khairan dear.. 🙂 4th part pending ga ingey.. balamaa dhw dhn miadhu up veytho.. 🙂

  13. Kokee says:
    August 29, 2018 at 11:32 pm

    waiting…wen next part up vaanee….pls fast…cant wait any more..hehehe

    1. aish noor says:
      August 30, 2018 at 3:44 pm

      alhey dear.. vrh vrh vrh bodah sorry ingey iyye part eh up nukurevunyma.. 🙁 kudakoh bxy vegen up nukurevuny.. in sha allah, miadhu up vaanekamah mi balany.. 🙂 hehe.. keiyytheri kamaaeku inthizaaru kohlaa ingey.. 🙂

  14. huthuraa dhekolhah says:
    August 30, 2018 at 9:57 pm

    noor you liyaa story varah huthuru i ah i varah foohi huthuru story kiyaa

    1. aish noor says:
      August 31, 2018 at 8:05 am

      it’s ok dear.. 🙂 noor ah ingey eki kudhinnah reethi vaanee eki kahala story kan.. 🙂 ekuhjakah reethi story ehnu dhw ehn v ma ekuhjaku kiyanee ves? ufaavehje noor ge story kiyaali kan ingunyma.. 🙂 noor adhi liye nimmaafa innaany eh story ingey dear… miee 2nd.. 🙂 jazakillah khairan dear.. 🙂

  15. Snow says:
    August 30, 2018 at 10:34 pm

    Huthureh noon. Characters tha maa over act kurahen hyvathy snow ah masala Aky. Hyvey baefaharu drama eh henves. But still Iove this story. Thnx 🙂

    1. aish noor says:
      August 31, 2018 at 8:08 am

      jazakillah khairan dear.. 🙂 ehn dhw dear.. vrh ufaavehje rangalhu kohlan v kanthah faahaga kolladhinyma.. mihaaru liyamun midhaa part thakun feshigen ebai rangalhu kohleveytho balaanan ingey… 🙂 kuriyah oiyy dhethin part ga natheejaa nufeni dhaane, aee noor vrh boduthan liyefa othyma.. hehe.. 🙂 ekam ves try kuraanan ingey dear.. 🙂 jazakillah khairan n marhabaa dear.. 🙂

Comments are closed.

Next Episodeދުޢާ 4←


All Right Reserved!