Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނާށެ ލޯބި ނުވަނީހޭ 11

Blackpearl Level 210 Stories100 Comments100 Login
October 4, 2018 7 Mins Read
51 Comments

ޔާނާ ކުރިން އުޅުނު ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ޔާނާ މިސްރާބު ބަދަލުކޮއްލިއެވެ. ރާދިންގެ ކޮޓަރިއަށް ދިޔުމުގެ ބަދަލު އޭނާގެ ކޮޓަރި ތެރެ ބަލައިލުމުގެ ޝައުގު އުފެދުނެވެ. ކޮޓަރީ ދޮރުމައްޗަށް އެރި ތަނާ ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވެ އަތް މުއްކައްވައިލެވުނެވެ.

” ހަމަ މިހާރު ތިހެދުން ބާލާ..” ކޮޓަރިތެރެއަށް ވަންނަމުން ޔާނާ ވަރަށް ބާރަށް ބުނެލިއެވެ. ލޯގަނޑު ކުރިމަތީ ފަރި ބަލަން އިން މަލްކާ ދިޔައީ ސިއްސައިގެންނެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލުމައްފަހު ޔާނާއާއި ވީކޮޅަށް އެނބުރިލިއެވެ. ” އަދިވެސް ބަލަން ހުންނަނީތަ.. އަހަރެން މިބުނީނު ތިހެދުން ބާލާށޭ..” އިރުކޮޅަކު މަލްކާއާއި ދިމާއަށް ބަލަން ހުރުމައްފަހު ޔާނާ ބުނެލިއެވެ.

” ހޭއި އައިމް ސޮރީ އޯކޭ.. މިކޮޓަރި ހުޅުވާފަ ހުރީމަ ވަދެލީ ހަމަ.. ޔާނާގެ ފޮޓޯއެއް ހަރުކޮއްފަ ހުރީމަ ދެން ކުޑަކޮއް ތަންތަން ބަލާލެވުނީ.. މިހެދުން ފެނުނީމަ ޓުރައި ކޮއްލާ ހިތްވީ.. އަހަންނާއި ގުޅޭ ދޯ ވަރަށް.. ” އަނެއްކާވެސް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން މަލްކާ ވާހަކަ ދެއްކިއެވެ.

” މަލްކާ..” ޔާނާގެ އަޑުގައިވި ހަރުކަށިކަން މަލްކާއަށް ސިއްރެއް ނުވިއެވެ. ޔާނާ އޭނާއަށް ގޮވައިލީ އެހާމެ ބާރަށެވެ.

” ކިހިނެއްވަނީ ދެމީހުންނަށް..” ކޮޓަރިއަށް ވަންނަމުން ރާދިން ބުނެލިއެވެ. ” ރާދިން މަލްކާ ކައިރީ ބުނޭ ހަމަ މިހާރު އަހަރެންގެ ވެޑިން ޑުރެސް ބާލާށޭ.. ހުއްދަނެތި މީހުންގެ ކޮޓަރިއަށް ވަދެ އެއްޗެހި ހާވަން ޖެހޭތަ . އަދި އަމުދުން އެހެދުން ލާކަށް ނުޖެހެއެއްނު.. މަލްކާއަށް ނޭންގެނީތަ ތީ އަހަރެންގެ ހެދުން ކަމެއް..” ރާދިންއަށް މަލްކާއާއި ދިމާއަށް ބަލައިލެވުނީ ޔާނާ އެހެން ބުނީމައެވެ. މަލްކާ ހުރީ ރާދިންއާއި ޔާނާ ކައިވެނި ކުރި ރޭ ޔާނާ ލީ ވެޑިން ޑުރެސް ލައިގެންނެވެ.

” ރާދް އައިމް ސޮރީ..އަހަންނަކަށް ނޭންގެ ޔާނާ އެހާ ރުޅިއަންނާނެ ކަމެއް.. އަހަރުމެން މެރީ ކުރަން އުޅޭ ތީ މިހެދުން ފެނުނީމަ ހަމަ ޓުރައި ކޮއްލެވުނީ.. އަހަންނާއި ވެޑިން ޑުރެސް ގުޅޭ ތޯ ބަލަން ވެގެން.. މި ދެން އެވަރު ކަމެއްވެސް ނޫނެއްނު ޔާނާ އެހާ ރުޅި އަންނާކަށް.. ” ރާދިން އެއްޗެކޭ ބުނުމުގެ ކުރިން މަލްކާ ވަރަށް ދެރަވާ ކަމަށް ހަދައިފައި ބުނެލިއެވެ.

” ޔާނާ މި ދެން ތިހާ ރުޅި އަންނަން ޖެހޭވަރުގެ ކަމެއްނޫނެއްނު.. ޔާނާއަށް މާ މުހިއްމު ހެދުމެއް ނޫނެއްނު އެއީކީ..” ރާދިން ބުނެލިއެވެ. ރާދިން ބުނި އެއްޗެއް ޔަގީން ނުވާ ފަދަ ގޮތަކަށް ވަޓް އޭ ޔާނާ ބުނެލިއެވެ.

” އަހަރެން މިބުނީ މި ވެޑިން ޑުރެސްއަކީ ޔާނާއަށް މުހިއްމު އެއްޗެއް ނޫނެއްނޫން ހޭ.. މުހިއްމުވިނަމަ މި ހިފައިގެނެއްނު ދިޔައީ ހީ..” ރާދިން ބުނެލިއެވެ.

” އަހަރެން މިގެއިން ދިޔައީ މާ ބައިވަރު އެއްޗެހި ހިފައިގެނެއްނޫން.. އަވަހަށް ޕެކް ކުރަން ހަދަންވެގެން އެއީ.. ބުނޭ މަލްކާ ކައިރީ ހެދުން ބާލާށޭ.. އަހަރެން ގެޔަށް ދާނީ ހެދުން ހިފައިގެން މިއަދު..” ޔާނާ ބުނެލިއެވެ.

” އެކީއްކުރަން މިހެދުން ގެންދަނީ.. އަނެއްކާ ޝަރްވާންއާއި މެރީ ކުރާއިރުވެސް މިހެދުން ލާންތަ ތިއުޅެނީ.. ކުރީގެ ކައިވެނި މަތިން ހަނދާން އާކުރަން..” މަލާމާތުގެ ރާގަކަށް ރާދިން ބުނެލިއެވެ.

” ކިހިނެއްވީ އަހަރެން ޑުރެސް ގެންދިޔައީމަ.. ރާދިން އަނެއްކާ ބޭނުންވަނީ މަލްކާ މިހެދުން ލައިގެން ކައިވެނި ކުރަންތަ.. ކުރީގައި ކުޅުނު ޑްރާމާ މަތިން ހަނދާން އާ ކޮއްލަން.. ” ޔާނާ ބުނެލިއެވެ.

” މަލްކާ އަހަރުމެން މިރޭ ވެޑިން ޑުރެސް ސެލެކް ކުރަން ދާން ވާނެ.. މިހާރު މެރީ ކުރާ ދުވަސްވެސް ކައިރި ވަނީ އެއްނު..” ރާދިން މަލްކާއަށް ބަލައިލަމުން އެހެން ބުނެލިއެވެ. ރާދިން އެހެން ބުނުމުމް މަލްކާގެ މޫނުމަތީގައިވާ ހިނިތުންވުން ފުޅާވެގެން ދިޔައިރު ޔާނާގެ މޫނުމަތި މުޅިން މިލައިގެން ދިޔައެވެ. ” ކޮން އިރަކުން ތިމީހުން މެރީ ކުރަނީ..” މޫނުމަތީގެ ކުލަވަރު ބަދަލުކޮށް ހަމަޖެހިލަމުން ޔާނާ އަހައިލިއެވެ.

” ނެކްސްްޓް މަންތު 15ގައި ” ރާދިން ޖަވާބު ދިނެވެ.

” އަންނަ މަހު 15 .. ” ޔާނާ ބުނެލިއެވެ. ރާދިން ކިހިނެއް ވީހޭ އަހައިލިއެވެ. ” ކޮން ކަހަލަ އިއްތިފާގެއް.. އަހަރުމެންވެސް މެރީ ކުރަން މިކިޔަނީ އެދުވަހުގައި..” ޔާނާ ދޮގެއް ހަދައިލިއެވެ.

” ވަޓް..” ރާދިން އާއި މަލްކާއަށް އެއްފަހަރާ ބުނެވުނެވެ.

” އަހަރުމެން އެއް ދުވަހެއްގައި ކައިވެނި ކުރަނީ.. ސަޅިއެއްނޫން ތަ.. މަލްކާ ދެން ތިހެދުން ބާލަންވީނު.. އެކްސް ވައިފްގެ ހެދުން ލީމަ ރާދިން އެހާ ލައިކްއެއް ނުވާނެ.. މަލްކާ ދެކެ ފޫހިވާން ފަށައިފިއްޔާ ޔޯ.. ” މަލްކާގެ ކޮނޑުމަތީގައި އަތް ބާއްވަލުމައްފަހު ޔާނަ ވާހަކަ ދެއްކިއެވެ. ” އަހަރެން ދެން ގޮސްލަނީ އިނގޭ.. ވަރަށް ބައިވަރު ކަންތައް ކުރަން އެބަޖެހޭ ގެޔަށްގޮސް..” ޔާނާ ބުނެލިއެވެ.

” ކައިވެނި ކުރާ ޑޭޓްއާއި އެއްޗެހި ކަޑައެޅި އިރު ތިއުޅެނީ ވާންއަށް ޖަވާބެއް ނުދީޔޭ ބަލަ ޔާނާ.. ” ޔާނާގެ ހިތަށް އެރިއެވެ. ޔާނާ ބޭނުންވީ ވީހާވެސް އަވަހަކަށް ގެޔަށް ގޮސް އެހަބަރު އެންމެންނަށް ދޭށެވެ. ކައިވެނީގެ ތައްޔާރީތައް ފަށަންވެގެންނެވެ.

ގެޔަށް އައީ ރާދިންއާއި އެކީ އޭނާގެ ކާރުގައެވެ. ގޭގައި މީހަކު ނެތުމުން ޔާނާ އައިރާއަށް ގުޅީ އެމީހުން ތިބީ ކޮންތާކު ތޯ ބެލުމަށެވެ. އައިރާ ފޯނު ނުނެގުމުން ފޫހިވެފައި ސޯފާގައި އިށީނެވެ. ދެން އޭނާ ގުޅީ ޝަރްވާން އަށެވެ. ޝަރްވާން ގެޔަށް އަންނައިރެއް އެހިއެވެ. އައިރާއާއި ޝައުން ގެޔަށް އައިސްވަނީ ހަމަ އެވަގުތުއެވެ. ޔާނާ ފޯނު ބާއްވައިފައި ކޮޅަށް ތެދުވިއެވެ. ވަރަށް އުފާވެފައި ހުރި ކަމަށް ހަދައިގެން ވާހަކައެއް ބުނަންވެފަ އެބަ އޮތޭ ބުނެލިއެވެ. އައިރާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ޔާނާ ގައިގައި ބާއްދާލައިފައި އަހަރެންވެސް ވާހަކައެއް ބުނަން ބޭނުން ކަމަށް ބުނެލިއެވެ. ޔާނާ ބުނީ އައިރާ ފުރަތަމަ ބުނާށޭއެވެ.

” ޔަންނު އާންޓް އަކަށް ވަނީ އޭ..” ޝައުންގެ އަތުގައި ހިފައިލަމުން އައިރާ ދިން ހަބަރަކުން ޔާނާ އުފަލުން ގޮސް ފުންމަން ފެށިއެވެ. ކުޑަކުއްޖެއް ހެންނެވެ. ” މަރުހަބާ އިރާ.. މަރުހަބާ ސައްނު.. އައިމް ސޯ ހެޕީ ..ރާއްކޮއަށް ބޭބީ ކަޒިންއެއް ލިބެނީ އޭ ދޯ.. ޔޭ..”

” ޔަންނު ކޮން ވާހަކައެއް ބުނަންތަ އުޅުނީ..” ގޭތެރޭގައި ރާޔާގެ އަތުގައި ހިފައިގެން ފުންމަމުން ދިޔަ ޔާނާ ހުއްޓުވައިފައި އައިރާ ސުވާލުކުރިއެވެ.

” އިރާ އަހަރެން މެރީ ކުރަން މިއުޅެނީ..” ޔާނާ ދިނީ އައިރާ ހީވެސް ނުކުރާ ކަހަލަ ހަބަރެކެވެ. އެހާ އަވަހަށް ޔާނާ ކައިވެންޏެއް ކުރާނެ ކަމަކަށް އޭނާ އުއްމީދު ކޮއްފައި ނުވާތީއެވެ. އަނެއްކާ ޔާނާ އެއުޅެނީ ރާދިންއާއި އިންނަންބާއެވެ. ހިތައް އެހެން އެރުމުން އައިރާ އެސުވާލޖ ކޮއްލިއެވެ. ” ހޫ.. އަހަރެން އެބަ އުޅެން ތަ މޮޔަ ވެގެން އެރާދިން އާއި އަނެއްކާ އިންނަން.. ޝަރްވާން އަހަރެން ގާތު އިންނަން އެހިތާ މިހާރު ދުވަސްކޮޅެއް ވެދާނެ.. އަންނަ މަހު 15 ގަ މެރީ ކުރަން ކަމަށް މިއެޅީ..”

” ބަލާބަލަ މި ޔަންނު މިހާރު ވަރަށް ވަގު ވެއްޖެ.. އަހަރެން މީ ދެން އެއްވެސް މީހެއްނޫން މިހާރު.. ” ޔާނާ ގެ ބަނޑުމަތީގައި ގޮއްމުށުން ޖަހައިލަމުން އައިރާ ބުނެލިއެވެ.

” އައިމް ސޯ ހެޕީ ފޯރ ޔޫ ޔަންނު.. އަހަރެން އޭރުވެސް ބުނީމެއްނު ވާން ޔަންނު ދެކެ ލައިކް ވެޔޭ.. އެހާ އަވަހަށް އިންނަން އަހާނެ ކަމަކަށް އެކްސްޕެކްޓްއެއް ނުކުރަން އެކަމް.. ދެން ރަގަނޅު ތާ.. ” ޝައުން ބުނެލިއެވެ. ތިން މީހުން ވާހަކައިގައި ތިބެފައި ކޮޓަރިއަށް ވަނީ އިރުއޮއްސި ހަތެއް ޖެހިފަހުންނެވެ. އޭރުވެސް ޝަރްވާން ގެޔަކަށް ނާދެއެވެ.

“މަންމީ..” އެނދުގައި އިށީންދެލައިގެން އިން ރާޔާ ޔާނާއަށް ގޮވައިލިއެވެ. ރާޔާގެ ނިދާ ހެދުން ނަގަން އަލަމާރި ކައިރީގައި އިން ޔާނާ ދަރިފުޅު ގޮވާލުމުން އައިސް ރާޔާގެ ކައިރީގައި އިށީނެވެ. ޔެސް ޕްރިންސެސް އޭ ބުނެލަމުން ރާޔާގެ ނޭފަތުގައި ހިފައިލިއެވެ. ” މަންމީ މެރީ ކުރަނީ ކިހިނެއް.. މެރީ ކުރީމަ ވާނީ ކިހިނެއް..” ރާޔާ އަހައިލިއެވެ. ޔާނާއަށް ދޭނެ ޖަވާބެއް ނޭންގިގެން ވިސްނައިލެވުނެވެ.

” ރާއްކޮ އަދި ތަންކޮޅެއް ބޮޑުވީމަ އިނގޭނޭ މެރީ ކުރަނީ ކިހިނެއްކަން.. ބޮޑު ވަންދެން މަޑުކޮއްލާ އިނގޭ..ހުރިހާ އެއްޗެއްވެސް އިނގޭނޭ އަދި..” ޔާނާ ބުނެލިއެވެ.

” މަންމަ ކީއްވެ ދޮގު ހަދަނީ.. މަންމަ ބުނީމެއްނު ރާއްކޮ މީ މިހާރު ބިގް ގާރލް އެކޭ.. ދޮގު ހެދުމަކީ ވަރަށް އައްޗި ކަމެއް އިނގޭ..”

” މަންމި ދޮގެއް ނަހަދަމޭ ދޫންޏާ.. ހޫމް މެރީ ކުރީމަ ވާގޮތް ކިޔައި ދޭންވީތަ.. މެރީ ކުރީމަ މެރީ ކުރާ ދެކުދިންނަށް އަބަދު އެއްކޮއް އުޅެވޭނެ.. އެއްކޮއް އުޅުމުގެ ހުއްދައެކޭ ދެން އެއީ ފާޑަކަށް ދޯ.. އެންޑް ރާޔާ ކަހަލަ ލޯބި ލޯބި ކުއްޖަކުވެސް ލިބޭނީ މެރީކޮއްގެންނޭ..އިރާ އާންޓީ އާއި ޝައުން އަންކަލްއަށްވެސް ވަރަށް އަވަހަށް ބޭބީ ލިބޭނެއޭ..” ޔާނަ ބުނުލިއެވެ.

” އެހެންވިއްޔާ ރާއްކޮވެސް ބޭނުން މެރީ ކުރަން..” ރާޔާ ބުނެލިއެވެ. ” ރާއްކޮ ކޮން ކުއްޖަކާ މެރީ ކުރަން ބޭނުންވަނީ..” ޔާނާ ހެވިފައި ހުރެ އަހައިލިއެވެ. ” ބައްޕިއާއި.. ރާއްކޮ ބައްޕިއާއި މެރީ ކުރީމަ ބައްޕި އަބަދުވެސް އުޅޭނީ ރާއްކޮ ކައިރީގައެއްނު ދޯ.. ރާއްކޮ ބޭނުމީ އަބަދުވެސް ބައްޕި ކައިރީގައި ހުންނަން.. ”

” ސޯ ރާއްކޮ މިހާރު މަންމިއެއް ބޭނުމެއް ނޫން ދޯ.. ބައްޕިގެ ކުއްޖެއް ދޯ މިހާރު މީ..” ރާޔާ ބުނެލިއެވެ.

” ނޫން މީ ބައްޕިއާއި މަންމިއާއި ދެކުދިންގެ ކުއްޖެއް.. މަންމިވެސް ބޭނުން ބައްޕިވެސް ބޭނުން.. މަންމީ.. ތިން ކުދިންނަށް މެރީ ނުކުރެވޭނެ ތަ.. އޭރުން މަންމިއާއި ބައްޕިއާއި ރާއްކޮއާއި ތިން ކުދިން އަބަދު އުޅޭނީ އެއްކޮއް.. ވަރަށް މަޖާވާނެ ދޯ..” ޔާނާގެ މޫނަށް ބަލަމުން ރާޔާ ބުނެލިއެވެ.

” ދަރިފުޅު ވަރަށް ބޭނުން ތަ ބައްޕިއާއި އެކު އުޅެން..” ޔާނާ އެހެން ބުނުމުން ރާޔާ ވަގުތުން އާއެކޭ ބުނެލިއެވެ.” ދަރިފުޅަށް މިހާރު ވާން އަންކަލް ކަމުނުދަނީ ތަ.. ވާން އަންކަލްވެސް ކިހާ ރަގަނޅުތަ.. މަންމި ވާން އަންކަލްއާއި މެރީ ކުރީމަ ތިން ކުދިން އަބަދުވެސް އުޅޭނީ އެއްކޮށޭ..” ޔާނާ ބުނެލިއެވެ.

” ރާއްކޮއަށް ވާން އަންކަލްވެސް އޯކޭ.. ވާން އަންކަލް ވަރަށް ތިއްތި އެންޑް ވަރަށް މަޖާ.. ރާއްކޮ ދެކެ ވަރަށް ލޯބިވެސް ވޭ.. އެކަމަކު މަންމީ އެއީ ރާއްކޮގެ ބައްޕިއެއް ނޫނެއްނު.. އެންމެ އޯކޭވާނީ ބައްޕިއެއްނު ރާއްކޮއަށް..”

” ބައްޕިއަށް ނުވިޔަސް ބައްޕިހެން ރާއްކޮއަށް ލޯބި ދޭނޭ ވާން އަންކަލް..” ޔާނާ ބުނެލިއެވެ. ރާޔާ ރާދިން ބޭނުންވާވަރު އެނގުމުން އެހިތުގައި ރިއްސައިލިއެވެ. ދަރިފުޅުގެ އެ އެދުން ފުރިހަމަ ކޮއްދެވެން ނެތީމައެވެ. މާޒީ ހަނދާން ނައްތައިލެވެން ނެތުމުންނެވެ. ރާދިންގެ މަކަރުވެރިކަން ހިތުން ފުހެލަން އޭނާވެސް ބޭނުންވެއެވެ. ރާދިންގެ ލޯބިވެސް ބޭނުންވެއެވެ. ނަމަވެސް ރާދިން ލޯބިނުވާކަން އެނގިހުރެ ރާދިންއާއި ގުޅި އިތުރަށް އޮޅުވައިލުމުގެ ފުރުސަތު ދޭންވީ ކީއްކުރަން ހެއްޔެވެ. ރާޔާއަށްވެސް އަދި ވިސްނޭނެއެވެ. ދަރިއަކަށް ލޯބި ދިނުމައްޓަކައި މައިންބަފައިން އެއްކޮށް އުޅުން މަޖުބޫރެއްނޫނެވެ. ވަކިން އުޅެގެންވެސް ދަރިންގެ ކަންތައް އެންމެ ފުރިހަމަ ގޮތުގައި ކޮއްދެވިދާނެއެވެ.

ރޭގަނޑުގެ ވަގުތެވެ. ރާޔާ ނިންދާލުމައްލުމައްފަހު ސިޓިންރޫމްއަށް ނިކުމެލީ ޝަރްވާންއާއި ވާހަކަ ދެއްކުމަށެވެ. އައިރާއާއި ޝައުން އޭރުވީ ޔަސީރާގެ ގާތަށް ގޮސްއެވެ. ޔަސީރާ ގާތުގައި އައިރާ ބަނޑުބޮޑު ވާހަކަ ބުނަންވެގެންނެވެ. ފޯނުން ގުޅައިފައި ނުބުނީ ޔަސީރާގެ މޫނުމައްޗައް އަރާ ކުލަވަރު ބަލާ ހިތުންނެވެ.

ޔާނާގެ އިންތިޒާރަށް ނިމުމެއް އައީ 9 އެއް ޖެހި ފަހުންނެވެ. ޝަރްވާން އެޕާޓްމެންޓުގެ ދޮރުން ވަނުމާއެކު ޔާނާ ހައި އޭ ގޮވައިލިއެވެ. ޔާނާ ޖަވާބު ދިނުމައްފަހު ޝަރްވާން ސޯފާގައި އިށީންދެލިއެވެ. ސޯފާގައި ލެނގިލައި ކަދުރާ މައްޗައް ނަގާލެވުނީ ވެފައިވާ ވަރުބަލިކަމުގެ ސަބަބުންނެވެ. ޔާނާއަށް ޝަރްވާންގެ މޫނައް ބަލަހައްޓައިގެން ހުރެވުނީއެވެ. ލޯމަރައިގެން އޮތަސް އެހާ ގާތުން ޔާނާގެ ތޫނު ނަޒަރު އެމޫނަށް ހުއްޓިފައިވާކަން ޝަރްވާންއަށް ނަގައިގަނެވުނެވެ. ލޯ ހުޅުވާލީ އެހެންވެގެންނެވެ. ޔާނާ އެއްޗެކޭ ބުނަން ބޭނުންވެފައި ހުރިކަންް އެނގެއެވެ. އެހެންނޫންނަމަ ޔާނާ އެގޮތައް ބަލާކަށް ނުހުންނާނެއެވެ. ޔާނާ އެއުޅެނީ އޭނާ ރިޖެކްޓް ކޮއްލަން ހެއްޔެވެ. އެވާހަކައެއް ބުނަން ނުކެރިގެން އެއުޅެނީ އެހެންވެގެންނެވެ. ޝަރްވާންއަށް ސުވާލުކުރަންވެސް ނުކެރީ އެހެންވެގެންނެވެ. ޔާނާ ނޫނެކޭ ބުނެފިއްޔާ އޭނާ ވަރަށް ދެރަވާނެއެވެ. އުމުރުގައިވެސް އޭނާއަށް ހަގީގީ ލޯއްބެއްވެވުނީ ޔާނާ ދެކެއެވެ. އެލޯބި ހިތުގައި ސިއްރުކޮއްގެން އެތައް ދުވަހެއް ވަންދެން އޭނާ އުޅުނެވެ.

” ވާން ތިހެން ވަރުބަލިވެފަ އިންނާނެ ޓައިމްއެއް ނެތޭ.. ބައިވަރު ކަންތައް ނިންމަން އެބަ ޖެހެއެއްނު.. ވީ ހޭވް އަ ވެޑިން ޓު ޕުލޭން..” ޔާނާ ފެށީ ޝަރްވާން އުއްމީދުކޮއްގެން ހުރި ކަހަލަ ވާހަކައެއް ނޫނެވެ. ޔާނާ އެދައްކަނީ ކާކުގެ ކައިވެންޏެއްގެ ވާހަކަ ކަމެއްވެސް އޭނާއަކަށް ނޭންގުނެވެ. އޭނާ ދަންނަ މީހަކު ކައިވެނި ކުރާކަށް ނޫޅެއެވެ. ވިސްނާ ވިސްނައިވެސް ޔާނާ އެދައްކަނީ ކާކުގެ ވާހަކައެއްކަން ނޭންގުމުން ޝަރްވާން އެކަމާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. ” އަހަރުމެންގެ ކައިވެންޏެއްނު.. އަންނަ މަހު 15 ގައި..” ޝަރްވާނުގައި އަތުގައި ޖަހައިލަމުން ހެވި ދިލިފައި އިނދެ ޔާނާ ބުނެލިއެވެ. ޔާނާ އޭނާއާއި ސަމާސާ ކުރަނީ ހެއްޔެވެ. ޔާނާ އާއެކޭ ބުނި ހަނދާނެއް އޭނަ ނުވެއެވެ. ވީމާ ކައިވެނީގެ ތާރީހު ފައިނަލް ކުރީ ކިހިނެއް ހެއްޔެވެ. ” ސަޕްރައިޒް.. ވީ އާރ ގެޓިން މެރިޑް..އިރާ އެންޑް ޝައްނު ކައިރީވެސް އަހަރެން މިހާރު ބުނެފިން..” ލަނދުރަކި ގޮތަކަށް ޔާނާ އެހެން ބުނުމުން ޝަރްވާން ހައިރާންވިއެވެ. ޔާނާ އެހެން އުޅޭ ސަބަބު އޭނާއަށް އެނގުމުން އެހިތުގައި ރިއްސާލިއެވެ. ޝަމީލްގެ ފަރާތުން ރާދިން ކައިވެނިކުރަން އުޅޭ ހަބަރު އޭނާއަށް ވަނީ ލިބިފައެވެ.

” ޔާނާ އަހަރެން ސުވާލެއް ކުރަންތަ..” ޔާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހިއެވެ. ” އަހަންނާއި އިންނަން ތިއުޅެނީ ޔާނާ ހަމަ ބޭނުންވާތި ތަ.. ނޫނީ ރާދިން މަލްކާއާއި ކައިވެނި ކުރަން އުޅޭތީ ތަ..” ޝަރްވާން ކުރަން އުޅުނީ އެސުވާލުކަން ޔާނާއަށް ހަމަ ރަގަނޅަށް އެނގެއެވެ.

” ތިއީ މުޅިން އެއްކޮއް ދޮގެކޭ ނުބުނެވޭނެ.. ރާދިން އަހަރެންގެ ކައިވެންޏަށް އެދުނު.. އަހަރެމް ރާދިންއާއި ގުޅެން ބޭނުމެއް ނޫން.. އަހަރެންގެ ހުރިހާ އުފާތަކެއް ފޭރިގަތް މީހަކީ އެއީ.. އެ މަކަރުވެރިކަމުން އާއިލާއާއި އަހަރެން ދުރުވާން ޖެހުނީ.. މިއަދު އަހަރެން ބޭނުންވަނީ އަހަރެން ދެކެ ލޯބިވާ މީހަކާއި ގުޅެން.. އަހަރެން ލޯބިވަނީ ރާދިން ދެކެ ކަން އެނގިހުރެ އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭން ބޭނުންވާ ފަދަ މީހަކާއި ގުޅެން އަހަރެން ބޭނުން.. ރާދިންއާއި މަލްކާގެ ކައިވެނީގެ ހަބަރު ލިބުނީއްސުރެ އަހަރެންގެ ހިތައް ހަމަޖެހުމެއް ނުލިބޭ.. ގަބޫލުކުރަން ބޭނުންނުވިޔަސް އަހަރެން ޖެލަސްނުވާ ކަމަކަށް ނުވާނެ.. މަލްކާއާއި ދޭތެރޭ މިހިތުގައި ހަސަދަވެރިކަން ނެތްކަމަކަށް ނުވާނެ.. އަހަރެން ދެކެ ނުވެވުނު ލޯތްބެއް ރާދިންއަށް މަލްކާ ދެކެ ވެވުނީ ކިހިނެއް.. ރާދިންއާއި މެދު މިހިތްވަނީ ޝަކުވާއިން ފުރިފައި.. އަހަރެން ރާދިންއާއި ގުޅޭކަށް ބޭނުމެއްނޫން.. އެކަމަކުވެސް އަހަރެން ރާދިން ދެކެ އަދިވެސް ލޯބިވޭ.. ކީއްވެތަ ރާދިން އަހަރެން ދެކެ ލޯބިނުވަނީ ވާން.. ކީއްވެތަ އަހަރެން ދެކެ ލޯބިވާ ކަމަށް ބުނެ މިހިތާ ކުޅުނީ.. ” ހިތުގައިވާ ފުނިޖެހިފައިވާ ވާހަކަތައް ޔާނާ ޝަރްވާންއަށް ކިޔައިދިނެވެ. ހުރިހާ ޝަކުވާއެއް ޝަރްވާން ގާތުގައި ހުރެ ކުރެވޭ ސަބަބެއް ޔާނާއަކަށް ނޭންގެއެވެ. އެހެން މީހެއް ގާތުގައި ބުނަން ޖެހިލުންވާ އެތައް ވާހަކައެއް އެއްވެސް ޖެހިލުމަކާއި ނުލައި ޝަރްވާން ގާތުގައި ދެއްކޭ ސަބަަބެއް ނޭންގެއެވެ.

” އޯ ގޯޑް.. އަހަންނަށް ކިހިނެއް ތަ މިވަނީ.. ވާން ކައިރީ އަހައިލުމެއްވެސް ނެތި އެހެން މީހުންނަށް މެރީ ކުރާ ނިއުސް ދީ ޑޭޓް ބުނެވުނީ.. ” އެއްއަތުން މޫނު ފެހެލަމުން ޔާނާ ބުނެލިއެވެ.

” އިޓްސް އޯކޭ.. އަހަރެން ޔާނާ ދެކެ ވަރަށް ލޯބިވޭ.. ޔާނާއާއި ގުޅެން މިއުޅެނީ ޔާނާގެ ހިތުގެ ހާލު އެނގިހުރެ.. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ހެޔޮ.. ޔާނާ އަހަރެންގެ މީހަކަށް ވަނިކޮށް އެނިމުނީ.. ދުނިޔޭގެ ހުރިހާ އުފަލެއް އަހަންނަށް ލިބުނީ ކަމަށް ދެކޭނަން އޭރުން.. އިރާދަކުރެއްވިއްޔާ އަހަންނާއި އެކު ޔާނާ އުޅޭނީ ވަރަށް އުފަލުގައި.. އަދި ޔާނާވެސް އަހަރެން ދެކެ ލޯބިވާނެ.. އެދުވަހަކަށް އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން.. އަހަރެން މިވާވަރަށް ޔާނާ ދެކެ ލޯބިވާނެ ދެވަނަ އިންސާނަކު ނުހުންނާނެ.. ލެޓްސް ގެޓް މެރިޑް.. ޔާނާ ބޭނުން ދުވަހަކު ކައިވެނި ކުރަން އަހަރެން މިހުރީ ތައްޔާރަށް..” ސީދާ ޔާނާގެ މޫނަށް ބަލަމުން ޝަރްވާން ވާހަކަ ދެއްކިއެވެ.

” އަހަރެން ވަރަށް އުފާވޭ ޔާނާ ތިހިތުގައިވާ އެއްޗެހި އަހަންނަށް ސިއްރުކުރުމެއްނެތި ކިޔައިދޭ ތީ.. ލޯބިވެރިއެއްގެ ގޮތުގައި ނުދެކުނަސް ޔާނާގެ ވަރަށް ގާތް މީހެއް ކަމުގައި އަހަރެން ދެކޭކަން ޔަގީންވޭ.. އަބަދުވެސް ތިހެންވައްޗޭ އިނގޭ.. ފުރެންޑެއްގެ ގޮތަށް އަބަދުވެސް ޔާނާގެ ވާހަކަތައއ އަޑުއަހަން އަހަރެން ހުންނާނަން..” ޔާނާގެ އަތުގައި ހިފައިލަމުން ޝަރްވާން ބުނެލިއެވެ. ޔާނާ ޝަރްވާންއަށް ޝުކުރުއަދާކުރިއެވެ. ” އަހަރެންވެސް އެބެއް ޔާނާ ގާތުގައި ވާހަކައެއް ބުނަންވެފައި.. މަލްކާ އަކީ އަހަރެންގެ އެކްސް ގާރލް ފުރެންޑް.. އަހަރުމެން ރުޅިވީ 3 އަހަރު އެއްކޮއް އުޅެފައި މީގެ 4 އަހަރު ކުރިން.. އެހެން މީހެއްގެ ފަރާތުން ޔާނާއަށް މިވާހަކަ އެނގުމުގެ ކުރިން އަހަރެން ބުނަން ބޭނުންވީ.. ” ޝަރްވާން އެވާހަކަ ބުނުމުން ޔާނާ ހައިރާންވިއެވެ.

” އެހާ ގިނަ ދުވަހު އެއްކޮއް އުޅެފައި ކީއްވެ ރުޅިވީ..އަނެއްކާ މަލްކާއަކީ ގޯސް ކުއްޖަކީތަ..” ޔާނާ ސުވާލުކޮއްލިއެވެ. ރާދިންގެ މުސްތަގްބަލަށް ވިސްނަމުންނެވެ. އެއީ ވިޔާނުދާ އަންހެނަކަށް ވެއްޖިއްޔާ ރާދިންގެ ދިރިއުޅުން ހަލާކުވެދާނެއެވެ.

” އަހަރެން ރުޅިވީ މަލްކާގެ ކުށެށް އޮވެގެނެއް ނޫން.. އަހަންނަށް އެހެން ކުއްޖެއް ދެކެ ލޯބިވެވުނީ..” ޝަރްވާން ބުނެލިއެވެ.

” އެހެންތަ.. އެހެންވިއްޔާ ކޮބާ ވާން ލޯބިވި ކުއްޖާ.. ކީއްވެ އެކުއްޖާއާއި ނު ގުޅުނީ ދެން..” ޔާނާ އަހައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

ނޭދެން ވަކިވާކަށް (ހަތަރުވަނަބައި)

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 15

Next
October 4, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 15

Previews
October 4, 2018

ނޭދެން ވަކިވާކަށް (ހަތަރުވަނަބައި)

51 Comments!

  1. Blackpearl says:
    October 4, 2018 at 12:44 pm

    Salaam everyone
    Here is the 11th part of the story..mistakes bunedhehchey ingey.. I hope yuh all will like it..
    And mi story aky ehaa dhigukoh gendhan gasdhu kuri story eh noon.. vaahaka nimeyne kamah mibalany 2 parts in
    ????

    1. Ukhthu fathima says:
      October 4, 2018 at 1:14 pm

      raadhin aa yaana aa gulhuvaba plx… Misunderstanding solve kohfa… Maa Shaa Allah rythi varah

    2. Blackpearl says:
      October 5, 2018 at 12:38 am

      Thanks yuh so much dear ??

  2. Haifa says:
    October 4, 2018 at 1:32 pm

    Seems sharwaan ge kameh hen mee yaana nd radhin dhurukuran plan kurumaky…weddin nyt ga party in fenifa loabi wevunee thoache..hahah.

    1. Blackpearl says:
      October 4, 2018 at 5:09 pm

      Vedhaane thihen kamahves..lets see dhw dhn ??

  3. mar-hath says:
    October 4, 2018 at 1:36 pm

    this part was also awesome! keep up the good work.
    eagerly waiting for the next part..<3

    1. Blackpearl says:
      October 4, 2018 at 5:10 pm

      Thank yuh so much
      mar-hath ??

  4. Pooh says:
    October 4, 2018 at 2:46 pm

    ?? best writer ♥️

    1. Blackpearl says:
      October 4, 2018 at 5:10 pm

      Thank yuh so much Darling ?❤

  5. Airah says:
    October 4, 2018 at 3:00 pm

    when Next Part dear.sharuwan n yaana nugulhuvachey.Radin ge kushea neakan angaadeeba

    1. Blackpearl says:
      October 4, 2018 at 5:11 pm

      Next part on sunday dear.. lets see dhw vaa gotheh ?

  6. Ana says:
    October 4, 2018 at 3:28 pm

    Masha Allah haadha reehchey mi partves.. Sharvaan kameh dhw aee hama..mihaaru hama yageen eynage kameh kann.please please Yaana eyna aa nugulhavahchey
    Waiting for the next part ?❤

    1. Blackpearl says:
      October 4, 2018 at 5:12 pm

      Thanks a lot dear.. vedhaane Sharwaange kameh kamahves..lets see dhw dhn ??

  7. Miraa says:
    October 4, 2018 at 3:38 pm

    Wow this part is also awesome ???❤
    When next part dear ?

    1. Blackpearl says:
      October 4, 2018 at 5:13 pm

      Thanks a lot Miraa
      Next part on sunday ??

  8. Ninni says:
    October 4, 2018 at 4:17 pm

    Owh dear mi partves vvvvv reethi ?❤

    1. Blackpearl says:
      October 4, 2018 at 5:14 pm

      Thank yuh so much dear ??

  9. Kuda says:
    October 4, 2018 at 7:51 pm

    Speechless ???????

    1. Blackpearl says:
      October 5, 2018 at 12:37 am

      Thank yuh kudaa ?❤

  10. Manje says:
    October 5, 2018 at 1:38 am

    Sharwaan and Yaana viyas okay.. they are cute together..
    Story is very nice ??❤

    1. Blackpearl says:
      October 5, 2018 at 11:44 am

      Thanks yuh so much dear ??

  11. Queen ?? says:
    October 5, 2018 at 10:28 am

    Amazing ?❤
    Waitinh for the next part ❤

    1. Blackpearl says:
      October 5, 2018 at 11:45 am

      Thank yuh so much dear
      Keep waiting ??

  12. Emy says:
    October 5, 2018 at 2:36 pm

    Waaah.. habeys mi partves ???

    1. Blackpearl says:
      October 9, 2018 at 10:18 pm

      Thanks a lot Emy ?❤

  13. Juvey says:
    October 5, 2018 at 3:22 pm

    Sharwaan and Yaana nugulhuvahchey please. Raadhin and Yaana avahah gulhuvadhy misunderstandings clear kohdhyfa.. love this story ?❤

    1. Blackpearl says:
      October 9, 2018 at 10:19 pm

      Thanks a lot Juvey??
      Yaana gulhey myheh balamaa dhw

  14. Reem says:
    October 5, 2018 at 6:27 pm

    Masha Allah very nice
    When next dear ❤

    1. Blackpearl says:
      October 9, 2018 at 10:20 pm

      Thanks a lot Reem??

  15. ? says:
    October 5, 2018 at 6:59 pm

    Sharwaange hageegaiy avahah angadhybala Yaana ah..Malkageves..
    Story hama vvv reethi ❤❤

    1. Blackpearl says:
      October 9, 2018 at 10:20 pm

      Thanks a lot dear??

  16. Maya says:
    October 6, 2018 at 3:22 pm

    I think sharwaan plan kohgen kannenge yaanaa and raadhin dhurukuruvy…. Emyhun ge wedding thereum fenin lwbi vevuny kannenge dhw.. Hahha. Anyway vv habeys.. Masha Allah ???????????????????????????????????nxt part avahah up kohdhehchey Darling luv u ????????yaana and raadhin gulhuva not sharwaan…

    1. Blackpearl says:
      October 9, 2018 at 10:22 pm

      Thanks a lot dear??
      Vedhaane hama ereyga fenigen loabivevuny kamahves..Raadhin ah Yaana gulheythw balamaa dhw ?

  17. Nau says:
    October 7, 2018 at 10:28 pm

    When nxt part dear???????

  18. Airah says:
    October 8, 2018 at 11:50 am

    koba story dear.miadhu me Monday.story kiyaala hithun hama.can’t wait dear

    1. Blackpearl says:
      October 9, 2018 at 10:24 pm

      Sorry dear thursday ah wait kohlaa ??

  19. kiyaa says:
    October 8, 2018 at 2:10 pm

    habare veba.kamea dimaaveagen lasvaanamaves bunealaba

    1. Blackpearl says:
      October 9, 2018 at 10:26 pm

      Sorry dear..

  20. sweet says:
    October 9, 2018 at 8:56 am

    koba Next Part Miadhu me Tusday .

    1. Blackpearl says:
      October 9, 2018 at 10:27 pm

      Next part thursdayga dear

  21. Siyah Inci says:
    October 9, 2018 at 11:10 am

    Wow what happen next ?❤️

    1. Blackpearl says:
      October 9, 2018 at 10:27 pm

      Thank yuh ?❤
      Vaa gotheh balamaa dhw

  22. Black pearl says:
    October 9, 2018 at 7:57 pm

    kiyun tearige samaalukamah mi story mihaa hisaabun nimunee

    1. Blackpearl says:
      October 9, 2018 at 10:28 pm

      Alhuganduge namuga thigothah comment nukurun edhen ?

  23. Blackpearl says:
    October 9, 2018 at 10:18 pm

    Vaahaka nugenesdhevi las vamun dhaathy kiyuntherigen kibain maafah edhen.. Iraadhakurehviyaa vaahakaige fahu bai thursdayga up kohdheynan..kurin bunefa innaany adhi 2 parts in vaahaka..e dhe part ehkohlaigen thursdayga up kohladheyny..

    1. Airah says:
      October 9, 2018 at 10:32 pm

      Its OK dear

  24. Airah says:
    October 11, 2018 at 6:08 pm

    koba story dear.

    1. Blackpearl says:
      October 11, 2018 at 6:14 pm

      Story up kohlaafa innaany..pending ga iny

  25. Airah says:
    October 11, 2018 at 6:35 pm

    maadama dhw kiyaaleavey varu vaanee.?v kiyaala hithun mihuree

    1. Blackpearl says:
      October 11, 2018 at 6:47 pm

      Mireyves hama publish vedhaane dear

  26. luyoo says:
    October 11, 2018 at 8:39 pm

    haada lahey publish vaalea.

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (ފަހުބައި)←


All Right Reserved!