Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ 14

Ninnu Level 210 Stories
October 4, 2018 5 Mins Read
18 Comments

އެހައި ކައިރިން ރުހާނީގެ މޫނަށް ވިގޮތް ފެނުމުން އައްރާދުގެ ހިތުގައި ކާމިޔާބު ކުރާން އޮތް ހިތްވަރު އިތުރުވެގެން ދިޔައެވެ. އާރާ ގަޔާއި ކައިރި ކޮއްލަމުން އައްރާދު ރުހާނީގެ މޫނަށް ބަލާލީ ސީރިއަސްވެފައެވެ.

“ޔޫ ސިޓްލް ހޭވް ފީލިންގްސް ފޯރ މީ..” އައްރާދު އެހެން ބުނަމުން އާރާގެ މޫނުގައި އަނެއްކާވެސް ނޭފަތް ޖައްސާލިއެވެ. އަދި އެކުޑަ ހަށިގަނޑުގައި ބައްދާލަމުން ސިޑިން ފައިބަން ހިނގައި ގަނެއްޖެއެވެ.

“ރާދު އަހަންނަށް އާރާދީ…” ހާސްވި ރުހާނީ ވަގުތުން އާރާގެ އަތުގައި ހިފާލިއެވެ. އައްރާދު ކުރިން ދުވަހު އެހެން ކަންތައް ކުރިފަހުން ރުހާނީ އާރާ އެއްވެސް މީހަކާއި ހަވާލެއް ނުކުރެއެވެ.

“ރިލެކްސް…”

“ކޮން ލިކެސްއެއް.. ޔޫ ކިޑްނެޕްޑް މައި ޑޯޓަރ…” ރުޅިއައި ރުހާނީ އާރާ ނަގަމުން ތަންކޮޅެއް ބާރަށް ހިނގާފައި ސިޑިން ފައިބައިގެން އައިސް ހޮސްޕިޓަލުން ނިކުމެއްޖެއެވެ.

“އަވަރ ޑޯޓަރ..” އައްރާދު ރަނގަޅު ކޮއްލަމުން ކައިރިން ދިޔަ ކާރަށް އަތް ނަގާލިއެވެ. އެއަޑު އިވުނު ރުހާނީ އުފާވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދުރުބަލާލި ޔަލާ މަތިން ހަނދާން ވުމުންނެވެ.

“ރާދު އެއްނު ބުނީ ރާދުގެ ކުއްޖެއް ނޫނޭ.. ދެން ކޮން އަވަރ ޑޯޓަރ އެކޭ ކިޔާކަށް…” ތިރިއަށް ބަލާލި ރުހާނީ ހިނދުކޮޅަކަށް ނަމަވެސް ކުރީގެ ހަނދާންތަކަށް އެނބުރި ދާން އުޅުނެވެ. ނަމަވެސް ރުހާނި ހުއްޓުވާލީ އާރާގެ އަޑުންނެވެ.

“ތި އެއްކަލަ… އާރާ ވައްތަރެއް ނޫން ރޫހީ އަކާވެސް ދެން މަ ބުނަންވީތަ ތީ ރޫހީގެވެސް ކުއްޖެއް ނޫނޭ…” މަޖާ ވެލާފައި އެހެން ބުނި އައްރާދު ޖީބަށް އަތް ޖަހާލިއެވެ. އަދި އާރާއާއި ވައްތަރު ކުރަމުން ދިޔައީ ވަރަށް ލޯބިންނެވެ. ހުރހާ އަންހެން ކުދިން ތަކެއްގެ ލޯ އެދިމާލަށް ހުއްޓެމުން ދިޔަ ވަރަކަށް ރުހާނީ ރުޅިއަންނަމުން ދިޔައެވެ. ރުހާނީ ހަނދާންނެތީ އެންމެ ކަމެކެވެ. އެއީ އަދިވެސް އައްރާދަކީ އޭނާގެ ފިރިމީހާ ކަމެވެ.

“އާންޓްޔޫ އީވެން އަބިޓް އެޝޭމްޑް…” ރުހާނީ ވަގުތުން އެހެން ބުނެލިއެވެ. އައްރާދު ބޯހޫރުވާލަމުން ރުހާނީގެ ބުރަކަށީގައި އަތް ޖައްސާލަމުން ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. އައްރާދުގެ އެކުޑަ އަމަލުން އެކަނިވެސް ރުހާނީ ހިތް ލެނބެން އުޅުނެވެ. ނަމަވެސް އެކަން އެހައި ފަސޭހައިން އޭނާ ވިއަކަ ނުދޭނެއެވެ. އެހާ ފަސޭހައިން އޭނާ އައްރާދަކަށް މާފެއް ނުކުރާނެއެވެ. އަދި ޔަލާއާއި އެކުގައި އުޅޭހައި ހިނދަކު އާރާވެސް އަތް ޖަހާލަން ނުދޭނެއެވެ.

ދެމީހުން ކާރަށް އަރައި އިށީނުމާއެކު އާރާ ރޮއެގެން އައްރާދު ކައިރިއަށް ދިޔައެވެ. އާރާ ވަގުތުން އައްރާދުގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ އައްރާދު ލައިގެން އިން ހުދު ގަމީހުގެ ގޮށްތަކާއި ކުޅެން ފެށިއެވެ. އެމަންޒަރު ފެނުނު ރުހާނީ ލޮލަށް ފިނިވެގެން ދިޔަ ކަހަލައެވެ. އެއީ އޭނާ މި ހުރިހާ ދުވަހު ނުވެގެން އުޅުނު ކަންތަކެވެ. ނަމަވެސް ހިތްބިރު ގަންނަނީ އައްރާދުގެ ގޮތް ނޭނގޭތީއެވެ. ޓެކްސީއިން ފައިބައިގެން އައި ރުހާނީ ގޭގެ ދޮރާއި ހަމަވުމުން އައްރާދުގެ މޫނަށް ބަލާލިއެވެ. އަދި އާރާއަށް ބަލާލަމުން އައްރާދު އާރާ ދިއްކޮލަމުން ހީލިއެވެ. ނަމަވެސް ރުހާނީއެއް ނުހެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ހިނގަމުން އައި ކަންތައްވީ އިތުރެވެ. އާރާ އުރާލައިގެން އެތެރެއަށް ވަދެގެން ދިޔަ ރުހާނީއަށް އައްރާދު ބަލަން އިނީ ދާން ނުކެރިފައެވެ. ކިތަންމެ ފަހަރަކު ރުހާނީގެ އަތުގައި ހިފައި އޭނާއާއިއެކު އައުމަށް އެދެން ހިތަށް އަރައެވެ. ނަމަވެސް މިފަހަރު އޭނާ ބޭނުންވީ ގަދަ މަޖުބޫރެއް ނޫނެވެ. ލޯބިން ހާސިލް ކުރަންށެވެ. އަބަދުވެސް ކައިރީގައި ވާނަމޭ ބުނަންށެވެ. އެހެން ހިތަށްއެރި އައްރާދު ހިނިތުން ވެލަމުން އެތަނުން ނިކުންނަން ހިނގައި ގަނެއްޖެއެވެ. ގެއަށްވަން އައްރާދު ކޮޓަރީގައި ހުރި އެއްޗެހިތައް ތަރުތީބު ކުރަން ފެށީ ވަކި ހާއްސަ ކަމެއް އޮވެގެއެއް ނޫނެވެ. އެއްކޮށްހެން ސާފު ކޮއްލަމުން އައްރާދު ފެންވަރާލައިގެން އައިސް އޮށޯވެއްޖެއެވެ.

ރިޔާޒު ގެއަށް ދޫކޮށްލުމުން އެންމެ ފުރަތަމަވެސް ބެލީ އޮފީހަށް ދެވޭތޯައެވެ. އައްރާދު އޮފީހަށް ވަން ރިޔާޒު ފެނުމުން ހީލައިފައި އެތަނުން ނިކުމެއްޖެއެވެ. އޭނާ ހުުރީ ރިޔާޒު އޮފީހަށް ވަންނަން ދެނެވެ. އަވަަހަށް ނިކުމެގެން ގޮސް ލިފްޓަށް އަރަމުން ރައްޔާނަށް ގުޅާލިއެވެ. ނަމަވެސް ރައްޔާން ފޯނެއް ނުނެގިއެވެ. މިހާރު ރައްޔާން އަބަދުވެސް ހަދާ ގޮތަކީ އެއީއެވެ. އެެހެން ނުހަދަންވި ސަބަބެއްވެސް ނެތެވެ. އައްރާދު ސައިކަލުގައި އައިސް މަޑުކޮއްލީ ރިޔާޒުމެންގޭ ކައިރީގައެވެ. މަޑުމަޑުން ގެއަށް ވަދެގެން އައި އައްރާދު އޮތީ ކުޑަކޮށް ގުދުވެލައިގެންނެވެ. ދެފަރާތަށް ބަލަމުން އައިސް އައްރާދު ކުއްލިއަކަށް ސީދާވަމުން ފަހަތަށް ޖެހިލިއެވެ. ޝަރޫނާ އުކުޅުގައި އަތް ވުދެލައިގެން އިންތަން ފެނުމުން އައްރާދުގެ މޫޑު ސަކަރާތް ވެއްޖެއެވެ. ދައްކާނެ ވާހަކައެއްވެސް އޭނާއަކަށް ނޭނގުނެވެ. ވަގުތުން އަނެއް ފަރާތަށް ބަލާލަމުން އަނގަމަތީގައި އަތް ހާކާލައިފިއެވެ.

“އަމް..” ދައްކާނެ ވާހަަކައެއް ނޭނގުމުން އައްރާދު އިސް ޖަހާލައިފިއެވެ.

“ރޫހީ އެބައުޅޭ ކޮޓަރީގަ.. އާރާ ނިންދަވަނީ ހެން ހީވަނީ…” އައްރާދުގެ މޫނަށްވީ ގޮތް ފެނުމުން ހީލަމުން ޝަރޫނާ އެހެން ބުނެލިއެވެ. އެއަޑު އިވުނު އައްރާދު ލޯބޮޑު ކޮއްލީ ރުހާނީ ނޫން އެންމެން އެދެމީހުންގެ ގުޅުން ކުރިއަށް ގެންދަން އެދޭކަން އެނގުމުންނެވެ.

ސިޑިން ދުވަމުން ކަހަލަ ގޮތަކަށް އަރައިގެން ދިޔަ އައްރާދު  މޫނުގައިވި ހިނިތުންވުން ވަރަށް ފުރިހަމައެވެ. އޭނާ ބޭނުންވީ ރުހާނީ ހަމައެކަނި އޭނާގެ މީހަކަށް ހަދާށެވެ. ދޮރު ހުޅުވާލިއިރު އާރާ އޮތީ ނިދާފައެވެ. ނަމަވެސް ރުހާނީ ފެންނާކަށް ނެތެވެ. އައްރާދު މަޑުމަޑުން އެތެރެއަށް ވަދެ ދޮރު ލައްޕާލަމުން އެނބުރިލިއެވެ. އަދި ހަމައެއާއެކު މޭގައި އަތް އަޅާލަމުން ދުރަށް ޖެހިލިއެވެ.

“ވަޓް ދަ… މިއަދު ހަމަ ހުސް މިނީ ހާރޓްއެކެސް…” ކުރިމަތީގައި ހުރި ރުހާނީއަށް ހިނިތުން ވަމުން އައްރާދު ބުނެލިއެވެ. ނަމަވެސް ރުހާނީ ހުރީ ހީވެސް ނުލައެވެ. ކުޑަކޮށް ތެތްކޮށް ހުރި ރުހާނީގެ އިސްތަށިގަނޑުން އޭރުވެސް ތިރިއަށް ފެންތިކި ޖަހައެވެ. ރުހާނީ ބަލަހައްޓައިގެން ހުރި ގޮތުން އައްރާދުއަށް ހީވީ މީހަކު އޭނާގެ ހިތުގައި ހިފައި ހަށިގަނޑުން ބޭރަށް ދަމައިގަތް ހެންނެވެ. އެބެލުމުގައިވި ހިތްދަތިކަން އައްރާދަށް ކިތަންމެ ރަނގަޅަކަށްވެސް އެނގުނެވެ.

“މިތާ ކީއްކުރަނީ؟” ރުހާނީ ފަރުވާކުޑަ ގޮތަކަށް ބުނެލަމުން ހީލިއެވެ. އޭނާ ކުރީގެ ކަންތައްތައް އަނެއްކާ ތަކުރާރުވާކަށް ނޭދެއެވެ. މަޑުމަޑުން ހިނގާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތަނުން ނިކުންނަން ބުނެލި ރުހާނީ މޫނުން ހީވަނީ ތަނަކަށް ތަދުވެފައި އިންހެންނެވެ. އައްރާދުއަށް ފުރަަތަމަ ފަހަރަށް ރުހާނީއަށް ދެވުނު ހިތާމަ އިހުސާސް ކޮއްލެވުނެވެ.

“ޔޫ މައި ވައިފް އާރ ވެރީ ސްޓަބަން..” އައްރާދު އެނދުގައި އިށީނުމުން ރުހާނީ ފުންނޭވާއެއް ދޫކޮއްލާފައި އައިސް ރީތިކޮށް ދިއުމަށް ބުނެލިއެވެ. ނަމަވެސް އެއަޑު އޭނާއަށް ނުވެސް އިވޭ ކަހަލައެވެ. ރައްޔާން ކޮޓަރިން ނިކުތްތަން ފެނުމުން ރުހާނީ ވަގުތުން ޕަސްލާފައި ދޮރު ޖަހަމުން ތަޅުލައިފިއެވެ. އެމަންޒަރު ފެނުނު އައްރާދު ތެދުވެފައި ރުހާނީއާއި ދިމާލަށް ބަލާލީ ހިނިތުން ވަމުންނެވެ.

“ސޯ އަމް ގެސިން ރައްޔު އެންޑް ބޭބެ އަދިވެސް އޯކޭ އެއް ނޫން ދޯ..” ރައްޔާން އެނދުގައި އިށީންނަމުން ބުނެލިއެވެ.

“އަހަރެންވެސް..” ރުހާނީއައިސް އައްރާދުގެ އަތުގައި ހިފަައި ތެދުކޮއްލަމުން ނިކުންނަން ބުުނެލިއެވެ. ނަމަވެސް އައްރާދު ރުހާނީގެ އަތުގައި ހިފާލަމުން އޭނާގެ ގަޔާއި ދިމާލަށް ދަމާލިއެވެ. ރުހާނީ އައިސް އައްރާދުގެ މޭގައި ޖެހުމާއެކު އައްރާދު ރުހާނިގެ އުނަގަނޑުގައި އަތް ވަށާލައިފިއެވެ. ރުހާނީގެ ފައިން ވަގުތުން ވާގި ދޫވި ކަހަލައެވެ. އައްރާދުގެ މޭގައި އަތް ޖައްސާލަމުން ރުހާނީ ފަހަތަށް ޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް އެއަށްވުރެ ބާރަށް ހިފަހައްޓާލާފައި ހުރުމުން  ރުހާނީއަކަށް ގަދައެއް ނުދެއްކުނެވެ.

“ޔޫ ސިޓްލް ސްމެލް ދި ސޭމް..” އައްރާދު ލޯ މަރާލަމުން ކުރާނީގެ ކަންފަތުން ތިރީގައި ތުންފަތް ޖައްސާލިއެވެ. ރުހާނީ ވަގުތުން ލޯމަރާލެވުނެވެ. ދެވަނަ ސިކުންތުގައި ރުހާނީ ދުރަށް ޖެހިލައިފިއެވެ.

“ރާދު.. ދޫކޮއްލާ… އެންޑް މިތަނުން ދޭ..” ހިތާއި ދެކޮޅަށް އެހެންބުނި ރުހާނީ ބަލާލީ އެނދުގައި ތެދުވެ އިށީނދެލައިގެން އިން އާރާއަށެވެ. އިސްތަށިގަނޑު ހޭވިފައިހުރި ގޮތުން އެމޫނު އިތުރަށް މައިސޫމުކަމަށް ދައްކައެވެ. އައްރާދު ވަގުތުން ރުހާނީ ގައިން ދޫކޮށްލާފައި އައިސް އާރާ ނަގައި އުރާލައިފިއެވެ.

“ހައި.. ޑާ ޑާ އިޒް ހިއަރ ޓް ޓޭކް ޔު ހޯމް..” ރުހާނީއަށް ބަލާވެސް ނުލައި އިނދެ އައްރާދު ބުނެލިއެވެ. ރުހާނީ މޫނަށް އެރި ކުލަ ނުފެނުނު ނަމަވެސް ރުހާނީގެ މޫޑު ސަކަރާތްވާނެ ވަރު އައްރާދަށް އެނގުނެވެ.

“އާރާގެ ގެއަކީ މީ..” އެއްޗެއް ރަނގަޅު ކޮއްދޭ ފަދަ ގޮތަކަށް ރުހާނީ ބުނެލިއެެވެ. އައްރާދު އިތުރަށް ރުހާނީ ރުޅިއަރުވާކަށް ނޫޅުނެވެ. އާރާ އެނދުގައި ބަހައްޓާފައި ދޮރާއި ދިމާލަށް ބަލާލިއެވެ. އަދި ރުހާނީއަށް ބަލާލަމުން ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ދަނީއޭވެސް ނުބުނެއެވެ. ދޮރު ހުޅުވާލި އައްރާދު އެހާމެ އަވަހަށް ދޮރު ލައްޕާލަމުން ރުހާނީއަށް ބަލާލިއެވެ.

“ނައު ވަޓް..” ރުންކުރުވި ރުހާނީ އާރާ ނަގައި އުރުގައި ޖަހާލަމުން ބުނެލިއެވެ.

“ބޮޑުބެ..” އައްރާދު އެހެން ބުނެފައި ދެލޯ ބޮޑުކޮއްލިއެވެ. ރުހާނީވެސް ބިރުގަތީ އަމަށަކު ވަރަކަށް ނޫނެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދެމީހުން ހަނދާން ނެތުނީ އަދިވެސް އެދެމީހުންނަކީ ދެމަފިރިން ކަމެވެ. ރިޔާޒު ކޮޓަރިއަށް ވަނުމުން އައްރާދު އަވަހަށް ސިޑިން ފައިބައިގެން ހިނގައްޖެއެެވެ. މިދުވަސްކޮޅު އެގެއިން އައްރާދު ފެނުނަސް ރިޔާޒު ގެ ނަގައި ބޮލަށް ލާނެކަން އޭނާއަށް އެނގެއެވެ. އާރާ ގެނައި ފަހުން ރިޔާޒުވެސް ބޭނުންވަނީ އެދެމީހުން ދުރުވުމެވެ. އެއީ އައްރާދުގެ ހިތުގައި އޮތްގޮތެވެ.

“ރާދު..” ފަހަތުން ރިޔާޒު ގޮވާލުމުން އައްރާދު ފިޔަވަޅަށް މަޑު ޖެހުމެއް އައެވެ. ފަހަތަށް ބަލާލި އައްރާދު ހީލަމުން ބޯޖަހާލިއެވެ.

“ބޭބެއަށް ވަގަށް މިގެއަށް ވަންނާކަށް ރާދުއަކާ ނުޖެހޭނެ.. ރާދުތީ އަދިވެސް ރޫހީގެ ފިރިމީހާއޭ..” ހަނދާން ކޮއްދޭފަދަ ގޮތަކަށް ރިޔާޒު އެެހެން ބުނެލިއެވެ.

“އެހެންވީމަ އަޅުގަނޑު މިގެއަށް ބަދަލުވާންވީތަ…” އައްރާދު އަވަހާއި އަހާލިއެވެ. ވަގުތުން ރިޔާޒުއަށް ހީގަނެވިއްޖެއެވެ. އައްރާދު ރުހާނީ ބޭނުންވެފައިވާ ވަރު އެނގުމުން އުފާވި ނަމަވެސް ހިތުގައި އޮތީ ރުހާނީ ބުނި ވާހަކައެވެ.

“ތިކަން އިސްލާހު ކުރެވޭނީ ރުހާނީ ބޭނުންވީމަ. އެކަމް ބޭބެގެ އެދުމެއް އެބައޮތް..” ރިޔާޒު ގެއިން ބޭރަށް ނިކުންނަމުން އައްރާދުގެ ކޮނޑުގައި އަތް ބާއްވާލިއެެވެ.

“ރުހާނީއާއި ދެން ގުޅެން ބޭނުމިއްޔާ ރޫހީ ބަހައްޓަން ވާނީ ބޭބެމެންގެ ލޯމަތީގައި…” ރިޔާޒު އެހެން ބުނުމުން އައްރާދުގެ މޫނުގެ ކުލަ އޮހުނެވެ. އޭނާ ބޭނުންވީ ވަކިން ދިރިއުޅުމެއް އުޅޭށެވެ. އެންމެންނާއި ވަކިންނެވެ.

“އޯ.ކޭ..” ކަރު އެލުވާލި އައްރާދު ވަގުތުން ބުނެފިއެވެ. މިވަގުތު އޭނާ ބޭނުންވީ ރުހާނީގެ އާނ ބަހެވެ. އެހެން ހުރިހާ ކަމެއްވެސް އޭނާ އެއްބަސް ވެދާނެއެވެ.

ރުހާނީ ތައްޔާރު ވަމުން ދިޔައީ އާރާ ގޮވައިގެން ޑޮކްޓަރަށް ދައްކަންދާށެެވެ. ކުރިން މަހުގައި ހުންއައިސް ލޭގެ ޓެސްޓެއް ހަދަން ބުނެފައި އިނުމުން ރުހާނީ ބޭނުންވީ އެކަންވެސް އަވަހާއި ކުރާށެވެ. އޭނާ ރައްޔާންގެ އެދުމުގެ މަތިން އޮފީހަށް ނިކުތުމުގެ ކުރިން އެކަންވެސް ކުރަން އެބަޖެހެއެވެ. ހުދުކުލައިގެ ގަޔަށްދޫ ޖަންޕްޝޫޓްގައި ކުޑަކުޑަ އާރާ ފެންނަލެއް ވަރަށް ލޯތްބެވެ. އެނދުމަތީގައި ދެލޯބޮޑު ކޮއްލައިގެން އަނގައަށް އަތް ލައިގެން އިން ގޮތުން ސޮނިތައް ތިރިއަށް ފައިބައެވެ. ރުހާނީ ކުޑަ ރުމާލެއް ނަގައިގެން އާރާގެ އަނގަމަތި ސާފު ކޮއްލިއެވެ. ރުމާ އަނގަމަތީގައި ހާކާލުމުން އާރާ ވަގުތުން ރުޅިއައިސް ރޯން ފަށައިފިއެވެ. ނޫރް އެވަގުތު އެތަނަށް ވަދެ ރުހާނީ ބުރުގާ އަޅަންދެން އާރާ އުރާލައިގެން އިނެވެ. ޓެސްޓް ހަދާފައި ނަތީޖާ ދެއްކުމުން ޑޮކްޓަރ ލަފާދިނީ މަންމައާއި ބައްޕަވެސް ލޭގެ ޓެސްޓް ހެދުމަށެވެ. ކަންބޮޑުވި ރުހާނީ ދެފަހަރަކު އައްރާދަށް ގުޅާވެސް ލިއެވެ. އައްރާދު ފޯނު ނުނެގުމުން ރުހާނީ ނިންމީ އެގެއަށް ދާށެވެ. ކާރަށް އަރައި ޑްރައިވަރ ކައިރީގައި ރާމިޒު މެންގޭގެ ނަން ބުނެލިއެވެ.

ރާމިޒު މެންގެއަށް ވަދެެގެން ދިޔަ ޔަލާ އެގޭމީހުނަށް ފެނުނަސް ފަރުވާލެއް ނެތެވެ. ވަދެގެން ދޮސް އައްރާދުގެ އެޕާރޓްމެންޓް ދޮރުގައި ބާރުބާރަށް ތަޅަން ފަށައިފިއެވެ. ސޯޓު ކޮޅާއެކު އައިސް ދޮރު ހުޅުވާލި އައްރާދަށް ޔަލާ ފެނުމުން ވަގުތުން މޫޑު ސަކަރާތްވެއްޖެއެވެެ. އޭނާ އެއްވެސް ވަރަކަށް މިހާރު ޔަލާ ފެންނާކަށް ބޭނުމެއް ނުވިއެވެ. ޔަލާގެ ފަހަތުގައި ހުރި މިލްސިއާ ކައިރީގައި ތިރއަށް ދާންބުނެފައި އައްރާދު ޔަލާ ކައިރީގައި ވީކިހިނެއްތޯ އަހާލިއެވެ. ނަމަވެސް ޔަލާ ވަގުުތުން އައްރާދުގެ ހަށިގަނޑުގައި ބައްދާލަމުން ތުންފަތް ޖައްސާލިއެވެ. ސިހުނު އައްރާދު ޔާލާގެ ކޮނޑުގައި ހިފައި ދުރުކޮއްލަމުން ކުރިމައްޗަށް ބާލާލިއެވެ. އެއާއެކު އޭނާގެ ހުރިހާ ހަކަތައެއް ހުސްވި ކަހަލައެވެ.

“ރޫހީ…” ރުހާނީ ދެލޯ ބޮޑުކޮއްލައިގެން އައްރާދަށް ބަލަންހުރި ގޮތުން އައްރާދު ހަނދާންވީ މީގެ އަހަރެއް ކުރީގެ ހަނދާންތަކެވެ. މިއަދުވެސް ރުހާނީ ހުރީ ހަމައެހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ރޯށޭ ވީ ހިތާމައިން

Next

ވާނަމޭ އުމުރަށް އެކީ ޖާނާ (ޓްރެއިލާ)

Next
October 4, 2018

ވާނަމޭ އުމުރަށް އެކީ ޖާނާ (ޓްރެއިލާ)

Previews
October 4, 2018

ރޯށޭ ވީ ހިތާމައިން

18 Comments!

  1. Giggle says:
    October 4, 2018 at 1:22 pm

    Vvvvvvvvvvvv. Reethi mi part…mi yaala a gotha hadaba vrh foohi……

  2. Yiuu says:
    October 4, 2018 at 1:24 pm

    Mira adi one part gabesdiba pls…….ruhi will be hurt a lot…araadu vas nula viya yaala aa duru vaka….

  3. Farrey says:
    October 4, 2018 at 1:26 pm

    Finally next part up vi yaa…
    Thanks ninnu..
    ?☺????????????????????????????????????????????????????????????????????????????

  4. Hai says:
    October 4, 2018 at 1:53 pm

    Vvvvvvvvvvvvv obi mi story..
    Pls Mira Adi 1 part up kodiba…
    I am very curious to read next psrt

  5. Ahana says:
    October 4, 2018 at 1:53 pm

    Ehen part thakaa balafa mi part ga liuntherikan v rangalhu.. striking eba aadhey jumla thakah ves..ekam inun hurun kahala kudhi kudhi kan kan rangalhu kolleema hama v best..v reethi vaahaka

    1. Ninnu says:
      October 4, 2018 at 2:20 pm

      Thank you for your advice ahana :*

  6. Lim says:
    October 4, 2018 at 1:54 pm

    Mi part vas varah sali…
    Owsome..
    Suberb ninuu..??????????????
    Next part Ava’s kolachay…pls

  7. Lui says:
    October 4, 2018 at 5:14 pm

    Fabulous story
    I love the story

    ?????????????????????

  8. Love the stry says:
    October 5, 2018 at 1:14 am

    vvvvvvvv vvvvvvv nice mi part was….
    Next part Ava’s kolachay

  9. Viska says:
    October 5, 2018 at 11:58 am

    Bravo….vvvvv cute mi story daagoe….
    Miadhu haveeru next part up kodanan dho….

  10. Yal says:
    October 5, 2018 at 3:30 pm

    Kon dhuvas thakegga vaahaka up kohdheny..

  11. Hee says:
    October 5, 2018 at 4:34 pm

    Next part when??
    Pls Ava’s kolachay kiya hithun huravani vi nun…???

  12. Hai says:
    October 5, 2018 at 5:32 pm

    When next part

  13. Love the stry says:
    October 5, 2018 at 6:00 pm

    when next part

  14. Sara says:
    October 5, 2018 at 6:56 pm

    This yaalaa ah gotheh hadhaalaba. Roohi n raadhu gulhuvaalaaa ??

  15. Ggg says:
    October 5, 2018 at 9:25 pm

    Kon iarakun tha next part up vani…

  16. Anonymous says:
    October 6, 2018 at 7:54 am

    update eh dhyba dear

  17. Fiu says:
    October 6, 2018 at 10:06 am

    Kon iraku tha next part…..up nuvanya vas bunala diba…
    Mi haru vrh ginafaharu balija

Comments are closed.

Next Episodeވީމޭ މަ ކައިރީގާ 15←


All Right Reserved!