Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 15

Anjal Level 210 Stories100 Comments100 Login
October 4, 2018 14 Mins Read
24 Comments

ދެލޯ ބޮޑުކޮށްލާފައި ދެން އީން އަށް ބަލާލެވުނީ ފަހަތުން ހިނގާފައި އެދިމާލަށް އައި އަލްޔާން އަށެވެ. އޭރު އަލްޔާން އާ ދާދި ގާތުން އީން ދުވަހަކުވެސް ނުދެކޭ އެހެން މީހަކުވެސް އައެވެ. ވާނުވާ ނޭނގި އީން ހުއްޓުން އަރާފައި ހުރިއިރު އީން ކުރިމަތީގައި މަޑުކޮށްގެން ހުރި ޒިން ފެނި އަލްޔާން ގެ ހިނގުން ބާރުވިއެވެ…..

އީން ހައިރާންވެ ކުރިމައްޗައް ބަލަން ހުރުމުން ޒިން ވެސް ފަސް އެނބުރި ބަލާލިއެވެ. އޭރު އަލްޔާން ބާރު ހިނގުމެއްގައި އައިސް އެމީހުންނާ ހަމަ ކުރީއެވެ. ރުޅިވެރި ނަޒަރުން ދެމީހުން އެކަކު އަނެކަކަށް ބަލަމުން ދިޔައިރު އީން ހުރީ ބިރުން ހަދާނެގޮތްވެސް ނޭގިފައެވެ.”އޯހް..ސޯ މިއީ ދޯ މިހާރު މިކުޅޭ ގޭމް އަކީ.މަގޭ އިނޮސެންޓް ކޮއްކޮ އަށް އޮޅުވާލާ ފުރުވާފަ އަނެއްކާ ވެސް އީން އާއެކު މާ ފޮޅުވަންފެށީ!!!” ޒިން ރުޅިވެރިކަމާއެކު އަލްޔާނަށް ކަޅިއަޅާލިއެވެ.”ސޯ..ވަޓް!! ކޮބާ މައްސަލައަކީ..އެކަމަކު ކަލޭ ނުޖެހޭ ދޯ ފާޑުފާޑަށް އީން އަށް މާ ފޮނުވަން” އަލްޔާން މަލުގެ ވާހަކަ ދެއްކުމުން ޒިން ރުޅިގަދަވެ ބަލާލީ އީން އަށެވެ.އެނާ މާ ފޮނުވި ވާހަކަ އަލްޔާން ކައިރީ ކުޓުވުމުން ޒިން ހިތަށް އުނދަގޫވިއެވެ. އޭރު އީން އަށް ވެސް ހައިރާންކަމާއެކު ބަލާލެވުނީ ޒިން ގެ މޫނަށެވެ. ބީ މައިން އޭ ލިޔެފަ އީން އަށް މާ ފޮނުވީ ޒިން ކަން އެނގުމުން އީން ހައިރާންވިއެވެ.ޒިން އެހެން އެހެދީ އަނެއްކާ ކީއްވެބާއޭ އީން ގެ ހިތަށް އެރިއެވެ. “މަ ބުނިން ދޯ އޭރު ވެސް އީން އާ ދުރުގަ ހުންނާށޭ..ޝީ އިޒް މައިން އޭރުވެސް، މިހާރުވެސް، ދެންވެސް އަދި ފަހުން ވެސް އިގެއްޖެތަ!!!” އަލްޔާންރުޅިއައިސް ފައި ހުރިވަރުން ފަހަރަކު ލަފްޒަކަށް ބާރުލަމުން ވާހަކަ ދެއްކިއެވެ.އަލްޔާން އީން ގެ އަތުގައި ހިފާ ކައިރިއަށް ގެނެސް އޭނަގެ މޭގައި ޖައްސާލުމުން ޒިން ގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހެރުނު ހެންނެވެ.އައި ރުޅިންނާ ވީ ދެރައިން އަލްޔާން ގެ މޫނު މައްޗައް އެތިފަހަރެއް ވީއްލާލާނަމޭ ހިތާ މުއަކްވާލެވުނު އިރު ކައިރީގައި ހުރި ގާޑް އައިސް އަލްޔާން އާ ޒިން ގެ ދެމެދަށް ވަންނަމުން އެކަން މަނާ ކޮށް ބޯދެއަތަކަށް ހޫރާލިއެވެ ކިތަންމެ ރުޅިއަޔަސް އީން ކުރިމަތީގައި އިތުރު ހަޑިއެއްހާވާކަށް ޒިން ބޭނުމެއް ނުވިއެވެ.އެހެންކަމުން އިންޒާރުގެ ނަޒަރަކުން އަލްޔާން އަށް ބަލާލުމަށްފަހު އެތަނުން ދިޔައެވެ. ބާރު ހިނގުމެއްގައި ގޮސް ކާރަށް އަރައި ސީޓަށް ލެނގިލަމުން އަތުން ދެތިން ފަހަރަކު ހުންގާނުގައި ޖަހާލެވުނީ ހިތަށް ކުރެވެމުން ދިޔަ ދިލަހޫނުގެ އިހްސާސް ތަކުގެ ސަބަބުންނެވެ. ބޯހާސްވެފައި ހުރިވަރުން ޒިން ވަގުތުން ފޯންނަގާ މެސެޖް ކުރީ ރިޝްވާން އަށެވެ. ” ރިއްޓޭ..ފިނިޝް އަލްޔާން..” އާއްމުގޮތެއްގައި ޒިން ބުނާ ހުރިހާ ކަމެއްވެސް ސަބަބެއް އެހުމަކާނުލާ ކުރިކަމުގަވިޔަސް މީހަކު މަރާލަން ބުނެފައި އިނުމުން ރިޝްވާން ހައިރާންވެ އަވަހަށް ޒިން އަށް ގުޅިއެވެ. ފޯން ރިންގްވާން ފެށުމުން ބުނެވުނީ އަދި މުޅިން ރަނގަޅު އެއްޗެއް ނޫންކަން ޒިން އަށް ވިސްނުނެވެ. ކޮންމެ ގޮތެއްވިޔަސް އަލްޔާން އަކީ އޭނާގެ ކޮއްކޮގެ ލޯތްބެވެ. އެހެން ނޫނަސް އަލްޔާން މަރާލުމަކުން އަދި އީން ގެ ލޯތްބެއް ހާސިލް ވެސް ނުކުރެވޭނެއެވެ. އެދެމީހުން ދުރުކުރުވަން އެނޫންގޮތެއް ވިސްނަން ޖެހެއެވެ. ބޮލުގައި އެއް އަތުން ހިފަހައްޓާލަމުން ޒިން ފުން ނޭވާއެއް ދޫކޮށްލީ ސިކުނޑިއަށް ލިބެމުން ދިޔަ ހާސްކަން ފިލުވައިލުމަށެވެ.

ޒިން ދިޔުމުން އީން ގެ އަތުގައި ހިފައިގެން އަލްޔާން ހިނގައިގަތީ ގޭތެރެއަށެވެ.”ގުޅީމަ ފޯން ނުނެގީ އޭނަ ގުޅައިގެން ހުރީމަތަ؟” އެދިޔަ ބާރުމިނުގައި ގޮސް ސިޑި ކައިރީ ހުއްޓެމުން އީން ގެ އަތުން ދޫކޮށްލަމުން އަލްޔާން އެހި ސުވާލަށް އީން އަށް ޖަވާބުނުދެވުނީ ހައިރާންވީވަރުންނެވެ. އަލްޔާން އެހާ ރުޅިގަދަވެ އީން އަށް ޝައްކުކޮށްފާނެ ކަމަކަށް އީން ފަހަރުގައިވެސް ހީނުކުރެއެވެ.އަލްޔާން ގެ މުށިކުލައިގެ އެރީތި ދެލޮލުން ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި އިހްސާސްތަކެކެވެ. އީން ބަހެއް ނުބުނެ ހުރުމުން އަލްޔާން ގެ ހިތަށް އިތުރަށް އުނދަގޫވިއެވެ. ކައިރީގައި ހުރި ފާރުގައި އަތުން ޖަހާލެވުނީ ނިކަން ބާރަށެވެ.”އަލްޔާން” އީން އަވަސް އަވަހަށް ގޮސް އަލްޔާން ކުރިމައްޗައް އަރާ އަތުގާ ހިފިއެވެ. ކަނޑައިގެން ނުދިޔަކަމުގައިވިޔަސް އަތަށް ތަދުވާނެވަރު އިހްސާސްކުރެވި އީން ގެ ދެއަތުތެރޭ އަލްޔާން ގެ އަތް ފޮރުވަމުން ގެންގޮސް ތުންފަތުގައި ޖައްސާ ބާރުކޮށްލެވުނެވެ.އީން ގެ ދެލޯ ފެންކަޅިވީތަން ފެނި އަލްޔާން ގެ ރުޅިގަނޑު ވަގުުތުން މައިތިރިވިއެވެ. “ސޮރީ ލޯބި… އެ ޒިން ދެކެ އާދެވުނު ރުޅިގަނޑު…ސޮރީ ވަރަށް ބޮޑަށް” އަލްޔާން މަޑުމަޑުން އަތް ގެންގޮސް އީން ގެ ކޯތާފަތުގައި ޖައްސާލީ ވަރަށް ލޯބިންނެވެ.”އަސްލު ގުޅީ..”އީން ދެރަވެފައި ހުރެ ވީ ގޮތް ކިޔަކިދޭން އުޅުމުން އަލްޔާން އީން ގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.”ޝްޝް..ސޮރީ..އެހެން ބުނެވުނީތީ ސޮރީ..ޕްލީޒް ފޮގިވް މީ” އީން ގެ ފަރާތުން އަލްޔާން އެއްވެސް ޖަސްޓިފިކޭޝަން އެއް ބޭނުމެއް ނުވެއެވެ. އެހެނަސް ބިރުގަތީ އީން ގެ އިނޮސެންޓް ކަމުންނާއި ޒިން ގެ ނުލަފާ ކަން ރަނގަޅަށް އިނގޭތީއެވެ. އަލްޔާން އަށް ނަގައިގަންނަން އުނދަގޫވީ ޒިން އެމާތަށް ފޮނުވުމުގެ އަސްލު މަގްސަދެވެ. އަލްޔާން އަޑުއަހަން ބޭނުން ނުވިޔަސް އީން ގުޅައިގެން ހުރީ ބައްޕަ އަށް ކަމާއި އަދި ބައްޕަ ހިތްހަމަނުޖެހިފައި ހުރި ވާހަކަ އާއި އަންނަ ހަފްތާގައި މާލެ އަންނަ ވާހަކަވެސް ބުނެދިނެވެ.” ދެން އީން އެހާ ވަރަށް އެކަމާ ނުވިސްނާ..އީން ބައްޕަ މާލެ އައީމަ އަހަރެން އަމިއްލައަށް މީޓް ކޮށްފަ ހުއްދަ ހޯދާނަން..އޯކޭތަ؟ އެހާ ވަރަށް ސްޓްރެސް ނުވޭ އިނގޭ މާދަން އެގްޒާމް އެއްނު..” “އާން..އެކަމް ހުއްދަ ކޮން ކަމަކަށް؟” .”މެޜީކުރަން..އަހަރެން ބޭނުމޭ މުޅި އުމުރަށްވެސް އީން އަހަރެންގެ މީހަކަށް ހަދަން..މިތާ ގަ އަލްޔާންސް އޮންލީ ފޯއެވާ ލިޔެފަ ބައިންދަން” އީން ހައިރާންވެފައި ހުރެ ކޮށްލި ސުވާލަށް އަލްޔާން ކުޑަކޮށް ހީލަމުން ޖަވާބުދިނީ އީން ގެ ނިތުގައި ފިރުމާލަމުން ލޯބިން ބޮސްދެމުންނެވެ.ކައިވެނި ކުރާ ވާހަކަ ބުނުމުން އީން ލަދުން އިސްޖަހާލިއިރު އެ ހިތަށް އުފާވެރިކަމާ ހިތްހަމަޖެހުން ވެސް ވެރިވިއެވެ.މުޅި އުމުރަށް އަލްޔާން ގެ މީހަކަށް ވުން އެއީ އީން ވެސް މިހާރުދެކޭ ހުވަފެނެވެ.އެ މޫނަށް ބަލަން ހުރި އަލްޔާން އަށް އީން ސިއްރުން ހިނިތުންވެލި މަންޒަރު ފެނުމުން އުފާވިއެވެ.ޒިން ގެ ކަންތަކާމެދު އަލްޔާން ކިތަންމެ ހިތް ނުތަނަވަސް ވެފައި ހުއްޓަސް މިވަގުތު އެކަމާ ބެހޭ އެއްވެސް ވާހަކަ އެއް އީން އާ ދައްކާ އެ ލޯބި ހިނިތުންވުން ގެއްލުވާލަން އަލްޔާން ބޭނުން ނުވެއެވެ. އެހެން ނޫނަސް ޒިން ގެ މަކަރުވެރި ރޭވުންތަށް އީން އަކަށް ނުވެސް ވިސްނޭނެއެވެ. ޒިން ގެ ފަރާތުން އީން ޕްރޮޓެކްޓް ކުރުމަށް ހަދާނެ ގޮތަކާ ދޭތެރޭ އަލްޔާން ގެ ސިކުނޑި ދިޔައީ ހުއްޓުމެއް ނެތި ވިސްނަމުންނެވެ. ގެއަށް ދިޔުމުގެ ކުރީން އީން ގައިގައި ކުޑަކޮށް ބައްދާލަމުން އަވަހަށް ނިދަން ދިޔުމަށް އަލްޔާން އެދުނެވެ. އީން ގޮސް އެޕާރޓްމެންޓަށް ވަންނަންދެން ބަލަހައްޓާއިގެން ހުރުމަށް ފަހު އަލްޔާން ގެއަށް ދާން ނިކުތެވެ.

*****

އެތަށް އިރަކު ރޭގަނޑު ނުނިދިފައި އޮވެ ލަހުން ނިދުނު އަލްޔާން އަށް ހޭލެވުނީ އީން ގުޅަން ފެށުމުންނެވެ. ފުއްމައިގެން ތެދުވެ އަވަހަށް ފޯން ނަގަމުން ގަޑިބަލާލިއިރު 8 ޖަހަނީއެވެ.” ހޭއި..މޯރނިން ލަވް..ލަސްވެއްޖެ ދޯ.. މިހާރު މިދަނީ ހަމަ” އަލްޔާން އެނދުން ތެދުވަމުން އަވަސްއަރުވާލާފައި ވާހަކަ ދައްކަންފެށިއެވެ.އީން އޭރު ހުރީ ކޮލެޖް ގައި ކަމަށް ބުނުމުން އީން ލާދޭން ދާން ނުހޭލެވުމުން އަލްޔާން ދެރަވިއެވެ.އެލާރމް ކޮށްގެން އޮތް އިރުވެސް ހޭނުލެވުމުން ހިތްހަމަ ނުޖެހުނެވެ.އެކަމަކުވެސް ނިމޭގަޑިއަށް ބަލާ ދާނެވާހަކަ އާއި ވިސްނައިގެން ރަނގަޅަށް ޓެސްޓް ހެދުމަށް ބުނެ ފޯން ބެއްވިއެވެ.އަލްޔާން ގެ ޕީއޭ ގެ ފޯނެއް އައީވެސް ހަމަ އެގަޑީގައެވެ. ބައްޕަ ނެތުމުން ކޮންމެހެން ވެސް ސޮއި ކުރަންޖެހޭ ޑޮކިއުމެންޓްސް ތަކަކާ އެކު އެޓެންޑް ކުރަން ޖެހޭ މީޓިން އެއްވެސް އޮތުމުން އަލްޔާން ދެން އަވަސް ވެގަތީ އޮފީހަށް ދިޔުމަށެވެ.

******

އޮފީހަށް ދާން ތައްޔާރުވެލައިގެން ނިކުތް އަލްކާ ހުއްޓުނީ ސައިކަލް މަތީގައި ހުރި އީތަން ފެނުމުންނެވެ.”ގުޑް މޯރނިންގް…ލިފްޓެއް ބޭނުންތަ؟ ވަރަށް ހެޔޮއަގުގަ ސައިކަލު ދަތުރު ކޮށްދެން” އަލްކާ އަށް އީތަން ގެ މޫނަށް ބަލަން ހުރެވުނީ ވީ އުފަލުންނެވެ. އެ ހިތުގެ އިހްސާސް ތައް ކިތަންމެ ސިއްރު ކޮށްގެން އުޅުނަސް އީތަން ފެންނަ ކޮންމެ ފަހަރަކު އަލްކާ ގެ ހިތް އުފަލުން ނަށައެވެ. އެންމެ ފުރަތަމަ އީތަން ފެނި ރުޅި އައިކަމުގަ ވިޔަސް މިހާރު އެހިތަށް ކުރުވަނީ މުޅީން ވެސް ތަފާތު އަސަރު ތަކެކެވެ. އަލްކާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުން އީތަން ލޮލުގައި އިން އަވިއައިނު ނަގާ ސީރިއަސް ކަމާއެކު ދެއަތުން މޫނު ފޮހެން ފެށިއެވެ. “ކޯއްޗެއް ހުރީ މޫނުގަ..” އީތަން އުޅުނު ގޮތުން އަލްކާ ގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. “ވާއު…ހޭންވެސް އިނގޭ ދޯ..ވަރަށް ލޯބި.. އަބަދުވެސް ހެވިފަ ހުރެބަ” އީތަން ގެ އެ ޖުމްލަ އާއިއެކު އަލްކާ ލަދުގަތީ ކީއްވެ ކަމެއް ނޭގުނެވެ. އަވަހަށް ދުރަށް ބަލާލަމުން އީތަން ގެ ސައިކަލު ފަހަތަށް އެރިއެވެ.

******

ޓެސްޓު ނިންމާފައި އަދި އިތުރު ކްލާހެއްވެސް ނިންމާފައި އީން އަށް ކޮލެޖުން ނިކުމެވުނު އިރު މެންދުރުން އަނބުރާ އެކެއް ޖަހަން އުޅެނީއެވެ. ބޭރަށް ނިކުތް އިރު އީން ގެ އިންތިޒާރުގައި ކާރަށް ލެނގިލައިގެން ޖީބަތް އަތް ޖަހާލައިގެން ހުރި އިރު މޮޑެލްއަކާ ވަކިތަފާތެއްނެތް އަލްޔާން ފެނި އީން އަށް ހިނިތުންވެވުނެވެ.ގަދަޗޮކްލެޓް ކުލައިގެ ގަމީހަކާ އެކު ލައިޓްގްރޭކުލައިގެ ޓައީ އެއް އަޅާފައި ހުރިއިރު އަލްޔާން ގެ އިސްތަށިގަނޑުގައި ހުރި މުށިކުލައާއިވެސް ވަރަށް ގުޅެއެވެ. އެ ސްމާރޓް ހަށިގަނޑާ ދިގު އިސްކޮޅުފެނި މީހަކު މޮޔަވާހާ ވެއެވެ.އީން ފެނުމާއެކު އަލްޔާން ހިނިތުންވަމުން ހިނގާފައި ކައިރިއަށް އައެވެ. “ހައި  ލޯބި..ޓެސްޓް ކިހިނެތް؟” ކުޑަކޮށް އީން ގެ މޫނާދިމާލަށް ގުދުވެލާފައި ހިނިތުންވަމުން އަލްޔާން ސުވާލުކޮށްލުމުން އީން އަށް ފަހަތަށް ޖެހެވުނެވެ. “ގުޑް..ވަރަށް ފަސޭހަ” އަލްޔާން ގެ އެ ހަރަކާތުން އީން ލަދުގަތީ އެތަނުގަ ތިބި ހުރިހާ މީހުން އަލްޔާން އަށް ބަލަން ތިބުމުންނެވެ. އަލްޔާން އަށް އެކަން އެނގުނު ނަމަވެސް އަޅާނުލާ އީން ގެ އަތުގައި ހިފައިގެން ހިނގާގަތެވެ. ގާޑް އަވަހަށް އައިސް ދޮރު ހުޅުވާދިނުމުން އީން ހައިރާންވެ ހުރެ ބަލާލީ އަލްޔާން ގެ މޫނަށެވެ.އަލްޔާން އެއްޗެކޭ ނުބުނެ ބޯކަހާލަމުން ހީލިއެވެ.

“ސޯ.. އަލްޔާން އިޒް ޗީޓިން މައި!” ދުރުގައި ކާރު މަޑުކޮށްލައިގެން އެ މަންޒަރު ބަލަން ޒިން އާ އެކު އިން ރިޝްވާން ބުނެލިއެވެ.”އެ އަންހެން ގޮލާ މިފަހަރު އަސްލުވެސް ރޭޕް އަރުވާލަން ވީ…އޭރުން ތި އަލްޔާން މައިތިރި ވާނީ! އެފަހަރުވެސް ކިހާ ފަސޭހައިން ސޮއިކުރި ފޯރމް ގަ؟” ޒިން ޖަވާބެއް ނުދީ އެ ދިމާލަށް ބަލަހައްޓައިގެން އިނުމުން ރިޝްވާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އީން އަށް ކަމެއް ކުރާ ވާހަކަ ބުނުމުންޒިން އިންތިހާ ރުޅި އައެވެ. އެއްވެސް ހާލެއްގައި އީން އަށް އެއްވެސް ގެއްލުމެއް ލިބޭކަށް ޒިން ބޭނުމެއް ނުވެއެވެ. “ނޯ..ރިއްޓެ ކަލޭ މާ ވަރަށް ބްރެއިން ޔޫޒް ކުރާނެ ކަމެއް ނެތް..މަބުނީމަ ބުނާ ގޮތް ކަލޭ ހަދަން ޖެހޭނީ” ރުޅިވެރިކަމާއެކު އެހެން ބުނަމުން ޒިން ކާރު ދުއްވާލީ އަލްޔާން މެންވެސް ދިޔުމުންނެވެ.އޭރުވެސް ޒިން ހުރީ ރިޝްވާން ދެއްކި ވާހަކައިން ހިތްހަމަ ނުޖެހިފައެވެ.އެތަނަށް ރިޝްވާން ގޮވައިގެން އާދެވުނުމޮޔަ ހީވެފައެވެ.އެންމެންނަށް ސިއްރުކޮށްގެން އީން އަށްޓަކާ ޒިން ގެ ހިތުގާ ވާ އިހްސާސްތަށް އީން އަށް އަންގަން ޒިން ބޭނުންވަނީ ލޯބިންނެވެ.އީން ގެ މޫނުން ދެންމެ އަލްޔާން އާއެކު ހުރިއިރު ފެނުނު ފަދަ އުފާވެރިކަން ދެކޭން ވެސް ބޭނުމެވެެ. އެހެނަސް ޒިން އާއެކީގައެވެ.

އަލްޔާން މެން ދިޔަ ކާރު ގޮސް ސިންފަނީ ރެސްޓޯރެންޓް ކައިރިއަށް މަޑުކުރުމުން އީން ވެސް އަލްޔާން ފަހަތުން ފޭބިއެވެ. އަތުގުޅުވާލައިގެން ދެމީހުންގޮސް އެތަނަށް ވަން މަންޒަރު ފެނުމުން ޒިން ގެ ހިތް ނުތަވަސްވެ މާޔޫސްވިއެވެ. ހިތަށް ކިތަންމެ އުނދަގޫ ވިޔަސް ޒިން ބޭނުންވީ އެދެމީހުން އެކުގައި ތިބި މަންޒަރު ބަލަންށެވެ.އެހެން ކަމުން ރިޝްވާން ކައިރީގާ ދާށޭ ބުނެ ޒިން ވެސް އެމީހުން ފަހަތުން ވަނެވެ. އެތަނުގައި އެދުވަހު ހާއްސަ އިޓޭލިއަން ބުފޭ ހުރުމުން ފުދޭވަރަކަށް މީހުން ގިނަވީ ކަމީ ނަސީބެކޭ ޒިން ގެ ހިތަށް އެރިއެވެ.  ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ތިބި ޔޫރަޕް ދެމީހުން ފެނި ޒިން ގޮސް އެމީހުން ކައިރީން ހުއްދަ ހޯދުމަށްފަހު އެތާނގައި އިށީނީ އަލްޔާން ގެ ފުރަގަހަށްވާ ގޮތަށް އެހެނަސް އީން ގެ މޫނު ރީތިކޮށް ފެންނާނޭ ހެން ނެވެ.އެންމެ ހިނދުކޮޅަކަށްވެސް އަލްޔާން ގެ ނަޒަރު އީންގެ މޫނާ ވަކިނުވެ ހުރިތަން ފެނުމުން ޒިން ގެ ހިތުގައި ހަސަދައިގެ ހުޅު ރޯވިއެވެ.ކާން އިނދެފައި އީން ގެ ކޯތާފަތުގައި އަލްޔާން އަތުން ބީހިލީ އެމަންޒަރު ފެނުމުން ހިފައިގެން ހުރި ބިއްލޫރިތައްޓަށް ޒިން އަށް ބާރުކުރެވުނީ ގަސްތަކާނުލައެވެ. އަލްޔާން ދައްކާ ވާހަކައަށް އިރު އިރުކޮޅާ އީން ހީލާ އިސްޖަހާލާ ގޮތުން ބުނެދޭން ނޭނގޭފަދަ ތޫފާނެއް ޒިން ގެ އެތެރެހަށީގައި ހިނގަމުން ދިޔައެވެ.ނޭވާ ކުރުވާ ގޮތްވެ ފެންކަޅިވުމުން ޒިން އެތަނުން ތެދުވެގެން ބާރަށް ހިނގާފައި ނިކުތެވެ.”ހޭއި..އެކްސްކިއުޒް..”ކުއްލިއަކަށް ޒިން ތެދުވެގެން ދާންފެށުމުން ކައިރީގައި ތިބި ދެމީހުން ގޮވަންފެށިނަމަވެސް ފަހަތްބަލާވެސް ނުލާ ޒިން ނިކުމެގެން ދިޔައެވެ.

******

އަރާމު ނިންޖަކުން ނިދިފައި އޮތް އީން އަށް ހޭލެވުނީ އަލްކާ އައިސް ގޮވަން ފެށުމުންނެވެ.”އޭތް!!!މީ ކޮން އެލް-އީން އެއްތަ؟ ދިހަ ވަރަކަށް މިސް ކޯލް އެބަހުރި މި ނަންބަރުން” ކަންނެތް ގޮތަކަށް މޫނު ފޮހެމުން އީން ދެލޯ ހުޅުވި އިރު އަލްކާ ހުރީ ހުރީ އީން ގެ ފޯން ސްކްރީން ދައްކާލައިގެންނެވެ.”އޯހް..ނޯވޭ.އަހަންނަށް ނިދުނީތަ” އީން ފުއްމައިގެން ތެދުވެ ގަޑި ބަލާލިއިރު ހަވިރު ހައެއް ޖަހަނީއެވެ. އަވަސްއަވަހަށް ފޯން ހޯދަން އުޅެގަތީ އެއީ އަލްޔާން ގެ ކޯލް ތަކަށް ވީތީއެވެ.އެކަމަކު އަލްކާ ފޯން ނުދީ ދުއްވައިގަތެވެ.”ދެން އަލްކް ޕްލީޒް..ދީބަ..”އަލްޔާން އާއެކު ހަވީރު ޑްރެސިން ޗޭންޖް ކުރަން ދާން ބުނެވިފަ އޮތްވާ ނިދުމުން އީން ވަރަށް ދެރަވިއެވެ.”އުހުނ..ފޯން ދޭނީ އެއީ ކާކު ކަން ބުނީމަ” ދުވެފައި ގޮސް އަލްކާ އެނދަށް އަރާ އަލްކާ ބަންޑުން އޮށޯތީ ފޯން ފޮރުވަމުންނެވެ.”ސާބަސް އެއީ އަލްޔާން އޭ..ޑްރެސިން ބަދަލް ކުރަން ދާން ބުނެފަ އޮއްވާ މި ނިދުނީ..ވަރަށް ދެރަވެފަ ހުންނާނީ މިހާރު” އީން ދެރަވެލާފައި އެނދުގައި އިށީނދެ މޫނުގައި ބާލީސް އެޅިއެވެ.”ހެހެހެ..ކާކަށް ނާންގަންތަ އެނަމުގަ އަލްޔާން ނަންބަރ ސޭވް ކޮއްފަ އިންނަނީ” އެންމެ ފަހުން އަލްކާ ފޯން ދިނުމުން އީން އަވަހަށް އަލްޔާން އަށް ގުޅާލިއެވެ.”ސޮރީ ސޮރީ ސޮރީ…ވަރަށް ސޮރީ..މެންދުރު އައިގޮތަށް މާދަމާ އަށް ޑިއު ވާ އެސްއިންމެންޓް ހަދަން އޮއްވާ ނޭނގޭ ނިދުނު އިރެއްވެސް” އީން ފައްޗަކަށް ސޮރީ އަމުނަމުން ވާހަކަ ދައްކާން ފެށުމުން އަލްޔާން ގާތަށް ހިނިއައެވެ. “އިޓްސް އޯކޭ ލޯބި.ވަރުބަލިވީމަ ނިދުނީ ދޯ…އީތަން އާއެކު ދިޔައީ ޗޭންޖް ކުރަން..އޯކޭ އޯ ބުނީ..ނިމިއްޖެތަ މިހާރު އެސްއިންމެންޓް” އަލްޔާން އެހާ ލޯބިން ވާހަކަ ދެއްކުމުން އީން ގެ ވަރަށް އުފާވިއެވެ.އަލްޔާން ގެ ފަރާތުން ލިބޭ އެ އޯގާތެރިކަމާއި އަޅާލުމާ ލޯތްބަށް އީން ގެ ހިތް ވެސް އެދޭވަރުދިޔައީ ދުވަހަކަށް ވުރެދުވަހެއް ބޮޑުވަމުންނެވެ. އަލްޔާން މިރޭ އެކުގަ ބޭރަށް ދެވިދާނެތޯ އެހުމުން އެސައިންމެންޓް ނުނިމުނަސް ދާން އީން ނިންމީ އަލްޔާން އާ ބައްދަލުވެލަން އީން ގެ ހިތްވެސް އެދޭތީއެވެ.

“ނޮޓް ފެއަރ އީން..އަލްޔާން ފެނުނު ފަހުން އަބަދު އަލްޔާން..މިހާރު އަހަރުމެންނާ އެކީ އެއްގޮތަކަށްވެސް ނުދެވޭ..މިރޭވެސް މިތިބީ ފެމިލީ ޑިނާއަކަށް ދާން ނިންމައިގެން އެންމެން..އެކަމަކު ތި ޕްލޭން ހެދީ އަލްޔާން އާ އެކު” އީން ފޯނުން ވާހަކަ ދެއްކިއަޑު އަހަން ހުރެފައި އަލްކާ ތުން ދަމާލަމުން ލޯއަޅާލިއެވެ.އަލްކާ އެހެން ބުނުމުން އީން އަސްލުވެސް ދެރަވިއެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އަލްޔާން އަށް ނޫނެކޭ ބުނަން އީން ބޭނުމެއް ނުވިއެވެ.އެހެން ކަމުން މާދަމާރޭ ޑިނާ އަށް ދާނެ ކަމަށް ޕްރޮމިސް ކުރަމުން އީން ރުޅިހަދާލައިގެން ހުރި އަލްކާ ގައިގައިބައްދާލިއެވެ.

****

ގަޑިން 8.30 ވީ އިރު ތައްޔާުރުވެލައިގެން އަލްޔާން އަށް ގުޅުމަށްފަހު އީން ބޭރަށް ނިކުތީ އަލްޔާން ބަލާ އައުމުގެ ކުރީން ކައިރީގައި ހުރި ފިހާރައަށް ވަދެލުމަށެވެ.މެރޫން ކުލައިގެ ޝޯލް އަކާއެކު މަޑު ފިޔާތޮށި ކުލައިގެ ފްލޯރަލް ލޯންގް ސްލީވް މެކްސީ ޑްރެސް އެއްލާފައި ހުރިއިރު އީން ގެ ރީތިކަން އެތަށް ގުނައަކަށް އިތުރު ކަމަށް ދައްކައެވެ.ގަންނަން އައި ބައެއް ސާމާނު ނެގުމަށްފަހު އީން އާއްމުކޮށް ގޭގައި ބޭނުން ކުރާ އެއްޗެހީގެ ތެރެއިން ހުސްވެފައި ހުރި އެއްޗެހި ހަނދާން ކުރަމުން ރީތިވާ ސާމާނު ބަހައްޓާފަ ހުރި ރެކަށް ބަލަން އީން އަށް ހުރެވުނީ ތުންފަތުގައި އިނގިލި ޖައްސައިގެންެނެެވެ.”ވާއު..ޔޫ އާރ ލުކިން ސޯ ބިއުޓިފުލް” ކުއްލިއަކަށް ފަހަތުން މީހަކު އައިސް ކައިރިވެލުމުން އީން ސިހިފައި ދުރަށްޖެހިލިއެވެ.”ޒިން” ހައިރާންވެފައި އީން އަށް ޒިން ގެ ނަންކިޔުނީ އެތަނުން ޒިން ފެނުމުންނެވެ. ހައިރާންވެފައި ބަލަން ހުރިއިރު އީން ގެ ކަޅުކަންގަދަ ދެލޯ ރީތިކަމުން ޒިން އަށް ހިތާހިތުން ތައުރީފްކުރެވުނެވެ.”އަހަރެން ބޭނުން އީން އާ ވަރަށް ބޮޑު ވާހަކައެއް ދައްކަން..ޓައިމެއް ލިބިދާނެތަ؟” “ނުލިބޭނެ..ޒިން އަހަންނާ ދައްކަންޖެހޭ ވާހަކަ އެެއް ނޯންނާނެ!” ޒިން ގެ ސުވާލު ރަނަގަޅާށް ނުނިމެނީސް ރުންކުރު ޖަވާބެއްދެމުން އީން ހިނގައިގަތީ ފައިސާ ދައްކަން ކައުންޓަރާ ދިމާލަށެވެ. ނެގި ސާމާނު ކައުޓަރުގައި ހުރި ކުއްޖާ އަތަށް ދީފައި ވޮލެޓުން ލާރި ނަގާފައި ދިނުމުން ބިލްޕެއިޑް ކަމަށް އެކުއްޖާ ބުނެލީ އީން ނެގި ސާމާނު ކޮތަޅަށް ލާފައި ދިއްކޮއްލަމުންނެވެ. “ޕެއިޑް އޭ… އަަހަރެން އަދި ލާރި ނުދެމޭ” ހައިރާންވެފައި އީން އަށް އަހާލެވުނެވެ. “ތިކުއްޖާގެ ގެ ބިލް އޯލްރެޑީ ޕެއިޑް” ސޭޓް ހިނިތުންވަމުން އެހެން ބުނެލަމުން ތަންކޮޅެއް ދުރުގައި ހުރި ޒިން އަށް ބަލާލިއެވެ. ބިލްދެއްކީ ޒިން ކަން އެނގުމުން އީން ރުޅިގަދަވިއެވެ. މިއީ ކީކޭ ހިތަށް އަރައިގެން ކޮންކަމެއް ބޭނުންވެގެން ކިހިނެތް އުޅޭ އިންސާނެއްބާއޭ އީން ގެ ހިތަށް އެރިއެވެ. އެއްފަހަރު ކިޑްނެޕް ކުރުވާފަ އަނެއް ފަހަރު ގަދަކަމުން ކާރަށް އަރުވާފަ އަނެއްފަހަަރު މާ ފޮނުވާފަ އަނެއްކާ ބިލް ޕޭ ކޮއްފަ ..ހުނ ވަރަށް ފޫހިވޭ..ހިތާހިތުން ޒިން އާ ދިމާލަށް ކުދި ކިޔަމުން ވޮލެޓުން ރުފިޔާނަގާ ކައުންޓަރު މަތީ ބާއްވަމުން އީން އަވަހަށް ނިކުތެވެ. ބާރުބާރަށް ހިނގާފައި ގެއާ ދިމާލަށް ދިޔަ އީން ފަހަތުން އައިސް ކުރިމައްޗައް އަރަމުން ޒިން އީން ހުއްޓުވިއެވެ.”އީން ކީއްވެ އަހަރެންނާ ވާހަކަ ދައްކަން ބޭނުން ނުވަނީ..އައި ނިޑް ޓު ޓެލް ޔޫ ސަމްތިން..ސަމްތިން އިމްޕޯރޓެންޓް  ޕްލީޒް ލިސެން..”ޒިން ކުރިމައްޗައް އަރާ ދިޔަ ނުދިނުމުން އީން ކަންބޮޑުވިއެވެ. އަލްޔާން އަންނައިރު އަނެއްކާ ޒިން ހުރުމުންވާނެނަރު ހިތަށް އެރުމުން ބޯހަލާކު ވާވަރުވިއެވެ. އެއްފަރާތަކަށް ޖެހިލަމުން އީން ހިނގައިގަންނަން އުޅުނު ތަނާ ޒިން ހުށިއާރުކަމާއެކު އީން ގެ އަތުގާ ހިފާ މަޑުކުރުވިއެވެ.” ބުނެފީމެއްނު އަޑުއަހާކަށް ބޭނުމެއް ނެތޭ..ކީއްވެ އަހަރެން ފަހަތުން ނެއްޓެން ނޭގިގެން ތި އުޅެނީ” ޒިން ގެ އަތް ފޮޅުވާލަން މަސައްކަތް ކުރަމުން އީން ރުޅިވެރިކަމާއެކު ވާހަކަ ދެއްކަމުން ދިޔައެވެ. ތިބެވުނީ ގޯޅީގެ މެދުގައިކަމުން ޒިން އީން ގެ އަތުގާހިފާ އެއްފަރާތުގައި ހުރި ގަރާޖާ ދިމާލަށް ގެންދިޔައީ ފާޑަކަށް ގަދަކަމުންނެވެ. އެތަނުގައި ފަނޑުއަލިކަމެއް ހުރުމުންމަގުން ދާ މީހުންނަކަށް މާ ބޮޑަށް އަޅައެއްނުގަންނާނެއެވެ. ޒިން އެދިޔަގޮތަށްގޮސް އީން ފާރުގައި ޖައްސަމުން ދާދިކައިރީކުރިމަތީގައި މަޑުކުރިއެވެ. “އަހަރެންނަށް އީން ދެކެ ލޯބިވެވިއްޖެ..ދުވަހަކުވެސް އަހަރެންނަށް އަންހެންކުއްޖަކާ ދޭތެރޭ މިކަހަލަ އިހްސާސެއް ނުކުރެވޭ..ވަރަށް..ވަރަށް ބޮޑަށް ލޯބިވޭ އީން ދެކެ..އަލްޔާން ދޫކޮއްލާ ޕްލީޒް އެހެން ނޫނަސް އޭނަ ހުރީ މައި އަށް ކޮމިޓްވެގެން.. އަލްޔާން ލޯބިވާ ވަރަށް ވުރެ މާ ބޮޑަށް އަހަރެން އީން ދެކެ ލޯބިވޭ..އީން މާ އުފަލުގަ ގެންގުޅޭންނަން..ބޭނުން ކޮންމެ އެއްޗެއް ހޯދަދޭނަން..ކޮންމެކަމެއް ކޮއްދޭނަން” ޒިން ގެ އަމަލުތައް ހަރުކަށިކޮށް ހުއްޓަސް މަޑުމަޑުން ވާހަކަ ދެއްކިއިރު އެ މޫނުމަތީގައިވަނީ މޮޅިވެރިކަމެވެ. އީން ގެ ލޮލަށް ބަލަން ހުރެ ޒިން އޭނާގެ ހިތުގެ އެދުން ފާޅުކުރަމުން ދިޔައިރު އީން ހުރީ ރުޅި އައިސް ރަތްވެފައެވެ. “ލޯތްބޭ؟؟ ޒިން އަށް ވެސް އިނގޭތަ ލޯބިވާން؟؟ ހަހް..ހިނި އަންނަނީ ތި ކަހަލަ ނުލަފާ ހިތް ހަރު ނުބައި ކަންތަށް ކުރާ މީހުން ލޯތްބޭ ކީމަ..ފޫހިވޭ ވަރަށް ތިކަހަލަ ދެއްކުންތެރި މީހުން ދެކެ..އަހަރެންގެ ލޯތްބެއް ދުވަހަކުވެސް ޒިން އަކަށް ނުލިބޭނެ..މިހިތަކީ ހަމަ އެކަނި އަލްޔާން ގެ މިލްކެއް އަޑުއިވިއްޖެ..ނައު ލެޓް މީ ގޯ!!” ރުޅިވެރިކަމާއެކު ޖަވާބުދެމުން ޒިން ދުރު ކުރެވޭތޯ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ. އެއްވެސް ބަހެއް ނުބުނެ ޒިން ހުރިތަނުން ގުޑާވެސް ނުލައި ފެންކަޅިވެފައި އަސަރާއެކު ބަލަން ހުރުމުން އީން އަށް އުނދަގޫވިއެވެ. އަތުގައި އޮތް ކޮތަޅު ބިންމައްޗައް ވައްޓާލަމުން ދެއަތަށް ލެވުނުހާ ބާރެއްލާފައި ޒިންގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލަން މަސައްކަތް ކުރިއެވެ.އެކަމަކު ހިލަގަނޑެކޭ ޒިން އެކޭ ވަކިތަފާތެއް ނެތެވެ. ބާރުގަދަ އެ ދެއަތް ފާރުގައި ވިއްދާފައި ހުރުމުން ޒިން ދުރައް ޖައްސަން އީން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.”ހައިރާނެއް ނުވާނެތަ މީހަކު!!..ކޯއްޗެއްތަ ތި ބަލަނީ ތިހާ ވަރަށް..މިބުނީނު އަހަރެން ލޯތްބެއް ނުވެޔޭ..އަހަރެން ނޫނަސް އެއްވެސް އަންހެން ކުއްޖަކު ތިކަހަލަ ނުލަފާ ގޭންގްސްޓާރެއް ދެކެ ލޯބި ނުވާނެ..ތީ ލޯތްބެއް ވެސް ނޫން ތީ ލަސްޓް…ގޮސް ކޮންމެވެސް ތަނަކުން އެހެން މީހަކު ހޯދާ ތިކަހަލަ ލޯބިވާން” ރުޅިއައިސް ހުރިވަރުން އީން ގެ އަޑުވެސް ގަދަވެ ހަށިގަނޑު ތުރުތުރުއަޅައެވެ. އެފަދަ ރުޅިވެރިކަމަކަށް އީން ގެ ފަރާތުން އެކްސްޕެކްޓް ކުރެވިފައި ނެތުމުން އެ ވިހަގަދަ ބަސް ތަކުން ޒިން ހުއްޓުން އަރާފައި ހުރިއިރު މެއިން ދިލަ ހޫނެއްގެ އިހްސާސް ކުރެވެމުން ދިޔައެވެ.. އީން އެ އަޑު ގަދަ ވުމުން އެތަނުން ދިޔަ މުސްކުޅި މީހަކު އެދިމާލަށް ބޯ ދިއްކޮށްލާފައި “ކޮއްކޮމެންނޭ ކިހިނެތްވީހޭ” އަހާލިއެވެ. ޒިން ފަހަތް ބަލާލެވުނު އެ ވަގުތުގެ ބޭނުން ހިފާ އީން ތިރިވެލާފައި ޒިން ގެ އަތުތެރެއިން ދެމިގަނެ ދުވެފައި ގޮސް ގެއަށް ވަނެވެ. ކޮޓަރީގެ  އެނދުމައްޗައް ކޮތަޅު އެއްލާލަމުން އީން  ބޮލުގައި ދެއަތުން ހިފަމުން ބާރަށް ލޯ މަރާލިއެވެ.”ލޯބިވެޔޯ..މައި ފުޓް..އަހަރެން ކިޑްނެޕް ކުރުވާފަ ރޭޕް ކުރަން ބުނި މީހާ އަހަރެން ދެކެ ލޯބިވެޔޯ..ގޯ ޓު ހެލް” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައިރު އީން ހުރީ އަދިވެސް ރުޅިގަނޑު ކޮންޓްރޯލް ކުރަން އުނދަގޫވެފައެވެ. އަލްޔާން ގެ ކޯލް އަންނަން ފެށުމުން އީން އަވަސް އަވަހަށް ފޯން ނަގާ މި އަންނަނީއޭ ބުނެލިއެވެ. ލޯގަނޑު ކުރިމައްޗައް ހުއްޓި ކުޑަކޮށް ޝޯލް ރަނގަޅު ކޮށްލަމުން ހަމަޖެހެމުން އީން ތިރިއަށް ފޭބިއިރު އަލްޔާން ދޮެރުމަތީގައި ހުރެފައި އީން ފެނުމުން ހީނިތުންވެލިއެވެ. އީން އަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ޒިން ހުރިތޯއެވެ. އެތާ ޒިން ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއްލަމުން އީން ގޮސް އަލްޔާން ކައިރީ ހުއްޓިލިއެވެ. “އޯ މައި ގޯޑް..ގޯޖަސް..ހީވަނީ ހަމަ ކުޑަކުޑަ ޕަރީއެެއްހެން” ކުޑަކޮށް ބޯ އަރިކޮށްފައި ބަލާލަމުން އަލްޔާން އީން ގައިގައި ބައްދާލިއެވެ. އަލްޔާން ގެ މޭގައި ބޯއަޅާލެވުނު ހިނދު އީން ގެ ހިތުގައިވީ ނުތަނަވަސްކަން ފިލާ އެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަލްޔާން އަށް އެއްވެސް ކަމެއް ފޮރުވަން އީން ބޭނުންނުވިޔަސް ދެންމެ ހިނގާދިޔަ ހާދިސާގެ ވާހަކަ ކިޔާދީފިނަމަ އަލްޔާން ގެ މޫޑް އެއްކޮށް ޚަރާބުވެދާނެތީ އިތުރަށް އެވާހަކަ ދައްކަން އީން ބޭނުމެއް ނުވިއެވެ.އީން ގެ އުނަގަނޑުގައި ހިފައިގެން ހުރެ ހިނގަމުން ގޮސް އަލްޔާން ކާރަށް އެރުވި އެ މަންޒަރު ބަލަން ހުރި ޒިން ގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަކަހަލައެވެ. ހަލުވިހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ޓޭބަލް މަތީ ހުރި އެއްޗެހި ވައްޓާލަމުން ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުގައި ފައިންޖަހާ ވައްޓާލިއެވެ. އެވަގުތު އެތަނުން ވެއްޓުނު ފައިލް ތެރޭއޮތް އީންގެ ފޮޓޯ ބިންމައްޗައް ވެއްޓިފައި އޮއްވާ ޒިން އަށް ފެނުނެވެ. މޫނު ފޮހެލަމުން މަޑުމަޑުން ތިރިވެ އެ ފޮޓޯ ނެގާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެވަގުތު ރުޅިވެރިކަމާއެކު އީން ދެއްކިވާހަކަ ޒިން ގެ ކަންފަތުގައި ގުގުމަން ފެށިއެވެ.”ފައިން އީން…ޔޫ ސެއިޑް ދިސް އިޒް ލަސްޓް..އެހެންވީމަ މި ލަސްޓް ފިލުވާދޭން ޖެހޭނީވެސް ހަމަ އީން…ރީތި ގޮތުގަ ކަންކުރީމަ ތިބުނީ ނުބައި ނުލަފާ މީހެކޭ…އަހރެންގެ ރިއަލް ފެސް ޔޫ ވިލް ސީ ސޫން..ބައި ހުކް އޯ ބައި ކްރޫކް ޔޫ ވިލް ބީ މައިން..އޮންލީ މައިން އީން އަޝްރަފް” ޝަކުވާއާއި ރުޅިވެރިކަމުން ފުރިގެންވީ ނަޒަރަކުން އީން ގެ ފޮޓޯއަށް ބަލަހައްޓައިގެން ހުރެ ޒިން ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން ކަރުނައިގެ ވިދުވަރު ފާޅުުވާން ހުއްޓެވެ

*****

ކާރު ގޮސް އަލްޔާން މެންގެއަށް މަޑުކުރުމުން އީން އަލްޔާން އަށް ބަލާލިއެެވެ.”އައި ތޯޓް ވިވާ ގޮއިން އައުޓް ފޯ ޑިނާރ” އީން ގެ ސުވާލަށް އަލްޔާން ވަކިޖަވާބެއް ނުދީ މިދަނި ހަމަ ޑިނާއަކަށޭ ބުނެލަމުން ކައިރީގައި ހުރި ގާޑް އާ ދިމާލަށް ފާޑަކަށް ބަލާލިއެވެ. އެމީހުން އަބަދު ފަހަތުގަ އުޅޭތީ އަލްޔާން އަށް ބޭރަށްދާން އުނދަގޫ ވަނީކަން ވިސްނި އީން ވެސް އިތުރު އެއްޗެކޭ ނުބުނެ ދިޔައެވެ. ގެއަށް ވަދެވުމުން ލޯމަރާލުމަށްބުނެ އަލްޔާން އީން ގެންދިޔައީ ކޮންތަނަކަށް ކަމެއް އީން އަކަށް ނޭގުނެވެ. އެކަމަކު ލޯހުޅުވާލުމުން ފެނުނު މަންޒަރުން އާޝޯހުވެ އަނގަ ހުޅުވުނެވެ.ހިތްގައިމު ފަނޑު އަލިކަމެއް ވެރިވެފައިވީ ތަނަވަސް މުޅި އެ ޓެރަސް ޒީނަތްތެރި ކުރެވިފައިވީ ފިނިފެންމަލުންނާ ކުޑަ އުއްބައްތި ތަކުންނެވެ. ޓެރެސްގެ ކަނަކާ ދިމާލަށް ދެމީހުންނަށް ތިބެވޭ ގޮތަށް ރީތި ކޮށް ތައްޔާރުކޮށް ކުރެވިފައި ހުރި ޑިނާރ ޓޭބަލްއެއް ހުއްޓެވެ. އަލްޔާން ކުޑަކޮށް ގުދުވެލާފައި ކުރިއަތް ދިއުމަށް އިޝާރާތްކުރަމުން އަތްދިއްކޮށްލުމުން އީން އަށް ބަލާލެވުނީ ބިންމައްޗަށެވެ. ހިނގާފައި މޭޒާ ހަމައަށް ދާން ފިނިފެންމަލުގެ ފިޔައިން ޒީނަތްތެރިކޮށްފައިވީ މަގެއް ހަދާފައިވީ އިރު އެ މަގުގެ ދެފަރާތުގައި ކެންޑްލް ދިއްލާފައި ހުރުމުން އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. ހިނިތުންވަމުން އަލްޔާން ގެ އަތުގައި ހިފައިގެން ހުރެ މަޑުމަޑުން ހިނގާފައި އެ ހިސާބަށް ދެވުމުން އަލްޔާން ގޮނޑި ދަމާލަމުން އީން އަށް އިށީންނަން އިޝާރާތް ކޮށްލިއެވެ. ރަކިވެފައި ހުރެ ތުންފަތުގައި ދަތް އަޅާލަމުން އީން ގޮނޑީގައި އިށީނެވެ. އެވަގުތު ރަތްކުލައިގެ ރީތި ފިނިފެންމަލެއް އީން އަށް ދިއްކޮށްލަމުން އަލްޔާން ވެސް އިށީނެވެ. ފިނިފެންމަލުގައި ހިފަމުން ފުން ނޭވާ އެއް ދޫކޮށްލަމުން އީން އަށް އަނެއްކާވެސް ވަށައިގެން ބަލާލެވުނެވެ. ކަޅު އަނދިރިކަން ވެރިވެފައިވީ ކަނޑާދިމާލުން މާ ދުރުދުރުން އޮރެންޖް ކުލައިގެ ކުދި ބޮކިތަށް ދިއްލިފައި ހުރި މަންޒަރު ފެންނަމުން ދިޔައިރު ޖެހިލާ މަޑުމަޑު ފިނިވައިރޯޅިތަކުންނާއި ފަޒާގައި ހިފާފައިވީ ކެންޓަލޫޕް ކެންޑްލް ގެ މީރުވަހުން އީން ގެ ސިކުނޑިތާޒާވެ ހިތަށް ބުނެދޭންނޭނގޭފަދަ ހިތްހަމަޖެހުމެއް ގެނުވިއެވެ. އެފަދަ ކަމެއް މީގެ ކުރިން އަސްލު ދިރިއުޅުމުގައި އީން އަށް ދުވަހަކުވެސް ފެނިފައި ނުވެއެވެ. އީން އެކްސައިޓް ވެފައި ހުރެ ބަލަމުން ދިޔަ މަންޒަރު ފެނުމުން ކޮލުގައި އަތްވިއްދާލާއިގެން އީން އަށް ބަލަން ހުރި އަލްޔާން ހިނތުންވެލިއެވެ. އީން “އިޓްސް ސޯ ލަވްލީ” އޭ ބުނަމުން އަލްޔާން އަށް ބަލާލި ވަގުތު އީން އަށް ބަލަހައްޓއަިގެން އަލްޔާން ހެވިފައި ހުރިގޮތުން އީން ރަކިވެފައި އިސްޖަހާލިއެވެ. އިރު ކޮޅަކުން އީން އިސްއުފުލާ ބަލާލިއިރުވެސް އަލްޔާން ހުރީ ހަމަ އެ ގޮތަށެވެ. “އަޅެ..ކީއްވެ ތިހާވަރަށް ތި ބަލަނީ؟..”  އަލްޔާން ބަލާވަރުން އީން އަސްލުވެސް ލަދުގަތެވެ. “ހަމަ ލޯބިކަމުން ބެލެނީ..ތިހާ ހިތްގައިމު މޫނެއް އުމުރުގަ ވެސް ނުދެކެން..ހިތަށް އަޖާއިބެއްކަހަލަ ހިތްހަމަޖެހުމެއް ލިބޭ އީން އަހަރެން ކުރިމަތީ ހުންނަ ވަގުތު..އިނގޭތަ އެންމެ ފުރަތަމަ އީން ފެނުނު ދުވަހުވެސް ކާރުގެ ދުވެލި ކުއްލިއަކަށް މަޑުކޮށްލެވުނީ ވާރޭތެރޭ އަތް ނަގައިގެން ހުއްޓާ ފެނުމުން ހިތަށް ވީ ގޮތުން..ހީވީ ކަރަންޓް ގަ ޖެހިފަ ތެޅުނުހެން..އެ މޯމެންޓް އިން ފެށިގެން މިހާތަނަށް މިހިތަށް ހަމަ އެކަނި ހަމަޖެހުމެއް ލިބެނީ ހަމައެކަނި އީން ފެންނަ ވަގުތު..” އިޝްގީ ގޮތަކަށް ބަލަން ހުރެ އަލްޔާން އޭނާގެ ހިތުގެ އިހްސާސްތަށް ހިއްސާކުރަމުން ދިޔައިރު އީން ގެ ހިތުގައި އެވާހަކަތަށް ބިންވަޅުނެގެމުން ދިޔައެވެ. ހިތަށް އުފާވެރިކަން އިހްސާސްވަމުން ދިޔައިރު އަބަދުވެސް އަލްޔާން ގެ ލޯބި ދެގޮތެއް ނުވެ ލެހެއްޓެވުން އެދި އީން އަށް ހިތާހިތުން ދުއާ ކުރެވުނެވެ.އަލްޔާން ކުއްލިއަކަށް ކަމެއް ހަނދާންވެގެން އުޅޭފަދައިން ތެދުވެ ގޮސް އަނެއްފަރާތު  ބެންޗް މަތީހުރި  ގިޓާނަގައިގެން އެތާނގައި އިށީންނަމުން އީން އާ ދިމާލަށް ހިނިތުންވަމުން ރާގެއް ކުޅެން ފެށިއެވެ. އެ ހިތުގެ އަޑު ލަވައެއްގެ ސިފައިގައި އީން އަށް އަޑުއިއްވާލަން އަލްޔާން ބޭނުންވިކަހަލަ އެވެ.

އަމާޒަކީ މިހާރު ތިޔަ ލޯތްބޭ..ހިތް އަދު ދިނީމެ ލޯބި ދެން ލިބޭތޯ

މަލާއޭ.. މަލާއޭ ކުރޭ ފުން އަސަރު އިނގޭތޯ

ޔާރު މިވަނީ ލޯތްބޭ ހަގީގީ…

ހަނދަށް ވުރެ ނަޔާ ސާދާ މޫނޭތީ

ޒުވާން މިހިތުގާވާ ވިންދޭ ތީ

ފުރާނަ މިއެދޭ އަޅުގެ ދިރުމޭ ތީ….

އަލީރަމީޒް ގެ ރީތި ލަވައަކުން އަލްޔާން އަށް އެ ހިތުގެ އަޑުއިއްވަމުން ދިޔައިރު އީން އަށް ބަލަން ހުރެވުނީ އަލްޔާން ގެ އަޑު ރީތިކަމާ ހިތްގައިމު ކަމުންނެވެ. އީން ތެދުވެގެން އައިސް އަލްޔާން ކައިރީ އިށީނީ މިހިތުގެ ހާލަކީވެސް ހަމަތީ އޭ ބުނާ ބުނާކަހަލަ ގޮތަކަށެވެ. ގިޓާ ދުރުގައި ބަަހައްޓަމުން އަލްޔާން އީން އާ ކައިރިވެލަމުން ނިތުގައި ބޮސްދެމުން” ލަވް ޔޫ ސޯ މަޗް” އޭ ބުނެލީ މަޑުމަޑުންނެވެ. އީންވެސް އަލްޔާން ގެ މޭގާ މޫނު ފޮރުވަމުން ހަށިގަނޑުގައި ބާރަށް ބައްދާލީ ދުވަހަކުވެސް ދުރުވާން ބޭނުން ނުވާތީއެވެ.

******

ހެނދުނުއްސުރެ އޮފީހުގައި ބިޒީކޮށް އުޅެން ޖެހުމުން އަލްޔާން ހުރީ ވަރަށް ވަރުބަލިވެފައެވެ. ބައްޕަ ރަށުގައި ނެތުމުން ހުރިހާ މީޓިންތަަކަށް ވެސް އެޓެންޑްވާން ޖެހުމުން އަލްޔާން ފޫހިވެސް ވިއެވެ. އެކަމަކު ވެސް ޝަކުވާއެއް ނެތި ފަރުވާތެރިކަމާއެކު ކުރީ އެއީ ބައްޕަދެކޭ ހުވަފެން ކަމުގައިވެސް ވީތިއެވެ. ސޯފާގައި ޖައްސާލަމުން އީން އަށް ގުޅާލީ ހަވީރު ވާން ގާތްވިއިރު ވެސް އީން ގެ ހަބަރެއް ނުވާތީއެވެ. ފޯނުން ވާހަކަ ދައްކަމުން އީން ވެސް މިއަދު އުޅުނީ ވަރަށް އަވަދިނެތި އެސައިންމެންޓް ނިންމާ އަޕްލޯޑް ކުރަން ކަމުގައި ބުނެލިއެވެ. ދެމީހުންގެ ވެސް މަސައްކަތް ނިމުމުން ވަރުބަލިވެފާ ހުއްޓަސް އީން އާ ބައްދަލުވެލުމަށް އަލްޔާން ބޭނުންވިއެވެ. އެހެނަސް އޭގެ ކުރީން މިރޭ ގޭ މީހުންނާއެކު އެކު ޑިނާރ އަށް ދިޔުމަށް ޕްލޭން އޮތް ވާހަކަ އީން ބުނުމުން އަލްޔާން އިތުރަށް އެވާހަކަ ނުދެއްކިއެވެ.

*****

7 ޖަހަން އުޅެނިކޮށް ތައްޔާރުވެގެން އެންމެން އެކީގަ ނިކުންނަން ހިނގައިގަތްތަނާހެން އީން އަށް ފޯނެއްއައެވެ. ކްލާސް ކުއްޖަކު ގުޅާފައި ބުނީ މިއަދު ބައެއް ކުދީން އަޕްކުރި އެސައިންމެންޓް ތަކުގައި މައްސަލަ ހުރިކަމަށާއި އަލުން ބަދަލް ކުރުމަށްފަހު މިރޭ 11 ޖެހުމުގެ ކުރީން ފޮނުވުމަށް ޓީޗަރު އެދިފައިވާކަމަށެވެ. އީން އަވަސް އަވަހަށް މެއިލް ބަލާލިއިރު އަލުން ފޮނުވަން ޖެހޭ ކުދީންގެ ލިސްޓް ގައި އީން ގެ ނަން އިނުމުން މޫނު މިލާލޯޅިވިއެވެ. އަނެއްކާ އިތުރު މަސައްކަތް ގަނޑެއް ކުރަންޖެހުނީ އޭ ހިތަށް އަރައި މާޔޫސްވިއެވެ. އަލްކާ އާއި ދޮންތަވެސް އީން އަށް ނުދެވުމުން ޕްލޭން ކެންސަލް ކުރަން އުޅުމުން ލިވީ ބޮޑާ ހާކާތީ އީން ބަހައްޓާފައި ދާން ނިންމިއެވެ.އަދި އަންނަމުން އީން އަށް ޕެކްކޮށްގެން ގެނެސްދޭނެ ވާހަކަ ބުނެ ފޫހިވެފައި ހުރެ އަލްކާވެސް ދިޔައެވެ.

ތުންދަމާލައިފައި ގޮސް ހެދުން ބަދަލް ކޮށްގެން އައިސް ސިޓިންރޫމް ގައި ލެޕް ހިފައިގެން އީން އިށީނީ އަވަހަށް މަސައްކަތް ނިންމުމަށެވެ. އިރުކޮޅެެއް ފަހުން ބެލްޖަހާލިއަޑުއިވުމުން ލެޕްގެ ތެރެއަށް ގެއްލިފައި ހުރި އީން މާ ބޮޑަށް ވިސްނާވެސްނުލާ ގޮސް ދޮރު ހުޅުވިއެވެ.ކުރިމަތީ ހުރި ޒިން ހުށިއާރުކަމާއެކު އެތެރެއަށް ދެމިގަނެ ދޮރުލެއްޕިއެވެ.”ކީއްކުރަން އަނެއްކާވެސް މިގެއަށް ތި އައީ؟”ރުޅިވެރިކަމާއެކު އީން ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތި ޒިން އެތެރެއަށް ވަން ގޮތުން އީން ޖެހިލުންވިއެވެ. އެ މޫނުމަތީން ފެނުނީ ހަރުކަށިކަމާ ސީރިއަސް ކަމެވެ.ގޭގައި އެކަކުވެސް ނެތްކަން އިހްސާސްވީތީ އީން އަވަސް އަވަހަށް ސޯފާމަތީ އޮތް ފޯނު ނަގަން އަތް ދިއްކޮށްލިއެވެ. އޭގެ ކުރީން ޒިން އެފޯނު ނަގަމުން އީން އަށް ބަލާލިއެވެ.”ކިހިނެތް ވީ..ބީ އެފް އަށް ގުޅަންވީތަ ބޮޑީގާޑް ގޮވައިގެން ރެސްކިއު އަށް އަންނާށޭ ބުނަން؟” މަލާމާތުގެ ރާގަކަށް ޒިން އަހާލިގޮތުން އީން ގެ ހިތްތެޅެން ފެށިއެވެ. “ކި..ކީއްކުރަން ތި އުޅެނީ..ބުނެފީމެއްނު އަހަރެން..ލޯ..ލޯބި ނުވެޔޭ..ޕްލީޒް ދޭ މިހާރު މިގެއިން” އީންގެ ހިތް ތެޅެން ފެށުމުން ކުޑަކޮށް އަނގަވެސް އޮޅޭގޮތްވިއެވެ. ޒިން އަކީ ނުލަފާ މީހެއްކަމުން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަން އީން ގެ ސިކުނޑި ވިސްނާދިނީތީ އީން ވާހަކަ ވެސް ދެއްކީ ރީތި ކޮށެވެ. “އެކަމަކު އަހަރެން ލޯބި….ނޯ..ނޯ..ނޯ..މައި މިސްޓޭކް..”ލަސްޓް” ވާކަން އީން އަށް އެނގެއެއްނު..ސޯ.. އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް އަހަރެން ހޯދާނަން…ޔޫ ވިލް ބީ މައިން..ލޯތްބަކުން ނުކުރެވުނުތާ މިކަމެއް..އެހެންވީމަ ދެން ޖެހޭނީ އީން ބުނިހެން ލަސްޓް އިން ކުރަން.. އަ ވިލް މޭކް ޔޫ މައިން” ލަސްލަހުން އެއްއަތުން ފޯނު އަނބުރާލަ އަނބުރާލާ ހުރެ ޒިން ބުނި ބަސްތަކުން އީން ގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. ބަލާކަށް ނުހުރެ ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ.

ސްޓޫޑިއޯތެރޭ އީތަން އާއެކީ އަލްޔާން ހުރީ މިރޭ އީން އާ މީޓް ނުވިތީ ފޫހިވެފައެވެ. މިއުޒިކެއްވެސް ކުޅޭ ހިތެއް ނެތި ސޯފާގައި އޮށޯވެގެން އޮތްއިރު ލެޕްހިފައިގެން އީތަން އިނީ އެޑީޓިން މަސައްކަތުގައި ގެއްލިފައެވެ. އީތަން ފޯން ރިންގްވާން ފެށުމުން ބަލާލިއިރު އަލްކާ ގުޅަނީއެވެ.އެކަމަކު ފޯން ހަމަ ނެގިތަނާހެން ބޭޓްރީ ހުސްވެ ނިވުނެވެ. އީތަން ވަގުތުން އަލްޔާން ކައިރީ އަލްކާ އަށް ގުޅާން ފޯން ދިނުމަށް އެދުނެވެ.”އަލްކާއޭ…ކަލޭ އަލްކާ އަށް ގުޅާ ސަބަބު މަ ގަވާއިދުން ބަލަން ޖެހޭނެޔޭ” ބުނެ އަލްޔާން ފޯ ނަގާ އަލްކާ  އަށް ގުޅަމުން ސްޕީކަރަށް ލިއެވެ. އަލްޔާން ގުޅަން ފެށުމުން އަލްކާ ހީކުރީ އީން ފޯން ނުނަގާތީ ގުޅަނީ ކަމަށެވެ.”ހޯދަން ތި ގުޅާ ކުއްޖާ ވީ ގޭގަ..” އަލްކާ ފޯން ނަގަމުން އެހެން ބުނުމާއެކު އަލްޔާން ހައިރާންވިއެވެ.”އެ ކީއްވެ؟ ގައިމު އީން ބުނި ޑިނާރ އަށް ދާ ވާހަކަ” ކަންބޮޑުވެފައި ހުރެ އަލްޔާން އަހާލިއެވެ. އަލްކާ ވީ ގޮތް ކިޔާ ދިނުމުން އަލްޔާން ފޯން ބާއްވަމުން އަވަހަށް ގުޅީ އީން އަށެވެ. އެކަމަކު ދެތިން ފަހަރު ގުޅުމުންވެސް އީން ފޯން ނުނެގުމުން އެސައިންމެންޓް ހެދުމުގައި ބިޒީވީ ކަމަށް އަލްޔާން ނިންމިއެވެ.އެހެން ކަމުން ނިމުނުހާ އަވަހަކަށް ގުޅަން އެދި މެސެޖެއްކުރިއެވެ.ޒިން ގެ ފަރަާތުން އުނދަގުލެއްވެދާނެ ކަމަށް ހިތަށް އެރުމުން އަނެއްކާވެސް އަލްޔާންް އީން އަށް މެސެޖްކޮށް ދޮރު ރަނގަޅަށް ލޮކްކޮށްގެން ހުރުމަށާއި މީހަކު އަޔަސް ނުހުޅުވުމަށް ބުނެ މެސެޖް ކުރިއެވެ.

އެއްމިޔަކަނުން ހީލަމުން އީން ފަހަތުން ދިޔަ ޒިން ހުށިއާރުކަމާއެކު ގޮސް އީން ކޮއްޕާލި ދޮރުގެ ދޭތެރެއަށް އަތްވެއްދިއެވެ. ޒިން އަތް ވެއްދި ނަމަވެސް އީން ގަޔަށް ލެވުނުހާބާރެއްލާފައި ދޮރު ލައްޕާން މަސައްކަތް ކުރަމުންދިޔައެވެ. އިސާހިތަކު އީން އަށް ފެނުނީ ޒިން ގެ އިނގިލި ތަކުގެ ކައިރީން ލޭ ފޭދުނު ތަނެވެ. ކުއްލިއަކަށް ދޮރުން ދޫކޮށްލެވި އަނގަމަތީ އީން އަށް އަތް އެޅުނީ ލޭތިކިތައް ގޮސް ބިންމަތީގައި ޖެހޭތަން ފެނުމުންނެވެ. އެއާއެކު އަތްފޮޅާލަމުން ޒިން އެތެރެއަށްވަނެވެ.ޒިން ކުރިއަށް ޖެހެމުން ދިޔަ ވަރަކަށް އީން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައިރު މަޑުމަޑުން ގިސްލެވެން ފެށުނީ އަލްޔާން މަތީން ހަދާންވުމުންނެވެ. ފާރުގައި ޖެހި ހުއްޓެވުމުން އީން އެހުރި ގޮތަށް ބިންމައްޗައް ތިރިވެލީ ނިކަމެތިކަމާއެކުގައެވެ. މަޑު ހިނގުމެއްގައި އައިސް ޒިން އީން ކައިރިއަށް ތިރިވެލަމުން ޒަހަމް ވެފައި ހުރި އަތަށް ބަލަން ފެށިއެވެ. ރެސްޓޯރެންޓް ގައި ހުރި ދުވަހު އީން ގެ ކޯތާފަތުގައި އަލްޔާން ބީހިލި މަންޒަރު އެވަގުތު ޒިން ގެ ހިތަށް ސިފަވުމުން ހަމައެއަތުން އީން ގެ ކޯތާފަތުގައި މަޑުމަޑުން ޖެހިލިއެވެ.ތެޅިގެންފައި އީން ފާރުގައި ޖެހި ފިތުނީ ގަތްބިރެއްގެ ސަބަބުންނެވެ.”ޕްލީޒް ޑޯންޓް ޓަޗް މީ..” ރޮއެގަންނަމުން އީން އަށް އެހެން ބުނެވުނު އިރު ޒިންގެ އަތުގައި ހުރި ލޭ އީން ގެ ކޮލުގައި ހޭކިފައި ހުއްޓެވެ.”ހަހް..ވައި..އަލްޔާން ހަމަ މިގޮތަށް އަތްލުމުން ރަކިވެފަ ހިނިތުން ވެލެވޭ..އަހަރެން އަތްލީމަ ޑޯންޓް ޓަޗް އޯ..ތަދުވަނީތަ..އަހަރެންގެ އަތުގަ ހުރީ ކަށިފަޅާފަތަ” އީން ކައިރީ އިށީންނަމުން އަމިއްލަ އަތަށް ބަލަމުން ޒިން އަހާލުމުން ޖަވާބެއް ނުދީ ހުރެ އީން ގިސްލަމުން ދިޔައެވެ.އީން އެގޮތަށް ރޮމުން ދިޔުމުން ޒިން ގެ ހިތަށް އުނދަގޫވެ ރުޅިގަދަވިއެވެ. “ކީއްވެ ތި ރޮނީ..ބުނީމެއްނު ޒިން އަކީ ނުލަފާ މީހެކޭ..ނުލަފާ ކަން ދައްކަން ވެގެންނޭ މިއުޅެނީވެސް”. އެވަގުތު އީން ކިޔަވާ މޭޒުމަތީ ހުރި ޕެން ހޯލްޑާރ ގައި ހުރި ކަޓަރު ފެނުމުން ފުއްމައިގެން ގޮސް ތެދުވެ ޒިން އެ ނެގިއެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ 11

Next

ވާނަން އުމުރަށް 1

Next
October 4, 2018

ވާނަން އުމުރަށް 1

Previews
October 4, 2018

ބުނާށެ ލޯބި ނުވަނީހޭ 11

24 Comments!

  1. Giggle says:
    October 4, 2018 at 11:55 pm

    Bravo…
    Zin eulani mihaaru een black male kogen hodan….vv fiohi
    Loibaki gada barun hoda echa noon zin
    …zin Goths hadaaba..

    1. Anjal says:
      October 5, 2018 at 10:19 am

      Asluves gotheh vaan jehey eba zin ah dhw???

    2. heyo edhey faraatheh says:
      December 24, 2018 at 5:39 pm

      blackmail

  2. Airah says:
    October 5, 2018 at 1:24 am

    story vvv Reethi.when next?Zin v foohi meehea.

    1. Anjal says:
      October 5, 2018 at 10:21 am

      ☺️?? thanks airah.. Next Sunday insha allah?

  3. Kiuntheriyaa says:
    October 5, 2018 at 7:09 am

    Vaahaka varah reethi Ekam zin ah visna dheebala loehbakee gadhabaarun hoadheyne ehcheh noonkan alyaan & een vakinukoh zin ahves hihkiyaavaruge ehen kuhjaku dhahkaalaba car ga burujahan ulhey irakun

    1. Anjal says:
      October 5, 2018 at 10:24 am

      ???? zin abadhu car in burujany een fahathun viyya Kihineh ehen kujjeh fennanee…ekms hiyaal noted ingey kiuntheriyaa ☺️
      Thanx❤️❤️❤️

  4. zeek says:
    October 5, 2018 at 7:46 am

    Vrh salhi mihaaru ❤❤??… hama kiyaalaahithun kiyaaleveyyy ??…..mivaahaka noon ehen vaahaka eh kiyaahihves nuvey??
    waiting 4 nxt part …. ?????

    1. Anjal says:
      October 5, 2018 at 10:28 am

      Owwww thanks for the lovely comment dear ??????? next soon insha allah ?❤️?❤️

  5. ? says:
    October 5, 2018 at 9:01 am

    Woww…vvvv reethi mi part ves…waiting for next part….when next part???

    1. Anjal says:
      October 5, 2018 at 10:32 am

      Thank you ???? next Sunday insha allah

  6. ??? says:
    October 5, 2018 at 10:24 am

    Dhenn alyaan ah egeah ahna hith kuruvabala een salaamath kuruvann

  7. Viska says:
    October 5, 2018 at 1:06 pm

    Vvvvv cute mi baivas…
    Mi ula zin via a avaha ehen girl marry kuruvan…Erin sali van a…erun een fahathun nata naenu…??????????????

    1. Anjal says:
      October 5, 2018 at 7:40 pm

      Thanks viska☺️

  8. Nisha says:
    October 5, 2018 at 2:16 pm

    Alhe pls pls thankolheh avahah dhen huri part thah up kohlladheeba mj vaahaka kiyaa hithun moya vanee

    1. Anjal says:
      October 5, 2018 at 7:43 pm

      Oww???? anjal v bodah try kuraanan avas kohdeveytho ingey. Digu koh mi genes deny ves kudako lahun up kurevreveythee?

  9. @Ikleel says:
    October 5, 2018 at 6:33 pm

    Vvvvv reethi vaahaka..Mihaathanah kiyunu emme reethi stroy mee…Zin ah gotheh hadhan eba jehey…Abadhu een fahathun e ulheny mihaaru…Waitting for next part..

    1. Anjal says:
      October 5, 2018 at 8:02 pm

      Awwwwn??????? thanks for the lovely comment ikleel..

  10. Maya says:
    October 6, 2018 at 3:10 pm

    Waaaaaau anjal u r really talented.. Masha Allah ?????????????????vv reethi mi part and vv dhigu… Want mi story ehkoh kiya ninmaalan… Ahaa ves reethii…. Sifakurun vs kiyaidhinun ves… Aaaaaah vvv reeethi…….. Avahah nxt part up kohdhehchey Darling luv u so much… U r the best ??????????????????????????????????zin ah gotheh hadhaa bala dhw…….. Lwbygaa dhyvaamaa vefaaa.. Hahahaha… ?????????????

    1. Anjal says:
      October 7, 2018 at 2:32 pm

      maya dear…thanx soooo mch for the lovely comment. next episode already submitted u ll get to read soon i guess.hpe u guys will love that part too.keeep smiling…mch love

  11. Maya says:
    October 6, 2018 at 3:10 pm

    Waaaaaau anjal u r really talented.. Masha Allah ?????????????????vv reethi mi part and vv dhigu… Want mi story ehkoh kiya ninmaalan… Ahaa ves reethii…. Sifakurun vs kiyaidhinun ves… Aaaaaah vvv reeethi…….. Avahah nxt part up kohdhehchey Darling luv u so much… U r the best ??????????????????????????????????zin ah gotheh hadhaa bala dhw…….. Lwbygaa dhyvaanaa vefaaa.. Hahahaha… ?????????????

  12. ?☹ says:
    October 8, 2018 at 12:56 am

    Story up nuvany keehvetha?

  13. Airah says:
    October 8, 2018 at 11:48 am

    koba story dear ?

  14. rafa says:
    November 24, 2018 at 2:36 pm

    Wow.. so love but abadhu eh gotheh kyh ve vani.. vv foohi ehnve mi kahala vaahaka eh kiyani ehn website akun vx.. hope u’ll get a new one sooooon ?

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 16←


All Right Reserved!