ނޭދެން ވަކިވާކަށް (ހަތަރުވަނަބައި)
ނޫރްގެ ދެލޯބޮޑުވެގެން ދިޔައީ އެއީ ކާކުކަން އިނގުނީމައެވެ. އެއީ ދެވަނަ އެހެންމީހެއްނޫނެވެ. އެއީ ކުރީ ރޭގައި އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިންޒުވާނާއެވެ. ނޫރްއަށް އެއީ ކާކުކަން ޔަގީންވިއިރުގައި މާހިލްއިނީ ނޫރްކޮންމެވެސް ތަނަކުން ފެނުނުހެން ހީވެގެން އެކަމާއި ވިސްނާށެވެ. ނަމަވެސް މާހިލް ހަދާންވާ ގޮތެއްނުވިއެވެ.
“ހިނގާ ސައިބޯން ދަމާ…..ސަޔަށް ފަހު ދެންއިތުރަށް ވާހަކަ ކުރިއަށް ގެންދާނީ ދޯ…..”
ރިޔާޒް އަނިލްމެން ގޮވައިގެން މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ. ޝާމާ ނޫރްްއާއި އެކީގައި ދިޔައިރު ދަރިފުޅާއޭ ކިޔާ ވަރަށް ލޯބިން ނޫރްއާއި ވާހަކަ ދައްކަމުންދިޔައެވެ. ނޫރްވެސް ޝާމާއާއި ވާހަކަ ދައްކަމުންދިޔައީ ހިނިތުންވެލައިގެން ހުރެއެވެ. މިމަންޒަރު ފެނި ރިޔާޒްއާއި ނާހިދާ ވަރަށް އުފާވިއެވެ. ސައިބޯން ތިބި އިރުގައި އެކި ވާހަކަތައް ކުރިއަށް ދިޔައެވެ. ނަމަވެސް ނޫރް ގިނައިން އިނީ ހަމަހިމޭންކަން އިހްތިޔާރު ކޮއްގެންނެވެ. ސައިބޮއި ނިމުނު އިރުގައި ދެއާއިލާވެސް ވަނީ ބީރައްޓެހިކަން ކެޑި ރަހްމަތްތެރިވެފައެވެ.
“ގަސްދުގަ ދޯ ތިހެން ހެދުން އަޅައިގެން ތިއައީ؟…ބައްޕައަށް ނޫރްގެ ގޮތް ވަރަށް ރަގަނޅަށް އިނގެޔޭ….”
ރިޔާޒް ތަންވަޅު ބަލާފައި ނޫރްއާއި ސުވާލު ކޮއްލިއެވެ.
“އެނީވޭސް އިތުރަށް މިކަން ރުއިން ކުރަން ޓްރައި ނުކުރިއްޔާ ބައްޕަ ވަރަށް ރަނގަޅު….ނޫރްއަށް ވެސް އިނގޭނެ އެއީ ކިހާ ހިތްހެޔޮ ރަގަނޅު އާއިލާއެއް ކަން….ބައްޕަވެސް ދެން ނޫރްއަށް ދެރަގޮތެއް ވާކަށް ނޭދޭނެ ދޯ….މާހިލްއަކީ ވަރަށް ރަގަނޅުކުއްޖެއް…..ބައްޕަ ބުނާ ކަމެއް ދުވަހަކުވެސް ކޮއްދެންޔާ މިކައިވެނި ކޮއްދީ ދަރިފުޅާ….”
ޜިޔާޒް ނޫރްގެ ބޮލުގައި ފިރުމާލީ ނިކަންލޯބިންނެވެ. ނޫރްއެއްވެސް އެއްޗެކޭ ނުބުނެއެވެ. ދެއާއިލާ އެކި ވާހަކަތައް ކުރިއަށް ގެންދިޔައިރުގައި މާހިލްއާއި ނޫރްތިބީ ވަރަށް މަޑުމަޑުންނެވެ.
“މަންމާ ދޮންބެއާ ދޮންބެގެ ވާންއުޅޭ ފިއުޗާރ ވައިފްއާ ދެމީހުން އެކަނި ޓޯކް ކޮއްލަން ޗާންސެއް ދޭންވީނު….އައި މީން އެއީ ދޯ މެރީކުރަން އުޅޭ ދެމީހުންނަކީ….ދޭ ޝުޑް އެޓްލީިސްޓް ނޯ އީޗް އަދަރ….”
ނޫއުމާންއަށް ނީންދެވިގެން އެންމެ ފަހުން ބުނެލީ މާހިލްއަށް އެއްލޯމަރައިލަމުންނެވެ. މާހިލް ނޫރްއަށް ބަލާލިއިރުގައި ނޫރްއިނީ ދެލޯ ބޮޑުކޮއްލައިގެނެވެ. މާހިލް ކައިރިއަށް ހިނިއައީ ނޫރްއަބަދު ދެލޯބޮޑު ކޮއްލައިގެން އިންނާތީއެވެ. ނޫއުމާންއަކީ ސަކަ މިޖާޒެއްގެ އަނގަގަދަ ކުއްޖެކެވެ. ޖެއްސުމެއް ކޮއްނުލާ ހުރުމަކީ ނުއުމާންއަށް ވަރަށް އުދަނގޫކަމެކެވެ. އެއާ ހިލާފަށް ނަވީލްއަކީ މަޑުމައިތިރި މިޖާޒެއްގެ ކުއްޖެކެވެ.
“ތެދެކޭ އެބުނީ…..ދަރިފުޅުމެން ދާންވީނު ޓެރަސްއަށް ވާހަކަދައްކާ ހަދާލަން….”
ނުއުމާންގެ ހިޔާލަށް ތާއީދުކުރަމުން ރިޔާޒު ބުނެލިއެވެ.
“ނޫރް ދޭބަލަ މާހިލް ގޮވައިގެން މިގޭގެ ޓުއަރ އަކަށް…. ޓެރަސް އާ އެއްޗެހި ބަލާލަން….”
އަނިލްވެސް އިތުރުކޮއްލިއެވެ. އެހެންކަމުން ނޫރް މާހިލްއަށް ބަލާލަމުން ތެދުވީ އިތުރުއެހެން ގޮތެއްނެތީމައެވެ. މާހިލްވެސް ޖީބަށް އަތްޖަހައި ލަމުން ނޫރްއާއި އެކީގައި ދިއުމަށް ހިނގާގަތެވެ. ނޫރްގެ ފަސްފަހަތުން ހިނގަމުން ދިޔައިރުވެސް މާހިލް ވާހަކައެއް ނުދައްކައެވެ. ނޫރްވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޓެރަސްއަށް ދެވުމުން ނޫރްއެތަނުން ސޯފާއެއްގައި އިށީނުމުން މާހިލްވެސް ގޮސް އެތަނުން ސޯފާއެއްގައި އިށީނެވެ. ނޫރްއިނީ އިސްޖަހައިލައިގެންނެވެ. އެކަކުވެސް ވާހަކަ ނުދައްކާ ވަގުތުކޮޅެއް ހޭދަވެގެންދިޔައެވެ. ދެމީހުންވެސް ތިބީ ވާހަކަ ނުދައްކަން ހުވާ ކޮއްގެންފަދައެވެ.
“ދެން މިހެންތަ ދެމީހުން ތިބޭނީ އެއްވެސް ވާހަކައެއް ނުދައްކާ….ހެހެ….ނޫރް ކިހިނެއް؟….”
މާހިލްއެންމެ ފަހުން ގިނައިރުވެގެން ވާހަކަ ދައްކަންފެށިއެވެ. އެއީ ހަމަ އެހިތްގައިމު ރީތިއަޑެވެ. ނޫރް އިސްއުފުލާ ބަލާލިއިރުގައި މާހިލްއިނީ ހިނިތުންވެލައިގެންނެވެ. މާހިލް އިންނަނީ އަބަދު ހިނިތުންވެލައިގެންނޭ ނޫރްގެ ހިތައްއެރިއެވެ.
“ރަގަނޅު….”
ނޫރްބުނަން ނުބުނަން އިދެފައި ބުނެލިއެވެ.
“ކުރިންރޭގަ އެކްސިޑެންޓް ހިނގީ ނޫރްއާ ދޯ؟….ކުރިން އަހަރެން އިނީ ޝައްކެއްގެ މަތީގަ….އެކަމް މިހާރު ޔަގީންވެއްޖެ….އިޓް ވޯޒް ޔޫ….ވޮޒަންޓް އިޓް؟….އެރޭގަ އަނެއްކާ އަނިޔާއެއްވިތަ؟….ރުޅި އައިސްގެން އެއްވެސް އެއްޗެކޭ ނުބުނެ ދިޔައީ ވީއްޔަ….އެރޭގަ އެހާ ރުޅި އައިސްފައި ހުރީ ކީއްވެތަ؟..މޭއައި އާސްކް….”
ނޫރްއަނެއްކާވެސް ދެލޯބޮޑު ކޮއްލިއެވެ. ނޫރްއަށް އަނެއްކާވެސް ހިޔާލެއްއައެވެ. ނޫރް ނޫނެކޭ ނުބުނެ މާހިލްމިކައިވެންޔަށް ނޫނެކޭ ބުނެފިނަމަ ރިޔާޒްބުނާނެ އެއްޗެއް ނޯންނާނެ އޭ ނޫރްގެ ހިތަށްއެރިއެވެ. އެހެންވެ ނޫރްއެދުވަހު ވީގޮތް ކިޔާދޭންފެށިއެވެ. އަދި ބުރުގާއެޅީ މިއަދު ކަމާއި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ނަމަވެސް މުނާޒްގެ ވާހަކައާއި އެހެން ބައެއް ވާހަކަތައް ކިޔާނުދިނީ އެއީ މާ މުހިއްމު ވާހަކަ ތަކެއް ނޫންވީމައެވެ. ނޫރްގެ ބޭނުމަކީ ނޫރްގެ އުޅުންހުރިގޮތް އިނގި މާހިލް މިކައިވެންޔަށް އިންކާރުކުރުމެވެ. އެހެންވެ އެއްވެސް ޖެހުމެއްނެތި ހުރިހާ ވާހަކައެއް ކިޔާދިނީ ވަގުތުގެ ބޭނުންހިފަމުންނެވެ. ނޫރްގެ ވާހަކަތައް ނިމުމުން ކުޑައިރުކޮޅަކު އެކަކުވެސް ވާހަކަ ނުދައްކާ ހޭދަވެގެންދިޔައެވެ. ނޫރްއިނީ މާހިލް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
“މާޝަﷲ….. ބުރުގާއެޅީމަ ވަރަށް ފުރިހަމަ….”
މާހިލް ހިނިތުންވެލަމުން އެންމެ ފުރަތަމަ ބުނެލީ މިހެންނެވެ. ނޫރްގެ ވާހަކަ ތަކުން އެއްވެސް ބަދަލެއް މާހިލްއަށް އައި ހެނެއްހީއެއް ނުވެއެވެ.
“ނޫރްގެ ލައިފްގެ ހުރިހާ ވާހަކައެއް ކިޔާދިނީތީވެ ވަރަށް އުފާވެއްޖެ…..ދެން އެއްވެސް މިސްއަންޑަސްޓޭންޑިންއެއް ނީންނާނެ އެއްނުދޯ….އެކަމް އަހަރެން ދެކޭ ގޮތުގައި ޕާސްޓްއެހާ އިންޕޯޓެންޓްއެއް ނޫން….އަހަރެންގެ މަންމަ އެންމެ ދެކެންބޭނުންވާ އެއްދުވަަސްއެއީ އަހަރެން ކައިވެނި ކޮއްގެން ދަބި ދަރިއެއް ގެއަށް ގެންނާނެ ދުވަސް…މިއަދު ނޫރްއާއި ބައްދަލުވީމަ މަންމަވެސް އެހުރީ ވަރަށް އުފަލުން….އަދި ބައްޕަގެ ވަރަށް ބޮޑު އެދުމެއް މިކައިވެނި ވުންއެއީ…..”
މާހިލްވާހަކަ ކުރިއަށް ގެންދިޔައެވެ. މާހިލްގެ ދިރިއުޅުމުގެ ބައެއްވާހަލަ ތައްވެސް ކިޔާދެމުން ގެންދިޔައެވެ. ނޫރް އެންމެ ހައިރާންވީ މާހިލް އެއްވެސް ކުއްޖަކާ ރައްޓެހި ނުވާކަން އިނގުނީމައެވެ. ނޫރްއަށް މިހާތަނަށް ރައްޓެހި ވެވުނު ކުދިންގެ އަދަދެއްވެސް ބުނަން ނޭންގެއެވެ. އެކަމަކު މާހިލް ފިރިހެން ކުއްޖަކަށްވެހުރެ ހާދަ ތަފާތެވެ. މާހިލް ބޭނުންވަނީ މަންމަމެންގެ އެދުމުގެ މަތިން ނޫރްއާއި ކައިވެނި ކުރާށެވެ. މާހިލްގެ ހިޔާލު ހުރީ މިހެންކަމުގައި ވިއަސް ނޫރްގެ ހިޔާލު ހުރިގޮތެއްވެސް ބަލާލަންއެބަޖެހެއެވެ.
“އެހެންވީމަ ނޫރް ނިންމާ ބޭނުންވާ ގޮތެއް….އަހަރެން މިހުރީ ބައްޕަމެންގެ މި އެދުން ފުރިހަމަ ކޮއްދެން ތައްޔާރަށް…..މީގެ އޮތީ ދެން ނޫރްގެ އާބަސް ބުނުން….ސޯ ނޫރް އަހަންނާ އިންނާނަންތަ؟….”
މާހިލްގެ ފަހު ޖުމްލައާއި އެކު ނޫރްއަށް ދެލޯ ބޮޑު ކޮއްލަމުން އިސްއުފުލައި ބަލާލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.



haadha kurey
Maaka kury dho…sorry v bodah… part thah kuru v ma insha allah balaanan dhuwalakah part eh leweytho.. ?
Yah…thankolheh kuree..bt reethi mi part vx…?bt noor bunaanyy keekkey baa????? curious to know..aneh part vx avaha up kh dhechey..
Hehe jazakillah khairan ?
? reethi ekm haadha kureyy
Jazakillah khairan ?
Oh my god !!
V reethi mi bai.. ekm than kolhey kurii..
Jazakillah khairan ?
V furihama story. V kiyaalaa hiyyvy bt kurii thankolheh.
❤❤
Jazakillah khairan ?
Vyhaaves ahvahakan upload kondhen edhen.??
Lahba balaanan vey tho v haa wes awahaka
? reethi ekm haadha kureyy
Jazakillah khairan ?
Maahil ❤
Loabi kolheh ?
E dhemyhun honeymoon ah mirashah annan dhauvathu dhehchey nge ?
Thirasheh bunyma ehnu mahilmen fonuwan igayny… ?
waiting for todays part plx plx upload soon. so nice story
Jazakillah khairan ?
Jazakillah khairanv?
Waiting…. ?
Dhan in part ihnaane miharu ?
Aharen beynumehnun mahil aa ihnaakah ?
Dhan neendhe ehen v ma… ?
Haadha kurukoh liyefa ?
Ekam v salhi
Jazakillah khairan ?