Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް(ތިންވަނަބައި)

InaaSh Level 210 Stories100 Comments
October 4, 2018 2 Mins Read
16 Comments

“ނޫރް” މާހިލްއެނަށް ހިތާހިތުން އެނަން އެތައްފަހަރަކު ކިޔައިލިއެވެ. މާހިލް އުމުރުން ހަތާވީސް އަހަރު ވާންއުޅޭއިރުވެސް ޒަވާޖީ ހަޔާތެއް ނުފެށިފައި ހުރީ މާހިލް ބައްޕަގެ ވިޔަފާރިއާއި ހަވާލުވިފަހުން މާ ބުރަކޮށް އުޅެންޖެހުމުގެ ސަބަބުންނެވެ. އެހެންނޫނަސް މާހިލް ބޭނުންވަނީ ކުއްޖަކާ ރައްޓެހިވުމުގެ ބަދަލުގައި ސީދާ ކައިވެންޔަށްދާށެވެ. މާހިލްއަށް އެތައް އަންހެން ކުދިންނެއް ލޯބި ހުށައެޅިނަމަވެސް އެއްވެސް ކުއްޖަކާ އާބަސްނުބުނެއެވެ. ބައްޕަގެ އެދުމުގެ މަތިން މިކައިވެންޔަށް އާބަސް ބުނީ ބައްޕަގެ ނިންމުން ރަގަނޅުވާނެކަން އިނގޭތީއެވެ. ކުޑަ އިރުކޮޅެއްގެ ދަތުރަކަށްފަހު ކާރު ގޮސް އޭގެ މަންޒިލް ވައިލެޓް ގޭގެ ކުރިމަތީގައި މަޑުކޮއްލިއެވެ. އަނިލްގެ އާއިލާ ކާރުންފޭބި އިރުގައި ރިޔާޒްއާއި ނާހިދާ ތިބީ ގޭގެ ދޮރުމަތީގައި އެމީހުންގެ އިންތިޒާރުގައެވެ.
“އަނިލް ކިހިނެއް؟….”
ރިޔާޒްއައިސް އަނިލްގައި ބައްދާލަމުން ބުނެލިއިރުގައި އުފާވެފައިވާ ވަރު އަޑުންވެސް ހާމަވެގެން ދިޔައެވެ.
“الحمد لله….އެންމެންވެސް ރަގަނޅު….މިހިރީ އަހަރެން އަންހެނުން ޝާމާގެ ދައްތަ އާމިނަތު…..ޝާމާ އިނގެއެއްނު ދޯ ދެން ރިޔާއަށް ނުބުނެދިނަކަސް ވެސް…ހެހެ…ދެން މިތިބީ އަހަރެންގެ ތިންކުދިން ނަވީލް…ނުއުމާން….ދެން މިހިރީ މާހިލް….”
އަނިލްގެ އެ ކުޑަ އާއިލާ ރިޔާޒްމެނަށް ތައާރަފް ކޮއްލައިދިނެވެ. ރިޔާޒް އެންމެނާއި ސަލާމް ކޮއްލަމުން ގޮސް މާހިލްގައި ކުޑަކޮށް ބައްދާލަމުން ބުރަކާށިގައި ފިރުމާލިއެވެ. މާހިލްވެސް ރިޔާޒްއަަށް ހިނިތުންވެލިއެވެ.
“އޯއް….ވާއު….ވާންއުޅޭ ބަފާބެ ހާދަ ލޯތްބެކޭ ދޯއެވަނީ…..”
ނުއުމާން އެވަގުތުކޮޅުންވެސް މާހިލްއާއި ދިމާކޮއްލިއެވެ. މާހިލް ނުއުމާންގައި ވިކާގަންނަމުން ލޯއަޅައިލިއެވެ. ހުރިހާ މީހުންއެކީގައި އެގެއަށް ވަދެގެން ދިޔައީ އެކުއެކީގައެވެ. މާހިލްއެގެއަށް ނަޒަރު ހިންގާލިއެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަމުންދިޔައީ މުއްސަދިކަމާއި ތަނަވަސްކަމެވެ. އެންމެ ފަހުގެ ފަރުނީޗަރާއި އެއާއި ގުޅޭ ގޮތައް އިންޓީރިއަރ ހުރުމުން ވަރަށް ރީއްޗެވެ.
“އާދޭ….އިށީންދޭ…..ނާހީ ދޭބަލަ ނޫރްއަށް ގޮވާލަން ބުނޭ އެމީހުން އައިސް އެބަ ތިއްބޭ….”
“ދޮންތަ އެބަ އާދޭ….މަންމަ ނުދުރުވިއަސް ރަގަނޅުވާނެ…..އައްސަލާމުއަލައިކުމް….އަޅުނގަޑަށް ކިޔަނީ ރާއިން….އަޅުގަނޑު މީ ނޫރްގެ ކޮއްކޮ….”
ރާއިން އައިސްހިނިތުން ވެލައިފައި އިށީންނަމުން އަމިއްލައަށް ތައާރަފްވެލިއެވެ. ރާއިން ސިއްރު ސިއްރުން ރިޔާޒް ކައިރީގައި މާހިލްއަކީ ކޮބާތޯ އަހައިލީ އެތަނުގައި ޒުވާން ތިން ފިރިހެންކުދިން ތިބީމައެވެ. ރިޔާޒް މާހިލްއަކީ ކާކުކަން ބުނުމުން ރާއިން މާހިލްއާއި ދިމާއަށް ބަލައިލިއެވެ. މާހިލް ކަޅުކުލައިގެ އަތްދިގު ގަމީހެއް ލައިގެން އިންއިރު ގަމީހުގެ އަތްވަނީ ރީތި ވަރަކަށް އޮޅާލައިފައެވެ. ތިރިން ގަދަނޫ ކުލައެއްގެ ސްކްނީއެއް ލައިގެން އިންއިރުގައި ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ސްޓައިލެއް ޖައްސާލައިފައެވެ. ހަމުގެ ކުލައަލި އިރުގައި ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. މާހިލްގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ރާއިންވެސް މާހިލްއަށް ހިނިތުންވެލިއެވެ. ކޮޓަރީގައި ރީތިވާން ހުރި ނޫރްގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ނޫރް ރެޑީވެ ނިމުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލަމުން ތިރިއަށް ދިއުމަށް ހިނގާގަތެވެ. އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނޫރްއަންނަ ތަން ފެނުމުން އެންމެން އެދިމާއަށް ބަލާލިއެވެ. ނޫރް ފެނުމުން ރިޔާޒްއާއި ނާހިދާއަށް އެކަކު އަނެކަކާއި ދިމާއަށް ބަލާލެވުނު އިރުގައި ރާއިންއިނީ އަނގަހުޅުވިފައެވެ. އަބަދުވެސް ގަޔަށް ވަރަށް ބާރު އެއްޗެހިލައި ގަދަޔަށް މޭކަޕް ކޮއްފައި ހުންނަ ނޫރްއެހުރީ ގަޔަށް ވަރަށްދޫ އަތްދިގު ކަކުލާއި ހަމައަށްއަރާ ޓީޝާޓެއް ލައިގެންނެވެ. އަދި އެވަރުންނުވެގެން ޝޮއުލްއެއް އަޅައިފައިވާއިރު ބޮޑު ނަންބަރު އައިނެއްވެސް އަޅައިފައިވެއެވެ. އަދި އެއްވެސް ވަރަކަށް މޭކަޕްއެއް ނުކޮށް ހުރުމުން ވަރަށް ސާދާ ގޮތެއް ހުއްޓެވެ. ޝޮއުލް އަޅައަޅައިފައި ހުރުމުން އެވަށް މޫނާ ނިކަން ގުޅެއެވެ. ނޫރް އިސްޖަހައިލައިގެން އައިސް ސޯފާގައި އިށީންއިރުގައި ހުރީ ހިނިތުންވެލައިގެންނެވެ. ނޫރްހަމަ ގަސްދުގައި ގަޔަށް ވަރަށް ދޫއެއްޗެއްލައި އެއްވެސް މޭކަޕްއެއް ނުކޮަށްއައީ މާހިލް މިކައިވެންޔަށް އިންކާރުކުރޭތޯއެވެ. މިއޮށްފަދަ ޒަމާނުގައި އެންމެންވެސް ބޭނުންވާނީ ޒަމާނީ ފެށަން ކުއްޖެކޭ ނޫރްގެ ހިތަށްއެރިއެވެ. ނުއުމާން ނީންދެވިގެން މާހިލްގައި ކޮއްޓާލަމުން އެއްލޯމަރައިލިއެވެ. ރާއިން އަދިވެސް އިނީ އަނގަލައްޕާލަން ނޭންގިފައެވެ. ނޫރްހަމަ ގަސްދުގައި މާހިލް ކައިވެންޔަށް ނޫނެކޭ ބުނޭތޯ ލައިގެން އައި އެއްޗެހިކަން ރާއިންއަށް ރަގަނޅަށް އިނގެއެވެ. ނަމަވެސް ނޫރްއަށް ނޭންގުނު ކަމަކީ އެއްވެސް މޭކަޕްއެއް ނުކޮށް ކިތައްމެ ސާދާކޮށް ހުއްޓަސްވެސް ނޫރްގެ ރީތިކަމަށް އެއްވެސް ފަޑުކަމެއް ނާދެއެވެ. ޝާމާއަށް ނީންދެވިގެން އައިސް ނޫރްކައިރީގައި އިށިީންނަމުން ނޫރްގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ.
“މާޝަﷲ….ވަރަށް ފުރިހަމަ….ދަރިފުޅު ކިހިނެއްތަ؟….”
ޝާމާ ދަރިފުޅާއޭ މުހާތަބުކުރުމުން ނޫރް ކުޑަކޮށްލަދު ގަންނަގޮތްވިއެވެ.
“ރަގަނޅު…..”
ނޫރް ޝާމާއަށް ހިނިތުންވެލިއެވެ. ޝާމާ އަނެއްކާވެސް ނޫރްގެ ބޮލުގައި ފިރުމާލީ ނިކަން ލޯބިންނެވެ. ޝާމާގެ މިއަމަލުންވެސް ނޫރްއާދޭތެރޭގައި ރުހޭ މިންވަރު ހާމަވެގެން ދިޔައެވެ. ރިޔާޒް އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.
“އަނިލް މީ އަހަރެންގެ ދޮށީ ދަރިފުޅު ނޫރް……ނޫރް އޭނީ އިނގޭ މާހިލްއަކީ….”
ރިޔާޒް މިހެންބުނުމުން ނޫރް އިސްއުފުލާ ބަލާލިއިރުގައި މާހިލްވެސް އިނީ ނޫރްއަށް ބަލަހައްޓައިގެނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރުގައި އެއީ ކާކުކަން އިނގި ނޫރްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ދުވަހަކުވެސް މާފެއް ނެތް – 7

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 20

Next
October 4, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 20

Previews
October 4, 2018

ދުވަހަކުވެސް މާފެއް ނެތް – 7

16 Comments!

  1. InaaSh says:
    October 4, 2018 at 5:47 am

    Sorry mi bai varah varah kuru dho… so insha allah miadhu next part up kohlaanan… ?

  2. Reader? says:
    October 4, 2018 at 5:49 am

    Maa kury mi bai…. thankolheh dhigukoh genasdhyba next part… ?

    1. InaaSh says:
      October 4, 2018 at 10:38 am

      Sorry reader… next part up kohladheynan miadhu ehen ve ?

  3. Shine says:
    October 4, 2018 at 8:02 am

    Vrh salhi mi part vx…???kn iraku aneh part???waitin waitin?

    1. InaaSh says:
      October 4, 2018 at 1:18 pm

      Jazakillah khairan…? next part up wefa ihnaane mihaaru

  4. Min Holly says:
    October 4, 2018 at 11:32 am

    Haadha kurey

    1. InaaSh says:
      October 4, 2018 at 1:18 pm

      Sorry… kuru v ma dhan balaanan dhuwalakh part eh leweytho ?

  5. Erum says:
    October 4, 2018 at 11:46 am

    Kameh hingaalaba avahah.. ? Unmeedhakee dhn genesdhey part thah miah vuren dhigukoh genes dhinun ?

    1. InaaSh says:
      October 4, 2018 at 1:19 pm

      Kameh hingaalan dho.. ? part thah kuru v ma balaanan dhuwalalah part eh leweytho ?

  6. Jenna says:
    October 4, 2018 at 12:44 pm

    Yay can’t wait for next part?
    And maahil aa noor aa othee kon gulhumeba?

    1. InaaSh says:
      October 4, 2018 at 1:20 pm

      Next part miharu ihnaane ?

  7. Song joong-ki says:
    October 4, 2018 at 3:20 pm

    ? Awesome ekm haadha kureyy
    ? maahil

    1. InaaSh says:
      October 5, 2018 at 4:11 pm

      Jazakillah khairan ?

    2. InaaSh says:
      October 5, 2018 at 4:11 pm

      Jazakillah khairan

  8. Sihthifulhu says:
    October 4, 2018 at 4:51 pm

    Thi haa kurukoh liyanyaamun nuliyunyma v nu ?

    1. InaaSh says:
      October 5, 2018 at 4:12 pm

      Sorry sihthifulhu… dhan in bai dhigu waane insha allah ?

Comments are closed.

Next Episodeނޭދެން ވަކިވާކަށް (ހަތަރުވަނަބައި)←


All Right Reserved!