Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 23

Sh@_n@ Level 410 Stories100 Comments100 Login
October 17, 2018 5 Mins Read
18 Comments

” ދެން އަޅާނުލާ, އެކަންތަށް ނިމި, އާ ކަންތަކެއް ފެށުނީނު, އެެންމެފަހުން މިގޭގަ ހުންނަންވެސް ޖާގަ ލިބުނީ, ކިހާ މޮޅު އަހަރެންގެ އެކްޓިން” ފަޒީލް މިހެން ބުނުމުން ނަޢުހާ އެތަނުން ނުކުމެގެން ދިޔައެވެ. އޭރު ފަޒީލް އެއްޗެކޭ ކިޔަމުން ދިޔައެވެ. އެހެންނަމަވެސް އަޑު އިވޭ ކަމަށް ނަހަދާ ދިޔަގޮތަށް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. އޭރު ނަޢުހާ ކޮޓަރިއަށް ދަނިކޮށް ފަޒީލް ބުނި ބަސް ކަންފަތުގައި ގުގުމަމުން ދިޔައެވެ.

ސާރާ ގެއަށް ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަނެެވެ. އަދި މޫނު ފޮރުވައިގެން އޮވެ ރޯންފެށިއެވެ. ކުރެވުނު ކަންތަކުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެެވެ. ސާރާއަށް ސާރާގެ މަންމަ އައިކަން ނޭނގި އަމިއްލަ ނަފްސާ ޝަކުވާކުރީ ބަލާނުލާ އެވަރުގެ ކަމެއް ކުރެވުނީމައެވެ.
” ދަރިފުޅޫ ކިހިނެއްވީ, ކޮންތާކަށް ތަދުވަނީ, އޭ ބުނެބަލަ ދަރިފުޅާ” އާފިޔާ އައިގޮތަށް އައިސް ސާރާގެ ބޮލުގައި ފިރުމާލާ ސުވާލުކުރަންފެށީ ކަންބޮޑުވެގެން ހުރެއެވެ.

ސާރާ ތެދުވެ އާފިޔާގެ ގައިގަ ވަރަށް ބާރަށް ބައްދާގަތެވެ. ސާރާ ހިފަހައްޓާފައި ހުރިލެއް ބާރުކަމުން އާފިޔާއަށް ސާރާގެ އަތެއް ނައްޓުވައެއް ނުލެވުނެެވެ. އާފިޔާގެ ކަންބޮޑުވުން އިތުރުވީ ސާރާގެ ފަރާތުން ދުވަހަކުވެސް ފެނިފައި ނުވާ މަންޒަރެއް ފެންނަން ފެށުމުންނެވެ.

“ދަރިފުޅޫ, ކިހިނެއްތަ ވީ, މަންމަ ވަރަށް ހާސްވޭ އެބަ, މީހަކު އެއްޗެކޭ ބުނީތަ, މީހަކު ކަމެއް ކުރީތަ, ދަރިފުޅު ތިހެން ނަހަދާ, މަންމަ ވަރަށް ހާސްވޭ އެބަ” އާފިޔާ އޭރުވެސް މަސައްކަތް ކުރީ ސާރާ ނެގޭތޯއެވެ.

” މަންމާ އަހަރެން ވަރަށް ލޯބިވޭ އަރުޝް ދެކެ، ވަރަށް ބޮޑަށް ލޯބިވޭ, އެކަމް އަހަރެންނަށް ކުރެވުން ކަމަކުން އަރުޝް އަހަރެންދެކެ ރުޅިއައިސަ, އަހަރެން ބޭނުން މާފަށް އެދެން, މަންމާ އަރުޝް އެއީ ވަރަށް ރަނގަޅު މީހެކޭ, ކޮންމެ މީހަކުނަމަވެސް އެގޮތަށް ކަންތައް ވީމަ ރުޅި އަންނާނެ އެއްނު, މަންމާ އަހަރެން ކިހިނެއް ހަދާނީ, އަހަރެން ހާދަ ލޯބިވޭ އަރުޝްދެކެ, ލޯބިވުމަކީ ކުށަކަށް ވާނަމަ އަހަރެންނަށް އެކުއް ކުރެވިއްޖެ މަންމާ” ސާރާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ.

” ދަރިފުޅާ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ، އަރުޝްއޭ.. ކޮން އަރުޝްއެއް, އެއީ ހައްވައްތަމެން ގޭގައި އުޅޭ ކުއްޖާތަ، އަނެއްކާ އޭނަގެ މައިންބަފައިން ގަބޫލްތަ, ކޮންކަމަކާ އޭނަ ރުޅިއަންނަންވީ” އާފިޔާއަށް އެއްފަހަރާ އެތަށް ސުވާލެއް ކުރެވުނެވެ.

ސާރާ ހިތް ފުރޭވަރަށް ރޯލުމަށްފަހު އާފިޔާގެ ކޮނޑުން ބޯނެގުމަށްފަހު އެންމެ ފުރަތަމަ ދުވަހުންފެށިގެން މިއަދާ ހަމައަށް އަރުޝްގެ ވާހަކަ ކިޔާދިނެވެ.

” ދަރިފުޅާ, ލޯބިވުމަކީ ކުށެއް ނޫނޭ, ހީނުކުރާ މީހަކު ދެކެވެސް ލޯބި ވެވިދާނެ, ދެރައީ އެ ލޯބި ދަމަހައްޓަން ނޭނގޭތީ, މަންމައަށް ފެންނަ ގޮތުގަ އެއީ ވަރަށް ރަނގަޅު ކުއްޖެއް, މައްސަލައެއް ޖެހުނީމަ ވާހަކަ ދައްކައިގެން ހައްލު ކުރަންވާނެ, ދަރިފުޅުގެ އެއްވެސް ކަމަކަށް މަންމަ މަޖުބޫރެއް ނުކުރާނަން, އެކަމް މަންމަ ހިތަށް އަރަނީ އޭނަގެ އާއިލާ މީހުން ގަބޫލް ވާނެބާއޭ, އަހަރެމެން ވިސްނަންވާނެ އަހަރެމެންގެ ފެންވަރު, ތީ އެއްވެސް ވަރަކަށް ރޮއެ ވަރުގެ ކަމެއްނޫން, ދަރިފުޅުތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް, މަންމައަށް އެނގޭ ދަރިފުޅު ކޮންމެ ކަމަކާވެސް ކުރިމަތިލާނީ ވަރަށް ހިތްވަރާއެކުގަަކަން, ތީ މި މަންމަގެ ދަރިއެއްނު ދޯ” އާފިޔާ ސާރާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލަމުން ބުނެލިއެވެ.

” މަންމާ, މިއަދު އަހަރެންގެ ސިކުނޑިއަށް ވަރަށް ލުއި ވެއްޖެ, މިހާރުވެސް ހިތަށް އަރާ ކުރިން މަންމައަށް ހުރިހާ ކަމެއް ކިޔައި ދެވުން ނަމައޭ, ދެން އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން” ސާރާ އާފިޔާގެ ކޮނޑުގައި ބޯ އަޅާލީ އާފިޔާގެ ރުހުން އެގުޅުމަށް ލިބުމުން ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

” ކިހާ ދެރަކަމެއް, އަދިވެސް އަރުޝް އަންނާކަށް ނޫޅޭތަ, ކޯއްޗެއް ވެގެންތަ އަރުޝްއަށް ނާދެވިގެން އެ އުޅެނީ” އަރީޝާ ފޯނަށް ފިތަމުން ކުދި ކިޔަމުންދިޔައެވެ.

” އާނ އެހެންޏަ, މިހާރު ކޮން ދުވަހެއް, މި އަރުޝް މި އުޅެނީ ހައިފާގެ ކުރިމަތީ އަހަރެންގެ އަގު ވައްޓާލަން, އެންމެ ފަހަރަކުވެސް މަށާ ހަމައަށް އާދެބަލަ, ނުކެރޭނެ އެއްވެސް ތާކަށް ދާކަށް” އަރީޝާގެ ރުޅި ގަނޑު ފަހަރަކަށް ވުރެ ފަހަރެއް އަޑު ބާރުވަމުންދިޔައެވެ. އެ އަޑު ވަނީ މުޅި ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި ހަރުލާފައެވެ.

“އައްސަލާމް އަލައިކުމް” ސާރާ ސަލާން ގޮވިއަޑަށް ޝާމިން ބަލާލިއެވެ. އޭރު ސޯފާގައި ޝާމިން ޓީވީ ބަލަން އިނެެވެ.
” ކޮބާ، އަރޫ” ސާރާ ވަރަށް ސިއްރު ސިއްރުން އަރުޝް ކޮބާތޯ އަހާލިއެވެ.

” އެބަ އުޅޭ, ކޮޓަރީގަ, ޝާމިން މިހެން ބުނުމާއެކު ސާރާ އެހެންހޭ ކިޔާ ކޮޓަރިއަށް ވަނެވެ.

” ކަލޭ ކީއްކުރަން މި ކޮޓަރިއަށް ވަނީ؟ މީހަކަށް ފެނިދާނެ, ހަމަ މިހާރު ނުކުމޭ،” ނަޢުހާ ފުނާ އަޅަން ހުރުމަށްފަހު ކޮޓަރިއަށް ވަދެ ދޮރު ތަޅުލި ފަޒީލްއަށް ބުނެލިއެވެ.

” އައްދެ, މިހާރު އަހަރެންދެކެ ކީއްވެ ތިހާ ރުޅި އަންނަނީ, އަހަރެން އަދި އެއްވެސް ކަމެއް ނުކުރަމެއްނު ދޯ” މިހެން ބުނެ ނަޢުހާއާ ދިމާލަށް އަންނަމުން ދިޔައެވެ. ނަޢުހާ ފަހަރަކު ފިޔަވަޅެއް ފަހަތަށް އަޅަމުން ގޮސް އެންމެ ފަހުން ހުއްޓެން މަޖުބޫރުވީ ފާރުގައި މީހާ ޖެހުމުންނެވެ.ޖެހުމާއެކު އަތުގައި އޮތް ފުނާ ވެއްޓުނެވެ.

ފަޒީލް އައިސް ނަޢުހާގެ ނޭވާ އެޅޭހާ ކައިރީގައި މަޑުކޮއްލިއެވެެ. ނަޢުހާ ފަޒީލްގެ މޫނަށް ބަލާލީ ޝަކުވާގެ ބެލުމަކުންނެވެ. ފަޒީލްގެ ލޮލުން ނަޢުހާއަށް ފެންނަމުންދަނީ މަސްތުކަމެވެ. އެ ބެލުމުންވެސް ނަޢުހާގެ ހިއްސުތަކާ ކުޅެލާފިއެވެ.

ފަޒީލް މަޑުމަޑުން ފަޒީލްގެ އަތް ހިއްލާ ލާ ނަޢުހާގެ ކޯތާފަތުގައި އިނގިލިން ފިރުމާލިއެވެ.އަދި ނަޢުހާގެ ތުންފަތް މަތީގައި އިނގިލި ހާކާލިއެވެ. ނަޢުހާއަށް ބޭ އިހްތިޔާރުގައި ދެލޯ މަރާލެވުނީ އެކަމެއް އެދެވޭލެއް ބޮޑުކަމުންނެވެ. ފަޒީލް މަޑުމަޑުން ނަޢުހާގެ ގައިގަ ބައްދާލީ އޭނަގެ ބޭނުން ހާސިލްކުރުމަށް މަގުފަހި ކުރުމަށެވެ. ނަޢުހާވެސް ފަޒީލްގެ އެ އެދުމަށް އިޖާބަ ދިނުމަށް ފަޒީލްގެ އުނަގަނޑުގައި އަތް ވަށާލިއެވެ.

ނަޢުހާގެ ނޭވާ އަވަސްވަމުންގޮސް މާނޭވާ ލެވެެމުންދިއެވެ. ކުއްލިއަކަށް ނަޢުހާގެ ފޯނު ރިންގްވާތަން ފެނުމާއެކު ފަޒީލްގެ ގައިން ދޫކޮއްލުމަށްފަހު ފޯނު ކަންފަތުގައި ޖަހާ ހަލޯއޭ ބުނެލިއެވެ.
” ހައި ނަޢު, ކީއްކޮއްލަނީ” ޝާމިންގެ ސުުުވާލުން ނަޢުހާ ފަޒީލް އަށް ބަލާލިއެވެ. އޭރު ފަޒީލް އެނދުމަތީ އިށީނދެގެން އިނެވެ.
” މި މި… ކޮޓަރި ސާފު ކުރަނީ” ނަޢުހާ އަޅަ އަޅައިގަންނަމުން ބުނެލިއެވެ.
“އެހެންތަ, މާ ބިޒީ ގަޑިއެއް ދޯ, މިރޭ އަންނައްޗޭ” ޝާމިން ނަޢުހާއަށް އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ނަޢުހާ ފޯނަށް އައިސަ އިން މެސެޖެއް ބަލާން ހުއްޓާ ސިއްސައިގެން ދިޔައީ ފަޒީލް އައިސް ފަހަތުން ބައްދާލުމުންނެވެ.
“ފަޒީލް ދެން ކޮން ވައްތަރަކަށް ތި އުޅެނީ, މަންމަ އައިސްދާނެ, އެހެންނޫނަސް އަހަރެންގެ އިހްސާސްތަކާ ކުޅެން ނޫޅޭ” ނަޢުހާ ހިތުގައި ބިރުވެރި ކަމެއްވީ މީހަކަށް އެނގިދާނެތީއެވެ.

” ކާކުބާ ފުރަތަމަ މިކަމަށް އެދުނީ, އަހަރެން ދެކޮޅު ހެދީމާ ހަމަ ތި ނަޢުހާދޯ, އާދޭސްކުރީ ކާކު, ހަމަ ތި ނަޢުހާ, މިހާރު އަހަރެން އެކަމަށް ބޭނުން ވީމަ ކީއްވެ ނޫވާންވީ, ނަޢުހާ އެކަމަށް ބޭނުންވެގެން ކުރި މެސެޖްތަށް އެބަހުއްޓޭ، ފަޒީލް ނަޢުހާގެ ފުރަގަހުން ބައްދާލަމުން ބުނެލިއެވެ. ނަޢުހާގެ ހިތުގައި ބިރުވެރިކަމުގެ ރާގެއް ކުޅެލިއެވެ. ވަގުތުން ނަޢުހާ ރާގު ބަދަލު ކޮއްލިއެވެ. އަދި ކުރިމައްޗަށް އެނބުރި ފަޒީލްގެ ކޮނޑުގައި އަތް އަޅުވާލިއެވެ.

” އަހަރެން ނުބުނަންދޯ ތި ނޫން ވާހަކައެއް, އަހަރެންނަށް ތި ހުރިހާ ކަމެއްވެސް އެނގެޔޭ, ފަޒީލް ކޮއްލާ އެންމެ ކަމަކުން އަހަރެން ހަމައިން ނައްޓާކަން ފަޒީލްއަށް ހަމަ ރަނގަޅަަށް އެނގޭނެ, އަހަރެން އެގޮތަށް ބުނީ އަހަރެންގެ މައިންބަފައިންނަށް އެނގި ދާނެތީ, އަދި އަހަރެން ކުރަން މިއުޅެ ކަންތަކަށް ހުރަސް އެޅިދާނެތީ, އެހެންނޫނަސް ފަޒީލްގެ އެއްވެސް ހުށައެޅުމަށް އަަހަރެން ނޫނެކޭ ނުބުނާނަން” މިހެންބުނެ ފަޒީލް ކައިރިއަށް ދަމާލިއެވެ. އެހިނދު ދެމީހުން އެއް ހަށިގަނޑަކަށް ވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ދެމީހުން އެކަކު އަނެކަކު ކައިރިން އުފާ ހޯދަމުންދާއިރު ދެމީހުންގެ ހިތުގައި ބިރުގެ ކަންފުޅެއްވެސް ނެތެެވެ.

ސާރާ ކޮޓަރިއަށް ވަތް އިރު އަރުޝް އެނދުމަތީ ކަންފަތަށް ހެޑް ސެޓް ޖަހައިގެން އިނެވެ. ސާރާ އަރުޝް ކައިރިއަށް ހުއްޓިލުމުން އަރުޝް ސާރާއަށް ބަލާލުމަށްފަހު އަނެއްކާވެސް ފޯނަށް ނަޒަރެއް ދިނެވެ. ސާރާއައިސް އަރުޝްގެ ކަންފަތުގައި ޖަހާފައިވާ ހެޑް ސެޓް ނައްޓާލިއެވެ. އެއާއެކު އަރުޝް އެނދުމަތިން ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް އަރުޝްއަށް އިތުރަށް ފިޔަވަޅު އަޅާލަން ނޭނގުނީ ސާރާ އަރުޝްގެ ފުރަގަހުން ބައްދާފައި ހުރުމުންނެވެ.

” ސޮރީ އަރޫ, އެގޮތަށް ކަންތަށް ކުރެވުނީމަ, އަސްލު ވީ ގޮތަކީ ރޭގަ ފާޑެއްގެ ބިރުވެރި ހުވަފެނެއް ފެނުނީމަ، އެކަމާ ވިސްނަމުން އަންނަނިކޮށް އަރޫ އެގޮތަށް ހިފެހެއްޓީމަ އަހަރެންނަށް އެހެން ކަންތަށް ކުރެވުނީ, މާފް ލިބޭނީ ކިހިނެއް ހެދިއްޔާ, ބުނި ކަމެއް ކުރާނަން، ޕްލީޒް ރުޅިއައިސްގެން ވެސް ތިހެން މަޑުން ނުހުރޭ, އަރޫ ބޭނުން އަދަބެއް ދީ, އަހަރެން ގަބޫލްކުރާނަން” ސާރާގެ ވާހަކަތަކުން އަރުޝް ގާތަަށް ހިނި އައި ނަމަވެސް މޫނު މައްޗަށް ސީރިއަސް ކަމެއް ވެރިކޮއްލާ, ސާރާ ހުރި ފަރާތަށް އެނބުރުނެެވެ. އަރުޝްގެ މޫނުމަތީގައިވާ ސީރިއަސްކަން ފެނި ސާރާ އިސްޖަހާލިއެވެ.

“އަދަބު ދޯ, ހޫމް, ވަރަށް އަދަބު ބޭނުން ވެއެއްނު, އާދޭ މިކޮޅަށް” އަރުޝް އެހެން ބުނުމާއެކު ސާރާ އަރުޝްގެ މޫނަށް ސުުވާލުގެ ނަޒަރަކުން ބަލާލިއެވެ. އަރުޝް ސާރާ ގެނެސް އެނދުމަތީ ބޭންދުމަށްފަހު ސާރާގެ ކައިރީގައި އިށީނެވެ.

” ކުރަންވީ ކަމަކީ….. ” އަރުޝް އެހެން ބުނުމާއެކު ސާރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ.

” ކުރަންވީ ކަމަކީ އަހަރެން ބުނަންދެން އަހަރެންގެ ކޮލަށް ކިސްއެއް ދޭންވީ” އަރުޝް ހިނިއައިސްފައި ހުރެ ބުނުމުން ސާރާގެ ދެލޯ ބޮޑުވިއެވެ.
” ކިހިނެއްވީ, ބުނިންދޯ ބުނި ކަމެއް ކުރާނަމޭ, އަވަސް ކުރޭ” އަރުޝްގެ ވާހަކައިން ސާރާ ނުކެރޭނޭ ބުނެ ދާން ތެދުވިއެވެ.

އެހެންނަމަވެސް އަރުޝް ސާރާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
” ބުނި ކަންތަށް ނުކޮށެއް ނުކެރޭނެ ދާކަށް, މާފް ބޭނުމިއްޔާ އަވަސް ކުރޭ, ކައުންޓްކުރަނީ, އެކެއް” އަރުޝް އެހެން ބުނުމާއެކު ސާރާ އަރުޝްގެ ކޮލަށް ދޮނެއްދިނެެވެ. އަރުޝް ބުނަން އުޅުނު ބަސް ހުއްޓުނީ ސާރާ އަރުޝްގެ ކޮލަށް ދޮނެއް ދިނުމުންނެވެ. އޭރު ސާރާ ހުރީ ލަދުން ހަލާކުވާ ވަރުވެފަައެވެ. އެހެންނަމަވެސް ހުއްޓުމެއްނެތި ދެތިންފަހަރު ދޮނެއް ދިނުމަށްފަހު މިވަރުން ދެން ފުއްދާލާށޭ ބުނެ އަރުޝްގެ ގައިގެ ބައްދާލިއެވެ. އަރުޝްވެސް އުފަލުން ހުރެ މިވަރުން މާ ބޮޑަށް ވެސް ފުދިއްޖޭ ބުނެ ސާރާގެ ގައިގަ އަތް ވަށާލިއެވެ.

ދެގަޑި އިރަށް ދެމީހުންގެ ޖަޒްބާތުގެ ހުޅުގަނޑު ދެމިގެންދިޔައެވެ. ދެމީހުންވެސް ވަރުބަލިވެފައި ހުރުމާއެކު ޖައްސާލިއެވެ.
” ނަޢު ހާދަ ކުޅަދާނައޭ ދޯ” ފަޒީލްގެ ޖުމްލައިން ނަޢުހާ ކައިރިއަށް ހިނިއައެެވެ.

“އާނ, ކުޅަދާނަވާނެ, އެކަމް އަދި މިއުޅެނީ އެ ކުޅަދާނަ ކަމުގަ އެންމެ ބޭނުންވާ މީހާ ބަނދެނުލެވިގެން, އަދި ވާނެ, ދެން އެވާހަކަ ބާއްވާފަ މިތަނުން ދޭ” ނަޢުހާ ވާހަކަ ކުރުކޮއްލަމުން ބުނެލިއެވެ. އެވަގުތަކީ ދޮރުގައި މީހަކު ޓަކި ޖެހި ވަގުތެެވެ. ދެމީހުންނަށްވެސް އަކަކު އަނެކަކުގެ މޫނަށް ބަލާލީ ދެން ހަދަންވީ ގޮތް ނޭނގި ހުރެއެެވެ.
މަޑުކޮއްލާށޭ ބުނުމަށްފަހު ފަޒީލް ކައިރީ ފާހާނާއަށް ވަނުމަށް ބުނުމަށްފަހު ނަޢުހާ އަވަސް އަވަހަށް އެއްޗެހި ލިޔެވެ. އަދި ދުވެފަ ގޮސް ދޮރު ހުޅުވާލިއެވެ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

މިވާ ވަރު ބުނެދޭ ހިތްވޭ

Next

އެވްލީން… 1

Next
October 18, 2018

އެވްލީން… 1

Previews
October 17, 2018

މިވާ ވަރު ބުނެދޭ ހިތްވޭ

18 Comments!

  1. Cherry says:
    October 17, 2018 at 9:07 pm

    First ???

  2. Noor says:
    October 17, 2018 at 9:31 pm

    Thikahala mududhaaru amaluthah kuraa meehakah shaamin keekuran rangalhu ehves firihen kuhjaku nudheythi arush aa dhimaayah balaaliyaves nudheythi eiy only for saaraa yah

  3. Sh@_n@ says:
    October 17, 2018 at 9:38 pm

    Yes, cherry. ur first?❤❤?

  4. Unknown girlll.. says:
    October 17, 2018 at 9:39 pm

    Mashallah..v. reethi mi partves sis..luv ya ❤❤❤and keep up the good wrk..????.when nxt…???

  5. Sh@_n@ says:
    October 17, 2018 at 9:40 pm

    Hehehe.yess, Noor thibuny thedheh, ekaku vess dheyne kameh neiii??❤❤

  6. Naju says:
    October 17, 2018 at 9:43 pm

    Vvvvvvvvv rythi mihaaru mi story

  7. Reet says:
    October 17, 2018 at 9:47 pm

    Nadhaa ge nubaikan saraa aa hamaah nufoora falhaa aruvaala bala please

  8. Sh@_n@ says:
    October 17, 2018 at 10:55 pm

    Thank you so much unknown girlll. Luv u 2dear. Keep waiting ingey dear❤??

  9. Gud❤ says:
    October 20, 2018 at 8:33 am

    Wow.. vrh reethi. Mashallah.. curiously waiting for next part❤

  10. munni says:
    October 20, 2018 at 8:14 pm

    maasha allah
    v rythi story eh mi love it

  11. Ishaa says:
    October 21, 2018 at 11:41 am

    Konirukun tha up kuraany

  12. shiu says:
    October 22, 2018 at 10:18 pm

    Kn irakun thrr next part kiyaalan libeyny

  13. Sh@_n@ says:
    October 23, 2018 at 7:19 am

    Thank you so much naju❤??❤

  14. Sh@_n@ says:
    October 23, 2018 at 7:21 am

    Reet keiikohlaa, adhi thi hurihaa kameh vess vaane?❤❤?❤

  15. Sh@_n@ says:
    October 23, 2018 at 7:21 am

    Thank you so much gud❤

  16. Sh@_n@ says:
    October 23, 2018 at 7:22 am

    Thank you munni dear ❤?❤❤

  17. Sh@_n@ says:
    October 23, 2018 at 7:28 am

    Sry for late reply, aslu v gothaky data husvegen lass v next part up kurun, and readersge commentah reply
    nukurevuny ehnve ❤❤

  18. Sh@_n@ says:
    October 23, 2018 at 7:37 am

    So now Shana in naane up kuraane dhuvasthah kada alhafa, miadhu up kohfa dhen up kuraane day after tomorrowga. Ehdhuvahu up kurihyaa aneh dhuvas dhookohlaafa dhen up kuraaneee, egothah up vamun dhaany,

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 24←


All Right Reserved!