Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީ 4

Ninnu Level 210 Stories
October 18, 2018 5 Mins Read
6 Comments

ނިކަތް ގައިން ދޫކޮއްލި އަމްރު އަނެއްކާ މައްޗަށް އަރައިގެން ހިނގައްޖެއެވެ. އަޖައިބެއް ކަހަލަގެ ކަމެކެވެ. ލޯމަރާ ތަގުޅި ކޮއްލައިގެން އިން ނިކަތު އެންމެފަހުން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ގެއަށް ވަން ނިކަތު އެންމެ ފުރަތަމަ ބަލާލީ ސާރާ ފެނޭތޯއެވެ. ސާރާގެ ހަބަރެއް ނުވުމުން ދެން އޭނާ ސޯފާއަށް އަރައި ދެފައި ވައްކޮއްލައިފިއެވެ. ފައިލަށް ބަލަންއިން ނިކަތު ކުރިމައްޗަށް ބަލާލީ އެތަނުގައި މީހެއްގެ ހިލަމެއް ވުމުންނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެސްފިޔަ ޖަހާލަމުން ނިކަތު ތެދުވެ ގޭތެރެ ހޯދާލިއެވެ. ހަމަގައިމުވެސް އޭނާއަށް އެހެން ހީވާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ބޯހޫރާލަމުން ނިކަތު އައިސް އަނެއްކާވެސް އިށީނީ އެފައިލް ހިފައިގެންނެވެ.

ގެއަށް ވަން ނިޝާންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ސޯފާގައި ދެފައި މައްޗަށް ނަގައިގެންއިން ނިކަތްއެވެ. ބޮލުގައި އިން ތޮފި ނަގަމުން ނިޝާންއައިސް ނިކަތު ކައިރީގައި އިށީނދެފައި ގޮވާލައިފިއެވެ. ނިކަތް ފައިލް ދުރުގައި ބޭއްވުމަށްފަހު ބައްޕަ މޫނަށް ބަލާލިއެވެ. ނިޝާން ހީލަމުން ކޮން ފައިލެއްތޯ އަހާލިއެވެ.

“މީ އަޅުގަނޑުމެން ކުންފުނިން ޕާރޓްނަޝިޕް ހަދައިގެން އުޅޭ ބައެއްގެ އަތުން ހޯދި ކޭސްއެއް.. އައި މީން މީޓިން އަކުން…” ނިކަތް އެހެން ބުނަމުން ހީލިއެވެ. ނިޝާން އެފައިލްގެ އެތެރެ ބަލާލަން ގުދުވެލުމުން ނިކަތު ވަގުތުން އެ ލައްޕާލިއެވެ.

“ކޮންފިޑެންޝިއަލް…” އެހެން ބުނެފައި ނިކަތް ބަލާލި ދުރުން ވަދެގެން އައި ނާޒިންއާއި ސާރާއަށެވެ. ނާޒިން އަތުގައި ބޮޑު ދެތިން ކޮތަޅު އޮތްއިރު ކައިރީގައި ސާރާގެ ދައްތަގެ ދަރި ރުހާނީވެސް ހުއްޓެވެ. ނިކަތްއަށް ކުޑަކުޑަ އާރާ ފެނުމުން ވަގުތުން ދުވެފައި ގޮސް އުރާލައިފިއެވެ.

“ހައި ރޫހީ… މައި ބޭބީ…” އާރާ ނަގައި އުރުގައި ޖަހާލަމުން ނިކަތް ނިކުމެލީ ބޭރަށެވެ.

“ނިކޫ އައީ ކޮންއިރަކު” ރުހާނީވެސް ނިކަތުގައި ބައްދާލަމުން ވާހަކަ ފަށާލިއެވެ. ނިކަތު ދެތިން ފަހަރަކު ރަހުމާގެ ވާހަކަވެސް އަހާލިއެވެ. ރުހާނީ އާރާގޮވައިގެން ދިޔައީ ރޭގަނޑުގެ ކެއުން ނިންމާފައެވެ. ރުހާނީ ދިއުމުން ނިކަތު ނިކުމެލީ ބޭރަށެވެ. އޭރު އަމްރު އެހެން ރޭތަކެކޭވެސް އެއްގޮތަށް ބޭރުގައި މަޑުކޮއްލައިގެން ހުއްޓެވެ. ނަމަވެސް އޭނާގެ ލޯ ސީދާވެފައި ހުރީ ދުރުން ހިނގާފައި ދިޔަ އަންހެން ކުއްޖަކަށެވެ. ހީލާފައި ނިކަތު އެތެރެއަށްވަނީ ފިރިހެނުންގެ ފާޑު އެނގުމުންނެވެ.

ހެނދުނު ހެނދުނާއިހެން ރީތި ވެލައިގެން ބޭރަށް ނިކުތް ނިކަތް އެންމެ ފުރަތަމަވެސް ބޭނުންވީ ކޮފީއެކެވެ. ފިނިކޮށް ކޮފީއެއް ހަދައިގެން އައިސް މޭޒު ކައިރީގައި އިށީންނަމުން ނިކަތު ބަލާލީ އެހެން އެންމެން ކޮބައިތޯއެވެ. މިއަދުވެސް އަމްރުމެންގެ އޮފީހަށް ދާންޖެހިފައި އޮތުމުން އޭނާ އިނީ ފޫހި ވެފައެވެ. ދަބަހުގައި އޮތް އައިނު ނަގައި އަޅާލަމުން ތިރިއަށް ފައިބައިފައިއޮތް އިސްތަށިކޮޅު ރީތި ކޮއްލިއެވެ. އަދި ހުޅި ރީތި ކޮއްލަމުން ނިކަތު ބަލާލީ ދޮރުމަތިން ހިޔަންޏެއް ވިހެން ހީވުމުންނެވެ. ނިޝާން ވަދެގެން އައިތަން ފެނުމުން ހީލަމުން ނިކަތް ތެދުވިއެވެ. އަދި އަތުގައި އޮތް ފާންފޮތި ތަށީގައި ބާއްވަމުން ހީލައިފިއެވެ. ދެވަނަ ސިކުންތުގައި ނިކަތުގެ ނޭވާ ހިވީ ހަށީގައި ތާށި ވިހެންނެވެ. ދުރުން ޕޮލިސް ޔުނިފޯރމްގައި ވަދެގެން އައި އަމްރު ފެނުމުން ވަގުތުން ނިކަތްގެ ތަލީގެ ކުޅު ހިކިއްޖެއެވެ. ގަޔަށް ހިފިގައި ހުރި ޔުނިފޯރމްއާއި ބޮލުގައި އަޅާފައިވާ ތޮފިން އެމޫނުގެ ރީތިކަން ކުރިއަށްވުރެ ހަމަ ގައިމްވެސް ރީއްޗެވެ. އަމްރު ނިކަތްއަށް ވި ގޮތް ފެނުމުން ހީލިއެވެ. ވަގުތުމުން ނިކަތު ދެލޯ ބޮޑު ކޮއްލާފައި އަނެއްފާރަށް ބަލާލައިފިއެވެ.

އޭނާ ހީކޮއްގެން ހުރީ އަމްރުއަކީ އަމިއްލަ ކުންފުންޏެއް ހިންގާމީހެއް ކަމަށެވެ. ތެދެކެވެ. ނަމަވެސް ހަޤީޤަތަކީ އޭނާ ވަޒީފާ އަދާކުރާ ދާއިރާއަކީ ޕޮލިސް ކަމަށް ވުމުންނެވެ. ލޯ ފަރމްއަކީ އަމްރުގެ ބައްޕަގެ ތަނެކެވެ. އަމްރު އޮފް ދުވަސްދުވަހު އެތަނަށް ދިޔަކަމުގައި ވިއަސް އޭނާއަކީ ޕޮލިސް ލޯޔަރ އެކެވެ. ނިޝާން ދެމީހުންގެ މޫނަށް ބަލާލާފައި ހީލިއެވެ. ނަމަވެސް އެއްޗެކޭއެއް ނުބުނެއެވެ. ހަމަގައިމުވެސް ދެމީހުނަށް އެކަކު އަނެކަކު އިނގޭކަން އެނގެއެވެ.

“އެނގޭތަ؟..” ނިޝާން ދުރުގައި ކޮޅަށްހުރި އަމްރުއަށް ނިއްއަރުވާލަމުން ބުނެލިއެވެ. ބަދަލުގައި އަމްރުގެ ބުމަ ކައިރިވީއެވެ.

“ބައްޕަ ކައިރީގައި ބުނީމެއްނު… އެއްކަލަ…” ނިކަތް އަނެއްކާވެސް ކަރުކެހިލަމުން ދުރަށް ބަލާލީ އަމްރުގެ ނަޒަރު އޭނާގެ މުނަށް ހުރުމުންނެވެ.

“އަޅުގަނޑުމެންގެ ލޯ ފާރމްގަ ނިކަތްވެސް މަސައްކަތް ކުރަނީ.. އަނެއް ފަރމްގަ…” އަމްރު އެހެން ބުނަމުން ނިކަތްއަށް ބަލާލިއެވެ. އޭނާއަށް މީގެ ކުރިއަކުންނެއް ނިޝާންގެ އަންހެން ކުއްޖެއް ހުންނަ ކަމެއް ނޭނގެއެވެ. ނަމަވެސް އެނގުމުން އުފާވެސް ވިއެވެ.

“ނިކޫ މިއީ އަމްރު… ކުރިން އެނގުނަސް ބުނެލީ…” ނިޝާން އެހެން ބުނަމުން ނިކަތް ހިނގައިގަތީ ބޭރަށެވެ. އޭނާއަށް އެތަނުގައި ހުންނަން އުދަނގޫވަނީއެވެ. އަމްރު އޭނާއަށް ބަލާގޮތުން އޭނާ އުދަނގޫ ވަނީއެވެ. ބޮޑަށް ހަނދާންވަނީ މާމަ މަތިންނެވެ. އޭނާއަށް ކުރެވުނު ކަމެއް ނޭނގެއެވެ. ނަމަވެސް އެމީހުން އޭޏާދެކެ ރުޅިއަންނަކަން އެނގެއެވެ. ކުރެވުނު ކަމެއް ނޭނގުނު ނަމަވެސް ހަމަ ގައިމުވެސް އެމީހުން އޭނާދެކެ ރުޅިއާދެއެވެ.

ކާރާއި ހަމައަށް އައިސްފައި ނިކަތު ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި މައްޗަށް ބަލާލަމުން އޭނާގެ ލޮލުގައިވި އައިނު ނަގައި ބަނޑުގައި ހާކާލިއެވެ. ފަހަތުގައި މީހަކު ހުރިކަން ނޭމގިހުރެ އަނެއްކާވެސް  ނިކަތް އެހެން ހަދާލިއެވެ. އަދި ކާރުގެ ދޮރުފަތް ހުޅުވާލީ ތަންކޮޅެއް ބާރަށެވެ. ނަމަވެސް ދޮރުފަތް ފަހަތުގައި ހުރި އަމްރުގެ ފައިގައި ޖެހުނީ ތަންކޮޅެއް ބާރަށެވެ. ނިކަތް ވަގުތުން އަނގަމަތީ އަތް އަޅާލަމުން އަމްރުގެ ރުޅިވެރި މޫނަށް ބަލާލިއެވެ.

“އެހެން މީހުނަށް ބަލާލިއަސް ގޮތެއް ނުވާނެ…” އަމްރު އެހެން ބުނަމުން އަތުން ތަންކޮޅެއް ބާރަށް ދޮރުފަތުގައި ޖަހައި އެތެރެއަށް ކޮއްފާލިއެވެ.

“އަމްރުދޯ މިތަނުގަ ވަގަށް ހުންނަނީ…” މިފަހަރު ނިކަތްވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. މިމީހަކު އޭނާގެ އެއްވެސް ކުށެއް ނެތި އަބަދުހެން ހުންނަނީ އޭނާދެކެ ރުޅިއައިސްފައެވެ.

“އެހެންތަ..” އަމްރު ފިޔަވަޅެއް ކައިރިއަށް އަޅާލަމުން ބުމައަރުވާލިއެވެ. ނިކަތު ވަގުތުން ޖެހުނީ ކާރުގައެވެ. އޭނާ ތިރިއަށް ބަލާލީ އެވަގުތު އަމްރުގެ މޫނަށް ނުބަލާށެވެ. އެއީ އޭނާ ނުވެސް ދަންނަ މީހެކެވެ. ނަމަވެސް އޭނާއަށް ދުވަހަކުވެސް މިފަދަ ބިރެއް ނުނީ މިކަހަލަ އިހްސާސެއް އެހެން މީހެއްގެ ފަރާތަކުން ނުވެއެވެ.

“ނިކަތް ގޮވައިގެން ތަނަކަށް ދާން މިއައީ” ދުރަށް ޖެހިލަމުން އަމްރު އެހެން ބުނެލިއިރު އެމޫނުގައި ފިރިހެންވަންތަ ހިނިތުންވުމެއް ވިއެވެ.

“ކޮންތާކަށް…” ނިކަތް އަދިވެސް ހުރީ ތިރިއަށް ބަލާށެވެ. އަމްރު ދުރަށް ޖެހުމުން އޭނާ ވަގުތުން ފުން ނޭވާއެއް ދޫކޮއްލަމުން ބަލާލިއެވެ. އޭރު އަމްރު ހުރީ ތޮފި ނަގައިގެން ދުރަށް ބަލަހައްޓައިގެންނެވެ.

ނިކަތް ކާރަށް އަރައި ސްޓާޓް ކޮއްލީ އަމްރު ބުނި ތަނަކަށް ދާށެވެ. އަމްރު ދައްކާ ގޯޅި ތަކަށް އަޅަމުން ދިޔަ ނިކަތް ހައިރާންވީ ބްރިޖްއާއި ދިމާލަށް ދާށޭ ބުނުމުންނެވެ. އަމްރު ކިޔައިދިނީ ހުޅުމާލޭގައި އަންހެނަކާއި ބެހހި ވަރަށް ރަހުމް ކުޑަކޮށް މަރާލާފައި އޮތް ވާހަކައެވެ. އަދި ނިކަތް މިހާރު ކްރިމިނޯލިޖީ ކިޔަވަމުން ގެންދާތީ އެގެ ދައްކާލަން ބޭނުންވާކަމަށް ބުނެލިއެވެ. ފަހަރުގައި އެގެއިން އިތުރު މައުލޫމާތެއް ލިބިދާނެއެވެ. ބްރިޖް މަތިން ދުއްވާފައި ކާރު ދިޔައިރު ނިކަތު އިރުއޮރު ކޮޅާއި މޫދާއި ދިމާލަށް ބަލާލައެވެ. އޭނާ ގޮނޑިގައި ހަމަ ޖެހިލަމުން ފަހަތުގައި ފޯނާއި ކުޅެންއިން އަމްރުއަށް ބަލާލިއެވެ. އަދި މޫނު ހަދާލިއެވެ. ހީވަނީ ޑްރައިވަރެއްގެ މަޤާމް ނިކަތްއަށް ދީފައި ހުރިހެންނެވެ. ތުންފިއްތާލަމުން ނިކަތް ކުރިމައްޗަށް ބަލާލިއެވެ. ހުޅުމާލޭގައި ޕޮލިހުން ރީނދޫ ކުލައިގެ ޓޭޕް ދަމާފައިވާ ގެއެއް ކައިރިއަށް ކާރު ހުއްޓަމުން ނިކަތު ފަހަތަށް ބަލާލަމުން މިހޭ އަހައިލިއެވެ. އަމްރު ބޯ ޖަހާލަމުން ނިކުމެއްޖެއެވެ.

އެތެރެއަށް ވަދެގެން ދިޔަ ދެމީހުން ގޭގެ އެކި ސަރަހައްދައް ބަލާލިއެވެ. ދެބުރިއަށް ނަގާފައިވާ ގޭގެ އެކި ދިމަދިމާލުގައި ހުރީ އެއްޗެހިތައް އުކާލާފައެވެ. ހީވަނީ އެކަކު އަނެކަކަށް އެއްޗެހިތަށް އުކާފައިވާހެންނެވެ. ނިކަތް އެންމެ ބޮޑަށް ހައިރާންވީ ހުރިހާ އެއްޗެއް އުކާފައި ހުރިއިރުވެސް ބަދިގޭގެ ވަޅިތަށް ހުރި ތާނގައި ހުރުމުންނެވެ. އަދި ތެލިތަށިވެސް ހުރީ އެއެއްޗެހީގެ މަޤާމްގައެވެ.  އާންމު ގޮތެއްގައި ގިނަ މީހުން އައިސް ނަގާނީ ވަޅިއެވެ. މިމީހަކު މިގޭގެ މީހާ މަރައިލީ ކޯއްޗަކުން ތޯ ބަލާހިތުން ނިކަތު ކެއްމަދުވިއެވެ. އޭނާ ދެން ދިޔައީ ހިނގައިގަތީ މައްޗަށް ދާށެވެ. ނަމަވެސް ކުއްލިއަކަށް އަމްރު ލަތްކެއް ޖަހާލާފައު ގެނެސް ނިކަތު އޭނާގެ މޭގައި ޖައްސާލިއެވެ. ނިކަތުގެ ބުރަކަށި އައިސް ޖެހުނު އަމްރުގެ މެއަށް ކުޑަކޮށް ތަދުވެސް ވިއެވެ.

“ވަޓް އާރ ޔު ޑުއިން…” ނިކަތް ބުނަން އުޅުނު ބަސް ކަރުގައި ތާށުވީ އަމްރު އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އަމްރު ވަގުތުން ނިކަތު ގަދަކަމުން ކަހަލަ ގޮތަކަށް ގެނެސް ދުރުގައި ހުރި ބޮޑު ސޯފާތަކުގެ ފުރަގަހަށް ވަދެއް ޖެއެވެ. ސޯފާތަކާއި ފާރާ ދެމެދުގައިވި ތަންކޮޅެއް ވަދެ، ނިކަތް އޭނާއާއި ދިމާލަށް އަނބުރާލަމުން އަމްރު ބޯ ހޫރާލިއެވެ.

“މިގޭގައި އަހަރުމެން އެކަނި އެއްނޫން..” އަމްރު އެހެން ބުނީ ވަރަށް މަޑުން ކަމުގައިވިއަސް ހީވީ ބާރަށް ބުނިހެންނެވެ. ނިކަތްގެ ހިތް އެވަގުތު ހީވީ ހަށިގަނޑުން ބޭރަށް ފުންމާލައިފާނެ ހެންނެވެ. މުނި އުމުރުގައިވެސް އޭނާ އެހައި ބިރެއް ނުގަނެއެވެ.

“ކާކު؟”

“ޝުޝްޝް ނިކޫ…” ނިޝާން އެހެން ބުނި ހަނދާންވި އަމްރު ތުންފަތުގައި އިނގި ޖައްސާލަމުން ބޯހޫރާލިއެވެ. އެމަންޒަރު ފެނުނު ނިކަތު ވަގުތުން ހުއްޓުން އެރި ކަހަލައެވެ. ނޭނގޭ ފަދަ ބިރުވެރިކަމެއް އޭނާ ވަށާލިއެވެ.

“ޝުޝްޝް ރުކޫ…” އަންހެން އަޑަކުން އޭނާގެ ކަންފަތް ކައިރީގައި އެހެން ބުނިހެން ހީވެފައި ނިކަތު ކަނާތް ފަރާތަށް ބަލާލިއެވެ. މިވާނީ ކީއްހެއްޔެވެ. ހަމަގައިމުވެސް ދެންމެ އޭނާއަށް އަންހެން އަޑެއް އިވުނެވެ.

“ޝުޝްޝް ރުކޫ..” އަނެއްކާވެސް އެއަޑު އިވުނުހެން ހީވެގެން ނިކަތް ބަލާލިއެވެ. އަމްރުއަށް ކަމެއް ގޯސްވެއްޖެހެން ހީވުމުން ނިކަތްގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަނބުރާލިއެވެ. އަދި މަޑުމަޑުން ނިކަތް ހާސްވެފައިވާ މޫނު އޭނާއާއި ދިމާލަށް އަނބުރާލިއެވެ. ނިކަތައަށް ކޮންމެވެސް ކަމެއްޖެކަން އޭނާއަށް އިހްސާސް ކުރެވުނެވެ. އަމްރު ނިކަތު ގެނެސް އޭނާގެ މޭގައި ޖައްސާލަމުން ނިކަތުގެ އަނގަމަތިން އަތް ނައްޓާލިއެވެ. ނިކަތު ލޯމަރާލީ ސިޑިން މީހަކު ފައިބައިގެން އަންނަ އަޑު އިވުމުންނެވެ. އެންމެ މީހެއް ނުނޭވެ. ދެމީހުންގެ އަޑު އޭނާއަށް އިވުނެވެ. އަންހެނަކާއި ފިރިހެނެކެވެ.

ނިކަތް ބޮޑަށް އަމްރުގެ މޭގައި މޫނު ފޮރުވާލިއެވެ. އޭނާހުރީ ނޭވާވެސް ނުލައެވެ. ނޭވާލާންވެސް އޭނާ ބިރުގަތީ ކީއްވެކަމެއް ނޭނގެއެވެ. އެކަން އިހްސާސްވި އަމްރު އޭނާގެ އަތް ނިކަތްގެ ބުރަކަށީގައި އަތްޖައްސާލަމުން އޭނާއާއި ކައިރިކޮއްލިއެވެ. ނިކަތްއަށް އަމްރުގައިން ދުވި މީރުވަހުން އިތުރަށް ކައިރިވެވުނެވެ. ސިޑިން ފައިބައިގެން އައި ދެމީހުންގެ ފިޔަވަޅު ކައިރިވި ވަރަކަށް އަމްރުގެ ހިތްވެސް ދިޔައީ ތެޅެމުންނެވެ. ދެމީހުންނެއް ނޫނެނެ. ތިންމީހުންނެވެ. ހަމަގައިމުވެސް ބޮޑު ދެފިރިހެނުންނާއި ބޮޑު އަންހެނެކެވެ. އެކަކު އައިސް ސޯފާގައި އިށީނުމާއެކު ސޯފާތަންކޮޅެއް ފަހަތަށް ޖެހުނެވެ. އެދޭތެރެއަށް އިތުރަށް ތާށުވި އަމްރު ލޯމަރާލިއެވެ. މިވަގުތު ތިންމީހުންނާއި އޭނާ އެކަނި އެއްވަރު ނުވާނެކަން އެނގުމުން އަމްރު ހަދާނެ ގޮތެއް ނޭނގުނެވެ.

“ހައި ހޭޓް ދެޓް ބިޗް…” އަންހެން އަޑުގެ ވެރިޔާ އެހެން ބުނިއިރު އެއަޑު ގައިވި ރުޅިވެރިކަން ނިކަތްއަށް ނަގައި ގަނެވުނެވެ.

“އެކަމް ރަނގަޅު ކަމެއްތަ އަހަރުމެންނަށް މިކުރެވުނީ…” ދުރުން ފިރިހެން އަޑެއް އިވިގެން ދިއުމުން އަމްރު ބުމަ ކައިރި ކޮއްލިއެވެ. އޭނާ ދަންނަ އަޑެކޭ ހިތް ބުނީ ކީއްވެ ކަމެއް ނުވިސްނުނެވެ.

“ހެއި ހެއި.. އޭނާ މަރުވިއަސް ތި ދެމީހުން މަރުވެފައި އޮތްވައިވެސް ޔޫސް ކޮއްލެވިއްޖެ އެއްނު…” އެއަޑު އިވުނު ނިކަތްގެ ފައިން ވާގި ދޫވި ކަހަލައެވެ. އިންސާނުންގެ ސިފައިގައި ތިބި ހައިވާނުންނެވެ. މަރުވީ އަންހެނެއްކަން އެނގުނަސް ކިހިނެއް ކަމެއް ނޭނގެއެވެ.

“ހަބަރުތައް ބެލިންތަ… ގިނަމީހުން ހީކުރަނީ ރޭޕް ކުރީމައޭ އޭނާ މަރުވީ..”  އެހެން ފިރިހެނެއްގެ އަޑު އެތަނުން ގދެވަނައަށް ހުރިމީހާގެ އަޑި އިވިގެން ދިޔައެވެ.

“ހެހެހެހެ…. އަހަރެން ކޮންމެ ދުވަހަކުހެން ކާއެއްޗެއްސަށް ބްލީޗް އަޅަން… އެންޑް އިއްޔެދެން ތަންކޮޅެއް ގިނައިން ދެވުނީ… އޭނާއަށް ފާހަގަވީމަ އައި ހެޑް ނޯ ޗޮއިސް” އަންހެން މީހާ އެހެން ބުނަފައި ހީގަނެއްޖެއެވެ.

“ޕޯސްޓް މޯޓަމް ނުހަދާނެތަ؟” އެންމެ ފުރަތަމަ ވާހަކަ ދެއްކު ފިރިހެންމީހާގެ އަޑު ޖެހުމުން އަމރު އަނެއްކާވެސް ލޯ ކުޑަކޮއްލިއެވެ.

“އޭނާގެ އާއިލާ އެކަހަލަ ކަންތައް…”

‘ޕޮލިސް ކާރުގެ އަޑު…” އަނެއްކާވެސް ދަންނަ އަޑުއިވުމުން އަމްރު ލޯ ހަނިކޮއްލަމުން ލޯމަރާލައިގެން އަވަސްއަވަހާއި ނޭވާލާން އިން ނިކަތްގެ ބޮލުގައި ފިރުމާލިއެވެ. އެކަން އިހްސާސް ކުރެވުނު ނިކަތް ލޯހުޅުވާލަމުން އަމްރުގެ މޫނަށް ބަލާލިއެވެ. ޕޮލިހުންނަން އެތަނަށް އަންނަން އޮތީ ދިހައެއް ޖަހާއިރު  ކަމުގައިވިއަސް ކުރިން އައީ އަމްރުގެ މެސެޖްއަކަށެވެ. ނަމަވެސް އައިލެއް ތަންކޮޅެއް ލަހީއެވެ. ކާރުގެ ބަރުގޮން އިންޑިއާ މީހުން އިވޭވަރަށް ބާރުކޮއްގެން އައުމުން އެންމެނަށްވެސް އަޑު އިވޭނެއެވެ. ޕޮލިހުން އައިސް އެގެއަށް ވަނުމުން އަމްރު ތެދުވީ ނިކަތްވެސް ގޮވައިގެންނެވެ. އެމަންޒަރު ފެނުނު މީޒާން ދެލޯ ބޮޑު ކޮއްލަމުން ނުލަފާ ފާޑަކަށް ހީލައިފިއެވެ. ވަގުތުން އަމްރު ނިކަތުގެ ގައިން ދޫކޮއްލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 04

Next

ނޭދެން ވަކިވާކަށް (ބާރަވަނަބައި)

Next
October 19, 2018

ނޭދެން ވަކިވާކަށް (ބާރަވަނަބައި)

Previews
October 18, 2018

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 04

6 Comments!

  1. Anonymous says:
    October 18, 2018 at 11:48 pm

    First dho

  2. umm says:
    October 19, 2018 at 12:37 am

    Heyy waitt…!!! Meezaan ae amruge best buddy dhw… wat the!!!!

  3. Lotus says:
    October 19, 2018 at 8:18 am

    Dear writer
    If u r makin the story this interesting then pls upload soon… curiosity is killing me ????

  4. Zaa says:
    October 19, 2018 at 9:42 am

    Luv this story❤❤

  5. avyu says:
    October 19, 2018 at 2:01 pm

    ohh ruhy is back raadhu ves genacheyy

    1. My self says:
      October 19, 2018 at 11:39 pm

      Who’s roohee.. masha get nuvey mi vaahaka eh.. plx someone explain this in short

Comments are closed.


All Right Reserved!