Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 1

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 18, 2018 6 Mins Read
32 Comments

ހުޅުވިގެން ދިޔަ ދޮރާއި ދިމާއަށް އެވްލީންއަށް ބަލާލެވުނީ ކުއްލިޔަކަށެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ދެމީހުން ފެނުމާއެކު އެވްލީންގެ މޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ.

 

” ދޭ މިތަނުން….. ” އެވްލީން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަތުގައި އަޅުވާފައިވާ ޗެންޗޭނު ނެއްޓުމަށެވެ. އެވްލީން އެނައްޓަން ކުރަމުންދިޔަ މަސްއަކަތް އެއްގޮތަކަށްވެސް ކާމިޔާބު ވާގޮތެއް ނުވުމުން އެވްލީންގެ ރުޅި ދިޔައީ ގަދަ ވަމުންނެވެ. ” މީ އެވްލީން އަކީ…. މިހާރު 4 އަހަރު ވެދާނެ މިތަނަށް ގެނައިތާ…. ” ޑޮކްޓާރ ކާއިލް ވާހަކަދެއްކީ އޭނައާއެކު އެކޮޓަރިއަށް ވަން ޒުވާނާއާއެވެ. ކާއިލްގެ ޖުމްލަ އަޑުއިވުމާއެކު އެޒުވާނާ އެވްލީންއަށް ބަލައިލިއެވެ.

 

އެވްލީންގެ މައުސޫމް މޫނާއި ކަރުނުން ފުރިބާރުވެފައިވާ އެވްލީންގެ މުށިި ކުލައިގެ ލޯ ފެނުމާއެކު ނޭނގޭ ރިހުމެއް އެޒުވާނާގެ ހިތުގައި އުފެދުނެވެ. އެކަރުނުން ފުރިފައިވާ ދެލޮލުން އެޒުވާނާއަށް ވަރަށް ގިނަ ކަންތައްތައް ކިޔައިދިނެވެ. ހިކިއަނަރޫފަ ވެފައިވީނަމަވެސް އެވްލީންގެ ރީތި ސޫރަ އެޒުވާނާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އެވްލީންގެ އިސްތަށިގަނޑުގެ ބޮޑުބައެއް ބިންމައްޗަށް ފެތުރިފައިވާއިރު ވަރަށްވެސް ހިތްގައިމެވެ. އެޒުވާނާ އެވްލީންގެ މޫނަށް ފުންނަޒަރެއް ހިންގައިލިއެވެ. ގިނަ ދުވަސް ވަންދެން ބަލިވެ އުޅުމުގެ ސަބަބުން އެވްލީންގެ ދެލޯކައިރި ވަނީ ކަޅުވެފައެވެ.

 

” އަހަންނަކަށް ހިޔެއްނުވޭ އެވްލީން ރަނގަޅު ވާނެހެނެއް…. އެވްލީންގެ އާއިލާ މީހުން އެވްލީންއަށް ފަރުވާހޯދަން ނުދާ ޤައުމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ…. އެކަމަކުވެސް އެއްވެސް އަލިމަގެއް ނުފެނުނު…. ހުރިހާ ޑޮކްޓަރުންވެސް ވަނީ ރަނގަޅުވާނެ ކަމުގެ އުންމީދު ކަނޑާލާފައި….. ” ކާއިލް އެވްލީންގެ މެޑިކަލް ރިޕޯޓް އެޒުވާނާ އަތަށްދިނެވެ. ” އުންމީދު ކަނޑާލާކަށް ނުވާނެ…. އިރާދަކުރެއްވިއްޔާ އެވްލީން ރަނގަޅުވެދާނެ…. ” އެވްލީންގެ މެޑިކަލް ރިޕޯޓް ބަލައިލަމުން އެޒުވާނާ ވާހަކަ ދައްކަން ފެއްޓިއެވެ. އެޒުވާނާގެ އަޑު ކަންފަތުގައި ޖެހުމާއެކު އެވްލީންއަށް ހީވީ ކަރަންޓް ޝޮކެއް ލިބުނުހެންނެވެ. ވަގުތުން އެދެލޯ ބޮޑުވެގެން ދިޔައެވެ. އެވްލީންގެ މޫނަށް ބަސްބުނާހާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދާތިކިތައް ވެރިވެގެން ދިޔައެވެ. އެއަޑަކީ އޭނައަށް އަޑު އިވިފައިވާ އަޑެކެވެ. ނަމަވެސް އެއަޑު އިވުނީ ކޮންތަނަކުން ބާވައޭ އެވްލީންގެ ހިތުގައި ސުވާލު އުފެދުނެވެ. ސިކުނިޑިއަށް ބާރުލާފާއި ވިސްނަން އުޅުމުންވެސް އެއަޑު އިވުނުތަނެއް އެއްގޮތަކަށްވެސް ހަނދާނަށް ނައެވެ. އެވްލީން އެޒުވާނާއަށް ބަލައިލީ ހައިރާން ކަމާއެކުއެވެ.

 

” އަހަރެން ދަނީ… ” ކާއިލް އެވްލީންއަށް ބަލައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ކާއިލް ދިއުމާއެކު މަޑު ފިޔަވަޅުތަކެއްގައި އެޒުވާނާ އެވްލީންއާއި ދިމާއަށް ހިނގައިގަތެވެ. އެޒުވާނާ ކުރިއަށް ދާން ނަގަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އެވްލީންގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އެޒުވާނާ އެވްލީންއާއި އަރާ ހަމަވުމާއެކު އެވްލީންއަށް ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. އެއީ މީގެކުރިން އޭނައަށް ފެނިފައިވާ މީހެއްގެ ސޫރައާއި ވަރަށް ވައްތަރު ސޫރައެކެވެ. ހަމަ އެ ކަސްރަތީ ހަށިގަނޑާއި އެފިރިހެންވަންތަ ހިނގުމެވެ. އެވްލީންގެ ހަނދާން ބަލިކަމުން އެއްވެސް ކަމެއް ހަނދާނަށް އަންނަގޮތެއް ނުވިއެވެ. އެޒުވާނާގެ މޫނު ކައިރިން ފެނުމާއެކު އެވްލީން ބޮލުގައި އަތްއަޅާލަމުން ހަޅޭއްލަވައިގަތެވެ. އެވްލީންގެ ހަރަކާތްތައް ހުރިގޮތުން އެވްލީންއަކީ ނަފްސާނީގޮތުން ބޮޑުގެއްލުމެއް ލިބިފައިވާ ކުއްޖެއްކަން އޭނަ ދަނެގަތެވެ.

 

” އަހަންނަށް ކިޔަނީ ޒަވީން… ” އެޒުވާނާ އެވްލީން ކައިރީގައި އިށީންނަމުން ބުންޏެވެ. އެވްލީން ޒަވީންއާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ޒަވީންގެ އަޅި ކުލައިގެ ލޯ ފެނުމާއެކު އެވްލީން ސިހިފައި ފަހަތަށް ޖެހިލިއެވެ. އެވްލީންގެ ކޮންމެ ހަރަކާތަކުން ޒަވީންއަށް ޖަވާބު ނުލިބޭ ސުވާލުތަކަށް ބޮޅެއް އިތުރުވެގެން ދެއެވެ. ” އެވްލީން…. ” ޒަވީން އެވްލީންގެ އަތުގައި ހިފުމާއެކު އެވްލީންއަށް ހީވީ އޭނަގެ ނޭވާ އެތެރެހަށީގައި ތާށިވީހެންނެވެ. މުޅިމީހާ ފިނިވެގެން ދިޔައެވެ. އެވްލީން ޒަވީންއާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެވްލީންގެ ލޮލުގައި ވިދަމުންދިޔަ ރިހުންތަކުން ޒަވީންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޒަވީންގެ ހިތުގައި އެވްލީން އަށްޓަކައި ހަމްދަރުދީ އުފެދުނެވެ.

 

އެވްލީން ޒަވީންގެ އަޅިކުލައިގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު މީގެކުރިން ފެނުނު ބިރުވެރިކަމެއް އެމޫނަކުން ފެންނަން ނެތެވެ. ޒަވީންގެ ދެލޮލުން އެވްލީންއަށް ފެނުނީ ހިމާޔަތާއި އަޅާލުމެވެ. އެވްލީންގެ ދެލޮލުން ކަރުނަ ފައިބައިގަތީ ކުއްލިޔަކަށެވެ. ޒަވީން އަވަސް އަވަހަށް އެވްލީންގެ ލޮލުން ވެއްޓުނު ކަރުނަ ތިކިތައް ފޮހެލަމުން ބޮލުގެ އިޝާރާތުން ނުރޮއި ހުއްޓާލުމަށް އެދުނެވެ. ޒަވީންގެ އެއަމަލުން އެވްލީންއަށް އެތަކެއް މާނަތަކެއް ދޭހަވެގެން ދިޔައެވެ. އޭނަގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ޝިފާއެއް ލިބުނުހެންވެސް ހީވިއެވެ. ” އަހަރެންގެ އަތް…. ” އެވްލީން އޭނާގެ އަތުގައި އަޅުވާފައިވާ ޗޭނަށް އިޝާރާތް ކޮށްލިއެވެ. ޒަވީން އެވްލީންގެ އަތުގައި އަޅުވާފައިވާ ޗޭނު ނައްޓާލުމާއެކު އެވްލީން އެޗޭނު އަޅުވާފައިވާ ތަނުގައި ފިރުމާލިއެވެ. އެތަންވަނީ ދުޅަވެ ފާރުވެފައެވެ.

 

” ކީއްތިކުރީ މިހާރު…. ޑޮކްޓާރ ޒަވީންއަށް ނޭނގެނީތަ ތީ މަނާކަމެއްކަން….. އެވްލީންއަކީ މޮޔައެއް…. އޭނަ ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ….. ” އެވްލީންއާއި ޒަވީން ސިއްސައިގެން ދިޔައީ އަންހެނެއްގެ އަޑަށެވެ. ޒަވީންއާއި އެވްލީންއަށް އެކީ އެއްފަހަރާ އެއަޑުއައި ދިމާއަށް ބަލައިލެވުނެވެ. އޭރު މެންޓަލް އެސައިލަމް ހިންގެވުމާ ހަވާލުވެގެން ހުންނެވި ފިޒާޔާ ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ. ފިޒާޔާ ފެނުމާއެކު އެވްލީންގެ މޫނަށް ވެރިވެގެންދިޔަ ބިރުވެރިކަން ޒަވީންއަށް ސިއްރެއްނުވިއެވެ. ފިޒާޔާ ފެނުމާއެކު އެވްލީން އެހާބިރުން އުޅޭނީ ކަމެއް ގޯސްވެގެންކަން ޒަވީންއަށް ވަގުތުން ނަގައިގަނެވުނެވެ. އޭނަ އެވްލީންއަށް ފަރުވާކުރަން އުޅުމުންވެސް އެކަން ހުއްޓުވަން ފިޒާޔާކުރި މަސައްކަތް ޒަވީންއަށް އިނގެއެވެ. ބޭއިހްތިޔާރުގައި އެވްލީންއަށް ޒަވީންގެ އަތުގައި ހިފާލެވުނެވެ. އެވްލީން ހިފަހެއްޓިލެއް ބާރުކަމުން ޒަވީންއަށް ތަދުވިއެވެ. ” ނިކުމޭ މިތަނުން…. މިބުނީނު ނިކުންނާށޭ… ” އެވްލީންގެ އަޑު ބޭރުވެގެންއައީ ވަރަށް ވަރުންނެވެ. އެއަޑުގައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން އެކުލެވިގެންވިއެވެ.

 

” ޒަވީން މިތަނުންދޭ… މީނަ މައިތިރި ކުރަން ދެންޖެހޭނޭނީ އިންޖެކްޝަނެއް ޖަހަން…. ” ފިޒާޔާ ނަރުހަކަށް ގޮވައިލިއެވެ. ” މޭމް އަހަރެންގެ މަސައްކަތަށް ހުރަސް ތިއަޅަނީ… ޕޭޝަންޓަށް ފަރުވާދިނުމުގެ ހުއްދަ އަހަރެން އޮތީ ހޯދާފައި…. މޭމް ތިގޮތަށް ކަންތައް ކުރުމުން އެވްލީން އަކަށް އެކަށީގެންވާ ފަރުވާއެއް ނުދެވޭނެ…. ” ޒަވީން ފިޒާޔާއާ ކުރިމަތިލިއެވެ. ފިޒާޔާ ޒަވީންގެ މޫނަށް ބަލައިލުމަށްފަހު އެވްލީންއާއި ދިމާއަށް އިންޒާރުގެ ނަޒަރަކުން ބަލައިލުމަށްފަހު އެތަނުންދާން ހިނގައިގަތެވެ.

 

” އެނުލަފާ މީހާ… އަހަރެންގެ ގަޔަށް ކޮންމެ ދުވަހަކު ހަ ފަހަރު ކަށިހަރަނީ…. ” ފިޒާޔާ ނިކުމެގެން ދިއުމާއެކު އެވްލީން ވާހަކަ ދައްކަން ފެއްޓިއެވެ. ” އެވްލީން ހަމަޖެހިބަލަ ދެން އެވްލީންގެ ގަޔަށް ކަށި ނަހަރާނެޔޭ…. ” ޒަވީން އެވްލީންގެ މޫނުގައި ހިފަހައްޓާލިއެވެ. ޒަވީންގެ ޖުމްލަ އަޑުއިވުމާއެކު އެވްލީން ޒަވީންގެ ގައިގައި ބައްދާލިއެވެ. ޒަވީންގެ ފަރާތުން ފެންނަމުން ދިޔަ ހިތްހެޔޮކަމުގެ ސަބަބުން އެވްލީންއަށް ކުޑަވަރެއްގެ ބަދަލެއް އަންނަމުން ދިޔައެވެ.

 

ޒަވީން އެވްލީންއާއި ކުޑަ އިރުކޮޅެއް ވަންދެން ވާހަކަ ދައްކާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޒަވީން ނިކުމެގެންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުރި އެވްލީންގެ ދެލޯ ކަރުނުން ފުރިބާރުވެގެން ދިޔައެވެ. ޒަވީން ކަލަހަ ހިތްހެޔޮ މީހަކު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެހިތުގައި އޮތީކަމަށްވެސް ވެދާނެއެވެ. ޒަވީން ނިކުމެގެން ދަމުން ދިޔައީ އެވްލީންއަށް ކޮޓަރިން ބޭރަށް ނުނިކުމެވޭނެ ގޮތަށް ބޭރުން ދޮރުގައި އަޅުވަންޖެހޭ ތަންޑު އަޅުވާލާފައެވެ.

 

އެވްލީން ކޮޓަރީގައިވާ ކުޑަދޮރު ހުޅުވާލުމަށްފަހު ކުޑަދޮރުގައި ހަރުކޮށްފައިވާ ދަގަނޑު ތަކެއްގައި ހިފަހައްޓާލިއެވެ. އެވްލީންގެ ކޮޓަރި ހުންނަނީ މޫދާއި ކައިރި ހިސާބެއްގައި ކަމުން ވަރަށް ރީތިކޮށް މޫދު ފެންނަމުން ދިޔައެވެ. މަޑުމަޑުން ރާޅުތައް ދޮންވެލި ގަނޑަށް ބޮސްދީފައިދާ މަންޒަރު ބަލަން އިން އެވްލީން ސިހުނީ މީހަކު އޭނާގެ އަތުގައި ހިފުމަށްފަހު އިންޖަކްޝަނެއް ޖެހުމާއެކުއެވެ. މޫނުމައްޗަށް އެނބުރުން އަރައިގެން ވެއްޓެން ދިޔަ އެވްލީންއަށް ފަސްއެނބުރި ބަލައިލެވުނުއިރު ފިޒާޔާ ފާޑަށް ހިނިތުންވެލާފާއި އެވްލީންއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

 

” ކަލޭ ހީކުރީދޯ އޭނައަށް ކަލޭ ރަނގަޅު ކުރެވޭނެކަމަށް ؟ މަމިތާ ހުރިހާ ހިނދަކު ކަލޭ ރަނގަޅު ވިޔަކަ ނުދޭނަން…. ” ފިޒާޔާ އޭނާގެ އަތުގައި އޮތް އިންޖެކްޝަން ކުޑަދޮރުން ބޭރަށް އުކާލިއެވެ. އޭރު އެވްލީންއޮތީ ބިންމައްޗަށް ދެމިފައެވެ. ފިޒާޔާ އެވްލީން ދަމަމުންގޮސް ޗޭނާއި ކައިރިވުމާއެކު އެވްލީންގެ އަތުގައި ޗޭނު އަޅުވާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.

 

* * *

 

އުޑުގައި ވިދާބަބުޅަމުން ދިޔަ ތަރިތަކުގެ އަލިކަން ފަނޑު ކޮށްލާފައިވަނީ އުޑުގައި ދަތުރު ކުރަމުންދިޔަ ސާދަވިލޭރޭގެ ހަނދުގެ ސަބަބުންނެވެ. ހަނދުގެ ރިހި އަލި މުޅިތަނަށް ފެތުރިފައި ވުމާއެކު ފެންނަނީ ވަރަށްވެސް ހިތްގައިމު ގޮތަކަށެވެ. ޒަވީން އޭނާއަށް ހާއްސަ ކުރެވިފައިވާ ކެބިންގައިވާ ސޯފާއެއްގައި އިށީންދެލައިގެން އިނދެ އެވްލީންގެ މެޑިކަލް ރިޕޯޓް ކިޔަމުން ދިޔައެވެ.

 

” އެވްލީން ކަމެއްނުކުރޭތަ މިއަދު ؟ އޭނަ މީހަކު ފެންނައިރަށް ހަޅޭއްލަވައި ހީވާނީ އެހެންފަދަ ކަމެއްހެން… އަހަރެން ބިރުގަނޭ އެކޮޓަރިއަށް ވަންނަން….. ” ޒަވީންގެ ކެބިންއަށް ވަދެގެންއައި ކާއިލް ސޯފާގައި އިށީނެވެ.

 

” އެވްލީން ވަރަށް ރަނގަޅު… ވަރަށް އެކުވެރިކޮށް އުޅުނީ…. އެކަމަކު ފިޒާޔާ މޭމް ފެނުނީމަ ކުޑަކޮށް ސަކަރާތްވެފައި ހުރީ…. ” ޒަވީން ރިޕޯޓް ސޯފާ ކުރިމަތީގައި ބަހައްޓާފައިހުރި ބިއްލޫރި މޭޒުމަތީގައި ބޭއްވިއެވެ. ” އަހަންނަށް ވެސް ފާހަނގަވާ ކަމެއްތީ … ” ކާއިލް ބުންޏެވެ. ޒަވީން ކާއިލްއާ ދިމާއަށް ބަލައިލުމަށްފަހު ބޭރަށްދާން ހިނގައިގަތެވެ. ޒަވީންގެ ހިތުގައި އެތަށް ސުވާލެއް ފުނިޖެހެމުން ދިޔައެވެ. މިއަދު އެވްލީން އެދެއްކީ ކޮން އިންޖެކްޝަނެއްގެ ވާހަކަ ހެއްޔެވެ ؟ ހޭނައްތަން ޖަހާ އިންޖެންޝަން ދުވާލަކު އެތައްފަހަރަކު ނުޖަހާނެއެވެ. ޒަވީންގެ ހިތުގައި ފިޒާޔާމެދު ޝައްކު އުފެދެމުން ދިޔައެވެ.

 

* * *

 

އައުދުވަހަކަށް ސަނާކިޔަމުން އިރުގެ ދޯދިތައް ދުނިޔެ މައްޗަށް ފެތުރިގެން ދިޔައެވެ. ކަނޑުގެ ލޮނުގަނޑަށް އިރުގެ ދަޅަތައް އެޅިފައިވުމާއެކު ހީވަނީ މުޅި ކަނޑަށް އޮރެންޖް ސައިލެއް ފަތުރާލާފައި ވާހެންނެވެ. އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ބާނީތަކުގެ ސަބަބުންނެވެ. މަޑުމަޑުން ދަތުރު ކުރަމުން ދިޔަ އޮރެންޖް ކުލައިގެ ވިލާތަކުން އުޑުމަތިވަނީ ބަރާވެފައެވެ. މެދުނުކެނޑި އިވެމުންދިޔަ ރާޅުގެ ރުލި މިޔުޒިކީއަޑު ވަނީ ފަޒާގައި ހަރުލާފައެވެ. ފަތިހަށް ފޮޅިފައިވާ މާތަކުގައިވާ ޝަބްނަމް ތިކިތަކަށް އިރުގެ ދަޅައެޅި ފައިވުމާއެކު ޝަބްނަމް ތިކިތައް ވިދަމުންދިޔައެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅިތަކުގެ ސަބަބުން ޝަބްނަމް ތިކިތައް ފައިބައި ގަންނައިރު ވަރަށްވެސް ހިތްގައިމެވެ.

 

ހުޅުވާލާފައިވާ ކުޑަދޮރުން ވަންނަމުންދިޔަ އިރުގެ ދޯދިތައް އެވްލީންގެ މޫނަށް އެޅުމާއެކު އެވްލީން މަޑުމަޑުން އެސްފިޔަތައް ދުރު ކޮށްލުމަށްފަހު ލޯހުޅުވައިލިއެވެ. އޭރު އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރި ޒަވީން ފެނުމާއެކު އެވްލީންގެ މިލާމޯޅިވެފައިވާ މައުސޫމް މޫނަށް ލޯބި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެވްލީންގެ މޫނަށް ވެރިވެގެންދިޔަ ހިނިތުންވުން ފެނުމާއެކު ޒަވީންއަށް ހީވީ ކަޅުވިލާތަކުން ވަށާލެވިފައިވާ ސާދަ ވިލޭރޭގެ ހަނދު ވިލާތަކާ ހަނގުރާމަ ކުރުމަށްފަހު އެވިލާތަކުގެ މައްޗަށް ކުރި ހޯދިހެންނެވެ. ޒަވީން އެވްލީންގެ މޫނަށް ފޫހިކަމެއްނެތި ބަލަހައްޓައިގެން ހުންނަތާ މިހާރު އެއްގަޑިއިރު ވެދާނެއެވެ. އެވްލީން ފެނުމާއެކު އޭނާއަށް އަންނަމުންދާ ބަދަލު ތަކާމެދު ވިސްނާލަން ޒަވީންގެ ޟަމީރު ބާރު އަޅަމުން ދިޔައެވެ.

 

” ގުޑް މޯރނިންގް …. ” އެވްލީންއާއި ކައިރިއަށް ޖެހިލަމުން ޒަވީން ބުންޏެވެ. ޒަވީންގެ ޖުމްލައިން އެވްލީންއަށް ހައިރާންކަން ލިބުނެވެ. މި ވޭތުވެދިޔަ އެއްވެސް ދުވަހަކު މީހަކު ހިތުން ހުރުމުން އޭނައާ ވާހަދައްކާފައި ނުވެއެވެ. އަބަދުވެސް ފެނިފައިވަނީ ހަރުކަށިކަމާއި ބިރުވެރިކަމެވެ. ” މިއަދު އަހަރެން ޕްލޭން މިކުރަނީ އެވްލީން ގޮވައިގެން ބޭރަށް ދާން… ” ޒަވީން ބުންޏެވެ. ޒަވީންގެ ޖުމްލަ އަޑުއިވުމާއެކު އެވްލީން އިނީ ވަރަށް އުފަލުންނެވެ. އެވްލީން އުފާވެރި ހިނިތުން ވުމަކާއެކު ޒަވީންއާ ދިމާއަށް ބަލައިލިއެވެ.

 

މިއަދު ޒަވީން ލައިގެން ހުރި ފެހި ޓީޝާޓާއި ކަޅު ޖިންސްގައި ހުރިއިރު ޒަވީން ވަރަށްވެސް ރީއްޗެވެ. އެރީތި އަޅި ކުލައިގެ ލޮލުގެ ސަބަބުން ޒަވީންގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެސްފިޔަ ޖަހާނުލައި އެވްލީން ޒަވީންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

 

ޒަވީން އެވްލީންއާއި ވާހަކަދައްކަން ހުއްޓައި އޭނަގެ ފޯން ރިންގްވާން ފެށުމުމާއެކު އެވްލީން ކައިރީގައި ފަހުން އަންނާނެކަމަށް ބުނެ ޒަވީން ދިޔައީ ބޭރަށެވެ. އޭނަ ފެނުމާއެކު އެވްލީންއަށް ބަދަލު އަންނަކަން ޒަވީންއަށް އިނގެއެވެ. ސަބަބަކީ ޒަވީން އެކޮޓަރިއަށް ވަނުމުން އެވްލީން ހަޅޭއްނުލަވައި އެކުވެރި ރާގެއްގައި އޭނައާ ވާހަދައްކާތީއެވެ. އެކޮޓަރިއަށް މީހަކު ވަދެފިނަމަ އެވްލީން މައިތިރި ނުވާ ހިސާބަށްވެސް ބައެއްފަހަރު ކަންތައް ދާކަން ކާއިލްގެ ފަރާތުން ޒަވީންއަށް ވަނީ އެނގިފައެވެ. އެއްފަހަރަކު ނަރުސް ކުއްޖެއްގެ ކަރުގައިވެސް އެވްލީންވަނީ ހިފާފައެވެ. އެދުވަހު ކާއިލްއަށް ނާދެވުނުނަމަ އެކުއްޖާ މަރުވީހެވެ.

 

* * *

 

ފެރީ ޓާރމިނަލް ކައިރީގައި ހުއްޓިލައިގެން ހުރި ޒަވީން ދޭތެރެއަކުން ގަޑިބަލައިލައެވެ. ފެރީ އަންނަލެއް ލަސްވުމުން ޒަވީން ހުރީ ރުޅި އައިސްފައެވެ. ” ޒަވީން ކޮންތާކަށް ދާން ތިދަނީ ؟ ” ކާއިލްއަށް ޒަވީން ފެނުމާއެކު ސުވާލު ކޮށްލިއެވެ. ” މިއުޅެނީ… މާލެދާންވެގެން….. ” ޒަވީން ބުންޏެވެ. ” އަހަރެންވެސް މިދަނީ ގޭމީހުންނާއި ބައްދަލުކޮށްލަން މާލެ ދާންވެގެން…. ޒަވީން ދަންނަ ބަޔަކު މާލޭގައި ތިބޭތަ ؟ ” ކާއިލް އެހިއެވެ. ” ދަންނަ ބަޔަކު ނުތިބޭ މާލޭގައި…. ކުޑަކަމެއްގަ މާލެދަނީ…. ” ޒަވީން ބުންޏެވެ.

 

” އެވްލީންއާ ބެހޭގޮތުން ކާއިލްއާ ސުވާލެއް ކޮށްލަން އެބައޮތް …. ” ކާއިލްއާ ދިމާއަށް ޒަވީން ބަލައިލިއެވެ. ” އާސްކް އެނީ ތިންގް… ” ކާއިލް ބުންޏެވެ.

 

”ކީއްވެ އެވްލީންގެ އާއިލާ މީހުން އެވްލީންއާއި ބައްދަލުކުރަން ނާންނަނީ ؟ ރިކޯޑްގައި ވާގޮތުން އެންމެފަހުން އެވްލީންގެ ބައްޕަ މިތަނަށްއައީ 2008ގައި ” ޒަވީން ބުންޏެވެ. ” އެވްލީންގެ އާއިލާ މީހުން ފެނުމުން އެވްލީން ސަކަރާތްވާން ފޭށުމުން އެވްލީންއާއި ބައްދަލުކުރުން މަނާކޮށްފަ އޮންނަނީ…. ހާއްސަކޮށް އެވްލީންގެ ކޮއްކޮ ފެނުމުން އެވްލީން ހަމައިންނެއްޓޭ ހިސާބަށް ކަންތައްދިޔަ….”

ކާއިލް ބުންޏެވެ. ކާއިލްގެ ޖުމްލައިން ޒަވީންގެ ސިކުނޑީގައި ފުނިޖެހެމުންދިޔަ ސުވާލުތައް ދިޔައީ އިތުރު ވަމުންނެވެ.

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 23

Next

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 04

Next
October 18, 2018

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 04

Previews
October 17, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 23

32 Comments!

  1. Mutha/ S.Hithadhoo says:
    October 18, 2018 at 2:14 pm

    Due to the many request of readers, I have decided to re-publish this novel. I’ll be uploading new episodes every day. And for the new readers, this was a novel I wrote back in 2013 on araamagu.com and this story is about a mentally challenged patient and her doctor and how their relationship progress over the course of her cure and how they face the many challenges, dark secrets of their past that poses threat to their progressing relationship.

    This novel is set in a very rich premise and all the characters are very good looking. plus it will be located in London. So please excuse the rich premise description and everything.

    As this was my very first novel, therefore their will be errors so please excuse them and enjoy the story.

    Muthahhar Ibrahim (Mutha/S.Hithadhoo)

    1. Yal says:
      October 21, 2018 at 8:27 pm

      Mi vaahaka kureega kee hadhaaneh vi .. v reethi vaahaka eh mee

    2. Sadh says:
      October 24, 2018 at 6:03 pm

      Hey Mutha. So glad to have got this novel to read again. This was one of my most fav.

    3. Aish❤️ says:
      October 24, 2018 at 7:33 pm

      Mi ee varah varah reethi eh…. mi vaahaka kiyaa ninmaafa hurin ehen vaahaka eh nukiyaa weekeh varu Cox this story touched my heart deeply ??? mi noon reethi vaahaka eh dhen kiyan nulibeyne thee… still have this story…. dheythere dheythere in kiyaalan but hama kiyaa foohinuve ???

  2. Nunama says:
    October 18, 2018 at 2:27 pm

    Nice starting. Waiting for next part. Please upload it fast

  3. Lotus says:
    October 18, 2018 at 2:33 pm

    Interesting story.. v curious vey eba ???
    Waiting for the nxt part

  4. Thank you says:
    October 18, 2018 at 2:51 pm

    My kokko ah kiyany Eveleen. And it’s her birthday today

  5. Aish says:
    October 18, 2018 at 3:11 pm

    Next part upload soon plx

  6. umm says:
    October 18, 2018 at 3:13 pm

    Vr thafaathu story eh.. interesting.. curiously waiting for the next part..

  7. shaha says:
    October 18, 2018 at 3:21 pm

    Varah teething feshumeh.Masha Allah ??

  8. shaha says:
    October 18, 2018 at 3:22 pm

    Varah reethi feshumeh. Masha Allah ??

  9. Xeyboooo says:
    October 18, 2018 at 3:23 pm

    Mee warah reethi waahaka eh kiya kiya foohi nuwi wahaka eh mee thanks a lot muthaa anehkka wes meethi publish anehkka wes kuryma ?

  10. Livee says:
    October 18, 2018 at 4:03 pm

    Mi vaahaka kuda koh same dhw dhushmah edhi e vaahaka ya
    Anyways varah reethi thanks mutha
    Luv u lots

  11. Livee says:
    October 18, 2018 at 4:09 pm

    Neydhemey vaki vumeh haadhaha loabi vey
    ey kasku liyefa in vaahaka eh tha

    1. Mixuhan says:
      October 18, 2018 at 4:41 pm

      Nashaa ge vaahaka eh eii

    2. Mixuhan says:
      October 18, 2018 at 4:43 pm

      Mi vaahaka ehen site akun kiyen ebn tha ??? Ingey kuhjaku buneladheeba … Varah kiyaahithun mihiry …feshun vx varah salhi. .Varah interesting …

  12. Hajja says:
    October 18, 2018 at 5:30 pm

    Nice…. waiting for next part..

  13. Sheyou says:
    October 18, 2018 at 8:12 pm

    Nice one. Btw dear now araamagu ah nuvadhevey dhw. Ekko kiyan beynun vegen varah try koffin. Nuvi ????

  14. Reader says:
    October 18, 2018 at 8:27 pm

    Woowww… Feels so goood

  15. Livee says:
    October 18, 2018 at 8:59 pm

    Mi nan kiyaa varah gina vaahaka mi site ga hurey but I don’t know about any other site
    And thank you for the story

    1. ninmi says:
      October 18, 2018 at 10:33 pm

      varah hoadhaifin livee buneema minan kiyaa ehen vaahakaeh in thoa but nufenunu and dushumah edhi e story ves nueh fenunu, kon writer eh liyunu story eh tha ei? dhe vaahaka varah ei goiy tha?

  16. Anonymous says:
    October 19, 2018 at 5:06 am

    I think e eee xaahee ge vaahaka eh hn…publish koffa in vaahaka eh e ee…i read it…but i dont knw actual writer…dhn neyge misite ga evaahaka in kameh!!!…hama mi story gothah e storyga vx vaneeee

    1. Nim says:
      October 19, 2018 at 11:02 am

      Mi vaahaka aki 2013 ga nikuh vaahaka eh (e othi nu liyuntheriyaage comment ga ves), and xaahee ge vaahaka nikuthi 2014 nuni 2015 ga, dhe story ves kiyaafa vaathi bunelan e dhe vaahaka varah tafaathu, psychological element hurima ehgothei nubune veine, mi vaahakaiga maigadhu inaani 2 sisters and 2 brothers ge bai, bondan hasadaverikamaa badalu hifun… new readers ah spoil kuran beynun nuvaathi ithurah bunaakah nethin, so please don’t compare the two stories and accuse the writer for plagiarism

  17. Cherry says:
    October 19, 2018 at 7:18 am

    Mivaahaka aky liye nimmaafa oii vaahaka eh vyma komme dhuvahaku eh part adhi komme reaku eh part genesdhyba. Please
    Haadha rycchey mivaahaka. Varah varah varah kiyaa hithun mi iny

  18. kitty says:
    October 19, 2018 at 8:03 am

    thank you thank you thank yo sooooooooooooooo much.. its been a long time since i wanted to read this story… hop you will update it regularly

  19. Rose says:
    October 19, 2018 at 10:22 am

    V ufaa vejje mutha ge new story eh kiyaalan libuneema! I love ur stories!! Keep it up?

  20. Anonymous says:
    October 19, 2018 at 12:47 pm

    I think u misunderstood…actually i was replying to ninmi…and forgot to write it as a reply!!…and i was talking about ‘dhushumah edhi’ story ar beheygothun…dhn mi site ga ‘dhushumah edhi’ vaahaka inkameh neygey alhugadu buneee….i didn’t mention about ‘EVELEEN’… If i did a mistake plx forgive me!!!..I told that dhushumah edhi was publish as a book…sorry dhn

  21. Dr.eamss says:
    October 20, 2018 at 1:41 pm

    Dhushumah edhi eiii xaahy ge vaahaka yeh ya but eii mi site inneh noon fothakun ky vaahaka eh dear eyga ulheyny malaak aka alvaaz aka iyan aka zahaa akaa and more
    Library thakuga huredhaane I think 2013 or2014 ge vaahaka eh eii so huredhaane bookshops ga ves but not sure ingey

  22. Dr.eamss says:
    October 20, 2018 at 1:47 pm

    Ya eyga malaak is the doctor and alvaaz is the patient hama mi gothah meehaku jealous vegen moya kohlaany
    Kurin malaak and alvaaz are best friend s and also love birds
    Dhemeehun ekaku anekaku dheke loabivey maa kirin ves but they realised it later
    Mee kuru khulaasa eh kamah balaalaa…hehe…read that story for more explanations

    1. Lim says:
      October 20, 2018 at 3:12 pm

      ⚠️⚠️⚠️SPOILER ALERT⚠️⚠️⚠️

      Dhe story compare kuraarthi bunelaanan. Mi story ga eveleen furathama loabi vegen gulheni zaveen beybe aa (dnt remember his name), dhen fahun evelyn ge koko ah ena fenifa loabivegen ena haasilukuran ulheni, evlyn aa zaveen beybe innan ves final vaane but junaina aa enage darifulhu vegen e firihen kujaa ah sirrun evelyn moya kurani and they conceal the truth and tell him evelyn doakaa diniyei, fahun zaveen beybe aa evlyn kokko inaani and later evlyn zaven aa marry kohgen daafahun ethah masalaeh jehei fahun hageegah engeni… miga second lead ssyndrome varah boduvaane….

  23. Anonymous says:
    October 20, 2018 at 6:01 pm

    I knw it…i hav the book with me

  24. yalwy says:
    October 23, 2018 at 10:32 am

    varah reethi ….

Comments are closed.

Next Episodeއެވްލީން… 2←


All Right Reserved!