ނޭދެން ވަކިވާކަށް (ބާރަވަނަބައި)
ނޫރްގެ ބަނޑުގައިއެއީ މާހިލްއާއި ނޫރްގެ ލޯބީގެ ނިޝާނެވެ. އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. މާތް ﷲ ގެ އިރާދަފުޅުން މިލިބެން އުޅޭ ދަރިފުޅަށްޓަކައި ވެސް ނޫރްދެން ކެއްކުރާނެއެވެ. މުނާޒުވެސް ދެން ނޫރް ބަނޑުބޮޑުކަން އިނގުނީމަ އުދަނގުލެއް ނުކުރާނެއޭ ނޫރްގެ ހިތަށްއެރިއެވެ. މާހިލްއަށް ވެސް ނޫރް ބަނޑުބޮޑުކަން އިނގުނީމަ ހާދައުފާވާނެއެވެ. ނަމަވެސް އިސްވެ މާހިލްއަށް ގުޅާކަށް ނޫރްއަކަށް ނުކެރުނެވެ. އިތުރު އެއްވެސް ކަމެއްނެތުމުން ޑޮކްޓަރު ނޫރްގެއަށް ދޫކޮށްލިއެވެ. ޝެޒާ ނޫރްއާއި އެކުގައި ގެއަށްދިޔަ މަގުމަތީގައި ނޫރްއަށް މޭވާކޮޅެއްވެސް ގަނެލަދިނެވެ. ނޫރްގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. އާއިލާ އެންމެނަށް ވެސް މި ހަބަރު ލިބުމުން ހާދައުފާވާނެއެވެ. ނޫރް ނިންމީ މާހިލްއަށާއި އާއިލާ އެންމެނަށް މިހަބަރު ވީހާވެސް އަވަހަކާ ދިނުމަށެވެ. ލިބެންއުޅޭ ދަރިފުޅަށްޓަކައި ނޫރްއަށް އާ ހިތްވަރެއް ލިބުނުފަދައެވެ. ނޫރް ގެއަށް ލުމަށްފަހު ޝެޒާ ނިންމައިގެން ހުރީ މާހިލް ހޯދަން އެގެއަށް ދިއުމަށެވެ. މާހިލްއަށް ހުރިހާ ވާހަކައެއް ކިޔާނުދެވެނީސް ޝެޒާއަށް ހަމަޖެހުމުގެ ނޭވައެއް ލެވޭކަށްނެތެވެ.
“ޓޭކް ރެސްޓް….ކަމެއް ވަންޔާ ގުޅާލާތި…..އަންނާނަން އަދި ފަހުން….މި ވަގުތު ވަރަށް މުހިންމު ކަމެއްކުރަންވެފަ އޮތީމަ މިދަނީ…..”
“ހެހެ….ދޭބަލަ….އެހެންނޫނަސް މިހާރު ކިހާއިރެއް ވެއްޖެ ޝެޒް އަހަރެން ގާތުގަ ހުންނަތާ…..ޑޯންޓް ވޮރީ އަލްބީ ފައިން އިންޝާ ﷲ….”
ނޫރްގެ ގެއިން ނިކުތް ޝެޒާގެ މިސްރާބު ހުރީ މާހިލްމެންގެއަށް ދިއުމަށެވެ. ކުޑަ ދުވަސްކޮޅެއް ފަހުން މާލެއައި މާހިލްގެ ހިޔާލާއި ފިކުރުހުރީ ނޫރްއާއި ދޭތެރޭގައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ނޫރްގެ ފޯނަށް ގުޅަންއުޅެ ނުގުޅުމުން އަދި ބޮޑަށް މާހިލް މާޔޫސްވާ ގޮތްވިއެވެ. ގެއަށް ވަދެގެންދިޔަ މާހިލް ހީވަނީ ހިތާމަވެރި ތަސްވީރެއްހެންނެވެ. މާހިލްގެ ނަޒަރު ހޯދަމުން ދިޔައީ ނޫރްއެވެ. ކޮޓަރިއަށްވަދެގެން ދިޔަ މާހިލްއަށް އިތުރު ހައިރާން ކަމެއް ލިބިގެންދިޔައީ ނޫރްގެ އެއްވެސް އެއްޗެއް ކޮޓަރިން ފެންނަންނެތީމައެވެ. މާހިލް އަތުގައި އޮތްދަބަސް ދޫވެގެން ބިންމަށްޗަށް ވެއްޓުނެވެ. މާހިލް ބާރު ހިނގުމެއްގައި ގޮސް އަލަމާރި ހުޅުވާލިއެވެ. މާހިލްއަކީ ބޮޑު ފިރިހެނެއް ނަމަވެސް ދެލޯ ފެންކަޅިވެގެންދިޔައެވެ. ނޫރްހަމަ ދިޔައީ ހެއްޔެވެ؟ މާހިލް އެދުގައި އިށީންއިރުގައި ހިތްވަނީ ޝަކުވާއިން ފުރިފައެވެ.
“ނޫރް….ކީއްވެ؟….ހަމަ އަހަރެން ދޫކޮށްލާފަ ދިއައީ ތަ؟….”
މާހިލް ސިހިފައި ބަލާލީ މީހަކު ކޮޑުގައި އަތް ޖައްސާލީމައެވެ.
“ދޮންބެ….ކިހިނެއްވެގެންތަ މިއުޅެނީ؟….”
ނަވީލްއައިސް މާހިލް ގާތުގައި އިށީނީ ހުރިހާ އެއްޗެއްވެސް ކިޔާދޭށޭ ބުނާފަދަ ނަޒަރެއް ދެމުންނެވެ. މާހިލް ހުރިހާ ވާހަކައެއް ނަވީލްއަށް ކިޔާދިނީ ވަރަށް ދެރަވެފައި އިދެއެވެ. ނަވީލްއާއި މާހިލް އަބަދުވެސް ހުރިހާ ވާހަކައެއް ހިއްސާކުރެއެވެ. އެހެންކަމުން މާހިލް އެއްވެސް ވާހަކައެއް ނަވީލްއަށް ސިއްރު ނުކޮށް ހުރިހާ ވާހަކައެއް ކިޔާދިނެވެ.
“ދޮންބޭ….އަޅުގަނޑަށް ހީއެއްނުވޭ ދޮންބެ ދައްތަ ތިބުނި ހެން ހަދާފާނެ އެކޭ އެއް….”
މާހިލް ނަވީލްގެ ވާހަކަ އަޑުއަހަން އިނެއްކަމަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނުއުމާންވެސް އައިސް މާހިލްގެ އަނެއްފަރާތުގައި އިށީންނަމުން މާހިލްގައި ކުޑަކޮށް ބައްދާލިއެވެ.
“ހަގް އެއް ބޭނުންވެފަ އިންހެން ހީވާތީވެ…..”
މާހިލް ނުއުމާންއަށް ހިނިތުންވެލިއެވެ. ނަވީލްއާއި ނުއުމާންގެ ސަބަބުން މާހިލް ކުޑަކޮށް ހިތްހަމަ ޖެހުނަސްވެސް އަދިވެސް ވިސްނެމުން ދިޔައީ ނޫރްއާއި ދޭތެރޭގައެވެ.
“މާހިލް…..މާހިލް…..”
ޝެޒާ ބާރަށް މާހިލްއަށް ގޮވަމުން އައިސް އެކޮޓަރިއަށްވަނެވެ.
“އޭ….ބަލަ….ބަލަ….ހަމަ ސަލާމް ވެސް ގޮވައިލުމެއް ނެތި މީސް މީހުންގެ ކޮޓަރިއަށް ވަދެގެން އަންނަނީތަ……”
ނުއުމާން ގޮސް ޝެޒާ ކުރިމަށްޗަށް އަރާ ހަށަންބަދެލަމުން ޝެޒާއާއި ދިމާއަށް ދެލޯ ކުޑަކޮށްލަމުން ބަލައިލިއެވެ.
“ލުކް މިސްޓަރ….އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އޮތީމަ މިއައީ…..ކުރިމަތިން ދުރަށްދޭ…..އެހެންނޫނީ…..”
ޝެޒާ ނުއުމާންއަށް ކަޅި އަޅައިލިއެވެ. ނުއުމާން ޝެޒާއަށް ހިނިތުންވެލިއެވެ. ނުއުމާން އާއި ހަތަރުކަޅި ހަމަކޮށްގެން ދިމާލަށް އެއްޗެކޭ ބުނި ކުއްޖަކާ ދިމާމިވީ އަލަށް ކަމުން ނުއުމާންއަށް މިކަންވީ ވަރަށް މަޖާވިއެވެ. ޝެޒާ ހައިރާންވިއެއް ކަމަކު އިތުރު އެއްޗެކޭ ނުބުނެއެވެ.
“މާން އާ ނާވީ އާ ދޭބަލަ އިހަށް ބޭރަށް….ލެޓް މީ ހިއާރ ވަޓް ޝީސޭސް….”
މާހިލް އެއްވެސް އަސަރެއްނެތް ގޮތަކަށް ބުންޔެވެ. ޝެޒާ ނުއުމާންއަށް ކަޅި އަޅައިލަމުން ގޮސް މާހިލް ކުރިމަތީގައި މަޑުކޮށްލިއެވެ. ޝެޒާ މާހިލްގެ މޫނަށް ބަލާލީ ކަމެއް ދިރާސާކުރާ ފާޑަކަށެވެ.
“ތީތަ މާހިލް ނޫ އަށް ޓްރަސްޓް ކުރާ މިންވަރަކީ؟….އެންމެ ފަހަރަކު ވެސް ކަމުގެ ދެކޮޅު ބަލާލިންތަ؟….ހަމަ މީހަކުއައިސް ބުނާހާ އެއްޗަކާ ދަށްކާހާ އެއްޗެއް ގަބޫލު ކުރަންވެއްޖެއްޔާ ނެތެއްނު ސަލާމަތެއް….ފެންނަހާ ކޮންމެ ކަމަކީ ހަގީގަތަކަށް ނުވެ ހިނގާދާނެދޯ ހަމަ…..ނޫ އަކީ މާހިލް ތިހީކުރާހާ ގޯސް ކުއްޖެއްނޫން…..ޕާސްޓްގަ ގޯސްކޮށް އުޅެފަ ވީކަމުގައި ވިއަސްވެސް މާހިލްއާ މެރީ ކުރިފަހުން ޝީ އިޒްއަ ޗޭންޖްޑް ގާލް…..އެކަން އެންމެ ރަގަނޅަށް އިނގޭނީވެސް މާހިލްއަށް…..ނޫންތަ؟…”
ޝެޒާ ފަށްޗަކަށް އަމުނާލިއެވެ. މާހިލް ހުރީ ޝެޒާ ދައްކަމުންދިޔަ ވާހަކަ ރަގަނޅަށް އަޑުއަހާށެވެ. ޝެޒާވެސް އެދެއްކީ މުޅިއަކުން ގޯސްވާހަކަ ތަކެއްނޫެނެވެ. ޝެޒާ ނޫރް ކިޔާދިން ހުރިޙާ ވާހަކަތަކެއް މާހިލްއަށް ކިޔާދިނެވެ. މުނާޒުއާއި ނޫރްގެ ކުރީގެ ގުޅުމާއި ހުރިހާވާހަކައެއް ކިޔާދީ ނިންމާލިއެވެ. މާހިލްއަށް ދެއަތް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލަމުން އެދުގައި އިށީންދެވުނެވެ. މާހިލްގެ ދެލޯ ފެންކަޅިވިތަން ޝެޒާއަށް ވަރަށް ރީތިކޮށް ފެނުނެވެ. ޝެޒާގޮސް މާހިލްގާތުގައި އިށީނީ އަދި އެންމެ މުހިންމު ވާހަކަ ނުބުނެވި އޮތީމައެވެ.
“މާހިލް….ޝީ އިޒް ޕްރެގްނެންޓް….”
މާހިލްއަށް ކުށްލިއަކަށް ޝެޒާއާއި ދިމާއަށް ބަލާލެވުނީ އަދިއެއްފަހަރު ތިހެން ބުނާށޭ ބުނާފަދަ ނަޒަރަކުންނެވެ.
“ޔެސް…ޝީ އިޒް ޕްރެގްނެންޓް…..”
މިފަހަރު މާހިލްގެ ލޯފެންކަޅިވީ ވީ އުފަލުންނެވެ.
“الحمد لله….”
މާހިލްއަށް ބުނެވުނެވެ. ދެން މާހިމް އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްލާކަށް ބޭނުމެއްނޫނެވެ. މާހިލްބޭނުމީ ވީހާވެސް އަވަހާ ނޫރްކައިރިއަށް ދާށެވެ.
“ކޮބާ ނޫރް….”
“އެގޭގަ އެބަހުރި…..ދޭބާ އަވަހާ….މީގެ ފަހުން ނޫއަށް ދެރަގޮތެއް ހެދިއްޔާ ނިމުނީ އިނގޭ…..”
ޝެޒާ މާހިލްއާއި ދިމާއަށް ލޯއަޅައިލަމުން މަޖާރާގެއްގައި ބުންޔެވެ. ރައްދުގައި ޝެޒާއަށް ހިނިތުންވެލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. މާހިލް ވަރަށް ހަލުވި ހިނގުމެއްގައި ކޮޓަރިން ނިކުތްއިރު ނުއުމާންއާއި ނަވީލް ތިބީ އެތާގައެވެ. މާހިލް އެދެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ދިޔައީ ނޫރް ކައިރިއަށެވެ.
“ހޭއި…ސޯ ގެއަށް ލާދެން ދަންތަ؟….”
މާހިލް ކޮޓަރިން ނިކުމެގެންދިޔަ ޝެޒާއާއި އަރާހަމަ ކުރަމުން ނުއުމާން ލާނެތް ރާގަކަށް ބުންޔެވެ.
“އޯ ޕްލީޒް…ތިމީހާ އާއެކު ދިއުމަށްވުރެން…ހިނގާލާފަ ދާންވެސް މަށަށް މާ ރަގަނޅު…..”
ޝެޒާ ދިން ޖަވާބުން ނަވީލްއަށް ހީގަނެވުނެވެ. ނުއުމާން ބަލާލުމުން ވަރަށް ނޫންކަމަށް ހަދާފައި ނަވީލް ދިޔައީއެވެ.
“ހިނގާބާ ދެކުދިންއެކީގަ ހިނގާލާފަ ދަމާ……”
ނުއުމާންގައި ހުރި ލާނެތް ކަމުން އަދިވެސް ބޭނުންވީ ޝެޒާ ރުޅި އަރުވާލާށެވެ.
“ލުކް މިސްޓަރ…..”
“އިޓްސް ނުއުމާން…..ޔޫ ކެން ކޯލްމީ މާން…..”
ޝެޒާގެ ވާހަކަ ހުއްޓުވާލަމުން ނުއުމާން ބުނެލިއެވެ.
“އަހަރެން އަތަކު ބޭކާރު ވާހަކަ ދައްކަން ހުންނާކަށް ބޭކާރު ވަގުތެއްނެތް….ސޯ ބާއީ…..”
ޝެޒާ ދިޔަދިމާއަށް ބަލަންހުރި ނުއުމާން އަނގައަށް ވައްތަރެއް ޖައްސާލަމުން ދިޔައީއެވެ. ސިޑިން ފައިބައިގެންއައި މާހިލް ހުއްޓުނީ މާހިލް ކުރިމަށްޗަށް އައިސް ހުއްޓުނު އާމިނަތުގެ ސަބަބުންނެވެ.
“އެބައޮތް ބޮޑު ވާހަކައެއް ދައްކަން ވެފަ….މާހިލް ތިހީކުރާކަހަކަގެ ކުއްޖެއްނޫން ނޫރްއަކީ…..މާހިލް ރަށުނެތް ތަންވަޅުބަލާފަ ގެއަށް ހިލޭ ފިރިހެނުން ވައްދައިގެން އުޅެނިކޮށް ފެނިގެން މިގޭން ނެރެލީވެސް…….”
އާމިނަތުގެ ވާހަކަތަށް އަޑުއަހަން ހުރި މާހިލްގެ އަތް މުށްކެވިގެން ދިޔައެވެ.
ނޫރް ގެއިންނެރެލީ އާމިނަތުކަން މިއިނގުނީ އަދިކިރިޔާއެވެ. ޝާމާވެސް އައިސް އެތާގައި މަޑުކޮށްލިއެވެ. އަނިލްވެސް ގެއަށް އައިސް ވަނީ އެވަގުތުގައި ކަމުން އާމިނަތު ދެއްކި ހުރިހާ ވާހަކައެއްވެސް އަޑު އިވުނެވެ.
“ޕްލީސް ތިއްތާ އަހަރެންގެ އަންހެނުންނޭ ކިޔާފަ ދެން އެންމެ އެއްޗެކޭ ބުންޔަސް އަހަންނަށް ކެތްކުރަން ވަރަށް އުނދަގޫ ވާނެ އިނގޭ…..އެއީ އަހަރެންގެ އަންހެނުންނޭ….އަހަރެން މިދަނީ ނޫ ބަލާ…..”
“ދަރިފުޅާ އެކަމް….”
ޝާމާވެސް އެއްޗެކޭ ބުނަން އުަޅުނެވެ.
“މަންމާ ނޫރް ބަޑުބޮޑު…..އެހާލުގަވެސް އޭނަ އެކަނި ދޫކޮށްލަންވީތަ؟..ނުވާނެ ތިކަމެއް…..އެ ލިބެން އުޅޭ ދަރިފުޅަކީ މަންމަ މެންގެ ފުރަތަމަ މާމަ ދަރިފުޅެއްނު…..”
“ދަރިފުޅު ދޭ…”
އަނިލްގެ އަޑަށް އެންމެނަށް އެކީގައި އެދިމާއަށް ބަލާލެވުނެވެ. ޝާމާ އިސްޖަހައިލިއިރުގައި މާހިލް ބައްޕައަށް ސަލާމް ގޮވާލަމުން އަވަސް ހިނގުމެއްގައި ނިކުމެގެންދިޔައީއެވެ.
“ޝާމާ ކިހިނެއް ވެގެންތަ މިއުޅެނީ؟….އަހަންނަށް އަންގާލުމެއްވެސް ނެތި ނޫރް ގެއިންވެސް ނެރެލީތަ؟…؟..ބަލަ މީ ނޫރްގެ ގެއޭ….ނޫރްއަކާއި ނުޖެހޭނެ މިގެއިން ނިކުންނާކަށް….ނޫރްއަކީ ރިޔާޒް އަހަރުމެންނާ ހަވާލުކޮށްފަ ދިޔަ އަމާނާތެއްކަމެއް ވެސް ޝާމާ ހަދާން ނެތުނީތަ؟……އެދެމަފިރިންނަށް އަހަރެން ދައްކާނީ ކޮންމޫނެއް…”
އަނިލް ޝާމާމެން އެކުރި ކަންތަކާއި މެދުގައި އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހުނެވެ. ޝާމާހުރީ ކުރެވުނު ކަންތަކާއި މެދު ދެރަވެ އިސްޖަހައި ލައިގެންނެވެ.
“ދެން ވީކަމެއް ނުވާކަމަކަށްވެސް ނެހެދޭނެ ދޯ…..”
އަނިލްދެފަރާތަށް ބޯހޫރާލަމުން ގޮސްކޮޓަރިއަށްވަނެވެ. ޝާމާގެ ހިތް ނޫރް އެފަދަކަމެއް ނުކުރާނެއޭ ބުނިކަމުގައި ވިއަސްވެސް އާމިނަތުގެ ވާހަކަތައް ގަބޫލުކުރެވުނީއެވެ. ޝާމާވެސް ﷲ އަށް ހަމްދް ކުރީ ނޫރް ބަނޑުބޮޑުކަން އިނގުނީތީވެއެވެ. ޝާމާ ހިނިތުންވެލައިގެން ގޮސްހުރެ ކޮޓަރިއަށް ވަނުމުން އާމިނަތު ފާޑަކަށް އެދިމާއަށް ބަލާލަމުން ދިޔައީ ބޭރަށެވެ. ގޭތެރޭގައި ހުރި ނޫރްހުރީ ހާސްވެ ކަންބޮޑު ވާގޮތް ވެފައެވެ. އަނެއްކާ ޝެޒާގޮސް މާހިލްއަށް ހުރިހާ ވާހަކައެއް ކިޔާދީފިއްޔާ ވާނީ ކިހިނެއްބާއޭ ހިތަށްއަރަމުން ދިޔައެވެ. މިކަން މުނާޒްއަށް އިނގި މާހިލްއަށް ގެއްލުމެއް ދީފިއްޔާ ނޫރްއަށް ކެތެއްނުވާނެއެވެ. ގޭގެ ބެލް ޖަހައިލި އަޑަށް ނޫރްގޮސް ދޮރުހުޅުވާލީ ޝެޒާއައީ ކަމަށް ހީކޮށެވެ. ދޮރުހުޅުވާލި ނޫރްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މާހީ…..”
ދޮރުމަތީގައި ހުރި މާހިލް ފެނިފައި ނޫރްގެ ދެލޯ ފެންކަޅިވީ ބަސްބުނާހާ ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ. މާހިލް ބަލާކަށް ނުހުރެ ގެއަށް ވަތްގޮތަށް ނޫރްގައި ބައްދާލީ ދެން ދުވަހަކުވެސް ނުދޫކުރާނަމޭ ބުނާފަދަ ގޮތަކަށެވެ. ދެމީހުންނަށްވެސް ރޮވެމުން ދިޔައެވެ. ކުޑަ އިރުކޮޅެއް އެގޮތުގައި ހޭދަވެގެން ދިޔައެވެ. މާހިލް ނޫރްގެ ގައިން ދޫކޮަށްލަމުން ނޫރްގެ ނިތަށް މަޑުމަޑުން ބޮސްދިނެވެ. ނޫރްގެ މޫނުމަތީގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. މާހިލް މަޑުމަޑުން ނޫރްގެ ބަޑުގައި ފިރުމާލިއެވެ.
“ބައްޕިގެ ދޫނީ….މަންމި ގާތުގަ ބުނެ މީގެ ފަހުން ބައްޕިއަށް އެއްވެސް ކަމެއް ސިއްރު ނުކުރަށްޗޭ…..ބައްޕި ދެރަވާނެއޭ…..”
މާހިލް މަޖާ ރާގެއް ލާފަ އެހެންބުނުމުން ނޫރް ގާތަށް ވަރަށް ހިނިއައެވެ.
“ދަރިފުޅު ބައްޕި ގާތުގަ ބުނޭ މަންމި އިޒް ސޮރީ އޭ….ދެން އިންޝާ ﷲ ބައްޕި ދެރަވާ ކަހަލަގެ އެއްވެސް ކަމެއް ނުކުރާނަމޭ……”
މާހިލް ނޫރްއަށް ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ދެމަފިރިންގެ ދެމެދުގައި ވީ ކުންހީތަށް ވެސް ފިލުވާލާކަށް މާއުނދަގުލެއް ނުވިއެވެ. އަނެއްކާވެސް އާފެށުމަކުން ދެމަފިރިންގެ ދިރިއުޅުން ފެށުނީއެވެ. މާހިލްއާއި ނޫރްއެތަށް ވާހަކައެއް ދެއްކިއެވެ. ރިޔާޒްއަށްވެސް ގުޅާ ނޫރް ހުރިހާ ވާހަކައެއް ކިޔާދިނެވެ. މިހާރު ހުރިހާކަމެއް ރަގަނޅުވެފައި ވާކަން އިނގުމުން ރިޔާޒް ހިތްހަމަޖެހުނެވެ. ނާހިދާވެސް މާމައަކަށް ވާން އުޅޭތީވެ ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. މާހިލްވެސް އަނިލްއަށް ގުޅާ ހުރިހާ ވާހަކައެއް ކިޔާދިނެވެ. ސޯފާގައި މާހިލްއޮތީ ނޫރްގެ އުނގުގައި ބޯއަޅައިލައިގެންނެވެ. މާހިލްއޮތީ ލޯބިން ފުރިގެންވާ ނަޒަރަކުން ނޫރްއަށް ބަލާށެވެ.
“ދެން ގެއަށް ދާކަށް ނުވޭތަ؟….”
ނޫރް އެހެންދިމާއަކަށް ބަލާލީ މާހިލް ބަލާވަރުން ލަދުންނެވެ.
“ބައްޕަ ގާތުގައި ބުނިން މިގޭގަ ވީކްއެއްވަރު ދެމީހުން އެކަނި އުޅެލާފައޭދާނީ….ވީނީޑް ސަމް އެލޯން ޓައިމްއޭ ….ބައްޕަ ހުއްދަ ދެއްވާފަ އޮތީ….ސޯ ވީކް އެއްފަހުން ދެން ދާނީ….އޯކޭތަ ލަވް؟…”
މާހިލް ލާނެތް ރާގަކަށް އެހެންބުނުމުން ނޫރް މަޑުމަޑުން ހޫމް ލައްވާލިއެވެ.
“ހިނގާ އެއްޗެއް ކާލަމާ ދޯ….ބައްޕިގެ ބޭބީ އޮންނާނީ މިހާރު ހައިވެފަ އެންނު….ދޯ ދޫނީ…..”
މާހިލް ނޫރްގެ ބަނޑުގައި ފިރުމާލަމުން ވާހަކަ ދައްކަމުން ދިޔައެވެ.
“ހުރެ އެއްޗެއް ހަދާލާނަން….”
“ނޫން….މިފަހަރު އެއްޗެއް ހަދާލާނީ އަހަރެން….ވައިފީ ރެސްޓް ކޮށްލާ…..”
މާހިލް ނޫރްއަށް އެއްލޯމަރައިލިއެވެ. ބަދިގޭގައި ނޫޑްލިސް ކައްކަން ހުރި މާހިލްއަށް ބަލަން ނޫރްއިނީ ހިނިތުންވެލައިގެންނެވެ. ދެމަފިރިން އެކީގައި ކައިގެން ދިޔައީ ކޮޓަރިއަށް އަރާމު ކޮށްލާށެވެ. އެދުމަތީގައި އޮތް ނޫރްގެ އަތްވަނީ މާހިލްގެ އަތު ތެރޭގައެވެ.
“މާހީ ބޭނުމީ ކޮންކަހަލަގެ ބޭބީއެއް…..”
“ކޮންމެ ކަހަލަގެ ބޭބީ އެއްވިއަސް އޯކޭ…..”
އެތަށް ކަމެއް ރާވަމުން ދިޔަ ދެމަފިރިންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ދެމަފިރިން އެތަށް ކަމެއް ރާވަމުންދިޔައެވެ. އޭގެ ހަފްތާއެއް ފަހުން ނޫރްއަބުރާ މާހިލްގެ ގެއަށް ބަދަލުވީއެވެ. ގެއަށް ވަދެވުމާއި އެކުހެން އާއިލާގެ އެންމެންގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރިކަމުން ނޫރް ހުރީ ވަރަށް ވެސް އުފާވެފައެވެ. ރޭގަނޑުގެ ވަގުތެވެ. މާހިލްއާއި ނޫރް ތިބީ ގޭގެ ޓެރަސްގައެވެ.
“މިއަދު މަންމަ އައިއްސަ ވަރަށްދެރަވެފަ ބުނި މަންމައަށް މާފުކުރާށޭ…..ދެން އެހެންވެ އަހަރެން ބުނިން މަންމަ މާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނުވެ އެއްނުހޭ….އެކަމާ އަޅާނުލާށޭ…..”
“ދެޓްސް މައި ގާރލް…..ވަރަށް މީރުތަ ތި އަނބު….”
މާހިލް އިޝާރަަތް ކުރީ ނޫރްދަހި ގޮތަކަށް ކާންއިން ހުތްއަނބާއެވެ. ބައެއް ފަހަރު އެހެންއިދެފައި އަނގަޔަށް ހަދާލާ ގޮތް ގޮތް މާހިލްއަށް ވަރަށް ކަމުދިޔައެވެ.
“ހޫމް…..ޔަމް….”
މާހިލްގެ އަތް ނޫރްގެ އުނަގަނޑުގައި ވަށާލެއިފައި ވީއިރު ނޫރްއިނީ މާހިލްގެ ކޮޑުގައި ބޯއަޅައިލައިގެންނެވެ. ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައެވެ. މިހާރު ނޫރްގެ ބަނޑަށް ދެމަސްފުރިއްޖެއެވެ. މާބަނޑު ވީ ފަހުން ނޫރްގެ ރީތިކަން އިތުރުވެފައި ވާފަދައެވެ. ރިޔާޒުމެންވެސް ނޫރް ދެކިލަން އައިސްފައި ދިޔައީ ހަފްތާއަކު މަޑުކޮށްލުމަށް ފަހުގައެވެ. މާހިލް ތައްޔާރުވަމުން ދިޔައީ ރިސޯޓަކަށް ވިޔަފާރީގެ ކަމަކު ދިއުމަށެވެ. ދެ ދުވަހަށް ވިއަސް ވެސް ނޫރްއާ ދުރަށްދާކަށް މާހިލް ބޭނުމެއްނޫނެވެ.
“ބައްޕިގެ ދޫނި މަންމިއަަށް އުދަނގޫ ނުކުރަށްޗޭ….ބަސްއަހާތި….ބައްޕި ވިލް ބީ ބެކް ސޫން އިންޝާﷲ…..ބައްޕި ވިލް މިސްޔޫ….”
މާހިލް ނޫރްގެ ބަޑާއި ހަމައަށް ތިރިވެގެން އިނދެ ވާހަކަ ދައްކަމުންދިޔައެވެ. މާހިލް ނޫރްގެ ބަޑުގައި ފިރުމާލީ ނިކަން ލޯބިންނެވެ.
“ހެހެ…ވީ ވިލް މިސްޔޫ މޯ….ދޯ ދަރިފުޅާ……”
މާހިލް ތެދުވެ ނޫރްގެ އުނަގަނޑުގައި އަތްވަށާލަމުން ކޯތާފަތަށް ބޮސްދިނެވެ. ނޫރް އިސްޖަހައިލި އިރުގައި މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.
“ޓޭކް ކެއަރ އިނގޭ ލަވް….މިސްވާނެ ބޮޑު ބޮޑުކޮށް…..”
ޢިރުކޮޅަކުން ކޮޓަރީގައި ޓަކި ޖަހާލިއަޑުއިވުނެވެ.
“ވަދޭ…..”
މާހިލް ނޫރްގެ އުނަގަނޑުން އަތް ދޫކޮށްލިއެވެ.
“ދޮންބެ ހިނގާ އަވަހަށްދަމާ ފުރާގަނޑި ޖެހިއްޖެ….”
އެކޮޓަރިއަށް ވަތް ނަވީލްވެސް ހުރީ ކޮޑުގައި ދަބަހެއް އަޅުވައިލައިގެންނެވެ.
“ނާވީ ދޭތިރިއަށް މިދަނީ…..”
ނަވީލް ނޫރްއަށް ހިނިތުންވުމެއް ހަދިޔާކުރަމުން ދިޔައީއެވެ.
“ދަނީ އިނގޭ ލަވް….”
މާހިލް ނޫރްގެ ކޮލުގައި ފިރުމާލަމުން ގުދެވެ ބަޑުގައިވެސް މަޑުމަޑުން ތުންފަތް ޖައްސާލިއެވެ. މާހިލްއަށް ރިސޯޓަށް ދެވުމާއިއެކުހެން ނޫރްއަށް ގުޅިއެވެ. މާހިލް ފޯނު ބޭއްވީ ނޫރްގެ މޫނުމަށްޗަށް ހިނިތުންވުމެއް ގެނުވާފައެވެ. އެއްދުވަސް ފާއިތުވެގެން ދިޔައިރުގައި މާހިލް ނޫރްއަށް އެތަށްފަހަރަކު ގުޅިއެވެ. އަނެއްދުވަހު ހެދުނު ހޭލެވުނު އިރު ނޫރް ކުޑަކޮށް ބޯ އަބުރައެވެ. އެއީ މިހާރު އާއްމު ކަމެއްކަމުން ނޫރް މިކަން މާ ބޮޑުކަމަކަށް ނަހަދައި ދިޔައީ ސައިބޯށެވެ. ސައިބޮއިގެން ނޫރް ދިޔައީ ކުޑަކޮށް ކޮޓަރި ސާފުކޮށްލާށެވެ. ޝާމާއައިސް ކޮޓަރިއަށް ވަނީ ނޫރް އެހެން އުޅެނިކޮށްނެވެ.
“ދަރިފުޅާ ކީއްކޮށް ތިއުޅެނީ……މަންމައަށް ގޮވާލިނަމަ….”
“ދެން މަންމާ މިއީ އެވަރުގެ ކަމެއް ނޫނޭ ….”
ޝާމާއައިސް ސޯފާގައި އިށީނުމުން ނޫރްވެސް ފިހިގަނޑު ބަހައްޓަމުން އައިސް ޝާމާގެ ކައިރީގައި އިށީނެވެ.
“މިއުޅެނީ މިރޭ ހުޅުމާލެއަށް ދާންވެގެން…..ބައްޕަގެ ގާތް ރަހްމަތްތެރި އެއްގެ ދަރިއެއް މީހަކާ އިންނާތީވެ އެތަނަށް….ދަރިފުޅު ދާނަންތަ؟”
ޝާމާއެހެން އަހައިލީ ނޫރް ބޯއަބުރާތީ އުޅޭކަން އިނގޭތީއެވެ.
“އަޅުގަނޑު ނުދާނަން….މަންމަމެން ގޮސްލާ….”
“ހޫމް….ދަރިފުޅު ބަލައިގެން އުޅެއްޗޭ…..ގޭގަ އެކަކުވެސް ނޫޅޭނެ….”
“ލައްބަ….މަންމަ ހާސްނުވެބަލަ….”
ޝާމާއާއި އަނިލްއަދި ނުއުމާން ރޭގަނޑު އަށެއްޖެހި އިރުގައި ހުޅުމާލެއަށް ދިއުމުން ގޭގައި ހުރީ ނޫރް އެކަންޔެވެ. ކާގޭގައި ހުރި ނޫރް ފޯނު ރިންގުވާތީވެ ބަލާލިއިރުގައި ގުޅަނީ މާހިލްކަމުން ފޯނުނަގާ ހަލޯ އޭ ބުނެލިއެވެ.
“މިހާރު ކިހިނެއް؟….”
“الحمد لله…..މިހާރު ރަގަނޅު….”
ގޭގެ ބެލްޖަހާލި އަޑުއިވުމުން ދޮރު ހުޅުވަން ނޫރްދިޔައީ ފޯނު ކަންފަތުގައި ޖަހައިލައިގެން ހުރެއެވެ. ދޮރުހުޅުވާލި ނޫރްގެ މޫނުމަތީގައި ވީ ހިނިތުންވުން ވަގުތުން ފަޑުވެގެން ދިޔައެވެ. ނޫރް އުޅުނީ އަވަސް އަވަހާ ދޮރުޖަހާށެވެ. ނަމަވެސް މުނާޒްއެއަށް ވުރެ މާހަލުވިއެވެ. މުނާޒް ދޮރުގައި ހިފައި އެތެރެއަށް ކޮއްޕާލީ ނިކަން ބާރަށެވެ.
“ވަރަށް ގިނަ ދުވަހު ފިލާގެން އުޅެވިއްޖެ އެއްނު…..ކޮންދުވަހެއް މިހާރު އަހަރެން ކަލެއަށް ފާރަލާތާ….އަހަންނަށް ލަޑެއްދީފަ އެ މާހިލްއާއެކުގަ ހެވިފަ އެބައުޅެއެއްނު….ޑޫޔޫ ހޭވް އެނީއައިޑިއަރ ވަޓް އައިހޭވް ބީންތުރޫ….”
މުނާޒުހުރީ ހަމަހޭގައި ނޫންކަން ނޫރްއަށް ޔަގީންވީ ހިނގާފައިއައި ގޮތުންނެވެ. ދެލޯ ރަތްވެފައި ވާއިރު ވާހަކަ ދެއްކިއިރުގައި އަނގައިގައި އެއްވެސް ވަރެއް ނެތްފަދައެވެ. ނޫރްއަށް ބިރުންފަހަތަށް ޖެހިލެވުނެވެ. ނޫރްއަވަސް އަވަހާ އަތުގައި އޮތް ފޯނު ކަންފަތުގައި ޖެހި އިރުގައި އަތް ތުރުތުރު އަޅަމުންދިޔައެވެ.
“މާހީ….މު….މުނާޒް….”
ނޫރްއަށް އިތުރުއެއްޗެކޭ ނުބުނެވި އުޅެނިކޮށް މުނާޒް ސިންގާއެއް ހެންއައިސް ނޫރްގެ ފޯނު ޖަހައިގަތެވެ. އަދި ފޯނު ތަޅުންގަނޑު މަށްޗަށް ޖެހިޖެހީނުން އެފުޑުފުޑު ކޮށްލިއެވެ. ނޫރްއަށް ބިރުންމޭގައި އަތްއަޅާލެވުނެވެ. މުނާޒުގެ މޫނުމަތިންް ފެންނަމުންދިޔައީ ރުޅިވެރިކަމެވެ.
“މުނާޒް….އަހަރެން….އަހަރެން ބަނޑުބޮޑު…..”
ނޫރް ވަރަށް ބިރުންހުރެ ބުނެލިއެވެ. އިވިގެންދިޔަ ބަސްތަކާއިއެކު މުނާޒްހީވީ އިތުރަށް ރުޅިގަދަވިހެންނެވެ.
“ކީކޭ؟….އެމާހިލްގެ ދަރިއަކަށް؟….މަށަށް ނުބުނެވޭތަ ކަލޭ ކައިރީގަ އޭނަ ކައިރިން ވަރިވަން….އޭން.؟..މިއަދު އެބަ ޖެހޭ މިކަން ކޮންމެވެސް އެއްކޮޅެއްގަ ޖައްސަން…..”
މުނާޒު ބާރަށް ހަޅޭލަވައިގަތެވެ. މުނާޒުގެ ރުޅިވެރި ނަޒަރު ގޮސް ހުއްޓުނީ ނޫރްގެ ބަނޑަށެވެ. ނޫރް ބިރުން ބަނޑުގައި އަތްއަޅާލަމުން ފަހަތަށް ޖެހިލިއެވެ.
(ނުނިމޭ)
.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



Saabaheyyy dhariyaaa ??
Jazakillah khairan ?
mi part ves v reethi..waiting for the next part..keep up the good work❤️?
Jazakillah khairan ?
So here is the next part…sorry for the delay…insha allah next part sundayga… ?
V reethi….
Waitin for next part…
Jazakillah khairan ?
Masha allah hadha salhi ey mi part wes…. ?
Jazakillah khairan ?
E mahil magey athun bodi eh bone nifaharu ?
Mahil gai igily kuri jahsaali as nimuny ?
Wow?Varah salhi mibaives..♥️ Can’t wait for next part ?☺️
Jazakillah khairan ?
Maa Shaa Allah varah Rythi.?? Waiting for next part
?
Jazakillah khairan ?
Wow ? vrh salhi … Waiting for next part ? can’t wait
Woah!! Amazing ?
Jazakillah khairan ?
Masha allah…woah ????keep it up dear..???I am outta of words..???munaz nufuhpahche..??Btw InaaSh thi gothuga masahkaiy kurahchey???????????
Heheh jazakillah khairan… ?? munaz huhnany abadhuwes fuhpaafa ? anw jazakillah once again… ❤
Wow heh salvo mom part vx next part when?? Tum noor maahil n there baby ah ehvxx dheragotheh nuhadhahcheyy Inge inaash
*vrh
*Salhi
*mi
*Ekam.
Sorry this stupid auto correct ???
Jazakillah khairan ?
Maa Shaa Alllah. Waiting for next part
Jazakillah khairan ?
Alhey noor ah kameh nukurahchey plx…maahil ah adu ivunbaa anehkaa noor ehn buni adu ..maahil noor salaamaiyy kuran myhaku fonuvaane nama …varah interesting story …varah nice ..gud luck dear …curiously waiting for the next part ..
Jazakillah khairan ?
?? awesome
Awesome.. Masha Allah ?????munaaz. Nufuhpahchey maa faadu faadah….. V Curious to read next part… ????????????please save noor????????
Ahsalamalikum….I am so sorry all readers… next part insha allah mondayga up kohladhenan.. mi dhedhuwas busy kamun liyewe gotheh nuwi ehenwe sundayga hee eh nuwey up kohleweyne heneh… insha allah mondayga laanan…i am so sorry once again… ?
Its ok. We appreciate. ?
magyy ahtun maahil ahdi maru vaane