ހިތް އެދުނަސް… (9)
މަލަކް ގެ ނަޒަރުވެސް ހުރީ އަތުގައި އޮތް ކެވެލި ކޮޅަށް ހުއްޓިފައެވެ.
އޭނާ އަލުން އަތް މުށްކަވާލިއެވެ. އަދި ތިރި ކޮށްލިއެވެ.
“މަލަކް އަށް އަދިވެސް އަހަރެންގެ މަތިން ހަނދާން ނައްތައެއް ނުލެވެއެއްނު… މަލަކް ކިތަންމެ ސިއްރު ކުރަން އުޅުނަސް އަހަރެންގެ ލޮލަށް ވެސް މަލަކް ތި އުޅޭ ގޮތް ފެނޭ…” އެންމެ ފަހުން އަޔާން އަށް ބުނެވުނެވެ. އޭނާ އަތް ސޯޓުގެ ޖީބަށް ކޮށްޕާލިއެވެ. ތެމިފައި ހުރި އަޔާން ގެ ގައިގައި މަލަކް ބައްދައިގަތް ގޮތުން އޭނާގެ ހެދުމަށް ވެސް ތެތް ކަމުގެ އަސަރު ކުރިއެވެ. އެހެންނަމަވެސް އެކަމަކާ މަލަކް މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ.
“އަޔާން… ” މަލަކް އަށް ގޮވާލެވުނެވެ. “އަހަރެން…” މަލަކް އަށް އެ ހިސާބަށް ބުނެވުނުތަނާ ދުރުން ސައިކަލު ތަކެއްގެ އަޑު އިވިލިއެވެ. އޭނާ އަޔާން އަށް ބަލާލިއެވެ. “އެމީހުން އައި ކަންނޭގެ… މަލަކް ގެއަށް ލައިދޭން އަހަރެން ދާނަން” އަޔާން ބުނެލިއެވެ. “ނޫން އިޓްސް އޯކޭ” މަލަކް ބުނެލިއެވެ. “ނޫން މަލަކް…” އަޔާން ބުންޏެވެ.
“އަހަރެން މިތަނަށް އައި ވެސް އަޔާން އާ އެކީ ގަ އެއްނޫން ދޯ… އެހެންވީމަ އަހަރެންނަށް އެކަނިވެސް މިތަނުން ދެވޭނެ… އަޔާން ގެ އެހީތެރިކަން އަހަރެން ހުރިހާ ކަމެއްގަ ބޭނުމެއް ނުވޭ… އަހަރެން ލާ ނޭވާ އަށް ވެސް އަޔާން ގެ ހުއްދަ ހޯދަން ޖެހޭތަ؟” މަލަކް އިއްވާލިއެވެ. މަލަކް ގެ އެ ވޭނީ ބަސްތަކުން އަޔާން އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
“މަލަކް… ތިހެން ނުބުނޭ…” އަޔާން ގެ ހިތުގައި އެވަގުތު އެތަކެތް ކަމެއް ވީނަމަވެސް އެއިން އެއްވެސް އެއްޗެއް ދުލު ކުރިއަކަށް ނައެވެ. ދެންމެ އޭނާ އަށް ދިމާވި މަލަކް އާއި މިހާރު ކުރިމަތީގައި ހުރި މަލަކް އާއި ހާސްބައި ތަފާތެވެ.
މަލަކް ހިނގައިގަތުމާއެކު އިތުރަށް އެއްވެސް އެއްޗެއް ބުނުމެއް ނެތި އަޔާން ވެސް ގްރޫޕް ކުދިންނާ ދިމާލަށް މިސްރާބުޖެހިއެވެ. އެހެންނަމަވެސް މަލަކް ހިނގަމުން ދިޔަ ދިމާލަށް އިރު އިރު ކޮޅަކާ އޭނާގެ ނަޒަރު ހުއްޓެއެވެ.
އަމާން އެކުވެރި މަޖާ މާހައުލެއްގައި ބާބިކިއު ހެދުމުގެ ހަރަކާތް ކުރިއަށް ދިޔައިރު ކޮންމެ ކުއްޖަކުވެސް ބެލީ އެ ވަގުތު ކޮޅު ވީހާވެސް އުފާވެރިކޮށް ހޭދަ ކޮށްލެވޭތޯއެވެ.
ނާށި ތަކުގައި ރޯކޮށްގެން ހުރި އަޔާން ގެ ވިސްނުން ދަތުރު ކުރަމުން ދިޔައީ ކޮން ދިމާލަކަށް ކަމެއް ނޭގެއެވެ. ވިސްނުމުގައި ހުރެ އޭނާ އަތުގައި އޮތް ދަނޑި ގަނޑުން ނާށި ތައް އަޑިއަށް ކޮށްޕަމުން ގޮސް އަތް ވެސް މާ ދުރަށް ކޮށްޕާލެވުނީއެވެ.
ކުއްލިއަކަށް އަތށް އެރި ދިލަ ތަދާއެކު އޭނާ އަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަދި އަތް ދަމައިގަނެވުނެވެ. “އޭތް ކިހިނެތްވީ އަޔާން؟” ޝާއިލް އެ ދިމާލަށް ހިނގައިގަންނަމުން އަޔާން ގާތު ވީ ކީއްތޯ ސުވާލު ކޮށްލިއެވެ. “މާ ބޮޑު ކަމެއް ނުވޭ ހެން ހީވަނީ އާހް” އަޔާން އަނގަޔަށް ގޮތެއް ހަދާލާ ޝާއިލް އާއި ދިމާލަށް ބަލާލުމަށް ފަހު އަނބުރާ އަތަށް ބަލާލަމުން ބުނެލިއެވެ.
އޭރު އަތުގައި ފިހިފައި އޮތް ހިސާބުގައި އޭނާ އަށް އަތުންފިރުމަމުން ދެވުނެވެ. ދިލަ ނަގާވަރުން އަޔާން އަށް ކެތްވަނީކީވެސް ނޫނެވެ. ފުމެމުން އަތް ތަޅުވަމުން ދިޔަ އިރު އޭނާގެ ލޮލުން ވެސް ފެން އަންނަން ފަށައިފިއެވެ.
‘އަޔާން ކީ ތިކުރީ… މަށަށް ހީވަނީ ހޮސްޕިޓަލަށް ހެން ދާން ވީ ނޫންތަ؟” ޝާއިލް ބުނެލިއެވެ. ދެން ތިބި ކުދިންގެ ހިޔާލުވެސް ޝާއިލް އާއި އެއްގޮތެވެ. އެމީހުން ވެސް އަޔާން ގާތު ހޮސްޕިޓަލަށް ދިޔުމަށް އެދުނެވެ. އަޔާން ވެސް އިތުރަށް ދެކޮޅު ނެހެދީ އަތަށް ތަދު ވަމުންނާއި ދިލަ ނަގަމުން ދިޔަ ލެތް ބޮޑުކަމުންނެވެ.
ޝާއިލް އާއެކު ހޮސްޕިޓަލަށް ދިޔަ އަޔާން ގެ ދިލަ މަޑު ވާ ގޮތްވީ އިންޖިކްޝަނާކާއެކު އުނގުޅަން ދިން ބޭސް އުނގުޅުމުންނެވެ. ކާން ވެސް ބޭސް ދީފައި އަޔާން ފޮނުވާލުމާއެކު ގެއަށް ދިޔުމުގެ ބަދަލް ގައި އޭނާ އަނެއްކާވެސް ދިޔައީ ޝާއިލް މެނާއެކު ބާބިކިއު ހަދާށެވެ.
އަޔާން ގެ އަތް ފިހިފައި އޮތުމާއެކު އޭނާ ފަހުން އެއްވަރަކަށް ވެސް މިރުހާ އެއްޗެހި ލުމަށާއި އަދި މަސައްކަތް ކުރުމަށް ވެސް މާ ބޮޑަށް ބައިވެރިއެއް ނުވެވުނެވެ.
ބާބިކިއު ނިންމާލުމަށްފަހު އަޔާން ގެއާ ދިމާލަށް މިސްރާބުޖެހިއިރު އަދިވެސް މަލަކް ގެ ހިޔާލް އޭނާގެ ހިތުގައި ވެއެވެ. މަލަކް އެ ސިއްރު ކުރާ ކަންތައް އޭނާ އޭނާ ހޯދާނި ކިހިނެތް ހެއްޔެވެ؟.
ގެއަށް ދިޔުމާއެކު ސާމިރާގެ ސުވާލް ތައް އަޔާން އާއި ކުރިމަތި ވިއެވެ. އެހެންނަމަވެސް އެ ސުވާލް ތަކަށް އަޔާން މާ ބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. ބާބިކިއު ހަދަން އުޅެނިކޮށް އަތް ފިހުނީ ކަމަށް ބުނެ ނިންމާލީއެވެ.
ކޮޓަރިއަށް ވަދެ ފެންވަރާ ހަދައިގެން އަޔާން އޮށޯތީ ބޭރަށް ނުކުންނަ ހިޔާލް ނެތުމުންނެވެ. އޭނާ ފޯން ނަގާ މަލަކް އަށް މެސެޖެއް ކޮށްލިއެވެ. ވައިބާއިން މެސެޖް ކޮށްލީ އެ މެސެޖާއެކު ފޮޓޯއެއް ވެސް އެޓެޗް ކޮށްލާފައެވެ. ކުރެވުނީ ކިތަންމެހާވެސް މޮޔަ ކަމެކެވެ. އަޔާން އަށް ވެސް އެކަން އެނގެއެވެ. އެހެންނަމަވެސް މަލަކް ގެ އަމަލް ތައް ހުންނަނީ ކިހިނެތްތޯ ބަލަން އޭނާ ބޭނުންވީއެވެ.
މިރޭ ވީކަމާހެދި މަލަކް ހުރީ ނުހަނު ކަންބޮޑުވެފައެވެ. މިރެއަށް ފަހު އަޔާން ގެ އުނދަގޫ އޭނާ އަށް ބޮޑު ވާނޭކަމަށް އޭނާ އަށް ވެސް އެނގެއެވެ. އެތް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް އަޔާން އޭނާއާއި ދިމާކުރަން އަންނާނޭކަން މަލަކް އަށް އެނގެއެވެ. އަޔާން ގެ ކުރިމަތިގައި އުޅެން ވެއްޖެނަމަ ހަގީގަތް ބޭޒާރު ވާކަށް މާ ގިނަ ދުވަހެއް ނުނަގާނޭ ކަން ވެސް އޭނާ އަށް އެނގެއެވެ. އަޔާން ގެ ފަރާތުން ފެންނަ ކޮންމެ އަމަލަކުން އޭނާ އަޔާން ދެކެ ވާ ލޯބި އިތުރު ވެގެން ދެއެވެ. ވިސްނާ ވިސްނާ އިތުރަށް ބޮލުގައި ރިއްސަން ފެށުމުން މަލަކް ފާހާނާއަށް ވަނީ ފެންވަރާލުމަށެވެ. ބޮލަށް އަޅައިގެންފެން ވަރާލުމުން ހަށިގަނޑު ތާޒާ ވިނަމަވެސް ސިކުނޑިއަށް އެއްވެސް އަސަރެއް ކުރި ހެނެތް ހިޔެތް ނުވެއެވެ. އޭނާ އެނދުގައި ޖައްސާލީ އަރާމް ކޮށްލުމަށެވެ.
އެނދުގައި އޮށޯވެލައިގެން އޮތް މަލަކް ފޯނަށް މެސެޖެއް އައުމާއެކު ބަލާލިއެވެ. އެއާއެކު އޭނާ ގެ ދެ ބުމަ ގާތް ވެގެން ދިޔައެވެ. އަޔާން ފޮނުވާފައި މެސެޖަކަށް ވުމާއެކު އޭނާ އެ ހުޅުވާލާ ބަލާލިއެވެ.
“މަލަކް އަހަންނަން ދޭ އަނިޔާ” އަޔާން ފޮޓޯ އަކާއެކު ފޮނުވާފައި ވާ މެސެޖް ފެނި މަލަކް އަށް ލޯ މަރާލެވުނެވެ. ފޮޓޯއިން ފެންނަނީ އަތެކެވެ. ފިހިފައި އޮތް ތަން ފެނި މަލަކް އަށް އަމިއްލަ ނަފްސާއި ވާހަކަ ދެއްކުނެވެ. “އަޔާން ގެ އަތް ފިހުނީތަ؟ ކިހިނެތްވީ؟ އަހަރެން ކީ ކުރީ؟ މީ އަނެއްކާ އަޔާން އަމިއްލަ އަށް ކުރި ކަމެއްތަ؟ ނޫން ނޫން… އެހެނެއް ނުވާނެ…” މަލަކް ގެ ހިތަށް ތަފާތު އެކި ޝުއޫރުތަށް ވެރިވަމުން ދިޔައެވެ. އޭނާ ފޯނުގައި އަވަސް އަވަހަށް އަޔާން ގެ ނަންބަރު ޖަހާ ގުޅާލިއެވެ.
މޭމަތީގައި ފޯން ބާއްވައިގެން މަލަކް ގެ ޖަބާބަކަށް އިންތިޒާރު ކުރަމުން ދިޔަ އަޔާން ފޯން ރިންގް ވުމާއެކު ނަގާ ބަލާލިއިރުވެސް އޭޏާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވެއެވެ. އަޔާން އަށް ގުޅާނީ މަލަކް ނޫން އެހެން ދެވަނަ ފަރާތެއްނޫން ކަން އޭނާއަށް އެނގޭ ކަހަލައެވެ. އެހެންކަމުން ފޯން އަށް އަރާފައިވާ ނަމަށް ވެސް ބަލާލުމެއް ނެތި އޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލީ ލޯ މަރާލައިގެން އޮވެއެވެ. “އަޔާން… ކީއްވެ ކުރި ކަމެއް އެއީ… އަހަރެން ރުޅި އަޔޭ ކިޔާފަ އަމިއްލަ ހަށިގަނޑަށް އަނިޔާ ދޭން ޖެހޭތަ، އޭތް… އަޔާން ވާހަކަ ދައްކަބަލަ.. ބުނޭ ކީކޮއްފަ އެ… ކިހިނެތް؟ ކީއްވެ އެހެން ހެދީ… އަޔާން… ކީއްވެ ކުރި ކަމެއް ހޭ އެއީ” ވީ ގޮތް ނޭނގި ހުރެ މަލަކް އަށް އަޔާން އާ ދިމާލަށް ބާރަށް ބުނެވުނެވެ.
“ސޭ ދެޓް ޔޫ ޑޯންޓް ލަވް މީ…” މަލަކް ގެ ބަސް ހުއްޓުނީ އަޔާން ގެ އަޑުންނެވެ. އަޔާން ގެ އަޑު އިވުމާއެކު މަލަކް ގެ ބަސްތައް ހުއްޓުނު ގޮތް އަޔާން އަށް ވެސް ފާހަގަ ވިއެވެ. “ސޭ ދެޓް ޔޫ ޑޮންޓް ލަވް މީ… އައި ކޭން ސޭ ދެޓް ޔޫ ސްޓިލް ލަވް މީ…އައި ކެން ފީލް ދެޓް” އަޔާން ދެންވެސް ބުނެލިއެވެ.
މަލަކް ގެ ގިސްލުމުގެ އަޑު ފޯނުން އިވޭކަށް މާ ގިނަ އިރެއްނުނެގިއެވެ. “މަލަކް… ވަޓް ހެޕެންޑް.. އަހަރެން އަހަރެން އަމިއްލަ އަށް ކުރި ކަމެއް ނޫނޭ މީ… މިރޭ ބާބިކިއު ހަދަން ގޮސް އުޅެނިކޮށް ފިހުނީ… އަހަރެން ބޭނުންވީ އަދިވެސް މަލަކް އަހަރެންނަށް ކެއާރ ކުރޭތޯ ބަލާލަން… މަލަކް އަދިވެސް އަހަރެން ދެކެ ލޯ ބި ވޭތޯ ބަލާލަން… އަހަރެންނަށް މިހާރު މިވަގުތުވެސް ޔަގީންވެއްޖެ…… މަލަކް… އަހަރެންގެ ފަރާތުން މަލަކް އަށް ހާރޓް ވަންޏާ މައާފަށް އެދެން… އެކަމަކު ޔޫ އާރ ހާރޓިން މީ މޯ” އަޔާން ބުނެލިއެވެ. ފަހު ޖުމްލަ ބުނެލިއިރު އަޔާން ގެ އަޑުގައިވެސް ވަނީ ވޭނީ ރިހުމެކެވެ.
“އައިމް ސޮރީ ފޯ ލަވިން ޔޫ… އައި އެމް ސޮރީ އައި އޭމް ވޮރިޑް އެބައުޓް ޔޫ… އައި އެމް ސޮރީ ފޯ ވެއިޓިން ފޯ ޔޫ… އައި އެމް ސޮރީ ފޯ ހާރޓިން ޔޫ” އަޔާން ބުނެލިއެވެ. އަޔާން ގެ ލޮލުން ވެއްޓުނު ކަރުނަތިކި ބާލީހުގެ އުރައިގެ ތެރެއަށް ވަދެގެން ދިޔައީއެވެ.
“އަޔާން”
“އައި އެމް ސޮރީ ފޯރ އެވަރީތިންގް” މަލަކް ގެ ވާހަކަ މެދު ކަނޑާލަމުން އަޔާން ދެންވެސް ވާހަކަ ދެއްކިއެވެ.
“އައި އެމް” އަޔާން ދެންވެސް ވާހަކަ ދައްކަން އުޅުނެވެ.
“އައި އެމް ސޮރީ އަޔާން އައި އޭމް… އައި އޭމް ސޮރީ” އަޔާން ގެ ވާހަކަ މެދު ކަނޑާލަމުން މަލަކް ހަޅޭއް ލަވައިގަތެވެ. މަލަކް ގެ އެ ހަޅޭއް ވެސް މިރޭ އެހެން މީހަކު އަޑު އަހައިފިއެވެ. އަޔާން އާ މެދު އެމީހެއްގެ ހިތުގައި އޮތް ރުޅިވެރިކަން ދެގުނަ ވެގެން ދިޔައެވެ.
“އަޔާން… ޑޯންޓް މޭކް ދިސް ޑިފިކަލްޓް ފޯ މީ ޕްލީޒް… ޕްލީޒް ޕްލީޒް” މަލަކް ބުނެލިއެވެ. އޭނާ ގެ ގިސްލުމުގެ އަޑު އަޔާން އަށް އިވުމާއެކު އަޔާން އަށް މަލަކް އަށް ގޮވާލެވުނެވެ.
“މަލަކް” އަޔާން ގޮވާލިއެވެ. “މަލަކް އަށް ތި ޑިފިކަލްޓް ވާ ކަމެއް އަހަރެންނަނަކަށް ވެސް ނޭނގޭނެ މަލަކް ނުބުނަނީހެއް… އެއްފަހަރުވެސް އަހަރެން ގާތު ބުނެބަލަ… މަލަކް އަށް ދެރަ ގޮތެއް ވާކަށް މި ހިތެއް ދުވަހަކުވެސް ނޭދޭ” އަޔާން އަށް ބުނެވުނެވެ.
އެހެންނަމަވެސް މަލަކް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ފޯން ކަނޑާލީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.








salaam. so heres the next ep of the story. eventhough this chapter is a bit short hope u will all like this. i am sorry for the short chat. but promise next ep will be longer. IN SHA ALLAH. chap mihisabah mi kuru kohli next ep ga gengos vaki hisaabakah nimmaalan beynun vaathy. jazakallah khairan. 🙂
I love this story. ?
Thankyou dear. It means a lot. Vvv ufaavehhje.
Me first dhw
Alheyh.nuney livee deae. Ur secound mifaharu. But dnt worry try next time ingey. Shukuru. ???
Reethi but kurin vaahaka ha interesting eh noon
Thanks dear. Thanyou for the opinion. In Sha Allah balaanan rangalhu kureveythoa. V ufaavehjje. ???
Haadha kuray mipart ekam v reethi ?? wating for next part ??
Ohhh. Thanks dear. Sorry about this. Btw next ep on monday nyt ga. In Sha Allah. And its gonna be a long part. Shukuru. Aslu himi dialogus thakeh liyan jehigen midhuvaskolhu ulheythy lasvani. ???
Kamaku nudhey. Zain ge vaahaka nethyma. Baivaru charecter ulhenyaa konme part eh ga himanan jeheyne dhw..
Hiyaala ufalaaeku bakaigannan. Rangalhu kohlan jehey kanthah thi gothah comment eh ge sifaigai buneladhinumaki himi ah libigendhaa v bodu hiyy vareh. Thanks dear. V ufaavehjje. ???
Mi part vx v v v reethi ❤️❤️❤️??????????????????… Alhey malak keehvetha nubunanee ayaan kairyga ???… Pinky ah heevany malak and ayaan dhuruvumuga malak ge manmage atheh vaa henn… Maybe she forced malak… Hehe… Kuruviyas mi part vx up kohladhinyma thankyou Hi Mi ????????????… Keep up the good work ???❤️❤️❤️???????????????… Curiously waiting for the next part ???❤️❤️❤️… Lots of love my favourite writer Hi Mi ❤️❤️❤️??????????????????…
Pinky dear ge colourful comment eh dw mi again. Hehe. Vvv ufaavehjje. Thankyou so much. Abadhuves himi ge enme bodu eb supporter thy. Konmr part akun ves v inthixaar kurevey comment eh thy. In Sha Allah next ep on monday nyt dear. Miadhuvas kolhu dialogue thakeh liyan jehigen ulheythy las vani. Vvv ufaavey pinky himi ab thidhey support ah. Feshigen ki v haa thanah konme part akah ves comment kuraane. Ehaa loabi koh. Ehaa understanding vaane. Bunaane ehcheu ves neyge. Dhen. Hehe. Ur SPECIAL hama. Hehe. ???????❤❤??❤???❤??❤?❤❤??❤?
Himi ge vahaka ey vas nubunaaaane.kamku nudhey.v fooohi adhi
Hiyaal ufalaaku balaigannan hiyaal faalhu kohlythy shukuriyya. In Sha Allah. R
Thi kanthah rangalhu kuran masai kai kuraanan. Thanks dear. ???
Good bt mi Part ehaa interesting eh noon.. Bt emotional vv.. Reethi kba zain and eenaal… Dhen e dhemyhun (ayaan n Malak) gulhuvaba.. They both r hurting each other ??????????????????
Hehe. Thanms maya. V ufaaavehjje. Himi ah thifhey support ah shukuriyya. Dhen huri part thakun ithurah masai kai kuraanan rangalhu kuran. Ingey dear. In Sha Allah. Much loves. ???
wow varah nice mi part ves…… ?????????
Aewwn. Blue beauty ge comment eh. V ufaavehjje. Thankyou so much dear. ???
Wow ??? Himi mi partvx vvvvvvvv nice n touching ????????? … malak n ayaan ge life day by day more interesting ingey ??? … alhey dhn malak bunvy nun dhw reethi koh ayaan kairyga broblem mihaaru dhekudhinvx thithiby v bodah hurt vefa eynun dhw ????????? … Himi dear mi part kuras ok bt zain menge thankolhehvx mi partga??? nethyma dhw… curiously waiting for the next … ???????????
Hehe. Dw naju dhen bunan vehjje ehnu v gotheh ves. Hingaa balamaa dhen vaa gotheh ves dw. V ufaavehjje thidhey support ah. Hehe. And himi ves bunelaifin ingey malak gaathu mihaaru bunaashey. Ekam gabool nukuranyaa keekuraani dw. Thanks fo? The support dear. ?????????????????????
Hei hi mi……Himi GE hithaa furaanain e story v rythi ingey..
He dear. Vvv ufaavehjje. Reader ge comment fenifa. Vvv ufaavehjje mihaa dhuvas fahun ves e story ah comment eh libunima. Eyi himi ah ves liyevunu vvvv reethi story eh. Thankyou so much. ?????
koba Next Part