Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 2

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 19, 2018 6 Mins Read
13 Comments

” އެވްލީންއާ ބެހޭގޮތުން ކާއިލްއާ ސުވާލެއް ކޮށްލަން އެބައޮތް …. ” ކާއިލްއާ ދިމާއަށް ޒަވީން ބަލައިލިއެވެ. ” އާސްކް އެނީ ތިންގް… ” ކާއިލް ބުންޏެވެ.

” ކީއްވެ އެވްލީންގެ އާއިލާ މީހުން އެވްލީންއާއި ބައްދަލުކުރަން ނާންނަނީ ؟ ރިކޯޑްގައި ވާގޮތުން އެންމެފަހުން އެވްލީންގެ ބައްޕަ މިތަނަށް އައީ 2008 ގައި ” ޒަވީން ބުންޏެވެ. ” އެވްލީންގެ އާއިލާ މީހުން ފެނުމުން އެވްލީން ސަކަރާތްވާން ފެށުމުން އެވްލީންއާއި ބައްދަލުކުރުން މަނާކޮށްފަ އޮންނަނީ…. ހާއްސަކޮށް އެވްލީންގެ ކޮއްކޮ ފެނުމުން އެވްލީން ހަމައިންނެއްޓޭ ހިސާބަށް ކަންތައްދިޔަ…. ” ކާއިލް ބުންޏެވެ. ކާއިލްގެ ޖުމްލައިން ޒަވީންގެ ސިކުނޑީގައި ފުނިޖެހެމުންދިޔަ ސުވާލުތައް ދިޔައީ އިތުރު ވަމުންނެވެ.

* * *

ތިރީސް މިނިޓްގެ ދަތުރަކަށްފަހު ފެރީ ޓާރމިނަލްއަށް ފެރީ ލެފުމާއެކު ޒަވީން އަވަސްވެގަތީ ފެރީން ފޭބުމަށެވެ. ޒަވީން ފެރީ ޓާރމިނަލް އިން ބޭރަށް ނިކުތުމާއެކު އޭނަ މާލެއަށް އައި މަޤްސްދު ހާސިލުކުރަން އަވަސްވެގަތެވެ. ފެރީ ޓާރމިނަލް އިން ބޭރަށް ނިކުތީއްސުރެ އަންހެންކުދިންގެ ނަޒަރު ޒަވީންއަށް އަމާޒުވަމުން ދިޔައެވެ. ޒަވީންގެ އެހުންނަ ރީތި ސިފަތަކުގެ ސަބަބުން ފުރަތަމަ ނަޒަރުންވެސް އަންހެން ކުދިންގެ ހިތްތައް ދަމައިގެންފާނެއެވެ. އެހާވެސް ފުރިހަމަކަމެއް ޤުދުރަތުންވަނީ ޒަވީންއަށް ދެއްވާފައެވެ.

ޒަވީން މާލެއައި ފުރަތަމަ ފަހަރުކަމުން އޭނައަށް މާލޭގެ މަގުތައް އެއްވެސް ވަރަކަށް ނޭނގެއެވެ. ޒަވީން ޓެކްސީއެއް ހުއްޓުވަން ކުރަމުން ދިޔަ މަސައްކަތް އެއްގޮތަކަށް ވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. މީހުން ގިނަކަމުންނާއި މަގުތައް ފުރިފައިވާތީ ޓެކްސީއެއް ހޯދުންވީ ބުރަ މަސްކަތަކަށެވެ. ހުއްޓާލުމެއްނެތި ޒަވީން ކުރަމުން ދިޔަ މަސައްކަތަށް ކުރިއެރުމެއް ލިބުނެވެ. މަޑު ރަތްކުލައިގެ ކާރެއް އޭނަގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު ޒަވީން އަވަސް ވެގަތީ ކާރަށް އެރުމަށެވެ.

” ވުޑްލޭންޑް ” ޒަވީން ދާންވީތަން ބުނުމާއެކު ޑްރައިވަރު އަވަސްވެގަތީ ޒަވީން ބުނިތަނަށް ދިއުމަށެވެ.

ހަތަރު ބުރިއަށް ރާނާފައިވާ ބޮޑު ގެއެއްގެ ގޭޓުން އެތެރެއަށް ވަދެގެންގޮސް ގޭގެ ޕޯޓިކޯގައި ކާރު މަޑުކޮށްލިއެވެ. ޑްރައިވަރު ރުފިޔާ ދޭންވީ އަދަދު ބުނުމާއެކު ޒަވީން ރުފިޔާ ދިނުމަށްފަހު ކާރުން ފޭބިއެވެ. ޒަވީން މުޅިގެއަށް ނަޒަރު ހިންގާލިއެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެކެވެ. ގޭގެ ކޮންމެ ދިމާލަކުންވެސް ފެންނަމުން ދިޔައީ ގޭގެ ފުރިހަމަކާމާއި ރީތި ކަމެކެވެ.

ގޭގެ ބަގީޗާއިން ގެއަށް އާރޯ ކަމާއި ތާޒާކަން ގެނެސްދެއެވެ. ބަގީޗާގައި އިންދާފައިވާ އަނބު ގަސްތަކާއި ޖަންބު ގަސްތަކުން މުޅި ތަނަށްވަނީ ހިޔާ އަޅާލާފައެވެ. ބިންމަތި ވަނީ ކާރޕެޓް ގްރާސްތަކުން ފެހިކޮށްލާފައެވެ. ބަގީޗާގައި އިންދާފައިވާ އެކިކަހަލަ މާމެލާ މެލީގެ ސަބަބުން މުޅިތަންވަނީ ހުވަނދުލެވިފައެވެ. ޖެހިލާ ވައި ރޯޅިތަކާއެކު މާމެލާމެލީގެ ވަސް ސެންޓެއްހެން މުޅިތަނަށް ފެތުރިގެން ދާއިރު ހިތްތައް ބަންޑުން ކޮށްލަފާނެހެން ހީވެއެވެ.

” ވުޑްލޭންޑް ” ފޯޓިކޯ އާއި ކުރިމައްޗަށް ވާގޮތަށް ބޮޑު ލޮޓަސް ޕޮންޑެއްވާއިރު ލޮޓަސް މާތަކުން އެޕޮންޑްވަނީ ފުރާލާފައެވެ. ލޮޓަސް ޕޮންޑާއި ތަންކޮޅެއް ދުރުގައި ހުރި ބޮޑު ފެންއަރުވާ ވަޑާމުގެ ސަބަބުން ބަގީޗާ އިތުރަށް ފުރިހަމަކޮށްދެއެވެ.

ޒަވީން ހަރުފަތައް ގިރާކޮށްލުމަށްފަހު ދޮރާ އަރާހަމަވުމާއެކު ބެލް ޖަހާލިއެވެ. ކުޑަ އިރުކޮޅެއް ފަހުން ރަތްކުލައިގެ ޔުނިފޯމެއް ލައިގެން ހުރި އަންހެން ކުއްޖަކު އައިސް ދޮރު ހުޅުވާލިއެވެ. އެކުއްޖާ ލައިގެން ހުރި ޔުނިފޯމްގައި ” ލިމްނާ ” ޖަހާފައި ހުރި ޓެގެއް ހުއްޓެވެ. ” މިފްޒާލް އެބައުޅުއްވާތަ ؟ ” ޒަވީން ލިމްނާއާއި ސުވާލުކޮށްލިއެވެ. ޒަވީން ފެނުމާއެކު ލިމްނާ އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ޒަވީންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ” މިފްޒާލް އެބައުޅުއްވާތަ ؟ ” ލިމްނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޒަވީން ސުވާލު ތަކުރާރުކޮށްލީ ކުރިއަށްވުރެ ބާރަށެވެ. ” މިފްޒާލް ސާރ ވީ އޮފީހުގައި….. ޖުނެއިނާ މޭމް އެބަ އުޅުއްވާ…. ” ޒަވީންގެ އަޑަށް ސިހިފައި ލިމްނާ އަވަސް އަވަހަށް ބުންޏެވެ. ” ކޭން އައި މީޓް ހާރ…. ” ޒަވީން ބުންޏެވެ.

ލިމްނާގެ ފަހަތުން ޒަވީން އެތެރެއަށް ދާން ހިނގައިގަތެވެ.

”ގޭގެ ސިޓިންގް ރޫމް ޒީނަތްތެރިކުރަން ބޭނުން ކުރެވިފައިވާ ސާމާނުތަކުން ލޯ ތަރަތަރަ ޖަހައިގެން ދާހާވެއެވެ. ހުދުކުލައިގެ މާރބްލް ޖަހާފައިވާއިރު އެ މާރބްލްތައް ވިދަމުން ދިޔައިރު ހީވަނީ ޖަވާހިރު ތަކަށް އިރުގެ ދަޅަ އެޅުމުން ވިދާހެންނެވެ. ސިޓިންގް ރޫމް ޒީނައްތެރި ކުރަން ބޭނުން ކުރެވިފައިވާ އަގުބޮޑު ފަރުނީޗަރު ތަކުން ސިޓިންގް ރޫމް އިތުރަށް ފުރިހަމަކޮށްދެއެވެ. ސިޓިންގެ ރޫމުގެ މެދެއްހާ ހިސާބުގައި ބޮޑު ޗާދަލިޔާއެއް ހަރުކުރެވިފައިވާއިރު ފާރުގައި ލައިފައިވާ ނޫކުލައާ ގުޅޭ ގޮތަށް ހުދާއި ނޫކުލައިގެ ރީތި ސޯފާ ސެޓެއްވެސް ހުއްޓެވެ. އަދި ހަމައެއާއެކު ފާރުގައި ހަރުކޮށްފައިވާ ބޮޑު ފްލެޓް ސްކްރީން ޓީވީން ސިޓިންގް ރޫމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

” ހޭނެތިފަތަ ކަލޭ ހުރީ މި މާވަށިގަނޑު ތަޅާލި އިރު…. އަހަރެން ކަލޭ ކައިރީ ކިތައް ފަހަރު ބުނާނީ ބަލައިގެން ސާފުކުރާށޭ!! އެކަމަކު ކަލެއަށް އެއަޑެއް ނީވުނު…. ” އަންހެނެއްގެ ހަޅޭކުގެ އަޑަށް ޒަވީންއަށް އެއަޑުއައި ދިމާއަށް ބަލައިލެވުނެވެ. އޭރު އުމުރުން ސާޅީސް އަހަރުގެ އަންހެނަކު ނޯކަރަކާއި ދިމާއަށް ހަޅޭއްލަވަނީއެވެ. އެއަންހެންމީހާ ބޭނުން ކޮއްފައިވާ އަގުބޮޑު ގަހަނާތަކާއި ހެދުން އެޅުމުގައި ހުރި ވައްޓަފާޅިން ދެއްކުންތެރިކަމާއި ބޮޑާކަން ފާޅުވަމުން ދިޔައެވެ.

” ރޯކަށް ނޫނޭވީ…. ކާކު އެއަށް ރުފިޔާ ދައްކާނީ…. ކަލެއަށް އެނގޭތަ އެއީ މަ އެމެރިކާއިން ގެނައި އެއްޗެއްކަން، އެކޮންތާކު އޮންނަ ގައުމެއްކަން ވެސް ކަލެއަކަށް ނޭގޭނެ…. އޭގެ އަގު ކަލޭ ދައްކާނީ ކިހިނެއް!!!…” އެއަންހެންމީހާ ނޯކަރު ކުއްޖާގެ ކަންފަތް މައްޗަށް ހޫނު އެތިފަހަރެއް އަމާޒުކޮށްލިއެވެ. ވީތަދުން އެކުއްޖާގެ ލޮލުން ކަރުނަ ހިލުނެވެ. ” އެއްހާސް ޑޮލަރޭ ކަލޭ ފެނަށް ތިދުއްވާލީ….. ”

” އަޅުގަނ…އަޅުގަނޑު…. ރުފިޔާ… ” ” ހުއްޓާލާ…. އިތުރު ގޯހެއް އަހަރެންގެ އަތުން ނެހެދެނީސް މަގޭ ކުރިމަތިން ދުރަށްދޭ…. އަދި ހަނދާންކުރާތި މީގެ ފަހުން މަށަށް ކަލޭ މިގެއިން ފެނިގެން ނުވާނެ ! ބިޗް!!!…. ”

” ޖުނެއިނާ މޭމް…. ” ލިމްނާ އެއަންހެން މީހާއަށް ގޮވައިލިއެވެ. ޖުނެއިނާ ލިމްނާގެ މޫނަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ނަމަވެސް ލިމްނާއާއެކު ހުރި ޒަވީން ފެނުމާއެކު ޖުނެއިނާ ރުޅި ކޮންޓްރޯލު ކޮށްލުމަށްފަހު ހިނިތުންވެލިއެވެ. ” މޭމް …. މޭމްއާއި ބައްދަލު ކުރަން އައި….. ” ލިމްނާގެ ޖުމްލަ ފުރިހަމަ ނުވަނީން އަތުގެ އިޝާރާތުން ލިމްނާ ކައިރީގައި އެތަނުން ދިއުމަށް ޖުނެއިނާ އެންގިއެވެ.

” ހައު ކޭން އައި ހެލްޕް ޔޫ ؟ ” ޖުނެއިނާ ލިމްނާ ދިއުމާއެކު ޒަވީންއާއި ވާހަކަދައްކަން ފެއްޓިއެވެ. ” އެވްލީންއާ ބެހޭގޮތުން ސުވާލުތަކެއް ކޮށްލަން ވެގެން…. ” ޒަވީން ޖުނެއިނާގެ ސުވާލަށް ޖަވާބު ދިނެވެ. އެވްލީންގެ މެޑިކަލް ރިޕޯޓްގައިވާ މައުލޫމާތު ތަކުގެ އެހީގައި ޒަވީން އެވްލީންގެ ގެއަށް އައީ އޭނަ ބޭނުންވާ މުހިންމު ކަންތައްތަކާ ބެހޭގޮތުން ސުވާލުކޮށް ލުމަށެވެ.

ޒަވީންގެ ޖުމްލައާއެކު ޖުނެއިނާގެ މޫނުގެ ކުލަވަރު ބަދަލު ވިއެވެ.

” އެވްލީންއޭ؟؟!! ކޮން އެވްލީންއެއް ؟؟ ” ޖުނެއިނާގެ އަޑު ބޭރުވެގެންއައީ ވަރަށް އުނދަގުލުންނެވެ. ” އެވްލީން މިފްޒާލް… ” ޒަވީން ޖުނެއިނާގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. ޒަވީންގެ ޖުމްލަ އަޑު އިވުމާއެކު ޖުނެއިނާގެ ނިތްކުރިން ދާތިކިތައް ފާޅުވެގެން ދިޔައެވެ. ” މިގެއަކު ނޫޅޭ އެވްލީންއެއް…. މިސްޓޭކް އެއް ކަމަށްވެސް ވެދާނެ… ޔޫ މޭއި ލީވް ނައު.. ” ޖުނެއިނާ ބޭނުންވީ ޒަވީން އެގެއިން ފޮނުވާލާށެވެ. ” ކިހިނެއް އަހަރުމެންގެ ރެކޯޑްގައިވާ ކަންތައްތައް މިސްޓޭކަކަށް ވާނީ ؟ މީގެ ހަތަރު އަހަރު ކުރިން އެވްލީން މޮޔަވެގެން މެންޓަލް އެސައިލަމްއަށް ބަދަލު ކުރީ…. ” ޒަވީން އެގެއިން ދާކަށް ގަސްތެއް ނުކުރިއެވެ. ” މިގެއަކުން އެކަކުވެސް މޮޔައެއް ނުވޭ…. ދެން ކިހިނެއް މިގެއިން މީހަކު މެންޓަލް އެސައިލަމްއަށް ފޮނުވާނީ ؟ އަދި އެންމެ މުހިންމު ވާހަކަ މިގެއަކު ނޫޅޭ އެވްލީން އެއް… ” ޖުނެއިނާގެ އަޑުގައި މިފަހަރު ރުޅިވެރިކަން އެކުލެވިގެން ވިއެވެ.

* * *

ކާރު ގޭގެ ފޯޓިކޯގައި ޕާރކް ކޮށްލުމަށްފަހު ގެއަށް ވަންނަން ދިޔަ މިފްޒާލް ހުއްޓުން އެރީ ޖުނެއިނާ ” އެވްލީން ” ކިޔުމުންނެވެ. މިފްޒާލް ހަލުވި ފިޔަވަޅު ތަކެއްގައި ޖުނެއިނާއާއި ޒަވީންއާ ދިމާއަށް ހިނގައިގަތެވެ.

” ކިހިނެއް އަހަރެން ޤަބޫލު ކުރާނީ ތީ ތެދެއްކަން…. ؟ ” ޒަވީން ދެބުމަ ގޮށްޖަހާލިއެވެ. ” އަހަރެންގެ ގެއަށް ވަދެފަ އަހަރެންނާއި ޒުވާބުކުރަން ކަލޭ ލަދެއް ނުގަނޭތަ ؟ ” ޖުނެއިނާގެ އަމަލުތައް ހުރިގޮތުން ޖުނެއިނާ ކަމެއް ސިއްރުކުރަން އުޅޭކަން ޒަވީންއަށް ޔަޤީންވަމުން ދިޔައެވެ. ” މިފްޒާލް… ” ޖުނެއިނާއަށް މިފްޒާލް ފެނުމާއެކު އޭނަގެ ހިތްނުހުއްޓުނީ ކިރިޔާއެވެ.

” ޖުނެއިނާ އެވްލީންއާ ބެހޭގޮތުން ކޮންވާހަކައެއް ތިދައްކަނީ…. ؟ ” މިފްޒާލް އެހިއެވެ. މިފްޒާލްގެ ސުވާލުން ޖުނެއިނާއަށް ބަލައިލެވުނީ ޒަވީންއާއި ދިމާއަށެވެ. އޭރު ޒަވީންގެ ނަޒަރު ހުއްޓާލެވިފައިވަނީ ޖުނެއިނާއާ ދިމާއަށެވެ.

” ތީ ކޮންކުއްޖެއް ؟ ” ޖުނެއިނާގެ ފަރާތުން ޖަވާބެއް ނުލިބުމުން މިފްޒާލް ޒަވީންއާ ސުވާލުކުރިއެވެ. ” އަހަރެންމީ އެވްލީންގެ ޑޮކްޓާރ…. ޒަވީން…. ”ޒަވީން ބުންޏެވެ. ޖުނެއިނާ ހުރީ ކުރާނެ ނުކުރާނެ ކަމެއް ނޭގިފައެވެ. ” އެވްލީންގެ ޑޮކްޓަރޭ ؟؟ ކޮން ދޮގެއް ހަދާކަށް…. ” ޖުނެއިނާ ހަޅޭއްލަވައިގަތެވެ. ޖުނެއިނާގެ ކޮންމެ ހަރަކާތަކުން ޒަވީންގެ ހިތުގައި ޖުނެއިނާއާމެދު ޝައްކު އުފެދެމުން ދިޔައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެވްލީންއަކީ ގޭގައި އުޅުނު މީހެއް ކަމުގައިވެސް ޖުނެއިނާ އެއްބަހެއްނުވިއެވެ. ” ޖުނެއިނާ…. ” މިފްޒާލް ތަންކޮޅެއް ބާރަށް ޖުނެއިނާއަށް ގޮވާލުމާއެކު ޖުނެއިނާ ޒަވީންއާއި ދިމާއަށް ލޯއަޅައިލިއެވެ ، އަދި މަޑު ކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ.

” ސޮރީ ފޯރ ދެޓް… އެވްލީން މޮޔަވިފަހުން ޖުނެއިނާ ވަރަށް ދެރަވެފައި އެހުންނަނީ… އެވްލީންގެ ވާހަކަ ދެއްކުމުންވެސް ރޮއިވެސް ހަދާނެ…. ޖުނެއިނާ ވަރަށް ލޯބިވޭ އެވްލީންދެކެ….. ” ޖުނެއިނާ ދިޔަދިމާއަށް މިފްޒާލް ބަލައިލިއެވެ. މިފްޒާލްގެ ޖުމްލައިން ޒަވީންގެ ހިތުގައި ޖުނެއިނާއާ މެދު އޮތް ޝައްކު ފިލައިގެން ދިޔައެވެ. މަންމައަކު ދަރިއަކަށް ގެއްލުމެއް ނުދޭނެކަން ޒަވީންއަށް އިނގެއެވެ. ފަހަރެއްގައި ޖުނެއިނާ އެވްލީންއާއި ބޭހޭގޮތުން އެއްވެސް ކަމެއް ނުދަންނަ މީހަކާ ހިއްސާކުރަން ބޭނުން ނުވާތީ ދޮގު ހަދާލަނީ ކަމަށްވެސް ވެދާނެއެވެ.

” އިޓްސް އޯކޭ… ” ޒަވީން ހިނިތުންވެލިއެވެ. ” ކާއިލް ކުރީ ދުވަހަކު ގުޅާފަ ބުނި އިންގްލޭންޑްއިން އެވްލީންއަށް ފަރުވާކުރަން ޑޮކްޓަރަކު އަންނަ ވާހަކަ…. އަހަރެން ހުރީ ހުރިހާ އުންމީދެއް ކަނޑާލާފައި… އެކަމަކު ޒަވީން އައުމުން އަހަރެންގެ ހިތް ބުނަނީ އެވްލީން ރަނގަޅު ވެދާނެއޭ…. ” މިފްޒާލް ބުންޏެވެ. ” އަހަރެން އެވްލީން ރަނގަޅުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން….. ” ޒަވީން އުއްމީދު އާކޮށް ދިނެވެ..

މިފްޒާލް ސޯފާއި އިށީންނަމުން އަތުގެ އިޝާރާތުން ޒަވީންއަށް އޭނަ އިށީދެގެން އިން ސޯފާގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނުމަށް އެދުނެވެ.

” އަހަރެން ބޭނުން އެވްލީންގެ ކުރީގެ ދިރިއުޅުމާ ބެހޭގޮތުން މައުލޫމާތުތަކެއް…. ” ޒަވީން ބުންޏެވެ. ” އެވްލީންއަކީ މޮޔަވުމުގެ ކުރިން ލޯޔަރެއް…. ވަރަށް ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް…. ކައިވެނިވެސް ކުރަން ހަމަޖެހިފައި އޮތްވާ ކުއްލިއަކަށް ސަކަރާތްވާން ފެށީ… ޑޮކްޓަރަށް ދެއްކުމުން ޑޮކްޓާރ ބުނީ ޓެސްޓްތަކެއް ހަދާށޭ ޖެހޭނީ….. ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ޑޮކްޓަރ ބުނީ އަވަހަށް ފަރުވާދޭން ފަށާށޯ ޖެހޭނީ… ފަރުވާ ދެމުންދަނިކޮށް ކުޑަކޮށް ރަނގަޅުވެފައި ހުރީ….. އެއްރެއަކު އަހަރެންނާއި ޖުނެއިނާ ޕާރޓީއަކަށް ގޮސްފައި އައިއިރު އެވްލީން ޓެރެސްއިން ފުންމާލައިގެން އެވްލީންގެ ކޮއްކޮ އެވްލީން ހޮސްޕިޓަލަށް ގެންދަން އުޅެނީ…. އެވްލީން ސަލާމަތްވީ ހަމަކިރިޔާ… ނަމަވެސް މަދު ކަންތައްތައް ފިޔަވައި ހުރިހާ ކަމެއް އެވްލީންގެ ހަނދާނުން ފޮހެވިގެން ދިޔައީ… އެރެއަށް ފަހު އެވްލީން އެއްކޮށް ސަކަރާތްވީ….. އަހަރެން އެވްލީންއަށް ފަރުވާހޯދަން އެކި ޤައުމުތަކަށް ދިޔައިން…. އެކަމަކު ކޮންމެ ތަނަކުންވެސް ލިބުނީ އަހަރެންގެ ހިތްފަޅައިގެންދާ ކަހަލަ ޖަވާބުތަކެއް…… ” ކިތަންމެ ކެތްކުރަން އުޅުނުކަމުގައި ވީނަމަވެސް މިފްޒާލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ފުރާނަ ފަދައިން ބަލާ ބޮޑުކުރި ދަރިފުޅު ތެޅިތެޅި އޮންނަތަން ދެކެން މިފްޒާލްގެ ހިތަށް ކެތެއް ނުކުރެވޭނެއެވެ.

” އެވްލީން ކޮއްކޮ ކޮބާ ؟ އަހަރެން ބޭނުން އެވްލީންގެ ކޮއްކޮއާ ބައްދަލު ކޮށްލަން… ” ޒަވީން ބުންޏެވެ.

މިފްޒާލް އާއި ޒަވީންގެ ވާހަކަ އަޑުއަހަން ހުރި ޖުނެއިނާގެ ހިތުގެ ތެޅުން ވަނީ އަވަސް ވެފައެވެ. މުޅި މީހަވަނީ ދާލުން ފެންވެރިފައެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް ޒަވީންގެ ސުވާލަށް މިފްޒާލް ޖަވާބު ދިނުމުގެ ކުރިން ޖުނެއިނާ މިފްޒާލް ހުއްޓުވަން ބޭނުން ވިއެވެ. ” އެވްލީންގެ ކޮއްކޮވީ….. ” ޖުނެއިނާ ދުވެފައި ގޮސް އެތާހުރި ސްޓެޗޫއެއް ބިންމައްޗަށް ވައްޓާލުމަށްފަހު ހަޅޭއްލަވައިގަތެވެ.

އިވުނު ބާރު އަޑު ފަށްގަނޑާއެކު ޖުނެއިނާގެ ތޫނު ހަޅޭކުގެ އަޑަށް މިފްޒާހް ދައްކަން ހުރި ވާހަކަ މެދު ކަނޑާލުމަށްފަހު އަޑުއައި ދިމާއަށް ދުއްވައިގަތެވެ. މިފްޒާހްގެ ފަހަތުން ޒަވީންވެސް ދިޔައެވެ. ” ޖުނެއިނާ… ” ބިންމައްޗަށް ދެމިފައިގޮތް ޖުނެއިނާ ފެނުމާއެކު މިފްޒާލްއަށް ބުނެލެވުނެވެ. މިފްޒާލްގެ އަޑަށް ލަސްލަހުން އެސްފިޔަތައް ދުރުކޮށްލުމަށްފަހު ޖުނެއިިނާ ލޯހުޅުވާލި އެވެ.

މިފްޒާލް ޖުނެއިނާ ހޮސްޕިޓަލަށް ގެންދަން އުޅުމުން ޖުނެއިނާ އެކަމާ ދެކޮޅުހެދިއެވެ. ” މިފްޒާލް އަހަންނަކަށް އަނިޔާއެއް ނުވެޔޭ…. އަހަރެން ކޮޓަރިއަށް ދާން އުޅެނިކޮށް ސްޓެޗޫގައި އަޅައިގެންފައި ވެއްޓުނީ…. ނަސީބަކުން ސްޓެޗޫ އަހަރެންގެ ގަޔަކު ނުޖެހޭ….. ” ޖުނެއިނާ މިފްޒާލްގެ އެހީގައި ތެދުވެލިއެވެ. ” ފެމިލީ ޑޮކްޓަރަށް ދެއްކިދާނެއެއްނު…. ” މިފްްޒާލް ބުންޏެވެ. މިފްޒާލް ޖުނެއިނާއާއެކު ހިނގައިގަތީ އޭނަގެ ކޮޓަރިއަށެވެ. ޖުނެއިނާއާއި މިފްޒާލް ކޮޓަރިއަށް ވަނުމާއެކު ޒަވީން އެގެއިން ނިކުންނަން ހިނގައިގަތީ އެތައް އިރެއްވީ ފަހުން ވެސް މިފްޒާލްގެ ޚަބަރެއް ނުވީމަ އެވެ. އޭރު މިފްޒާލްގެ ވާހަކަ ތަކުން ޒަވީންއަށް ލިބުނީ އިތުރު މާޔޫސް ކަމެވެ. އެވްލީން ކުރީގެ ކަންތައްތައް ހަނދާން ނެތުމުން އެވްލީން ރަނގަޅު ކުރަން ވަރަށް މަސައްކަތް ކުރަން ޖެހޭނެކަން ޒަވީންގެ ސިކުނޑި ބުނަމުން ދިޔައެވެ.

(ނުނިމޭ)

 

ނޯޓް: މިއަދުން ފެށިގެން ވާހަކައިގެ ދެ އެޕިސޯޑު ކޮންމެ ދުވަހަކު ގެނެސްދެވޭނެ އެވެ. (إن شاء الله)

 

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އުމުރަށް އެކީގާ ވާނަން..

Next

ީއިންސާފް

Next
October 19, 2018

ީއިންސާފް

Previews
October 19, 2018

އުމުރަށް އެކީގާ ވާނަން..

13 Comments!

  1. Iam says:
    October 19, 2018 at 11:52 am

    Oh thanks. V ulhefin mivaahaka libeythovs. Ekam libeygotheh nuvi. V ufaavejje mivaahaka up kohdhinyma ??

  2. Chickyy? says:
    October 19, 2018 at 12:00 pm

    Varah reethi vaahaka eh.. Keep up the good work.. Waiting for the next part???

  3. Ivee says:
    October 19, 2018 at 12:02 pm

    Hoadheytho manzileh ge next part genesdheyny kon dhuvahakun??

  4. Kul says:
    October 19, 2018 at 12:31 pm

    Nice keep it up

  5. Shaai says:
    October 19, 2018 at 12:33 pm

    Haadha rangalhey. Story vvvvvv rythi

  6. kitty says:
    October 19, 2018 at 12:49 pm

    so we will get one more episode today….. yayyyy…. story is vv nyc keep it up

  7. Cherry says:
    October 19, 2018 at 12:50 pm

    Haadha haadha ragalhey writer. Thy mi beynun vegen ulhey kahala writer eh. Story gennaleh ves ehaame furihama vefa rythi♥️♥️

  8. Shafoo says:
    October 19, 2018 at 2:12 pm

    Ufaaveri habareh.. thanks dear.. v reethi mi story..

  9. prinsess says:
    October 19, 2018 at 3:09 pm

    wow nice story waitng for the next episode

  10. Almaash says:
    October 19, 2018 at 3:38 pm

    Vvreethi mi dhe paat .
    adhi mi vaahaka ehfaharu ves nukiyan comment thakah balaafa unmeedhu kuranee vreethi vaane kamah
    Dhepaat kiyaaln libey thee vv?????

  11. L says:
    October 19, 2018 at 7:18 pm

    I think junainaa aa fixaaya aa kohgen ulhey kameh kanneynge mee evlyn moya kurun
    And I guess fixaaya is evlyns sister

  12. Thoooo says:
    October 20, 2018 at 8:16 am

    Hey I am going to write anew story of mine pls wait

  13. yalwy says:
    October 23, 2018 at 10:40 am

    very nice …..

Comments are closed.


All Right Reserved!