Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީގެ 5

Ninnu Level 210 Stories
October 20, 2018 6 Mins Read
6 Comments

‘ޕޮލިސް ކާރުގެ އަޑު…” އަނެއްކާވެސް ދަންނަ އަޑުއިވުމުން އަމްރު ލޯ ހަނިކޮއްލަމުން ލޯމަރާލައިގެން އަވަސްއަވަހާއި ނޭވާލާން އިން ނިކަތްގެ ބޮލުގައި ފިރުމާލިއެވެ. އެކަން އިހްސާސް ކުރެވުނު ނިކަތް ލޯހުޅުވާލަމުން އަމްރުގެ މޫނަށް ބަލާލިއެވެ. ޕޮލިހުންނ އެތަނަށް އަންނަން އޮތީ ދިހައެއް ޖަހާއިރު  ކަމުގައިވިއަސް ކުރިން އައީ އަމްރުގެ މެސެޖްއަކަށެވެ. ނަމަވެސް އައިލެއް ތަންކޮޅެއް ލަހީއެވެ. ކާރުގެ ބަރުގޮން އިންޑިއާ މީހުން އިވޭވަރަށް ބާރުކޮއްގެން އައުމުން އެންމެނަށްވެސް އަޑު އިވޭނެއެވެ. ޕޮލިހުން އައިސް އެގެއަށް ވަނުމުން އަމްރު ތެދުވީ ނިކަތްވެސް ގޮވައިގެންނެވެ. އެމަންޒަރު ފެނުނު ދެލޯ ބޮޑު ކޮއްލަމުން ނުލަފާ ފާޑަކަށް ހީލައިފިއެވެ. ވަގުތުން އަމްރު ނިކަތުގެ ގައިން ދޫކޮއްލިއެވެ.

އަމްރު ދުރަށް ހިނގައިގަތީ ނިކަތު ހުރިތަނުގައި ބަހައްޓާފައެވެ. ނިކަތް ވަށައިގެން ބަލާލިއެވެ. އޭނާ ދަންނަ އެއްވެސް މޫނެއް އެތަނުގައެއް ނެތެވެ. އަމްރުގެ މޫނަށް ބަލާލަމުން ނިކަތް އެދިމާލަށް އަތް ދިއްކޮއްލިއެވެ. ހީވީ އޭނާގެ އަތުގައި ހިފައި ދިނުމަށް އެދުނު ހެންނެވެ. ގޭތެރެއިން ފެންނަމުންދިޔަ އެއްޗެހިތައް ފުސްވަމުން ދިޔަ ނިކަތް އަދިވެސް އެއްފަހަރު އަމްރުއަށް އަތްދިއްކޮއްލިއެވެ.

15 އޮގަސްޓް 2002

“ޝުޝްޝް ރުކޫ…” ކުރިމަތީގައި ހުރި އަންހެން މީހާ އެހެން ބުނުމުން ކުޑަކުޑަ ރުކާޔަތް ލޯހަނި ކޮއްލަމުން ތުންކޮޅު އޫ ކޮއްލިއެވެ. ސުކޫލު ޔުނިފޯރމްގައި ހުރި ރުކާޔަތު އަތުގައި ޗޮކްލެޓެއް އޮތެވެ.

“އަޅުގަނޑު ބޭނުމީ މަންމަ ކައިރިއަށްދާން… ކޮއްކޮ ކައިރިއަށް ދާން…” ރުކާޔަތް އެހެން ބުނަފައި އަތުގައި އޮތް ޗޮކްލެޓް އެއްލާލިއެވެ. އެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއެކު އޭނާ ބޭނުންވީ މަންމައެވެ. އޭނާ ގެނައީ ބައްޕަ ހުންނާނެ ވާހަކަބުނެ ދޮގު ހަދައިގެންނެވެ.

ކުރިމަތީގައި ހުރި އަންހެންމީހާއަށް ރުކާޔަތް ބަލާލީ ތުން ފިއްތައިގެން ހުރެއެވެ. ދިގުދިގުކޮށް އޮތް އިސްތަށިގަނޑާއި އަދި ލައިގެން ހުރީ ގަޔަށް ދޫކޮށްހުރި ހެދުމެކެވެ. ރީތި އަންހެނެކެވެ. ނަމަވެސް އޭނާގެ މަންމަހައި ރީއްޗެއް ނޫނެވެ. ކައިރީގައި ހުރި އަންހެންމީހާ ބައިވަރު ކުޅޭ އެއްޗެހި ގެނެސް ދިނުމުންވެސް ރުކާޔަތް އެބޭނުމެއް ނުވިއެވެ.

“ރުކޫ ބައްޕަ ވަރަށް އަވަހަށް އަންނާނެ މިގެއަށް… މިތާނގަ އިށީނސެގެން އިނދެބަ އެނގޭ…” އެއަންހެންމީހާ ވަރަށް ލޯބިން ރުކާޔަތުގެ ބޮލުގައި ފިރުމާލިއެވެ.

“ރުކޫގެ ކޮއްކޮވެސް އަދި އަންނާނެ މިގެއަށް… އިނގޭތަ ބޮޑުބޭބެއެއްވެސް ލިބޭނެ އޭރުން ތި ދެކުދިންނަށް…” އަދިވެސް އެއަންހެންމީހާ މަސައްކަތްކުރީ ރުކާޔަތަށް ވިސްނަ ދެވޭތޯއެވެ. ނަމަވެސް އެންމެފަހުން ރުކާޔަތް ރޯންފެށީއެވެ. ދޮރުގައި މީހަކު ތަޅައިގަތް އަޑު އިވުމުން ބޯހޫރުވާލަމުން އެމީހާ އެދިމާލަށް ހިނގައިގަނެއްޖެއެވެ. އޭރުވެސް ރުކާޔަތަށް ރޮވެނީއެވެ. ދޮރު ރަނގަޅަށް ނުހުޅުވެނިސް ދޮރުކައިރީގައި ހުރި މީހާ ދުރަށް ޖެހިލައިފިއެވެ. ޕޮލިހުން ގެއަށް ވަދެގެން އަންނަތަން ފެނުމުން ރުކާޔަތް ކޮޅަށް ތެދުވިއެވެ. ފަހަތުގައި މަންމަ އިންތަން ފެނުމުން ރޮމުން އެދިމާލަށް ރުކާޔަތް ދުއްވައި ގަނެފިއެވެ. އަދި ރުޅިވެރި ކަމާއެކު ކުރިން ފެނުނު އަންހެންމީހާއާއި ދިމާލަށް ނިކަތް ބަލާލިއެވެ.

“ތަޝްކީލް މި ކޮންކަމެއް…” އަންހެންމީހާބުނި އަޑު ރުކާޔަތަށް އިވުނެވެ. ނަމަވެސް އޭނާ ކަންފަތްމަތީގައި އަތް އަޅަމުން މޫނު ނިވާ ކޮއްލިއެވެ.

“އަހަރެން ބުނެފަ އޮންނާނީ އަހަރެންގެ ދަރިންނާ ކައިރިވެގެން ނުވާނޭ.. އަހަންނަށް ހެޔޮ އަހަރެންގެ ފިރިމީހާ ގޮވައިގެން އޮތަސް ދުނިޔެ އުމުރު… ” ތަޝްކީލް އެހެން ބުނެފައި  އެގެއިން ނިކުންނަން ހިނގައިގަނެއްޖެއެވެ. ދޮރާއި ދިމާލަށް ބަލާލި ރުކާޔަތަށް އެއަންހެންމީހާ ކައިރީގައި ތޭރަ ސާދަ އަހަރުގެ ފިރިހެން ކުއްޖެއް ހުއްޓައި ފެނުމުން ވިސްނާލިއެވެ. އެއީ ކުރިން ރެއެއްގައި އޭނާ ދެކުނު ފިރިހެން ކުއްޖާއެވެ. ނަމަވެސް އެކުއްޖާއަށް މިއަދު ރުކާޔަތާއި އޭނާގެ މަންމައެއް ނުފެނެއެވެ.

“މަންމާ ޕޮލިހުން ގޭގައި ކީއްކުރަނީ..” އެ ފިރިހެންކުއްޖާ އެހެން އަހާލުމުން އެކުއްޖާއަށް އަންހެންމިހާ ބަލާލީ ނުރުހުންވެފައެވެ.

“އަމްރު އާ ބެހޭ ކަންތަކެއް ނޫން މިއީ…” އަންހެން މީހާ ބުނި އަޑު ރުކާޔަތަށް އިވުނެވެ.

 

27 އޮކްޓޯބަރ 2018

“އަމްރު…” ހޮސްޕިޓަލް އެނދުން ތެދުވި ނިކަތުއަށް އެންމެ ފުރަތަމަވެސް ބުނެވުނީ އެހެންނެވެ. އޭނާއަށް މިފެނުނީ ކޮންފަދަ ހުވެފެނެއް ބާވައެވެ. އެތަނުގައި އަމްރުއާއެކު ތާށިވެފައިވުމުންވެސް ފެނުނު ހުވަފެނަކަށް ވެދާއެވެ.

“ދަރިފުޅު ނިކޫ..” ހާސްވެފައިހުރި ސާރާ ވަގުތުން ތެދުވެ ިކަތުގެ ކޮނޑުގައި ހިފައި ތިރިކޮއްލަމުން ބުނެލިއެވެ. ނިކަތުއަށް ހޭވެރިކަންވީ ދެނެވެ. ވަގުތުން ވަށައިގެން ބަލާލިއެވެ. އޭރު އެތަނުގައި ޑޮކްޓަރުންނާއި އަދި އޭނާގެ އާއިލާ އެންމެންހެން ތިއްބެވެ. ހަމައެކަނި މަދީ އަމްރުއެވެ. ނިކަތްއަށް ވިސްނެމުންދިޔައީ އަދިވެސް އެހުވަފެނާއި މެދުގައެވެ. އެހާމެ ސާފުކޮށް ހުވަފެނެއް ފެނިދާނެ ހެއްޔެވެ. ނިކަތުއަށް ނޭނގުނީ އެއީ ފޮރުވިފައިވާ ހަނދާނެއް ކަމެވެ.

“ހަމަޖެހީ…” ނިޝާން އައިސް ނިކަތުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އޭނާއަށް ފެނުނީ މީގެ އެތަށް އަހަރެއް ކުރީގެ ކުޑަކުޑަ ނިކަތުއެވެ. އަނެއްކާވެސް ނިކަތު އެއޮތީ އެއެނދުގައެވެ. ދެދުވަސް ވަރު ކޮއްފައި ގެއަށް ދޫކޮށްލުމުން ނިކަތު އެއްދުވަހުގެ ސަލާމް ބުނީ ގޭގައި ހުރެއ ބޯ ހަމަޖައްސާލާށެވެ. އެދުވަހުގެ ފަހުން އޭނާގެ ހިތް ހުންނަނީ އަބަދުހެން ނުތަނަވަސް ވެފައެވެ. ކާހިތެއް ނުވެއެވެ. މީހަކާއި ވާހަކަ ދައްކާހިތެއް ނުވެއެވެ. އަބަދުވެސް މީހަކު ބަލާހެން ހީވެއެވެ.

އޮފީހަށް ދާން ނިކުތް ނިކަތު އެހެން ދުވަސް ތަކެކޭ އެއްފަދައިން އެންމެ ފުރަތަމަ ދިޔައީ އެމީހުންގެ އޮފީހަށެވެ. ދެން އެންމެން އެކިގައި ދިޔައީ އަމްރު މެންގެ އޮފީހަށެވެ. ކޮންމެ ހަފްތާއެއްގެ އެއްދުވަހު އެންމެން އެކުގައި ބައްދަލު ކުރުން އެއީ އެމީހުން އަބަދުވެސް ކުރާކަމެކެވެ. ނިކަތު ލައިގެން ހުރީ ކަޅުކުލައިގެ އޮފީހަށްދާން ލާ ވައްތަރުގެ ފަޓުލޫނު ޒާތުގެ އެއްޗެކެވެ. އަދި މަތިން ލައިގެންއިނީ ހުދުކުލައިގެ ގަމީހެކެވެ. ގަމީސް ބެގީ ކޮއްފައި ހުރިއިރު ނިކަތު އިތުރަށް ރީތިހެން މިއަދު ހީވެއެވެ. އިސްތަށިގަނޑު އައްސާލާފައިވާގޮތުން ބޮޑަށް ވައްތަރީ ބޮޑު ވިޔަފާރިއެއް ހިންގާމީހަކާއެވެ. އޮފީހަށް ވަދެފައި އެންމެން ލިފްޓަށް އަރަން ފެށުމުން ނިކަތު ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. ސިޑިން ހަތްވަނަ ބުރިއަށްއެރި ނިކަތުގެ މޫނުގައި ކުދިދާތިކިތައްވިދަވިދައި ހުއްޓެވެ. އޭނާ  މިޓިން ރޫމަށްވަދެ ހަށިފުރާ ނޭވާއެއް ދޫކޮއްލިއެވެ.

ނިކަތު އެންމެނަށް ބަލާލިއިރު އަމްރު އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން ނިކަތު އިސް ޖަހާލިއެވެ. އޭނާ ގޮވައިގެން އެގެއަކަށް ގޮސްފައި ބިރުން ހޭނެތުނީމަވެސް ގުޅާވެސް ނުލިއެވެ. އެންމެ ކުޑަމިނުން ހސްޕިޓަލަށް އައިސް ހާލި ކިހިނެއްތޯވެސް އަހައި ނުލައެވެ. އަމްރު ހީވެސް ނުލައި ބަލަހައްޓައިގެން ހުރުމުން ނިކަތު އިތުރަށް ރުޅި އަންނަ ގިތްވިއެވެ. ވިހޭ ފަހުންވެސް މިމީހަކު ހީނުލާކަން ނޭނގެއެވެ. ނިކަތު ހިތަށް ފާޑުފާދު އެއްޗެހި އަރަމުން ދިޔައެވެ. މިޓިން ކުރިޔަށް ދިޔައިރު އެންމެންހެން އެކި ހިޔާލު ފާޅު ކުރަމުން ދިޔައެވެ. ނަމަވެސް ވާހަކައެއް ނުދައްކައި މަޑުކޮއްލައިގެން އިނީ ނިކަތުއެވެ.  އޭނާ ރުޅި އަންނަނީއެވެ. އަމްރު ކަންތައް ކުރިގޮތުން އެއްޗެހި ކިޔަން ބޭނުންވަނީއެވެ.

ބައްދަލުވުން ނިމި ފަހަރަކު މީހަކު ނިކުންނަން ފެށުމުން މޭޒުގެ ކޮޅުގައި މަޑު ކޮއްލައިގެން ހުރި އަމްރު ނިކަތުއަށް ބަލާލިއެވެ. ނިކަތުވެސް އޭރު ފައިލަށް ކައިރީގައި ހުރި ގަނޑުތަށް އަޅައިގެން ގޮނޑިން ތެދުވަނީއެވެ. އޭރު އެންމެންހެން އެތަނުން ނިކެމެގެން ހިނގައްޖެއެވެ. ދޮރުން ނިކުންނަން ދިޔަ ނިކަތު ފަހަތަށް ބަލާލި އަމްރުގެ އަޑު އިވުމުންނެވެ.

“ހައު އަރ ޔޫ؟…” އިސް ޖަހާލައިގެން އިނދެ އެހެން ބުނި އަމްރުގެ އިސްއުފުލާ ބަލާވެސް ނުލައެވެ. އަތުގައި އޮތް ފައިލުން ގަނޑެއް އެއްލަމުން އެންމެފަހުން އަމްރު ބަލާލިއެވެ.

“މަރެއް ނުވޭ…” ނިކަތް އެހެން ބުނިއިރު އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު އެނގެއެވެ. ނިކަތް އަމިއްލައަށްވެސް ރުޅިއަންނަންވި ސަބަބެއް ނޭނގެއެވެ. ނަމަވެސް އެނގެނީ އަމްރުދެކެ ރުޅިއައިސްފައި އިންކަމެވެ.

“އަރ ޔޫ އެންގްރީ ވިތް މީ؟” ފައިލް މޭޒުގައި ބާއްވަމުން އަމްރު ޝައުޤުވެރިވެފައި ބަލާލީ ނިކަތުގެ މޫނަށެވެ. އޭނާއަށް ނިކަތު އޭނާދެކެ ރުޅިއަންނަންވި ސަބަބެއް ނޭނގުނެވެ.

“ނޫނޭ…'” ނިކަތް ދެއަތް މައްޗަށް ނަގަމުން އެހެން ބުނެލި ގޮތުން އަމްރުއަށް ހީގަނެވުނެވެ. އަމްރު ހިނިތުންވިތަން ފެނުމުން ނިކަތް އިތުރަށް ރުޅިއައުން ނޫން ކަމެއް ނުވިއެވެ.

“އޯ.ކޭ ވައި؟..” ހިނިގަނޑު މައިތިރި ކޮއްލަމުން އަމްރު ކޮއްލީ ސުވާލެކެވެ. އޭނާ މި ނުދަންނަ ކުއްޖާ ދަސްކުރަން ބޭނުމެވެ. ނިކަތް އައި ރުޅީގައި ހީގަނެވުނީ އުފަލުންނެއް ނޫނެވެ. ބޮޑަށް ރުޅިއައުމުން މީހުން ހޭވައްތަރަށެވެ.

“ނޭނގިގެންތަ ތި އަހަނީ ނޫނީ ރުޅިއަރުވަންތަ؟…” ނިކަތް އެހެން ބުނުމުން އަމްރު ކޮނޑު އަރުވާލިއެވެ. ހަޤީޤަތުގައުވެސް އޭނާއަކަށް ނޭނގެއެވެ. ކުރެވުނީ ކީއްކަމެއް ނޭގުނެވެ.

“އަމްރު އާއެކު ގޮސްގެން އަހަރެން ފެއިންޓް ވީ.. އެއްފަހަރުވެސް ގުޅާލިންތަ؟ އަހަރެންގެ ހާލު އަހާލިންތަ؟…” ނިކަތް އެހެން ބުނަމުން ތިރިއަށް ބަލާލިއެވެ. ނިކަތް މޫނަށްވި ގޮތް ފެނުމުން  އަމްރު ގޮނޑިން ތެދުވެއްޖެއެވެ. ނިކަތް އޭނައާއި ހެދި އެހެން ދެރަވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“އަހަރެން ކީއްކުރަން ނިކަތްއަށް ގުޅަންވީ ހާލު ބަލަން…” އަމްރުއަށް ބުނެވުނު އެއްޗެއް ވިސްނުނީ އަނގައިން ބަސް ބޭރުވި ފަހުންނެވެ. ނިކަތު ވަގުތުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

“ޝިޓް…” މޭޒުމަތީގައި އަތުން ޖަހާފައި އަމްރު އެތަނުން ނިކުމެގެން ދިޔައީ ތަންކޮޅެއް ބާރަށެވެ.

ބާރަށް ހިނގާފައި ނިކުމެގެން ދިޔަ އަމްރުއަކަށް ނިކަތް ދިއުމުގެ ކުރިންނެއް އެހިސާބަކަށް ނާދެވުނެވެ. ތިރިއަށް ފޭބި ނިކަތު މަޑުމަޑުން ހިނގަމުން ދިޔައީ ކާރުވެސް ބާއްވާފައެވެ. މީހަކު އޭނއަށް ގޮވާލަން ނައުމުން އޭނާ އެހައި ދެރަވާންވި ސަބަބެއް ނުވިސްނުނެވެ. ބޮލިގައި ޖަހާފައިވާ ހުޅި ދޫކޮއްލަމުން ނިކަތް ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި ހިނގައިގަތީ ސަލްޓަން ޕާކްއާއި ދިމާލަށެވެ. ކުއްލިއަކަށް އެހިޔާލު ބަދަލުވީ މިހާރު އެތަނުގައި ކުރީގެ ހިތްފަސޭހަކަން ނެތްކަން އެނގުމުންނެވެ.  މަގަށް ހުއްޓިފައި ނިކަތް ޓެކްސިއަކަށް އަތް ދިއްކޮއްލިއެވެ. ނަސީބަކުން ޓެކްސީއެއް ހަމަ އެވަގުތުހެން އެތަނަށް މަޑުކޮއްލިއެވެ.

ފެހިކުލައިގެ ގަސްތައް ހެދިފައިވާ ބިންމަތީގައި އޮށޯވެގެންގޮތް ނިކަތު އޮތީ ބޯ ދަށަށް އަތް ޖަހާލައިގެންނެވެ. މަތިން ފެންނަން އޮތީ ނޫކުލައިގެ ބޮޑު އުޑެވެ. ވިލާތައް އެކި ދިމަދިމާލަށް ދާތަން ބަލަން އޮތް ނިކަތު ހީލިއެވެ. އެއީ އޭނާއާއި ނާޒިން ކުޑައިރުގައި އަބަދުހެން ކުރާ ކަމެކެވެ. އަނބުގަހުގެ ހިޔަލަށް ނިކަތުވަނީ މޫނަށް ހޫނުވާން ފެށުމުންނެވެ. ނަމަވެސް އަދިވެސް އޭނާ އޮތީ ކާޕެޓް ގަސްތައްމަތީގައި އޮށޯވެގެންނެވެ. ބޯހާސްވެ ކަންކަން މަތިން ފޫހިވުމުން ނިކަތް އަބަދުބެން ހަދަނީ އެހެންނެވެ. ނަމާދު ކޮއްލައިގެން އައިސް މަޑުކޮއްލަނީ ގަސްތައް ނުވަތަ ފެހި ތަނެއްގައެވެ. ސިކުނޑި ތާޒާވެ ހިތްހަމަ ޖެހޭނެއެވެ.  ނިކަތުއާއި ޖެހިގެން އައިސް ބިންމަތީގައި ސާރާ އޮށޯތުމުން ނިކަތު މަންމަގެ މޫނަށް ބަލާލިއެވެ. ސާރާ އޮތީ ހީގަނެގެންނެވެ.

“މަންމަ މިތާ ކީއްކުރަނީ؟….” ނިކަތު ބޯދަށުން އަތް ނަގަމުން ހިނިތުން ވެލިއެވެ.

“މީހަކު އަތްވަށް ދޮންވާން އޮތީމަ އައީ މިތަނަށް….” ސާރާ ހީލަމުން ލޯމަރާލިއެވެ. އަދި އަތް ފުޅާކޮއްލީ ފިނިފިނި ވައިރޯޅިއެއް އައިސް ގައި ފިރުމާލުމުންނެވެ.

“މަންމާ… ކީއްވެ މީހުން ހިތަށް ތަދުވެއޭ ހިތުގަ ޖެހެއޭ ކިޔަނީ… މީހުނަށް ކީއްވެތަ ނޭނގެނީ ސިކުނޑީގަ ކަމެއް ހުރިހާ އިހްސާސެއް ވަނީ… އަބަދު ބުނާނޭ ވީކަމެއް ނޭނގެއޭ ދެރަވަނީއޭ… އެއްވެސް ކަމެ ނުވެ ރުޅިއަރަނީއޭ..” ނިކަތު ދެއްކި ވާހަކައެއް ނޭނގުނު ސާރާ އެދިމާލަށް މޫނު އަނބުރާލަމުން ހީލިއެވެ. އަދި ނިކަތުގެ މޫނުގައި އަތް ޖައްސާލަމުން ތެދުވެ އިށީނދެއްޖެއެވެ.

“މަންމައަށް އިނގެނީ މީހުން މޮޅަށް ކިޔެވީމަ ޖާހިލުކަންވަނީ….” ސާރާ އެހެން ބުނުމުން ނިކަތުގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

“ތިބުނީ އަޅުގަނޑުގެ ވާހަކަތަ؟” ނިކަތު ތެދުވެ އިށީންނަމުން ބުނެލިއެވެ.

“ނޫން.. އެހެރަ މީހާގެ ވާހަކަ…” ދުރުން އެދިމާލަށް ހިނގާފައިއައި ނާޒިން ދައްކާލަމުން ސާރާ އެހެން ބުނެލަމުން ހީލިއެވެ. ނާޒިން ކިޔަވައިގެން ހުރީ ބިޒްނަސް ދާއިރާއިންނެވެ. މިހާރު އޭގެން އޭނާ ހަދަނީ ޕީ.އެޗް.ޑީއެވެ. ސާރާއާއި ނިކަތު ހޭތަން ފެނުމުން ނާޒިން އައިސް އެތަނަށް ވެއްޓި ގަނެއްޖެއެވެ.

“މީހަކު ކަމެއް ކުރީތަ؟..” ސާރާ އެހެން އަހާލުމުން ނިކަތް ބޯހުޜާލިއެވެ. އޭނާ އެވާހަކަ އަދި ދައްކާކަށް ބޭނުމެއް ނުވެއެވެ. ކޮންމެގޮތެއް ވިއަސް އޭނާގެ ހިތަށް އެބަ އަސަރު ކުރެއެވެ. މިދުންނަ މިހާގެ ސަމާލުކަން އޭނާ ބޭނުންވަނީ ކީއްވެ ހެއްޔެވެ؟

“އަހަރެންގެ ވާހަކަދޯ ތި ދައްކަނީ…” ނާޒިން އެހެން ބުނުމުން އެދެމީހުން އެތަނުން ތެދުވެގެން ދުރަށްދާން ހިނގައި ގަނެއްޖެއެވެ.

“ކަމް އޯން…” ނާޒިން އަވަހަށް އެތަނުން ތެދުވެގެން އެދެމީހުންގައި ފަހަތުން ދުއްވައި ގަނެއްޖެއެވެ.

ގޭކައިރީގައި ކާރު މަޑުކޮއްލި ނިކަތުއަށް ބޭރަށް ނިކުތުމާއިއެކުހެން ވާރޭ ވެހެން ފަށައިފިއެވެ. އޮފިސް ކައިރީގައި ކާރު ޕާރކް ކޮއްފައި ދެވުނު މޮޔައޭ ހިތައި، ވާރޭ ތެރޭގައި ބޯ މައްޗަށް އަތް ނަގައިގެން ނިކަތުއަށް ދެވުނީ ވަކި ހިސާބަކަށެވެ. ކުއްލިއެއް ޖަހާލާފައި އޭނާ އައިސް ހުރީ އަމްރު މެންގެ ދޮރާށި ތެރޭގައެވެ. ކުޑަކޮށް ދެމިފައި ހުރި ނިކަތު ގޮވައިގެން އަމްރު ގަދަކަމުންހެން ގޮސްވަނީ އޭނާގެ އެޕާރޓްމެންޓަށެވެ. ހާސްވެފައިހުރި ނިކަތު ވަގުތުން އޭނާގެ އަތް ނައްޓުވާލައިފިއެވެ. އަދި ދޮރު މަތީގައި ހުރި އަމްރުއާއި ދިމާލަށް ހަޅޭއްލަވައި ގަނެއްޖެއެވެ.

“ކޮބާ އަމްރުގެ މައްސަލައަކީ؟…” ދެއަތް މައްޗަށް ނެގި ނިކަތުއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“ޔޫ ޓެލް މީ…” އަމްރު އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލަމުން ދުރަށް ބަލާލިއެވެ. ކުރެވުނު ކަމެއް އިހްސާސް ކުރެވުނީ ދެނެވެ.

“ވައި ވުޑް އައި؟ އަމްރު އަހަރެން މިތަނަށް ތި ގެނައީ….” ނިކަތުއަށް އަދިވެސް ހުރީ ރުޅިއައިސްފައެވެ. ހާލު އަހާ ނުލައި ގަދަކަމުން މިތަނަށް ގެނެސްފިއެވެ.

“އަހަރެންދެކެ ރުޅި އައިސްފަ ހުރީމަ.. އައި ޑޯންޓް ނޯ…” އަމްރު ހަދާނެ ގޮތެއް ނޭނގުމުން ކައިރިއަށް ޖެހިލިއެވެ. ހާސްވި ނިކަތު ފަހަތަށް ގޮސް ޖެހުނީ ސޯފާގައެވެ. އެވަރަށް ސަމާލުނުވެ ހުރި ނިކަތު ވެއްޓެން ދަނިކޮށް އަމްރު ހިފަހައްޓާލިއެވެ. ނަމަވެސް ނިކަތު އަމްރު ކޮއްޕާލުމުން އަމްރުވެސް އަރިއަޅާލާ ގޮތްވިއެވެ. ދެމީހުންވެސް ވެއްޓުނީ ސޯފާ ކައިރި ތިރިއަށެވެ. އަމްރު ނިކަތުގެ ގައި މައްޗަށް ވާގޮތަށް އޮތްއިރު ނިކަތް އޮތީ ލޯ ބޮޑު ކޮއްލައިގެންނެވެ.

“ހާލު ކިހިނެއް…؟” އަމްރު އެހެން ބުނުމުން ނިކަތު ވަގުތުން ހީގަނެއްޖެއެވެ. ނަމަވެސް ނިކަތުގެ ހިނިތުންވުން ފިލައިގެން ދިޔައީ އެތުންފަތުގައި އަމްރުގެ ބޮޑުވައި އިނގިލި ބީހުމުންނެވެ. ނިކަތް ލޯމަރާލުމުން އަމްރު ހީލިއެވެ. އެދެމީހުންގެ ދޭތެރޭގައިވީ ދަމާ ބާރެކެވެ.

“އަމްރު…” ދޮރުމަތިން އިވިގެންދިޔަ އަންހެން އަޑުން ދެމީހުންނަށް ތެޅިގަނެފައި ތެދުވެވިއްޖެއެވެ.ތިރިއަށް ބަލަންހުރި ނިކަތު ހެނދުން ރީތި ކޮއްލަމުން އަމްރުއަށް ލޯބޮޑު ކޮއްލިއެވެ. އަދި ކުރިމަތީގައި ހުރި މިހާއަށް ބަލާލިއެވެ. ވަގުތުން އެމީހާ ފަހަތަށް ޖެހިލައިފިއެވެ. މީހަކަށް ކުރިމަތިން ސިންގާއެއް ފެނުނަސް އެވަރު ނުވާނެއެވެ. އެމީހާ ހުރީ އެހައި ބިރުގަނެފައެވެ.

“ތަޝްކީލް…” ތެޅެމުން ދިޔަ ހިތާއެކު ބޭއިޙްތިޔާރުގައި އީމާނާއަށް ބުނެލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ސަންމޭރީ

Next

އެވްލީން… 5

Next
October 20, 2018

އެވްލީން… 5

Previews
October 20, 2018

ސަންމޭރީ

6 Comments!

  1. Haapy♥️ says:
    October 20, 2018 at 4:26 pm

    Me first dhw

  2. Zaa says:
    October 20, 2018 at 5:04 pm

    Vvv reethi

  3. No one says:
    October 20, 2018 at 5:24 pm

    Speechless??
    When next part?

  4. Dr.eamss says:
    October 20, 2018 at 7:26 pm

    Reethi when next part

  5. Lotus says:
    October 20, 2018 at 7:40 pm

    Just awesome.. ?

  6. Haii says:
    October 24, 2018 at 1:26 pm

    Plx next part up kureabah

Comments are closed.

Next Episodeހުވަފެނުގެ ރާނީ 6←


All Right Reserved!