Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 4

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 20, 2018 5 Mins Read
10 Comments

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ފޯނަށް މެސެޖެއްއައި އަޑަށް ވިލްޝާ އަވަސް އަވަހަށް ފޯނުނަގައި މެސެޖް ކިޔާލިއެވެ. ” ފެރީ ޓާރމިނަލް ކައިރިއަށް އާދޭ ފައިސާ ބަލާ…” މެސެޖްގައި ލިޔެފައި އޮތެވެ. ވިލްޝާ އަވަސްވެގަތީ ކޮޓަރިން ނިކުތުމަށެވެ. ނަރުހުން ތިބުމަށް ޚާއްސަކުރެވިފައިވާ ބަޔާއި ފެރީ ޓާރމިނަލްއާއި ފުދޭވަރަކަށް ކައިރިވުމުން ފެރީ ޓާރމިނަލްއާއި ހިސާބަށް 5 މިނެޓްތެރޭގައި ދެވުނެވެ. ވިލްޝާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ވިލްޝާގެ ހިތް ބިރުވެރިކަމުން ވަށާލީ ފުރަގަހުން މީހަކު އައިސް އޭނަގެ އަނގައިގެ މަަތީގައި އަތް އެޅުމުންނެވެ. ވިލްޝާ ހަޅޭއްލަވަން މަސައްކަތް ކުރިއެވެ. ނަމަވެސް އަރުތެރެއިން އަޑެއް ބޭރެއް ނުވިއެވެ. ޒައިދް ވިލްޝާގެ ކަރުގައި ވަޅި އަޅާލުމަށްފަހު ވިލްޝާ ކޮއްޕާލިއެވެ. މަރަށް ތެޅެމުން ދިޔަ ވިލްޝާގެ ފުރާނަ މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔަ ވަގުތު ވިލްޝާގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ.

ޒައިދް ވިލްޝާގެ ހުރިހާ ހަރަކާތެއް ހުއްޓުމާއެކު އޭނަގެ ފޯނު ނަގައި ފިޒާޔާގެ ފޯނަށް ގުޅާލިއެވެ. ” ވިލްޝާ މަރުވެއްޖެތަ ؟ ” ފިޒާޔާ ފޯނުނަގަމުން އަވަހަށް އަހާލިއެވެ. ” އޭނަގެ ދުވަސް ދުއްވާލައިފިން… ” ޒައިދް ފިޒާޔާގެ ސުވާލަށް ޖަވާބު ދިނެވެ. ޒައިދްގެ ޖުމްލަ އަޑުއިވުމާއެކު ފިޒާޔާއަށް ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. ” އަހަރެން މިއަންނަނީ ފައިސާ ހިފައިގެން… ” ފިޒާޔާ ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. ފިޒާޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ފަތަހައިގެ ހިނިތުންވުމެވެ. އޭނައަށް ދެން އެއްވެސް ބިރެއް ނެތެވެ. ހަމަޖެހިލައިގެން އޭނަގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

* * *

ފިޒާޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރި ޒައިދް އިރުއިރު ކޮޅާ މުޅިތަނަށް ނަޒަރު ހިންގާލައެވެ. ތަންކޮޅެއް ދުރުން ހިނގާލާފައި ބަނދަރާއި ދިމާއަށް އަންނަމުން ދިޔަ ފިޒާޔާ ފެނުމާއެކު ޒައިދް ހިނގައިގަތީ ފިޒާޔާއާއި ދިމާއަށެވެ. ” ކޮބާ ވިލްޝާގެ މަސްގަނޑު ؟ ” ފިޒާޔާ ޒައިދްއާ އަރާހަމަކުރަމުން ސުވާލުކޮށްލީ ވައި އަޑަކުންނެވެ. ” އެތާ އެއޮތީ … ކޮބާ ލާރި ؟ ” ޒައިދް އަތުގެ އިޝާރާތުން ވިލްޝާގެ ފުރާނަނެތް މަސްގަނޑު އޮތް ދިމާއަށް އިޝާރާތް ކޮށްލިއެވެ. ފިޒާޔާ ޒައިދް އިޝާރާތް ކުރި ދިމާއަށް ހިނގައިގަތެވެ. ލެއިން ތަށްތެޅިފައި އޮތް ވިލްޝާ ފެނުމާއެކު ފިޒާޔާ އޭނަގެ އަތްދަބަހުން 50000 ނޫޓު ބޮނޑިއެއް ނަގައި ޒައިދްއާއި ދިމާއަށް ދިއްކޮށްލިއެވެ.

” ކޮބާ އެވްލީން ލެބަށް ގެންދިއުމުން ދޭނަމޭ ބުނި ފައިސާ ؟ ” ޒައިދް ފައިސާ އަތުލަމުން އަހާލިއެވެ. ” އަހަރެން އަތުގަ މިހާރު އޮތީ 50000 ރުފިޔާ…. އަހަރެންގެ މުސާރަ ޖަމާވީމަަ ދެން ފައިސާ ދެވޭނީ…. ” ފިޒާޔާ ބުންޏެވެ. ” މި މަސްގަނޑަށް ކޮންމެވެސް ގޮތެއް ހަދަންޖެހޭނެ… ” ފިޒާޔާ ޒައިދްއަށް ބަލާލިއެވެ. ” މޫދަށް އެއްލީމަ ނިމުނީއެއްނު… ” ޒައިދް އޭނައަށް ފެންނަ ގޮތް ހާމަކުރި އެވެ. ” ތީ ރަނގަޅު ޙިޔާލެއް…. ” ފިޒާޔާގެ ޖުމްލަ ނިމުމާއެކު ޒައިދް ވިލްޝާގެ މަސްގަނޑު ބިންމަތީގައި ދަމަމުން ގޮސް މޫދުގެ ތެރެއަށް އެއްލާލި އެވެ.

ޒައިދްއާއި ފިޒާޔާގެ ވާހަކަ އަޑުއަހަން ގަހެއްގެ ނިވަލުގައި ހުރި މައިހާގެ ނޭވާވަނީ އަވަސްވެފައެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މައިހާ ތުރު ތުރު އަޅަމުން ދިޔައިރު ދެފައި ބިމުގައިވެސް ހަރުނުލަ އެވެ. މައިހާ އޭނަ ރައްޓެހި ވެގެން އުޅޭ ކުއްޖާއާއި ފޯނުން ވާހަކަ ދައްކަމުން ބަނދަރާއި ހަމައަށް އާދެވުނުތަނާ، ޒައިދް ވިލްޝާގެ ކަރުގައި ވަޅިއަޅާލި މަންޒަަރު ފެނުމާއެކު، އަވަސް އަވަހަށް ގަހެއްގެ ބިއްދޮށަށް ވަން ގޮތަށް މައިހާ ހުރީ އެތަނުން ދާން ނުކެރިފައެވެ.

ރޮވެމުން ދިޔަ މައިހާގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދިއުމާއެކު ފިޒާޔާއާއި ޒައިދްއަށް އެއްފަހަރާ އެއަޑުއައި ދިމާއަށް ބަލާލެވުނެވެ. ” އެއީ ކޮންއަޑެއް ؟ ” ފިޒާޔާއަށް އަހާލެވުނެވެ. ޒައިދްގެ ފިޔަވަޅުތަކުގެ އަޑަށް މައިހާ އެތާހުރި މާގަސްތަކުގެ ތެރެއަށްވަނެވެ. އެހިސާބުގައި އެއްވެސް އަލިކަމެއް ނެތުމުން ޒައިދްއަކަށް މައިހާ ނުފެނުނެވެ. ” އެކަކުވެސް ނެތް…. ވެދާނެ ހީވީހީވުމަކަށް…. ” ޒައިދް ބުންޏެވެ.

ފިޒާޔާއާއި ޒައިދް ދިއުމާއެކު މައިހާގެ ގިސްލުމުގެ އަޑުން ފަޒާގެ ހިމޭންކަން ނަގާލިއެވެ. މައިހާއަށް މޫނުމަތީގައި އަތްއަޅާލެވުނެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާގެ މިދުނިޔެއާ ވަކިވެގެން ދިޔަ އިރު އޭނައަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

* * *

އާދުވަހަކަށް ފެނުންތޮޅެލި އިރުގެ ދޯދިތައް ދުނިޔެއަށް ފެތުރިގެން ދިއުމާއެކު ދޫނިސޫފާ ސޫފީގެ އަޑުން ފަޒާ ގުގުމާލިއެވެ. މަޑުމަޑުން ދޮންވެލި ގަނޑަށް ބޮސްދެމުން ދިޔަ ރާޅުގެ ލުއި މިޔުޒިކީ އަޑުވެސް ފަޒާގައި ހަރުލާފައި ވެއެވެ. އެޤުދުރަތީ ރީތި މާހައުލުގެ އަމާންކަން ހިތްގައިމުކަން ނަގާލީ ހެނދުނުހެނދުނާނާ ރަށުތެރެ ސާފުކުރަން ނިކުމެ އުޅުނު މީހުންނަށް ބަނދަރު ތެރޭގައި އޮޔާއެކު އޮޔާއެކު ދަމުން ދިޔަ މީހަކު ފެނުމުންނެވެ.

ވިލްޝާގެ މަރުގެ ޚަބަރު މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ވިލްޝާގެ ފުރާނަނެތް މަސްގަނޑު މޫދުން ފެނުމާއެކުއެވެ. ގިނަ ދުވަސް ތަކަށްފަހު އެހާ ރަހުމު ކުޑަގޮތަކަށް މީހަކު މަރާލުމާ ގުޅިގެން ގިނަ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. ފުލުހުން ވިލްޝާގެ މަރު ތަހުޤީޤު ކުރުމަށް ކ.ގުރާދޫއަށް އައުމުން ފިޒާޔާ ކުޑަކޮށް ނުތަނަވަސްވިއެވެ.

” ވިލްޝާއަކީ އަހަރެންގެ ކޮއްކޮ އެއްހެން ދެކުނު ކުއްޖެއް… އަހަރެންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ ވިލްޝާ މަރުވެއްޖެއޭ ބުނުމުން….. ” ފިޒާޔާ ރޮވިފައިވާ އަޑަކުން ވާހަކަ ދައްކަމުން ދިޔައީ ތަހުޤީޤަތް އައިސް ހުރި ފުލުހަކާއެވެ. އޭރު އެތާގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން ތަހުޤީޤަށް ގެނެސްފައި ތިއްބެވެ. ފިޒާޔާ ރޮއިފައި ވިލްޝާއާ ބެހޭގޮތުން ދޮގު ހަދަމުން ދިޔައިރު މައިހާ ހުރީ ހައިރާންވެފައެވެ. ” ވިލްޝާ މިތާނގައި ވަޒީފާ އަދާކުރާތާ ކިތައް އަހަރު ވެދާނެ… ؟ ” ފުލުސް މީހާ ސުވާލުކުރީ ފިޒާޔާ އާއެވެ. ” 5 އަހަރު ވެދާނެ… ” ފިޒާޔާ އޭނަގެ ލޮލުން ފައިބަމުން ދިޔަ ބޮޑެތި ކަރުނަތައް ފޮހެލިއެވެ. ފިޒާޔާ މީހުންގެ ލޮލުގައި އަނދުން އަޅުވަމުން ދިޔަ އިރު ފިޒާޔާ އެކްޓުކުރަން ހާދަ މޮޅޭ މައިހާގެ ހިތަށް އަރަމުން ދިޔައެވެ.

ހުރިހާ މުވައްޒަފުންގެ އިނގިލީގެ ނިޝާން ނެގުމަށްފަހު ވުމައްޒަފުން ދިއުމަށް ހުއްދަ ދިނުމާއެކު ފިޒާޔާ ހިނގައިގަތީ އެތަނުން ދިއުމަށެވެ. ދަނޑިވަޅު ބަލާފައި، ހިތްވަރުކޮށްލަމުން މައިހާ ފުލުސް މީހާއާއި ދިމާއަށް ހިނގައިތަވެ. ” އަހަންނަށް އެނގޭ ވިލްޝާއަށް ވީ ކިހިނެއްކަން…. ” ފިޒާޔާގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ މައިހާގެ އަޑަށެވެ. އަވަސް އަވަހަށް ފަސްއެނބުރި ބަލައިލިއިރު ފުލުސް މީހާއާއި ވާހަކަ ދައްކަން ހުރި މައިހާ ފެނުމާއެކު ބިރުވެރިކަމުގެ ރާޅުބާންޔެއް ފިޒާޔާގެ ހިތުގައި ދައުރު ކޮށްލިއެވެ. ރޭގައި އެއިވުނު ރުއިމުގެ އަޑަކީ މައިހާގެ އަޑު ހެއްޔެވެ؟

” މައިހާ… މައިހާއަށް އަހަރެން ޕްރެސްކްރައިބް ކުރި ބޭސް ނުކަންދޯ އަދި.. ؟ ” ހަލުވި ފިޔަވަޅުތަކެއްގައި ފިޒާޔާ މައިހާއާއި އަރާހަމަކުރިއެވެ. ފިޒާޔާގެ އަޑަށް މައިހާއަށް ބިރުވެރިކަން އެކުލެވިގެންވާ ނަޒަރަކުން ފިޒާޔާއަށް ބަލައިލެވުނެވެ. ވަގުތުން މުޅިމީހާ ފިނިވެގެން ދިޔައެވެ. ” ސާރ… ވިލްޝާ މަރުވިފަހުން މައިހާ އެހުންނަނީ ޝޮކެއްގައި… ޝީޒް މެންޓަލީ އަންސްޓޭބަލް… މިއަދު ވިލްޝާ ލޮލަށް ފެނި އޭނަ މަރުވަނީޔޭ ކިޔައިގެން ފަރުވާވެސް ކޮށްފަ އެހުރީ… މީގެ ދުވަސްކޮޅެއްކުރިން ޖިންނިއެއް ވެސް ތިމަންނައަށް ގޯނާ ކުރަނީއޭ ކިޔައިގެން އުޅުނު… ” ފިޒާޔާ ދޮގު ހެދި އެވެ. އެއަޑުގައިވި އިންޒާރުތައް ނަގައިގަނެވުނީ ހަމައެކަނި މައިހާއަށެވެ.

” ތަހުގީގަށް ދޮގު ހެކިބަސް ދިނުން އެއީ ގާނޫނީ ކުށެއްކަން އިނގޭތޯ؟… ” މައިހާއަށް ބަލާލަމުން ފުލުސް މީހާ ބުނެލިއެވެ. ފިޔާޒާގެ ނުފޫޒާއި ހިތުގައިވި ބިރުވެރިކަމުން އާހިރުގައި މައިހާ ވެގެން ދިޔައީ ނަފުސާނީ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހަކަށެވެ. އޭނައާއި އިތުރަށް ކުރެވުނު ސުވާލުތަކަށް ޖަވާބު ދޭން ފަސްޖެހެވުމުން މައިހާއަށް މަޖުބޫރުވީ ދޮގު ހަދާށެވެ.

މައިހާއާއި ސުވާލުކޮށް ނިމެންދެން ދުރުގައި މަޑުކޮށްލައިގެން ހުރި ފިޔާޒާގެ ސިކުނޑީގައި އައު ޚިޔާލެއް ބިނާކުރެވެމުން ދިޔަ އެވެ. ކުރިމަތިިވެފައިވި މުސީބާތަށް ވަގުތުން ހައްލު ހޯދަން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އޭނަ މައިހާގެ ފަހަތުން ނިކުންނަން ހިނގައިގަތީ ވިސްނުމެއްގައި ހުރެއެވެ..

* * *

” ކަލެއަށް ހުރިހާ ކަމެއް އެނގިއްޖެ ދޯ ؟ ” ޕޭޝެސްޓުން ބައިތިއްބާފަ ތިބޭ ކޮޓަރިތަކާ ހަމައަށް އާދެވުމާއެކު ފިޒާޔާ ވާހަކަދައްކަން ފެއްޓިއެވެ. މައިހާ ބިރުން ހުރި ވަރުން ވާހަކައެއް ނުދެއްކުނެވެ. ” ކަލޭ އަނގަ ބަންދުވީތަ ؟ ” ފިޒާޔާ ދަތްކުނޑި ވިކާލިއެވެ. މައިހާގެ ހަމަހިމޭންކަމުގެ ސަބަބުން ފިޒާޔާއަށް އޭނަ ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. ” ހަނދާންކުރާތި ! އަހަރެންނޭ ކިޔައިގެން އެއްވެސް ވާހަކައެއް ދައްކައިފިނަމަ އެއީ ކަލޭ މިދުނިޔޭގައި ހުންނާނެ އެންމެ ފަހު ދުވަސް… ވިލްޝާ މަރާލި ގޮތަށް ކަލޭގެ ދުވަސްވެސް ދުއްވާލާނަން…. ” ފިޒާޔާ ރުޅިވެރި ރާގެއްގައި ބުންޏެވެ. މައިހާ ފިޒާޔާއަށް ނުފެންނަގޮތަށް އޭނަގެ ފޯނު ރެކޯޑިންގައަށް ޖައްސާލައިގެން ހުރެ ފިޒާޔާގެ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް ރެކޯޑުކުރަމުން ދިޔައެވެ. ” މީ ކަލެއަށް ދޭ އެންމެ ފުރަތަމަ އަދި އެންމެ ފަހު އިންޒާރުކަން ހަނދާން ކުރާތި… ” ފިޒާޔާ ދަމުން ބުންޏެވެ. ފިޒާޔާ ދިއުމާއެކު މައިހާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

” ޒައިދް…. ކަލެއަށް އެއްކަމެއްވެސް ރަނގަޅަށް ނުކުރެވޭނެ…. ރޭގަ ރަނގަޅަށް ހޯދިނަމަ އެ މައިހާ ފެނުނީސް….. އޭނައަށް ހުރިހާ ކަމެއް އެނގިއްޖެ…. އަހަންނަށް ޔަޤީން އޭނަ މަޑުން ނުހުންނާނެކަން…. ” ފިޒާޔާ އޮފީހަށް ވަދެވުމާއެކު ޒައިދްއަށް ގުޅާލިއެވެ.

” އޭނަގެ ދުވަސް ވެސް ދުއްވާލާންވީތަ؟….” ޒައިދު ބުނެލިއެވެ.

” ނޫން އޭނަ މަރާލައިފިއްޔާ ކަންތައްތައް ގޯސްވާނެ… ދުވަސްކޮޅަކަށް އޭނަ ގެއްލުވާލަންވީ…. އޭނައަކީ ވިލްޝާ ކަހަލަ މީހެއް ނޫން، ބިރުދައްކައިފިއްޔާ ނުކެރޭނެ އެއްވެސްކަމެއް ކުރާކަށް!… ” ފިޒާޔާ ޒައިދްގެ ޖުމްލަ މެދުކަނޑާލިއެވެ.

” ކިހިނެއް އޭނަ ކިޑްނޭޕް ކުރާނީ ؟ ހާދަ ގިނަ ފުލުހުން މިރަށުގައި އެބަތިއްބޭ…. އޭނަ ބަހައްޓާނީ ވެސް ކޮންތާކު؟ އެމީހުނަށް ޝައްކެވެއްޖެއްޔާ ކަމަކުނުދާނެ… ” ޒައިދް ބުންޏެވެ.

” އޭނަ މިރޭ ދާނެ މާލެއަށް…. އޭނަގެ ބައްޕަ އޭޑީކޭ ހޮސްޕިޓަލުގައި ބާއްވާފައި އެބައޮތް….. އޭނަ މާލެ ދިއުމުން އޭނަ ކިޑްނޭޕްކޮށް ބިރުދައްކާ…. ” ފިޒާޔާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ..

* * *

ރޭގަނޑުގެ ވަގުތެވެ. އެމަރޖެންސީ ރޫމުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން ޒަވީންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ނަރުހަކާއެކު ކުޑަކުއްޖަކު ފަދައިން ކުޅެމުން ދިޔަ އެވްލީން ފެނުމާއެކުއެވެ. އެވްލީން ފެނުމާއެކު ޒަވީންއަށް އެވްލީން ބޮޑަށް ސިފަކުރެވުނީ ކުޑަކުއްޖަކު ފަދައިންނެވެ. އެވްލީންއަށް ޒަވީން ފެނުމާއެކު އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ޒަވީން އައުމާއެކު ނަރުސް ކުއްޖާ ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ. ” ކީއްވެ ކުޅުން ހުއްޓާލީ… ” ޒަވީން އެވްލީން ކައިރީގައި ބިންމަތީގައި އިށީނެވެ. އެވްލީން އިނީ ވާހަކަދައްކަން ނުކެރިފައެވެ. ” ހިނގާ ކުޅެން އަހަރެންވެސް އެވްލީންއާއެކު ކުޅޭނަން… ” ޒަވީން އެވްލީންއަށް ބަލައިލިއެވެ.

” ހައިޑް އެންޑް ސީކް ދޯ ކުޅޭނީ ؟ ” ޒަވީން ބުންޏެވެ. އެވްލީން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޒަވީން އެވްލީންއާއެކު ކުޅެން ހުއްޓާ އެމަރޖެންސީ ރޫމަށްވަން ފިޒާޔާ ފެނުމާއެކު، އެވްލީން ކުޅުން ހުއްޓާލުމަށްފަހު ހިމާޔަތް ހޯދުމުގެ ގޮތުން ޒަވީންގެ ބިއްދޮށަށްވަދެ ޒަވީންގެ ގައިގައި ބައްދާލިއެވެ. އެމަންޒަރު ފެނުމުން ފިޒާޔާއަށް އެވްލީންއާއި ޒަވީން ސިފަކުރެވުނީ ދެލޯބިވެރިންހެންނެވެ.

” އެވްލީން މިހާރު ރަނގަޅުދޯ ؟ ” ފިޒާޔާ ސުވާލުކުރީ ޒަވީން އާއެވެ. ” މިހާރު ކުރިއަށްވުރެ ރަނގަޅު…. ” ޒަވީން ބުންޏެވެ. ” ސޯ އެވްލީން އޭނަގެ ކޮޓަރިއަށް އަވަަހަށް ބަދަލުކުރޭ… ” ފިޒާޔާ ދަމުން ބުންޏެވެ. ޒަވީން ކުއްލިޔަކަށް ކަމެއް ހަނދާން ވުމާއެކު އެވްލީން ކައިރީގައި ކުޑައިރުކޮޅެއް ފަހުން އަންނާނެ ކަމަށްބުނެ ހިނގައިގަތީ ފިޒާޔާއާ ބައްދަލު ކުރުމަށެވެ.

* * *

ޒަވީން ބޭރަށް ނިކުތްއިރު ފިޒާޔާ ފެންނަން ނެތުމާއެކު ޒަވީން ހިނގައިގަތީ ފިޔާޒާގެ ކޮޓަރިއާއި ދިމާއަށެވެ. ފިޔާޒާގެ ކޮޓަރިއަށްވަން ޒަވީން ހުއްޓުންއެރީ ފިޒާޔާ ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުންނެވެ. ” ޑިއާރ… ހާސްނުވެބަލަ…. ޒަވީންއަކަށް އެވްލީން ރަނގަޅު ނުކުރެވޭނެޔޭ… މިހާރު އަހަރެން އާ ޤަވާއިދުތައް ހަދައިފިން…… މިހާރު ޒަވީން ޖެހޭނެ އެވްލީންއަށް ފަރުވާ ދިނުމުގެ ކުރިން އޭނަ ދޭންއުޅޭ ފަރުވާގެ ތަފްސީލު ބޯޑާ ހިއްސާކުރަން….. ސޯ އަހަންނަށް އެހުރިހާ ޓްރީޓްމެންޓެއް ހުއްޓުވާލެވޭނެ… ރޭގަ އެވްލީންއަށް ޝޮކްވެސް ދީފަހުރީ…. މިހާރު އޯވާރ ޑޯޒް ވާވަރަށް ޑްރަގް އިންޖެކްޝަން ނަރުހުން އެވްލީންގެ ގަޔަށްޖަހާ…. ޒަވީން ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް އެވްލީން ރަނގަޅު ނުކުރެވޭނެ…. ”

(ނުނިމޭ)

 

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ޔޫލީ……..

Next

ސަންމޭރީ

Next
October 20, 2018

ސަންމޭރީ

Previews
October 20, 2018

ޔޫލީ……..

10 Comments!

  1. Mutha/ S.Hithadhoo says:
    October 20, 2018 at 1:07 pm

    I’ll update the fifth part along with hoadeythoa manzileh tonight (In Sha Allah).

  2. Dr.eamss says:
    October 20, 2018 at 1:16 pm

    Thanks mutha me first dhw

  3. Dr.eamss says:
    October 20, 2018 at 1:24 pm

    Vvv reethi waiting impatiently for tonight mirey libeyne dhoa hoadheytho manzileh ves kiyaalan
    Oh yeyy!!!

  4. Nau says:
    October 20, 2018 at 1:30 pm

    Me first dhw nyc when next part?

  5. Almaash says:
    October 20, 2018 at 1:33 pm

    Mivaahaka haadha asaru gadhey kiyaa iru dhenvaane
    gothakaa dheytherey hun anna goi vefa hunnanee??
    Aslu kureega vaahaka mihaaruge vaahaka thakah vure asaru hurey
    Mee aslu muthaage vaahakaeh tha?
    Konmeakas meeasaru gadha
    Vaahakaeh, hithah araa kureega vaahakathah mi sitega re-write koddeyne nama ey ( thank)

  6. shai says:
    October 20, 2018 at 2:08 pm

    Best writer eh ..knme dhuvahaku new parteh libey kiyaalan.??????

  7. Reet says:
    October 20, 2018 at 2:35 pm

    Me vaahaka Kurin vess keyhadhaaneh v eba ekamaku vess v reethi

  8. Maii? says:
    October 20, 2018 at 3:24 pm

    Maihaa eh noon maran vii… bt e fiyaaxaa maraa kathilan vii??????????.. haadha gotheh neii miihekey.. hama huvaa e fiyaazaa ge secret enmen ge kurimahchah genes bala.. n plzz e poor evlyyn ah gotheh nuhadhah cheyy…

  9. mar-hath says:
    October 20, 2018 at 4:22 pm

    v heart touching story eh..
    keep up the good work

  10. Yo says:
    October 20, 2018 at 7:25 pm

    Avas khdhyblaaaaaaa mireyge partttt

Comments are closed.


All Right Reserved!