Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންސާފް (5)

Nashy Level 110 Stories
October 24, 2018 2 Mins Read
10 Comments

ލީޝާމެން ގެއަށް ވަންއިރު ކިޔާން އިނީ ސިޓިންގރޫމްގައި ޓީވީބަލާށެވެ. ސީމާ އެގޭގަ މަޑުނުކޮށް އޭނާގެ ގެއަށް ދިޔައީ ކިޔާން އިނީމައެވެ. އެހެންނޫންނަމަ އޭނާ ލީޝާ އެކަނި ކޮށްފައެއް ނުދާނެއެވެ.

އެރެއެވެ.ލީޝާގެ ލޮލަކަށް ނިންޖެއްނައެވެ. ކިޔާން ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ. ހަވީރު އެދިމާވިކަމަކީ ލީޝާ ބިރުގަނެފައި ހުންނާތީ ވާ ކަމެއްކަމުގައި ބުންޏެވެ. އެހެންނަމަވެސް ލީޝާގެ ހިތުން ބިރު ފިލާގެންނެއްނުދިޔައެވެ.

ދަންވަރު 2 ޖަހަނީއެވެ. ކިޔާން އޮތީ ގަދަނިދީގެއެވެ. ކުއްލިއަކަށް ފާހާނާގެ ދޮރުހުޅުވިޖެއެވެ. ލީޝާ އެދިމާއަށް ބަލައިލިއެވެ. ފާހާނާގެ ދޮރުމަތީ ހުއްޓި އެހުރީ ހަމަ އެމީހާއެވެ. ލީޝާ ކިޔާން އަށް ގޮވަންފެށިއެވެ.ނަމަވެސް ކިޔާން އަކަށް ނުހޭލެވުނެވެ.
“ކިޔާން އަކަށް ނުހޭލެވޭނެ ކިތަންމެ ވަރަކަށް ގޮވިޔަސް” އެމީހާ ކުރިޔަށް ހިނގައިގަންނަމުން ބުންޏެވެ.
އެބިރުވެރި މީހާ އެނދާއި ދާދި ކައިރިޔަށް އަތުވެއްޖެއެވެ. އެމީހާ ކިޔާންގެ މޫނާ ދިމާއަށް އަތް ގެންދާން ފަށައިފިއެވެ.
“ނޫން.. އޭނާއަށް ކަމެއް ނުކުރާތި.. ކުރާކަމެއް މަށަށް ކުރޭ..” ލީޝާ ބިރުން ހުރިނަމަވެސް ވަރަށް ހިތްވަރުކޮށްލާފަ ބުންޏެވެ.
“އެހެން ވިއްޔާ ލީޝާ މަގޭ ބުނާ ގޮތަކަށް ކަންތައް ކުރަން ވަޢުދުވޭ.. އޭރުން ކިޔާން ދޫކޮށްލެވޭނީ.. ” އެމީހާގެ އަތް ކިޔާންއާ އިތުރަށް ކައިރިކޮށްލިއެވެ.
“އާން.. ކޮށްދޭނަން.. އޭނާއަށް ކަމެއް ނުކުރާތި.. ” ލީޝާ ބޭނުންވީ ކޮންމެގޮތަކުން ވިޔަސް އޭނާގެ ފިރިމީހާ ސަލާމަތް ކުރުމެވެ.
“ތިޔަވީ ވަޢުދާ ހިލާފް ނުވާތި” އެމީހާ އެހެން ބުނިތަނާ ފާހާނާގެ ދޮރުލެއްޕިއަޖެއެވެ. އެމީހާވެސް މިހާރު ފެންނާކަށް ނެތެވެ. ލީޝާ ކިޔާންއަށް ގޮވަން ފެށުމުން ކިޔާންއަށް ހޭލެވިއްޖެއެވެ. ލީޝާ ކަންތައްވީގޮތުގެ ވާހަކަ ކިޔައިދިނެވެ. ކިޔާންވެސް ބިރުގަންނަން ފަށައިފިއެވެ. އެހެންނަމަވެސް ލީޝާ ހަމައަކަށް އެޅުވުމަށް އެކަން ނުދައްކާވޭތޯ ބެލިއެވެ.
ބިރުވެރިކަމުގެ ތެރޭގައި ލީޝާ އުޅެމުންގެންދިޔައެވެ. ނަމަވެސް އިންސާނަކަށް ކެތް ކުރެވޭނީވެސް ވަކިވަރަކަށްތާއެވެ. ލީޝާއަށް ދިމާވަމުން މިދާ ބިރުވެރި ކަންތައްގަނޑުގެ ވާހަކަ ފުރަތަމަ ފަހަރަށް ސީމާއާ ހިއްސާ ކުރިއެވެ. ސިމާގެ ހިޔާލަކަށް ވީ ފަންޑިތަވެރިއެއްގެ އެހީ ހޯދުމެވެ. ލީޝާއާއި ކިޔާން ދުރުކުރުވަން މީހަކު މަސައްކަތް ކުރަނީ ކަމަށް ވެދާނެތީއެވެ.
“ފަންޑިތަވެރިޔެކޭ” ކިޔާން ނުރުހުން ފާޅުކުރިއެވެ.
“ތީ އަހަރެން ޤަބޫލުކުރާ ކަންތައްތަކެއް ނޫން. އަހަރެމެން ދެމީހުން ދުރުކުރަން މަސައްކަތް ކުރާނެ މީހަކު އުޅެފާނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. ލީޝާ ނުވާނެ ތިކަހަލަ ކަމެއްގެ ތެރެއަށް ވަދެގެންނެއް” ފަންޑިތަވެރިއެއްގެ އެހީ ހޯދުމަށް ކިޔާން އަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުވެވުނެވެ. ފަންޑިތަވެރިކަމުގެ ތެރެއަށް ވަނުމުން އެކަންތައްގަނޑު އިތުރަށް ގޯސްވެދާނެކަމަށް އޭނާއަށް ހީވަނީއެވެ.

ލީޝާ ކިޔާންގެ އެދުމުގެ މަތިން ފަންޑިތަހެދުމުގެ ހިޔާލު ދޫކޮށްލިއެވެ. އެހެންނަމަވެސް ލީޝާ ހުރީ ވަރުގަދަ އަޒުމަކާއެކުގައެވެ. ކިތަންމެ ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް ވެހެއެވެ ލީޝާ އެކަނި އެކަމާ ކުރިމަތިލުމަށް ނިންމިއެވެ. އެމީހާ އެއެދޭ ކަންތައް ކޮށްދިނުމަށް އޭނާއަށް އެވަނީ ވަޢުދުވެވިފައެވެ. ހަމައެކަނި އެންމެ ކަމަކަށްޓަކައެވެ. ކިޔާންއަށް ޓަކައެވެ. އޭނާގެ ފުރާނަ ފަދައިން ލޯބިވާ ފިރިމީހާގެ ފުރާނައަށް ނުރައްކާވެދާނެތީއެވެ.

ހަފްތާއެއްފަހެވެ. ލީޝާ އޮތީ ޖޯލިފަތީގައެވެ. ލީޝާ އާއި ޖެހިގެން އިން ޖޯލީގައި މީހަކު އޮތްހެން ހީވާން ފަށައިފިއެވެ. އެއޮތީ ދެވަނަ މީހެއްނޫނެވެ. ހަމަ އެ ބިރުވެރި މީހާއެވެ. ލީޝާ ގަތް ބިރުން އިންތަނުން ހިރިލާންވެސް ނުކުރެނެވެ.
“އަހަރެން ބުނާކަންތައް ކުރަން ތައްޔާރުތަ؟” އެމީހާ ދުރު ބަލަހައްޓައިގެން ހުރެގެން ބުންޏެވެ.
“އާން…..” ލީޝާ އަށް އޭނާގެ އެސުވާލަށް ޖަވާބު ދެވުނީ ވަރަށް އުދަގުލުންނެވެ. ބިރުން ތުރުތުރު އަޅަނީއެވެ.
“އެހެންވިއްޔާ މާދަމާ އިރުއޮއްސުމުން އަތިރިމައްޗަށް އާދޭ” މިހެން ބުނިކަމެއް ނޭނގެއެވެ. އެމީހާ ގެެއްލިއްޖެއެވެ.
އަނެއް ދުވަހުގެ ހަވީރެވެ. ލީޝާ އެއިނީ އަތިރިމަތީގައެވެ. ދެން ވާނެ ގޮތަކާއި ދޭތެރޭ ފިކުރު ކޮށްލަ ކޮށްލައެވެ. ކިތަންމެ ބިރުންހުރިނަމަވެސް އޭނާ ހިތްވަރުކުރާނެއެވެ.
އުޑުމަތިން އިރުއޮއްސުމުގެ އަލާމަތްތަށް ފެންނަން ފަށައިފިއެވެ. ލީޝާގެ ހާސްކަަންވެސް އިތުރުވާން ފަށައިފިއެވެ. މުޅި މީހާ ތުރުތުރު އަޅާވަރުން ހީވަނީ ރޫޅިދާނެ ހެންނެވެ.

އިރުއޮއްސިއްޖެއެވެ. ވަގުތު އައިސް ކުޑަތަންވީއެވެ. ކުއްލިއަކަށް ކާޅުތަކެއް އެއްފަހަރާ ގޮވައިގެންފިއެވެ. ލީޝާ އަށް ވުރެން ކުޑަ ތަންކޮޅެއް ދުރުގައި އެހުރީ އެމީހާއެވެ. އެމީހާ ކައިރިވާން ފަށައިފިއެވެ.
“އަހަރެން ލީޝާއަކަށް އެއްވެސް ކަމެއް ނުކުރާނަން” އެމީހާ ލީޝާގެ ކުރިމައްޗައް އައިސް ހުއްޓުނެވެ.
“އަހަރެންގެ ފަރާތުން ކަލޭ ބޭނުން ވެގެން ތި އުޅެނީ ކޮންކަމެއް؟؟” ލީޝާ ވަރަށް ހިތްވަރު ކޮށްލާފަ ސުވާލުކޮށްލިއެވެ…… (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

މަގޭ ލޯބި ދަރިފުޅާ

Next

އެވްލީން… 12

Next
October 24, 2018

އެވްލީން… 12

Previews
October 24, 2018

މަގޭ ލޯބި ދަރިފުޅާ

10 Comments!

  1. Sasha says:
    October 24, 2018 at 8:54 am

    Avahah up kohdheeba next part
    maa kury aslu up kuraaleh
    varah reethi vaahaka

    1. Nashy says:
      October 24, 2018 at 9:39 am

      Thank u… ?.. dhigukoh genesdheveythw v masakkaiy kuran.. ?

  2. Ainth says:
    October 24, 2018 at 9:02 am

    Haadha kurey vv reethi

  3. Naju says:
    October 24, 2018 at 10:06 am

    ? haadha kurey… ekm ves v reethi mi part ves?

    1. Nashy says:
      October 24, 2018 at 12:33 pm

      ?

    2. Nashy says:
      October 24, 2018 at 4:22 pm

      ?

  4. Nia says:
    October 24, 2018 at 1:50 pm

    Wow.. v reethi.thankolheh dhigu koh genes dhehchey next part???

    1. Nashy says:
      October 24, 2018 at 4:24 pm

      Thank u ? insha Allah dhigukohlaanan.☺️

  5. JINNI says:
    October 24, 2018 at 3:32 pm

    Mihaaru hama neyva ves nulevey avahah next part up kohladhee

    1. Nashy says:
      October 24, 2018 at 4:25 pm

      Next part ga iraadha kurehviyyaa hama neyva levey varu vaane.. ??

Comments are closed.

Next Episodeއިންސާފް (6)←


All Right Reserved!