Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިއޭ މި ހިތް އެދޭ (12)

Nashy Level 110 Stories
November 9, 2018 5 Mins Read
12 Comments

ފާއިތުވެގެންދާ ކޮންމެ ދުވަހެއް މީރާ ހާސްކުރުވަމުން ދިޔައެވެ. ރޭދުވާ ފާއިތުވެގެންދަނީ އެކި އެކި ރޭވުންތައް ރޭވުމުގައެވެ. ރޭވެފައި އަލިވާއިރުވެސް ނިންޖެްްއް ނާދެއެވެ. އިއްޔެ އުފަލާއި މަޖަލުގައި ހީ އުޅުނު މީހާ މުޅިން ހަމަހިމޭން ވެްްއްޖެއެވެ. ވަށައިގެން ކަޅުއަދިރިކަން ނޫނީ އެހެން އެއްޗެއް އޭނާ އަށް ނުފެންނަ ކަހަލައެވެ. އެކަލާނގެ ނަހީ ކުރެއްވި ކަންކަން ކުރާ މީހުންނަށް ދުނިޔެމަތީގަ އަޒާބު ދައްކަވަނީ މި ފަދަ ގޮތަކަށެވެ. އުފަލާއި މަޖަލުގައި ރޭދުވާ ހޭދުކުރަމުންދާ މީހުން ނިމިގެން ދަނީ ކެކުޅުމާއި ވޭނުގައި އެތައް ދުވަހެއް އުޅުމަށް ފަހުގައެވެ. ކުރެވުނު ކުށަށް އިއުތިރާފްވެ ތައުބާވުމުގެ ފުރުސަތުވެސް ވަނީ ދެްްއްވާފައެވެ. ނަމަވެސް ފާފަ ކުރާ ގިނަ މީހުންނަށް ފާފައެއް ކުރެވިއްޖެކަން އެގެނީ ކުރެވުނު ފާފައިގެ މައްޗަށް އެތައް ފާފައެްއް ކުރެވޭ ފަހުންނެވެ.

ަމީރާ އަނެއްކާވެސް ވަސީމު އަށް ގުޅިއެވެ.
” މަށަށް ނުގުޅާށޭ ބުނީމެއް ނުން ” ފޯނު ނަގާފަ ފުރަތަމަވެސް ވަސީމު ބުނި ޖުމްލައިން މީރާގެ ހިތް މާޔޫސް ކޮށްލައިފިއެވެ.

” ޕްލީޒް އަޑު އަހާބަލަ މިދައްކާ ވާހަކައެއް…އަހަރެން ނޫޅެމޭ މީ ވަސީމުގެ ދަރިއަކަށް ހަދާކަށް..” މީރާ ދައްކާ ވާހަކަ އަޑު އަހާތޯ މަސައްކަތް ކުރަމުން ދިޔައެވެ.
” ދެން ކީކޭ ކިޔާފަތަ އިރު އިރު ކޮޅާ ތިގުޅަނީ” ވަސީމް ބުނާ ކޮންމެ ބަހެއް ބުނާލެއް ބާރުކަމުން މީރާ ދަނީ ސިހިސިހިގެންނެވެ.
” މަ މިކަމުން ސަލާމަތްވާނެ ގޮތެއް ހަދައިދީބަލަ…މިހާރު ބޭސްވެސް ހުރެ އެއްނުން” މީރާ އާދޭސް ކުރަމުން ދިޔައެވެ.

” މަށަކީ ކިތަންމެ ގޯސްކޮށް އުޅޭ މީހަކަސް މީހުން މަރާ މީހެއް ނޫން… ދެން މަށަށް ގުޅައިފިއްޔާ ތިކަން ބޭޒާރު ކޮށްލާނަން” ވަސީމް ފޯނު ބޭއްވީ މީރާއަށް އިންޒާރެއް ދެމުންނެވެ.
މީރާގެ ރެއާދުވާލު ރާވާރޭވުންތައް ކާމިޔާބުވާނެކަމުގެ އެއްވެސް ކޮޅުމައްޗެއް އަދި ނުފެނެއެވެ.

*****

ހާލު ބޮޑު ބަލިމީހަކު ހޮސްޕިޓަލަށް ގެނެވުނު ދުވަހެކެވެ. ނަމަވެސް ރާއްޖެއިން އެއްވެސަ ފަރުވާއެއް ކުރެވޭކަށް ނެތެވެ. ޑޮކްޓަރަކާއި ނުލާ ރާއްޖޭން ބޭރަށް ފޮނުވޭވަރަށް ވުރެން ބަލިމީހާގެ ހާލު ދެރައެވެ. އެހެންކަމުން ހޮސްޕިޓަލުން އަރީން ބަލިމީހާއާއިއެކު ދާނެ ޑޮކްޓަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވ.ެ
އަރީން ފުރައިގެން ދިޔައީ އައިރާ ރަގަޅަށް ބެލުމަށް މަންމަގާތު ބުނެފައެވެ. އެތަނުގައި އޭނާ މަޑު ކުރާނީ އެންމެ ދުވަހެކެވެ. ނަމަވެސް އައިރާ ނުފެނި އެންމެ ދުވަހެްްއްވެސް އަރީނަށް ހޭދަ ކޮށްލުމަކީ އުދަގޫ ކަމެކެވެ. ވަކިން ހާއްސަކޮށް އައިރާ އަށް އަޅާލުން ބޭނުންވެފައިވާ ދަނޑިވަޅެްްއްގަ އައިރާ ނުފެންނަ ހިސާބަކަށްދާކަށް ބޭނުމެްްްްއް ނޫނެވެ.

*****
ގެއެއްގައި އަލިފާން ރޯވެގެން އަދަނީއެވެ. އަލިފާންގަނޑު ނިއްވާލެވޭތޯ ވަރަށްގިނަ ބަޔަކު މަސައްކަތް ކުރަމުން އެބަދެއެވެ. އައިރާވެސް ހުރީ ހުރީ ދުރުގައި ބަލަހައްޓައިގެންނެވެ. އަލިފާންގަނޑުތެރެއިން މަންމަ ފެނުމުން އައިރާ އަށް ހަޅޭއްލަވައިގަނެވިއްޖެްެއެވެ.
އައިރާ އަށް ހޭެލެވުމާ އެކު ވަށައިގެން މުޅިތަންހޯދަންފަށައިފިއެވެ. އައިރާގެ މާޒީވެ ދިޔަ ހަދާންތައް އާވާން ފެށީއެވެ. ގެ އާއި މަްންމައާއި ކޮއްކެމެން ވަކިވެދިޔަ ބިރުވެރި ހިތްދަތި ހާދިސާއަށް ފަހު ބައްޕަ ނިޔާވުމުހިތާމަވެރި ހާދިސާއެވެ. ސްކޫލްގައި އުޅުނު އިރުންސުރެން އެންމެ ކުޑައިރުގެ ހަނދާންތަކެވެ. އައިރާ އަށް ބާރަށް ރޮއެގަނެވިއްޖެްެެވެ. އެންމެން އޭނަ ދޫކޮށްލާފައި ދިޔައީ ކީއްވެގެންތޯ ހިތާހިތުން ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް އެއީ ގުދުރަތުގެ ނިޔާއެވެ. އެއީ އެއްވެސް މީހަކަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. މަަންމަވެސް އޭރު ނިދާފައި ކަމުން އައިރާގެ ރުއިމުގެ އަޑެއް ނީވުނެވެ. އަރީން މަތިން ހިޔާލު ކޮށްލެވުނީ އެކަނިވެރިކަން އިހްސާސް ކުރެވުނު ހިސާބުންނެވެ. މި އުޅެވެނީ އަރީންގެ ގޭގައިކަން ރޭކާލީވެސް އެހާ ހިސާބުންނެވެ. އައިރާ އަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އަރީން އޭނާއާއި ދޭތެރޭ ބާއްވާ ގާތްކަން ހިތައް އަރާފައެވެ. ނަމަވެސް 2 ވަނަ ސިކުންތުގައި މީރާ މަތިން ހަދާން ވުމުން ހިތައްވެރިވީ މާޔޫސް ކަމެވެ. އަރީން އަކީ މީރާގެ މީހެކެވެ. އަރީން އަކީ މުއްސަންޖެކެވެ. ކިޔަވައިގެން ހުރި މޮޅު ޑޮކްޓަރެކެވެ. އަރީންއާއި ހުރިހާ ގޮތަކުންވެސް ގުޅެނީ މީރާއެވެ. އަރީން އަހަރެންނަށް އެހީތެރިވެދެނީ އިންސާނިޔަތައްޓަކައެވެ. އޭނާގެ ހިތުގައި އެއްވެސް ހާއްސަކަމެއްނެތެވެ.

*****

މީރާއަށް އަންމުންދާ ބަދަލުތަކުން މީރާގެ މަންމަ އާރިފާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. މީރާގެ މޫނުމަތީގައިވާ މާޔޫސްކަން ފެނިފައި ހިތުގައިޖެހެއެވެ. ދަރިފުޅަށް ކެތްނުކުރެވޭވަރުގެ ހިތާމައަކާއި ކުރިމަތިވަމުން ދަނީއޭ އޭނާގެ ހިތް ބުނަން ފަށައިިފިއެވެ.

” ދަރިފުޅު ކީއްވެތަ ތިހާ ދެރަވެފަ ތިހުންނަނީ” އާރިފާ މީރާ ކައިރީގައި އިށީންނަމުން ބުންޏެވެ.
” އެއްވެސް ކަމެްައް ނުވޭ” މީރާ ބޭނުންވީ މަންމަ އެތަނުން އަވަހަށް ފޮނުވާލެވޭތޯއެވެ.
ާނަމަވެސް މަންމަގެ ސުވާލަށް ޖަވާބެއްް ނުލިބެނީސް އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ.
” އެއްވެަްސް ކަމެއް ނުވެޔޭ ބުނާ އިރު މީހާރު ދަރިފުޅު އެއްޗެަްއް ކަނީއަކީ ނުން. ވާ ގޮތެއް ބުނީމައެއްނުން މަންމަ އަށް ވެސް އެގޭނީ” މަންމަ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.

މީރާ ހުރީ ވިސްނުމެއްގެ ތެރޭގައެވެ. ކައިވެނީގެ ކަންތަކުގައި މިހާރު އެހީތެރިވެދެވެން އޮތީ މަންމަމެންނަށެވެ.

“އަޅުގަނޑު ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން.” މީރާ މަންމަ ކައިރީ އެދުނެވެ.
” އެ ގެޔަށް އަންހެންކުއްޖެަައް ގެނައި ފަހުން އަރީންވެސް ވަރަށް ދުރުވެްްއްޖެ…” މީރާ ދައްކަމުން ދިޔަ ވާހަކަތައް މަންމަ ދިޔައީ ކަނުލާ އަޑުއަހަމުންނެވެ.
” އަޅުގަނޑުގެ ކައިވެނިވެސް ކުރަން ހަމަޖައްސާފަ އެގޮތައް ކަންތައްތައް ކުރީމަ ދެރަވަނީ.. ހީވަނީ އަޅުގަނޑަކީ އެްައްވެސް މީހަކަށް މުހިންމު މީހެއް ނޫހެން..އެކަމަކު އަޅުގަނޑު އަރީން ނޫން މީހަކު ބޭނުމެއް ނޫން.. މުޅި ހަޔާއްވެސް ވޭތު ކުރަން ބޭނުންވަނީ އަރީން އަށް ޓަކާ” އަސްލު ހަގީގަތް އެްްއްފަރާތުގައި ބާއްވާފަ މީރާ ބޭނުންވީ މީރާގެ ރޭވުން ކާމިޔާބު ކުރުމަށެވެ.

ދަރިފުޅުގެ މިވާހަކަތައް އަހާފައި މަންމަގެ ހިތައް ވަރަށް ތަދުވެއްޖެއެވެ. ދަރިފުޅުގެ ލޮލުން ކަރުނަ އަންނަތަން ދުށުމަކީ މައި ލަގޮނޑިއަށް ކެތް ވާވަރުގެ ކަމެްްއް ނޫނެވެ

” މަންމަ ބަލާނަން ކައިވެނީގެ ކަންތައްތައް ވީހާވެސް އަވަޙަކަށް ވާނެ ގޮތެއް ހެދޭތޯ.. ދެން ނުރޮއި ..މަންމަ އަރީންގެ މަންމަ އާއި ބައްޕައާއި ވާހަކަ ދައްކާނަން” ދަރިފުޅަށްޓަކައި މަންމަހުރީ ކޮންމެކަމެއް ކުރަންވެސް ތައްޔާރަށެވެ. ނަމަވެސް ފަރުދާގެ ފުރަހުގައި ފޮރުވިފައިވާ ދަރިފުޅުގެ މުޑުދާރު އަމަލު އެގޭ ދުވަހަކުން އެ މަންމަ އަށް މީހުންގެ ކުރިމަތީގައި އިސް އުފުލާ ބަލާލަންވެސް ނުކެރޭނެކަން ޔަގީނެވެ. ދަރިފުޅު އެހާ މިނިވަންކަންމަތީ އުޅެން މައިންބަފައިން ދޫކޮށްލަނީ ދަރިފުޅަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. އޭގެ ނަތީޖާގެ ހިތިކަން އެގެނީ ކަންވެ ނިމޭ ފަހުންނެވެ. މައިންބަފައިންނަށް ވިސްނޭއިރު އޮންނަނީ މީހުންގެ ކުރިމަތީގައި ކުއްޖާގެ އަގެްްއްނެތި، އަބުރުގެއްލި ބޭކާރުވެފައެވެ.

މީރާގެ އުއްމީދުތަކަށް އަލިކަމެްްއް މި ލިބުނީ އަދި ކިރިޔާއެވެ. އޭނާގެ އުއްމީދުތައް ވަރަށް އަވަހަށް ހާސިލްވާނެއެެެވެ. މިހާރު މީރާގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެވެ.. މަންމަ ގެނެްްސްދިން ޖޫސްތަށި ބޯލީ އެހިނިތުންވުން ފަޑުވެގެން ނުދާނެކަމުގެ ޔަގީންކުރަމުންނެވެ.

*****
އައިރާ މިހާރު އަބަދުހެން އިންނަނީ ކޮޓަރީގައެވެ. ސިކުނޑިއަށް އުދަނގޫ ކުރަމުންދާ ހަދާން ތަކުން ހާސްވަނީއެވެ. ނަމަވެސް އެއީ ހިތްވަރުގަދަ ކެތްތެރި ކުއްޖެކެވެ. މިފަހަރުވެަް އޭނާ އިސްކުރީ ކެތްތެރިކަމެވެ. އޭނާ ރޯ މަންޒަރު އެކަކަށްވެަް ދައްކާކަށް ބޭނުމެއް ނޫނެވެ. މިހާރު މިލިބޭ އޯގާތެރި ކަމަކީ އަބަދަށް ދެމިގެން ހިގައިދާނެ އެއްޗެްްއްކަމަކަށް އައިރާ ގަބޫލެއް ނުކުރެއެވެ. ދުނިޔެމަތީގައި ތިމާ އެދޭގޮތައް ކަންތައްތައް ވުމަށް ހީކުރުމަކީ ނަފްސަށް ދެވޭ އަނިޔާއެކެވެ. ބޭނުންވާ ކަންތައްތައް ހާސިލް ނުވެދިޔުމަކީ ހިތްދަތިކަމެކެވެ. އެންމެ ފަހުން ބޮޑު ބައްޔަކަށް ބަދަލު ވެގެންދާ ކަމެކެވެ. މިއަދު އޭނާއަށް އަރީންގެ އޯގާތެރިކަން ލިބުނުނަމަވެސް މީރާއާ ކައިވެނިކުރުމަށްފަހު ހުރިހާ ކަމެއް ބަދަލުވެގެންދާނެއެވެ. އެދުވަހަކުންވެސް ރޮއި ހިތާމަ ކުރަން ޖެހޭނީ އައިރާއެވެ. އެހެންނޫނަނަސް މީގެ އެތަކެްްއް ދުވަހެއް ކުރިންވެސް އޭނާ ވަނީ ލިބެންނެތް ކަންކަމަށް އުއްމީދު ނުކުރުމަށް އަޒުމު ކަނޑައަޅާފައެވެ. ނަމަވެސް އެ އަޒުމު ގުޑުވާަލަނީ އޭނާގެ ހިތެވެ. ހިތް ބުނަމުން ދަނީ އަދިވެސް އިންތިޒާރު ކުރުމަށެވެ.

****
” މަންމާ ކޮބާތަ އައިރާ ” އަރީން ގެޔަށް ވަނުމަށްފަހު ފުރަތަމަވެސް އެހީ އައިރާގެ ވާހަކަ އެވެ.

” ކޮޓަރީގަ.. އިއްޔެއިން ސުރެން އައިރާ ވަރަށް މަދުން ކޮޓަރިން ނުކުމެ އުޅެނީވެސް.. މަަންމަވެސް މިހުރީ ވަރަށް ކަންބޮޑުވެފަ އެކަމާ” މަންމަގެ އަޑުގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

އަރީން ، އައިރާގެ ކޮޓަރިޔާ އަރާ ހަމަވިއިރު އައިރާވެސް ކޮޓަރިން ނުކުންނަނީއެވެ. ދެމީހުންނަށް ބަލައިލެވުނީ އެއްފަހަރާއެވެ. އައިރާއަށްވެސް ހުރެވުނީ އެސްފިޔަޖަހާލަންވެސް ނޭގިފައެވެ. އެތައްދުވަހަކު ނުފެނިހުރެ ބައްދަލުވިކަހަލައެވެ. އައިރާ ކިތަންމެ ފަހަރަކު އަރީނަށް ގޮވާލުމަށް އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭނާ އިޚްތިޔާރު ކުރީ ހަމަހިމޭންކަމެވެ. ހަމަހިމޭންކަން ނިމުމަކަށް ގެނައީ އަރީނެވެ.
” އައިރާ ބަލީތަ” އަރީންނަށް އައިރާ އަށް އައިސް ހުރި ބަދަލުތައް ދެނެގަތެވެ. އެތައް އިރަކު ރޮއިފަ ހުރުމުން ދުޅަވެފައިވާ ދެލޯ ފެނުމުންނެވެ. މޫނުމަތީގައިވާ ތާޒާކަން ގެއްލިފައި ވުމުންނެވެ.

އައިރާ އެއްވެސް ކަމެއް ނުވޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. އައިރާ މަސައްކަތް ކުރަމުން ދިޔައީ އޭނާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ދެއްކުމަށެވެ. މިވޭތުވެދިޔަ ދުވަސްތަކުގައި އަރީނާއި ދޭތެރޭ ދެކުނުގޮތަށް ދެކުމަށެވެ. ނަމަވެސް އަރީން ފެނުމުން ހިތުގެ ހިގުމަށް އެއާބަދަލުން އައިރާ އަށް އަރީންގެ ކުރިމަތީގައި އެގޮތައް ހުރުންވީ އުދަގޫ ކަމަކަށެވެ. ކޮޓަރިއާ ދިމާއަށް ހިނގައިގަތީވެސް އެހެންވެްެއެވެ.

” މަންމަ ބުނި އައިރާ ނުކާވާހަކަ.. ހިނގާ ސައިބޯން. މަންމަ އެބައިން އިންތިޒާރުގަ” އަރީން މިހެން ބުނުމުން އަރީނާއި އެކު ދާން ހިނގައިގަތެވެ.

ސައިބޯން އިން އިރުވެސް އައިރާ އިނީ ވަރަށް މަޑުންނެވެ. އަރީންގެ މޫނަށް ނުބަލަން ވަރަށް މަސައްކަތްކުރެވެ. އަރީން ދައްކާ މަޖާ ވާހަކަތަކުގައި ބައިވެރިވުމުގެ ގޮތުން ހީލުން ފިޔަވައި އިތުރުކަމެއް ނުކުރެވެއެވެ.

އާދައިގެ މަތިން ސައިބޮއެގެން އައިރާ ގޮވައިގެން އަރީން އެރީ ޓެރަސް މައްޗަށެވެ. ތަފާތު ރީތި ކުލަކުލައިގެ މާތަކުން ހިތްހަމަޖެހުން ލިބިގަތުމަށެވެ.

“މީ ހާދަ ރީތި މަލެކޭ.. މީގެ ކުރިޔަކުން މިގަހަކު މަލެއް ނާޅާ. އައިރާ އައި ފަހުން މިގެއަށް ބަހާރު މޫސުމްވެސް އަތުވެއްޖެ ” އަރީންގެ މި ފަށުވި ބަސްތަކުން އައިރާ އަށް ލަދުން އިސްޖެހޭ ގޮޮތް ވެއްޖެއެވެ.

ޓެރަސް މަތީގައި އޭރު އެހެން މީހަކު ހުރިކަމެއް އެކަކަށްވެސް ނޭގެއެވެެ.

” ހާދަ ތައުރީފެއް ތިކުރަނީ ” މީރާ އަށް އަރީން ބުނި އެއްޗެއް އެގުނުކަން އަންގާލިއެވެ.
އަރީނަށް މީރާ ފެނުމާއެކު އެތަނުން ދިޔުމަށް ހިނގައިގަތެވެ.
ާ
“ކީއްވެތަ އަރީން ފަހަތުން ނެއްޓެން ނޭގިގެން ތި އުޅެނީ.. އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރޭ !” މީރާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

އައިރާގެ ލޮލުން ކަރުނަ އައިތަން މީރާ އަށް ފެނުނެވެ. ވިހަ ހިނިތުންވުމަކާއި އެކު އެތަނުން ދާން ހިނގައިގަތެވެ. އައިރާ އަށް ރޮވެން ފެށުނެވެ. އަރީންގެ ދިރިއުޅުމުގެ ތެރެއަކަށް އަހަރެން ނުވަންނާނަމެވެ. މީރާ އެހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ކަންތައްތައް މާ ގޯސް ނުވަނީސް މިތަނުން ދުރަށް ދާންވީއެވެ. އައިރާ ވިސްނަމުން ދިޔައީ އެގެއިން ނުކުމެން ދާނެ ގޮތަކާއި ދޭތެރޭގައެވެ. ނަމަވެސް ހިތް އެކަމަށް އިންކާރު ކުރަމުންދަނީއެވެ.

ަ***
ކަޅު ބޯ ވިލާތަކުން އުދަރެސް އެއްކޮށް އޮތީ ބައްދާލާފައެވެ. ހީވަނީ ދެންމެ ދެންމެ ވެހިގެންފާނެހެންނެވެ. މި ވިއްސާރަ ރޭގަ ވެސް މީރާގެ މަންމައާއި ބައްޕަ މީރާ ގޮވައިގެން އައިސް އެ ތިބީ އަރީންގެ ގެޔަށެވެ. ދަރިފުޅު ކުރާ ހިތާމަތައް ބަލަން ކެތް ނުކުރެވިގެން ނެވެ..

” މި ކައިވެނި އަވަސް ކުރަން މީރާ އެބަ ބޭނުންވޭ.. އަހަރެންނަށް ފެންނަނީ މީރާ އެ އެދޭ ގޮތައް އަވަސް ކުރުން” ވާހަކަ ދައްކަމުން ދިޔައީ މީރާގެ ބައްޕައެވެ. އޭރު އަރީން ވީ ހޮސްޕިޓަލުގައެވެ.

” އަރީން ތިކަމަށް އެއްބަސް ވެްްއްޖެއްޔާ މި ހަފްތާ ތެރޭގައި ކައިވެނި ކުރަން ހުރިހާ ކަމެްްއް ހަމަޖައްސަންވީ ” އަރީންގެ ބައްޕަ ހުރީ އެކުދިންގެ ކައިވެނި އަވަސް ކުރާގޮތަށެވެ.

މި އަޑު އިވުމުން މީރާ އިނީ ހެވި ދިލިފައެވެ. ނަމަވެސް އަރީންގެ މަންމަގެ މޫނުމައްޗަކުން އެއްވެސް ވަރަކަށް ހިނިތުންވުމުގެ އަސަރެއް ނުފެނެްެްެައެވެ. މީރާގެ އެތައް ނޭދެވޭ ސިފަތަކެްްއް މިހާތަނަށް އޭނާއަށް ވަނީ ފެނިފައެވެ. ހަސީނާ ގަސްތު ކޮށްގެން ހުރީ އަރީންގެ ކައިރީ ވިސްނުން ހުރިގޮތެްްއް ބަލާފަ ކައިވެނީގެ ކަންތައް ވަކިގޮތަކަށް ނިންމާށެވެ. ނަމަވެސް މީރާގެ އާއިލާއިން މި އައީ ހަސީނާ އަށް އެކަން ނުވެ އުޅެނިކޮށެވެ.

މި ހުރިހާ ވާހަކަތަކެްްއް އަޑު އެހުމަށް ފަހު އައިރާ ވަނީ ކޮޓަރިއަށެވެ. މިއޮތް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ކޮޓަރިއަށް ވަނުމާއެކު ބަންޑުން ވެއްޖެްެއެވެ. އަރީންގެ ހިތް އަހަރެންގެ ނަސީބުގައި ނެތް އިރުގަވެސް އިންތިޒާރު ކުރެވުނީ ކީއްވެގެން ހެްްްއްޔެވެ؟ އަހަރެންނަށް އަހަރެންގެ ފެންވަރު އޮޅުނީއެވެ. ކަރުހިއްކައިގަނެގެން ފެންފޮދަކަށް ބޭނުންވުމުންވެސް ހިތް އެދެއްކީ އަވާމެންދުރެއް ކަން އެގުނީ ކައިރިޔަށް އާދެވުމުންނެވެ. އަރީން އަކީ ދުވަހަކުވެސް އަހަރެންނަށް ލިބޭނެ މީހެއް ނޫނެވެ. އަހަރެންނަށް މިތަން ނުފެނި މަރުވިނަމަވެސް މާ ރަގަޅުވީހެވެ… އައިރާގެ ވިސްނަމުން ދިޔަވަރަކަށް ހާސް ވަމުން ދިޔައެވެ.. އައިރާ ވިސްނަމުން ދިޔައީ ދާށެވެ. ވަރަށް ދުރަށެވެ..އަރީން ދުވަހަކުވެސް ނުފެންނާނެހާ ދުރަށެވެ.
ާ
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 28

Next

މާފްކުރާށޭ ކަލާ 2

Next
November 9, 2018

މާފްކުރާށޭ ކަލާ 2

Previews
November 9, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 28

12 Comments!

  1. Sis says:
    November 9, 2018 at 12:43 pm

    Yaayyyy me first dhw ?? just love it… ❤️❤️ ? When next part

    1. Nashy says:
      November 9, 2018 at 12:49 pm

      Hehhe dhw thank u sisssssss❤️❤️❤️❤️❤️….. varah avahah … Insha Allah.

  2. shxx says:
    November 9, 2018 at 2:25 pm

    wow avaha upload kolha dhyba plx

    1. Nashy says:
      November 9, 2018 at 7:42 pm

      ❤️❤️❤️

  3. Mal says:
    November 9, 2018 at 7:06 pm

    Masha allah nashy????v v v rythi….adhi alah mi stry ah mi commnt mi kohlii….u know hama neendhevunu cmmnt eh koh nulaa…❤❤❤❤i just want to say that this is one of my favorite stries on this site….?????????plx aira don’t leave areen…by the way aira and areen,such beautiful names…may allah protect your talent from evil ? eyes…. ? ? ? u have a bright future in writing stries… ? ? insha allah… Lots of love ❤ ? ? ? ? ? ? ? whn next part????

    1. Mal says:
      November 9, 2018 at 7:13 pm

      Ppx don’t mind ingey mihen ehiyas…???plx…how old are you???? ?

    2. Nashy says:
      November 9, 2018 at 7:41 pm

      Awn thank u so much dear mal… ❤️❤️❤️ Alah veema asluves v v baivaru mistakes thah hedhifa ebahuri.. e mistakes thakaa ekuves alhuganduge vahaka balaigatheetheeve vvvvvv ufaavejje.. thank u for giving me so much support.. kiyuntherinakaa alhuganduge kurierun… ☺️☺️☺️ ❤️❤️❤️

    3. Nashy says:
      November 9, 2018 at 7:47 pm

      Mmmm i m not too young but not too old… ☺️ ❤️❤️

  4. Nashy says:
    November 9, 2018 at 7:44 pm

    Sorry dear readers Areenge momge nan liyevifai e iny nubaikoh..ragalhu namakee ‘ Nasiha’ ☺️

  5. Rish says:
    November 10, 2018 at 12:04 am

    Nashy dhooni next part kiyaahihvaniyye. Office kudhin bunee v v bodah thanks so. Aslu mi story v v v salhi hama v v v kiyaahithun mikiyanee ehaaves reethi kamun basthah athuraalaafa hunna gothun adhi emme salhi heevanee hama story therey ulheveyhen ehaaves molhu nashy dhooni. Insha allah nashy dhooni yah edhenee komme kamakunves kaamiyaabee adhi mikamunves kaamiyaabee. Rish bunelan beynunvanee thikuraa bura masahkatha hama assaribahaa saabahey. Mi story me rish ah 1 vana story ehaaves kamudhey adhi emme salhi heevanee kurimathin fennahen basthah v v tharutheebukoh liyefa hunnanee. Maasha allah nashy dhooni v v v v molhu. Hama v v bodah thanks mifadha story yeh fonuvadheythee nashy dhoooooooooooooneeeee.

    1. Nashy says:
      November 10, 2018 at 6:53 am

      Thank u so so much rish dhoooniiii?? nashy ah mi story mihaa hisaabah mi liyevunyves kiyuntherin thiya dhevvaa hiyvarun… v baivaru mistakes thakaa ekuves mi vahaka kiyaathyve vvvvvvv thank u.. ragalhu kohlan jehey kankamuge vahakaves bunedheyne kamah heekuran rish dhooooniiiii ???????

  6. Gud❤ says:
    November 11, 2018 at 6:33 am

    Vvvvvvvvvv reethi mi part…. hama mieeny speech less vefr….

Comments are closed.

Next Episodeމަންޒިލް ތިއޭ މި ހިތް އެދޭ (13) ފަހުބައި←


All Right Reserved!