Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 28

Sh@_n@ Level 410 Stories100 Comments100 Login
November 9, 2018 4 Mins Read
11 Comments

“އަހަރެން ދެން ބުނެލަން އޮތީ ފަޒީލްއަށް ރަނގަޅު ގޮތާއި ނުބައި ގޮތް ވިސްނުނީތީ ވަރަށް އުފާކުރަމޭ, މީހަކަށް ކިތަންމެ ގިނަ ގޯސްތަކެއް ހެދިފައި ހުރި ކަމުގައި ވިޔަސް އެމީހަކު ރަނގަޅު ތައުބާ އަކުން ތައުބާ ވެއްޖެނަމަ, އެމީހެއްގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެ ދެން ނުބައި މަގުން ނުދާނެ ކަމަށް އުއްމީދު ކުރަން” މިހެންބުނެ ސާރާ އެތަނުން ގެއާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ފަޒީލް ފެން ކަޅިވެފައިވާ ދެ ލޮލުން ސާރާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ.
ޫ
ސާރާ ދިއުމުން ފަޒީލް ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ލޮލުން ފޭބި ކަރުނަތަށް ފޮހެލިއެވެ. ކުރިން މީހުންނަށް ހީވެފައި އޮންނަނީ ރޮނީ ހަމައެކަނި ފިރިހެނުން ކަމަށެވެ. އެހެންނަމަވެސް ފިރިހެނުންވެސް ދެރަވާ ކަމެއް ވެއްޖެނަމަ ރޯނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.

ފަޒީލް ގެސްޓް ހައުސަށް ގޮސް ކޮޓަރިއަށް ވަނުމާއެކުހެން ފޯނު ރިންގްވާންފެށިއެވެ. ފޯނު ބަލާލިއިރު ފެނުނު ނަމުން ދެ ބުމަ ގޮއްޖެހުނެެވެ. އަދި ފޯނު އެނދުމައްޗަށް އެއްލާލީ ވާހަކަ ދައްކައިގެން މޫޑް ޙަރާބް ކުރަން ނޭދީތީއެވެ. ފޯނު ކެނޑުމާއެކު އަނެއްކާވެސް ގުޅަންފެށިއެވެ. ހިތްވަރު ކޮއްލުމަށްފަހު އެންމެފަހުން ފަޒީލް ފޯނު ނަގާ ބުނެލިއެވެ.

” އައްސަލާމް އަލައިކުމް” ފަޒީލް ސަލާން ގޮވުމާއެކު ނަޢުހާ ހައިރާންވެ ދެލޯ ބޮޑުވިއެވެ. އަދި ފޯނު ކަންފަތާ ދުރުކޮށް ބަލާލީ ގުޅުނީ ނުބައި ނަމްބަރަކަށް ކަމަށް ހީކޮށެވެ. އެހެންނަމަވެސް ފަޒީލްގެ އަޑުއިވުމާއެކު ފޯނުގައި ފަޒީލްގެ ނަން އަރާފާ އޮތުމުން އެއީ ހީވުމެއް ނޫންކަން ޔަގީންވިއެވެ. ފަޒީލްއަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެތޯ ނަޢުހާ ހިތާ ހިތުން ސުވާލު ކުރެވުނެވެ.
” ކަމަކުތަ ގުޅީ, އަވަހަށް ނިދަންވެއްޖެ, އޭރުން ފަތިހު ތެދުވެވޭނީ” ފަޒީލްގެ ޖުމްލައިން ނަޢުހާއަށް ލިބުނު ހައިރާންކަންވީ އިތުރެވެ.

” ނިދާށޭ, ކޮންތާކު, ގެއަށް ނުވެސް އަންނަމެއްނު, އެހެން ތަނެއްގަ ދޯ ނިދަން ތިއުޅެނީ, މިއަދު ވީ ކަންތަކާ ދޯ, މަށަށް އެނގޭ ގަސްތުގައި ނުޖަހާނެކަން, ދޮގު ހަދައިގެން ގެންދިޔަމަ ކަން އެނގޭ އެގޮތަށް ކަންތައްވީ, އަހަރެންވެސް މާ ބޮޑަށް ބޭނުންވެފަ………
ނަޢުހާގެ ވާހަކަ ނުނިމެނީސް ފަޒީލް ވާހަކަ ދައްކަންފެށިއެވެ.

” ނޫނޭ، ނަޢު, އަހަރެންދެން ތިތަނަށް ދާކަށް ގަސްތެއް ނުކުރަން، އަހަރެން ބޭނުންވަނީ ހަލާލު މަސައްކަތުން ރުފިޔާ ހޯދަން, އަހަރެންގެ މަަންމަ އަހަރެންނަށްޓަކައި ފަޚުރުވެރިވާ ވަރުގެ ކަމެއް ކުރަން, އެހެންވެ އަހަރެން ތިގެއިން ނުކުތީ, ތިގެއިން ލިބުނު މެހުމާންދާރީއަށް ޝުކުރުއަދާކުރަން, ދެން ބާއްވަނީ އިނގޭ” ނަޢުހާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ފަޒީލް ފޯނު ކަނޑާލިއެވެ.

ފަޒީލްގެ އެ އަމަލުން ނަޢުހާ ކައިރިއަށް ވަރަށް ރުޅިއައެވެ. ފޯނު އެނދުމައްޗަށް ހޫރާލެވުނީ އައި ރުޅިންނެވެ.
“ފަޒީލަށް ކަމަކު މަށަކާ ނުކުޅެވޭނެ އިނގޭ, ކުރިއަށް މިއޮއް ތިން ދުވަހުގެ ތެރޭގައި ތީ މަންމަ ފަޚުރުވެރިވާ ވަރުގެ ދަރިއަކަށް ހަދާދޭނަން, މިއީ މި ނަޢުހާ ކުރާ ވައުދެއް” ނަޢުހާ ފަޒީލްއަށް ވަރުގަދަ އިންޒާރެއްދިނެވެ. އެކަމުންވެސް ނަޢުހާގެ ސިކުނޑީގައި ބޮޑުކަމެއް ރާވަމުންދާކަން ހާމަވެއެވެ. އެކަމަކީ ކިހާ ނުރައްކަަތެރި ކަމެއްކަން ނަޢުހާއަށް އެނގުނެވެ. އެހެންނަމަވެސް ސާރާއަށް ވުރެ ބޮޑަށް ފަޒީިލް މިހާރު ވަނީ ނަޢުހާގެ ދުޝަމަނަކަށެވެެ. ޝާނިމްއަށް ކިޔައިދީފާނެ ކަމުގެ ބިރު އަބަދުވެސް މިހާރު ނަޢުހާގެ ހިތުގައި އޮވެއެވެ.

ސާރާގެ ހާލަކީތޯއެވެ. ފަޒީލްގެ ފަރާތުން އެކަންތަށް އެނގުމުން ސާރާއަށް ވިސްނެންފެށުނެވެ. އަރުޝް ކައިރީ ބުނަންވީތޯ ނޫނީ ސިއްރުކުރަންވީތޯ އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. ވިސްނި ވަރަކަށް ބޮލުގައި ރިހެމުންދިޔައެވެ. ބޭރަށް ދާންވެސް ސާރާ ޖެހިލުންވިއެވެ. ސަބަބަކީ ނަޢުހާ ކޮންމެފަދަ ކަމެއް ކުރާނެކަން އެނގޭތީއެވެ.

” އަހަރެން ކިހިނެއް ހަދާނީ, ނަޢުހާ މޮޔަވެގެންތަ އެ އުޅެނީ, އަރުޝް ނޫން އެހެން މީހަކާ ހިތާވާން ނޭނގުނީތަ, ނަޢުހާގެ ކަންތަށް މާ މައްޗަށް އެ ދަނީ, އަހަރެން ކޮންމެސް ކަމެއް އެބަ ކުރަންޖެހޭ, ޝާމިންއަށް ކިހިނެއް މިކަން އަންގާނީ, ކޮންތާކުން އެެއީ ތެދެއްކަން ސާބިތުކުރަން ހެކި ހޯދާނީ, ކިހާ ބޮޑު ކަމަކާ މިޖެހުނީ، އެއްވެސް އުޅުމެއްނެތް މީހެއް އެ ނަޢުހާއަކީ, އެންމެ ކުޑަމިނުން ޝާމިންއަށް އެހެން ނަހަދާ ހުރިނަމަ” ސާރާއަށް މަޑުމަޑުން އޮވެ ބުނެލެވުނެެވެ. އޭރު ސާރާގެ ލޮލުގެ ހިމަކޮޅުން ރޮނގަކަށް ކަރުނަ ފައިބަމުންދިޔައެެވެ.

އަރައިގެން އައި އިރާއެކު ސާރާ މަގުމަތި ކުނި ކެހުމަށްޓަކައި މަގުގެ ދެފަރާތް ހޯދާލުމަށްފަހު މަގުމައްޗަށް ނުކުތެވެ. އަދި އެހެންދުވަހަށް ވުރެ އަތްމަތި އަވަސްކޮށް ކުނިކަހާ ނިންމާލިއެވެ. އެއަށްފަހު ތެލިތަށް ހިފައިގެން ގޮނޑުދޮށަށް ދިޔައެވެ.

ކިރިޔާ ރާޅު ޖަހާ ހިސާބުގަ އިނދެ ތެލި ދޮވެލުމަށްފަހު މޫދުން ފެންލައިގެން އެއްގަމަށް އެރިއެވެ. ކުއްލިއަކަށް ސާރާގެ އަތުން ތެލިތަށް ދޫވެ ވިއްސައިގެން ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި ހެދިފައިވާ ވިނަ ތަކެއްގެ މައްޗަށެވެ. ސާރާ ވެއްޓުން އިރު އަތް ދަށުވެފައި ވުމުން އަތަށް ދިޔައީ ތަދުވަމުންނެވެ. މަގުގެ ދެފަރާތް ހޯދާ ބަލާލިއިރު އެ ސައިކަލް ލޮލު ކޮޅަށް އޮބާލައިފިއެވެ.

އެވަގުތު ތަންކޮޅެއް ދުރުގައި ބަންޑުން ވެއްޓިފައި އޮތް ފިރިހެނަކު ފެނުނެވެ. ސާރާ އަށް އެދިމާލަށް ދުއްވައި ގަނެވުނެވެ. ވެއްޓިފައި އޮތް މީހާ ތެދުކޮއްލުމާއެކު ސާރާއަށް ބޭއިހްތިޔާރުގައި އަނގަމަތީ އަތްއަޅާލެވުނެވެ.

“ފަޒީލް, މި މި ކިހިނެއް ތި ހެދީ, ފަޒީލް ލޯ ހުޅުވަބަލަ, އޭރު ފަޒީލްގެ ނިތްކުރިން ތަންގަނޑެއް ފަޅައިގެން ގޮސް ލޭ ރޮނގަކަށް ފައިބަމުންދިޔައެވެ. ސާރާ ހަދަންވީ ގޮތެއް ނޭނގި ފަޒީލްއަށް ގޮވަމުންދިޔައެވެ. އޭރު ސާރާގެ އަތް ތުރުތުރު އަޅަމުން ދިޔައީ ފަޒީލް އޮތް ހާލް ފެނިފައެވެ. އިރުކޮޅެއްނުވެ ފަޒީލް މަޑުމަޑުން ލޯ ހުޅުވާލާ ވޭނުން ފުރިގެންވާ ބެލުމަކުން ސާރާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ގޮސް ދެލޯ މެރުނެވެ.
” ފަޒީލް, ހާސްނުވޭ, އަހަރެން ފަޒީލްއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން” އޭރު ސާރާގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފާޅުވަމުންދިޔައެވެ.

އަރައިގެން އަންނަ އިރާއެކު މީހުން އެހިސާބަށް ނާންނާނެކަން އެނގި ހުރެ ގޮނޑުދޮށާ ދިމާލަށް ދިޔައީ މީހަކު ފެނޭތޯއެވެ. އެހެންނަމަވެސް ނާ އުއްމީދުގައި އެއްގަމާ ދިމާލަށް ދަނިކޮށް އުއްމީދުގެ ހުޅުކޮޅު ދިއްލުނީ ބަރޯއެއް ހިފައިގެން ފިރިހެނަކު އަންނަތަން ފެނުމުންނެވެ. ސާރާއަށް ވަގުތުން ހަމްދު ކުރެވުނެެވެ.
އަދި ސާރާ ބަލާކަށް ނުހުރެ ދުވެފަ ގޮސް އެމީހާގެ އަތުން އެ ބަރޯ އަތުލިއެވެ.
“ބޭބޭ ޕްލީޒް އަވަހަށް އާދެބަލަ, މީހަކު ވަރަށް ހާލު ދެރަވެފަ އެބައޮތް, މީހެއްގެ ފުރާނައޭ, ޕްލީޒް އޭނަ މަރުކަޒަށް ގެންގޮސްދޭން އާދޭ” ސާރާއަށް ވާހަކަ ދެއްކެނީވެސް އަޅައަޅައިގަންނަމުންނެވެ.
އަދި އޭގެ ތެރޭގައި އޮތް ހައެއްކަ ކާށި ބިންމައްޗަށް ވައްޓާ ލުމަށްފަހު ދުއްވަމުން އައިސް ފަޒީލް އޭގެ ތެރެއަށް ލެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އެމީހާގެ އެހީއާއެކު ފަޒީލް ބަރޯއަށް ލުމަށްފަހު މަރުކަޒަށް ގެންދެވުނެވެ. ސާރާ އެމަޖެންސީ ރޫމްގެ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރު ފަހުން ޑޮކްޓަރު އައެެވެ
” ޑޮ ޑޮކްޓަރ ޕޭޝަންޓު ކިހިނެއްތޯ” ސާރާ ޑޮކްޓަރ ނުކުތުމާއެކު ސުވާލުކުރިއެވެ.
” މިހާރު ހޭ އަރައިފި, މާ ބޮޑު ކަމެއް ނުވޭ, ވެއްޓި ޖެހުނީމަ ނިތްކުރި މަތިން ފަޅަައިގެން ގޮއްސާ ހުރީ, ދެން ގައިގެ ތަންކޯކޮޅު މަށައިގެން ގޮއްސަ ހުރީ، ބައްދަލު ކުރިޔަސް އެއްވެސް މައްސަލައެއްނެތް” ޑޮކްޓަރ ކަށިގަނޑު ކަރުގައި އަޅުވާލަމުން ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ދިޔައެެވެ.

ސާރާ މަޑު ފިޔަވަޅުތަކުގެ މަތީގައި ގޮސް އެމަޖެންސީ ރޫމްގެ ދޮރު ހުޅުވާލިއެވެ. އަދި ފަޒީލްއަށް ބަލާލިއެވެ. އޭރު ފަޒީލްއަށް އޮތީ ދެލޯ މެރިފައެވެ. ސާރާ އިރުކޮޅަކު އެހެން ބަލަން ހުރުމަށްފަހު އެތަނުން ދިއުމަށް ހިނގައިގަތެވެ. ސާރާ ހުއްޓެން މަޖުބޫރުވީ ފަޒީލް ސާރާގެ އަތުގައި ހިފެހެއްޓުމުންނެވެ. އެހެންކަމުން ސާރާ ފަޒީލް ކައިރިއަށް އައުމަށްފަހު ކިހިނެއްހޭ އަހާލިއެވެ. އަދި މީ ކިހިނެއްވީ ކަމެއްތޯ އަހާލީ ހަގީގަތް އެނގޭ ހާލްއެވެ.

” އަހަރެންނަށް އަޑު އިވުނީ ރަމީޒު ފޯނުން ވާހަކަ ދެއްކި އިރު ރުފިޔާ ކޮޅު ހަވާލުކުރެވޭނީ ނަޢުހާ ދިން ޓާސްކް ކޮއްގެންނޭ ބުނި އަޑު, މަށަށް އެނގިއްޖެ އެއީ ސާރާގެ ވާހަކަކަން އެ ދައްކަނީ, ސާރާގެ ފޯނަށް މެސެޖްވެސް ކުރިން، ނާހާތި މެސެޖް ކުރަން ނަމްބަރ ލިބުނީ ކިހިނެއްތޯ, ވަރަށް އިންތިޒާރު ކުރިން ޖަވާބަކަށް, އެކަމް ޖަވާބެއް ނައި, މަށަށް އެނގޭ ހެނދުނާ ސާރާ ނުކުންނާނެކަން” މިހެން ބުނެ ފުންނޭވާއެއް ދޫކޮއްލިއެވެ.

” އެކަމް ކީއްކުރަން އަހަރެން ސަލާމަތްކޮށް އަމިއްލަ މީހާ ނުރައްކަލުގެ ތެރެއަށް ތިލީ، ނަޢުހާ އެއީ ކިހާ ނުރައްކާތެރި މީހެއްކަން އެނގެއެއްނު, ކޮންމެސަ ގޮތަކުން ނަޢުހާގެ ކަންތަށް ފަޅާ އަރުވާލަން އެބަޖެހޭ, އެކަށިގެންވާ ހެކި ނެތީމަ މައްސަލައަކީ, އަހަރެން ހާދަ ބިރެއް ގަތޭ” ސާރާ ފަޒީލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

” ދެން އެކަންވެސް ނިމުނީއެއްނު, އެހާ ބޮޑު ވަރެއް ނުވެސްވެއެއްނު, ދެން ނުވިސްނާ” ފަޒީލް އެހެން ބުނުމުން ސާރާ ޝުކުރު އަދާކުރިއެވެ.

ކުއްލިއަކަށް ދެމީހުންނަށް ސިހުން ލިބުނީ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެެގެން އައި މީހާ ފެނިފައެވެ.

ނުނިމޭ

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އިމްތިޙާން (3ވަނަ ބައި)

Next

މަންޒިލް ތިއޭ މި ހިތް އެދޭ (12)

Next
November 9, 2018

މަންޒިލް ތިއޭ މި ހިތް އެދޭ (12)

Previews
November 9, 2018

އިމްތިޙާން (3ވަނަ ބައި)

11 Comments!

  1. Sh@_n@ says:
    November 9, 2018 at 11:52 am

    Finally up vehje, fonuvithaa vaany 5 varakah min. Miothy up vefa kamudhaane kamah uhmeedhu kuran. Mi part varah kuru dhw, aneh part liyamun midhany, so e part dhigukohdheynan?❤

  2. neem says:
    November 9, 2018 at 11:58 am

    haadha kurey mi part varah kiyaa hithun indhaa e nimuny

  3. Sis says:
    November 9, 2018 at 12:36 pm

    Yaayyyy me first dhw ❤️❤️ nice… When next part?

  4. Me says:
    November 9, 2018 at 12:53 pm

    Arush dhw e aee??? waitingss very nice

  5. Sh@_n@ says:
    November 9, 2018 at 12:59 pm

    Yess, sis ur first, next part liyamun midhany, keep waiting dear❤❤❤??

  6. Sh@_n@ says:
    November 9, 2018 at 1:00 pm

    Lets see dhw, arush thw ee or
    Nauha thw eee ❤❤❤??

  7. ? says:
    November 9, 2018 at 6:08 pm

    Rythi vaahaka eh
    Ekam up kuruge kanthah hunna gothun kiyumah hunna shaugu kuda vey
    Thanx mi Bayah ves
    Mibai ves varah rythi
    Waiting for the next part

  8. Sh@_n@ says:
    November 9, 2018 at 7:20 pm

    Thanx ur comment. Dhen Ehen nuvaane dear❤??

  9. Naju says:
    November 9, 2018 at 8:52 pm

    V rythi mi vaahaka… waiting for the next.. I think that’s nauha

  10. Gud❤ says:
    November 11, 2018 at 6:27 am

    Thankolheh avahah up kohladhyfa dhigu kohlevidhanethr… ekm vrh reethi…. aee arush dw…

  11. Sh@_n@ says:
    November 11, 2018 at 7:51 am

    29th part up kuran yesterday ga fonuvaafa in naanee, ekm adhi nuvey, irukolhakaa balailevey up vehje thw, but nuvey?

Comments are closed.


All Right Reserved!