ކުރީގެ އަދަދާއި ގުޅޭ: ޒޭންވެސް ޝައިހާގެ ހަށިގަނޑުގައި ދެއަތްވަށާލުމަށްފަހު ހިނިތުންވެލިއެވެ. އެވަގުތު އަނެއްކާވެސް ޒޭންގެ ދެލޯ ކަޅުކުލައަށް ބަދަލުވިއެވެ. އެހެންނަމަވެސް ޝަައިިހާާއަަށްް މިފަހަރުވެސް އެމަންޒަރު ފެންނަ ގޮތެއް ނުވިއެވެ.
“މިއީ އަދި ފެށުން. ސިތާ ކޮއްކޮއަށް ނޭނގުނަސް އަހަރެން ތި އަންހެނާއަށް ފާރަލަން. އެކަމަކު ތިއަންހެނާދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއްނުވޭ.. ނިވާކަން ކުޑަ ހެދުން އަބަދު ލާނީ. އަހަރެން ތި އަންހެނާއާ އަޅައިގަތީ އެހެންވެ. މިހާރު ތިއީ ހަމަ އެކަނިި މަގޭ މީހެއް. އަހަރެން ބޭނުންްގޮތަކަށް އުފާވެސް ހޯދާނަން.” ނިދާފައި އޮތް ޝައިިހާާއަށް ބަލާލަމުން ޒޭން ހިތާހިތާ ކިޔާލިއެެވެ.
**********************
ހަމަ އެރޭގެ ދަންވަރުގެ ވަގުތެވެ. އާދައިގެ މަތިން ގްރޫޕް ބައްދަލުވުން އޮންނަ ފަޅުގޭގެ ދޮރުމައްްޗަށް އަރާފައި ޒޭން މަގުގެ ދެފަރާތަށް ބަލާލިއެވެ.
ދަންވަރު ގަޑިން 1 ޖަހާފައި ހުރުމުުުުުުުންް އެހިސާބުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަގުތު ބަލާފައި އެގޭގެ ދޮރު ހުޅުވާލުމަށް ފަހު ޒޭން އެތެރެއަށް ދެމިގަތެވެ.
ގޭތެރޭގައި ދިއްލާފައި ހުރި ފަނޑުއަލި ކަމުގެ ތެރެއިން ޒޭންއަށް އެތާ އިިން މީހަކު ފެނުނެވެ.
” އޭ.. ސާމިރު.. ކަލޭ އެކަނިތަ؟ ކޮބާ އެހެންމީހުން؟ މީޓްވާން އަންނަން ބުނީމަަ ކަލޭ އެކަނި ތިއައީ.. ހިނގާ އެމީހުންނަށް ގުޅަމާ..” އެތަނުގައި އިން މީހާގެ ކޮނޑަށް އަތް ވައްޓާލަމުން ޒޭން ބުނެލިއެވެ. އެހެނަސް އެމީހަކު ހަމަ ބަހެއްވެސް ނުބުނެ އެތާ ގުޑާނުލާ އިނެވެ.
” ތީ ކޮންކަމެއް؟ ރުޅިއައިސްފަތަ؟ އެއްޗެއްވެސް ނުބުނެ ތިއިނީ.. ” އަބަދު އަނގަގަދަ ކޮށްއުޅޭ ސާމިރު އަަަަަަަނގައިން ނުބުނެ އިންނަން ފެށުމުން ޒޭން އަޖައިބުވިއެވެ.
” އަހަރެން މިއައީ ޝައިހާ ގާތަށް ވަދެފަ އެކީގަ ނިދާާފަ. ގަބޫލުކުރެވޭތަ؟ ” އެހެންބުނަމުން ސާމިރު ޒޭންއަށް ބަލާލިއެވެ.
“ކީކޭ؟ ޝަައިިހާާ ގާތަށް ވަދެފައޭ؟ ސާމިރު ކަލޭ ކީކޭ ކިޔަން ތިއުޅެނީ؟ ” ޒޭން ގާތަށް ރުޅިއަންނަގޮތްވިއެވެ.
” އާނ. އަހަރެން މިއައީ ތި ހަށިގަނޑު ތެރެއަށް ވަދެގެން ގޮސް ޝައިހާގެ ކިބައިން އުފާ ހޯދާފަ.” ސާާމިރު ޒޭންއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
ސާމިރުގެ ކަރުގައި ހިފަން ކަމަށް ހިތާ ދެއަތް ގެންދަން ޒޭން ހަރަކާތްކޮށްލަން އުޅުނެވެ. އެހިނދު ސާމިރުގެ ބަދަލުވަމުން ދާ ސޫރަ ޒޭންއަށް ފެނުނެވެ.
” މިރޭ ދެން ފެންނާނީ ކަލޭގެ ފުރާނަނެތް މަސްގަނޑު. އަދި ބުނަން ކަލޭގެ މަރަކީ ވަރަށް ހަނދާނުންވެސް ފޮހެލަން ދަތި މަރަކަށް އަހަރެން ހަދާނަން. އެކަމަކު ކަލޭ ހާސްނުވޭ. އެކަކަށްވެސް އެއީ ކަލޭ ކަމެއް ނޭނގޭނެ. ” އިކްލީލްގެ ސޫރައަށް މޫނު ބަދަލުވި ސާމިރު ކުއްލިއަކަށް ހޭންފެއްޓިއެވެ.
ކުރިން ދުވަހަކުވެސް އެއްވެސް ކަމަކާ ބިރުނުގަންނަ ޒޭން ފަހަތަށް ފަހަތަށް ޖެހެންފެށިއެވެ. ” ގެންދޭ.. ބޭނުމިއްޔާ ގެންދޭ..” ޒޭން ބާރަށް ހަޅޭއްލަވައިގަތެވެ.
“ކޯއްޗެއް ގެންދަންވީ؟” ސާމިރު އިކްލީލްގެ ސޫރައިގައިވާ ބޯ އެއްފަރާތަކަށް އަރިކޮށްލިއެވެ.
” ގެންދޭ.. ޝަައިހާ ގެންދޭ.. އަހަންނަށް.. އަހަންނަށް ހެޔޮ.. ” ޒޭން ހީކުރީ އެހެން ބުނުމުން އޭތި އޭނާ ދޫކޮށްލާނެކަމަށެވެ.
” ހާދަ ހެއްވައޭދޯ.. ކަލޭ ހީކުރީ ކީކޭ ކަމަށްތަ؟ އަހަރެން އޭނާ ބޭނުން.. އެކަމަކު ތިހެން ބުނެގެން ކަލޭވެސް ވަކި ސަލާމަތެއް ނުވާނެ.. ” ސާމިރު ކުރީ މަލާމާތެކެވެ.
ޒޭން ކުއްލިއަކަށް ދުވެފައިގޮސް އެގޭގެ ދޮރު ހުޅުވަން މަސައްކަތްކުރިއެވެެ. އެހެންނަމަވެސް އެއަށްވުރެ ސާމިރު މާ ހުށިޔާރެވެ. ސާމިރު އައި ބާާރުމިނުގައި ހިފީ ޒޭންގެ ކަރުގައެވެ.
” އާނ. މިއަދު މިއޮތީ ބަދަލުހިފަން މަށަށް ރަނުގެ ފުރުސަތެެެއް ލިބިފަ. މަގޭ ބޮޑުދައިތައެއް ލޯބިވި އިންސާނަކަށްވެސް ކަލޭމެން ކަހަލަ މީހުން ވަޅި ހިފައިގެން ނުކުމެ ހެދިގޮތް މަ ހިތަކުން އަދިވެސް ނުފިލާ. ” އެހެެެެންް ބުނެފަަައި އަތުގެ ދިިިިގު ވަކިތައް ޒޭންގެ މެެެެެެއަށްްކޮށްޕާލިިއެެވެެ. ޒޭންގެ މެއާއި ދިމާއިިިިން އިިިކްލީލް ގެ އަތްް ބާނާާާާާފައި ހަަަަަަަަށިގަނޑު ކޮނެލިއެެެެވެެ. އެެެެެެއަށްފަަަަހު ހިތް ނަަަަަަަގާފައި ބިިިންމަތީގައި ބޭއްވިއެވެ. އަދި ޒޭންގެ ކަރުގައި ދަތް އަޅައިގެން ނޭވާހޮޅި ފެންނަވަރަށް ހަށިގަނޑުން ތަންގަނޑެއް ނެގިއެެެވެެ. އެއަށްފަހު ނޭވާހަޮޅިވެސް ބުރިކޮށްލިއެވެ.
ޒޭންގެ މޫނުމަތީގައި އިކްލީލް ވަކި ދެމިދެމީނުން ގޮސް އެއީ ކާކުކަން ނޭނގޭވަރު ކޮށްލިއެވެ. އަދި ޒޭންގެ ދެއަތާއި ދެފައިވެސް ވަކި ވަކިން ބިންދާލިއެވެ. އެއަށްފަހު ޒޭންގެ ހަށިގަނޑުގެ ބައިތަށް ވަކިވަކިން އަތަށް ނެގުމަށްފަހު ޖިންނި ބާރުގައި އެގޭތެރޭގައި ހުރި ލޭތަށް އެއްކޮށް ސާފުކޮށްލިއެވެ.
******************
” ޝިފާޒު ކޮބާ އެކޮޅު އޯކޭދޯ؟ ” އިންސްޕެކްޓަރ ސުހޭލު ވާހަކަ ދެއްކީ އެކީގައި މަސައްކަތްކުރާ ޝިފާޒުއާއެވެ.
” ޔެސް. ސަރ. މަގުމަތިވަރަށް އަމާންކޮށް ފެންނަނީ.. ” ޝިިފާޒުވެސް އެއަށް ޖަވާބެއް ދިނެވެ.
” ހިނގާ ދެން ސްޓޭޝަނަށް ދަމާ.. ” އެހެންބުނެފައި ދެމީހުނު އެކީގައި ޖިޕަށް އަރަން ހިނގައިގަތެެެެވެެ.
“ޕައްއްއްއްއް..” އެވަގުތު ކުއްލިއަކަށްް ވަރަށް ބާރަށް ޕައް ކިޔާފައި އެއްޗެއް ވެއްޓުނު އަޑަށް ދެޕުލުހުންނަށް އެކީގައި ބަލާލެވުނެވެ. އެއަޑު އައީވެސް އެމީހުންނާ ދާދި ކައިރިންނެވެ.
އޭރު، އެހިސާބުގައި ހުރި ހޮޅިދަނޑުގައި ހުރި ހޮޅިބުރިތައް ހުރީ އަނދައިފައެވެ. އެހެންކަމުން އަނދިރީގައި އެއްޗެއް ފެންނަވަރެއް ނުވުމުން އިންސްޕެކްޓަރ ސުހޭލު ފޯނުގައި އިން ޓޯޗު ދިއްލާފައި އެ ދިމާއަށް އަލިކޮށްލިއިރު ފެނުުުުނު މަންޒަރަަަކުން ޝަަަަަަަަަަަަހާދަތް ކިޔުނެވެ.
އެމީހުންނާ ދާދި ކައިރީގައި އޮތް ސްޓޭޝަން ޖިޕުގެ ބިއްލޫރިގަނޑު މައްޗަށް ވެއްޓިފައި އޮތީ އިންސާނެއްގެ ބޯބުރިއެކެވެ. އެ ބޯބުރި ވެއްޓިފައި އޮތީވެސް އުއްޑުން ކަމުން އެމަންޒަރު ވަރަށް ރީއްޗަށް ފެންނަން އޮތެވެ. ދެލޯވެސް ލޯ އިންނަ ވަޅުގަނޑުން ހުރީ ނުކުމެފައެވެ. ދޫވެސް އަގައިން ބޭރަށް ނުކުމެފައި އިނެވެ. ނޭފަތް އިނީ ޗިސް ކޮށްލާފައެވެ. މޫނާާާއި ކަޮލާއި ނިތްކުރިމަތީގައި ދަމާފައިވާ ގިނަ އަދި ފުން ވަކިތަކުން ސިފަ ވަކިވާވަރެއް ނުވެެއެވެ.
އެބޯބުރީގެ އެތަން މިތަނުން ފައިބަމުން ދިޔަ ލޭތަކުން ޖިޕުގެ ބިއްލޫރިގަނޑު ތެންމަމުން ދިޔައެވެ. ސުހޭލު އަވަސްއަވަހަށް ގަޑި ބަލާލިއިރު ގަޑިން ހުރީ 2:05 ވެފައެވެ.
” ޝިިިިިިފާޒް އަވަހަށް މިކަން ސްޓޭޝަނަށް ރިޕޯޓްކުރޭ.. އަހަރެން މިހިތަށް އަރަނީ މިއީ ކާކު ކުރިކަމެއް ބާއޭ؟ މިހާ ރަހުމްކުޑަ ގޮތަކަށް؟ އިންސާނަކަށް ވެދާނެ ހެންނެއް ހިޔެއް ނުވޭ. އެބޯބުރިއަށް ބަލާލާފައިވެސް އެބައިނގޭ އަދި މަރުވިތާ އެހާ ގިނައިރެއްވެސް ނުވާކަން. އަވަހަށްދޭ.. ” ޝިިފާޒު ފޮނުވާލުމަށްފަަހު ސުހޭލު އެތަނުގައި މަޑުކުުރިއެވެ.
އިރުކޮޅަކު އެތާ ހުއްޓާ ސުހޭލުގެ ފޯނު ރިންގްވާން ފެއްޓިއެވެ. ފޯނު ނަގާފައި ހަލޯއޭ ބުނަމުން ސުހޭލު ކަންފަތުގައި ފޯނު ޖެހިއެވެެ.
” ސަރ. އަދި އެހެން ދެތިން ތަނަކުން ވެސް ތިކަހަލަ ކަންތައްތަކެއް ވެގެން އުޅޭކަމުގެ ރިޕޯޓް ލިބިއްޖެ. އެހެން ތަންތަނުންވެސް ވަނީ ހަށިގަނޑުގެ އެކި ބައިތައް ފެނިފައި. ލަފާ ކުރެވޭގޮތުގައި ތިއީ އެކެއްގެ ހަށިގަނޑުގެ ބައިތައްހެން އަޅުގަނޑަށް ހީވަނީ. އެއީ ދެ ފަޔާއި ދެއަތް ވަނީ ފެނިފައި. އެސަރަހައްދުތަކަށް އަޅުގަނޑުމެންގެ ޓީމްތައް ދިއުމަށް މިހާރު އެބަ ތައްޔާރުވޭ. ” އެކޮޅުން ޝިިފާާުުޒުު ވާހަކަދެއްކިއެވެ.
” އާނ އޯކޭ. މިތަނަށްވެެެެސް ޓީމެއް ފޮނުވާ.” ސުހޭލު އެެެެެހެެންް ބުނަމުުުުން ފޯނުު ކަނޑާލިއެެެވެެ.
******************
” ހުމް.. ހުމްމްމް.. ކޮން އަޑުފަށްގަނޑެއްތަ؟ ” އަޑުގަދަވެގެން ހޭލެވުމުުުން ޝަައިހާ ގާތަށް ރުޅިއައެވެ. އެނދުކައިރީގައި ހުރި މޭޒުގައި ހުރި ގަޑި ބަލާލިއިރު ހުރީ 3:05 ވެފައެވެ.
އޭރު އެމްބިއުލެންސް ތަކުުުުގެ ސައިރެންތަކާއި ސައިކަލްތަކާއި ދުއްވާ އެހެން އެއްގަމު އުޅަނދުފަހަރުތަކުގެ އަޑުތައްވެސް ހުއްޓުމެއްނެތި އިވެމުން ދިޔައެވެ.
“މީދެން އަޅެ ފަހެ ކޮންކަމެއްތަ؟ މިހާ ދަންވަރު. އަދިިިިި ފަތިސްވެސް ނުވޭވިއްޔަ. ” ޝައިހާާ ފޫހިވާގޮތްވިއެވެ.
“ޓައް. ޓައް.” ޝަަަަަައިހާ ގޮސް ވިލްދާންގެ ކޮޓަރީ ދޮރުގައި ޖަހާލިއެވެ. ކުޑައިރުކޮޅަކުން ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު ވިލްދާން ކުޑަކޮށް ދޮރުން ބޭރަށް ބޯދިއްކޮށްލިއެވެ.
” ވިލްދާން މިރޭ ފަތިސް ނަމާދަށް ދަމުން އެވާގޮތެއް ބަލާފަ އަންނާތި. މިހުރިހާ އަޑުތަކަކާ ހެދި ނިދޭވަރެއްވެސް ނޫންވިއްޔަ. މަގޭ ބޯހަލާކު.” އެހެންބުނެފައި ޝައިހާ އަނެއްކާވެސް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
ޝަައިހާ ދިއުމުންް ވިލްދާން އެކަމާއި ވިސްނާލިއެވެ. ހަގީގަތުގައި ވިލްދާންއަށްވެސް އަޮތީ ނުނިދިފައެވެ.
އަަަަަަަަަަަބަދުވެސް ފަތިސްނަމާދުުުުގެ ގަޑިއަށް މިސްކިތަށް ދިއުމަށް ނުކުންނަ ވިލްދާންގެ ހިތުގައި އެވަގުތު ނިކުތުމުގެ ޝައުގުވެރިކަން އުފެދުނެވެ. އެހެންވެ ވިލްދާން މަޑުމަޑުން އެ އެޕާޓްމެންޓުން ނުކުމެގެން ތިރިއަށްގޮސް މަގުމައްޗަށް ނުކުތެވެ.
8 Comments!
Comments are closed.



yey me first vvvvvvvvvv salhi love u crystal
Very very nice…..when next part
Kobaathr crystal?????? V lwbiey mi story… Plx next part up koddhyba avahah???
Cryyyyyyyyyyyyystyyyyyyyyyyyyyyyyyyyyyyyy.. Kobaathr storyyyyyyyyyyyyyyyyy? V r waiting ey…………. ?????
Crystal…. Maruveetha….. I’m getting that creeps……
Koba next part
Varh reethi Vaahaka ey
Waiting next part
Umm r u dead? Y not uploading crystal? I’m getting creeps now….
Mi vhk ninmali thr