Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 22

Anjal Level 210 Stories100 Comments100 Login
November 9, 2018 8 Mins Read
21 Comments

ހަމަ ވަގުތުން ދުވެފައި ގޮސް އަލްޔާން ގެ ގައިގައި ބައްދާލަން އީން ގެ ހިތް އެދެމުން ދިޔައެވެ.އެދުލުން އެންމެ ފަހަރަކު އޭނާގެ ނަމުން ގޮވާލާތޯ އިންތިޒާރުގައި ހުރި އީން ގެ ކެތްތެރިކަން ކޮޅުންލީ ބަހެއް ނުބުނެ ފުން ނަޒަރަކުން  އަލްޔާން ބަލަން ހުރުމުންނެވެ..އެހިނދު އިޚްތިޔާރަކާ ނުލާ އީން ގެ ލޮލުން ކަރުނަ ހިލުނެވެ…”އަހަނ…ވަޓް އަ ސަޕްރައިޒް…ޖީ.އެފް ވެސް މިކޮޅަށް ގެނައީތަ..” ކޮށާފައި ހުރި ފުރުޓްސް ތައްޓެއް ހިފާއިގެން ވަރަށް ހެވިލާފައި ހުރެ ކޮޓަރިއަށް ވަން މައިރީން ފެނުމުން އީތަން އަށް ނިތުގާ ޖަހާލެވުނެ.”ޑޭމް އިޓް!!!”…………………….

ހެވިފައި ހުރެ އީތަން އަށް ބަލަމުން މައިރީން ގޮސް އިށީނީ އަލްޔާން ކައިރީގައެވެ. “ކީކޭ ..ގާލްފްރެންޑޭ ތަ ތިބުނީ..އީ..ތަން” އަލްޔާން ހުރީ ހައިރާންވެގެން ގޮސް އަނގަ ހުޅުވިފައެވެ.”ކަލޭ ގާލްފްރެންޑެއް ސެޓް ކުރީ ކޮންއިރަކު” ގަބުލް ކުރަން ދަތިވެފާ ހުރެ އެއްފަހަރު އީން ގެ މޫނަށް އަނެއް ފަހަރު އީތަން ގެ މޫނަށް އަލްޔާން ބަލަމުން ދިޔައެވެ.”އޫޕްސް..ސޮރީ..” އަލްޔާން ގެ ހަނދާން ނެތުމުގެ މައްސަލަ މަތީން މައިރީން ހަނދާންވީ ދެނެވެ. އެހެން ކަމުން އަވަހަށް އީން އަށް އިޝާރާތް ކުރަމުން އޭނާގެ ނަމަކީ އީން ކަމާއި އެއީ މިހާރު އީތަން ގެ ގާލްފްރެންޑް ކަމަށް ބުންޏެވެ. އަދި މީގެ ކުރީން ވެސް ހަތަރު މީހުން އެއްކޮށް ދިމާވެފައިވާ ކަމަށް ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ފުން އެހެނަސް ބީރައްޓެހި ނަޒަރަކުން އަލްޔާން ބަލާލީ އީން ގެ މޫނަށެވެ. އީން އަށް ކެތްކުރެވުނީ އެހާ ހިސާބަށެވެ. ހިފެހެއްޓުމެއްނެތި ލޮލުން ފައިބައިގަތް ކަރުނަ ދެއަތުން ފޮހެމުން އައިކޮޅަށް އެނބުރި ދުއްވާއިގަތެވެ.ހާސްވެފައި ހުރި އީތަން ވެސް އީން ފަހަތުން ދިޔައެވެ.

މައިރީންގެ ވާހަކަ އަލްޔާން އަށް ގަބޫލް ކުރަން ދަތިވިއެވެ.އީތަން ގެ މިޒާޖު ކިތަންމެހާ ރަނގަޅަށް ވެސް އަލްޔާން އަށް އިނގެއެވެ.ވިއިރު އޭނަ މިހާ ރީތި އަންހެން ކުއްޖަކު ހޯދީ ކޮންތަނަކުން ކޮންއިރަކުބާއޭ އަލްޔާން ގެ ހިތަށް އެރިއެވެ. އީން ފެނުމުން އޭނާގެ ހިތަށް އެވީ ކިހިނެތްބާއެވެ.އެހާގަދައަށް އޭނާގެ ހިތް ތެޅެން ފެށީ ކިއްވެބާއެވެ.އޭނާޔާ ދިމާލަށް އީން ބަލަން ހުރި ގޮތުން އެހިތުގާ ބުނެދޭން ނޭނގޭފަދަ ރިހުމެއް އުފެދުނީ ކީއްވެބާވައެވެ. “އީން” އަލްޔާން އަށް މަޑުމަޑުން އީން ގެ ނަން ކިޔާލެވުނެވެ.އީން ރޮމުން ނިކުތުމުން އަލްޔާން އަދި އިތުރަށް ހައިރާންވިއެވެ.އޭނާގެ ހިތް ކޮންމެވެސް ވާހަކަ ތަކެއް ބުނެދޭން މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް ސިކުނޑިއާ ހަމައަށް އެ މެސެޖް ނާދެވިގެން އުޅޭ ކަހަލައެވެ. އީން ފެނުމުން ދަންނަ ގޮތެއް އިހްސާސްވިއެވެ.އަދ އަމުދުން އެގޮތަށް ރޮވިފައި ދިޔުމުން ޖަވާބު ހޯދަން ބޭނުންވި އެތަށް ސުވާލެއް އަލްޔާން ގެ ސިކުނޑީގައި އުފެދެން ފެށިއެވެ. އީން މަތީން އަލްޔާން ހަނދާން ނުވުމުން އުފާވެރިކަމުގެ އިހްސާސް މައިރީން ގެ ހިތުގާ ހިނގާލިއެވެ.އީން އަކީ ހަގީގަތުގާ ވެސް އަލްޔާން އަށް އެހާ މުހިއްމު މީހަކު ނޫންކަން ހިތުގެ އަޑީން ގަބޫލް ކުރެވުނީ އަލްޔާން އީން ގެ ނަންވެސް ހަނދާން ނުވީމައެވެ.

ދެވުނު ވަކި ދިމާލެއް ނޭނގި ދުވެފައި ނިކުމެވުނު ބެލްކަނީ އެއްގެ ރެއިލިންގްސް ގައި ހިފަހައްޓައިގެން ހުރެ އީން އަށް ބާރުބާރަށް ރޯން ފެށުނެވެ. “އަހަ..ރެންގެ..ނަން ވެސް ހަނދާނެތް ނެތް..އަލްޔާން އަކަށް އަހަ..ރެން ގެ ނަންވެސް ނޭނގޭ” ތަކުރާރުކޮށް އެހެން ކިޔަމުން ގިސްލަގިސްލާފައި އީން އަށް ރޮވުނެވެ. އީން އަށް ކުރަމުން ދިޔަ އަސަރު ފެނި އީތަން ވެސް ފެންކަޅިވިއެވެ. އަލްޔާން އާ ބައްދަލުކުރުމަށް އެހާ ދުވަހު އިންތިޒާރުކޮށް އެންމެ ފަހުން ބައްދަލުވީ ވަގުތު އެގޮތަށް ވުމުން އީން ގެ ހިތަށް ވާނެ ތަދު އީތަން އަށް އަންދާޒާ ކޮށްލެވުނެވެ.އެ ފްލޯރ ގައި ހުރެ އީން ބާރުބާރަށް ރޮމުން ދިޔުމުން ދެތިން މީހަކު އެތަނަށް އެއްވެ ބަލަން ފެށުމުން އީން ގެ އަތުގާ ހިފާގެން އީތަން ހިނގާގަތީ ސިޑިބަރިއާ ދިމާލަށެވެ. ސްޓެއާރސް ބޭނުން ކުރާ މީހުން މަދުވުމުން އެހިސާބުގާއި މީހަކު ފެންނާކަށް ނެތެވެ. އޭރުވެސް ހުއްޓުމެއް ނެތި ގިސްލަމުން ދިޔަ އީން  މަޑުމަޑުން ތިރިވެ ދެކަކުލުގައި އަތުން ހިފައިގެން ބިންމަތީގައި އިށީނެވެ. ހަގީގަތުގާ ވެސް އީން ގެ ހިތަށް ކުރަމުން ދިޔަ އަސަރު ލަފްޒުތަކަކުން ބަޔާން ވެސް ކޮށްނުދެވޭނެއެވެ.އަލްޔާން ގެ އެ ބީރައްޓެހި ބެލުމުން އީން ގެ ހިތުގާ އިންތިހާދަރަޖައަށް ރިހެމުން ދިޔައެވެ.”ހީ ޑަސަންޓް ރިމެމްބަރ މީ..އައި ލޮސްޓް ހިމް..އައި ލޮސްޓް މައި ލަވް ފޯ އެވާ..ވަޓް އޭމް އައި ގޯނަ ޑޫ..” ގިސްލެވެމުން ދިޔަ ހާލު އަމިއްލަ ނަފްސާ އީން ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނުމުން އީތަން އައިސް އީން ގާތުގާ އިށީނެވެ. “ލުކް..އަހަރެން ބުނީމެއްނު ސްޓްރޯންގް ވާށޭ… އަލްޔާން އީން މަތީން ހަނދާން ވާނެ..އައިމް ޝުއާ ހީ ވިލް..ހަމަ އެކަނި އީން ގެ ހިތްވަރެއް މީގަ ބޭނުމީ..ތިހެން ރޮއެގެން އެއްކަމެއްވެސް ރަނގަޅެއްނުވާނެ..ފައިޓް ފޯ ޔޯ ލަވް..އަލްޔާން ކުރިމަތީ އީން ގިނަ ވަގުތު އުޅުމުން ހަނދާން ވުމުގެ ޗާންސް ބޮޑުކަމަށް ޑޮކްޓަރުވެސް ބުނި..” އީތަން މަސައްކަތް ކުރީ އީން އަށް ހިތްވަރު ދީ ވިސްނަދެވޭތޯއެވެ. އެތަށް އިރެއް ވާންދެން އީތަން އެގޮތަށް އީން އާ ވާހަކަ ދައްކަން ހުއްޓެވެ. އީން ދެކެ އަލްޔާން ލޯބިވާވަރު ކިޔާދީ..އެންމެ ފުރަތަމަ އީން ފެނުނު ދުވަހުއްސުރެ އަލްޔާން ގެ މިޒާޖަށް އައި ބަދަލްތަކުން ފެށިގެން އީން ހާ ހެދި އުޅުނުހާ ގޮތެއް ކިޔާ ހަނދާންކޮށްދިނެވެ.އެހިސާބުން އީން ވެސް ހަމައަކަށް އެޅި ހަގީގަތް ގަބޫލް ކޮށް ހިތްވަރާއެކު އަލްޔާން ގެ ލޯބި ދެވަނަ ފަހަރަށް ހާސިލް ކުރުމަށް ހިތުގާ އަޒުމް ކަނޑައެޅިއެވެ. އެކަހަލަ ދަނޑިވަޅެއްގާ އީތަން ކަހަލަ އެކުވެރިޔެއް ހުރިކަމަށްޓަކާ ހިތާހިތުން ޝުކުރު އަދާކުރެވުނެވެ. އީން އާއި އީތަން ބޭރަށް އައިއިރު އަލްކާ ކަންބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އެމީހުން ފެނުމާއެކު ދުވެފައި އައިސް އީން ކައިރިއަށް ހުއްޓި އަތުގާ ހިފަމުން ވީ ކިހިނެތް ތޯ އަހާލިއެވެ.އީތަން އެވަގުތު ބޮލުގެ އިޝާރާތުން ނާހާށޭ ބުނާ ފަދަ ގޮތަކަށް ދެއަތަކަށް ބޯހޫރާލިއެވެ.އަލްކާ ވެސް އިތުރު އެއްޗެކޭ ނުބުނެ ދިޔައެވެ.އީން މެން ހޮޓެލް ރޫމަށް ލުމަށްފަހު އީތަން އެނބުރި އައިއިރު ރޭގަނޑު 11 ޖަހާ ބޮޑުވަނީއެވެ. އޭރުވެސް އަލްޔާން އޮތީ ހޭލައެވެ.އީތަން ހަމަ ވަނުމާއެކު ތެދުވެ އެނދުގައި އިށީނެވެ.”ކަލޭ މަށަަށް ހާދަ ކަމެއް ސިއްރުކޮށްގެންނޭ އުޅެނީ..ކޮން އިރަކު ކަލޭ އީން އާ ރައްޓެހިވީ..” އީތަން އެއްޗެކޭ ނުބުނެ ގޮސް ސޯފާގައި އިށީނެވެ. “މަ ސިއްރެއް ނުކުރަން..ކަލޭ ހަނދާން ނެތީނު… އީން މަތީން.” އީތަން ޖުމްލައިގެ ފަހު ތަންކޮޅު ބުނެލީ އަލްޔާން އާ ހަތަރު ކަޅިހަމަކުރަމުން ތަންކޮޅެއް މަޑުމަޑުންނެވެ.”ތިބުނީ..އަހަރެން އީން މަތީން ހަނދާން ނުވަނީ ކީއްވެ؟؟ އަހަންނަށް އެއްވެސް އެއްޗެއް ނުވިސްނޭ..ކީއްވެ މައި ބުނީ މިހާރު އެއީ ކަލޭ ގާލްފްރެންޑޭ..ކުރީން ކާކުގެ؟؟ކީއްވެ އީން އަހަރެން ފެނުނީމަ އެހާ އަސަރު ކޮށްގެން ރޮވުނީ” ބޮލުގައި އެއްއަތުން ފިރުމަމުން އަލްޔާން ވާހަކަ ދެއްކިއެވެ.އީތަން އާއެކު ހޭދަވީ ހުރިހާ ދުވަހެއް މަތީން ރަނގަޅަށް ހަނދާން ހުރި އިރުވެސް އީން އާއި އީތަން ގެ ގުޅުމުގެ އެއްވެސް ހަނދާނެއް ނައެވެ.”ދެން އެކަމާ މާ ބޮޑަށް ނުވިސްނަބަލަ..އީން ހީކުރީ ފުރަތަމަ އެކްސިޑެންޓް ވީ މަ ކަމަށް އެހެންވެ ހަމަ ދެކިލަން މިކޮޅަށް އައީ…ދެން ކަލޭ ފެނުނީމަ ދެރަވީކަންނޭގެ..ވަރަށް އިމޯ ވާނެ އޭނަ..ފަހުން ހަނދާން ވެސް ވެދާނެ އެއްކޮށް ރަނގަޅުވީމަ..މައިންޑް އަށް މާ ބޮޑަށް ސްޓްރެސް ކުރާނެ ކަމެއް ނެތް މިވަގުތު. ނިދަންވީނު” އަލްޔާން ހިތްހަމަ އެއް ނުޖެހުނެވެ. އޭނާ ގެ ހިތަށް އީން ފެނުމުން އެކުރި އިހްސާސް އީތަން އަށް ކިޔާދޭން ބޭނުންވިއެވެ. އެހެނަސް އެއީ އީތަން ގެ ލޯބިވެރިޔާ ކަމުގަ ވާނަމަ އެވާހަކަ ބުނުމުން ފަހަރުގާ އީތަން ހިތްހަމަ ނުޖެހިދާނެތީ އެއްޗެކޭ ނުބުނެއެވެ.

**************

އެރޭ އީން އަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. އަލްޔާން ގެ އެކި ހަނދާންތަކުން އެނާގެ ހިތް ރޮއްވަމުން ދިޔައެވެ. އަލްޔާން ގެ ލޯތްބަތް ފެންބޮވައިގެންފާ ހުރި އީން ވިސްނަމުން ދިޔައީ އަލްޔާން ކުރިމަތީގައި އީތަން ބުނިހެން ނޯމަލް ކޮށް އޭނާ ބިހޭވް ކުރާނެ ގޮތަކާ ދޭތެރޭގައެވެ.

އެކްސިޑެންޓްވެ ހޭއެރިފަހުން އާއްމުކޮށްވާ ގޮތަށް މިއަދުވެސް އަލްޔާން އަށް ހޭލެވުނީ ހަމަ އެއްކަލަ ހުވަފެނާ އެކީގައެވެ.ހޭލެވުމުން އެތަށް އިރެއް ވާންދެން އެއީ ކާކުތޯ ވިސްނަން ހުރެވުނެވެ.އެއީ އަންހެންކުއްޖެއްކަން އިނގޭ އިރު އެ އަންހެންކުއަޖާގެ މޫނު ސާފު ނުވަނީ ކީއްވެބާއޭ ހިތަށް އެރިއެވެ.އެ ދުވަހު އަލްޔާން ގެ ފިޒިއޯ ވެސް ފެށުމާއެކު ހެނދުނުގެ ގިނަ ވަގުތު އުޅެން ޖެހުނީ އެތަނުގައެވެ. ހުރިހާ ވަގުތެއްގާވެސް އަލްޔާން ގެ ހިޔާލަށް ފެންނަމުން ދިޔައީ އީން ގެ ރޮވިފާ ހުރި މޫނެވެ. އީތަން ކައިރިން އީން ކޮބައިތޯ އަހަން އަލްޔާން ވަރަށް ބޭނުންވިއެވެ. އެހެނަސް ނުކެރުނީ އީތަން ނުބައި އެއްޗެކޭ ހީކޮށްފާނެތިއެވެ.އޭނާގެ ގާލްފްރެންޑް ފެނުމުން ހިތަށް މިކުރާ އަސަރުން އަލްޔާން ހުރީ ހިސާބަކަށް ހިތްހަމަވެސް ނުޖެހިފައެވެ.

ދެވަނަ ފަހަރަށް އަލްޔާން ކުރިމައްޗަށް ދާން ވުމުން އީން ގެ ހިތްބިރުގަތެވެ. އެހެނަސް އަލްޔާން ބަލި ހާލަތު ރަނގަޅުވެ ހުރިހާ ހަނދާންތަށް އަނބުރާ އައުމަށް ބޭނުންވެފައި ހުރިވަރު ބޮޑުކަމުން ހިތްވަރުކޮށްފައި އީތަން އާއެކު އަލްޔާން އަށް ޒިޔާރަތް ކުރުމަށް ދާން ތައްޔާރުވިއެވެ. އީތަން ގެނައި ހުދުކުލައިގެ ފިނިފެންމާ ބޮކޭހިފާގެން ހުރިއިރު އީން ލައިގެންވެސް ހުރީވެސް އީތަން ގެނައި ހުދުކުލައިގެ ހެދުމެކެވެ.ކޮންމެހެން ވެސް އެހެދުން ލައިގެން މިއަދު އަލްޔާން އަށް ވިޒިޓް ކުރަން ދިޔުމަށް އީތަން އެދުނީ ކީއްވެކަމެއް ސީދާ ނުބުނެއެވެ. އިތުރަށް އޮޅުންފިލުވާކަށް އީން ނުވެސް އުޅެއެވެ.  ހޯލް ތެރެއިންމަޑު ހިނގުމެއްގާ އީތަން ފަހަތުގާ ހުރެގެން ދިޔަނަމަވެސް އީން ގެ ހިތް ހިވަނީ ފުއްމާލާފައި ބޭރަށް ނިކުމެދާނޭހެންނެވެ. އަލްޔާން ގެ ކޮޓަރީގެ ދޮރާ ހަމަވުމާއެކު އީން ލޯމަރާލާފައި ފުންނޭވާއެއް އެތެރެއަށް ލުމަށްފަހު އަނގައިންދޫކޮށްލިއެވެ. އެވަގުތު އީން އަށް ބަލާލަމުން “ރެޑީ” ތޯ އީތަން އަހާލީ އޭނާގެ މަޅުވާލެވިފައިވާ އަތް އީން އާ ދިމާލަށް ދިއްކޮށްލަމުންނެވެ. މާނަވީ ގޮތަކަށް ހިނިތުންވެލަމުން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން އީތަން ގެ އަތުގާ ހިފަމުން އީން އެތެރެއަށް ވަނެވެ.

“ހެލޯ..ކޮބާ ބްރޯ.. ކިހިނެތް މިހާރު؟” އެތެރެއަށް ވަންނަމުން އީތަން ބުނި އެއްޗެއް އެނދުގާ ލެނގިލައިގެން އިށީނދެގެން އިން އަލްޔާން އަށް އަޑުވެސް ނީވުނު ކަހަލައެވެ. ހުއްޓުން އަރާފައި ބަަލަން ހުރެވުނީ އީތަން ގެ އަތުގާ ހިފާގެން ހުރި އީން އާ ދިމާލަށެވެ. އީން ފެނުމާއެކު އަލްޔާން ގެ މެޔަށް ހީވީ މީހަކު ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ހުދުކުލައިގެ އެ ހެދުމުގާ އީން ހުރުމުން އަލްޔާން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އޭނާގެ ހުވަފެނުގާ ފެންނަ އަންހެން ކުއްޖަކީ އީން ބާވައޭ ފުރަތަމަ ފަހަރަށް ހިތަށް އެރިއެވެ. ހުވަފެނުގާ ފެންނަ އެ އަންހެން ކުއްޖާގެ މޫނު ސީދާ ވަކިކުރަން ނޭގުނަސް އަލްޔާން އަށް ޔަގީންވީ އެއްކަމަކީ އީން އާ އެކުއްޖާ އާއި ކޮންމެވެސް ގުޅުމެއް ވާކަމެވެ. އަދި އެއަންހެން ކުއްޖާ އާއި އޭނަޔާވެސް ކޮންމެވެސް ގުޅުމެއް ވާކަމެވެ. ސިކުނޑީގެ ސްކްރީން އިން ފެންނަމުން ދިޔަ އަންހެންކުއްޖާ އާއި އީން އާ ދިމާވެތޯ ކަޅިވެސް ޖަހާނުލާ އަލްޔާން އަށް ބެލެމުން ދިޔައީ އީން ގެ މޫނަށެވެ.”އޭ..މަ ބުނީ އޯކޭހޭ..ކިހިނެތް ވީ..ނޭގުނު ތަ..މީ އީން..އަހަރެންގެ”    “ގާލްފްރެންޑް” އެހުރި ގޮތަށް އީން އާ ދިމާލަށް ބަލަން ހުރެ އަލްޔާން އީތަން ބުނަން އުޅުނު ލަފްޒު ފުރިހަމަކޮށްލަދިނެވެ.އަލްޔާން ކަޅިވެސް ޖަހާނުލާ އެގޮތަށް ބަލަން ހުރުމުން އީން ލަދުގަތެވެ. ހިތަށް އެތަކެއް ވާހަކަ އަރާ ފައިބަމުން ދިޔައެވެ.އަލްޔާން ގެ އެ ލޯބި ބެލުމާ، އެ އޯގާތެރި ފިރުމުންތަކަށް ފެންބޮވާއިގެންފާ  ހުރި އިރުވެސް އީން އަށް މަޖްބޫރުވީ އެހެން މީހަކު އަތުގާ ހިފާގެން ހެވިފާ އަލްޔާން ކުރިމަތީ ހުރުމަށެވެ. މީއީ ލޯބީގެ ކޮންފަދަ ވަރުގަދަ އިމްތިހާނެއްބާއޭ ހިތަށް އެރިއެވެ.ހިތުގައި އުތުރިއަރަމުން ދިޔަ ޖަޒްބާތުތަށް ފޮރުވަން މަސައްކަތް ކުރަމުން އީން ކުރިއަށް ޖެހިލާފައި  ހިފައިގެން ހުރި ބޮކޭ އަލްޔާން އަށް ދިއްކޮށްލަމުން ހިނިތުންވެލިއެވެ.”ތެންކިޔު” އޭ ބުނަމުން އަލްޔާން އޭގައި ހިފިއިރު އީން ގެ އަތުގައި މަޑުތުރުތުރުލުމެއް ހުރިކަން ފާހަގަވިއެވެ. އެހާކައިރިން އެ ސާފު ބިއްލޫރިކޮޅެއް ފަދަ ދޮން މޫނު ފެނުމުން އަލްޔާން ގެ ލޭގެ ހިނގުން އަވަސްވިއެވެ. ނޭވާ އަށް އުނދަގޫވާ ކަހަލަ ގޮތެއް ވުމުން އަވަހަށް ދުރަށް ބަލާލިއެވެ. އެވަގުތު ހެވިފައި ގޮސް ސޯފާގައި އިށީނދެގެން ކަންފަތުގާ ހެޑްސެޓް އަޅުވާގެން އިން އީތަން ފެނި ތުންފަތުގާ ދަތް އަޅާލެވުނެވެ. “ކަލޭގެ އީން ފެނި މަށަށް މިހާ ގޮތްގޮތް ވަނީ ކީއްވެ؟ އެއީ މަގޭ  ކުރީގެ ކްރަޝް އެއްތަ އަނެއްކާ؟ އަޅެފަހެ ކަލެއަށް އެކުއްޖާ ސެޓް ވީ ކިހިނެތް …މަވެސް ހުއްޓާ…ދެން ހަމަ އެއީ ކަލޭ ޖީ އެފް ކަމަށް މަށަށް ހަޖަމު ނުވެގެން މިއުޅެނީ ކީއްވެ” އެހުރިހާ ސުވާލުތަށް އެރީ އަލްޔާން ގެ ހިތަށެވެ.ހާލަތުގެ ގޮތުން ދުލާ ހަމަޔަށް ގެންނަން ނުވެސް  ކެރުނީއެވެ. އީން ވެސް ގޮސް އީތަން ކައިރީ ސޯފާގައި އިށީނެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލާފައި ހީލި ގޮތުން އަލްޔާން ގެ ހިތުގާ ހަސަދައިގެ ހުޅުރޯވީ ވެސް އެނާގެ އަމިއްލަ އިހްތިޔާރަކު ނޫނެވެ. އެމަންޒަރު ބަލަން ހިތަށް އުނދަގޫ ވުމުން އަލްޔާން ދެރަވިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ގެ ލޯބިވެރިޔާއާއީ މެދު ހިތުގާ މިއުފެދުނު އާދަޔާ ހިލާފު ޖަޒުބާތާ މެދު ލަދުވެސް ގަތެވެ. އެއާއެކު އިސްޖަހާލަމުން އަތުގާ ހުރި ހުދުކުލައިގެ ފިނިފެންމާތަކުގެ ފިޔަތަކުގާ މަޑުމަޑުން ފިރުމަން ފެށިއެވެ.

އީތަން އާއި އީން ގެ މޮޅު ޕްލޭން ގެ ދަށުން  އިރުކޮޅަކު ތިބެފައި  އީތަން އަށް ފޯނު ކޯލެއް އައެވެ. އެވަގުތު ” ނައު!!! އޯކޭ އަމް ކަމިން” އޭ ބުނަމުން އީތަން ބޭރަށް ދާން ހިނގާގަތެވެ. ދަމުން އަލްޔާން އާ ދިމާލަށް އެނބުރިލާފައި އާރޖެންޓް ކަމެއް ދިމާވެއްޖެ ކަމަށާ ވަރަށް އަވަހަށް އެބަ އަންނަން ކަމުގާ ބުނެ މަޑުނުކޮށް އަވަހަށް ދިޔައެވެ. އީތަން ދިޔުމުން އީން ބަލާލީ އަލްޔާން ގެ މޫނަށެވެ. ދެމީހުން ގެ ހަތަރު ކަޅި ހަމަވުމުން އެކަކު އަނެކަކަށް ބަލަން ތިބެވުނެވެ. އެދެލޮލުން އެތަށް ވާހަކަ އެއް ބުނެދިންހެން އަލްޔާން އަށް ހީވިއެވެ. އެހެނަސް އިސާހިތަކު ކުރެވުނު ކުށްވެރިކަމުގެ އިހްސާސް އާއެކު އަލްޔާން ކުއްލިއަކަށް އީން އާ އޭނާގެ ނަޒަރު ވަކިކޮށްލިއެވެ. އަލްޔާން ގެ ހަރަކާތުން ހިތަށް އުނދަގޫ ވެ ބުނާނެ އެއްޗެއް ވެސް އީން އަކަށް ނޭގުނެވެ. އިހްތިޔާރުން ބޭރުވެ އަލްޔާން ކުރިމަތީ ކުރަން ނުޖެހޭ ކަމެއް ކުރެވިދާނެތީ ބިރުން  އީން އަވަސް އަވަހަށް ސޯފާގައި ހަމަޖެހިލިއެެވެ. އެވަގުތު ސޯފާމަތީ އޮތް އީތަން ގެ ފޯން ފެނުމުން އެނަގާ އަވަހަށް ހެޑްސެޓް ކަންފަތުގާ އަޅުވާލިއެވެ. ޑައުންލޯޑް ކޮށްފައި ހުރި އެޕް އަކުން ރާއްޖެ އެފް އެމް އަށް ޓިއުންކޮށްފާ ހުރި އިރު އަންނަމުން ދިޔައީ  މަޝްހޫރު ބޮކިފަތި ޝޯއެވެ. އެއީ ކުރީން އިން ވެސް އަޑުއަހާ ޝޯއަކަށް ވާތީ ކުޑަކޮށް ވޮލިއުމް މަތިކުރަމުން ފޯނަށް ބަލަހައްޓައިގެން ހުރީ އަލްޔާން އާ ދިމާލަށް ނުބަލަން ވެެގެންނެވެ.

އީތަން އިރުޝާދު ދީފައި އޮތީ އަލްޔާން އިސްވެ ވާހަކަ ނުދައްކަނީސް އެއްވެސް ވާހަކައެއް ނުދެއްކުމަށް ކަމުން އީން ހުރީ އެއްގޮތަކަށް ވެސް އަލްޔާން އަށް ނުބަލާ ޝޯ އަޑުއަހަމުން ފޯނާ ކުޅެންށެވެ.އެހެނަސް އެހިތް ބާރަށް ތެޅެމުން ދިޔައެވެ.އަލްޔާން ގެ ހަރަކާތަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ.ނުބަލަން ހުއްޓެއް ކަމަކު ސިއްރު ސިއްރުން އަލްޔާން އަށް އެހާވަރުންވެސް އީން އަށް ބެލުނެވެ. ކަންފަތުގާ ހެޑްސެޓް އަޅާގެން ހުރުމުން އީން ކޮންމެވެސް އެއްޗެއް އަޑުއަހަނީކަން އަލްޔާން އަށް އެގުނެވެ. އިރުއިރުކޮޅާ އީން އެހީލާ ހިތްގައިމު ގޮތުން އަލްޔާން ގެ ހިތް ވިރިގެން ދާހެން ހީވެއެވެ. ކުއްލިއަކަށް އައިސް ވަން މައިރީން ފެނުމުން އީން އަށް ބަލަން ގެއްލިފާ ހުރި އަލްޔާން ދިޔައީ ސިއްސައިގެންނެވެ. ” އަލްޔާން އަމް ސޯ ހެޕީ..ދޮންބެެ އެބަ އާދޭ މިކޮޅަށް…ހީ ވޯންޓްސް ޓު ސީ ޔޫ” އުފަލުން ފޮޅިފައި ހުރި މައިރީން ދުވެފައި އައިގޮތަށް އައިސް އަލްޔާން ގައިގައި އޮޅުލާގަންނަމުން ކޮލުގާ ދެތިން ފަަހަރަކު ހެން ބޮސްދިނެވެ.މައިރީން ދުރުކުރުވަންވެސް ނޫޅެ އަލްޔާން އަށް ބެލުނީ އީން އަށެވެ. އީން އިށީނދެގެން ހުރި ސޯފާ ހުރީ އެނދާ ތަންކޮޅެއް ދުރުގާ ދޮރާ ފުރަގަހަށް ވާ ގޮތަށް ކަމުން ފަހަތްބަލާވެސް ނުލާ ވަން މައިރީން އަށް އީން އެތާ ހުރިކަމެއް ނުވެސް އިނގެއެވެ. މައިރިން އަށް ހީކުރެވުނީ އެތާ  ތިބެވުނީ ދެމީހުންނަށް އެކަނި ކަމަށެވެ. އެހެންކަމުން ވިސްނާވެސް ނުލާ މައިރީން ދެން އަމާޒުކުރީ އަލްޔާން ގެ ތުންފަތުގާ ބޮސް ދިނުމަށެވެ. އެމަންޒަރު ފެނުނު އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. ލިބުނު ކުއްލި ޝޮކާއެކު ބޭއިޚްތިޔާރުގާ އީން އަށް ކޮޅަށް ތެދުވުނު އިރު ބޮޑުކޮށްލެވުނު ދެލޮލުން ކަރުނަ ތިކިތަށް ފައިބަންފެށިއެެވެ. ޝަކުވާއިން ފުރިގެން ވީ އެ ނަޒަރު އަލްޔާން ގެ ހިތް ވެސް ކަތިލި ފަދައެވެ. އެހުން ތެރިއެއްގެ ރިކްއެސްޓަކަށް އެވަގުތު ރޭޑިއޯ ޕްރޮގްރާމުން ޖަހާދިން ލަވައަކީ ހަމަ އީން ގެ ހިތުގެ އަޑެވެ. ކުރިމަތީން ފެންނަމުން ދިޔަ މަންޒަރަށް ބަލަން ހުއްޓި ހުރެވުނު އިރު އިވެމުން ދިޔަ ލަވައިގެ ސަބަބުން އީން ގެ އެތެރެހަށީގައި ވަރުގަދަ ތޫފާނެއް އުފެދިފައެވެ.

ކޮންކަހަލަ ލޮޅުމެއްހެ މިއައީ މުޅި ހަޔާތަށް އަދުމަގޭ

ކެތްނުވާފަދަ ޒަލްޒަލާއެއް ހިތުތެރަށް އަތުވެއްޖެޔޭ

ލޯބި ދުށް ހުވަފެންތަކާއެކު..ހިތުގަ ކުރި އުއްމީދުތަށް

ހިނދުކޮޅެއްގެ ތެރެެއިން ފެނަށްވެވި އިންދިރާސް ވެ ހިނގައްޖެޔޭ

ކިހިނެތްހެ ދެން އަހަރެން ހަދާނީ..ދެންކޮން ޖަވާބެއް ކަލާ އަށް މަދޭނީ

ޔާރާ ތެދެއް ބޭވަފާތެރި މަ ނުވަމޭ އެހެނަސް ވަނީ މިއަދު މަޖްބޫރު ވެފައޭ..

އަހަރެންގެ ހިތާމޭ..ފިސްވެ ކުދިކުދި ވެއްޖެޔޭ..

މަންޒަރު މި ލޮލަށް އަދު ދެއްކެވީ ފަހެ ކީއްވެބާ..

މިތުރާގެ ތިހާލު ދެކެން މިހިތަށް ކެތްވާނެހޭ…

މިދެހިތް ގުޅުމަށް ތަގްދީރު ނުރުހެނީ ފަހެ ކީއްވެބާ…

ތިޔަ ލޯބީގާ ވިރެމުން އެބަ ހިތްދެޔޭ..

ކެތްކުރަން ހިތަށް އުނދަގޫވި އެވަގުތު އީން ދުއްވައިގަތީ ބޭރަށް ނިކުތުމަށެވެ. ދިރިއުޅުމުގާ މިހާ ހިތަށް ތަދުވި ވަގުތު ކޮޅަކާ ދުވަހަކުވެސް ދިމާވެފާ ނުވެއެވެ.އީން ގެ އެ ހަރަކާތުން އަލްޔާން ހައިރާންވިއެވެ. ހިތުގާ އުފަންވި އާދަޔާ ހިލާފް ބާރަކުން މައިރީން ދުރަށް ޖައްސަމުން އީން ފަހަތުން ނިކުމެވުނީ ހާސްވެފައިހުރެއެވެ. އަލްޔާން ބޭރަށް ނިކުތް އިރު އީން ދުވެފައި ދަނީ ސިޑިބަރިއާ ދިމާލަށެވެ.”ހޭއި ވެއިޓް..” އަލްޔާން ވެސް އީން ފަހަތުން ހިނގާގަތެވެ. ފަސް އެނބުރިބަލާލި ނަމަވެސް މަޑުނުކޮށް އީން ބާރު ބާރަށް ދިޔައީ އޭނާ ރޮވޭކަން އަލްޔާން އަށް ނުދެއްކުމަށެވެ.އަލްޔާން ވެސް ހިނގުން ބާރުކޮށްލީ އީން ހުއްޓުވާ ވީ ގޮތް އެހުމުގެ ނިޔަތުގައެވެ. އަރާފައި ހުރި ހީލް ގެ ސަބަބުން ކައްސާލައިގެން އީން ވެއްޓެން ދިޔަ މަންޒަރު ފެނުމުން އަލްޔާން އަށް ކުއްލި ސިހުމެއް ލިބި ސިކުނޑި އަށް ބާރުކުރަންފެށިއެވެ.އަބަދުހެން އޭނާ އަށް ފެންނަމުން ދިޔަ ފުސްވެފައިވާ ނުސާފު މަންޒަރު މަޑުމަޑުން ސާފުވެ ކުލަ ޖެހެން ފެށި އިރު އަލްޔާން އަށް ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނެވެ. ހަމަ އެ ސިކުންތު ކޮޅުގާ ކުރިއަށް ފުއްމައިގެން ގޮސް ވެއްޓެން ދިޔަ އީން ގެ އަތުގާ އަލްޔާން އަށް ހިފުނީ ކިރިޔާއެވެ. އީން ގެ އަތުގާ ބީހިލެވުމާއެކު އަލްޔާން ގެ ސިކުނޑީގެ ސްކްރީން އެއްކޮށް ސާފުވިއެވެ. އެކްސިޑެންޓް ވި ދުވަހު އީން ވެއްޓެން ދިޔަ މަންޒަރު ލޯކުރިމަތީން ސިފަވިއެވެ. އެއާއެކު އަލްޔާން ހީވީ އޭނާގެ ގަޔަށް އިތުރު ބާރެއް އައިހެންނެވެ.”އީން!!!!” ބާރުބާރަށް އީން ގެ ނަމުން ގޮވަމުން ހިފާލެވުނު އީން ގެ އަތުގާ ލުއްކެތް ޖަހާ ކުރިއަށް ގެނެސް މެޔާލާ ބޮނޑިކޮށްލަމުން އޭނާގެ ބާރުގަދަ މުލަށްދަނޑި އީން ގެ ހަށިގަނޑުގާ ވަށާލަމުން ބާރުކޮށްލިއެވެ. “އީން..އީން..” ދެލޯމަރާ ބާރުކޮށްގެން ހުރެ ތަކުރާރުކޮށް އީން ގެ ނަމުން އަލްޔާން ގޮވަމުން ދިޔައިރު ފުރަތަމަ ދުވަހުން ފެށިގެން އީން ގެ ހުރިހާ ހަނދާންތަކެއް އާވަމުން ދިޔައެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލަމުން ދެއަތުން އީން ގެ މޫނުގައި ހިފާ އަލްޔާން އީން އާ ހަތަރުކަޅި ހަމަކޮށްލިއެވެ. ވީ ހުރިހާ ކަމެއް ސާފުވުމުން އަލްޔާން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ބުނަން އުޅުނު ވާހަކަތަށް ގިނަކަމުން އަލްޔާން އަށް އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ. ރޮވެމުންދިޔަ އީން ގެ މޫނުގައި ހުރި ކަރުނަތަށް ފޮހެމުން އަވަސް ހަރަކާތްތަކާއެކު އީން ގެ މޫނުގެ އެތަން މިތަނުގާ އަލްޔާން ބޮސްދޭންފެށީ ގިސްލެވޭ ހާލުގައެވެ. “އައިމް ސޮރީ އީން!!!”

***********************************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

އިމްތިޙާން (4ވަނަ ބައި)

Next

އިމްތިޙާން (5ވަނަ ބައި)

Next
November 10, 2018

އިމްތިޙާން (5ވަނަ ބައި)

Previews
November 9, 2018

އިމްތިޙާން (4ވަނަ ބައި)

21 Comments!

  1. neel aa says:
    November 9, 2018 at 9:08 pm

    me 1st..yeyy..v salhi story

  2. Reader says:
    November 9, 2018 at 9:12 pm

    Omg balan indhaa up vee… Me first tha?

    1. Reader says:
      November 9, 2018 at 9:14 pm

      Mifaharu 2nd dho :))… Varah reethi… Anjal you could become a professional writer…. Alhe publish kobba mi story please.

  3. alyaan een says:
    November 9, 2018 at 9:17 pm

    when next?????plsssssssss fast koh up kohlla thi…alheyyy

  4. Nunnu says:
    November 9, 2018 at 9:51 pm

    Oh v reethi. Naseeb e zin gandu nannanees alyan handhan vikan

  5. Kookie says:
    November 9, 2018 at 10:04 pm

    Omg omg? varah reethi mi part vx??????????? avahah next part genesdhyba.. kiyaa hithun nuvx hurey.. kn irakun next part genesdheny.???????????????????❤❤❤

  6. umm says:
    November 9, 2018 at 10:12 pm

    Aaah Finally alyan got his memories back.. dont ruin it again zinn..!

  7. ??? says:
    November 9, 2018 at 11:19 pm

    ☺☺☺varah rythi

  8. Dheravey ehaa lahun up vaathy aa kurukoh up kuraathy ? says:
    November 10, 2018 at 12:33 am

    Rythi
    When next part

  9. zeesh says:
    November 10, 2018 at 1:21 am

    angal haadha molhey. mi story varah salhi. avahah up laadhen edhen.

  10. Mixuhan says:
    November 10, 2018 at 8:19 am

    Alhey haaadha reeiiichey …curiously waiting…alhe avahah upkh dhehchey

  11. Shai says:
    November 10, 2018 at 9:07 am

    Mi story ge enme best thankolhu mee hindi drama thakuga vaahen haasaru dhigu nukuraathy. Ehen story thakuga 15 part nimey iruves ehkamehga ulhen jeheynee

  12. Asra says:
    November 10, 2018 at 10:53 am

    Varah reethi

  13. @ikleel says:
    November 10, 2018 at 5:06 pm

    Story vrh habeys…The best story…Waiting for next

  14. Maria says:
    November 10, 2018 at 8:21 pm

    Plx avas koh next part upload v reethi mi vaahaka dhan in bai kiyaahithun hiyy thelhenee. Mihaaru

  15. Aisha says:
    November 11, 2018 at 10:24 am

    Alhey kehmadhu vejje next part kiyaa hithun. ????

  16. Naa says:
    November 13, 2018 at 11:09 am

    alheyyy…keehvetha ehaa lahun thi upload kurany ..vrh vrh nice…

  17. Badhoo says:
    November 13, 2018 at 4:54 pm

    When next part? Week aku 2 part upload nukurevaynetha?
    Love this story… good job ???

  18. Nunnu says:
    November 14, 2018 at 12:22 am

    Wen next part..

  19. Aisha says:
    November 14, 2018 at 7:57 pm

    Next part kn irakun dear… desperately waiting

  20. zoe says:
    January 1, 2019 at 3:03 am

    Mi vaahaka site ga liyefa hunna hurihaa vaahaka ehga ulhey kommeves ekaku emnesia jeheny keehvetha???
    furathama hiiy eky dhevijje….. mihaaru mivaahaka..
    hehehe…
    Anyway vaahaka vvvv habeys keep it up

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 23←


All Right Reserved!