މަންޒިލް ތިއޭ މި ހިތް އެދޭ (13) ފަހުބައި
” މި ކައިވެންޏަކީ ކުރިންވެސް ކުރުމަށް ހަމަޖައްސާފައިވާ ކައިވެންޏެއް. އެހެންވީމަ ކައިވެނި އަވަސް ކުރުމަކީ މައްސަލަ އެއް ނޫން ކަންނޭގެ” މީރާގެ މަންމަ އާރިފާ ، ނާސިހާ އާއި ދިމާއަށް ބަލާލާފައި ބުންޏެވެ.
” މިއީ އަރީންގެވެސް މުޅި ދިރިއުޅުމާއި ގުޅިފައި ހުރިކަމެއް. އޭރުވެސް މިކަން ނިންމީ އަރީންގެ ހިޔާލެްްއް ނުހޯދާ. އެހެންވީމަ އަލުން ކައިވެނީގެ ވާހަކަތައް ދައްކާއިރު ވެސް އަރީންގެ ހިޔާލެްްއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް” ނާސިހާ ބޭނުންވަނީ ދަރިފުޅުގެ ރުހުމާއި އެކު ކައިވެނި އަވަސް ކުރާށެވެ. ހަަގީގަތުގައި ނާސިހާ ބުނަން ބޭނުންވީވެސް އަރީން މިކައިވެންޏާއި ދޭތެރޭ ރުހޭހެން ހީނުވާ ވާހަކަ ބުނާށެވެ. އެހެންނަމަވެސް ރައްޓެހިންގެ ކުރިމަތީގައި އެމީހުންގެ ދަރިފުޅުގެ ހިތުގައި ޖެހިދާނެތީ ބުނަން ނުކެރުނީއެވެ.
ނާސިހާގެ ނިންމުން އަޑުއިވުމުން މީރާގެ އުއްމީދުގެ އަލިކަން ފަނޑުވެގެން ދިޔަކަހަލައެވެ.
” ހިނގާ ދާން މަންމާ، ” މީރާ ބޭނުންވީ ދާށެވެ. ނަމަވެސް މީރާދާން ކޮޅަށް ތެދުވި ވަގުތު އަބުރައިގަނެގެން ވެއްޓިއްޖެއެވެ. އޭރު އަރީންވެސް ގެއަށް ވަންނަނީއެެވެ. ގޭތެރޭގައި ދެކެވެމުންދިޔައީ ކޮންވާހަކައެއްކަން އަރީނަކަށް ނޭގެއެވެ.
އެންމެންވެސް ތިބީ ވަރަށް ހާސްވެފައެވެ. ވަކިން ހާއްސަކޮށް ނާސިހާ ހުރީ ބިރުގަނެފައެވެ. އޭނާގެ ހިތައް އަރަމުން ދިޔައީ އޭނާގެ ވާހަކަތަކުން މީރާއަށް ވީގޮތެްްއް ކަމަށެވެ. ޔަގީނުންވެސް އެނގޭ ކަމަކީ އެއީ މީރާ ޖައްސާ އެކްޓެއް ނޫންކަމެވެ.
ްެއެންމެން އަވެސްވެގަތީ މީރާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ. އަރީން އެމްބިއުލާންސް ފޮނުވައިދިނުމަށް ހޮސްޕިޓަލަށް ގުޅައިފިއެވެ. ވެއްޓިފައިވާ މީރާ އަތްދަޑިމައްޗަށް ލައިގެން އަރީން ދިޔައީ އެމްބިއުލާންސް އައުމުންނެވެ.
އައިރާ ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކިޖަހާތީއެވެ. ބޭރުގައި ހިގަމުންދާ އެއްވެސްކަމެްްއް އޭނާއަކަށް ނޭގެއެވެ.
” ދަރިފުޅާ އައިރާ” މަންމަގެ އަޑުގައިވާ ހާސްކަން އެގުމުން ކޮންމެވެސް ކަމެްްއް ގޯސްވީއޭ އައިރާގެ ހިތައްއަރަމުންދިޔައެވެ.
އައިރާ އަވަސް އަވަހަށް ދެލޯ ފޮހެލަމުން ދޮރު ހުޅުވާލިއެވެ.
” މަންމަމެން މިދަނީ މީރާ ގޮވައިގެން ހޮސްޕިޓަލަށް” މަންމަ ހުރީ ވަރަށް ހާސްވެފައެވެ. އައިރާ އަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
” މީރާ އަބުރައިގެނެގެން ވެއްޓުނީ” އައިރާގެ މޫނުމަތިން ދޭހަވަމުންދާ ސުވާލުތަކަށް ޖަވާބު ދެމުން މަންމަ ނުކުމެގެން ދިޔައީއެވެ.
މީރާ ގޮވައިގެން އެންމެން ހޮސްޕިޓަލަށް ހިނގައްޖެއެވެ. އައިރާއަށް ދަނޑިވަޅެއް ލިބުނީއެވެ. އެގޭގައި އެެންމެ މިނެޓެއްވެސް މަޑު ކޮށްފިނަމަ އައިރާ ރާވާފައިވާ ގޮތައް އެއްވެސް ކަމެއް ނުވާނެއެވެ. ކޮޓަރިއަށްވަދެ ކަރުދާސް ކޮޅެއް ހޯދާލުމަށް ފަހު ނޯޓު ކޮޅެްްއް ލިޔެލިއެވެ. އެ ކަރުދާސް ކޮޅު ފަތްޖަހާލާފައި ޑްރެސިންޓޭބަލްމަތީ އެހެންމީހުންނަށް ފެންނާނެހެން ބޭއްވުމަށްފަހު މަޑުމަޑުން ގެއިން ނުކުތެވެ.
އޭރު ބޯކުރަމުން ކަޅުކުރަމުން އައި ވިލާގަނޑުގެ ވައިގަދަވާން ފަށައިފިއެވެ. އިރު އިރުކޮޅާ ވިދާލާ ގަދަ ވިދުވަރާއިއެކު އެޖަހާ ބާރު ގުގުރިން ބިރުން ވިރިގެންދާ ވަރުވެއެވެ. މާގިނައިރުތަކެއްނުވެ ވާރޭ ވެހެން ފަށައިފިއެވެ. ތަނެއްދޮރެްއް ވަކިނުވާ ވަރަށެވެ. އައިރާ ހިނގަމުން ދިޔައީ ވަކި މިސްރާބެއްް ނެތިއެވެ.
****
އެންމެން ތިބީ ޑޮކްޓަރު ކޮޓަރިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަރީންވެސް ވީ ޑޮކްޓަރ ކޮޓަރީގައެވެ. ދޮރު ހުޅުވާލައިފިއެވެ. ނުކުތީ އަރީނެވެ. އޭނާ ހުރީ އިސްޖަހައިގެންނެވެ. އެއްވެސް އެއްޗެކޭ ނުބުންޏެވެ. އެންމެންގެ ހާސްކަންވީ އިތުރެވެ. އަރީން ، މަންމައާއި ބައްޕައާ ދިމާއަށް ބަލާލީ ހިގާށޭދާން ބުނާކަހަލަ ގޮތަކެށެވެ. އެމީހުންތިބީ މީރާއަށް ވީ ގޮތެއް ނޭގެނީސް އެތަނުން ނުދާށެވެ.
ބޭރުގައި ތިބި އެންމެން މީރާ ކައިރިޔަށް ވަދެްްއްޖެއެވެ. އަރީން ހުރީ މަންމަމެން ނުކުންނަންދެން ބޭރުގައެވެ.
” އަޅުގަނޑަށް މާފުކުރޭ ” މަންމަ ފެނުމާއެކު މީރާގެ ބަޑި ފަޅައިގެން ހިގައްޖެްއެވެ. ބާރަށް ރޯން ފަށައިފިއެވެ. އެންމެން ތިބީ ވާނުވާއެއް ނޭގިފައެވެ. މީރާ އެވަރަށް އެރޮނީ ކީއްވެބާއެވެ؟
މި ސުވާލުގެ ޖަވާބުދިނީ ޑޮކްޓަރެވެ.
” ޝީ އިޒް ޕްރެގްނެންޓް”
ޑޮކްޓަރު އެބުނި އެއްޗެއް މީރާގެ މަަންމަ އަކަށް ގަބޫލެއް ނުކުރެވުނެވެ. ބިންގަނޑު ފައިދަށުން ކެހިގެން ދިޔަކަހަލައެވެ. ބައްޕައަށްވެސްވީ އެވަރެވެ. ބުނާނެ އެއްޗެއް ނޭގި ހުއްޓުން އެރީއެވެ. މުޅި ދުނިޔެވެސް ހުއްޓުނު ކަހަލައެވެ.
އަރީންގެ މައިންބަފައިންނަށްވެސް ލިބުނީ ޝޮކެކެވެ. އަރީން އަށް ރަގަޅުގޮތާއި ނުބައި ގޮތް އިގޭނެްއެވެ. ގެްްއްލިގެން ނުދާނެވަރަށް އެމީހުން އަރީން ތަރުބިއްޔަތު ކުރިއެވެ. އަރީނަށް ފުރިހަމަ އިތުބާރު އަދިވެސް އެބައޮތެވެ.
” މަންމާ، ބައްޕާ އަޅުގަނޑަށް މާފްކުރޭ، އަޅުގަނޑަށް އެނގޭ ދެރަވާނެވަރު މަންމަމެން” މީރާ ރޮމުން ގިސްލަމުން މާފަށް އެދެމުން ދިޔައެވެ.
މީރާގެ މަންމައާއި ބައްޕަ ތިބީ މީރާ އަށް ފުރަގަސްދީގެންނެވެ. ދަރިފުޅުގެ މޫނަށް ބަލާލަންވެސް ނުކެރިފައެވެ. މިއަދު އެމީހުން ދުނިޔޭގެ ކުރިމަތީގައި ލަދުގަންނަވާލައިފިއެވެ. ދިން ތަރުބިއްޔަތަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ހަދައިފިއެވެ. އަމިއްލަ ދަރިފުޅަށް ވީތީވެ މާފްކުރާނެއެވެ. ދުނިޔެއަށް މީރާ ގިނަވެ ބާކީވިނަމެވެސް އެމީހުން އޯގާތެރިކަމާއިއެކު މީރާ އަށް އަޅަލާނެްއެވެ. ނަމަވެސް އެމީހުންގެ ފަސްބައިގަ އެ ޖެއްސި ލައްގަނޑު މީރާ އަށް ފޮހެލެވިދާނެ ހެްްއްޔެވެ؟
“އަޅުގަނޑަށް މާފް ކުރޭ.. މީ އަރީންގެ ދަރިއެއް ނޫން. ކައިވެނި އަވަސް ކުރަން އުޅުނީ މިކަން ފޮރުވަން ” އަރީންގެ މައިންބަފައިންނަށް ހަގީގަތް ސާފު ކޮށްދިނެވެ.
މީރާގެ މައިންބަފައިން ލަދުން އިސްޖެހީއެވެ. އަގައިން ބަހެއް ބުނަންކެރޭނީވެސް ކިހިނެތްހެއްޔެވެ؟ އަރީންގެ މައިންބަފައިން މީރާއަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ އަމިއްލަ މައިންބަފައިންނަށް ނުކޮށްދެވުނު އެތައްކަމެއް އެމީހުން މީރާއަށް ކޮށްދިނެވެ. ނަމަވެސް މީރާ މިއަދު ދޭން އެއުޅުނީ ކޮންފަދަ ބޮޑު ކެއްސެއް ހެްްއްޔެވެ؟؟
އަރީންގެ މައިންބަފައިން އެތަނުން ނުކުންނަން ހިނގައިގަތެވެ. މީރާ އަށް އެމީހުން މާފު ކުރިނަމަވެސް މީރާއަށްޓަކައި ހިތް ސާފު ނުވާނެކަން ޔަގީނެވެ. މީރާ ކުރި ހަޑިހުތުރު އަމަލު އަޅުވަން އެ މަސައްކަތް ކުރީ އެމީހުންގެ ދަރިފުޅުގެ ބޮލުގައެވެ .
****
ގެއަށް ވަދެވުމާއިއެކު އަރީން ބެލީ އައިރާ ފެނޭތޯއެވެ. މިއޮތް ހުރިހާ ދުވަހު ބަދެވިފައި ހުރި ކަސްތޮޅުން އޭނާ މިއަދު އެހުރީ ސަލާމަތް ވެފައެވެ. އޭނާއާއި އައިރާއާ ދެމެދު އެއްވެސް ހުރަހެއް މިހާރު ނެތެވެ. އަރީން ވިސްނަމުންދިޔައީ ހަމަ މިރޭ މިވަގުތު އޭނާގެ ހިތުގައި ރައްކާކޮށްފައި އޮތް ލޯބި ހާމަކޮށްދޭށެވެ. މޫނުމަތީގައި ހުރި އުފާވެރިކަން ހާސް ކަމަށް ބަދަލުވެގެން ދިޔައީ އައިރާ ކޮޓަރީގަވެސް ނެތީމައެވެ. ގޭގެ ހުރިހާ ތަނެްްއް ބެލިއްޖެްއެވެ. އައިރާގެ ހިލަމެއް ނުވިއެވެ.
އަނެްްއްކާވެސް ވަނީ އައިރާގެ ކޮޓަރިއަށެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ފަތްޖަހާލާފައި އޮތް ކަރުދާސް ކޮޅުގައެވެ. އަރީން އަވަހަށް އެ ކަރުދާަްސް ކޮޅު ހުޅުވާ ބަލާލިއެވެ.
” ލޯބިވާ އަރީންނެވެ. މި ހުރިހާ ދުވަހު އަހަރެންގެ ހިތް އިންތިޒާރު ކުރަމުން ދިޔައީ އަރީނަށެވެ. އަރީންދެކެ އިންތިހާއަށް ލޯބިވެއެވެ. އަރީންގެ ލޯބަތް އެދި މިހިތް އާދޭސް ކުރަމުން ދަނީއެވެ.. ގެބެމުންދާ މީހަކަށް ނޭވާލުން ބޭނުންވާފަދައިންނެވެ. ކަރުހިއްކައިގަނެފައިވާ މީހަކު ފެނަށް ބޭނުންވާ ފަދައިންނެވެ. އަރީންއާ ބައްދަލު ވުމަށް އަބަދުވެސް ދުއާ ކުރަމުންދިޔައީމެވެ. އަހަރެންގެ މަންޒިލާ ހަމައަށް އައުމަށް ތަގުދީރުއެހީވެދިނެވެ. ނަމަވެސް ހުރިހާ ކަމެއް އެގުނު އިރު އަހަރެންނަށް ދެކެވުނީ ކުލަނުވާ ހުވަފެންތަކެއްކަން އެގިއްޖެްއެވެ.. އަހަރެން މިދަނީއެވެ. އަރީންގެ ދިރިއުޅުމާއި ދުރަށެވެ. ނަމަވެސް އަހަރެން އަރީންދެކެވީ ލޯބި މިހިތުގައި އަބަދަށްވެސް ވާނެްއެވެ. އަރީންގެ އާއިލާއިން ދިން ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އަބަދުވެަްސް ހަދާން ކުރާނަމެވެ. އަހަރެންނަށް ހެޔޮދުއާ ކޮޭްށްދޭށެވެ. ހިތްހެޔޮ ކުރާނެކަމަށް ހީކުރަމެވެ….”
އައިރާގެ އަސަރުގަދަ ބަސްތައް ކިޔާ ނިމުނު އިރު އަރީނަށް ހަމަ ރަގަޅަށްވެސް ރޮވިއްޖެއެެވެ. އެންމެ ވަގުތު ކޮޅެްްއްވެސް ނަގާ ނުލާ އަރީން ދިޔައީ އައިރާ ހޯދުމަށެވެ.
އަރީން އަތުން ވެްްއްޓުނު ކަރުދާސްކޮޅު މަންމަމެނަށް ފެނުނީ އަރީން ދިޔަތާ އިރުކޮޅެްްއް ފަހުންނެވެ. މަންމަ ނޯޓު ކޮޅު ކިޔާ ނިމުނު އިރު ހުރީ މޫނުމަތީގައި ކުރިން ހުރި މާޔޫސް ކަން ފިލައި އުފާވެރިކަމަށް ބަދަލުވެފައެވެ. މިހާރު އެ ދެމެފިރިން އެ ތިބީ އައިރާ ގޮވައިގެން އަރީން ގެއަށް އަންނާނެ އިރެްއްގެ އިންތިޒާރުގައެވެ.
ބޯވާރޭގެ ތެރޭގައި އަރީން ސައިކަލު ދުއްވަމުން ދިޔައެވެ. އައިރާ ދާނިވެސް ކޮންތާކަށް ހެްްެއްޔެވެ. އަރީން އަށް ވަރަށް ދުއްވިއްޖެްެއެވެ. ހިގާ ބިގާވެ އުޅޭ އެއްވެސް މީހަކު މަގުމައްޗަކުނެތެވެ. ދަންވަރުގެ ވަގުތު ކަމުން ދުއްވާއެއްޗެއްވެސް ފެންނަނީ ވަރަށް މަދުންނެވެ. ދުއްވަމުން ދިޔަ މަގުގެ މެދަކާ ހިސާބުގައި އަރީން ސައިކަލު ހުއްޓާލީ މަގުގެ ވާތް ފަރާތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ސައިކަލުގެ ލައިޓ އެދިމާއަށް އަޅުވާލުމުން އެއީ އައިރާކަން ޔަގީން ވެއްޖެއެވެ. އެ ހުރި ހިސާބުގައި ސައިކަލު ބަހައްޓާފައި އައިރާއާ ދިމާއަށް ދުއްވައިގަތެވެ. ވިދާލި ވިދުވަރަކާއި އެކު އައިރާއަށް އަރީން ފެނިއްޖެއެވެ. އޭނާ ބާރު ބާރަށް ކުރިޔަށް ހިނގައިގަތެވެ. ނަމަވެސް އަރީން އައިރާގެ އަތުގައި ހިފާ ހުއްޓވައިފިއެވެ. ބޯ ވާރޭގެ ތެރޭގައި ހުރުމުގެ ސަބަބުން އައިރާ ހީގަނެގެން ތުރުތުރު އަޅަނީއެވެ.
“އަހަރެން ދިޔަދީ” އައިރާގެ އަތް އަރީންގެ އަތުން ދަމައިގަންނަން މަސައްކަތްކުރިއެވެ.
” އަހަރެންވެސް މި ހުރިހާ ދުވަހު އިންތިޒާރު ކުރަމުން ދިޔައީ ތިޔަ ލޯތްބަށް. އަހަރެންގެ ހިތް އެދުނު މަންޒިލަކީ ތީ.. އަހަރެން ދޫކޮށްލާފަ ނުދޭ..އައިރާދެކެ އިންތިހާއަށް ލޯބިވޭ.. ” އަރީންގެ ހިތުގައި މިއޮތް ހުރިހާ ދުވަހު ފޮރުވައިގެން ހުރު ޝުއޫރުތައް އައިރާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ. ވެހެމުންދާ ބޯ ވާރޭގެ އަޑުވެސް މިހާރު ހީވަނީ މިޔުޒިކެްްއްގެ އަޑު ހެންނެވެ.
އައިރާ އަށް ހުރެވުނީ ކަޅިޖަހާ ނުލާ އަރީންނާ ދިމާއަށް ބަލަހައްޓައިގެންނެެވެ. ދެ މީހުންގެ ލޮލުގައިވެސް ވަނީ އުފާވެރިކަމުގެ ކަރުނައެވެ.
އަރީން އެއް ކަކޫ ބިންމަތީގައި ޖައްސާފައި އައިރާގެ ގެ ކުރިމަތީ އިށީނެވެ.
” ވިލް ޔޫ މެރީ މީ” އަރީންގެ އަތް އައިރާއަށް ދިއްކޮށްލިއެވެ.
އަރީންގެ އެ އަތުގައި އައިރާ ހިފީ އާއެކޭ ބުނަމުންނެވެ. ދުވަހަކުވެސް ވަކި ނުވުމަށް ހުވާ ކުރަމުންނެވެ..
(ނިމުނީ)
.
17 Comments!
Comments are closed.


Wow reethi. But Maa short heevany gadhakamun ninmaafa hen
V reethi thankolheh dhigukoh manzaruthah bodah sifakoh dhin name mi ah vure reethi vaane adhi….keep it up my dear……???
Woah??vrh vrh reethi mi stry???comment nukuri kamugai viyas Nashy sis stryx kiyan?????kon irakun nxt stry eh fennaany☺☺
thankolhe Rom kon e kudhin marry ves kohlaafa ninmaalabaa pls pls .. 13 ge badhaluga 15 episode hadhaalabaa eyrun varah reethi vaane…
write pls adhi 2 episode hadhaalabaa miee varah gina kiyun theringe ves edhume
Ebunaahen mamma mn inthizaar ga thihba thi nimmrly..
Alhey hama emme curious kohlaafa thi nimmaaly….????nashy plx adhi eh part….mihaaru ves imagine eba kurevey dhemyhun ulheyne goiy…❤❤❤❤haha…mi stry aa dheytherey hama buneveyny v ryhchey…masha allah…???????☺?thankx mihaa rythi stry eh kiyaalan furusathu dhiniima…gud luck…lots of love.❤❤❤❤❤❤❤❤??????
Alhe nashy dear..the stry is hama extra so habeyx ??? i loved it ❤❤❤ vrh reethi that im outta words nashy ge ehn stry eh avas musthagubalehga kiyaalan libeyne kamah ummeedhukuran .???but i also have this request like others ???if you can wedding ge part and maybe kids ge baives laafa mi stry ninmaalaba ???eyrah adhi extra extra habeyx vaane ???????
Lots love nashy dear ur my inspiration ???
?❤❤
Nashy adhi liyeveyney mi story.. plzz adhi dhigukohbala
Mi vahaka ah libunu tharuheebah thiya kiyuntherinah shukuru adhaa kuraane gothehves neynge.. story nimendhen dhevvi hiyvarah v bodah shukuriyyaa.. asluves v lainuganegen ulhey vahtharakah ninmaalevuny.. nashy publish kuran fonuvaafaves hithah eri kiyuntherin mikahala comments thakeh kuraaney. ekamakuves exam vvv kairivefa othyma ninmaalee.. ehenoony v bodu gapeh annaane.. ekamakauves bunalan othy kiyuntherinah v bodu surprise eh eba othey.. inthizaaru kurahchey enge.. ????????❣️
You go dude! Keep it up!!! ❤️♥️
mashaa allah v v reethi ☺??????
alheyh haadha avahakah nimuny..vvvvv reethi.. waiting for the surprise..❤❤❤❤❤❤
Masha Allah vvv reethi story eh mee…… I loved it❣️❤️♥️♥️
Amazing. Varah reethi.Obiness to the max…
Alhey…..
Surprise v ves reeethi vaane kamah hope kurannn?????