ފިހާރައަށްވަދެ ނެޕީ ބޮޑި ގަނެގެން ނިކުމެވެސް ޒާޔާ އެތައް އިރެއް ވާންދެން ފިހާރަ ދޮރު މަތީގައި މަޑުކޮށްލިއެވެ. ކީއްވެ ކަމެއް ޚުދު ޒާޔާ އަކަށްވެސް ނޭނގެއެވެ. ދެލޯ ހޯދަން އެދޭ މީހާ ނުފެނުމުން ޒާޔާ މިސްރާބުޖެހީ ގެޔާއި ދިމާލަށެވެ. “ހާދަ ލަސްވީ.” ރާއިދު ހުރީ ދޮރުމަތީގައި ކޮޅުކޮޅަށް ހިނގާލަ ހިނގާލައެވެ. ޒާޔާ ލަސްވެގެންނެވެ. “ފިހާރަ ތެރޭގައި ތަންކޮޅެއް މީހުން ގިނައީ. ކޮބާ ޒިޔަލް.” ޒާޔާ ނެޕީ ކޮތަޅު ރާއިދުއަށް ދިއްކޮށްލިއެވެ. “މަންމައާއެކު ނިދައިފި. ހިނގާ ރޫމް ތެރެ […]
ކަލޭ މޮޔަވީތަ އަނެއްކާ؟” ފާލިހްގެ ބޮޑުވެފައިވާ ދެލޮލާއި ތަންމިނަށް ހުޅުވިފައިވާ އަނގަ ފެނިފައި އަޔާން ފާލިހްގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. “ނިކަން ބަލާބަލަ އެއޮށް ކަމެއް؟” ފާލިހް އެހެން ބުނުމާއެކު ފަހަތަށް އެނބުރި އަޔާންއަށް ބަލާލެވުނެވެ. އަޔާންގެ ނިއްކުރިއަށް އެރި ރޫތަކާއެކު އަނގަ ހުޅުވައިލެވުނުވެ. އެހަމަ މީތަން ބާއެވެ. ކަޅު އަތްދިގު ގަމީހަކާއި މެރޫން ކުލައިގެ ސްކާޓެއް ލައިގެން ހުރިއިރު މީތަންގެ ލޮލުގައި އޮންނަ ކަޓު އައިނުގަނޑެއްވެސް ނެތެވެ. އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގައި ހުޅިއެއް ޖަހާފައިވާއިރު […]
“ކޮބާ ހުރިހާ ކުދިން ތި ކުދިން ތިބެންވާ ތަނަށް ދާންވީ އިނގޭ. ލީޝާ ހުންނާނީ މިތާ ދުރުގަ ނެރޭޝަން ކިޔައިދޭން. ޝައްމު އިންނާނީ މި އުނދޯލި ހެއްލަން ޕާކްގަ. ޢަލީއާ އަހުމަދާ ސާއިމް ފެށޭއިރު މިތާ ބޭރުން ހިނގާފަ ދާނީ. އިއްޔެގަ ޕްރެކްޓިސް ކުރިގޮތައް. ހުރިހާ ކުދިންނަށް ސާފުވެއްޖެތަ؟” މިރްޒާން އޭނަގެ ކުރިމަތީގައި ތިބި 7 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިން ގާތު ސުވާލު ކުރިއެވެ. އެއާއެކު ސްޓޫޑިއޯގައި ތިބި ހުރިހާ ކުދިން އެކުއެކީގައިހެން ‘ލައްބަ’އޭ […]
އަސުރަށްފަހު ޢަޒީޒް ދިޔައީ ހަވީރުއޮތް ޢީދު ހަރަކާތްތައް ބަލާލުމަށެވެ. ރަށްފުށުގެ މާޙައުލަކީ އޭނާއަށް ވަރަށް ކަމުދާ މާޙައުލެކެވެ. ނަމަވެސް އެތާނގައި އޭނާއަށް މާގިނަ ވަގުތަކު ހުރެވުނު ކަމަކަށް ނުވިއެވެ. އޭނާ މިރަށަށް އައީ ބޭނުމެއްގައެވެ. އެހެންކަމުން ފުރުމުގެ ކުރިޔަށް އެކަންތައް ނިންމުން އޭނާއަށް ވަރަށް މުހިއްމެވެ. ” ޢަޒީޒް… ޢަޒީޒްއާ ބައްދަލުކުރަން މީހަކު އައިސް އެބަހުރި… ދުރުވަންވީނޫންތޯ؟؟…” ގެޔައް ދިޔުމަށް ހިނގައިގަތް ޢަޒީޒް މަޑުޖެހުނީ އޭނާގެ އެކުވެރިއެއްކަމުގައިވާ ޢިސްމާޢީލް ގޮވާލުމުންނެވެ. ” އަހަރެންނާ ބައްދަލުކުރަންށޭ… ކާކުތަ؟؟ އަހަރެން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަންހެނުންގެ ކޮއްކޮ އެކަނި ހުރި ވަޤުތެއްގައި އަހަރެން ކޮށްލި ކުޑަކުޑަ ސަމާސާ ވިހަވާނެކަން އަހަރެންނަށް އެގޭނީ ކިހިނަކުން ހެއްޔެވެ؟އެ ސަމާސާއާއި ކޮއްކޮ ވަރަށް ގަޔާވިއެވެ.އޭގެފަހުން އެފަދަ ސަމާސާތަކަށް އެދެމުންގޮސް ސަމާސާ ބޮޑުވެ އެންމެ ފަހުން ވިހަވީއެވެ. ކަޅިރަވަތޫނު ހުޝިޔާރު އެއަންހެންކުއްޖާއަކީ ކާވެނީގެ ސަބަބުން ކާވެނި ޙަރާމުވާ ކުއްޖެއްކަން އަހަރެން ހިތަކަށްނޭރިއެވެ.ބަދަހި ޢާއިލާ ބައިބައިވެ މައްސަލަތައް އުފެދި ލޯބިލޯބި ކުދިންކޮޅު ބިކަވެ ހިތާމަތަކެއްކުރާނެކަން އެއްގޮތަކަސްވެސް ޚިޔާލަށް ނުގެނެވުނެވެ.ޤަދަރު ގެއްލި ބޮޑު ލައްގަޑެއް ޖެހިގެންދާނެކަމެއް ނުވިސްނުނެވެ.އަހަރެން […]
ސޯފީއާއެކު ސުޕަމާރކެޓަށް ވަދެ ވިޔަފާރިކޮށްލައިގެން ނިކުތް ތޫގާއަށް ސުޕަރމާކެޓަށް ވަންނަން އައި ނަހީކް ފެނުމާއެކު ދިމާކޮށްލަން ބޭނުންވި އެވެ. ނަހީކް ފެނި ސޯފީ ލޮލަށް ގޮތެއް ހަދާލަމުން ތުން ދަމާލި އެވެ. ކިތަންމެ ރުޅިއަޔަސް ނަހީކްގެ ފިރިހެންވަންތަ ސިފަތައް ފާހަގަ ކުރެވި ސޯފީގެ ހިތުގައި ރިއްސާލިއެވެ. އޭނަ ނަހީކް ހާސިލު ކުރަން ނުކުރާކަށް ކަމެއް ނެތެވެ. ހަށިގަނޑުގެ ވަނާތަކާއި ރީތިކަން އިޝްތިހާރުކޮށްގެން ނަހީކް ވާވައްދަން ތިއްތި ދައްކަމުން ދުވެވުނު އަދަދެއް ވެސް ނޭގެއެވެ. އެހެން ފިރިހެނަކު ނަމަ […]
” އެހެންވެއޭ އަހަރެން މިބުނީ އަހަންނަކަށް ނޭންގެޔޭ އުލްވީއަށް ރިހާމް ކަމުދާކަމެއް.. އެނަން ފެނުނީމަ ތިއޮތް ވީވަރެއް ދޯ އެކަމް..” ކިޔާން ބޭނުންވީ އުލްވީއާއި ދިމާކުރާށެވެ. ” އަހަރެން ނުބުނަމެއްނު އަހަންނަށް އޭނަ ކަމުދެޔެކޭ.. އެހާ ދުވަސް ފަހުން ދެން ދަންނަ މީހެއްގެ ނަމެއް އިވުނީމަ ކޮންމެސް އެއްޗެކޭ ހިތަށް އަރާނެއެއްނު..” އުލްވީ ބުނެލިއެވެ. ” ހޫމް ދެން ތިހެން ކިޔާ..” އުލްވީގެ ކެބިންއިން ނިކުންނަމުން ކިޔާން ބުނެލިއެވެ. ކިޔާން ދިޔުމުން އުލްވީވެސް އޭނާގެ މަސައްކަތާއި ވެގެން […]
މާހިލް ކިތަންމެ ނުވިސްނަން އުޅުނު ނަމަވެސް އޭނާގެ ސިކުނޑިން ހިބާގެ ހަނދާންތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ. އޭނާ މީހަކާއި އިނދެ އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ބޭނުންވާ ކަހަލަ އަޚްލާޤް ރަނގަޅު ދީންވެރި ކުއްޖަކާއި ދިމާނުވިއެވެ. އޭނާގެ ބައްޕަ ގާތުގައިވެސް އެއްފަހަރު އެވާހަކަ ދައްކާފައިވަނީ ބައްޕައަށް ކަމުދާ ރަނގަޅު ކުއްޖަކު ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް ބައްޕަވެސް އެކަމާއި އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ހިބާ ޔަކީ ކުރިންވެސް ދީނާއި […]
ކޮޓަރިއަށް ވަން މާއީއަށް އެނދަށް ވެއްޓިގަނެވުނު ހިނދު އޭނައަށް ރޮވިއްޖެ އެވެ. ވޭނީ ގިސްލުންތަކުގެ އަޑު ބޭރުވިޔަ ނުދޭން ބާލީސް ގެނެސް މޫނުގައި ޖައްސާބާރުކޮށްލެވުނެވެ. އެލޮލުން އޮހޮރެމުން އައި އުދާސްތަކާއި ގިސްލުމުގައިވި އަސަރުތަކުން ހިތުގައި އަޅަމުން ދިޔަ ވޭންތައް ބަޔާންކޮށްދެއެވެ. ނަހީކްއާ ދިމާއަށް ބުނެވުނު ބަސްތަކާއި އެލޯބި ބީވެއްޖެ ކަމުގެ ހިތި އިހުސާސްތަކުން މާއީގެ ގިލަންވެރިކަން ފުންވެގެން ދިޔަ އެވެ. ”ދަރިފުޅާ… ފަލަކް އެބަހުރި ދަރިފުޅާ ބައްދަލުކޮށްލަން އައިސް…” މާއީގެ ކޮޓަރީގެ ދޮރުގައި ބަސްމާ ޓަކިދިނީ ދޮރު […]