އަނެއްކާ ވެސް ޒިން ތަކުރާރުކޮށް ރިންގްވަމުން ދިޔަ އޭނާގެ ފޯނަށް ބަލާލިއެވެެ. ރާއްޖެއިން ބޭރު ނަންބަރަކުން ގުޅުމުން އެވާނީ މައިރީން ގެ ކޯލް އަކަށް ކަން ޒިން އަށް އެނގެއެވެ.އެހެނަސް ހުރެވުނު ބައްދަލް ވުމުގެ މުހިއްމު ކަމުން ފޯނަށް ވަކި ސަމާލުކަމެއް ނުދީ ސައިލެއްޓް ކުރުމަށް ފަހު މޭޒުމަތީ ބޭއްވިއެވެ.”އައި ތިންކް ޔޫ ޝުޑް އެޓެންޑް ދި ކޯލް ސާރ” އަނެއްކާވެސް ރިންގްވާން ފެށުމުން ޒިން ވާހަކަ ދައްކަން ހުރި މީހާ ފޯނަށް އިޝާރާތް ކުރަމުން […]
ޝާރިފްއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޒާޔާ ޝާރިފް ދިއްކޮށްލި އަތުގައި ހިފިއެވެ. “އަރާބަލަ ސައިކަލް ފަހަތަށް.” ޝާރިފް ހިނިތުންވެލިއެވެ. “ނުކެރޭނެ. މީހަކަށް ފެނިއްޖެއްޔާ ޔޯ.” މަގުގެ ދެފަރާތަށް ޒާޔާ ނަޒަރު ހިންގާލިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ޝާރިފް ނުބުންޏަސް ޒާޔާ ހުރީ އެސައިކަލްގެ ފަހަތަށް އަރާ ހިތުންނެވެ. ޝާރިފްގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ކޮނޑުމަތީގައި ބޯ އަޅާލާ ހިތުންނެވެ. “އަރާބަލަ ދެން.” ޝާރިފް އަނެއްކާވެސް އެދުނެވެ. ޒާޔާ ބޯޖަހާލަމުން ޝާރިފްގެ ސައިކަލް ފަހަތަށް އެރިއެވެ. ރަށުގެ މަގުތަކުގައި އެއްވެސް އަލިކަމެއްނެތެވެ. […]
ޑޮކްޓަރ. ކިހިނެއްތޯ އަހަރެންގެ ވައިފް.” ޑޮކްޓަރު އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ފާލިހް ވާހަކަ ދައްކަންފެށިއެވެ. އަޔާންވެސް ޑޮކްޓަރާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުރީ ޑޮކްޓަރު ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. “ވައިފް ރަނގަޅު.” ފާލިހްގެ މޫނު މަތި އުޖާލާވެގެންދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއި އުފަލުގައި އޭނާ ޑޮކްޓަރާއި ސާލާމް ކުރަން އަތް ދިއްކޮށްލީ ޝުކުރުއަދާކުރުމުގެ ގޮތުންނެވެ. “ބަޓް.” ފާލިހްގެ އުފާވެރި މޫނު ފެނިފައި ޑޮކްޓަރ ހުރީ ފެންކަޅިވެފައެވެ. ބުނަން އުޅުނު ވާހަކަވެސް ނުބުނެވުނެވެ. ނަމަވެސް އަނެކާ ކިތަންމެ […]
މަސައްކަތުގައި އިނދެވުނު އިރެއްވެސް ނިކަތުއަކަށް ނޭނގުނެވެ. އޭނާ ގަޑީއަށް ބަލާލިއިރު ރޭގަނޑު ހަތެއް ޖަހަނީއެވެ. ނިކަތު ފައިލްތައް ލައްޕާލަމުން ހިގައިގަތީ އޮފީހުން ނިކުންނާށެވެ. އޮފީހުން ނިކުމެގެން ކާރާއި ހަމައަށް ގޮސްފައި ފޯނު ނުލައި އާދެވުނުކަން ހަނދާން ވުމުން ނިކަތު އަނެއްކާ ދިޔައީ ފޯނު ބަލައެވެ. މިފަހަރު އޭނާ ތިރިއަށް އައީ ތަންކޮޅެއް މަޑުންނެވެ. ވަރުބަލު ވެފައި ހުރުމުން ކުރިއަށް ފިޔަވަޅެއް ނޭޅެއެވެ. މަޑުމަޑުން އައިސް އޮފީހުން ނިކުންނަ ދޮރުގައި ނިކަތު ހިފާލިއެވެ. އޭތި ބޭރަކަށް ނުއެއް ހުޅުވުނެވެ. […]
ނާސިރާއި ރަހްމާ އަދި ހުމާވެސް އިނީ ޙައިރާންވެފައެވެ. އެހާ ކުޑަކުޑަކުދިންތަކެއް އެހާ މޮޅައް ކިޔާލަދިނީތީއެވެ. އެކުދިން ކިޔައިދިން ބައެއް ތަކެތި އެމީހުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ހަރުލިއެވެ. ދެން އޮތީ ޝަރަފްވެރި މެހެމާނުގެ އަތުން ކުދިންނަށް އިނާމުތައް ރައްދު ކުރުމެވެ. އެކަން ނިމުމުން ޝަރަފުވެރި މެހެމާނުގެ ކުޑަކުޑަ ވާހަކަ ކޮޅަކަށްފަހު ދެން އިވެންޓްގެ ވަގުތީ މެނޭޖަރު އަދި އިވެންޓްގެ އިސް އޯގަނައިޒަރ ޝުކުރުގެ ބައި ފުރިހަމަކުރުމަށް ސްޓޭޖައް ހާޒިރުވުމަށް ގޮވާލިއެވެ. ހިބާގެ ނަމުން ގޮވާލި ވަގުތު ނާސިރާއި […]
“މުޙްސިން.” ކަރުނައެއް އޭނަގެ ލޮލުން ފައިބައިގެން އައި ވަގުތު ވައި އަޑުން އޭނަގެ އަނގައިން ނިކުތް ނަމަކީ އެއީއެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާން އެ ޓީޝާޓް މެއާއި ލައި ބޮނޑި ކޮށްލުމާއެކު އޭނަގެ ގިސްލުމުގެ އަޑު އެކޮޓަރީގައި ހަރުލިއެވެ. ** ޑިޕާރޗާރގެ ގޮނޑިއެއްގައި ފޯނާއި ކުޅެން އިން މާޝާގެ މޫނުމަތިން އަދިވެސް ފެންނަމުން ދިޔައީ ބަނަކަމެވެ. ދޮންބެ ދެއްކި ވާހަކައިން އަދިވެސް އޭނަގެ މޫޑު ޚަރާބުވެފައިވިއެވެ. އޭގެ ސަބަބުން ފޯނުން އޭނައަށް މެސެޖު […]
މަލަކާ އޮތީ ފާހާނާ ތެރެއަށް ވެއްޓިފައެވެ. މީތަން އަކަށް ބަލާކަށް ނުހުރެވުނެވެ. ފެން އިސްކުރު ބާރު ކޮށްލަމުން ވެއްޓިފައިވާ މަލަކާގެ އަތުގައި ހިފައި ތަޅުވައިގަތެވެ. “މަލަކާ.” މީތަން މަލަކާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. މަލަކާގެ އެސްފިޔަތައް ހަރަކާތްކުރި ތަން ފެނިފައި މީތަން އަނެއްކާވެސް މަލަކާގެ ކޮލުގައި ޖަހާލިއެވެ. “ހިނގާ ތެދުވަން. ކިހިނެއްވީ ވެއްޓުނީ.” މީތަން ވަރަށް އުނދަގުލުން މަލަކާ ނަގާ އޭނަގެ ގައިގައި ލައްކޮށްލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި ބޭއްވިއެވެ. މަލަކާ އޮތީ މުޅިން […]
ނުދަންނަ އެތައް ބައެއްގެ ފްރެންޑް ރިކުއެސްޓް އަންނަ އިރުވެސް ދުވަހަކުވެސް ޒާޔާ އެއިން މީހެއްގެ ޕްރޮފައިލްއަށް ވަދެ ހާވާފައެއް ނުވެއެވެ. އެއްވެސް ޝައުޤުވެރިކަމެއްވެސް ނުހުރެއެވެ. ނަމަވެސް އެނުދަންނަ މީހާގެ ޕްރޮފަައިލް ބަލާލަން ޒާޔާ އެހާ ބޭނުންއެވަނީ ކީއްވެ ކަމެއް ޚުދު ޒާޔާއަކަށްވެސް ނޭނގެއެވެ. ސިކުނޑި ވިސްނައިދެމުން ދިޔައީ އަޅައިނުލުމަށެވެ. ނަމަވެސް ހިތް ސިކުނޑިއާ ޚިލާފެވެ. ޒާޔާ ޕްރޮފައިލް ހުޅުވާލިއެވެ. މީހެއްގެ ފިރިއެކެވެ. ކުޑަކުޑަ ލޯބި އަންހެން ކުއްޖެއްގެ ބައްޕައެކެވެ. ޕްރޮފައިލްގައި ހުރި ފޮޓޯތަކާއި އެއްޗެހި ބަލާލުމަށްފަހު ފޯނު […]
” ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. މިއީ އަހަރެންގެ ރަޢުޔު އެވެ. ހުކުމެއް ނޫނެވެ. އެކި މީހުން ލޯބި މާނަކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނާގޮތުގައި އެއީ ފަސް ހިއްސުގެ މައްޗަށް ގަދަވެގަންނަ ހަވަނަ ހިއްސަކަށް ކިޔާނަމެކެވެ. ނޫނެކެވެ. ތިއީ ކުށް ހީއެކެވެ. ގޯސް ޤަބޫލުކުރުމެކެވެ. ލޯތްބަކީ ހިއްސެއް ނޫނެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވީ ފަސް ހިއްސެވެ. އިތުރު ހިއްސެއްގެ ވާހަކަ ވަޙީކުރައްވާފައި ނެތެވެ. ކޮންމެއަކަސް މި ދައްކަނީ ލޯބީގެ ވާހަކައެވެ. […]