ހިތް ލޯބިން ދެވިއްޖޭ 2
“އަހަ..ސުންހާ ދޯ..އަވަހަށް އާދޭ..” ޔަމާންއަށް ގެއްލިފައި ހުރި ސުންހާ ސިހުނީ ލީޑިން ޓީޗަރުގެ އަޑުންނެވެ. ހިނިތުންވެލަމުން އޭނާ ކުލާސް ތެރެއަށް ވަދެ ބޯޑު ކުރިމަތީގައި ހުއްޓިލިއެވެ. އޭނާއަކީ ކިތަންމެ ހިތްވަރުގަދަ ނުވަތަ ބައެއް މީހުން ކިޔާ އުޅޭ “ކޮންފިޑެންޓް ވުމަން” އެކެވެ. އެެހެންނަމަވެސް ވަށްކަޅިން ޔަމާންއަށް ބަލާލެވޭ ކޮންމެ ފަހަރަކު އެ ހިތްވަރު އެލިގެން ދެއެވެ. ދޮންމޫނަށް ރަތް އަރާ އިސްޖަހާލެވެއެވެ. “އޯ ނިއު ޓީޗާރ ސޯ..” އާލިމް މުޅި ކުލާހަށް އިވޭވަރަށް ހަޅޭއްލަވައިގަންއިރު އޭނާ ބުނަން އުޅުނު ބަސް ފުރިހަމަ ނުވީ ލީޑިން ޓީޗަރު ދިން ރުޅިވެރިކަމުގެ ނަޒަރުގެ ސަބަބުންނެވެ. “ނިއު ޓީޗާރ ސޯ ލަދުގަންނަ ވައްތަރު ހުންނަނީ..” އާލިމްއާއި އެއްބައިވެލަމުން ޔަމާން އެ ޖުމްލަ ނިންމާލިއެވެ. އެއާއެކު އައިކް ޕަކަޕަކަ ތަޅައިގަތެވެ. “ޔޫ އޯލް ނޯ ދޯ ދެން ސެކްސީ ކުދިން ވަރަށް ޝައި ބޭބީ ވާނެ..” ޝިމާޒުވެސް އެމީހުންނާ އެއްބައިވެލިއެވެ. ހޭން ބޭނުންވިޔެއް ކަމަކު ކުލާހުގެ އެހެން ކުދިން ތިބީ ހިނިގަނޑު ހިފާއްޓާލައިގެންނެވެ. “ހަތަރު ކުދިން ހަމަ މިހާރު ކުލާހުން ނިކުމޭ…ގޮސް އެތާ ބޭރު ފާރުަކައިރީ ތިބޭ ތި ޖަހާ ސަކަރާތެއް ޖަހަން” މޭ ފުއްޕާލަމުން ލީޑީން ޓީޗަރު ހަޅޭއްލަވައިގެތެވެ.
ހިނިގަނޑު މަތަ ކުރަމުން ކިޔަމަން ތެރިކަމާއެކު އަލަމް، އައިކް ، ޝިމާޒް އަދި ޔަމާން ކުލާހުން ބޭރަށް ނިކުމެ ފާރު ކައިރި ލައްގަނެލިއެވެ. އޭރުވެސް ހުއްޓުމެއްނެތި އެމީހުން ސަކަރާތް ޖަހަމުން ދިޔައެވެ.
“އެހެންވީމަ މިސް ސުންހާ އިންޓްރޮޑިއުސް ވެލަން ވީނު..” މުޅި ކުލާސް ހިމޭންވުމުން ލީޑިން ޓީޗަރު ބުނެލިއެވެ. “އައްސަލާމު އަލައިކުމް..މިސް އަށް ކިޔަނީ ސުންހާ..ދެން ތިކުދިންނަށް ސުންހާ މިސް އޯ ހަމަ ސުންހާވެސް ކިޔިދާނެ އަސްލު އަޅުގަނޑާ ގާތްގަނޑަކަށް އެއްވަރުގެ ކުދިން ވީމަ ވަރަށް އޮޑް އޭހާ ދުރުގޮތަކަށް ވާހަކަ ދައްކަން..އެހެންމަ ހަމަ ވީ ކެން ބީ ލައިކް ފްރެންޑްސް..” ޔަމާން ލޯ މަތިން ގެއްލުމުން ސުންހާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ކުދިން ކައިރީ ދެއްކުނެވެ. “ދެން އައިމް ގޮއިން ޓު ޓީޗް ޔޫ އެކައުންޓް..” ސުންހާ ހިނިތުންވުމެއް މުޅި ކުލާހަށް ރައްދުކޮށްލިއެވެ. ހުރިހާ ކުދިންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އެ ކުދިންނާ ގުޅޭ ހިތްހެޔޮ ޓީޗަރެއް ލިބުމުންނެވެ. ލީޑިން ޓިޗަރުވެސް ހިނިތުންވެލިއެވެ.
ކުލާހުން ބޭރު ފާރުގައި ޔަމާން ލައްވެލިއެވެ. އޭނާ ތިން އެކުވެރިން ހޭއަރުވާލާފައި ސަކަރާތް ޖަހަމުން ދިޔައިރު ބައެއް ފަހަރު އޭނާވެސް އެކަމުގަ ބައިވެރިވެއެވެ. ނަމަވެސް ކުލާސް ތެރޭގައި ސުންހާ ދައްކަމުން ދިޔަ ވާހަކަތަށް ޔަމާންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. މިއުޒިކީ އެއަޑު އަހަން މުޅި އުމުރު ދުވަސްވެސް އޭނާއަށް ހުސްކުރެވިދާނެއެވެ. ބެލްކަނިން ބޭރުން ފެންނަމުން ދިޔަ ބިޔަ ބޮޑެތި ގަސްތަށް ހެލެމުން ދިޔަ ގޮތުން ބިރުވެރިކަމެއް ހިތަކަށް ނުވަނެވެ. ޔަމާންގެ ހިތަށް ލިބެމުން ދިޔައީ ހަމަޖެހުމެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ސުންޙާގެ ހިޔާލުތަކުން އޭނާއަށް ހުރެވުނު ތަންވެސް ހަނދާނެއް ނުވިއެވެ. އުޑުމަތީގައި ދަތުރުކުރަމުން ދިޔަ ވިލާތަކުންވެސް ޔަމާންއަށް ސިފައީ ސުންހާގެ ސޫރައެވެ. އޭނާއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. މިއީ ކޮންކަހަލަ އިހްސާސެއްހެއްޔެވެ؟ ހިތުގައި ކުޅެވެމުން އެދަނީ ކޮންފަދަ ޖަޒުބާތީ ރާގެއްޔެވެ؟ ފުރަތަމަ ފެނިލި ނަޒަރުން ފެށިގެން އެހިތުން ސުންހާ ސޫރަ ފިލައިގެން ނުދަނީ ކީއްވެހެއްޔެވެ؟ އެދެލޯ ޖެއްސީ ޔަމާންގެ ހިތް ޖެއްސީ ކޮންކަހަލަ ޖާދުލެއްގަ ހެއްޔެވެ؟ ހުސް ޖަވާބު ނޭނގޭ ސުވާލުތަކުގެ ސަބަބުން ޔަމާންގެ ސިކުނޑީގައި ހައިޖާނުގަނޑެއް އުފެދުންނެވެ.
“މި ކުލާހަކީ އަނެއްހެން ވަރަށް ބަސްއަހާ ކުލާހެއް ހުރިހާ ކުދިންވެސް ވަރަށް ކިޔަމަން ތެރިވާނެ ފިލާވަޅު ހަދާނެ..އެކަމު އުޅޭނެ ހަތަރު ފިރިހެން ކުދިންގެ ގުރޫޕެއް އައިކް ޝިމާޒް އާލިމް ދެން ޔަމާން އެމީހުން ވަރަށް ދެން..ޑިސިޕްލިން ދަށް ވާނެ އެކަމު އޭގެތެރެއިންވެސް ޔަމާން ކުޑަކޮށް އޯކޭ ވާނެ..އޭނާ ފިލާވަޅު ހަދާނެ ކިޔަވަންވެސް މޮޅު ވާނެ އެކަމަކުވެސް ޑިސިޕްލިން މައްސަަލަ ވަރަށް ބޮޑު ވާނެ..” ކުލާހުގެ ކުޑަ ޙުލާސާއެއް ލީޑިން ޓީޗަރު ދިނުމުން ސުންހާގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަނެވެ. ޔަމާންއަކީ އޭނާ ހީނުކުރާ ކަހަލަ މީހަކަށް ވުމުންނެވެ. “އެކުދިން ގެނެސްދެއްވާ..އަޅުގަނޑު ބޭނުން މިކުލާސް ހުރިހާ ކުދިންގެ ކުޑަ އިންޓްރޯޑަކްޝަން އެއް” ސުންހާގެ އެދުމުގެ މަތިން ކުލާހުން ބޭރުގައި ތިބި ޔަމާން މެންނަށް ލީޑިން ޓީޗަރު ގޮވިއެވެ. “އޭއި މާޓިނޫ..ކަލޭ އިޝްގުގަ ޖެހުނީ؟؟؟ އަމައްޔާއި..” ކުލާހަށް ވަންނަ ދިޔަ ތިން މީހުންގެ ތެރެއިން ޝިމާޒު ޔަމާންގެ ގޮނޑުގައި ބޮނޑިއެއް އެޅިއެވެ. ހަމަ އެއާއެކު ދެލޯ މަރައިގެން ހުރި ޔަމާން ދިޔައީ ސިއްސައިގެންނެވެ. “އޭ ނޫން ނިދުނީ ކަންނެ..” ވާހަކަ އޮޅުވާލަމުން އައިކް މެންނާއެކު އޭނާވެސް ކުލާހަށް ވަނެވެ.
“މާޓިން މި މީހުން ބުނީ ނިއު ޓީޗާރ ވަރަށް ރަނގަޅޯ..” ޔަމާންއާ ހެދި މޮޔަވެފައި ހުންނަ ޝިޔާ ތުއިވެލަމުން ބުނެލީ ޔަމާން ކުލާސްތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކުގައެވެ. “ރަނގަޅައްޔާ ދެން ރަނގަޅުތާ ނަސީބެއްނު ކުރިން އަހަރުންގެ ކުލާސް ޓީޗަރަށް ހުރި ބަކަރީގެ ކިބައިން ސަލާމަތްވިކަން..” މަޑުމަޑުން ޔަމާން ބުނެލިނަމަވެސް ދޮރުން ނިކުންނަން ދިޔަ ލީޑިން ޓީޗަރަށް އެ އަޑު އިވުނެވެ. ” އޭއި ލީޑިން ޓީޗަރު ބާބޫޖީއަށް އަޑު އިވޭ..” ޔަމާންގެ އަތުގައި ޖަހާލަމުން ޝިމާޒު ދަތްކުނޑިވިކާލިއެވެ. އައިކްއާއި އާލިމް ހިނގައިގަތީ އިށީންނާށެވެ. އަނގަ ހުޅުވާލާފައި ދަތްތަށް ޖައްސާލަމުން ލީިޑިން ޓިޗަރަށް ޔަމާން ބަލާލިއެވެ. އެއާއެކު އޭނާ ކުލާހުން ނިކުތެވެ. ފުންނޭވާއެއް ލަމުން ޔަމާން ގޮސް އޭނާއަށް ހަމަޖެހިފައިވާ ސީޓުގައި އިށީނދެލިއެވެ. އޭނާއަށް ފުރަތަމަވެސް ބަލާލެވުނީ ބޯޑު ކުރިމަތީ ގޮނޑި އެއް ހިފައިގެން ގޮސް އިށީނދެލި ސުންހާއަށެވެ. އެހެން ކުދިންނަށް ބަލާލަމުން އޭނާ ހިނިތުންވެލި ނަމަވެސް ޔަމާންއަށް ނަޒަރެއް ދިނީ ހިނިތުންވުމަކާ ނުލައެވެ. އެ ޢަމަލުގެ ސަބަބުން ޔަމާންގެ ހިތުގައި ރިއްސާލީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ.
“އެހެންވީމަ..މިސް ބޭނުމީ ހުރިހާ ކުދިންގެ ކުޑަ އިންޓްރޯޑަކްޝަންއެއް..” ސުންހާ އޭނާގެ އަމިއްލަ ނަފްސާ “މިސް” އޭ ކިޔާފައި މުޙާތަބުކުރުމުން ޔަމާންއަށް ހެވުނެވެ. އޭނާޔާ ސުންހާޔާ ދެމެދުގައިވާ އުމުރުގެ ފަރަގާމެދު ވިސްނާލެވުނީ ދެނެވެ. “ދެ އަހަރުގެ ތަފާތު ވީމަ ގޯހެއް ވާ ނޫން..” ހުނުން ނޫންކަމެއް ޔަމާންއަކަށް ނުކުރެވުނެވެ. “ކަލޭ މޮޔަވަނީތަ..ކޮން ބައްޔެއް ޖެހިގެން ތިއުޅެނީ” އެހެން ކުދިންގެ އިންޓްރޯޑަކްޝަން ކުރިއަށް ދިޔުމުގެ ސަބަބުން އާލިމް ޔަމާންގެ ކަންފަތްބުޑުގައި ސިއްރުން ބުނެލިއެވެ. ދެކޮނޑި އަރުވާލުން ފިޔަވާ އިތުރު ހަރަކާތެއް ޔަމާން ކޮށް ނުލުމުން އާލިމްގެ ހިތުގައި ޝައްކު އުފެދުނެވެ. އެހެންނަމަވެސް އޭނާއެކަން ހިތުތެރޭގައި ވަންހަނާ ކޮށްލީއެވެ.
ޔާމާންމެން ހަތަރު ފިރިހެނުން ފިޔަވާ އެހެން ހުރިހާ ކުދިން ނިމުނެނެވެ. ޝިމާޒާ ޖެހުމުން އޭނާ އިށީނދެގެން އިން ގޮނޑި ފަހަތަށް ޖައްސާލާފައި ކޮޅަށް ތެދުވިއެވެ. “އޭ ސުންހާ މިސް..އޯކޭ ދޯ ޑޭޓިން ހިސްޓޮރީ ކިޔާދިނަސް..” ޖެއްސުމެއް ކޮށްލުމުގެ ނިޔަތުަގައި ޝިމާޒރު ބުނެލީ ސުންހާ ލަދުގަންނާނެކަމަށެވެ. “އެންމެ ރަނގަޅު..” ސުންހާގެ ޖަވާބު އައީ ޝިމާޒު ހީނުކުރާ ފަދަ ގޮތަކަށެވެ. “އައްސަލާމް އަލައިކުމް..އަޅުގަނޑަކީ މަސްވެރި މުހައްމަދުގެ ދަރި ޝިމާޒު މުހައްމަދު،…އުމުރުން ސޯޅަ އަހަރު..އަޅުގަނޑުގެ ހުންނަނީ ކޮއްކޮއެއް އައިމް ނޮޓް ސިންގަލް އެންޑް މައި ބިޓު އިޒް މައިން..” ޝިމާޒު ބުނެލިއެވެ. އެއާއެކު މުޅި ކުލާސް ހޭން ފެށިއެވެ. ސުންހާ ބޯ ޖަހާލުމާއެކު ދެން ތެދުވީ އާލިމްއެވެ. “އައްސަލާމް އަލައިކުމް..އަޅުގަނޑަކީ ޢާއިޝަތުގެ ދަރި ޢާއިޝަތު އާލިމް..އެހެމް.ސޮރީ އަޅުގަނޑަކަށް ނޭނގޭ ބައްޕަ ވީ ތަނެއް ބައްޕަޔަށް ކިޔާ ނަމެއްވެސް ނޭނގޭ..ދެން މަންމަ ބުނީ އަޅުގަނޑުގެ ފުރިހަމަ ނަމަކީ އަހުމަދު އާލިމޯ..ސޯޅަ އަހަރު ދެން މީ ވަންއެން އޮންލީ ދަަރިފުޅު އައިމް ނޮޓް ސިންގަލް..އެންޑް އައިވިލް މެރީ މައި ބިޓު..” އާލިމްގެ އިންޓްރޯވެސް ނިމިގެން ދިޔައީ އެންމެންގެ ތުންފަތް މައްޗަށް ފަތަހައިގެ ހިނިތުންވުމެއް ގެންނަމުންނެވެ.
އާލިމްއާއި ޖެހިގެން އިން އައިކްގެ ގޮނޑި ހުރީ ހުސްކޮށެވެ. “ކޮބާ އެކުއްޖާ..” ސުންހާ އެއްސެވެ. “އޭނަ ވަރަށް ކުއްލި ގޮތަކަށް ފާހާނާއަށް ދިޔައީ..ހަމަ ގަސްތުގަ އިންޓްރޯ ނުދޭންށޯ” އާލިމް ބުނެލިއެވެ. “ނުވެސް ބުނެ..ދެން ހޭވޭ އޭނަ އަޔަސް އިންޓްރޯ އެއް ނުނަގާނަން” ސުންހާ ހިތްހަމައެއް ނުޖެހުނެވެ. އެހެންނަމަވެސް އެކަން ހިތުގައި ނުބާއްވަމުން ޔަމާންއަށް އިޝާރާތް ކޮށްލީ ތެޅިތެޅި އޮތް ހިތަކާއެކީގައެވެ. “ސެލިއުޓް މޭމް..އައްސަލާމް އަލައިކުމް..” ސުންހާ ލަދުގަންނެވުމަށްޓަކައި އަރާހުރި ޔަމާން އެންމެ ފުރަތަމަވެސް އޭނާއަށް ކޮށްލީ ސެލިއުޓެކެވެ. ކުލާސް ހުރިހާ އަންހެން ކުދިންތަކުގެ ހިތުގައި ހަސަދައިގެ އަލިފާން ރޯކުރަމުންނެވެ. އަދި ފިރިހެން ކުދިން ހެއްވާލަމުންނެވެ.
“އަޅުގަނޑަކީ ޔަމާން..ތަންކޮޅެއް ކުރިންވެސް މިއަދު ބުނެވުުނު ކަންނެ ..ދެން ފުރިހަމަ ނަމަކީ އަހުމަދް ޔަމާން ޒިވާން..ބައްޕަ އަކީ ވިޔަފާރިވެރިޔާ ޒިވާން ދެން މަންމަ ވަރަށް ކުޑައިރު މަރުވީ..ސޯ ދޮންތަޔާ ދޮންބެޔާ އެއްކޮށް އުޅެނީ..ސޯޅަ އަހަރު ސިންގަލް ވަަރަށް ބޮޑަށް..ދުވަހަކުވެސް ކުއްޖަކާ ރައްޓިހި ނުވަން ކަމުދާ ކުއްޖެއް ނުފެންނާތީ..އެކަމު މިހާރު ފެނިއްޖެހެންވެސް ހީވޭ..އައިޑިއަލް ޓައިޕަކީ ޝައި ވައްތަރު ތިއްތި ކުދިން..” ލާނެއް ގޮަތަކަށް ސުންހާޔަށް ބަލަހައްޓައިގެން ހުރެ ޔަމާން ބުނެލިއެވެ. “މިސްޓާރ ޔަމާން ޓެލް އަސް..ތީ ވާރޖިން އެއްތަ..” މައިކްއެއް ފަދައިން ފަންސޫރު ހަދައިގެން އައިސް ޝިމާޒު ޔަމާން ކުރިމަތީގައި ހުއްޓިލިއެވެ. “މަށަށް ހިވަނީ ވާރޖިން އެއްހެން..އެކަމު މިއަދު ކިރިޔާ ހަަމަ ނުގެއްލުނީ.” ސުންހާ ދިޔައީ ލަދުން މަރުވަމުންނެވެ. ޔަމާން އިތުރަށް އޭނާ ފަޝީހަތް ކޮށްފާނެ ކަމަށްޓަކައި އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާގެ އަނގައި ބަސްހުސްވެފައި ވާ ކަހަލައެވެ. އިންސާނެއްގެ އަސްލު ސިފަ މިއިނގެނީ ގިނަ ވަގުތު އެމީހަކާއެކީ ހޭދަވާވަރަކަށޭ ބުނާ ބަހުގެ މާނަ ސުންހާއަށް ދެނެގަނެވެމުން ވަމުން ދިޔައެވެ.
“އޭ ކިހިނެތްތަ އެ ވަނީ އަހަރުމެން ވާހަކަ ދައްކާފަ ލަދުގެންނެވިޔަސް މިސް ރަތެއް ނުވޭ އެކަމު މާޓިން އެއްޗެކޭ ބުނާއިރަށް ސުންހާ މިސް ހީވާނީ ޓޮމާރޓޯ ގަނޑެއްހެން..” ކުއްލިއަކަށް ކުލާހަށް އައިސް ވަތް އައިކް ދިމާކޮށްލިއެވެ. “އޯ….” މުޅި ކުލާސް އެއްއަޑަކުން އަޅުވާކިންފެށިއެވެ. “އޯކޭ..އޯކޭ ނޯ ނޮން ސަންސްްް އަސްލު މިރޭ ތިކުދިން އައީ އެކަންޓު އެކްސްޓްރާ އަށް ދޯ..އެކަމު މިއީ ފުރަތަމަ ދުވަސް ވީމަ ހުރިހާ ކުދިންނަށް ފްރީ ވަގުތެއް އިނގޭ..މާދަމާއިން ފެށިގެން ކިޔަވާނީ..ޓެންގަ ގެޔަށް ދާން ވަންދެއް އަވަހަށް މަޖާ ކޮށްލާ” ސުންހާގެ ވާހަކަ ނުނިމެނީސް މީހުންތަށް ތެދުވެ ކުލާސް ތެރެ ހަަލަބޮލިވެލިއެވެ. ކުލާހުގެ އެކި ހިސާބުތަކުގައި ގުރޫޕް ހެދިގެން ދިޔައެވެ. އެހެންނަމަވެސް އިށީނދެގެން އިނީ ސުންހާޔާ ޔަމާން އެކަންޏެވެ. އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެން ތިބިއިރު ގުޅީލާމެހިފައިވާ ހަތަރު ކަޅީގެ ނަޒަރު ތަފާތު ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ޔަމާންގެ ތުންފަތް މަތީގައި ލާނެއް ހިނިތުންވުމެއް ވާއިރު ސުންހާގެ މޫނުން ފެންނަނީ ރުޅިވެރިކަމެވެ. އޭނާގެ ދެލޯ ވަނީ ކުޑަވެފައެވެ. ލަދުގެ މައްޗަށް އޭނާ އިސްކުރީ ރުޅިވެރިކަން ކަމަށް ވާތީއެވެ. ހަރަކާތެއް ނުކޮށް އިން ޔަމާން ފަސް އެނބުރި ކުލާސް ތެރެއަށް ބަލާލިއެވެ. ހުރިހާ އެންމެން އެމީހެއްގެ މަސަތްކަތްތަކައިގެން މަސްއޫލުވެފައިވާތަން ފެނުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދަނޑިވަޅު ބަލާ ހުޝިޔާރުކަމާއެކު ސުންހާޔާ ދިމާލަށް ހިނގައިގަތެވެ.
ޔަމާން އަންނަތަން ފެނުމުން ސުންހާގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ފަހަތަށް ޖެހެވެން ފެށިއެވެ. މިސްރާބު ބަދަލުކޮށްލަމުން ކުލާހުން ބޭރަށް ނިކުތީވެސް ފަހަތަށް ފިޔަަވަޅު އަޅަމުންނެވެ. ޔަމާން އޭނާގެ ފިޔަވަޅުތަށް ކުރިއަށް އަޅަމުން ގެންދިޔައީ ސުންހާޔާ ދިމާލަށެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ. ސުންހާގެ ފިޔަވަޅުތަށް ހުއްޓުނީ ބެލްކަނީގައި ބުރަކަށި ޖެހުމުންނެވެ. ފިނިފިނި ރޯޅިތަށް އޭނާގެ އިސްތަށިގަނޑު ވަޔާ ގެންދަން އުޅޭ ފަދައެވެ، މަޑު ހިނިގުމެއްގައި ޔަމާން ހުއްޓިލީ ސުންހާގެ ކުރިމަތީގައެވެ. ޔަމާންގެ ލޮލުގެ ތެރެއިށް ސުންހާ ގެނބިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެ ޒުވާނުންގެ ނޭވާވެސް އަވަސް ވަމުން ދިޔައެވެ. ޖެހިލާ ރޯޅިތަކުން ގައިން ހީބިހި ނަގައިގެން ދިޔަ ނަމަވެސް ޔަމާންގެ ހޫނު ނޭވާ ވެގެން ދިޔައީ ސުންހާގެ ހިތަށް ލިބުނު ފަރުވާއަަކަށެވެ. “އެހެން ކުދިން ސުންހާ މިސް ކިޔަސް..ތީ ފޯރއެވާރ މަގޭ ތިއްތި މިސް..އެކަން ހަނދާން ކުރައްޗޭ..” ސުންހާގެ ކަންފަތާ ތުންފަތް ކައިރިކޮށްލަމުން ޔަމާން ބުނެލިއެވެ. އެ ފިރިހެންވަންތަ ހިތްގައިމު އަޑު އިވުމުން ސުންހާގެ ހަށިގަނޑު ހީބިހި ނަގައިގެން ދިޔައެވެ. އޭނާއަށް ނޭވާ ހިފާއްޓާލެވުނެވެ. ނަމަވެސް ނޭވާ ލާން މަޖްބޫރުވީ އެ ފިރިހެން ވަންތަ ސެންޓުގެ ވަސް ބަލާލަން ހިތް ގޮވަން ފެށުމުންނެވެ.
ސުންހާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލަމުން ޔަމާން އޭނާގެ މޫނާ ސުންހާގެ މޫނު ކައިރިކޮށްލިއެވެ. އެއް ލޯ މަރާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ސުންހާގެ ކޮލަށް ރަތް ކުލަ އަރައިގެން ދިޔުމުން ޔަމާން އާޝޯޙްވިއެވެ. “ހަމަ އެހާ ލަދުގަނޭތަ..މިއަދި ކުޑަ ވަރެއްނު..މިރޭ ތަންކޮޅެއް ކުރީގަ ވީ ކިހިނެތްތަ..” ޔަމާން ބުނެލި އެތިން ސުންހާގެ ނޭވާ ހުއްޓުނު ފަދައެވެ. ޔަމާންވެސް ދެން އެފަދަ ސަމާސާ ކުރަން ހެޔޮނުވާނެ ނޫންހެޔެވެ؟ ފިރިހެންވަންތަ ހިނިގަނޑެއް ޖަހާލަމުން ޔަމާން ކުލާސްތެރެއަށް ހިނގައިގަތީ ޝިމާޒު ގޮވާލުމުންނެވެ. ގަނޑުވެފައި ސުންހާއަށް ހުރެވުނީއެވެ. އޭނާގެ ނޭވާތަށް ކުރުވެފައި އަވަސްވާހެން ހީވެއެވެ. އޭނާ ހަމަޖެހެން ދެތިން މިނެޓު ނެގިއެވެ
** *** ** *** ** ***
މޭޒުމަތީގައި ބަހައްޓާފައި ހުރި ކޮފީތަށިން އާވިއަރަމުން ދިޔައެވެ. މުޅި މާހައުލުގައި ހިފާފައިވަނީ ކޮފީގެ މީރުވަހެވެ. ފިނިފިނި ވައިރޯޅިތަކުގެ ތެރެއަށް ކޮފީވަސްގަނޑު އަރައިގެން ދާތީކަމަށްވެސް ވޭދާނެއެވެ. ޓެރަހުގައި ލެޕްޓޮޕާ ކުޅެން އިން ޝަރީފް އޭނާގެ ލެޕްޓޮޕް ލައްޕާލީ އޭނާ އިށީނދެގެން އިން މޭޒުގެ ކުރިމަތީގައި އަންހެނުން އަޝްފާ އިށީނުމުންނެވެ “ކޮބާތަ ސުންހާ..” އެ ދެމަފިރިންގެ ހަމައެކަނި ދަރިފުޅުގެ ވާހަކަ ޝަރީފު އެއްސެވެ. “އެ މަންޖެ އުޅެނީ ޕާރޓް ޓައިމްކޮށް ސްކޫލަކަށް ދާން ފަށައިގެން..ބުނި ދިހައެއް ޖަހާއިރު އަންނާނަމޭ..” އަޝްފާ ބުނެލިއެވެ. “އެހެންތަ..މަ އެބައޮތް އަޝްފާޔާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެފަ..” ތެޅި ތެޅި އޮތް ހިތަކާއެކު ޝަރީފު ބުނެލީ އަޝްފާއަށް އަވަސް ނަޒަރެއް ދެމުންނެވެ.
“އަވަހަށް ބުނޭ..މަ މީނީ އަޑުއަހަން..” އަޝްފާގެ އަޑުގައި ކުޑަ ނުތަނަވަސްކަމެއް ވީ ޝަރީފުގެ މޫނުމަތީ ކުލަވަރުގެ ސަބަބުންނެވެ. ” އަޝްފާއާ އިން ފަހުން މަށަށް އެހެން އަންހެނަކާއެކީ ގުޅުމެއް ހިނގުނު..” ޝަރީފު ބުނެލި އެތިން އަޝްފާގެ ދެލޯ ބޮޑުވިއެވެ. “އޭނނ..ކޮންއިރަކު ކާކާއެކީ..ކީއްވެ..” އޭނާ އަމުނާލީ ސުވާލު ފައްޗެކެވެ. “އެއީ މީގެ ސަތާރަ އަހަރު ކުރިން ސުންހާޔަށް އެއްއަހަރުގަ..މަ އޮފީސް ދަތުރެއްގަ ރަށަކަށް ގޮއްސަ މަޑުކުރި ގޭގަ އުޅުނު އައިޝާ ކިޔާ އަންހެނަކާ އެކީ..އެކަމު މިހާރު އޭނަޔާ ގުޅުމެއް ނޯވޭ..” ޝަރީފް އެއްނޭވާއިން ކިޔައިދިނެވެ. “ގުޅުމެއް ނޯއްނަންޏާ ދެން..އެއީ ނުވާކަމެކޯ..” އަޝްފާ ހަމަޖެހިލިއެވެ. “އެކަމަކު އަހަރުމެން ދެމީހުންގެ ދަރިއެއް ހުރޭ ސޯޅަ އަހަރުގެ..” ޝަރީފް ބުނެލި އެތިން އަޝްފާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.

me first vrh reethi ingey
Oh u dho first comment up villeh lasveema I thought bulletproof gurl kamah ??? thanks anyways dear❤❤❤????
yeyy! me first
anyway mi story hama habbu.
AND COVER VVVVV REETHI;
i agree cover varah reethi
Awwwwwn so sweet of you both..??❤❤ Thank you so much bulletproof girl and hassan bajiyaa ??? BTW ur usernames are cool ??
Ooh I forgot..congratulations gurl ??? dhenfaharakun first hoadhachey ❤❤❤
Assalam alaikum all readers ❤❤❤first of all ???mi part lasvikamahttaka hurihaa kiyuntheringe kibain maafah edhen ??? vrh urgent koh project akaa haavluvaan jehuneema aslu hope ya’ll will forgive me ??????❤????so what do you think is gonna happen next? Shareef ge dhariyakee kobai baa? ??feel free comment down ur opinion bout the stry ???? next part ISA Saturday ga up vandhen I’ll be replying to all comments ????
omg, the cover is so nice. i love it
mi chapter varah salhi !!!!!!!!!!!!!!!!!
Alheyy thank you so much ❤❤❤❤oh A.R.M.Y eh dho same here dear ????? alhe why does everyone say conver pic reecheyy????
maa bodah english aa dhivehi mix nukuraa nama mii thi hama perfect!
K I’ll try English words madhukohleveythoa ???assu zamaanee kohlanvegn there might be some eng ??? and thanks alot dear ❤❤❤???
sunha and yamaan dhohtho ei ehbbafaa ehn veema
Maybe ??
sunha and yamaan dhotho ehn veema ehbbafaa???
Hingaa balamaaa ?
That means sunhaa and yaman are eh bappa ekey?
I think so…..?
Yamaan vedhaanebaa shareef ge dhariakah…let’s see dho…
Yaa maybe who knows? ?? let’s see yamaan thoa? ???
Woah??I’m outta of words???Shareef dhariyakah yamaan vejjiyya??????whn nxt ???????so curious ???
Awwwwn so sweet of you ?❤????I’m so happy ❤❤❤❤ oh no eyrah vrh sakaraaathehnu ??but let’s hope for the best dear ???????thank you so much for the support ???
Sunha aki aalim ge sister dho? Because aalim ge bappaeh nuhurey dhen mamma aki aisha….. By the way nice story ?
I think you’re the only one who rlly concentrated ?? and thank you so much Thu dear ???❤❤??