ރެއިން ޝަވަރ ދަށުގައި އޮހެމުން ދިޔަ ފެންތަކުތެރޭ ކައިލް ހުރިއިރު ފާރުގައި އެއް އަތް ވިއްދާލައިގެން އިސްޖަހާލެވިފައިވެއެވެ. ބައްޕަ ދެއްކި ވާހަކަތަކާ މެދު ފިކުރުކުރެވެމުން ދިޔައިރު އަނެއްކޮޅުން ލިއާއާއި މެދުވެސް ވިސްނެމުންދިޔައެވެ. ބޮލަށް އޮހެމުން ދިޔަ ފެންތަށް ކައިލްގެ ފިރިހެންވަންތަ ހަށިގަނޑުގައި ބީހިލާފައި ފިރުކެމުން ތިރިއަށް ފައިބެގެން އެ ފައިތިލަދަށުގައި ކޯރު ހައްދަމުންދިޔައީ އެ ހަށިގަނޑުގައި ބީހިލެވުމުގެ ފަހުރާއެކުއެވެ. ކައިލްއަށް ތެމިފައިވާ އިސްތަށިގަނޑުގައި ފަހަތަށް ވާ ގޮތަށް އަތުން ފުނާ އަޅާލެވުނެވެ. ފާހަނައިގެ ދޮރުގައި އާލިކް ޓަކީ […]
ސޯފާގައި އިސްޖެހިފައި ކައިލް އިންއިރު ދެ ކަކުލުގައި އުޅަނބޮށި ވިއްދާލައިގެން ދެއަތުން ބޮލުގައި ހިފާއްޓާލާފައި ވެއެވެ. އަދިވެސް ޔުނީފޯމްގައި އިންއިރު އޭގައި ލިއާގެ ބޮލުން ފޭބި ލޭތައް ހިކިފައިވެއެވެ. އެ ޔުނީފޯމް ބަދަލުކުރާކަށް ކައިލް ނޫޅެއެވެ. އޭނާގެ ހިތާއި ސިކުނޑީގައިވަނީ އަދިވެސް ލިއާއެވެ. އޭނާއަށް ލިއާ އުމުރަށް ގެއްލުނީއޭ ހިތާ އެވަގުތު އެ ކުރެވުނު އިހުސާސްގެ އަސަރު އަދިވެސް ހިތުން ނުފިލައެވެ. ހޮސްޕިޓަލަށް ދިއުމަށް އެމްބިއުލެންސްގައި އިންއިރު ކައިލްއަށް ކަރުނަތައް ހިފަހައްޓައިގެން އިނދެވުނީ ކިރިޔާއެވެ. އިމަޖެންސީ ރޫމަށް […]
“ކައިލް ސްޓޮޕް…!” ޒޭޑެންގެ ހަޅޭކުގެ އަޑާއިއެކު ދެން އިވުނީ މީހަކު ފައިން ޖެހުމާއެކު ބަންކިޔާފައި ދޮރު ހުޅުވިގެންދިޔަ އަޑެވެ. އެ ދެލޯ މަރާލެވުމުގެ ކުރިން ލިއާއަށް އެންމެފަހުން ފަނޑު ގޮތަކަށް ފެނުނީ ދޮރުމަތީ މާނޭވާތަކެއް ލަމުން ހުއްޓިލައިގެން ހުރި ކައިލްއެވެ. އެއަށްފަހު އެ ދެލޯ މެރި، ކަނު އަނދިރިކަމެއްގެ ތެރެއަށް ގެނބިގެންދިޔަ ވަގުތު ކައިރާ ދުވެފައި އައިސް އޭނާގެ ގާތުގައި ކަކޫ ޖަހާލިކަން އެނގުނެވެ. ބަނޑުމަތީގައިވި ލިއާގެ އަތުން ވަރު ހުސްވެ ގޮސް ބިންމަތީގައި ޖެހުނެވެ. ދޮރުމަތީ […]
⚠️ CONTENT WARNING ⚠️ This episode contains scenes of violence, physical assault, and threats to a character’s life. Some parts may be intense or upsetting for sensitive readers ދުވަސްތައް ފާއިތުވަމުންދިޔައެވެ. ކައިލްގެ މިޒާޖަކަށް އެއްވެސް ބަދަލައް ނާދެއެވެ. ލިއާ އަމިއްލަ ނަފްސަށް މަޖުބޫރުކުރަމުން ދިޔައީ ކައިލްގެ އެ ބަދަލުތަކަށް ހޭނުމަށެވެ. ނަމަވެސް ހަޔާތުން ހީވަނީ ބައެއް އުނިވެފައިވާހެންނެވެ. ބައެއްފަހަރު ހިތުގައިވާ އިހުސާސްތަކާމެދު ލިއާ ބިރުގަންނަގޮތްވެއެވެ. އޭނާ […]
ރިހާން ލިއާ ގޮވައިގެން އިރުކޮޅަކު ދުއްވާލުމަށްފަހު ސައިކަލު މަޑުކޮށްލީ ތުނޑިއާއި ދިމާލަށެވެ. މުޅި ހިސާބުގައި ވަނީ އަނދިރިކަމެވެ. އެކަމުން ލިއާއަށް ހިތްހަމަޖެހުން ލިބުނީ ލޮލުގައިވި ކަރުނަތައް ރިހާންއަށް ސިއްރުކުރެވޭނެތީއެވެ. ސައިކަލުން ފައިބެފައި، ރިހާން ލިއާގެ އަތުގައި ހިފައިގެން ގަސްތަކުތެރެއިން ލާފައި ގޮސް ތުނޑިއަށް ނިކުތެވެ. އޭރު ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުން ލިއާގެ އިސްތަށިގަނޑު އުދުހެމުން ދިޔައެވެ. ރުޅިއައިސް ހުޅިނަގަމުން ދިޔަ ރާޅުތައް ދޮންވެލިގަނޑަށް ޖެހެމުން އަންނަ އަޑު އިވިއިވި ހުއްޓެވެ. ލިއާއާއި ކުރިމަތިވާހެން ހުއްޓުމާއެކު ރިހާން މަޑުމަޑުން […]
އިޝާން އައިސް ވަނުމާއެކު ކައިރާއަށް ބަލާލެވުނީ މޫނު ހަދާފައެވެ. އަދި މީނާއަށް އަންނަން އެނގުނީވެސް ހުރިހާ ކަމެއް ވެ ނިމުމުންތާއޭ ކައިރާގެ ހިތަށް އެރިއެވެ. ކައިރާ އިންގޮތުން އިޝާން ހައިރާންވިއެވެ. އޭރު އަދި ހިނގައިގެން އުޅޭ ކަންތަކުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. ކައިލްއަށް ބަލާލިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ. ހިމޭންކަމާއެކު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންއިރު އެ ނަފްސު މުޅިން އެހެން ދުނިޔެއެއްގައި ވާފަދައެވެ. ކައިލް ގާތަށް އިޝާން ދިއުމާއެކު ކައިރާ ކަންބޮޑުވިއެވެ. އިޝާން […]
ލިއާ ދުވަމުން ދިޔައިރު އެއް އަތުން އަނގަމަތީ އަތްއަޅާ ނިވާކޮށްލާފައިވެއެވެ. ފަހަތުން ކައިލް އަންނަކަން އެނގޭތީ އޭނާ ދުވުން ބާރުކޮށްލިއެވެ. ބްރޭކްގަޑި ކަމަށް ވާތީ ހޯލްވޭގައި އެއްވެސް ކުއްޖަކު ފެންނަންނެތީ ނަސީބަކަށެވެ. ލިއާ ދުވެފައި ގޮސް ކްލާސްރޫމް ދޮރުމައްޗަށް ހުއްޓުމާއެކު ކުއްލިއަކަށް ގަނޑުވާގޮތްވިއެވެ. ހަނދާންނެތިގެން މުހިއްމު ފައިލެއް ބާއްވާފައި ދިޔަ ޒޭޑެން ސިހިފައި ދޮރާއި ދިމާލަށް ބަލާލިއެވެ. ޓީޗަރަށް ހާއްސަކުރެވިފައި ޑެސްކްގެ ކަބަޑުތައް ޗެކްކުރަން އިނދެފައި އޭނާ ތެދުވީ ލިއާ ހުރި ގޮތް ފެނުމުންނެވެ. ކަމެއް ގޯސްވެއްޖެކަން […]
⚠️ TRIGGER WARNING: This episode contains mature themes and is intended for readers aged 18+ Reader discretion is advised ޖެހިގެން އައި ދުވަހު ފަތިހު ހޭލާފައި ނަމާދުކުރިގޮތަށް ލިއާ އޮތޯ އެނދުމައްޗަށް ވެއްޓި ކަންނެތްވެފައެވެ. ސިކުނޑީގައި ފުރިބާރުވެފައިވި ހިޔާލުތަކުގެ ސަބަބުން މުޅި ނަފްސަށްވަނީ ވަރުބަލިކަން ވެރިވެފައެވެ. ސްކޫލަށް ދިއުމާ ނުދިއުމާމެދު ހިޔާލުތަފާތުވެފައި ވެއެވެ. ނަމަވެސް ލިއާއަކީ ވަރަށް ބޮޑަށް ބަލިވި ނަމަވެސް ކެތް ނުވާވަރު ވުމުން ނޫނީ ސްކޫލަށް ނުގޮސް […]
ކައިރާގެ ގެއިން ނިކުމެވުން އިރުވެސް ކައިލްއަށް ނޭނގުނެވެ. ލޯމަތިން ފެންނަމުންދިޔައީ މުޅިން އެހެން މަންޒަރެކެވެ. ފަހަތުން އިޝާން އާއި ކައިރާ ގޮވަމުން އަންނަ އަޑު އިވުނީ ފަނޑު ގޮތަކަށެވެ. ނަމަވެސް ކައިލްގެ ނަފްސު މުޅިން އެހެން ދުނިޔެއެއްގައި ވާކަހަލައެވެ. “ކައިލް ވެއިޓް…!” ދުވަމުން އައި އިޝާން ގޮވާ އަޑު އިވުނެވެ. ނަމަވެސް ކައިލް މަޑެއް ނުކުރިއެވެ. “ކައިލް ޕްލީޒް ޑޯންޓް ޑްރައިވް ލައިކް ދިސް…!” އިޝާން ކަންބޮޑުވެފައި ގޮވާލީ ގޭޓު ކައިރިއަށް ހުއްޓެމުންނެވެ. ފަހަތުން ދުވެފައި އައި […]