ލޯބިން ބުނާތީ 30
އިޝާން އާއި ކައިރާ އެހެން ދިމާލަކަށް ޖެހުނު ވަގުތު ބަލާފައި، އަކީލް އަވަސް ފިޔަވަޅުތަކެއްގައި ކައިލް ގާތަށް މިސްރާބު ޖެހިއެވެ. ކައިލް ފުރަގަސްދީގެން ހުރުމުން އަކީލް އަންނަކަމެއް ނޭނގެއެވެ. އޭނާ ހުރީ ލިއާ އާއި ސީރިއަސް ވާހަކައެއްގައެވެ.
“މީ ކޮންކުއްޖެއްތަ…؟” ލިއާ އާއި ކައިލް ސިހިފައި ބަލާލީ ފަހަތުން ވާހަކަ ދެއްކި އަޑު އިވުމުންނެވެ. އޭރު އަކީލް ހުރީ ކައިރީގައެވެ. މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްގެން ހުރިއިރު އެ ސިކުނޑީގައި އެނބުރެމުންދަނީ ކޮންފަދަ ހިޔާލެއްކަމެއް ނޭނގޭނެއެވެ.
“ދިސް އިޒް ލިއާ…! ބައްޕައަށް ލިއާ ފެނިފައި ހުންނާނީ…ގްރޫޕް ވޯކަށް އަޅުގަނޑުމެން ގެޔަށް އައި ދުވަހު ބައްޕައާއި ދިމާވިއޭނު…” ކައިލް ހަމަޖެހެން މަސައްކަތްކުރަމުން އަކީލްއާއި ވާހަކަ ދެއްކިއެވެ. އަކީލް މަޑުމަޑުން ބޯ ޖަހާލިއެވެ. އޭރު ލިއާ ހުރީ ހަތަރެސްފައި ފިނިވެފައެވެ. އަކީލް ފެނުމުން އޭނާ ހުރީ ފާޑަކަށް ޖެހިލުންވެފައެވެ. އެ ޖެހިލުންވުން ފުންވެގެން އައީ އަކީލްގެ ނަޒަރު ލިއާ އަށް ހުރިކަން އެނގުމުންނެވެ. ގަދަކަމުން ލުއި ހިނިތުންވުމެއް ލިއާ ވެރިކޮށްލީ އަޅާނުލާ ހުރުން ރީތިކަމަކަށް ނުވާނެތީއެވެ.
“އައްސަލާމް އަލައިކުމް…ސާރ…” ލިއާ މަޑުމަޑުން އަދަބުވެރިކަމާއެކު ގޮވާލިއެވެ. އަޑުގައިވި ތުރުތުރު އެޅުން އަކީލްއަށް ފާހަގަނުވިއްޔާ ރަނގަޅެވެ. އަކީލް ހިނިތުންވުމާއެކު ސަލާމުގެ ޖަވާބު ދިންއިރު ހިތުގައިވި ހައިޖާންގަނޑު ވަނީ ފޮރުވިފައެވެ. އޭނާ ވަރަށް ރަނގަޅަށް ކައިލް އާއި ލިއާގެ މޫނުގައިވާ ކުލަވަރުތައް ދިރާސާކޮށްލިއެވެ.
“ސޯ…” އަކީލް ކަރުކެހިލިއެވެ. އިހުނަށްވުރެ ކައިލް އާއި ގާތަށް ޖެހިލިއިރު ދައްކަން އުޅޭ ވާހަކައަށް ރަނގަޅަށް ތައްޔާރުވެލިކަހަލައެވެ. “ޔޫ ޓޫ އަރ ފްރެންޑްސް..؟” އަކީލް އެހިއެވެ.
“ޔެސް…” އެ ޖަވާބު ދިނުން ކައިލްއަށް އުނދަގޫވިއެވެ. ހިތުން އެދެވެނީ އެހެން ގުޅުމަކަށް ކަމަށް ވާތީއެވެ. އެންމެންނަށް އޭނާ އާއި ލިއާގެ ގުޅުން އެނގެން ބޭނުންވަނީ ރަހުމަތްތެރިއަކަށް ވުރެ ގާތް ގުޅުމެއް އޮންނަ ބައެއް ގޮތުގައި ކަމަށް ވާތީއެވެ. ލިއާ އާއި މެދު ހިތުގައި އުފެދިފައިވާ ފުން ލޯބީގެ ސަބަބުން، އެކުވެރިއެއް ގޮތުގައި ލިއާ އެހެން މީހުންނަށް ތައާރަފުކޮށްދޭން އެހިތަށް ދަތިވާތީއެވެ. ނަމަވެސް އޭނާއަށް މަޖުބޫރުވީ މިފަހަރުވެސް އިހުސާސްތައް ހިންދާލާށެވެ.
އާމިރު ގޮވާލުމުން އަކީލް ހިނގައިގަތީ ކައިލްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާފައެވެ. ލިއާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އަކީލް ދިއުމުންނެވެ. އަކީލް ހިނގައިގަތުމުން އަނެއްކާވެސް ކައިލްގެ ސަމާލުކަން ލިއާއަށް ހުއްޓާލިއެވެ.
“ޔޫ ލުކް ނާވަސް…” ކައިލް ބުނެލިއެވެ. ލިއާ ހަމައެކަނި ލުއި ހިނިތުންވުމެއް ވެރިކޮށްލީއެވެ. ކައިލް ދުރުގައި ހުރި ކައިރާއަށް ގޮވާލިއެވެ. ކައިރާ އައުމުން ކައިލް އެދުނީ ލިއާގާތު މަޑުކޮށްލުމަށެވެ. އެއަށްފަހު، ކައިލް ދިޔައީ ލިއާއަށް ފެންތައްޓެއް ބަލައެވެ. ކައިރާ ވާހަކައެއް ފެށުމުން ލިއާ ހަމަޖެހިލަމުން، އެވާހަކައިގަ ބައިވެރި ވެވޭތޯ ބެލިއެވެ. އޭރު ކައިރާ ފޯނުން އޭނާ މިރޭ ނަގާފައިވާ ފޮޓޯތައް ދައްކަމުން ސްޓޯރީއަށް ލާން ރީތި ފޮޓޯތައް ދެއްކުމަށް ލިއާ ގާތު ބުނަމުން ދިޔައެވެ. ލިއާ އޭނާއަށް ކަމުދިޔަ ފޮޓޯތައް ދައްކާލިއެވެ. ކައިރާއަށްވެސް އެ ތަސްވީރުތައް ކަމުދިޔުމުން އޭނާ އުޅުނީ އެ ސްޓޯރީއަށް ލުމުގައެވެ. ލިއާ ފުން ނޭވާއެއްލާ އިސްއުފުލާލަމުން މާހައުލަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާގެ ހިތުގެ ތެޅުން މަޑުޖެހިލީ އޭނާއަށް ބަލަހައްޓައިގެން ހުރި އަކީލް ފެނިފައެވެ. އެ މޫނުގައި ދާދި ދެންމެއަކު ދުށް ހިނިތުންވުމެއް ނުވެއެވެ. އޭގެ ބަދަލުގައި އެ މޫނުމަތިން ފެންނަނީ ނުރައްކާތެރި ސީރިއަސްކުލަވަރެކެވެ. އެ ނަޒަރުން ލިއާގެ ހިތުގައި ބުނެދޭން ނޭނގޭ ޖެހިލުންވުމަކާއި ނުތަނަވަސްކަމެއް އުފެދުނެވެ. ލިއާ އަށް އިސްޖަހާލެވުނުއިރު ހިތުގެ ތެޅުން އަވަސްވެއްޖެއެވެ.
“ޔޫ އޯކޭ…؟” ފެންތަށި ހިފައިގެން އައި ކައިލްއަށް ލިއާގެ މިލާފައިވާ މޫނު ފާހަގަވިއެވެ. އެވަގުތު ކައިރާއަށްވެސް އިސްއުފުލާލެވުނެވެ. ލިއާއަށް އައިސްފައިހުރި ބަދަލާމެދު ކައިރާގެ ހިތުގައި ސުވާލު އުފެދުނެވެ. ދާދި ދެންމެއަކު ލިއާ ހުރީ ނުހަނު ރަނގަޅަށެވެ. ކުއްލިއަކަށް މި ވީގޮތެއް ކައިރާއަކަށް ނޭނގުނެވެ. އެ ދެމީހުންގެ ކަންބޮޑުވެފައިވާ މޫނު ފެނުމުން ލިއާ ގަދަކަމުން ހިނިތުންވެލާ ރަނގަޅޭ ބުނެލީ ހިތުގައިވާ ހައިޖާންގަނޑު ސިއްރުކުރަމުންނެވެ.
ހަފްލާ ނިމުމުން ހަތަރު މީހުން ނިކުތީ ކައިލްގެ ކާރުގައެވެ. ކަޅުކުލައިގެ ރޯލްސް ރޯއިސްގަ ހަތަރު މީހުން ތިބިއިރު ދުއްވަން އިނީ ކައިލްއެވެ. ލިއާ އިނީ ކައިލްއާއި ޖެހިގެން ކުރީ ސީޓުގައެވެ. ކައިރާ އާއި އިޝާން ތިބީ މަޖާ ވާހަކައެއްގައެވެ. ލިއާ ހިމޭންވެފައި ބޭރު ބަލަން އިން އިރު ކައިލްގެ ސިއްރު ނަޒަރު އިރުއިރުކޮޅާ ލިއާއަށް ހުއްޓެއެވެ. އެހިތުގައި ހިނގަމުންދާ ޝުއޫރުތައް ދެނެގަތުމަށް ކައިލްގެ ހިތް އެދުނެވެ.
“އަދިވެސް ތަދުވޭތަ…؟” ކައިލް އެހީ ލިއާއަށް ބަލާލަމުންނެވެ. އޭނާ އިޝާރަތްކުރީ ލިއާގެ ޒަހަމްވެފައި އޮތް އަތަށެވެ. ކައިލް ވާހަކަދެއްކި އަޑަށް ލިއާ އެނބުރުނެވެ. އެއް އަތް ހުންގާނުގައި ވީއިރު ކައިލްގެ އަނެއް އަތްވަނީ ފައިމަތީ ބާއްވާލެވިފައެވެ. އެ ނަޒަރު ހުއްޓިފައިވަނީ ލިއާއަށެވެ.
“އައެމް ފައިން…ފޯކަސް އޮން ދަ ރޯޑް…” ލިއާ ބުނެލިއެވެ. އެ ޖުމްލައިން ކައިލްއަށް އުނދަގޫވިއެވެ. ލިއާއަށް ކޮންމެވެސް ކަމެއް ވެފައިހުރިކަން ހަވަނަ ހިއްސު އަންގައިދިނެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ސުވާލު ނުކުރީ އެދެމީހުން މިވަގުތު ތިބީ އެކަނި ނޫންކަމުގައިވާތީއެވެ. އުދާސްކަމުގެ ނޭވާއެއް ދޫކޮށްލަމުން ކައިލް މަގަށް ނަޒަރު ހުއްޓާލިއިރު ފައިމަތީ އޮތް އަތްތިލަވަނީ މުއްކަވާލެވިފައެވެ. ލިއާ ގާތުގައި އިންނަމަވެސް އޭނާއަށް އިހުސާސްވަނީ އެދެމެދުގައި އެތައް ހާސް މޭލެއްގެ ދުރުމިން ވާހެންނެވެ. ހިތް އެދެނީ މިވަގުތުވެސް އެ އަތުގައި ހިފާލައިގެން އިނުމަށެވެ.
“އެހެމް…ލިއާ…އެބައިނޭ ވާހަކައެއް…!” އިޝާން ކަރުކެހިލަމުން ވާހަކަދެއްކިއެވެ. ލިއާ އިނދެފައި ކޮން ވާހަކައެއްތޯ އެހިއެވެ. އެވަގުތު އިޝާން ކައިލް ގާތު އެދުނީ އިޝާންގެ ގެޔާއި ކައިރިއަށް ދެވުމުން އިރުކޮޅަކު ކާރު މަޑުކޮށްލައިގެން އިނުމަށެވެ. އެހެން ބުނިތާ އިރުކޮޅެއް ނުވެ އިޝާންގެ ގެޔާއި ހަމަޔަށް އާދެވިއްޖެއެވެ.
“މީ…ކްލާސް ހުރިހާ ކުދިން ދަތުރު ދާން އުޅެނީ…” ކައިރާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ އިތުރު އެއްޗެއް ނުބުނަނީސް ލިއާ ވާހަކަ ދެއްކިއެވެ.
“އެހެންވީމަ…؟ އަހަރެން ނުދާނަމޭ ބުންޏަސް ތިމީހުން އަހަރެން ގަދަކަމުންވެސް ގެންދާނަމޭނު…؟!” ލިއާ ބުނި އެއްޗަކަށް އިޝާން ހޭންފެށިއިރު ކައިރާ އަނގަ ސަކަރާތްވިއެވެ. ކައިލް އެއްޗެއް ނުބުނެ އިންއިރު އެ ނަޒަރު ވަނީ ލިއާއަށް ހުއްޓިފައެވެ. ލިއާގެ މިޒާޖަށް އައިސްފައިވާ ބަދަލާމެދު ކައިލްއަށް ފިކުރު ހިންގާލެވުނެވެ. އެކަން އޭނާއަށް ގުޅުވާލެވުނީ މިރޭގެ ހަފްލާއަށް އެމީހުން ލައިގެން ހުރި އަންނައުނާއެވެ. އަނެއްކާ އޭނާއަށް މާ ކަންތައް ބޮޑުކޮށްލެވުނީހެއްޔެވެ؟
“އޮފްކޯޒް…! މިހާރު އެކަން އެނގިއްޖޭނު ދޯ…! ލިއާ ނުދަންޏާ އަހަރެންވެސް ނުދާނަން ވިއްޔާ…އަމުދުން ކައިލް ނުދާނެ…!” ކައިރާ ރަކިވިކަން ނުދައްކަން މަޖާވެލާފައި ވާހަކަ ދެއްކިއެވެ. ލިއާ އިނީ ހިމޭނުންނެވެ. އެ ހިތާއި ސިކުނޑީގައި އެނބުރެމުންދަނީ ކޮންފަދަ ހިޔާލެއްކަމެއް ނޭނގެއެވެ.
“ކިހާވަރެއް ޕޭކުރަން ޖެހޭނީ…؟” އިރުކޮޅަކު އިނދެފައި ލިއާ އެހިއެވެ. އެވަގުތު ކައިރާ މައިތިރިވެއްޖެއެވެ. އިޝާންގެ ނަޒަރުވެސް ހުއްޓުނީ ކައިލްއަށެވެ. ލިއާ ބަލާލީ އިރުކޮޅެއް ވީއިރުވެސް އެއްވެސް މީހަކު ވާހަކަ ނުދެއްކުމުންނެވެ. އޭނާއަށް ހައިރާންކަން ލިބުނީ ދުރަށް ނަޒަރު ހުއްޓާލައިގެން ކައިލް އިނުމުންނެވެ.
“އެބައުޓް ދެޓް…ކައިލް އޯލްރެޑީ ޕެއިޑް ފޯރ ޔޫ…!” އިޝާން ބުނެލިއެވެ. އިޝާންގެ ޖުމްލަ ނިމުމާއެކު ކައިލް ލިއާއަށް ބަލާލިއެވެ. ލިއާ ސީޓުގައި ލެނގިލަމުން ލޯމަރާލީ ބޮލުގައި ރިއްސައިގަނެފައި ހުރި މީހަކު ފަދައިންނެވެ. ކައިލްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. ލިއާއާއި ވާހަކަދެއްކުމަށް ހިތް ބާރުއަޅަމުންދިޔައެވެ. ހުންގާނުގައި އަޅުވާލެވިފައިވާ އަތަށް ކައިލްއަށް ބާރުކޮށްލެވުނެވެ.
“އިޝާން…! ސައިކު އެބަހުއްޓޭނު…! ދޭ ކައި ގެޔަށް ލައިދެން…!” ކައިލް އިނދެފައި ވާހަކަދެއްކިއަޑަށް އެންމެންނަށް ބަލާލެވުނެވެ. ކައިރާ ހައިރާންވީ އެ އަޑުގައިވި ސީރިއަސްކަމުންނެވެ. ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިހުސާސްވިއެވެ. ނަމަވެސް އެއްޗެކޭ ބުނުމެއްނެތި އިޝާން އިޝާރަތްކޮށްލުމާއެކު ކައިރާވެސް ކާރުން ފޭބީ ލިއާއަށް ގުޑްނައިޓް ކިޔާފައެވެ.
ކައިރާ އާއި އިޝާން ފޭބުމުން ކައިލް ކާރު ދުއްވާލީ ބާރު ސްޕީޑުގައެވެ. އެ މޫނުގައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. ލިއާ އިނީ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ކައިލް ހިތްހަމަނުޖެހިފައިހުރިހެން ހީވުމުން ލިއާއަށް އެކަމާ ވިސްނެމުން ދިޔައެވެ. ނަމަވެސް އޭނާ ވިސްނަންޖެހިފައިވާ ކަންތައްތައްވެސް ކުޑައެއް ނޫނެވެ.
ކައިލް ކާރުގައި ގޮސް މަޑުކޮށްލީ އާއްމުކޮށް އެދެމީހުން ދާ އެކަހެރި މަގަށެވެ. އިންޖީނު ނިވާލުމާއެކު ކައިލް ލިއާއަށް ސަމާލުކަން ދިނެވެ. އެ ނޫކުލައިގެ ތޫނު ލޯ އަމާޒުވުމާއެކު ލިއާއަށް ކުރިޔަށްވުރެ ބޮޑަށް އިސްއޮބާލެވުނެވެ. އޭރު ކާރުތެރޭ ވަނީ ފަނޑު އަލިކަމެކެވެ. މަގުތަކުގައި ވަނީ އަނދިރިކަމެވެ. ހަނދު ފެންނަން ނެތުމުން މުޅި އެހިސާބުގަނޑުވަނީ ކަނު އަނދިރިކަމެއްގައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ.
“ޓޯކް…!” ކައިލް އިނދެފައި ބުންޏެވެ. އެ އަޑުގައިވަނީ ސީރިއަސްކުލަވަރެވެ. ލިއާ އެއްޗެއް ނުބުނެ ކުޑަދޮރުން ބޭރު ބަލަން ފެށުމުން ކައިލްގެ ކެތްތެރިކަން ކޮޅުންލައިގެންދިޔައެވެ. އޭނާއަށް ލިއާގެ ދަތްދޮޅިދަށަށް އަތްލައްވާލާ އޭނާއާއި ވީފަރާތަށް ލިއާގެ މޫނު އަނބުރާލިއެވެ. ކައިލްގެ މި ހަރަކާތުން ލިއާއަށް ލިބުނީ ސިހުމެކެވެ. ހަތަރުކަޅި ހަމަވެގެން އައި ހިނދު ކައިލްގެ މޫނު އެހާ ގާތުން ފެނުމުން ލިއާ ފިނިވާގޮތްވިއެވެ.
“ލިއާ ޕްލީޒް…ވެގެން އުޅޭ ގޮތެއްވެސް ބުނީމަ އެނގޭނީ…! އެނގޭ ކަމަކާ ހިތްހަމަ ނުޖެހިފަކަން ތިހުރީ…ޕްލީޒް ޓެލް މީ…!” ކައިލް ކެތްތެރިކަމެއް ނެތި ވާހަކަދެއްކިއެވެ. ލިއާ މަޑުމަޑުން އެ މޫނުގައިވި ކައިލްގެ އަތްތިލައިގައި ހިފާ ތިރިކޮށްލިއެވެ. ނަމަވެސް ކައިލް އެ އަތުން ދޫނުކޮށްލިއެވެ. އެ އަތްތިލަ ފިނިވެފައިވާވަރު ކައިލްއަށް އިހުސާސްވިއެވެ
“މިހެން ތިބެވިދާނެ އިރުއަރަންދެންވެސް…ވެގެން އުޅޭ ގޮތެއް ނުބުނަނީސް މިރޭ ޔޫ ކާންޓް ލީވް…!” ކައިލް ވާހަކަ ދެއްކީ އިރުކޮޅެއްވީއިރުވެސް ލިއާ ވާހަކަ ނުދެއްކުމުންނެވެ. އެންމެފަހުން ފުން ނޭވާއެއް ލާފައި ލިއާ އިސްއުފުލާލިއެވެ. އޭނާ ވާހަކަ ދައްކަންފެށީ ކުރިމަތިން ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ.
“ދިސް ޑްރެސް…ކައިލް…ވައި ވުޑް ޔޫ ބައި މެޗިން އައުޓްފިޓް ފޯރ އަސް…ވީ އަރ ނޮޓް އެ ކަޕްލް…!” ލިއާ ހިތުގައިވި އުދާސްތަކުން ބައެއް ބޭރުކޮށްލިއެވެ. ކައިލް އަޑުއަހަން އިނދެފައި ލިއާގެ އަތުން ދޫކޮށްލިއިރު ހިތަށް އުނދަގޫވެފައި ވެއެވެ. ލިއާ އެ ބަހައްޓަން މަސައްކަތްކުރާ ދުރުމިން ކައިލްއަށް ބަރުދާސްތުކުރަންދަތިވެފައި ވެއެވެ. އޭނާ ލިއާއަށް ބަލަން އިނދެ ވާހަކަ ދައްކަންފެށިއެވެ.
“އައި ވޯންޓް އެވްރިވަން ޓު ތިންކް އައެމް އަންއެވެއިލެބްލް…ދެޓް މައި ހާރޓް އޯލްރެޑީ ބިލޯންގްސް ޓު ސަމްވަން…އެނގޭ އަދި ލިއާ އަހަރެންގެ ހައްގަކަށް ނުވާކަން…އެކަމަކު އެކަން އަދި އެހެން އޮތަސް އަހަންނަކީ ހަމައެކަނީ ލިއާގެ ހައްގެއް…ޔެސް އައި ވޯންޓް އެވްރިވަން ޓު ތިންކް ދެޓް ވީ އަރ އެ ކަޕްލް…އައެމް ސޮރީ ބަޓް އައި ކާންޓް ސްޓޮޕް ބީއިން ސެލްފިޝް އެބައުޓް ދިސް…! އައި ނޯ ޔޫ ވޯންޓް ޓު ސްޓޭ އޭޒް ފްރެންޑްސް އެންޑް އައެމް ޓްރައިން މައި ބެސްޓް ނޮޓް ޓު ޕްރެޝަރ ޔޫ…! އެކަމަކު މި ހިތުގައިވާ އިހުސާސްތައް އިގްނޯރ ކޮށްފައި ރައްޓެހިން ގޮތުގައި އެކްޓް ކުރާކަށް އަހަންނަކަށް ކުޅަދާނައެއް ނުވާނެ…ކުރިންވެސް ބުނިހެން އައި ވޯން’ޓް ހައިޑް މައި ޓްރޫ ފީލިންގްސް ފޯރ ޔޫ…ދެން ދަތުރުގެ ވާހަކަ…އައި ޑޯންޓް ވޯންޓް ޔޫ ޓު ތިންކް އަހަރެމެން ލިއާއަށް ޕްރެޝަރ ކުރަނީއޭ…އެހެނެއް ނޫން…އަހަރެން ބޭނުމެއް ނޫން ކްލާސްގެ އެއްވެސް ކަމެއްގަ ލިއާ ބާކީވެފައި ހުންނާކަށް…ޕޭކުރީ އެހެންވެ…ޕްލަސް ކައި އެބުނީ ރަނގަޅަށް…ލިއާ ނުދަންޏާ އަހަރެންވެސް ދާކަށް ބޭނުމެއް ނޫން…އައެމް ސޮރީ…” ކައިލް ވާހަކަ ދެއްކިއެވެ. ލިއާ އިރުކޮޅަކު ކައިލްއަށް ބަލަން އިނދެފައި ދުރަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހަމައެކަނި އިޓްސް އޯކޭއޭ ބުނެލިއެވެ.
“ޔޫ ހެވެންޓް ޗޫޒެން މީ…” ކައިލް ހިތި ހިނިތުންވުމާއެކު ބުނެލިއެވެ. “ބަޓް އައިހެވް އޯލްރެޑީ ޗޫޒެން ޔޫ…!!” ކައިލްގެ ޖުމްލައިން ލިއާގެ ހިތަށް ފިނިވިއެވެ.
ތުންފަތުގައި ދަތް އަޅާލިއިރު ލިއާ އިސްޖަހާލެވުނީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ. ވާހަކަ ނުދައްކާ އިރުކޮޅެއް ހޭދަވީއިރު ލިއާގެ ސިކުނޑީގައި ތޫފާނެއް އެފެދިފައިވެއެވެ. އޭނާ ކައިލްއާއި އޮތް ގުޅުން ވަކި މިންގަނޑެއްގައި ހިފަހައްޓަން މަސައްކަތް ކުރަމުން ދާއިރު ކައިލް އެ މަސައްކަތްކުރަނީ ހައްތަހާ އެ ގުޅުން ގާތްކުރުމަށެވެ. އަދި އެކަން ކައިލް ނުހުއްޓާނެކަން ސާފު ބަހުން ބުނެފިއެވެ. ލިއާގެ ހިތް ނުތަނަވަސްކުރުވަމުން ދާ އަނެއް ސަބަބަކީ މިރޭ އަކީލް ބަލަހައްޓައިގެން ހުރި ގޮތެވެ. އެ ނުރުހުން އެކުލެވިގެންވި ބެލުން އަދިވެސް އޭނާއަށް ސިފަވާކަހަލައެވެ. ނަމަވެސް އަކީލް ހިތްހަމަ ނުޖެހެންވީ ކީއްވެބާއެވެ؟ ސީދާ ސަބަބެއް ނޭނގުނަސް އެކަމާ އޭނާ އާއި ކައިލް އާއި ދެމެދު އޮންނަ ގުޅުމާ ގުޅުމެއް ވެދާނޭ ސިކުނޑިން ބުނެލިއެވެ. ހިޔާލުތަކެއްގައި ވަނިކޮށް ލިއާއަށް ސިހުމެއް ލިބުނީ ކައިލް އެ އަތުގައި ހިފާލުމުންނެވެ.
“ޑޫ ޔޫ ނޯ ވަޓް އައި ތޯޓް ވެން އައި ސޯ ޔޫ ޓުނައިޓް…؟ ވޯރޑްސް ފެއިލް ޓު ކެޕްޗަރ ދަ ކޭއޮސް…ދަ އާރޖް ޓު ޕްރެސް މައި ލިޕްސް އެގެއިނިސްޓް ޔުއަރސް ވޯޒް އިމޭޑިއޭޓް، އަންކޮންޓްރޯލެބްލް…! މައި މައިންޑް ޓްވިސްޓެޑް ވިތް ފޮރބިޑެން ތޯޓްސް، އެ ޑޭންޖަރަސް ފަޔަރ އައި ސްޓްރަގަލް ޓު ކޮންޓެއިން…ގޯޑް…!! ޕްލީޒް ސްޓޮޕް ބައިޓިން ދޯޒް ލިޕްސް…އައި މޭ ނޮޓް ބީ އޭބަލް ޓު ކޮންޓްރޯލް މައިސެލްފް…އިޓްސް އެ ކްރުއަލް ޓީސް…” ކައިލް ވާހަކަ ދެއްކުމާއެކު ލިއާއަށް ތިރީ ތުންފަތުގައި ދަތް އަޅާލައިގެން އިނދެ އަވަހަށް އެ ތުންފަތް މިނިވަންކޮށްލެވުނީ ލިބުނު ސިހުމާއެކުއެވެ. ކޯތާފަތް ހޫނުވެގެން އައުމާއެކު ހީވީ މޫނުގައި ވީހާ ލެޔެއް އެ ކޯތާފަތަށް ޖަމާވިހެންނެވެ. ކައިލްގެ ކޮންމެ ޖުމްލައަކުން ބަނޑުގައި ހީލިކެރުވުމެއް އުފެދި، މުޅި ގައިން ހީބިހި ނަގައިގަތެވެ. ބޭއިހްތިޔާރުގައި ކައިލްގެ އަތުތެރޭވި އޭނާގެ އަތް ދަމައިގަތުމާއެކު ލިއާއަށް މޫނުގައި ދެއަތް އަޅާލާ ފޮރުވާލެވުނެވެ. ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ހުންގާނުގައި އަތް އަޅުވާލިއިރު އޭނާ ދިޔައީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އެފަދަ ހެދުމެއްގައި، ލިއާ އެހާ ގާތުގައި އިނުމުން އިހުސާސްތަކަށް ކެތްވަނީކީ ނޫނެވެ. ލޭގެ ހިނގުން އަވަސްވެފައި ވީއިރު އިޝާން އާއި ކައިރާ ކާރުން ބޭލުނު މޮޔަ ހިތަށް އެރިއެވެ. ލިއާއާއި އެކު އެކަނިވުމުން އޭނާއަށް އިހުސާސްތައް ހިފެހެއްޓުމަކީ ދަތިކަމަކަށް ވެފައިވެއެވެ. އެ ހިތް ލިއާއަށް އެދޭވަރަށް އެ ހަށިގަނޑުވެސް ލިއާއަށް ބޭނުންވެއެވެ. ކައިލްގެ ހިތުގައިވާ ބިރުވެރިކަމަކީ އެއީއެވެ. އެ އަލިފާނުގެ ހުޅު ފަޅައިގެންދާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އަމިއްލަ ހައްގަކަށް ލިއާ ނުވާއިރު، އޭނާގެ އެދުންވެރިކަމުގެ ކުރިމަތީ ބަލިކަށިވާކަށް ނޭދެއެވެ. ހަށިގަނޑުގެ ހިފެހެއްޓުންތެރިކަން ގެއްލިދާނެތީ ހިތް ނުތަނަވަސްވާއިރު، މިފަދަ އިހުސާސް އޭނާއަށް ކުރެވެނީ ލިއާއާއެކު ވުމުން އެކަންޏެވެ. އެ އިހުސާސްތައް ލިއާކުރިމަތީ ހާމަކޮށްލެވުނީވެސް ކެތްކުރަން ދަތިވުމުންނެވެ. ގަދަފަދަވެގެންވާ ބޭނުންވުމަކުން ކައިލް ލިއާއަށް ބޭނުންވެއެވެ. އަތަށް ބާރުކޮށްލާ، ކުރިމަތިން ބިއްލޫރިގަނޑަށް ނަޒަރު ހުއްޓާލައިގެން އިންއިރު، އެ ސީރިއަސްކަން އެކުލެވިގެންވި ފިރިހެންވަންތަ މޫނު ފެންނަމުންދިޔައީ ހިތްތައް ހުއްޓޭހާ ފުރިހަމަކޮށެވެ.
ލިއާ ގެޔަށް ލާފައި ކައިލް ދިޔަތާ ގަޑިއެއްހާއިރުވެއްޖެއެވެ. ލިއާ އޮތީ ފެންވަރައިގެން އެނދަށް އެރިގޮތަށް ގައިގަވީ ތުވާލިކޮޅާއެކުއެވެ. ގެޔްށް ވަނުމާއެކު ފުރަތަމަ އޭނާއަށް ޖެހުނީ ޝަމްނާ އާއި ޝައުރާގެ ޑްރާމާއާއި ކުރިމަތިލާށެވެ. ލިއާ ތައްޔާރުވެގެން ހުރިގޮތް ރީތިވީވަރުން އެމީހުން ސްނެޕްކޮށް، ފޮޓޯ ނަގަނަގާފައި، އެންމެފަހުން ސަލާމަތްވީ ޝަރީފާ އަޑުލައިގަތުމުންނެވެ. އޭރުއްސުރެ ކޮޓަރިއަށް ވަތްގޮތަށް ފެންވަރައިގެން އޭނާ އޮތީ އެނދަށް ވެއްޓިގަނެގެން ހިޔާލުތަކުގެ ފުން ކަނޑެއްގައެވެ. ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާކަންވެސް އެނގެއެވެ. ނަމަވެސް އެއަށް ބަލާލަން ލިއާގެހިތަށް ނާރާކަހަލައެވެ. އޭނާގެ ސިކުނޑީގައި މިރޭ ވީ ކޮންމެ ކަމެއްގެ މަންޒަރު ތަކުރާރުވަމުން ދިޔައެވެ. އަލީޝާ އެވެ. އަކީލްއެވެ. އަދި އެ ސިކުނޑީގެ ބޮޑުބައި ހިޞާރުކޮށްފައިވާ، އެންމެ މުހިއްމު ފަރާތްކަމުގައިވާ ކައިލްއެވެ.
މޭގައި ތުވާލި ބޮނޑިކޮށްލައިގެން ހުރެ ލިއާ މަޑުމަޑުން ތެދުވިއެވެ.ލަސް ހިނގުމެއްގައި ލިއާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ކުރިމަތިން ފެންނަމުންދާ އަންހެންވަންތަ ސޫރައަށް ލިއާއަށް ބަލަން ހުރެވުނެވެ. ކައިލް އެ ބަޔާންކުރާހާ އިހުސާސްތަކާއި އެކަށީގެންވާހާ ފުރިހަމަކަމެއް އެ ހަށިގަނޑުގައިވޭބާއޭ ލިއާގެ ހިތާ ސުވާލުކޮށްލެވުނެވެ. އެކަނި ހުރެވެސް އޭނާގެ މޫނު ރަތްވެގެން އައީ ކާރުތެރޭގައި ކައިލް ބުނި ޖުމްލަތައް ހަނދާނަށް އައުމުންނެވެ. ހަގީގަތުގައިވެސް ކައިލް އެދަރަޖައަށް އޭނާއަށް އެދޭހާ ލޯބިވަނީބާއެވެ؟ އެ ސުވާލު ހިތާ ކުރިއިރުވެސް ހިތުގެ ފުނުން ޖަވާބު އައެވެ. އާނއެކެވެ. ކައިލްގެ އަޑުގައި އެއްވެސް އޮޅުވާލުމެއް ނުވެއެވެ. އެ ލޮލުގައިވާ އަސަރުތައް ލިއާއަށް ދޮގެއް ނަހަދައެވެ.
ފޯނު ވައިބްރޭޓްވާތާ އިރުކޮޅެއް ވީފަހުން ލިއާ ނިދާހެދުން ލައިގެން ގޮސް ފޯނު ބަލާލިއެވެ. އޭރު ރިހާން ގުޅަމުންދިޔައެވެ. ނޯޓިފިކޭޝަން ބަލާލިއިރު ހަތަރުވަރަކަށްފަހަރު ރިހާން ގުޅާފައިވެއެވެ. “މިހާރު ކިހިނެއް ވެގެން މިއުޅެނީ…؟” ކުދިކިޔަމުން ލިއާ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ހެލޯއޭ ބުނެލިއެވެ.
“ކީއްތިކުރަނީ…؟” ރިހާންގެ ރުޅިވެރި އަޑުއިވުނެވެ. ލިއާ ހައިރާންވީ ރިހާން ރުޅިއަންނަންޖެހޭ ސަބަބެއް ނޭނގުމުންނެވެ. އޭނާ ފޯނު ނުނަގައިގެން އެހާ ރުޅި އަންނަންޖެހޭހެއްޔެވެ؟
“ނިދަން ރެޑީވީ މީ…ކަމެއް ވީތަ އެހާވަރަކަށް ތި ގުޅަނީ…؟” ލިއާ އެނދުގައި އިށީންނަމުން ވާހަކަދެއްކިއެވެ.
“އެހެންވީމަ އަހަރެން ގުޅާކަން އެބަ އެނގޭ ދޯ…އަހަރެން ހީކުރީ އަދިވެސް ކައިލް އާއެކު ފޮޓޯ ޝޫޓެއްގައިކަމަށް…!” ރިހާން ރުޅިގަދަވެފައިހުރެ ވާހަކަދެއްކިއެވެ. ލިއާއަށް ދެލޯ ހަނިކޮށްލެވުނެވެ.
“މިހާރު ކިކޭ ކިޔާނަމޭ ހިތާ ތިއުޅެނީ…؟” ކައިލްގެ ވާހަކަ ރިހާން ނެގުމުން ލިއާ ހިތްހަމަނުޖެހޭގޮތްވިއެވެ. ރިހާން ދައްކަމުން ދާ ވާހަކައިގެ މުރާދެއް ލިއާއަކަށް ނުވިސްނުނެވެ.
“މި ކިޔާ އެއްޗެއް ނޭނގޭ ދޯ…އަމިއްލައަށް އިންސްޓަގްރާމް ތަންތަނަށް ފޮޓޯލެވޭއިރުވެސް ނޭނގޭތަ…؟” ރިހާންގެ އަޑުގައިވި ހަސަދަވެރިކަން ލިއާއަށް ސިއްރެއް ނުވިއެވެ. ލިބުނު ހައިރާންކަމާއެކު ކަންފަތާއި ފޯނު ވަކިކޮށްލަމުން އެ ކޯލް ކަނޑާލާ، ލިއާއަށް އިންސްޓަގްރާމަށް ވަދެވުނެވެ. ނަމަވެސް ސްޓޯރީ ބެލުމުގެ ކުރިން ރިހާން އަނެއްކާ ގުޅަން ފަށައިފިއެވެ.
“މީނާ މޮޔަވެގެންތަ މިއުޅެނީ…؟” ސްޓޯރީ ނުބެލި ހިތްއަވަސްވެފައި ހުއްޓާ ރިހާން އަނެއްކާ ގުޅަންފެށުމުން ލިއާއަށް ރުޅިއާދެވުނެވެ. ކޯލް ކަނޑާލުމާއެކު އޭނާ ސްޓޯރީ ހުޅުވާލިއެވެ. މުޅިންވެސް ހުރީ ކައިރާ ޓެގްކޮށްފައިވާ ފޮޓޯއެވެ. އެ ފޮޓޯތައް ލިއާގެ ސްޓޯރީއަށް އެޑް ބެކްކޮށްފައި އެހުރީ ހަފްލާގެ ވަގުތުގައި ކައިރާ ލިއާގެ ފޯނު އަތުލައިގެންނެވެ. އެންމެ ފަހު ފޮޓޯގަނޑަށް ދެވުނުއިރު އޭނާ ހުއްޓުން އަރާގޮތްވިއެވެ. އެ ފޮޓޯ އެއީ ކައިލް އޭނާއަށް ޓެގް ކޮށްފައި އިން ފޮޓޯއެވެ. ކައިލްގެ އަތުގައި ލިއާ އްތް އަޅުވާލައިގެން ހުރި އެ ފޮޓޯގައި ދެ ޒުވާނުން ތިބީ އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައެވެ. ފޮޓޯގެ ކެޕްޝަންގައި ކައިލް ރަތްކުލައިގެ ހިތެއް ޖަހާފައި ވެއެވެ. އެ ސްޓޯރީ ޔަގީނުންވެސް އެޑްބެކް ކޮށްފައި އެވަނީ ކައިރާއެވެ.
ލިއާއަށް ނިތްކުރިމަތީ ފިރުމާލެވުނެވެ. މިވީގޮތުން ދެން ކިތައްމެ ބަޔަކު އޭނާއާއި ކައިލްއާއި ދެމެދު ގުޅުމެއް އޮތްކަމަށް ދެކޭނެއެވެ. އާއްމު ގޮތެއްގައިވެސް އާދައިގެ ފޮޓޯގަނޑެއްވެސް ސްޓޯރީއަށް ނުލާ މީހަކު، ލިއާއާއެކު ފޮޓޯ ލުމުން އޭގެ މާނަ ނުހަނު ސާފެވެ. ވިސްނޭ މީހަކަށް ކިތައްމެ ކަމެއް ނަގައިގަނެވޭނެއެވެ.
ރިހާން އަނެއްކާ ގުޅަން ފެށުމުން ލިއާ ފޯނު ނެގީ މޫޑު ގޯސްވެފައި ހުރެއެވެ. އޭނާ ފޯނު ނުނަގައިފިނަމަ މިކަންތައްވެސް ބޮޑު ކަންތައްގަނޑަކަށް ހަދައިގެން މާދަމާ މިރަށަށް އޭނާ ހޯދަން ނާންނާނެ ކަމެއްވެސް ނޭނގެއެވެ.
“އަދިވެސް ބުނާނީ އޭނާއާ އެއްވެސް ގުޅުމެއް ނެތޭ…؟ ދެމީހުން ގުޅޭހެން ހެދުން އަޅައިގެން ތިބިއިރު ހީވަނީ ދެ ލޯބިވެރިންހެން ވިއްޔާ…! ރައްޓެހިވެގެން އުޅެންޏާވެސް ރީއްޗަށް ބުނެބަލަ…!” ރިހާންގެ ރުޅިން ފުރިގެންވާ އަޑު އިވުނެވެ. ލިއާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ބޯހާސްވި ވަރުންނެވެ. މިވަގުތު އޭނާ ބޭނުންވެފައިވަނީ އެކަނިވާށެވެ.
“މިސާލަކަށް އަހަރެމެން ރައްޓެހިވެގެން އުޅެނީ އޯ…އެހެންވިޔަސް ރިހާންއާއި ކޮން ބެހޭކަމެއް…؟” ލިއާ ރައްދު ދިނީ އަޑަށް ފޫހިކަން ގެންނަން މަސައްކަތްކުރަމުންނެވެ. ކުރިން ނަމަ އެފަދަ ކަމަކާ ރިހާން ހަސަދަވެރިވުމުން ލިއާއަށް އުފާވެރިކަން އިހުސާސްކުރެވުނީހެވެ. ސަބަބަކީ އެއީ ކޮންމެވެސް ސިފައެއްގައި ރިހާންގެ ހިތުގައި ލިއާ އާއި މެދު އިހުސާސްތަކެއް އޮތްކަން ހާމަކޮށްދޭ ސަބަބަކަށް ވާތީއެވެ. ނަމަވެސް މިހާރު އެފަދަ ކަމަކާ ސަމާލުކަން ދެވޭ ވަރަށްވުރެ ލިއާ ވިސްނާ ފިކުރުކުރަންޖެހިފައިވާ ކަންތައް ގިނައެވެ. ރިހާންގެ އެވާހަކަތަކުން އޭނާގެ ބޮލަށް އުނދަގޫވިއެވެ.
“ކޮން ބެހޭކަމެއްހޭ…؟ ބަލަ ލިއާ އަދިވެސް ލޯބިވަނީ އަހަރެން ދެކެއޭ…އަމިއްލަ ނަފްސަށް އޮޅުވާލަން ނޫޅެބަލަ…” ރިހާން އަޑަށް ބާރުލަމުން ބުނެލިއެވެ. ލިއާ ހިތިގޮތަކަށް ހީލިއެވެ. އެ ހީލުމުން ރިހާންގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ.
“އޭނާ އާއި ދުރުން އުޅޭ…!” ރިހާން އިންޒާރު ދިނެވެ. ލިއާ ކިޔަން ބޭނުންވި ބައިވަރު އެއްޗެހި ހުއްޓެވެ. ނަމަވެސް އެއްޗެއް ބުނުމެއެ ނެތި އޭނާ ފޯނު ކަނޑާލިއެވެ. އަދި ރިހާން ނުގުޅަނީސް މެސެޖު ކުރީ އޭނާ ފަތިހާ ހޭލަން، އަވަހަށް ނިދަން ޖެހޭކަމުގައި ބުނެއެވެ.
ލިއާ ފޯނު ބެލިއިރު ކައިލް މެސެޖުކޮށްފައި ހުއްޓެވެ. އެންމެ ފުރަތަމަ ކޮށްފައި އިން މެސެޖަށް ބެލިއިރު ކައިލް އިނގިރޭސިން ބުނެފައިވަނީ އެގޮތަށް ވާހަކަ ދައްކައިގެން ލިއާ ހިތްހަމަ ނުޖެހޭނަމަ މާފުކުރުމަށެވެ. ނަމަވެސް އޭނާއަށް އިހުސާސްތައް ފޮރުވައިގެން ނޫޅެވޭނޭ ބުނެފައިވެއެވެ. އަދި މިރޭ ކާރުތެރޭ އިނދެގެން އޭނާ ހާމަކުރީ ލިއާއާއި މެދު އުފެދޭ އިހުސާސްގެ ކުޑަ މިންވަރެއް ކަމާއި، ލިއާއަށް ޔަގީންކަން ދޭން އޭނާ ތަފްސީލަކަށް ދާންވެސް ފަހަކަށް ނުޖެހޭނެކަމަށް ބުނެފައިވެއެވެ.
“އައި ހެވް ސޯ މެނީ ޑާރކް ފެންޓަސީސް އެބައުޓް ޔޫ…!” ކައިލް ފޮނުވާފައި އިން މެސެޖެއް ލިއާ ކިޔާލިއެވެ. އޭގެ ފަހުން ފޮނުވާފައި ހުރި މެސެޖުތައް ކިޔަން ފެށިއިރަށް އޭނާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން އައެވެ. މުޅި މޫނު ރަތްވެގެން އައި އިރު އޭނާއަށް ހީވީ ކުރިމަތީ ކައިލްހުރެ، މެސެޖުގައި އެވާ ވާހަކަތައް އެ އަޑުން ބުނެލިހެންނެވެ. މެސެޖުތަކަށް ބަލަން އިނދެ ލިއާ ތެޅިގަނެފައި ފޯނު އެނދުމައްޗަށް ވައްޓާލަމުން ފަހަތަށް ކަނަކަށް ޖެހި އިނދެފައި ދެއަތްވެސް ފޮޅާލައިފިއެވެ. ހީވަނީ ބިރުވެރި އެއްޗެއްގެ ކިބައިން ރެކިގަތް މީހެއްހެންނެވެ. އޭރު އޭނާ ލަދުން މަރުވަނީއެވެ. ރަޖާގަނޑު ގެނެސް ގައިގަ އޮޅާލިއިރު ހީވީ ގާތުގައި ކައިލް ހުރީތީ ހަށިގަނޑު ނިވާކުރަން އުޅުނީހެންނެވެ. އޭރުވެސް އެ މޫނު ވަނީ ރަތްވެފައެވެ. ލިއާއާއެކު ތަޖުރިބާކުރަން ބޭނުންވާ ކަންތައް ކަމަށް ބުނެ ކައިލް އިނގިރޭސިބަހުން ފޮނުވާފައިވާ އެ މެސެޖުތަކުގައި އެބުނާ މަންޒަރުތައް ލިއާއަށް ސިފަކުރެވެން ފެށުމާއެކު ކައިރީގައި އޮތް ބާލީސް ނަގާ ދަތް އަޅަމުން ބާރަށް ހަޅޭއްލަވަންފެށިއެވެ. އޭނާ ހުރީ ލަދުން ގޮސް ބޮލަށް އެނބުރުން އަރާފައެވެ. މިވީގޮތުން ދެން އޭނާއަށް ކައިލް ކުރިމައްޗަށް އަރާކަށް ނުކެރޭނެއެވެ.
ރެއިން ޝަވަރ ދަށުގައި ހުރިއިރު ކައިލްގެ ގަޔަށް އޮހެމުންދިޔަ ފެންތައް އެ ފިރިހެންވަންތަ ހަށިގަނޑުގައި ބޮސްދީފައި ފައިތިލަދަށުގައި ފެތުރެމުންދިޔައެވެ. ފާރުގައި އެއްއަތް ވިއްދާލައިގެން ލޯމަރާލައިގެން ހުރިއިރު ފުން ހިޔާލުތަކެއްގައި ވާފަދައެވެ. އިރުކޮޅެއް ވީފަހުން، ތެމިގެން ނިތުމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑުގައި ފަހަތަށް ވާގޮތަށް ފުނާއަޅާލިއެވެ. އެ ހަރަކާތާއެކު އޭނާގެ ބާރުގަދަ މުލައްދަނޑި ހަރަކާތްކޮށްލިއެވެ. މިހާލަތުގައި އަންހެންކުއްޖަކަށް އޭނާ ފެނިއްޖެނަމަ ހިތްހުއްޓޭނެއެވެ. ޝަވަރ ދަށުގައި ހުރިއިރު ކައިލްގެ ހިތާއި ސިކުނޑީގައިވަނީ ލިއާއެވެ. އިހުތިޔާރުން ބޭރުގައި އެދެވެމުންދިޔައީ ލިއާ މިވަގުތު އެ އޮހެމުންދާ ފެންތަކުތެރޭ، އޭނާގެ އަތުތެރޭ ހުރުމަށެވެ.
ހަމައެކަނި ހުދު ތުވާއްޔަކުން އުނަގަނޑުން ތިރި ނިވާކޮށްލަމުން ކައިލް ފާހަނައިން ނިކުތެވެ. އެ ފިރިހެންވަންތަ މޫނުމަތިން ތާޒާކަން ފާޅުވެއެވެ. ކޮޓަރިތެރޭ ހިފާލީ ނުހަނު ފިރިހެންވަންތަ މީރު ވަހެކެވެ. ކައިލް ފުރަތަމަވެސް ގޮސް ނެގީ އެނދުމަތީ އޮތް ފޯނެވެ. އޭރު އޭނާ ކުރި މެސެޖުތައް ލިއާ ބެލިކަން ފެންނަން އޮތެވެ. ކައިލްގެ ތުންފަތް އެއްމިޔަކަނުން ދެމިލީ ކޯތާފަތަށް އެ ރީތި އަޑިކޮޅު އަރުވަމުންނެވެ. އޭނާ ފޮނުވި މެސެޖުތައް ކިޔާފައި މިވަގުތު ލިއާގެ މޫނު ހުންނާނެ ގޮތް ކައިލްއަށް ސިފަކުރެވުނީއެވެ.
އެދުވަހުގެ ފަހުން ލިއާ އުޅުނީ ކައިލްއަށް ފިލައިގެންނެވެ. ކައިރާ ގުޅުމުންވެސް ތަނަކަށް ދަނީ އެދެމީހުން އެކަނި ދަންޏާއެވެ. ކައިލް ޝާމިލުވާ ކަމެއްގަވިއްޔާ ލިއާ ނުދާން ލައްކަ ބަހަނާ ދައްކަމުން ދިޔައެވެ. ކައިލްއަށް ލިއާއަށް މި އައިސްގެން އުޅޭ ބަދަލު ގުޅުވާލެވުނީ އޭނާ ފޮނުވި މެސެޖުތަކާއެވެ. އެހެންވެ ކުރިއާ ހިލާފަށް އޭނާ މިފަހަރު އެހާ ކަންބޮޑުނުވީއެވެ. ނަމަވެސް މެސެޖުތަކަށް ޖަވާބު ނުދޭތީ ހިތްނުތަނަވަސްވެއެވެ. ލިއާ އާއި ވާހަކަ ނުދައްކާ ހޭދަވާ ކޮންމެ ދުވަހެއް ހީވަނީ ގައިން ބައެއް އުނިވެފައިވާހެންނެވެ. ދުވަސްގަނޑެއްފަހުން އޭނާގެ އިންސްޓަގްރާމަށް ޕޯސްޓެއް ކުރީވެސް އެދުވަހުއެވެ. ލާފައިވަނީ ލިއާ ފުރަގަސްދީގެން ކައިލް ގާތު ހުރިއިރު ކައިލް ހިނިތުންވުމެއްގައި ލިއާއަށް ބަލަން ހުރި ތަސްވީރެވެ. ކެޕްޝަނަކަށް ލާފައިވަނީ އިންފިނިޓީ ސިމްބަލްއެވެ. ފަންސާހެއްހާ ކޮމެންޓު އެ ޕޯސްޓަށް ލިބިފައިވާއިރު އިނގިރޭސި ބަހުން ގިނަމީހުން އެންމެ ގިނައިން އަހާފައިވާ ސުވާލަކީ އެ ނަސީބުވެރި އަންހެންކުއްޖަކީ ކާކުތޯއެވެ. ކްލާސް ބައެއް ފިރިހެން ކުދިން ދިމާކޮށްލުމުގެ ގޮތުން އެކި އެއްޗެހި ކިޔާފައި ހުއްޓެވެ. ބައެއް ކުދިން ލިއާގެ ނަން ރަމްޒުކޮށްދޭ އެލް އަކުރު ޖަހާ ކޮމެންޓުކޮށްފައި ވެއެވެ. ކައިރާގެ ކޮމެންޓުގައި ‘މައި ފޭވަރިޓް ޕީޕަލް’ ލިޔެފައިވެއެވެ.
މިހުރިހާ ކަމަކުން ލިއާއަށް ލިބޭ ނުތަނަވަސްކަން ބޮޑުވަމުން ދިޔައެވެ. އަކީލްގެ ނުރުހުން އެކުލެވިގެންވީ ނަޒަރު ލިއާއަށް ހަނދާން ނައްތާނުލެވުނެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ކައިލްއާއި ލިއާއާ އޮތް ގުޅުމާމެދު އަކީލް ނުރުހޭ ކަމުގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކައިލް އާއި އަޅާބަލާއިރު އޭނާއަކީ ބިންމަތީގައިވާ ވެލިފުކަކަށްވުރެވެސް ދަށް މީހެކެވެ. އަލީޝާ ބުނީ ރަނގަޅަށެވެ. އެ އާއިލާއާއި އޭނާއާ އެކަށީގެން ނުވެއެވެ. އަކީލްގެ ބެލުމުން އެރޭ ބުނެދިނީ އެވާހަކައެވެ.
ދަތުރު ދާން އެއް ދުވަހަށް ވީއިރު ގްރޫޕް ތެރޭ މެސެޖުތައް ފުނިޖެހިފައިވެއެވެ. ލިއާ ގްރޫޕް މިއުޓްކޮށްގެން އުޅުނީ މެސެޖުތަކަށް ރިޕްލައި ނުދޭންވެގެންނެވެ. އެދަތުރުގައި ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިލްއާއި ކުރިމަތިލާން ޖެހޭނެތީއެވެ. އޭނާގެ ސިކުނޑީގައި، ކައިލް ދެއްކި ލާރި އަނބުރާ ކައިލްއަށް ރައްދުކުރުމުގެ ވިސްނުންވިއެވެ. ކައިރާ ގުޅުމުންވެސް އޭނާ ފޯނު ނުނަގައެވެ. މި ނޫނީ މިވަރަށްވެސް އޭނާ ކައިރާ ގުޅުމުން ފޯނު ނުނަގާ ނުހުރެއެވެ. ނަމަވެސް މިފަހަރު އޭނާ ގޮތްދޫކުރަން ބޭނުމެއް ނުވިއެވެ.
ކޮޓަރީގައި އެއްޗެހި ތަރުތީބު ކުރުމުގައި އުޅެނިކޮށް ލިއާ ސިހުނީ ދޮރުގައި ޓަކި ޖެހި އަޑު އިވުމުންނެވެ. އަތުގައިހުރި ޓިޝޫފޮށި ބަހައްޓާފައި އޭނާ ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ ޝަރީފާއެވެ. ލިއާ ހޯދަން ބަޔަކު އައިސްތިބިކަމަށްބުނެ ޝަރީފާ އިޝާރަތްކުރީ ބޭރު ދޮރަށެވެ. ލިއާ ބަލާލިވަގުތު ސިހިގެން ދިޔައީ ކައިރާ އާއި އިޝާންގެ މެދުގައި ހުރި ކައިލް ފެނިފައެވެ.
ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވި ހިނދު ލިއާއަށް ކޯތާފަތަށް ހޫނުކަމެއް އިހުސާސްވިއެވެ. އެއާހިލާފަށް ކައިލްގެ ހިތުގައި ފިނި ވައިރޯޅިއެއް ބީހިލިފަދައެވެ. ދުވަސްކޮޅެއްފަހުން ލިއާ ފެނުންހިނދު ގިލަން އެކުލެވިގެންވީ ހިތަށް ހަމަޖެހުން އިހުސާސްވިއެވެ. ލިއާ އޭރު ހުރީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. ކައިލް ފެނުނުހާއިރުން ކައިލް ފޮނުވާފައިވާ މެސެޖްތައް ސިކުނޑީގައި ރޯލްވެލިއެވެ. ބޭއިހްތިޔާރުގައި ލައިގެން ހުރި ގޭތެރޭގައިލާ ކުރު ޓީޝާޓްކޮޅަށް ދަމާލެވުނެވެ. ނުބުނެ އެމީހުން އައީތީ ހިތާހިތާ ލިއާއަށް ކުދިކިޔުނެވެ. ހަމައެވަގުތު ޒަމީރު އަޑުލައިގަތީ އެއީ ލިއާގެ ސަބަބުން ވީކަމެއް ކަމަށެވެ.
“ލިއާގެ ދައްތާ…މިއައީ ލިއާ ފޯނު ނުނަގައިގެން…މިރޭ ފަތިހު ދަތުރު ދާން ފުރަން ޖެހޭ…އެވާހަކަ ބުނަން މިއައީ…” ކައިރާ ކުރިޔަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އޭރު ކޮޓަރިން ބޯދިއްކޮށްގެން ތިބި ޝައުރާއާއި ޝަމްނާ ތިބީ އެސްފިޔަ ޖަހާލަން ހަނދާންނެތިފައެވެ. މުށިކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްގައި ކައިލް ހުރިއިރު ފެންނަނީ ސިހުރުވެރިގޮތަކަށެވެ. އެއްފަހަރު ބަލާލައިފިނަމަ އެހެން ދިމާލަކަށް ނަޒަރުވަކިކޮށްލަން ދަތިވާފަދަ ފިރިހެންވަންތަކަމެކެވެ. ގާތުގައި ޝަރީފާ ހުރިކަން އެ ދެބެން ހަނދާންނެތްފަދައެވެ. ކައިލްއަށް ބަލަން ތިބީ ކަޅިޖަހާނުލައެވެ.
“ކޮން ދަތުރެއް…؟” ކައިރާގެ ވާހަކަ އަޑުއިވިފައި ލިއާއަށް ޝަރީފާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާގެ ވާހަކައިން ދަތުރުގެ ހަބަރު ޝަރީފާއަށް އެނގިފައި ނުވާކަން ދޮރުމަތީ ތިބި ތިން ޒުވާނުންނަށް އެނގުނެވެ. ކަންބޮޑުވެފައިހުރި ލިއާއަށް ބަލާފައި ކައިރާ ލޯ އަޅާލީ ޝަރީފާއަށް ސިއްރުންނެވެ.
“ކްލާސް ހުރިހާ ކުދިން މާދަމާ ދަތުރު ދަނީ…ލިއާވެސް ހިމަނައިގެން ޖާގަ ހަމަޖެއްސީ…ލިއާއަށް ޕޭވެސް ކޮށްފައިވާނީ…” ކައިރާ ލިއާއަށް ބަލަންހުރެ ވާހަކަދެއްކިއެވެ. ޝަރީފާ ޕިސް ޖަހާލުމާއެކު ލިއާއަށް ބަލާލުމާއެކު އެ މޫނުގައިވީ ނުރުހުމެވެ.
“މިހިރަ ދަރިއެއް ދޯ…ދުވަހަކު އެކަހަލަ ކަމެއް އޮތިއްޔާ މަކައިރި ނުބުނާނެ…މިހާރު ބުނެފީމޭ މީހުންނާ ގުޅިގެންވެސް އުޅެންވާނޭ…ލިއާ ތި ދަތުރު ދާނެ…! މާދަން ލިއާ ބަލާ އާދޭ…އެހެންނު ލިއާ…؟!” ވާހަކަ ދައްކަމުން ކައިރާއަށް އިޝާރަތްކޮށް އެއްޗެއް ބުނެފައި ފަހު ޖުމްލަ ޝަރީފާ ބުނެލީ ލިއާއަށް ބަލަމުންނެވެ. އެ ޖުމްލަ ސުވާލެއް ގޮތަށް ނިންމާލިޔަސް ޝަރީފާގެ ހަރުކަށި ނަޒަރު ބުނެދިނީ ލިއާގެ ހިޔާލަކަށް ބޭނުންނުވާކަމެވެ. ލިއާއަށް ބުނާނެއެއްޗެއް ނޭނގުނެވެ.
“ދެ ދުވަސް ވާނީ…” ކައިރާ ބުނެލިއެވެ. އެވަގުތު ޝަރީފާގެ މޫނުގެ ކުލަވަރު ކޮންމެސްވަރަކަށް ބަދަލުވިއެވެ. އެކަމުން ކައިރާ ކަންބޮޑުވިއިރު ލިއާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ފަހަތުގައި ހުރި ކައިލްގެ މޫނުން ނުތަނަވަސްކަން ފާޅުވިއެވެ.
“ރޭގަނޑު މަޑުކުރާ ގޮތަށް ދަންޏާ ތިކަމާ ގޮތެއް ނިންމާކަށް ދައްތައަކަށް ނޭނގޭނެ…! ތިކަމަށް ހުއްދައަށް އެދެން ޖެހޭނީ ލިއާގެ ބައްޕަ ގާތު…” ޝަރީފާ ބުންޏެވެ.
“މިގަޑީ ގުޅާލަންވީނު…؟” ކައިރާއަށްވުރެ ކުރިން ކައިލްގެ އަޑު އިވުނެވެ. ކައިލްގެ އަޑުއަހާލަން ކެތްމަދުވެފައި ތިބި ޝައުރާއާއި ޝަމްނާއަށް މޭގައި އަތްއަޅާލެވުނެވެ. އެ ހަރަކާތް ޝަރީފާއަށް ފާހަގަ ނުވީ ފޯނުން ޝަރީފަށް ގުޅުމުގައި އުޅޭތީއެވެ.
ކުޑަކޮށް ދުރަށް ޖެހިގެން ހުރެ ޝަރީފާ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ޝަމްނާއާއި ޝައުރާ ފިޔަވާ އެހެން އެންމެންގެ ނަޒަރުހުއްޓިފައިވަނީ އޭނާއަށެވެ. އޭރު ލިއާ ހިތާހިތާ ދުޢާކޮށްލާ ހުރީ ބައްޕަ އެ ހުއްދަ ނުދިނުމަށެވެ. މިނެޓެއްހާއިރު ވާހަކަދައްކާފައި ޝަރީފާ އައުމުން ކައިރާ ކެތްމަދުވެފައިހުރެ ގޭތެރެއަށް ވަދެގަނެފިއެވެ. އިޝާންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
“ބައްޕަ ބުނީ އެންމެ ރަނގަޅޭ…!” ލިއާއަށް ބަލާލަމުން ޝަރީފާ ބުންޏެވެ. ލިއާގެ ހިތާހިތާ ރުޅިގަދަވިއެވެ. ބައްޕައަކީ އާއްމުގޮތެއްގައިވެސް އޭނާ އުޅޭނޫޅޭ ގޮތާ އެހާ އަޅާލާމީހަކަށް ނުވާއިރު ބައްޕަ ފަރާތުން އެފަދަކަމަކަށް އުއްމީދުކުރެވުނީވެސް އޭނާގެ މޮޔަކަމުންނެވެ. އޭރު ކައިލްގެ ތުންފަތްމަތިން ކާމިޔާބުގެ ހިނިތުންވުން ފެންނަމުންދިޔައެވެ. ކައިރާ ނުހުރެވިގެން ލިއާގައިގަ އޮޅުލައިގަންނަން އުޅެފައިވެސް މަޑުޖެހުނީ ޝަރީފާ ހުރުމުންނެވެ. ބަދަލުގައި އޭނާ ޝަރީފާ ގާތު އެދުނީ ފަތިހު ލިއާ ހޭލެއްވުމަށެވެ. އެމީހުން ލިއާ ބަލާ އަންނާނެކަމަށް ބުންޏެވެ.
“ލިއާއަށް ރަނގަޅަށް ބަލާނަން…!” ކައިލްގެ އަޑުއިވިފައި އެންމެންގެ ނަޒަރު ކައިލްއަށް ހުއްޓުނެވެ. ލިއާގެ ހިތަށް ފިނިވީ އެ ޖުމްލަތަކުގައި ފުން މާނައެއް އެކުލެވިގެންވޭ ހިތް ބުނުމުންނެވެ. ލިބުނު ކާމިޔާބާއެކު ކައިރާ ލިއާގެ އަތުގައި ޖަހާލާފައި ދިޔައީ ގްރޫޕްގައި ކުރާ މެސެޖުތަކަށް ރިޕްލައި ކުރާށޭ ބުނެފައެވެ. ކައިލް އާއި އިޝާންއާއެކު ކައިރާ ހިނގައިގަންނަތަން ބަލަން ލިއާ ދޮރުމަތީ ހުއްޓެވެ. އޭރު ޝަރީފާ ކޮޓަރިއަށް ވަދެއްޖެއެވެ. ލިއާ ބަލަން ހުއްޓާ ކައިލް ހިނގައިގަންނަމުން ފަހަތަށް ބަލާލިއެވެ. ލިއާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. މި އަނދިރީގައި އެ ނޫކުލައިގެ ތޫނު ލޯ އަމާޒުވުމާއެކު ގައިން ހީބިހި ނަގައިގަތްކަހަލައެވެ. އެ ބެލުމުގައިވި ބޭގަރާރުކަން ލިއާއަށް ފާހަގަވެ، ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Alhey dhennn i cant wait for next .. ur my fav author and my favv photographer and and and my favvv everythinggggggggg so farr 😭🩷 next ep whenn …??? Dhen plsssss genesdheeeeba avahah …i cant wait im fr … THIS STORY IS BREATHTAKING 😭🩷 GIRL I LOVE EVERY WORD , EVERY SENTENCE .. UR SO CREATIVE MA SHA ALLAHH🩷💗
Aww thank you so much darling 💗 ilym 💗😘
Marsha Allah vrh vrh reethi…
Vrh furihama describe kohdheefa huri goiii
Vrh interesting story eh…
Hama speechless…
Ladhun maruvanee miohhh…ekani ovegenn🤭😅
When’s next 😭😭
Avahah genesdhehcheyyyy
Can’t wait 😄
Keep it up💗
Maasha allah.
Mi prt vs vrh reethi.
I think akeel is the main villain in the story.
Mihen mibunee cux akeel ulhenee v faadakah
Leaaaaahhhhhhhhhh…… Jus say yes to kyle
Anyways, when nxt???????
OHMYGOD THIZ IS PERFECTION 😍🤩
Alheyy mi Bai ves vrh reethi mashallah ♥️✨ neynge hama bunaane ehccheh ves mi series furihama kamun…well I really love your stories and keep it up and u can do it Inshallah 💪🏻💯✨♥️🥰🥰
Maashaa Allah mi part vx varah varah reethi….
When next?
Kail and Liaa dhuru nukurahcheyyy…
Alheyy Akeel and Rihaan e ulhenee kihineii vegen tha??