Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-21

flower_ Level 1
July 6, 2026 2 Mins Read
0 Comments

*”ނާއިމް ގުޅައިފަ ވަރަށް ގިނައިން އަހާނެ ޒީވާގެ ވާހަކަ. އަބަދުހެން ދައްކަނީ ޒީވާގެ ވާހަކަ. ނާއިމް އަސްލެއް ޒީވާ އަށް ހާދަ އަޅައިލައޭ.” މައިޝާން ބުންޏެވެ. އަހަރެން ގާތައް އައީ ރުޅި އެވެ. ލިޔަން އިން ގަލަން ބާއްވައިފައި މައިޝާން އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލީމެވެ.*

“ދެން މާ ކީއްކުރަންވީ. އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅެމުން މަގޭ ވާހަކަ ދައްކަނީ އޭ ބުނީމަ މަ ވީ އުފާ ވަންތަ؟ ހަގީގަތެއް ބުނަންޏާ އެއަންހެންކުއްޖާ އާއި ދޭތެރޭ ހަމްދަރުދީ ވެވެނީ.” އަހަރެން އަނެއްކާ ވެސް ލިޔަން ފެށީމެވެ.

“އެއީ؟ އެކުއްޖާ ކީއްކުރީ؟”

“އެކުއްޖާގެ ކުށެއް ކޮބާ؟ ނާއިމް އައް އެކުއްޖާ އާއި ދޭތެރޭ ލޯޔަލް ނުވެވޭ ކަމެއްނު އިނގެނީ.” އަހަރެން އަނެއްކާ ވެސް ލިޔުން ހުއްޓައިލީމެވެ.

“ޒީވާ ދެކެ އަދިވެސް ލައިކް ވާތީ އޭ އޭނަ އަށް ޒީވާގެ ވާހަކަ ދެއްކެނީ. އޭނަ އެކުއްޖާ އަށް ރައްޓެހިވީ މޫވް އޮން ކުރަން. އެކަމަކު އަބަދު ޒީވާގެ ވާހަކަ ނޫން ވާހަކައެއް ނުދެއްކެ. މާ ބުނީމޭ ތިވަރުން ކިހިނެއްހޭ މޫވް އޮން ކުރާނީ. ބުނީމަ ބުނެލީ ހަމަ ޒީވާ މަތިން ހަނދާންވަނީއޭ. ޒީވާ އާއި ދޭތެރޭ ވިސްނެނީއޭ.” މައިޝާން ކިޔަމުން ދިޔައެވެ.

“އޯކޭ. ފޮނި ވާހަކަ ދެއްކިއްޖެއްނު. ދެން މިތަނުން ދޭ. މަ ކުރަން ވަރަށް ބައިވަރު މަސައްކަތް އެބަހުރި.” އަހަރެން އަނެއްކާ ވެސް ފިލާވަޅު ހަދަން ފަށަމުން ބުނީމެވެ.

“އޯކޭ. އޯކޭ. ޗިލް. މިދަނީ އޭ. އެކަމަކު މާ ބުނާނީ ޒީވާ އަދި ނާއިމް އަށް ޗާންސެއް ދޭށޭ.” މައިޝާން ދާކަށް ނޫޅުނެވެ.

“ކަލޭ އަމިއްލަ އަަށް ރީތިކޮށް ދާނީހޭ ނޫނީ މަ ކަލޭ މިތަނުން ފޮނުވައިލާނީހޭ؟” އަހަރެން ލިޔުން ހުއްޓައި ނުލާ އިނދެ ބުނީމެވެ. މައިޝާން ތެދުވި އެވެ.

“ހާދަހާ ރުޅި އެއް. މަ ނުގޮއްސިއްޔާ ކަލޭ ކީއްކުރާނީ؟” މައިޝާން ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަށެވެ.

އައިސްފައި ހުރި ރުޅީގައި އަހަރެން ދެވަނަ ވިސްނުމެއް ނުވިސްނުނެވެ. ބެންޗުން ތެދުވި ގޮތައް އަތް މުއްކަވައި ޖަހައިލެވުނީ މައިޝާންގެ މޫނުމަތީގަ އެވެ. ދެވަނަ ސިކުންތުގައި އަހަރެންނަށް ކުރެވުނު ކަންތަކުގެ ސަބަބުން އަމިއްލަ އަށް ވެސް ސިހުނެވެ.

މަންޒަރު ފެނި ދުރުގައި ތިބި ކުދިންތަކެއް ދުވެފައި އައެވެ. އިސާހިތަކު ޓީޗަރުންނާއި ދަރިވަރުން ޖަމާވެއްޖެ އެވެ. މައިޝާން އަށް ދޭންޖެހޭ ފަރުވާ ދިނުމަށް ފަހު އަހަރެންނާއި މައިޝާން ޕްރިންސިޕަލްގެ އޮފީހަށް ގެންދެވުނެވެ.

“މީ އެއްވެސް ވަރަކަށް ސްކޫލް ހޯލް ގައި ބަލައިގަނެވޭނެ އަމަލެއް ނޫން. އަސްލު ބެލެނިވެރިން ވެސް ގެނެވެން ޖެހޭނެ. އެކަމަކު ސަރ ފުރަތަމަ ބޭނުންވަނީ ޒީވާ އާއި ސުވާލު ކޮއްލަން.” ޕްރިންސިޕަލް ގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. “އަންހެން ކުއްޖެއްގެ ފަރާތުން އެއްވެސް ވަރަކަށް އުންމީދު ކުރެވޭ ކަމެއް ނޫން މިއީ. އަދި އަމުދުން ޒީވާ ފަދަ އަހުލާގު ރަނގަޅު ސްކޫލް ސީނިއަރ ދަރިވަރެއް. ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން. ޒީވާ ކީއްވެ ކުރި ކަމެއް؟”

“މައިޝާން އަޅުގަނޑައް އުނދަގޫ ކުރީ. ރީތިކޮށް ދާށޭ ބުނީމާ ވެސް ނުދިޔަ. އެހެންވެ އަޅުގަނޑު ގާތައް ރުޅި އައީ.” ފަސްޖެހުމެއް ނެތި އަހަރެން ބުނީމެވެ.

“ޒީވާ އާއި މައިޝާން އަކީ އެއް ކުލާހެއްގެ ދެކުދިންނެށް ނޫން. ދެން އެހެން ވީއިރު ކުލާސްތައް ކުރިއަށް ދާ ގަޑީގައި ޒީވާ އާއި މައިޝާން ދިމާވީ ކިހިނެއް؟” ޕްރިންސިޕަލް އަނެއް ސުވާލު ކޮއްލި އެވެ.

“އަޅުގަނޑައް ހުސްގަނޑި އެއް. އަޅުގަނޑު އިނީ ބެންޗުގަ ފިލާވަޅު ހަދަން. އެހެން ހުއްޓަ މައިޝާން އައީ.”

“އެއީ ތެދެއްތަ މައިޝާން؟ މައިޝާން ކީއްވެ ޒީވާ ކައިރި އައް ދިޔައީ؟”

“އަޅުގަނޑު ސްޓާފް ރޫމް އިން ނުކުމެގެން ކުލާހަށް ދަނިކޮއް ޒީވާ ފެނުނީމަ ވާހަކަ ދައްކާލަން ދިޔައީ.”

“އެންމެ ރަނގަޅު. ޒީވާ ތިބުނީ މައިޝާން އުނދަގޫ ކުރީއޭ. ކައިރީ ކުލާސް ތަކުގައި ޓީޗަރުން ތިބި. ޓީޗަރުންގެ ފަރާތުން އެހީ ހޯދޭނެ. ނޫނީ ލީޑިން ޓީޗަރުން ތިބޭނެ. ލީޑިން ޓީޗަރުން ކައިރި އަށް ދިއުމުން ވެސް އެހީވާނެ. މިގޮތައް އަމިއްލަ އަށް ފިޔަވަޅު އެޅުމަކީ ރަނގަޅުކަމެއް ނޫން.” ޕްރިންސިޕަލް ނަސޭހަތް ދިނެވެ.

“ސަރ. އަޅުގަނޑު އެއްޗެއް ބުނެލިއަސް އެންމެ ރަނގަޅުތޯ؟” އަހަރެން އަހައިލީމެވެ.

“އެންމެ ރަނގަޅު. ޒީވާ ބުނަން ބޭނުންވާ އެއްޗެއް އަވަހައް ބުނޭ. ސަރ ކައިރީ އެއްވެސް ވާހަކައެއް ދައްކަން ފަސްނުޖެހޭތި.”

“އަޅުގަނޑު މިވާހަކަ ދައްކަނީ ހަމަ އެކަނި އަޅުގަނޑުގެ ދިފާއުގައެއް ނޫން. ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންގެ ހައިސިއްޔަތުން ހުރިހައި ދަރިވަރުންގެ ފަރާތުން. ހަގީގަތައް ބުނަންޏާ ކުއްޖަކު އުނދަގޫ ކުރާތި ޓީޗަރެއްގެ ކައިރިއަށް ނުވެތަ ލީޑިން ޓީޗަރުއެއްގެ ކައިރިއަށް ދިޔަކަމުގައި ވިޔަސް އެދެވިގެންވާ އެހީތެރިކަމެއް ނުލިބޭ.” އަހަރެން ކެރިހުރެ ބުނީމެވެ.

“ޒީވާ ކީކޭ ބުނަން ތިއުޅެނީ؟ ޓީޗަރުންގެ ކައިރިން ލީޑިން ޓީޗަރުންގެ ކައިރިއަށް ދިޔައީމަ ދަރިވަރުންނަށް އެހީވެދޭނެ. ދަރިވަރުން ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައު ފިޔަވަޅުއެނެ.” ޕްރިންސިޕަލް ހައިރާން ވެފައި ބުންޏެވެ.

“ސަރ. އަޅުގަނޑައް ހީވަނީ ޒީވާ އެދައްކަނީ ރަނގަޅު ވާހަކަ އެއްހެން. ޒީވާގެ ވާހަކަ ފުރިހަމަކޮއްލަން ފުރުސަތެއް ދެއްވާ.” މައިޝާން ބުންޏެވެ.

ـނުނިމޭـ

Share Article

Follow Me Written By

flower_

Level 1

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 20

Next

އެހެން ދުނިޔެއެއް؟ – 8

Next
July 6, 2026

އެހެން ދުނިޔެއެއް؟ – 8

Previews
July 6, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 20



All Right Reserved!