ދަތުރު-20
*”ނާއިމް. އަހަރެން މިކުރީ އެންމެ ސުވާލެކޭ. ވައި އާރ ޔޫ މޭކިންގ އަ ބިގް ޑީލް އައުޓް އޮފް އިޓް. އަހަރެން ދެރަވެދާނެތީ ނުބުނަން ނުހުރެބަލަ. ތިހެން ހެދީމަ މާ ބޮޑައް ދެރަ ވެއޭ.” އަހަރެންގެ ލޮލައް ކަރުނަ ޖަމާވި އެވެ.*
“އަހަރެން ވެސް ބޭނުމެއް ނޫނޭ ޒީވާ ދެރަކުރާކަށް.”
“ދެން ޓެލް މީ. ޑޫ ޔޫ ސްޓިލް ލައިކް މީ؟”
“”އައި ޑޯންޓް ނޯރ.”
“ވަޓް ޑޫ ޔޫ މީން ބައި ދެޓް؟” ނާއިމް ޖަވާބެއް ނުދިނެވެ. “ނާއިމް ސޭ ސަމްތިންގ. ޖަވާބެއް ދީބަލަ.”
“އައި ޑޯންޓް ނޯރ. އޯކޭ. އައި ޑޯންޓް ނޯރ!” މިހެން ބުނި ގޮތައް ނާއިމް ދިޔަ އެވެ.
ނާއިމް ދިޔަތަން ބަލަން ހުރެފައި އަހަރެން ދޮންތަމެން ކައިރިއަށް ދިޔައީމެވެ.
“ކިހިނެއްވީ؟ ކޮބާ ނާއިމް؟” އަހަރެން އެމީހުން ކައިރި އަށް ދިއުމާއިއެކު އައިނީ އަހައިލި އެވެ. އަދި ނާއިމް އަށް ހޯދައިލި އެވެ.
“ގޮއްސި” އަހަރެން ބުނެލީ ހަމަ އެކަނި އެހެންނެވެ.
“ބްރޭކް އަޕް ވީ؟” އައިނީ އަނެއްކާ ވެސް އެހި އެވެ. އަހަރެންނަށް ބަލައިލެވުނީ ދުރެވެ.
“ޒީވާ! ބުނެބަލަ ކިހިނެއްތަ ވީ؟ ބްރޭކް އަޕް ވީތަ؟” ނުހާ އައިސް އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
އެންމެން އަހަރެން ވަށައިލައިގެން ތިބެ އެކި ސުވާލު ކުރަމުންދިޔަ އެވެ. އުނދަގޫވާ ވަރަށެވެ.
“ނޭނގެ މަށަކަށް. ނާއިމް ވާހަކަ އެއް ނުދެއްކި. ދެން ނޭނގެ މަށަކަށް ހަދަންވީ ގޮތެއް.” އަހަރެން ބުނެލީމެވެ. އެންމެން ހިމޭންވި އެވެ.
“އޯކޭ. އޯކޭ. އެންމެން ހަމަޖެހޭ. ޒީވާ ވެސް ހަމަޖެހިލާ ފުރަތަމަ.” ކުޑަބެ ބުނެލި އެވެ.
އަހަރެން ގޮސް މަޑުކޮއްލީ ތަންކޮޅެއް ދުރުގަ އެވެ. ރޮވޭ ގޮތް ވާތީއެވެ. އަމިއްލަ މީހާ ހަމައަކައް އެޅުވޭތޯ މަސައްކަތް ކުރަންފެށީމެވެ.
“އަސްލު ކިހިނެއްވީ؟ ނާއިމް ކީކޭ ކީ؟” އިރުކޮޅަކުން ކުޑަބެ އަހަރެން ކައިރިއަށް އައިސް އަހައިލި އެވެ.
“ނޭނގެ ބުނަން އުޅޭ އެއްޗެއް. އަދިވެސް ލައިކުވެހޭ އެހިމަ ބުނި ނޭނގެއޭ.” އަހަރެން ނުރޯން މަސައްކަތް ކުރަމުން ކިޔައިދިނީމެވެ.
“ބޭނުމެއް ނުވޭ މިހެން ބުނާކަށް. އެކަމަކު ވެސް ތީގެ މާނަ އަކީ ނާއިމް މިހާރު ޒީވާ ދެކެ ލައިކް ނުވަނީއޭ. އޮރ ކުރިން ވާވަރަށް ނުވަނީއޭ. މާނަ އަކީ ފީލިންގސް ލޫޒް ވަނީއޭ.” ކުޑަބެ ބުންޏެވެ. އަހަރެން ހައިރާންނެއް ނުވި އެވެ. ސަބަބަކީ އެއީ އަހަރެންނަށް ވެސް މިހާރު ގަބޫލު ކުރެވޭ ގޮތް ކަމުގައި ވާތީ އެވެ.
“އެންމެ ރަނގަޅު ވާނީ ނާއިމް ބޭނުންވާ ގޮތެއް ބަލަން މަޑުނުކޮށް ޒީވާ އަމިއްލަ އަށް ނިންމައިލިއްޔާ.” ކުޑަބެ އެހެން ބުނުމުން އަހަރެންގެ ދެލޯ ބޮޑުވި އެވެ. “ކުރަން ފަސޭހަވީމައެއް ނޫނޭ މިބުނީކީއެއް. އެކަމަކު ވެސް އެންމެ ރަނގަޅުވާނީ އެގޮތް.”
އެގޮތައް ހަފްތާ އެއް ފާއިތުވެ ދިޔަ އެވެ. ކުޑަބެ ބުނިކަން ތަކާއި ދޭތެރޭގައި އަހަރެން ވަރަށް ވިސްނީމެވެ.
“އަހަރެން ބޭނުމީ މިގުޅުން ނިންމާލަން.” އަހަރެން މެސެޖެއް ލިޔެލާފައި ނާއިމް އަށް ފޮނުވައި ލީމެވެ.
“އޯކޭ. ޒީވާ ބޭނުން ގޮތެއް.” އިރުކޮޅެއް ފަހުން ނާއިމްގެ ޖަވާބެއް އައެވެ.
“އެންމެ ފަހު ފަހަރަށް ނަމަވިއަސް އަހަރެން ކުރާ ސުވާލައް ޖަވާބު ދީފާނަންތަ؟” ނާހަން ހުރެފައި ވެސް އަހަރެން އަހައިލިމެވެ.
ނާއިމް ހަމަ އެކަނި “ހިމް” އޭ ބުނެލީ އެވެ.
“ޑޫ ޔޫ ސްޓިލް ހޭވް ފީލިންގސް ފޯ މީ؟”
“”އިޓް ޑަޒަންޓް މެޓަރ ނައު.” ނާއިމް ބުނެލީ އެހެންނެވެ. އަހަރެންގެ ހިތް ހީވީ ކުދިކުދިވިހެންނެވެ.
ދުވަސްތަކެއް ފަހުން ނާއިމް ސްކޫލް ނިމި މާލެ ބަދަލު ވި އެވެ. އަހަރެން ވެސް އަހަރެން ގެ ދިރިއުޅުމާއިގެން ކުރި އަށް ދެވޭތޯ ބެލީމެވެ.
ނާއިމް މާލެ ބަދަލުވިތާ މާކަށް ގިނަ ދުވަސްތަކެއް ނުވެ ލިބުނު ހަބަރުން އަހަރެންގެ ހިތް ފަޅައިގެން ދިޔަ އެވެ. އޭނާ އެހެން އަންހެން ކުއްޖަކާ ރައްޓެހިވީ އެވެ. އެކި ކުދިންގެ ފަރާތުން އަހަރެންނަށް އެދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ވެސް ލިބެއެވެ.
އެއްދުވަހެވެ. ހުސް ގަޑިއެއް ލިބުމުން އަހަރެން އިނީ ބެންޗެއްގައި ފިލާވަޅުތައް ހަދާށެވެ. އެހެން އިންދައި ކުރިމަތީ އައިސް އިށީނީ މައިޝާން އެވެ. މައިޝާން އަކީ އަހަރެންނަށް ވުރެ އެއް އަހަރު ބޮޑު ކުއްޖެކެވެ.
“ނާއިމް އެހެން އުޅުނަސް އަސްލު އަދި ވެސް ލައިކް ވަނީ ޒީވާ ދެކެ.” މައިޝާން ބުންޏެވެ. އަހަރެން އަޅައިވެސް ނުލާ ލިޔަމުންދިޔައީމެވެ.
“އަހަރެންނަށް އެނގޭ ޒީވާ ވެސް އަދި ވެސް ނާއިމް ދެކެ ލައިކް ވާކަން.” ދެން ވެސް ވާހަކަ ދެއްކީ މައިޝާން އެވެ.
“އަހަރެން ނުބުނަމެއްނު ނުވެއެކޭއެއް.” އިން ގޮތައް އިނދެ އަހަރެން ބުނީމެވެ.
“ނާއިމް ގުޅައިފަ ވަރަށް ގިނައިން އަހާނެ ޒީވާގެ ވާހަކަ. އަބަދުހެން ދައްކަނީ ޒީވާގެ ވާހަކަ. ނާއިމް އަސްލެއް ޒީވާ އަށް ހާދަ އަޅައިލައޭ.” މައިޝާން ބުންޏެވެ. އަހަރެން ގާތައް އައީ ރުޅި އެވެ. ލިޔަން އިން ގަލަން ބާއްވައިފައި މައިޝާން އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލީމެވެ.
ـނުނިމޭـ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Varhreethi