“މިންހާ ގެއަށް ވަން އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. މިންހާގެ އިސްތަށިގަނޑު ވަނީ ކުޑަކޮށް ތެމިފައެވެ. މަޑުމަޑުން ހިގައިފައި މިންހާ ކޮޓަރިއަށް ވަންނަން ދިޔައެވެ.* “ކޮންތާކުން؟” ފަހަތުން އިވުނީ ރީހާންގެ އަޑެވެ. މިންހާ ސިހިފައި މަޑުމަޑުން އެނބުރުނެވެ. އޭރު ރީހާން ހުރީ ދެބުމަ ގޮއްޖަގައިލައިގެންނެވެ. “ބޭރުން.” މިންހާ މަޑުމަޑުން ބުންޏެވެ. “ގަޑިން ވީއިރެއް އެނގޭތަ؟” “ދެއެއް ޖަހަނީ.” ބަސްއަހާ ކުޑަކުއްޖެއް ފަދައިން މިންހާ ޖަވާބުދިނެވެ. “މިހާ ލަސްވަންދެން ކޮންތާކު އުޅުނީ؟” […]
*”ކޮންތާކަށް ތިދަނީ؟” އަދިޔަން އައިސް މާޔާ ކައިރިއަށް ހުއްޓިލަމުން އެހިއެވެ. އޭރު ވެސް މާޔާ އަށް ހުރެވުނީ ކަޅި ޖަހައި ނުލައި އަދިޔަން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.* “މާޔާ؟ އަރ ޔޫ އޯކޭ؟” މާޔާ ޖަވާބެއް ނުދީ ހުންނަން ފެށުމުން އަދިޔަން އަހައިލި އެވެ. “ޔަރ…މީ…ހިނގާލަން މިދަނީ.” މާޔާ އަވަސް އަވަހަށް ދުރަށް ބަލައިލަމުން ބުންޏެވެ. “އެކަނިތަ؟” “ހިމް. އެކަނި.” އޭރު މާޔާގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެހެންނެވެ. “ކީއްވެ އެކަނި؟ އެކުގައި ދާނެ މީހަކު […]
“ދަރިފުޅަށް ޓަކައި މަންމަ ވަރަށް އުފާ ކުރަން. އެކަމަކު…ދަރިފުޅު ހަނދާންނައްތައި ނުލާތި އަމްޝާގެ އާއިލާ އެއީ ކޮންކަހަލަ އާއިލާ އެއްކަން.” ވިސްނައިދޭ ރާގެއްގައި އައިޝާ ބުންޏެވެ. *2 ވަނަ ޕާޓް* “މަންމާ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެއެއްނު.” އައިމަން ވެސް އޭނާގެ މަންމަ އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. “ރަނގަޅު. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ. ދަރިފުޅަށް ނޭނގުނަސް މަންމަ އަށް އެނގޭ އަމްޝާގެ ބައްޕަ އަކީ ކޮންކަލަ މީހެއްކަން. އެމީހުން އަހަރެމެން ފަދަ ދެރަ ނިކަމެތިންނާއި […]
ނޯޓް: ބައިވެރިޔާ-4 ވަނަ ބަޔާއި ހަމައަށް davil__09__ އިން ކިޔާލެވޭނެ. ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ މައިޝާގެ މަންމަ އެނބުރި ރާއްޖެ އަންނަ ދުވަހެވެ. ދަބު ކުލައިގެ އަތް ދިގު ހެދުމަކާއި ކަޅު ޖީންސެއް ގައި މައިޝާ ވަރަށް ލޯތްބެވެ. އޭނާގެ މަޑު ފިޔާތޮށި ތުންފަތް މަތީގައި ވަނީ ލޯބި ލޯބި ހިނތުންވުމެކެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކަޅު ކުލައިގެ ފަހަރަކުން އައްސާލެވިފައެވެ. މާގިނަ އިރުތަކެއް ނުވެ މައިޝާގެ މަންމަ އައެވެ. އެމީހުން އަވަހަށް ދިޔައީ ގެއަށެވެ. […]
ސްކޫލު ނިމިގެން ކުދިން ނިކުން ގަޑި އެވެ. ކުދިން ގުރޫޕު ހަދައިފައި ގެއާއި ދިމާލައް މިސްރާބު ޖެހި އެވެ. އަމްޝާ އާއި އައިމަން ދިޔައީ އެކުގައެވެ. މީ އެދެކުދިންގެ އާދައެކެވެ. “އައިމަން. އަހަރެން ދިން ޗޮކޮލެޓް އަމްޝާ އަށް ދިނީ ކީއްވެތަ؟ އެއީ އަހަރެން އައިމަން އަށް ދިން އެއްޗެއް.” އައިމަން އާއި އެއްވަރު ކުރަމުން އުސްރާ ބުންޏެވެ. “އައިމަން އެށް ނުކާނެ އުސްރާ ދެ އެއްޗެއް.” އަމްޝާ މަލާމަތުގެ ރާގަކަށް ބުންޏެވެ. “އަހަރެން އަމްޝާ އަކާ […]
*ނާއިލް އައިޒާ އަށް އޭނާ އާއި މިންހާ އާއި ދެމެދު ދެކެވުނު ވާހަކަތައް ކިޔައިދިނެވެ.* “ނާއިލް އަށް އެއްވެސް ވަރަކަށް ރިއަލައިޒް ވިތަ އެގޮތަށް ކަންތަށް ކުރެވޭކަން؟” ވިސްނަން ހުރެފައި އައިޒާ އެހިއެވެ. “ކޮންމެވެސް ވަރަށް. ހިތަށް އަރާ މިން އަށް ހަރޓް ވެދާނޭ. އެކަމަކު އަހަރެންނަށް ބުނެވޭ އެއްޗަކުން މިން އަށް މާ ބޮޑަށް ހަރޓް ވެދާނެތީ ވާހަކަ ނުދައްކާ ހުންނަނީ.” “ދޮންބެދައްތަ ބުނާ ގޮތް ހަދާ ދެން. މިން އާއި ވާހަކަ ދައްކައިގެން ކަންކަން […]
*އެރޭ އެދެމީހުންގެ ދެމެދު މާގިނަ ވާހަކަ ތަކެއް ނުދެކެވެއެވެ. އެދެމީހުންގެ މެދުގައި ފާޑެއްގެ ހިމޭން ކަމެއް އުފެދިފައި ވިއެވެ.* “ރުޅި އައިސްފަތަ؟” ގެއަށް ވަނުމުގެ ކުރިން މިންހާ އަހައިލި އެވެ. “ނޫން. ކޮންކަމަކާ؟” “އަހަރެން ދާތީ.” މިންހާ މަޑުމަޑުން ބުންޏެވެ. “ކީއްވެ ރުޅި އަންނަންވީ. މިން އަށް މީއެންމެ ރަނގަޅު ގޮތްހެން ހީވަންޔާ އެގޮތަށް ކަންތަށް ކުރޭ. އަހަރެންނަށް އަންޑަސްޓޭންޑް ވޭ.” “އޯކޭ. ގުޑް ނައިޓް.” “ގުޑް ނައިޓް.” ނާއިލް ދިޔައެވެ. ނާއިލް ދިޔަ ދިމާލަށް ބަލަން […]
*”ހިމް. ދެން ކިހިނެއް އެތަން ބަލަން އެނގުނީ ކުއްލިއަކަށް؟”* “ދެރެއެއް ކުރިން ފޯނެއް އައި. އަންހެނެއް. ބުނީ އޭނާގެ ގޭގަ އެބަހުއްޓޭ ޓްރަގްސް. ބަލަން ދާ ވާހަކަ ބުނީމަ ބުނީ އޭނާގެ ފިރިމީހަ އެ ހިފައިގެން ގޮއްސިއޭ. ހަމަ އޭނަ ގެއިން ނުކިތީރަށޯ މިގުޅީ. އެރެއިން އެރެއަށް ހޯދަން ފަށައިފިން.” “ނަސީބެއްނު އެމީހާ ވެސް އެންގިކަން. އެހެން ނޫންނަމަ އަދި ވެސް ނޭނގެނެ. ކޮންނަމެއް ކިޔަނީ؟” “ރަނާ” ނައުޝާން ބުނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ރީހާންގެ ސިކުނޑީގައި […]
*”ޕޮލިހުން މިހާރު އެބަ މަސައްކަތް ކުރޭ ކާކުތޯ ހޯދަން. މާދަން ހެނދުނު އަންނާނެ މިންގެ ބަޔާން ނަގަން. އެއްވެސް ކަމެއް ނުފޮރުވާތި. ހުރިހާ ވާހަކަ އެއް ބުނާތި. މިންގެ ވެސް ފުލް ކޯޕަރޭޝަން ބޭނުން ވާނެ.” ރީހާން ސީރިއެސް ވެލިއެވެ.* “އޯކޭ. ދެން ގޮސްލީއޭ. މާދަން ހެނދުނު އަންނާނަން.” މިންހާ ނުކުމެގެން ދިޔައެވެ. ހެނދުނު މިންހާ ހޮސްޕިޓަލަށް ދާން ނުކުތެވެ. ގޭތެރޭގައި އެކަކު ވެސް ފެންނާކަށް ނެތެވެ. ރިޝްފާ އާއި ރައުފާހެ އިތުރުން ރަނާ ބަދިގޭގައި އުޅޭ […]