Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 20

ދެމީހުން ލޯބީގެ މާބަގީޗާގެ ތެރޭގައި ފީނަމުން ދިޔައިރު ކަމެއް ގޯސް ވެގެން އުޅޭ ކަމުގެ ހިލަމެއްވެސް އޭރު ނުވެއެވެ.

………….

 

“ތީދޯ ކަލޭމެން ގަންނަ ގަނޑަކީ މިއޮށްފަދަ ގަޑީގަވެސް.” ދެމީހުން ސިހިގެން ދިޔައީ ކުއްލިއަކަށް އެދިމާއަށް އަލިވުމުންނެވެ. ޔަޝްމީ ވަގުތުން ޝަޔާލްގެ ގައިގައި އަޅާ ކޮށްޕާލަން އުޅުނެވެ. ނަމަވެސް ޝަޔާލް ދެންވެސް ޔަޝްމީ އޭނާ އާއި އިތުރަށް ގާތްކޮށްލީއެވެ. “ދެން ޝަޔާލްލްލް!” ޔަޝްމީ ޝަޔާލްގެ މޭގައި ޖަހާލިއެވެ. ހެމުން އެންމެފަހުން ޝަޔާލް ޔަޝްމީގެ ގައިން ދޫކޮށްލިއެވެ.

“ދާން ހިނގާ. ވިޝާލް އެބައުޅޭ ބޮލަށް އިބިލީސް ސަވާރުވެގެން.” އެޒުވާނާ، ހިޝާމް އެދެމީހުނަށް ބުނެލިއެވެ. އަދި ތިން މީހުން އެއްކޮށް ހިނގައިގަތެވެ.

ވިޝާލްގެ ކޮޓަރިއަށް ގޮސް ވަންއިރު އެތާ ތެރޭގައި ހުރީ އުށްބައްތި ޖައްސާފައެވެ. ވިޝާލް އޭނާގެ ބޮލުގައި ބޮޑު ހުދުފޮތިގަނޑެއް އަޅައިގެން މުޅިތާގައި އެނބުރެނީއެވެ.

 

“ވަޓް ދި ފަ*؟” ޔަޝްމީއަށް ބުނެވުނީ އެހެނެވެ. ވެގެން އުޅޭގޮތް ރޭކާލީ އެހިސާބުންނެވެ. އޭނާ ވަގުތުން ވިޝާލްގެ ފަހަތުން ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ޝަޔާލް ހުށިޔާރު ކަމާއެކު ޔަޝްމީގެ އުނަގަނޑުގައި ހިފެހެއްޓިއެވެ.

“ދޫކުރޭ، ޝަޔާލް! އައިމް ގޮނަ ކިލް ވިޝާލް ހަމަ އަސްލަށް.”

“ނޮޕް.”

ޝަޔާލް ނޫނެކޭ ބުނުމާއެކު ޔަޝްމީ ފަސް އެނބުރި ބަލާލިއެވެ. “ލެޓް ގޯ.”

“ނޮޕް. ދެޓްސް މައި ފްރެންޑް، ލަވް.”

“ދެން އައިލް ޓޭކް ރިވެންޖް އޮން ޔޫ.” ޔަޝްމީ އޭރު ހުރީ ރުޅި އައިސް ރަތްވެފައެވެ. “ޑޫ ޔުއާ ވޯސްޓް، ލަވް. އައިމް ފައިން ވިތު އިޓް.” ޝަޔާލް ޔަޝްމީއަށް އެއްލޯ މަރާލިއެވެ.

“އޮރް.. ހައު އެބައުޓް އައި ޗޭންޖް މައި އާންސާ ޓު އެ ނޯ؟” ޔަޝްމީ ޝަޔާލާއި ދިމާއަށް އެއްބުމަ އަރުވާލިއެވެ. ވަގުތުން ޝަޔާލް ޔަޝްމީގެ ގައިން އަތް ދޫކޮށްލުމަށްފަހު އަތް މައްޗަށް ނެގިއެވެ. “އައި ސަރެންޑާ.”

ބަލާކަށް ނުހުރެ ޔަޝްމީ ވިޝާލް ފަހައި ދުއްވައިގަތެވެ. އަދި ވިޝާލް ވަރަށް ބާރަށް “ޓްރެއިޓާ!!!!” އޭ ކިޔައި ޝަޔާލަށް ގޮވައިގަތެވެ.

 

ދެމީހުންގެ ހަނގުރާމަ ނިމުނީ އެތަނަށް ހަޔާލާއި، އިޒިކިއަލްގެ އިތުރުން އަދި އެހެން ޒުވާނަކު އައިސް ވަނުމުންނެވެ. ހަޔާލް އެތަނަށް ލާފައި އިޒިކިއަލް އަނެއްކާވެސް ނުކުމެގެން ދިޔައެވެ. އެއާއެކު ވިޝާލް ވެގެން އުޅޭގޮތް ތެދުތެދަށް ކިޔައިދިނެވެ.

ޔަޝްމީގެ މަންމަމެނަށް އެރޭ ނާދެވޭނެ ކަމަށް ބުނުމުން އެމީހުން ޔަޝްމީމެން ބިރުދައްކާލަން ވެގެން ކަރަންޓު ކަނޑާލީއެވެ. ބަދިގެއިން ފެނުނު ދަން ޖެހިފަ ހުރި މީހާ އާއި ބެހޭގޮތުން ހަޔާލް ސުވާލު ކުރުމުން ޝަޔާލްމެން ބުނީ އެއީ ކަންނެޔޮލެއްގައި ރަތް ކުލަ ކާތާފައި ހުދު ފޮތިގަނޑެއް ބަނދެފައި، ބޯޅައެއްގައި މާސްކެއް އަޅުވާފައި، ވިގެއް އަޅުވާފައި ކަމަށެވެ. އެކުދިން އެ އެތި ފެނުމުން ދުއްވައިގަތް ވާހަކަ ބުނުމުން ވިޝާލް ގާތަށް ވަރަށް ހިނިއައެވެ. އަދި މިހުރިހާ ކަމެއްގެ އެންމެ ބޮޑު މާސްޓަ މައިންޑަކީ ވެސް ވިޝާލް ކަން އެނގުނެވެ. ނަމަވެސް އިޒިކިއަލް އެކަމާ ދެކޮޅެވެ. އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ކަން ވެސް އެނގުނެވެ.

 

“އޭތް! ކަލޭމެން ވާހަކައިގައި ތިބެން ވީކީ ނޫނޭ. ކޮބާ ޒިވްޔާ؟” ކުއްލިއަކަށް އިޒިކިއަލް ވަދެގެން އައިސް ވަރަށް ބާރަށް ބުންޏެވެ. އިޒިކިއަލްގެ އަޑު ބާރު ކަމުން އެންމެން ދިޔައީ ސިހިގެނެވެ. “ބަލަ ކަލޭ ގާތު ނޫންތަ ބުނީ ޒިވްޔާ ހޯދަން؟” ވިޝާލް އެނދުމަތީގައި އިށީނދެލަމުން ބުނެލިއެވެ.

“ނުފެނުނީމަ ނޫންތަ މަމި އަހަނީ. ހަޔާލް ލާފަ މަ މިދިޔައީ އަނެއްކާވެސް ޒިވްޔާ ހޯދާށޭ. އޭނަ ނެތް އެއްވެސް ދިމާއަކު ފެންނާކަށް.” އިޒިކިއަލް ހާސްވެފައި ހުރި ވަރުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

“ތި ޒިވީ އޮވެދާން އަލަމާރި އަކަށް ވަދެވެސް ބިރުން. އޭނަ ނިކަން ބިރުގަންނާނެ.” ޔަޝްމީ ހިނި އައިސްފައި ބުނެލިއެވެ. “ބަޓް ސްޓިލް.. ހިނގާބަ ޒިވީ ހޯދަން.” ޔަޝްމީ ވެސް ކުޑަކޮށް ހާސްވިއެވެ. ޒިވްޔާ އަކީ ވަރަށް ބަލި ކުއްޖެކެވެ. އޭނާ އަކީ ‘ކޮންޖެނިޓަލް ހާޓް’ ނަމަކަށް ކިޔާ ހިތުގެ މައްސަލަ ހުންނަ ކުއްޖެކެވެ. ހިތުގެ ސާޖެރީއެއް ކުޑައިރު ހަދާފައި ވީ ނަމަވެސް ސްޓްރެސް ވުމުން އޭނާއަކީ ބަލިވާ ކުއްޖެކެވެ.

“ދެންވެސް ސާކިއުޓް ޖައްސަބަލަ.” އިޒިކިއަލް އަމުރުވެރި ރާގަކަށް ބުނެލިއެވެ.

 

ކަރަންޓު ޖެއްސުމަށްފަހު އެންމެން ވެސް އަވަދި ނެތި އުޅުނީ ޒިވްޔާ ހޯދުމުގައެވެ. ގޭގެ އަލަމާރި ތަކާއި، ބިތްތަކާއި، އެނދުތަކާއި، މޭޒުތަކުގެ އަޑުތަކުންގޮސް ނުބަލާ ތަނެއް ނެތެވެ. ނަމަވެސް އެއިން އެއްވެސް ހިސާބަކުން ޒިވްޔާގެ ހިލަމެއް ނުވިއެވެ. ޒިވްޔާ ހޯދުމަށް ހޭދަވަމުން ދިޔަ ކޮންމެ ސިކުންތަކުން ވެސް އިޒިކިއަލްގެ ރުޅިގަނޑުދިޔައީ އުތުރި އަރަމުންނެވެ.

“މަ އޭރުވެސް ބުނިން ދޯ ތިކަހަލަ މޮޔަ ކަންތައް ނުކުރާށޭ. ކަލޭމެންގެ ސިކުނޑިއެއް ވެސް ނުހުރެޔޭ.”

“ތިވަރު ނުވެބަލަ. ވެދާނެ އެއްނު އެމަންޖެ ބިރުން ގެއަށް ދިޔައީ ކަމަށްވެސް.” ހިޝާމް ބުނެލިއެވެ. އެބަސްތައް ވެގެން ދިޔައީ އިޒިކިއަލްގެ ރުޅީގެ އަލިފާނަށް އެޅިގެން ދިޔަ ދަރަށެވެ. އައި ރުޅީގައި އިޒިކިއަލް ގޮސް ހިޝާމްގެ ގިރުވާނުގައި ހިފައިގަތެވެ. އެންމެފަހުން އެދެމީހުން ދުރުކުރަން ޖެހުނީ ވަރަށް ވެސް ހާލުންނެވެ.

“ޝަޓް. ޔުއަ. މައުތު. އެން ޓްރައި. ޓު. ފައިންޑް. ހާ. އައި ސްވެއަ އިފް އައި ކާންޓް ފައިންޑް ހާ.. އައި ވިލް. ރިޕް. ޔުއަ. މައުތު. އޯޕެން.” އިޒިކިއަލް ހިޝާމްގެ މޭގައި އަޅާ ކޮށްޕާލިއެވެ. އޭރު އިޒިކިއަލަށް ހަމަ ނޭވާ ލެވެނީ ވެސް ކިރިޔާއެވެ.

 

އެންމެފަހުން އެމީހުން ގޭގެ އިންތެރެއަށް ނުކުތެވެ. ޒިވްޔާ އެއިން ތާކުން ނަމަސް ފެނޭތޯއެވެ. ހޯދާ ހޯދާ ނުފެނިގެން ވަރުބަލި ވީ ތަނާ ކުއްލިއަކަށް އިވުނީ ހަޔާލްގެ ހަޅޭކުގެ އަޑެވެ. އެންމެން އަވަސް އަވަހަށް އެދިމާއަށް ދުއްވައިގަތެވެ. ހަޔާލް އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭނާ އޭރުވެސް ހަމަ ހަޅޭލަވަނީއެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭހެނެވެ.

އެދިމާއަށް ދިޔުމާއެކު ފެނުނު މަންޒަރުން ޔަޝްމީގެ މޭގަނޑޫ އަގަޔަށް ނައީ ވެސް ހަމަ ކިރިޔާއެވެ. އޭނާއަށް ވަގުތުން ހުރިތަނަށް ތިރި ވެވުނީ ބޮލަށް އެނބުރުން އަރައިގަތް ހެން ހީވުމުންނެވެ. ހީވީ މީހަކު އޭނާގެ ބޮލުގައި އެތިފަހަރެއް އަޅާލި ހެނެވެ.

އެގޭ ފިނިފެންމާ ބެޑުތެރޭގައި އެހާ އިހާނެތިކޮށް އެއްލާލާފައި އެވަނީ ދެވަނަ ދެމީހެއް ނޫނެވެ. ހަމަ ސީދާ ޒިވްޔާއެވެ. އޭނާގެ ގައިގައި އެއްވެސް އަންނައުނެއް ނެތް އިރު މުޅި ގައިގައި ވަނީ ޒަހަމެވެ. ގައިގެ އެކި ތަންތަންގަނޑުން ނޫފައިގަތްފައި ހުރި އިރު ޒަހަމް ތަކުން ލޭ އަންނަމުން ދިޔައެވެ.

ޔަޝްމީ އަށް އަޑުން އަޑު ނަގައި ރޮވެން ފެށުނެވެ.

 

އިޒިކިއަލްގެ ހާލަކީތޯއެވެ؟ އޭނާއަށް ގަބުއަރާފައި ހުރެވުނީއެވެ. އެފަދަ ރަޙުމުކުޑަ ގޮތަކަށް ޒިވްޔާ އެއްލާލާފައި އޮތްތަން ފެނުމުން އޭނާގެ ލޭކެކިގަތީ އިންތިހާއަށެވެ. އައި ރުޅިންނާއި ހިތުގައި އެޅި ވޭނުން އަތުން ފައިން ގޯހެއް ހެދިދާނެހެން ވެސް ހީވިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްލާފައި އޭނާ އަމިއްލަ ގަމީސް ބޭލުމަށްފަހު ޒިވްޔާ އާއި ދުރަށް ބަލަހައްޓައިގެން ހުރެ ގޮސް އޭނާގެ އެ ގަމީހުން ޒިވްޔާގެ ހަށިގަނޑު ނިވާ ކުރިއެވެ. އަދި އަވަސް އަވަހަށް ޒިވްޔާ އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ދުއްވައިގަތީ ޔަޝްމީ މެންގެ ގޭތެރެއަށެވެ.

“ކޯލް އެ ފަ*ން އެމްބިއުލަންސް!”

މާ ގިނަ އިރެއް ނުވަނީސް އެމްބިއުލަންސް އައެވެ. ހޮސްޕިޓަލަށް ޒިވްޔާ ގެންދެވުމާއެކު ޒިވްޔާގެ މައިންބަފައިންގެ އިތުރުން ފުލުހުން ވެސް ހަރަކާތްތެރިވާން ފެށިއެވެ. ފުލުހުން އެ 7 ޒުވާނުން ކައިރިން ބަޔާން ނެގިއެވެ. އެ 7 ޒުވާނުންނަކީ: ހަޔާލް، ޔަޝްމީ، ވިޝާލް، އިޒިކިއަލް، ދާނިޝް، ޝަޔާލް އަދި ހިޝާމެވެ.

——————

 

ޔަޝްމީ ހުރީ ވަރަށް ވެސް ދެރަވެފައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ކަންތައް ވީގޮތުންނެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އޭނާގެ ސިކުނޑި ހިސޯރު ކުރަނީ އެ މައުސޫމް ޒިވްޔާ އޮތް ހާލެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.

ވިސްނި ވަރަކަށް އޭނާއަށް ރުޅި އާދެވެނީ އަމިއްލަ ނަފްސުދެކެއެވެ. އަޑު ލެވުނީ އަމިއްލަ ނަފްސަށެވެ. އެވަގުތު ބަދިގޭގައި ހުރެފައި ދުއްވައިގަތް އިރު ޒިވްޔާ ދޫކޮށްފައި ނުދެވުން ނަމައެވެ. އޭނާ ޒިވްޔާ ދޫކޮށްނުލިނަމަ މިއަދު މިހެން ނުވީހެވެ. ޒިވްޔާ ހުންނާނީ ހަމަ ހާލުގައެވެ. މިވަގުތު ޔަޝްމީގެ ގާތު އިނދެ ކޮންމެވެސް ކަމަކާ ހޭނީއެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ. ދެން ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ.

ޒިވްޔާ އެއޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އޭނާ ފުރާނަ އާއި ހަނގުރާމު ކުރަން ޖެހުނީ ޔަޝްމީ އޭނާ ދޫކޮށްލީމައެވެ. ޔަޝްމީ ޝަޔާލާއެކު އެ ފޮނި ވަގުތު ހޭދަ ކުރިއިރު ޒިވްޔާ ދިޔައީ މަރަށް ތެޅެމުން ވިއްޔާއެވެ. އެވަގުތު އެފަކީރު ކިހާ ބިރެއް ގަންނާނެ ހެއްޔެވެ؟ ކިހާ ރުއިމެއް ރޯނެ ހެއްޔެވެ؟ ކިހާ އާދޭހެއް ކުރާނެ ހެއްޔެވެ؟

ޒިވްޔާ ހޭލިކަން ޔަޝްމީއަށް އިނގެއެވެ. ނަމަވެސް ޒިވްޔާގެ ކައިރިއަށް ދާކަށް އޭނާ އަކަށް ހަމަ ހިލާ ނުކެރުނެވެ. ލަދުންނެވެ. އަމިއްލަ ނަފްސުދެކެ އައިސް ހުރި ރުޅިންނެވެ. އޭނާ ޒިވްޔާއަށް އަމިއްލަ މޫނު ދައްކާނީ ވެސް ދެން ކިހިނެއް ހެއްޔެވެ.

ދުމްޔާ ޔަޝްމީގެ ފޯނަށް މެސެޖުތައް ކޮށް ޒިވްޔާގެ ހާލު ކިޔައިދެމުން ދިޔައެވެ. ނަމަވެސް އެ މެސެޖުތަކަށް ޖަވާބު ދިނުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

 

ވިޝާލް ސޯފާގައި އިށީނދެގެން އިން އިރު އިނީ ހުއްޓުން އަރާފައެވެ. ހީވަނީ ނޭވާ ލާންވެސް ނުކުޅެދިފައި ވާނޭ ހެނެވެ. ޒިވްޔާ އަކީ އޭނާ އާއި ލޭގެ ގުޅުމެއް ނެތް ނަމަވެސް އޭނާގެ ކޮއްކޮއެކެވެ. އެހެންކަމުން އޭނާ ޖެހި ކޫސަނި ސަކަރާތް މުޅިން ހަރާބުވެ އޭގެ ސަބަބުން އޭނާގެ ކޮއްކޮއަކަށް އެފަދަ ބޮޑު އަނިޔާއެއް ލިބުމުން އޭނާ ބިރުގަތެވެ. ދެރަވިއެވެ. އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ.

އިޒިކިއަލް ބުނީ ތެދެކެވެ. އެފަދަ މޮޔަ ކަމެއް ކޮށްގެން ކޮން ސަކަރާތެއް ޖަހާކަށް ހެއްޔެވެ؟ ލިބުނު ނަތީޖާ ކިހާ ހިތްދަތި ހެއްޔެވެ؟ އޭނާގެ ސަބަބުން ޒިވްޔާގެ ދިރިއުޅުމަށް ކަޅު ހިޔަންޏެއް އެޅުނީއެވެ. އޭނާގެ ދިރިއުޅުން ވެއްޔާއި މޮޑެލެވުނީއެވެ. މައުސޫމް އެއްވެސް ކުށެއް ނެތް އަންހެންކުއްޖެއްގެ ހަޔާތް ކިލަބު ކޮށްލެވިއްޖެއެވެ. އެވެސް އުކުއްޖާގެ އުމުރުގެ އެންމެ ނާޒުކު އަހަރުތަކުގައެވެ.

 

ކިހާ ހިތްދަތި ހެއްޔެވެ؟ އޭނާ އަމިއްލަ ނަފްސަށް މަޢާފު ކުރާނީ ވެސް ކިހިނެއްހެއްޔެވެ؟ ޒިވްޔާގެ ހަނދާންތަކެއް ވެސް ނެތެވެ. އޭނާގެ ކުރިމަތީގައި އެ ހާދިސާގެ ވާހަކަ ދެއްކުން ވެސް މަނަލެވެ. ޒިވްޔާ ކައިރިން މަޢާފަށް އެދެވޭކަށް ވެސް ނެތެވެ. އޭނާ އަކީ ކުށްވެރިޔަކީމެވެ.

 

================================

Hello, my dear readers. I hope you enjoyed my story so far. In this episode, I have revealed Zivya’s heart condition (congenital heart defect). I must admit that I do not know much about this condition. I am writing this by doing some research. But there might still be mistakes, so if there is anything, please do let me know in the comments section.

Once again, I hope you enjoyed this episode.

Thank you so much for your support.

Love,

Shyyyms

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. 🖤

    It’s hayal and hisham right? I feel like it’s them.
    Mi bai varah reethi. Varah dhera vehje zivy ah vee gothun.
    Also I’m changing to #teamIzikial now. How can I hate him after this 😔

  2. ★IFSHAN

    Varah Reethi Mi Part Ves. Mashallah Darling
    Varah Dhera Vehje Zivya ah Vefa Oiy Haalun. Zivya Ah Avas Shifaa Akah Edhen.
    When Next Darling?
    TC

  3. Blood

    Varah reethi mi part when is next episode curiously waiting for the next episode 💖

  4. GURLY....

    i feel bad for zivya if i were her i will hit him or i will bite his hend and run
    i wish that police can find him put him in the jail for his entire life i swear if i were her i will kill him when i feel better i don’t care if i go to jail
    i can literally imagine the scean and again i whis aikan take revenge to that stupid dum crazy guy
    and hama vrh reethi mi prat vx

Comments are closed.