Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 29

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 5, 2026 6 Mins Read
7 Comments

ނޫރީންއާ މެދު ދާނިޝްގެ ވިސްނުން ހުރި ގޮތް އެނގުމުން ނޫރީން ހަގީގަތުގައިވެސް ދެރަވިއެވެ. ނޫރީން ދާނިޝްއާ ގުޅުނީ ކުޅިވަރަކަށް ނޫނެވެ. ފުރަތަމަ ކައިވެނި ރޫޅުމަށް ފަހުވެސް ރީތި ދިރިއުޅުމެއް އުޅެން ބޭނުން ވީތީ، ދާނިޝްވެސް ބޭނުންވީ އެ ގޮތް ކަމުގައި ގަބޫލު ކުރެވުމުން އެ ގުޅުމަށް ފުރުޞަތެއް ދިނީ ފަހުން މި ކަހަލަ ގޮތެއް ވެދާނެ ކަމަކަށް ނޫނެވެ.

“ކޮބާތަ ރީންގެ މައްސަލައަކީ؟ ޝަދާއާ އަޒްޔަން ގުޅުމަށް އާނއެކޭ ނުބުނެވިގެން ތި އުޅެނީ ކީއްވެ؟ އެ ދެމީހުން ގުޅުމަކީ މައްސަލައެއްތަ؟ އަޒްޔަންއާ މެދު ރީންގެ ހިތުގަ ފީލިންގްސް ނުވާނަމަ އެ ދެ މީހުން ގުޅެން ރީން ނުރުހެންވީ ސަބަބެއް ބުނެބަލަ!” ދާނިޝްއަށް ނޫރީން ދެކެ ރުޅި އާދެވުނީ އަޒްޔަންއާ ޝަދާގެ ގުޅުމަށް ނޫރީން ނުރުހޭތީއެވެ.

“ޝަދާއާ ދާނިޝް ވިސްނަނީ އެއް ސިކުނޑިއަކުންތަ؟ އެ ދެމީހުން ރައްޓެހި ވިޔަސް، އިނަސް އަހަންނަށް މައްސަލައެއް ނެތޭ! އަހަރެން އެކަމަކާ ދެކޮޅެއް ނޫނޭ. އަޒްޔަންއޭ ބޭނުން ނުވަނީ ޝަދާއާ ރައްޓެހިވާން.. އަޒްޔަން ބޭނުން ނުވާ ކަމެއް އޭނަ ނުކުރީމަ އޭގަ އަހަރެންގެ ފޯލްޓްއަކީ ކޮބާތަ؟ ދާނިޝްއަށް އެކަން ނުވިސްނެނީތަ؟ ޝަދާ ބޭނުން ވިޔަކަސް އަޒްޔަން ބޭނުން ނުވާ ނަމަ އެ ކަމެއް ނުވާނެ! އަހަރެން ބޭނުން ނުވާތީއެއް ނޫން.. އަޒްޔަން ބޭނުން ނުވާތީ! ސާފު ވެއްޖެތަ؟ ބޭނުން ވާހާ އެއްޗެއް ނުލިބުނީމަ ބޮޑާ ހާކަން ޝަދާއަކީ ކުޑަ ކުއްޖެއްތަ؟ އޭނަ ބޭނުންވާހާ ކަމެއް ނުވާނެ ކަން އޭނައަށް ވިސްނައިދޭން ހުރީ ދާނިޝްއެއް ނޫންތަ؟ މި ވަރުންވެސް މައްސަލައަކީ އަހަރެންތަ؟” ރުޅިއައި ވަރުން ނޫރީންއަށް ވާހަކަ ދެއްކުނީވެސް ބާރަށެވެ.

“އެހެން ވިއްޔާ އަޒްޔަން ދެކެ ލޯތްބެއް ނުވެޔޭ ރީން ބުނެބަލަ!” ދެންވެސް ދާނިޝްއަށް މުހިންމު ވީ ނޫރީންއާ އަޒްޔަންގެ ވާހަކައެވެ.

“އަދިވެސް ތި ވާހަކަތަ ދާނިޝް ދައްކަންވީ؟” ނޫރީންއަށް އަހާލެވުނެވެ.

“ކީއްވެތަ ރީންއަށް އެހެން ނުބުނެވުނީ؟ ދޮންބެ ދެކެ ރީން ލޯބި ވަންޏާ ކީއްވެ އެހެން ނުބުނެވުނީ؟” އެ ވަގުތު އެތަނަށް އައި ޝަދާއަށް ދާނިޝްގެ ވާހަކަ އަޑު އިވުމުން ނޫރީންއަށް ބުންޏެވެ.

“ޝަދާ.. އެއީ އެ ދެމީހުންގެ މައްސަލައެއް. އެ ދޭތެރެއަށް ނުވަދެ ގެއަށް ހިނގާ” ޝަދާގެ ފަހަތުން އައިސް ޝަދާގެ އަތުގައި ހިފަމުން އަޝްދާ ބުންޏެވެ.

“ދާނިޝްއާ ޝަދާއަށް އެއްވެސް ކަމެއް ޕްރޫވް ކޮށްދޭކަށް އަހަންނަކަށް ނުޖެހޭ. އޭރުވެސް އަހަރެން ހިތަށް އެރި ދާނިޝްއަށް އާނއެކޭ ބުނެވުނީ މާ އަވަހަށޭ.. މިހާރު އެކަން ޔަގީން ވެއްޖެ. ދާނިޝްއަށް އަހަންނަށް ޓްރަސްޓް ނުކުރެވެންޏާ މި ގުޅުމެއް ކުރިއަކަށް ނުގެންދެވޭނެ..” ދާނިޝްއަށް ބަލަން ހުރެފައި ނޫރީން އެންމެ ފަހުން ބުނެލިއެވެ.

“ރީން..!” ދާނިޝް ގޮވާލަމުން ނޫރީންއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

“ނޯ! އައި ކާންޓް މެރީ ޔޫ ދާނިޝް..” ނޫރީން ބުންޏެވެ.

“ވަޓް..؟” ދާނިޝްއަށް ގަބޫލެއް ނުކުރެވުނެވެ.

ނޫރީން އިތުރު އެއްޗެއް ނުބުނެ ދާންވެގެން އެނބުރުނެވެ. ނަމަވެސް ދާނިޝް ފަހަތުން އައިސް ނޫރީންގެ އަތުގައި ހިފެހެއްޓިއެވެ. ނޫރީން ދާނިޝްގެ އަތް ފޮޅުވާލަމުން އަނެއްކާވެސް ދާން އުޅުނެވެ. ނަމަވެސް ދެންވެސް ދާނިޝް ނޫރީން ހިފެހެއްޓިއެވެ.

“ދޫކޮށްލާ!” ދާނިޝްއަށް ބަލާލަމުން ނޫރީން ބުންޏެވެ.

ނަމަވެސް ނޫރީންގެ އަޑު ނާހާ ދާނިޝް ނޫރީންގެ ދެ އަތުގައި ހިފާ ގެންގޮސް ފާރުގައި ޖައްސާލިއެވެ.

“ދޮންބޭ..” ދާނިޝްގެ އެ އަމަލުން ހިތްހަމަ ނުޖެހިފައި ހުރެ ގޮވާލަމުން އަޝްދާ ކުރިއަށް ޖެހިލިއެވެ.

“މީ ނޫރީންއާ އަހަރެންގެ ކަމެއް.. ޝަދާ ގޮވައިގެން އަޝްދާ ގެއަށް ދޭ!” ނޫރީންގެ މޫނަށް ބަލަން ހުރެ ދާނިޝް ބުނެލިއެވެ.

“ނޫރީން ދޫކޮށްލާ!” އެ ވަގުތު އެ ތަނަށް އައި ޒާއިން ބުންނެވެ.

ޒާއިން ގާތު ގެއަށް ވަނުމަށް ނޫރީން ބުނުމުން ޒާއިން ވަދެފައި އަޒްޔަންއަށް ގުޅިއެވެ. އެރޭ ކަންތައް ވީ ގޮތް ކިޔާނުދިން ނަމަވެސް ޒާއިން އެދުމުން އަޒްޔަން އަންނަން އެއްބަސްވިއެވެ. އަޒްޔަން އަންނަން ވާ އިރަށް ތިރިއަށް ދާން ނިކުމެފައި ޒާއިން އެ ހިސާބަށް އައީ އެ ތަނުން ނޫރީން ފެނިދާނެ ކަމަކަށް ނޫނެވެ. ރޭގަނޑުގެ އެ ވަގުތުގައި އެ ތަނުގައި އަޑުގަދަވުމުން ބަލާލަން އައި އިރު އެ ތަނުގައި ހިނގަމުން ދިޔަ ހަމަނުޖެހުން ފެނި، ވާނުވާ ނޭނގިފައި ޒާއިންއަށް ބަލަން ހުރެވުނެވެ. ނޫރީންއާ ދާނިޝްގެ މެދުގައި އޮތް ގުޅުމާ، އެރޭ އަޒްޔަން އެހާ ރުޅިގަދަވެފައި ހުރުން ގުޅުވާލާކަށް ޒާއިންއަށް އުނދަގުލެއް ނުވިއެވެ. ކަންތައް ހިނގި ގޮތް މުޅިން ނޭނގުނު ނަމަވެސް ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. ނަމަވެސް ނޫރީން ގައިގައި ދާނިޝް ހިފެހެއްޓި ހިސާބުން ޒާއިންއަށް ދުރުގައި ނުހުރެވުނީއެވެ.

ޒާއިންގެ އަޑަށް އެންމެން އެ ދިމާއަށް ބަލާލިއެވެ. ދާނިޝްގެ ސަމާލުކަން ޒާއިންއަށް ހުއްޓުނު ވަގުތު ނޫރީން ދާނިޝްގެ އަތުތެރެއިން ނިކުމެ ޒާއިން ކައިރިއަށް ދިޔައެވެ.

“ރީން..!” ދާނިޝްގެ ވާހަކަ އަޑުނާހާ ޒާއިންއާ އެކު ނޫރީން ދާން އުޅުމުން ދާނިޝް ގޮވާލިއެވެ.

“ދާނިޝް ކިޔާ ހުރިހާ އެއްޗެއް އަޑުއަހަން އަހަރެން ހުންނާކަށް ނުޖެހޭ. އައި ހޭވް ހެޑް އިނަފް! ދެން އިތުރަށް ދާނިޝްއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން!” ނޫރީން ހުއްޓިފައި ބުންޏެވެ.

“ފައިން! އަޒްޔަންއާ އަޒްޔަންގެ އާއިލާ ކައިރިއަށް ދޭ އެހެން ވިއްޔާ!” ރުޅިގަދަވެފައި ހުރި ދާނިޝް ހަޅޭލަވައިގަތެވެ.

ދާނިޝްއާ ދިމާއަށް ބަލަން ހުރެފައި އެނބުރުނު ނޫރީން، އެއް އަތުން ލޯ ފޮހެލަމުން ޒާއިންއާ އެކު އެ ތަނުން ނިކުތެވެ.

“ނޫރީން.. އޯކޭތަ؟” ގެއަށް ވަދެފައި ޒާއިން އަހާލިއެވެ.

“ހްމްމް.. ކޮޓަރިއަށް މި ދަނީ..” އެހެން ބުނެފައި ނޫރީން ކޮޓަރިއަށް ވަނެވެ. އަޒްޔަން އައިސް ޒާއިންއަށް ގުޅީ އެ ވަގުތުއެވެ.

 

“ކަންތައް ވީ ގޮތުގަ ރީންގެ ފޯލްޓްއެއް ނެތެއްނު؟ ދެން ކީއްވެ ޝަދާވެސް ދޮންބެވެސް އޭނަ ދެކެ ރުޅި އަންނަންވީ؟” ޝަދާއާ ދާނިޝް ކަންތައް ކުރި ގޮތާ މެދު ހިތްހަމަ ނުޖެހިފައި ހުރި އަޝްދާ ބުނީ ނޫރީން ދިޔުމުންނެވެ.

“ދޮންތަ އަދިވެސް ތި ހުންނަނީ ރީންއާ އެއްކޮޅަށްތަ؟ ބަލާބަލަ އޭނަ ދޮންބެއަށް ހެދި ގޮތް” ޝަދާ އަހާލިއެވެ.

“ޝަދާއާ ހެދި ނޫރީން އެހެން ހެދީ. އެއްޗެއް ބޭނުން ވެގެން ނުލިބުނީމަ އެ ހޯދަން ރުޅިއައިސް ބޮޑަހާކާ ވަރުގެ ކުޑަ ކުއްޖެއް ނޫން މިހާރު ޝަދާއަކީ. ނޫރީން ބުނީ ދޮގެއް ނޫން. އަޒްޔަން ބޭނުން ނުވަންޏާ ޝަދާ އާދޭސް ކުރިޔަސް، ނޫރީން ބުންޏަސް އޭނައެއް އެއްބަހެއް ނުވާނެ. އެކަން ވިސްނެންވީ ޝަދާއަށާ ދޮންބެއަށް. ނޫރީންގެ ޕާސްޓްއާ މެދު ސުވާލު އުފައްދާ އޭނައަށް ޝައްކު ކުރާކަށް ދޮންބެއަކަށް ނުޖެހޭނެ. އެ ވަރުގެ ކަމެއްގަ ދޮންބެ ތި ރީން ދޫކޮށްލީ..” ދާނިޝްގެ ފަރާތުން އެފަދަ ސިފައެއް ފެނިދާނެ ކަމަކަށް އަޝްދާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ.

“އަހަރެންތަ ރީން ދޫކޮށްލީ؟ ރީން އަމިއްލައަކަށް ނޫންތަ—”

“އޭނައާ ދިމާއަށް ދޮންބެ ތި ބުނި ކަހަލަ އެއްޗެއް އަހަންނާ ދިމާއަށް މީހަކު ބުނި ނަމަ އަހަރެންވެސް ހަދާނީ ހަމަ އެހެން. ޝަދާއަކީ މިހާރު ކުޑަ ކުއްޖެއް ނޫން. ކުޑަ އިރުން ފެށިގެން އޭނަ ބޭނުން ވާހާ އެއްޗެއް އޭނައަށް ހޯދައިދޭން މަންމައާ ބައްޕައާ ދޮންބެ އުޅުނަސް އެހެންނެއް ނުވާނެ ކަން މިހާރު ޝަދާއަށް ވިސްނެން ވެއްޖެ. ޝަދާއަށް އެ ކަން ވިސްނައިދިނުމުގެ ބަދަލުގަ ދޮންބެ އަމިއްލަ ދިރިއުޅުން ނުފެށެނީސް އަމިއްލަ އަތުން ތި ހަލާކުކޮށްލީ” ދާނިޝް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވަންދެން ނުހުރެ އަޝްދާ ވާހަކަ ދެއްކިއެވެ. އަދި ދެ މީހުންނަށް ބަލާލާފައި އެތަނުން ދިޔައެވެ.

އަޝްދާ ދިޔަ ދިމާއަށް ބަލަން ހުރި ދާނިޝްއަށް އަޝްދާ ބުނި ބަސްތަކާ މެދު ވިސްނާލެވުނެވެ.

“ދޮންބޭ..” ޝަދާ ގޮވާލިއެވެ.

“ވަރަށް ލަސް ވެއްޖެ. ހިނގާ ގެއަށް” ޝަދާއަށް ބަލާލުމެއް ނެތި ދާނިޝް ގޮސް އެޕާޓްމެންޓަށް ވަނެވެ.

 

އެރޭ ފެނުނު މަންޒަރު ޒާއިން އަޒްޔަންއަށް ކިޔާދިނީ ކައިރީގައި ހުރި ކެފޭގައި ތިބެފައެވެ. ޒާއިންގެ ވާހަކަ އަޑުއަހާފައި އަޒްޔަން އެއްޗެއް ނުބުނެ އިނީއެވެ.

“ކިހިނެއް ވެގެން ދެ މީހުން ތިއުޅެނީ؟ ކޮބާ މައްސަލައަކީ؟” އަޒްޔަން ޖަވާބެއް ނުދިނުމުން ޒާއިން އެހިއެވެ.

“ކަމެއް ވެގެން އެބަ އުޅެންތަ؟ މައްސަލައެއް ޖެހިއްޖެތަ؟” އަޒްޔަން އަހާލިއެވެ.

އެކި ގޮތްގޮތުން އަހައިގެންވެސް ޒާއިން ބޭނުންވި ފަދަ ޖަވާބެއް އެރޭ އަޒްޔަންގެ ފަރާތުން ނުލިބުނެވެ. އަޒްޔަންއާ ނޫރީންގެ މެދުގައި ކޮންމެވެސް ކަންތައްތަކެއް ހިނގައިފި ކަން ޔަގީންވި ނަމަވެސް އެއީ ކޮން ކަމެއް ކަން ޒާއިންއަކަށް ނޭނގުނެވެ. އަޒްޔަން އަދިވެސް ނޫރީން ދެކެ ލޯބިވާ ކަން ޒާއިންއަށް ޔަގީންވެއެވެ. ނޫރީންގެ ހިތް އޮތް ގޮތެއް ޔަގީން ނުވި ނަމަވެސް ނޫރީންވެސް އަޒްޔަން ދެކެ ލޯބިވާ ހެން ޒާއިންއަށް ހީވެއެވެ. އެހެން ވިޔަސް، ކުރިން ވީ ހުރިހާ ކަމަކަށް ފަހު އެ ދެމީހުން އަލުން ގުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަންވެސް ޒާއިންއަށް އެނގެއެވެ.

 

އޭގެ އަނެއް ރެއެވެ. ނޫރީން އިނީ ފޮއްޓަށް އެއްޗެހި އަޅާށެވެ. ކައިރީގައި އޮތް ފޯންގެ ސްކްރީން ދިއްލުމުން ބަލާލި ގޮތަށް ނޫރީން ފޯންގެ ސްކްރީން ނިއްވާލިއެވެ. ފޯނަށް އެރޭ އިރު އޮއްސުނު ފަހުން އެއީ ދާނިޝް ގުޅި ހަތަރު ވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް ނޫރީން ހަދަނީ އެހެންނެވެ. ދާނިޝްއާ ވާހަކަ ދައްކަން ބޭނުން ނުވަނީއެވެ.

އެ ކޯލް ކެނޑުމާއެކު ދެތިން ސިކުންތު ފަހުން އަނެއްކާވެސް ކޯލެއް އަންނާތީ ނޫރީން ބަލާލީ، ކުރިން އެހާ އަވަސްކޮށް ދާނިޝް ނުގުޅާތީއެވެ. އެ ފަހަރު ގުޅަނީ އަޝްދާއެވެ. ނުނަގަން ހުރެފައިވެސް ނޫރީން އެ ކޯލަށް ޖަވާބު ދެމުން ކަންފަތުގައި ޖައްސާލިއެވެ.

“ރީން..؟” އަޝްދާ ގޮވާލިއެވެ.

“ކީކޭ؟” ނޫރީން ވާހަކަ ދެއްކީ އެއީ ދާނިޝް ނޫން ކަން ޔަގީން ވުމުންނެވެ.

“ދޮންބެ ބުނި ގުޅީމަ ރީން ފޯނެއް ނުނަގައޭ.. ދޮންބެ ބޭނުމޯ ރީންއާ ވާހަކަ ދައްކަން” އަޝްދާ ބުންޏެވެ.

“ދާނިޝް އަހަންނަށް އިތުބާރު ނުކުރާ ކަން ބުނެދީފިއެއްނު؟ ދެން އެހެން ކީކޭ އަދިވެސް ބުނަން އޮތީ؟” ނޫރީން އަހާލިއެވެ.

“ރީން.. ޕްލީޒް.. އިރުކޮޅަކަށް ބޭރަށް ނިކުމެވިދާނެތަ؟” އަޝްދާގެ ބަދަލުގައި ދާނިޝް ވާހަކަ ދެއްކިއެވެ.

“ކީއްކުރަން؟” ނޫރީން އެހިއެވެ.

“ކުޑަ އިރުކޮޅަކަށް.. ޕްލީޒް ރީން..” އަނެއްކާވެސް ދާނިޝް އެދުނެވެ.

“މި ދަނީ” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި އެހެން ބުނި ގޮތަށް ނޫރީން ފޯން ކަނޑާލިއެވެ. ކޮޓަރިން ނިކުތް އިރު ސިޓިންގރޫމްގައި ޔާސިރުއާ އެކު އަޒްޔަން އިންދާ ފެނުމުން އެ ދިމާއަށް ނުބަލާ އިސް ޖަހާލަމުން، ޓެރެސްއަށް އައުމަށް ދާނިޝްއަށް މެސެޖް ކޮށްލާފައި ނޫރީން ނިކުތެވެ.

ނޫރީންއަށް ލިފްޓަށް އެރުނީ ދާނިޝްއާ އެކީއެވެ. ނަމަވެސް ލިފްޓްގައި އެހެން މީހުންވެސް ތިބުމުން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ޓެރެސްއަށް ނިކުމެ ނޫރީން ގޮސް ރެއިލިންގ ކައިރީ މަޑުކޮށްލުމުން ދާނިޝްވެސް ނޫރީންއާ ހައެއްކަ ފޫޓު ދުރުގައި މަޑުކޮށްލިއެވެ.

“އައި އޭމް ސޮރީ!” ދާނިޝް ފުރަތަމަވެސް މާފަށް އެދުނެވެ. ރޭގެ ގިނަ ވަގުތު ނުނިދާ ވިސްނުމުގައި ހޭދަ ވި އިރު، އަމިއްލަ ކުށް ދާނިޝްއަށް އިހުސާސް ކުރެވުނީއެވެ. އިސްވެ މާފަށް އެދުނީ އެހެންވެއެވެ.

ނޫރީން ސުވާލު އުފެދިފައި ދާނިޝްއަށް ބަލާލިއެވެ.

“ރީންއަށް ޓްރަސްޓް ނުކުރެވޭ ވަރުގެ ކަމެއް ރީން ނުކުރޭ.. އަޒްޔަން ދެކެ ލޯބި ނުވެޔެކޭ ރީން ދުވަހަކުވެސް ނުބުނޭ.. އަހަރެން އެހެން އަހައިގެންވެސް ނުވާނެ.. އަޒްޔަންއާ ދެ މީހުން ވަކިވިޔަސް އޭގެ މާނައަކީ އަޒްޔަން ދެކެ ރީން ލޯބި ނުވެއެކޭ ނޫން.. އަހަރެން އެދުނީމަ ރީން އަހަންނަށް ޗާންސެއް ދިނީ، އެކަމަކު އޭގެ މާނައަކީ އަހަރެން ދެކެ ރީން ލޯބި ވާން ޖެހެއެކޭ ނޫން.. އަހަރެން މާ ގިނަ ކަންތައްތަކަށް ޑިމާންޑް ކުރީ.. ރީންގެ ފީލިންގްސް އަންޑަރސްޓޭންޑް ވާން މަސައްކަތް ކުރުމުގެ ބަދަލުގެ އަހަރެން ބޭނުންވީ އަހަރެން ބޭނުންވާ ގޮތަށް ރީން ހުރިހާ ކަމެއް ކުރަން.. އައި އޭމް ސޮރީ.. ޝަދާގެ ކަންތަކުގަވެސް.. ރީން ބުނި ހެން އަހަރެން އަސްލު ޝަދާއަށް ވިސްނައިދޭން ޖެހޭނީ.. އަހަންނާ އެކީ އުޅެން ރީންއަށް ފޯސް ކުރެވުނީ.. ހަމަ އެހެން އަހަރެން ބޭނުންވީ ޝަދާ އެކްސެޕްޓް ކުރަން އަޒްޔަންއަށް ފޯސް ކުރަން.. އަހަންނަށް ހީވީ އޭރުން އަހަންނަށް ރީން ލިބޭނެޔޭ.. އެކަމަކު އަހަރެން ކަންތައް ކުރި ގޮތުން އަހަންނަށް ރީން ގެއްލުނީ..

މާފަށް މި އެދެނީ އަލުން އަހަރެންގެ ލައިފްއަށް ރީން ގެންނަން މަސައްކަތް ކުރާކަށް ނޫން.. އަހަންނަށް ވިސްނިއްޖެ އަހަރެންގެ ކުށް.. ރީންގެ ޓްރަސްޓް ގެއްލިއްޖެ ކަންވެސް ވިސްނިއްޖެ.. އަހަންނަށް ކަންތައް ކުރެވުނު ގޮތުން އެހެން ވީ، އެހެންވެ މާފަށް އެދުނީ.. އަހަރެން އެދެނީ ރީންގެ އުފަލަށް.. އެއީ އަޒްޔަން ކަމަށް ވަންޏާ އަހަރެން އެދެނީ ރީންއަށް އަޒްޔަން ލިބުން.. ސޯ ގުޑް ލަކް!”

ނޫރީންއަށް ހައިރާންވެފައި ދާނިޝްއާ ދިމާއަށް ބަލަން ހުރެވުނީއެވެ. ދާނިޝްގެ ވާހަކަ ހުރީ ނޫރީން ހީކުރި ގޮތަކަށް ނޫނެވެ. އެ ގޮތަށް ދާނިޝް ނޫރީން ދޫކޮށްލާނެ ކަމަކަށް ނޫރީން ހިއެއް ނުކުރެއެވެ. ނަމަވެސް ބޮޑު މައްސަލައަކަށް ހަދަން ނޫޅެ ދާނިޝް އެކަންތައް ނިންމާލީތީ ނޫރީންގެ ހިތުގައިވި ނުތަނަވަސްކަން ފިލިއެވެ.

“ތެންކްޔޫ!” ނޫރީން ބުންޏެވެ.

“އަހަންނަށް މާފު ކުރީތަ؟” ދާނިޝް އަހާލިއެވެ.

ނޫރީން ބޯ ޖަހާލިއެވެ.

އިރުކޮޅަކު ދެމީހުންވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިއްބާ ނޫރީންގެ ފޯން ރިންގްވިއެވެ ޝަފަގުގެ ކޯލަށް ޖަވާބުދެމުން ދާނިޝްއަށް ބަލާލާފައި ނޫރީން ޓެރެސްއިން ނިކުންނަން ދިޔައެވެ. ދާނިޝް އެތަނުގައި މަޑު ކުރީއެވެ.

 

ރާއްޖެއަށް ގޮސްފައި އަޒްޔަން އަލުން ގެއަށް ބަދަލުވިއެވެ. އަދި ކުރިއެކޭ އެއްފަދައިން އަޒްޔަން އޮފީހަށް ނިކުންނަން ފެށިއެވެ. ޔާސިރުވެސް އޮފީހަށް ދެއެވެ. ނަމަވެސް މެންދުރު ގެއަށް އައިސްފައި ދެން އަލުން ޔާިސރު އޮފީހަށް ދާކަށް ޝަފަގުއާ އަޒްޔަން އެއްގޮތަކަށްވެސް ގަބޫލެއް ނުވިއެވެ. ޝަފަގުއާ އަޒްޔަންގެ އެދުމަށް ޔާސިރު އެ ގޮތާ އެއްބަސްވިއެވެ. އަޒްޔަންގެ ގާބިލިއްޔަތާ މެދު ޔާސިރުގެ ހިތުގައި ޝައްކެއް ނެތެވެ. އޮފީހުގެ ހުރިހާ ކަމެއް އަޒްޔަންގެ އަތްމައްޗަށް ދޫކޮށްލިއެވެ.

ނޫރީން އައިސްފައި ހުރީ ނޫރީންމެން ގޭގައެވެ. ޝަފަގުގެ އެދުމަށް ކޮންމެ ދުވަހަކު ހެން ނޫރީން ޝަފަގުމެން ގެއަށް ދެއެވެ. ކޮންމެ ދުވަހަކު ހެން އަޒްޔަންއާ ދިމާވި ނަމަވެސް، މެލޭޝިއާގައި ދެ މީހުން އެންމެ ފަހުން އެ ކުރި ޒުވާބަށް ފަހު އަޒްޔަން ނޫރީންއާ ވާހަކައެއް ނުދައްކައެވެ. އަޒްޔަން ގެއަށް އަންނަ އިރު ނޫރީން އެ ގޭގައި އިންދާ ފެނުނަސް، އެއްވެސް އެއްޗެއް ނުބުނެއެވެ. އަޒްޔަންގެ އެ ދުރުކަމުން ނޫރީންގެ ހިތަށް ތަދުވެއެވެ. ނަމަވެސް އެއީ ނޫރީން އަމިއްލައަށް ބުނުމުން އަޒްޔަން ބަހައްޓަމުން އަންނަ ދުރުކަމެއް ކަން އެނގޭތީ އެއްޗެއް ބުނަން ނުކެރެނީއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރަހުމްކުރާށެވެ – 4

Next

އެހެން ދުނިޔެއެއް؟ – 7

Next
July 5, 2026

އެހެން ދުނިޔެއެއް؟ – 7

Previews
July 5, 2026

ރަހުމްކުރާށެވެ – 4

7 Comments!

  1. Mar Sha Mar Sha says:
    July 5, 2026 at 12:23 pm

    ސަލާމް، މިބައި މި އަޕްލޯޑް ކޮށްލެވުނީ ވަރަށް އަވަދިނެތިކޮށް އުޅެފަ އިނގޭ، މި ބައި ފަހަރެއްގަ ކިޔުންތެރިންނަށް އެހާ ކަމުނުގޮސްފާނެ، އެކަމަކުމީ ހަމަ މިއަދު މާޝާއަށް ވީ ވަރު. އިރާދަކުރެއްވިއްޔާ ބުދަ ދުވަހުގެ ކުރިން އަދި އާ ބައެއް އަޕްލޯޑް ކޮށްލެވޭތޯ ވަރަށް މަސައްކަތް ކުރާނަން. މާޝާ ހީކުރަން ކިޔުންތެރިންނަށް އަންޑަރސްޓޭންޑް ވާނެ ކަމަށް.

  2. 🥀 says:
    July 5, 2026 at 3:14 pm

    Mi part ves vrh reethi MA! It’s really great!
    Dhaanish did the right thing by accepting his mistake
    Can’t wait for next episode!

  3. Mary says:
    July 5, 2026 at 3:23 pm

    Varah reethi. Hama v kamudhey. Hurihaa kiyuntherin ah kamudhaa gothakah kihineh vaahaka liyaanee? Hehehe. Marsha vaahaka kuriyah thigendhanee enme rangalhah. Kiyuntherin beynun vaanee vaahakaige lead characters gulhen dho. Eyrah onnaanee vaahaka nimifa enu. Ithurah liyaane echeh noannaane enu. But gulhumuge kurin mi gothah drama gandeh aima hama varah salhi. Suspense gelluvaa nulaa mihen kuriyah gendhiyaima maa reethi vaane. Keep up the good work! 👏🏻

  4. Koklila modi says:
    July 5, 2026 at 3:31 pm

    Salhi varah kamu dhiya hama emme ragalha kufiya midhani. Reen ge ketherikan kolhun leema adhi varah salhi vaane

  5. Aami says:
    July 5, 2026 at 5:09 pm

    Varhreethi

  6. ^_^ @!I says:
    July 5, 2026 at 6:38 pm

    Maasha allah
    Mi prt Mi prt vs vrh reethi MA
    When next??

  7. .Aisha says:
    July 5, 2026 at 10:38 pm

    Ohhh. Vvv reethi maasha vareh nei
    ،🥰

Comments are closed.



All Right Reserved!