އިރުއޮއްސެމުންދިޔަ ވަގުތުގެ ރަންއަލިން މުޅި އުދަރެސް ފަވައިލަމުންދިޔައީ ހިތްގައިމު ވިލާސީ ކުލަތަކަކުންނެވެ. އޮރެންޖް އަދި ރަތްކުލައިގެ ކޮޅުނެތް ފުން ކަނޑެއްގެ ސިފަޖެހިފައިވާ އުޑުމަތިން ފެންނަމުންދިޔަ މަންޒަރަކީ ކޮންމެފަދަ ހިތަކަށްވެސް ދިރުންދޭނެފަދަ ރީތި މަންޒަރެކެވެ. ނަމަވެސް، ރަށުގެ ހުޅަނގުފަރާތު އަތިރިމަތީގައި، ރާޅުފަށާ މާދުރުނޫން ހިސާބެއްގައި އިން ޖައިލަމްގެ ހިތަކަށް އެ ރީތިކަމަކުން އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާ އިނީ ދެކަކޫމަތީގައި ބޯއަޅާލައިގެން، ދުނިޔެއަށް މުޅިން ހުސްވެފައެވެ. ވަށައިގެން އިވެމުންދިޔަ ރާޅުތަކުގެ ބާރު އަޑާއި، ފިނި ރޯޅިތަކުން އޭނާގެ ހަށިގަނޑަށް […]
އޭރު އުޑުމަތި ވަނީ ހަވީރުގެ ރަންއަލިން ފުރާލާފައެވެ. އަތިރިމަތީގެ ހިމޭން މާހައުލުގައި، ރާޅުތައް ބޮސްދެމުންދިޔަ ހުދު ދޮންވެލިގަނޑުމަތީގައި ޒަޔާން އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ އަތުގައި އޮތީ ކުޑަ ފޮތެކެވެ. އެ ފޮތުގެ ކޮންމެ ސަފުހާއެއްގައި ވަނީ އެންމެ ސޫރައެއްގެ ވާހަކައެވެ. އެއީ ރާޔާގެ ވާހަކައެވެ. ރާޔާ އަކީ ޒަޔާންގެ ހިތުގެ ރާނީއެވެ. ނަމަވެސް، އެ ހަގީގަތް ރާޔާއަށް އެނގެނީއެއް ނޫނެވެ. ދެމީހުންނަކީ ކުޑައިރުއްސުރެ އެއް ފާޚާނާއަކުން ފެންވަރައި، އެއް މަގަކުން ހިނގާބިނގާވެ އުޅުނު ގާތް ދެ […]
ޕާޓް 6 ގެ ނިމޭ ބައި: ނާފިޒްގެ ސަކަރާތަށް ބީރު ކަންފަތެއް ދިނުމަށް ފަހު ދެ މީހުން ގޮސް ގޮނޑީގައި އިށީނުމާއެކު މުޅި ކްލާސްރޫމް ހިމޭން ވި ކަހަލައެވެ. ޕާޓް: (7) ތަރުތީބުން އަތުރާލެވިފައިވާ ގޮނޑިތަކުގައި އެންމެން އިށީނދެލައިގެން ތިބީ ލާރާގެ ސޫރައަށް ފާރަލަމުން ދާ ހާލުގައެވެ. ކްލާސްރޫމްގެ އެއް ފަޅީގައި ފިރިހެން ކުދިން ތިބޭއިރު ، އަނެއް ފަޅީގައި ތިބެނީ ހަމަ އެކަނި ލާރާ އާއި ނަތާ އެކަންޏެވެ. މި ދެ މީހުންނަކީ ކްލާހުގައި ތިބި […]
ޕާޓް 5 ގެ ނިމޭ ބައި: އެ ސައިކަލު އެއީ ކާކުގެ ސައިކަލެއް ހޭ ލާރާ ސުވާލު އެކުރީ ހަމަ ޔަގީނުންވެސް ލާރާ އަށް މީގެ ކުރިން އެ ސައިކަލު އެތައް ފަހަރެއްގެ މަތިން ފެނިފައިވާތީ ކަން ޔަގީނެވެ. ޕާޓް (6) : ކޮންމެ ގޮތެއްވިޔަސް ނަތާޝާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ގޭގެ ހަތަރު ވަނަ ފަންގިފިލާ ގައެވެ. އެހެނަސް ލާރާގެ ހިތު ތެރެއިގައި ދިޔައީ ކޮންމެވެސް ވަރަަކަށް ނުތަނަވަސް ވެރި ވަމުންނެވެ. ނާތާޝާއާއި އެންމެ […]
ޕާޓް 4 ގެ ނިމޭ ބައި: ކޮންމެ ގޮތެއްވިޔަސް އެ ޒުވާނާގެ ހަޤީޤަތް ހޯދުމަކީ މިއަދު އަހަރެންނަށް މަޖުބޫރު ކަމެކެވެ. ޕާޓް:(5): މަގުގެ އެއްފަރާތުގައި ހުރި ފާރު ބުރިއެއްގެ މަތީގައި އިށީނދެލައިގެން އިން ލާރާ އިނީ ޓެކްސީއެއްގެ އިންތިޒާރުގައެވެ. އޭރު ވެސް ޔުނިވަރސިޓީގެ ގޭޓުދޮށުން ހީ ސަކަރާތް ޖަހާ އަޑު ކެނޑިނޭޅި ދިޔައީ އިވެމުންނެވެ. އެއީ ހަމަ ޔަގީނުންވެސް އަންހެން ކުދިންތަކެއްގެ ހުނުމުގެ އަޑެވެ. މަޑު ހިނގުމެއްގައި އައިސް ކުރިމަތީގައި މަޑުކޮށްލިީ އެއް ފުރާވަރެއްގެ 3 އަންހެން […]
ޕާޓް 3 ގެ ނިމޭ ބައި: އެންމެ ފަހުން ރުހާމް އާއި ބައްދަލު ވި ދުވަހަކީ އަހަރެންގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނު ދުވަސްކަން ޔަގީނެވެ . ޕާޓް (4) : ކޮންމެ ގޮތެއް ވިޔަސް ރުހާމްގެ ހިތުގައި އަހަރެންގެ ހަނދާންތައް ވާނީ ބިންވަޅު ނެގިފައެވެ. މާލެ ދިއުމުގެ އަޒުމުގައި މަންމަ އާއި ބޮޑު ބޭބެ އާއެއްކޮށް އަތިރި މައްޗަށް އާދެވުނުއިރު ހެނދުނު ހަތެއް ޖަހަނީއެވެ. އެ މީހުންގެ ހިތުގައި އަހަރެންނާ މެދު ވާ އުއްމީދަކީ ގުނާ އަގު […]
ޕާރޓް 2 ގެ ނިމޭ ބައި: ލާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުރަކި ހިނިތުން ވުމެކެވެ. އެ ހިނިތުންވުމުގެ އަސްލަކީ ކޮބައިބާއެވެ.؟ ޕާރޓް 3 : ފަލަކުގައި ވާ ތަރިތަކެކޭ އެއްފަދައިން ލާރާގެ ހިތުގައި ރުހާމްގެ މައްޗަށް އޮތް ލޯބި ދިޔައީ އިންތިހާއަށް ބަބުޅަމުންނެވެ. ހަމަ ޔަގީނުންވެސް ފަޅި ސިކުންތެއްގެ ތެރޭގައި ލާރާގެ ހަޔާތުގެ އައު ސޮފްހާއެއް ލިޔަން މިވަނީ މަޖުބޫރުވެފައެވެ. ލާރާ އާއި ރުހާމްގެ ލޯތްބަކީ ހަމަ ޔަގީނުންވެސް ގަލަމަކުން ލިޔެވޭނެ އިހުސާސް ތަކެއް ނޫނެވެ. […]
ޕާރޓް 1 ގެ ނިމޭ ބައި : އަނެއްކާ ލާރާގެ ހިތުގައި ރުހާމް އަށް ޖާގަ އެއް އޮތީބާއެވެ. ؟؟ ޕާރޓް 2 : ދުވަސްތައް ފާއިތުވަމުން ގޮސް އޯލެވެލް އިމްތިހާނު ނިމި ،ނާތީޖާ ވެސް ލިބިއްޖެ އެވެ. ދެ މީހުންނަށް ލިބުނީ ހަމަ ދާދި އެއްވަރެއްގެ ނަތީޖާ އެކެވެ. ސްކޫލް ދައުރުގެ މާޖާ ދުވަސްތަކުގެ މަތިން ހަނދާން އައު ކުރުމަށް ރަށުގެ ގޮނޑުދޮށުގައި އިށީންދެލައިގެން އިން ލާރާގެ ހިތަށް ސިހުމެއް ލިބުނީ މީހަކު ގޮވާލި އަޑަށެވެ. […]
ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އަޑި ގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަން ޔަގީނެވެ. ހުދު ލާރާގެ ދިރިއުޅުމަކީ ވެސް ހަމަ އެފަދަ އިމްތިހާނެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހަޔާތުގެ އެންމެ ރަން ދުވަސްތައް ލާރާ ހޭދަ ކުރަން ޖެހުނީ އެކަނިވެރި ކަމާއި މާޔޫސްކަމުގެ ކަނޑެއްގައޭ ބުނާ މީހުން މަދެއްނޫނެވެ. މި ކަމާނާގެ މޫނު މަތީގައި ކުރަހާ ލެވިފައިވާ ނިކަމެތި ކަމުގެ ތަސްވީރަކީ ގިނަ ބައެއްގެ ހިތްތައް ހަމްދަރުދީ ކުރުވަނިވި ހަތިޔާރެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. […]