ނަޒީރާ އިއްޔެ އެކޭ އެއްފަދައިން، ޒޯހާއަށް ފަތިސް ނަމާދަށް ގޮވުމަށް އައިސް ދޮރުގައި ޓަކިދޭން ފެށިއެވެ. ޖަވާބެއް ނުލިބިގެން ތަޅުގައި ހިފާލިއިރު ހުރީ ހުޅުވާފައެވެ. ނަޒީރާގެ ހިތަށް ފިނިވެގެން ދިޔައީ ދަރިފުޅު ހޭލާ ނަމާދު ކުރަން އިންތަން ފެނުމުންނެވެ. ﷲ އަށް ޙަމްދު ކޮއްލެވުނީ، އިސްމާއިލް ގެ ވެސް އެ ދަރިފުޅަށް އެކަހަލަ ތަރުބިއްޔަތެއް ދިނުމުގެ އަތެއް ވާތީއެވެ. ހިނިތުން ވެލަމުން ނަޒީރާ ނިކުތީ ތިރިއަށް މިސްރާބު ޖެހުމަށެވެ. “މަންމަ ދޭ އިނގޭ ޑިއުޓީއަށް ދާން ރެޑީވަން، […]
މަޤުރިބު ނަމާދު ކުރުމަށްފަހު ޒޯހާގެ ކަމަކީ އިޝާ ވަގުތު ޖެހެންދެން ޤުރުއާން ކިޔަވަން އިނުމެވެ. އިޝާ ނަމާދު ކޮށްގެން ފެންވަރައިގެން ނިކުމެ، އަލަމާރި ހުޅުވާލުމަށްފަހު ޒޯހާ ލާނެ ހެދުމެއް ހޯދަމުން ދިޔައެވެ. އެންމެ ފަހުން ގަދަ ނޫ ކުލައިގެ ކަކުލާހަމަޔަށް ދާ އަތް ދިގު ހެދުމެއް ނަގާ ޒޯހާ ހިތްހަމަޖެހޭ ވަރަށް ފަރިވެލިއެވެ. ލައިގެންހުރި ހެދުމުން ޒޯހާގެ ހިމަ އުނަގަނޑާއި ރީތި ބައްޓަން ފާޅުވޭވެ ހުއްޓެވެ. ރީތިވެގެން ގޭގެ ދޮރުމައްޗަށް ނިކުމެ ޒޯހާ ދެތިން ފަހަރަކު ސަނާގެ […]
“އާހހހހހހ…” ޒޯހާގެ ހަށިގަނޑަށް ފިނިވެގެން ދިޔައީ ފުން ކަނޑެއްގެ އަޑިއަށް ވެއްޓުމުންނެވެ، ދެން ފެނުނީ ފެނުގެތެރެއިން އަލިގަނޑެއް ފާޅުވިތަނެވެ. ބަލަބަލާ ހުއްޓާ އެ މީހާ އައިސް ޒޯހާގެ ހިމަ އުނަގަނޑުގައި ހިފާ ފެންގަނޑުގެ މައްޗަށް އެރިއެވެ. ޒޯހާ އަކަށް އޭނާގެ މޫނެއް ނުފެނެއެވެ. ނަމަވެސް އެ ކަސްރަތީ ހަށިގަނޑުގެ މީރުވަސް ދުވައެވެ، ހީވަނީ ވަރުގަދަ ހުވަނދެއް ނޭފަތުގައި ހަރުލާފައި ވާހެންނެވެ. ބާރުގަދަ ދެއަތެވެ. ފުންމައިގެން ޒޯހާއަށް ހޭލެވި ދެންމެ ފެނުނީ ހުވަފެނެއްކަން ޔަގީންވެ ހިސާބަކަށް ހިނި އަންނަ […]
__________________________________________________________________________ “ދަރިފުޅާ ކޮންއިރަކުންތަ އަންނަނީ؟” ނަޒީރާ އުޅުނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ރަށަށް އަންނާތީވެ އޭނައަށް އެންމެ މީރު ކާއެއްޗެހި ތައްޔާރު ކޮށެވެ. “ހެލޯ މަންމާ، މިހާރު ޗެކްއިން ވާން މިދަނީ، ފްލައިޓަށް އަރާފަ މަންމަ އަށް ގުޅާނަން އިނގޭ” ޓްރޯލީއަށް ދަބަސްތައް އަރުވަމުން ޒޯހާ ވާހަކަ ދެއްކިއެވެ. އެންމެ ކުޑައިރުއްސުރެން ވެސް ޒޯހާ ދިރިއުޅެމުން ދިޔައީ މާލޭގައި ކަމަށްވާތީ އޭނާ އަލަށް ރަށަށް ދަނީއެވެ. ރަށުގައި އެއަރޕޯޓު އެޅުމަށްފަހު މަންމަ އެދިލައްވާ ވަރުން ވަޒީފާއިން […]
އެންމެ އިރުކޮޅަކައްވެސް ވާރޭ މެދު ކެނޑުމެއްނެތި ބޯކޮށް ވެހެމުން ދާތީވެ މަގުތައްމަތީގައި މީހެއްގެ ހިލަމެއް ވާތަން މިރެއަކު ނެފެނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން ދާތީވެސްމެއެވެ. ފަޒާގައި ހަރުލާފައިވާ ފިނި ތެތްކަމާއިއެކު މުޅި ހިސާބަށް ފެތުރިފައިވަނީ ހަމަހިމޭން ކަމެވެ. ހުޅުވާފައިވާ ކުޑަދޮރު ކައިރީ ދަމައިފާވާ ފޮތިގަނޑު ދެކޮޅަށް ހެލެމުން ދާތީ ޒޯހާ އެ ފޮތިގަނޑު އެއް ފަރާތްކޮށް ގޮށެއް ޖަހާލިއެވެ. ކޮޓަރީގެ، ކުޑަދޮރު ކައިރީގައި ހުރި ސޯފާގޮނޑީގައި އިށީނދެލައިގެން ޒޯހާ އިނީ ވާރޭވެހޭ މަންޒަރު ބަލާށެވެ. ކުޑަދޮރާއި […]
މުޅި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ އަނދިރި ކަމެވެ. މި ދުނިޔެ މަތީގައި އުޅެނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. އެކަން މިހާރު އަހަރެންނަށް ވަރަށް ވެސް ރަނގަޅަށް އެނގިއްޖެ އެވެ. އަހަރެން މޫނު ކާކޫ މަތިން ނެގީމެވެ. އަދި މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިނގާލީ މެވެ. ކޮޓަރި ތެރޭގައި ވަނީ ހުސްކަމެވެ. އެ ހުސްކަން ފެނި އަހަރެންގެ ވިސްނުން ދައުރު ކޮއްލީ މީގެ 5 އަހަރު ކުރިން މި ކޮޓަރީގައި ހިނގާ ދިޔަ ޙާދިސާއަށް ށެވެ. […]
އެއިރު ޖަޒްލީ ހުރީ ރަޒާން ގެ އެ ރުޅި ވެރި މޫނާއި ދިމާލަށް ބަލަން ށެވެ. “އޭތް މަ ބުނަން ރަނގަޅު ވާހަކައެއް މަގޭ ދޮންބެ އޭ ކިޔާ ފަ މިބުނީ ސުކޫލުގެ އޮންލައިން ސައިޓް އަށް ލާފިއްޔާމު މަހާ ނުލަފާ މީހެއް ނުހުންނާނެ” ރަޒާން މިހެން ބުނެފައި އަޒްކާ ގެ ފޯނު ގައި ފުޓުބޯޅަ އެއް ހެން ޖެހެއެވެ. ޖަޒްލީ ހުރީ ރަޒާން ގެ އެ ރުޅި ފެނިފައި ހައިރާން ވެފައެވެ. ދެން ރަޒާން މޫނު […]
އޭއަޙާއެވެ. ކުޑަ ހިނދުކޮޅަކަށް ކެތްކޮށްލާށެވެ. މިއީ ދުނިޔެއެވެ. ނެތިފަނާވެދާނޭ ދުނިޔެއެވެ. މިއީ ދާޢިމީ ގޮވައްޗެއް ނޫނެވެ. އެއްވެސް ހިތާމައެއް، އެއްވެސް އުފަލެއް މިތާނގައި ދާއިމަށް ދެމި ނޯންނާނެވެ. އުފަލާއި އަރާމަށްފަހު ވޭނާއި ކެކުޅުންވެސް ވާނޭކަން ޤަބޫލުކުރާށެވެ. އެއީ ދުނިޔޭގެ ހަޤީޤަތެެވެ. މި ހަޤީޤަތް ޤަބޫލުނުކުރާހާ ހިނދަކު ތިބާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ﷲ ގެ މިންވަރުފުޅަށް އިމާންވާށެވެ. އެކަލާނގެ އުފަލާއިއެކު ހިތާމަ ލެއްވީ މި ދުނިޔޭގެ އަވައިގައި ތިބާ ނުޖެއްސެވުމަށްޓަކައެވެ. މިއީ ކެހިވެރިކަމުން ފުރިފައިވާ ތަނެކަން ހަނދުމަކޮށްދިނުމަށެވެ. […]
ރަޒާން ޖަޒްލީ އަށް ހިނިތުން ވުމެއްހަދިޔާ ކޮށްލި އެވެ. “ޖަޒޫ ހިންގާ އަވަހަށް ދަމާ އެހެންނޫނީ ގަޑި ޖެހިދާނެ” ޒައިނާ މިހެން ބުނެ ޖަޒްލީ ގެ އަތުގައި ހިފާފައި ދަމާލުން ބުނެލިއެވެ. ސުކޫލާއި ހަމަވުމުން އެންމެން މަޑުކޮށްގެން ތިބީ ބެލްޖިއަމް ޖަހާނެ ގަޑިއަކަށް ށެވެ. ބެލް ޖެހުމާއިއެކު އެންމެން އެތެރެއަށް ވަދެފައި ޖަޒްލީ ދިޔައީ ސްޓާފް ރޫމް އަށް ށެވެ. ސްޓާފް ރޫމް އަށް ގޮސް ޖަޒްލީ ގެ ކްލާސް ޓީޗަރާއިއެކީ 10 ޑީ މި ކްލާހަށް […]