Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

دابة( ޑައްބެ 01 ) އެޕިސޯޑް 01

Aishath Eeshal Level 1
April 29, 2020 3 Mins Read
2 Comments
ނޯޓް : މިވާހަކަ އަކީ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުން ކުރެވިފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ.بِسْمِ اللهِ الرَّحْمَنِ الرَّحِيمِ.
ޖިންނި ޝައިޠާނުންނަކީ އާރާއި ބާރު ލިބިގެންވާ ބައެކެވެ. އިންސާނުންނަށް ނުފެންނަ އެތައް ޙަޤީޤަތެއް އެބައިމީހުންނަށް ފެނުމުގެ ބާރު ލިބިގެން ވެއެވެ.
**************** ****************** ****************އިރުގެ ދޯދިތަކުން މުޅި ކޮޓަރި ވަނީ ދިއްލިފައެވެ. އިރުގެ ދޯދީގެ ސަބަބުން ނުނިދި ފައި އޮވެވުނެވެ. އެހެން އޮވެފައި ސާރާގެ ލޯ ހުއްޓުނީ ފާރުގައި ހުރި ބޮޑު ގަޑިއާދިމާލަށެވެ. ދެން އަވަސް ވެގަތީ ސާރާ މަސައްކަތް ކުރާ އޭނާގެ ބޮޑުބޭބެގެ ފިހާރައަށް ދިއުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ވުމަށް ޓަކައެވެ. ތައްޔާރުވެ ނިމުމުން ދެން ސާރާ ދިޔައީ ބަދިގެޔާ އާ ދިމާއަށެވެ. އެއީ ހެނދުނުގެ ނާސްތާ ނެގުމަށެވެ. ގަޑިޖެހިދާނެކަމަށް ބަލައި ދެން ސާރާ މިސްރާބުޖެހީ އޭނާގެ ބޮޑުބޭބެގެ ފިހާރައާ އި ދިމާއަށެވެ.

ފިހާރައާ ހަމަވިއެވެ. ލަސްނުކޮށް ސާރާ ފިހާރަޔަށް ވަދުނެވެ. އެންމެ ފުރަތަމަ ކަމަކަށް ސާރާ ގޮސް އޭނާއާއި އެއްގެއެއްގައި އުޅޭ، އޭނާގެ އެންމެގާތް އެކުވެރިޔާ ކަމަށް ވާ ނަޝްފާ ކައިރިއަށެވެ. ސާރާ ނަޝްފާ އަށް ގޮވާއަޑު އިވުމުން އެނބުރި ބަލައިލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައީ އުފާވެރި ކަމެއް ނޫނެވެ، ފެނިގެން ދިޔައީ ހާސްކަމާއި ނޭނގޭފަދަ ބިރުވެރިކަމެކެވެ. ސާރާ ނަޝްފާ އާއި ސުވާލު ކުރިއެވެ. “ކިހިނެއް ވީ؟ ހާދަ ހާސްވެފައި ތި ހުންނަނީ”

ނަޝްފާ ކިޔައިދިނެވެ. “އަހަރެން ހައިޝަމްއަށް މި ހަތަރު ދުވަހު ވެސް ގުޅިން އެކަމަކު ފޯނެއް ނުނަގާ. އަހަރެން ވަރަށް ބިރުގަނޭ އަނެއްކާ ކަމެއް ވީބާ؟؟” އޭރު އެޑަމް އެތަނަށް އައިސް ބުންޏެވެ “ވެދާނެ ނަޝްފާ އޭނާ ރިޖެކްޓ ކުރީމަކަމައްވެސް. އަދި އޭނާ އާ ކޮމްޕިއުޓަރެއް ވެސް ގަތީ ނަޝްފާ އޭނާ ރިޖެކްޓ ކުރި ދުވަހުގައި”

އެވަގުތު އެ ތިން މީހުން ވަރަށް ހަމަޖެހިލައިގެން ވާހަކަ ދައްކަން ފެށި އެވެ.
ނަޝްފާ :”އަހަރެން ހައިޝަމް ރިޖެކްޓ ކުރި ދުވަހުގެ ހަތަރު ދުވަސް ކުރިން، އެރޭ ދަންވަރު ގަޑީގައި އަހަންނަށް ގުޅި. އަހަރެން ހައިރާންވެފައި ހުރެފައި އެހީން ކިހިނެށް ވީހެޔޭ؟ އިރުކޮޅަކުން ކުއްލިއަކަށް ފޯނު ކަޑައެޅިގެން ދިޔައީ”
އެޑަމް :”އަހަންނަށް ވެސް ގުޅި ހައިޝަމް، އެއީ ވެސް ހަމަ ރޭގަނޑު ދަންވަރު. ”
ސާރާ :”އަހަންނަށް ވެސް ގުޅި. އެކަމަކު އޭނަ ފޯނުގައި ހުރެ ވާހަކަ ދެއްކި އެކަމަކުވެސް އަހަންނަށް އަޑެއް ނީވުނު އޭނާ ދެއްކިވާހަކައެއް. ދެން ހިނދުކޮޅަކަށް ހުރެފައި ކުއްލިއަކަށް ފޯނު ކަޑައެޅިގެން ދިޔައީ.
އެޑަމް : އަހަންނަށް އެނގޭ ހައިޝަމް މިހާރު ބަދަލުވެއްޖެކަން. އެއީ އޭނާ އެގެއަށް ބަދަލުވަމުން. ހައިޝަމް އުޅޭތަން ރޭގަނޑުގައި ވަރަށް ހަމަހިމޭން. އަހަންނަށް އެމީހުން ރުފިޔާ ދީނަސް އަހަރެން އެތާގައި ނުހުންނާނަން.”
ސާރާ: މިވަގުތު ގައި އޭނާ ގޭގައި ހުންނާނެ ތަ؟؟
**************** ******************* ****************
ސާރާ ދެން އަވަސް ވެގަތީ އޭނާޔާ ހަވާލުވެފައި ހުރި މަސައްކަތްތައް ކުރުމަށެވެ. މަސައްކަތް ނިމުމަށްފަހު ސާރާ ހިގައިގަތީ އޭނާގެ އެކުވެރިޔާ، ހައިޝަމްގެ ގެއާ ދިމާއަށެވެ. ހިނގަމުންދާއިރު އެއްޗެއް އޭނާއަށް ބަލަހައްޓައިގެން ހުރިކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް ފަހަތަށް ނުބަލައި ސާރާ ކުރިއަށް ހިގައިގަތެވެ.

ސާރާ އެގެއާ ހަމަވިއެވެ. ލަސްނުކޮށް ސާރާ ދޮރުގައި ޓަކި ޖެހި އެވެ. ނަމަވެސް ހައިޝަމް ދޮރު ނުހުޅުވުމުން މީހަކު ގެނެސްގެން ތަޅު ހުޅުވާލިއެވެ.

ސާރާ އެގެއަށް ވަނެވެ. ހިނދުކޮޅަކަށް ހައިރާން ވެފައި އެ ތަނަށް ބަލަހައްޓައިގެން ހުއްޓެވެ. ހީވަނީ ބިންހެލުމެއް އައިހެން. މުޅި ގޭގައި ހުރި ހުރިހާ އެއްޗެހި ބިންމައްޗަށް އެއްލާލާފައި ހުއްޓެވެ. އަދި ފާރުގައި ހުރީ ނިއުސް ޕޭފަރް ހިއްޕާފައި ހުރީ ޓޭޕް ގެ ޒަރީޢާއިން. ސާރާ ހުރިހާ ފޮތްތަކާއި ޕޭޕަރުތައް އެއްފަރާތުގައި ބެހެއްޓިއެވެ.

މީހަކު ބަލަހައްޓައިގެން ހުރިހެން ސާރާ އަށް ހީވި އެވެ. އެބުރި ބަލައިލިއިރު ހައިޝަމް ހުއްޓެވެ.

ސާރާ ބުންޏެވެ. “ޔާ ﷲ. ދިޔައީ ސިއްސައިގެން. މީއީ ކޮންކަމެއް؟”
ހައިޝަމް: “ސޮރީ ސާރާ އަހަންނަށް އަޑެއް ނީވުނު ޓަކިޖެހިއިރުވެސް.”
ސާރާ: “އަހަރެން ހުރީ ވަރަށް ބިރުން ފޯނު ނުނެގީމައި. ކީއްވެ ނުނެގީ؟؟”
ހައިޝަމް: “އަހަރެން މަސައްކަތް ކުރާތީ ނުނެގުނީ.”
ސާރާ: “އިންޓަރނެޓުގެ މަސައްކަތް ނިމުނީ ދޯ؟؟
ހައިޝަމް : “ނޫން ނުނިމޭ.”
ސާރާ : “މީ ކޮންކަހަލަ މަސައްކަތެއް؟ ކޮންމެ ދުވަހަކު ވެސް ރޭގަނޑެއް އަދި ހެންދުނެއް ނުބަލައި މަސައްކަތް ތިކުރަނީ. ތި މަސައްކަތް އަހަންނަށްވެސް ކިޔައިދީ ބަލާ.”
ހައިޝަމް :”ފަހުން.. ”

މަޑުމަޑުން އެއްޗެއް ހިފައިގެން ދިޔައެވެ. އެވަގުތު ސާރާ އެހި އެވެ.” އަހަރެންގެ ޑިޖިޓަލް ކެމެރާ ގެންދެވިދާނެތަ؟؟ ”
ހައިޝަމް :” ޝުކުރިއްޔާ. ބޭނުންކޮށް ނިމިއްޖެ. ކަބަޑު ތެރޭގައި އިންނާނެ. ”
ސާރާ : ” އަހަރެން ދޮރުތައް ހުޅުވައިލަންތަ؟ ”
ސާރާ :” އޭނގޭތަ މި ހަތަރު ދުވަހު ވެސް ނަޝްފާ ހައިޝަމްއަށް ގުޅި، އެކަމަކު ހައިޝަމް ފޯނު ނުނެގީމައި ނަޝްފާ އަށް ހީވަނީ ހައްތާވެސް ހައިޝަމް އޭނަދެކެ ރުޅި އަންނަނީހެން. ހައިޝަމް ،ހައިޝަމް؟؟؟؟”

އެއްވެސް ޖަވާބެއް ނުލިބުމުން ސާރާ ހައިޝަމްގެ ކޮޓަރިއަށް ދިޔައެވެ. “ތެދުވޭ، ތެދުވޭ” މިހެންކިޔާ އަޑު ސާރާ އަށް އިވުނު.
ކުދި ކުދި ފިޔަވަޅު އަޅަމުން ކޮޓަރިތެރެއަށް ވަދުނެވެ.
ފެނުނު މަންޒަރުން އާޝޯޙު ވެފައި އިނދެފައި ރޯން ފެށި އެވެ.
********* ****** ***ނުނިމޭ *** ******** *** ********
ނޯޓް:މިވާހަކަ ތިބޭފުޅުންނަށް ކަމުދާނެކަމަށް އުންމީދުކުރުން. މި ވާހަކައިގެ ހުރިހާ ބައިތަކެއް ވަރަށް ފުރިހަމައަށް ގެނެސްދެވޭނެތޯ މަސައްކަތް ކުރަން

Share Article

Follow Me Written By

Aishath Eeshal

Level 1

Other Articles

Previous

دابة( ޑައްބެ 01) ޓުރެއިލަރ

Next

[2]…..salanghae

Next
April 29, 2020

[2]…..salanghae

Previews
April 29, 2020

دابة( ޑައްބެ 01) ޓުރެއިލަރ

2 Comments!

  1. Anonymous says:
    April 30, 2020 at 3:23 pm

    Mi vaahaka vrh reethi vaane hen heevany.? when is next part ??????

  2. no name says:
    May 2, 2020 at 5:04 pm

    looking forward for the nxt part… hope v avahah upkohladeynekamah….:):):)

Comments are closed.


All Right Reserved!