Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ފާޙަނާ – 4

Cheen Level 1
April 29, 2020 3 Mins Read
2 Comments

އަނެއްކާ މިވީ ކީއް ހެއްޔެވެ؟ ޒިޔާން އެންމެ ފަހު ވަގުތުގައި ކައިވެންޏަށް އިންކާރު ކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ހިފައިގެން ދިޔަ ކުއްޖާއަކީ ވަގު ބިޓު ހެއްޔެވެ؟

***************************************************************************************************

ފަޒީލްއާއި އެއްކޮށް ދުރުގައި މަންޒަރު ބަލަން އަހަރެން ހުރީމެވެ. ކައިވެނީގެ ހަފްލާ މިވީ ބޮޑު ސަމާސާއަކަށެވެ. ސާރާގެ އަގުވެއްޓި އޭނާގެ އާއިލާ މެމްބަރުންގެ ތެރެއިން ފަހަރަކު މީހަކު ހަމްދަރުދީގެ ލޮލުން ސާރާއަށް ބަލާލުމަށްފަހު ޕާޓީ ދޫކޮށް ދަނީއެވެ. މިހާރު ޒިޔާން އާދޭތޯ ބައިގަޑިއިރެއްހާއިރު ތިބެވިއްޖެއެވެ.

“މަ އެބަ އަންނަން ޒިޔާން ފެނޭތޯ ބަލާފަ އިނގޭ؟”

ފަޒީލްގެ ބަސްތަކަށް އަހަރެން ބޯ ޖަހާލީމެވެ. އަހަރެންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. އެވީ ހަމަ ވާންވި ގޮތަށެވެ. މީހަކަށް ދެރައެއް ދީފައި އެހެން މީހަކަށް އުފަލުން ނޫޅެވޭނެ ވާހަކަ އަހަމެވެ. މިޔަދު ލޮލުން ދެކި ސާރާއަށް ތަޖުރިބާ ވެސް ކުރެވުނީތާއެވެ. ބޭއިހްތިޔާރުގައި ލާނެތް ހިނިގަނޑެއް އަހަރެންގެ މޫނަށް ސަވާރުވިއެވެ. ހަމަ އެވަގުތު ބަދުނަސީބުކަމުން ސާރާގެ ނަޒަރު އަހަރެންގެ މޫނަށް ސީދާވިއެވެ. ގޮނޑިން އޭނާ ތެދުވެގެން އަހަރެންނާއި ދިމާލަށް އައިރު ހީވަނީ ރަތްކުލަ ފެނިގެން ގެރިއެއް އަންނަ ހެނެވެ. ހާސްވި ވަރުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ކަލޭ ދޯ ހުރިހާ ކަމެއް ކުރީ؟ ޒިޔާން ކައިރި ބުނީ ކަލޭ ދޯ؟”

ސާރާގެ ވާހަކަ ދެއްކީ އަނގަ ފިއްތައިގެނެވެ. އެހެން މީހުނަށް އަޑު އިވޭ ހެނެއް ހިޔެއް ނުވެއެވެ. ފުރުސަތުގެ ބޭނުން ހިފަން މިއަށްވުރެ ރަނގަޅު ވަގުތެއް ނުލިބޭނެއެވެ.

“ސާރާއަށް ހަމަ ވާންވި ގޮތައް އެވީ. ދެމީދާ ފެހި ބުޅަލަށް ވީވަރު. ދެން ދަތްކުނޑިވިކަމުން މަ ކައިރިއަށް އަންނަން އުޅޭނެ ކަމެއް ނެތް.”

ފޮނި ހިނިގަނޑަކާއި އެއްކޮށް އެހެން ބުނެލިޔަސް ހިތް ހުރީ ހާސްވެފައެވެ. ސާރާ ބުނާނެ އެއްޗެއް ނޭނގެއެވެ. ކުރާނީ ދެން ކީއްކަމެއް ނޭނގެއެވެ. މީގެ ކުރިން ވެސް ސާރާއަކީ ނަފްސާނީ ބައްޔަކަށް ބޭސް ކެއި މީހެކެވެ. މިފަހަރު ގުރައިދޫއަށް ފޮނުވާލައިފިއްޔާ ރަނގަޅެވެ.

“އަައިމް ޕްރެގްނެންޓް!”

މީހުނާއި ދުރަށް ދަމުން ސާރާ ވައި އަޑަކުން ބުނެލިއެވެ. އަހަރެންގެ މޭގަނޑު ފިނިވެގެން ދިޔައެވެ. ގައިމުވެސް އެއީ ޒިޔާންގެ ދަރިއަކަށް ނުވާނެއެވެ. ކުރިން އައި ރުޅި އިންތިހާއަށް އިތުރުވެއްޖެއެވެ. އަހަރެންގެ ދަރިއަކަށް ބަލިވެ އިނދެ ޒިޔާންގެ ބޮލަށް ޖަހަން އުޅެނީ ކީއްކުރަން ހެއްޔެވެ؟ ޒިޔާންއަކީ ހަމަ އެހާވެސް މުހިންމު މީހެއް ހެއްޔެވެ؟

“ދެން ޒިޔާންއާ އިންނަނީ ކީއްކުރަން؟! އަހަންނާ އިނީމަ ވީނު! މީދެން ކޮންފަދަ ބޮޑު ބަ..”

ސާރާގެ ލޮލަށް ކަރުނަތައް ގިނަވެއްޖެއެވެ. އަހަރެންގެ އަޑު މަޑުވެގެން ދިޔައެވެ. ސާރާދެކެ ކިތަންމެ ފޫހިވިޔަސް އޭނާގެ ބަނޑުގައި އޮތް ދަރިއަށް މުސްތަޤްބަލެއް ދޭން އަހަރެން ބޭނުންވިއެވެ. އެހެން ފިރިހެނެއްގެ ބޮލުގައި އަހަރެންގެ ދަރި އެޅުވުމަށްވުރެ އެގޮތް ކިތަންމެހާވެސް ރަނގަޅެވެ. ސާރާއަށް ނުވިސްނިގެން އުޅެނީ ކޯއްޗެއް ހެއްޔެވެ؟

“އަހަރެން ފިރާއާ ކައިވެނި ކުރާކަށް ބޭނުމެއް ނޫން! ދުވަހަކުވެސް ބޭނުމެއް ނޫން!”

މޫނުމަތީގައި އަތް އަޅަމުން ސާރާ ގިސްލަމުން ރޯން ފެށިއެވެ. ރުޅިގަނޑު މައިތިރިވެ އަހަރެންގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. ހަޔާތަށް އެޅިފައި ހުރި ކަޅު ހިޔަންޏެއްގެ ނުފޫޒުގަދަ ކަމުން މުޅި އުމުރަށް ލޯބީގެ މައިދާނުން އަހަރެން މަހުރޫމްވީއެވެ.

“ސާރާ.. އަހަރެން ސާރާދެކެ ލޯބިވޭ.. ޓްރަސްޓް މީ”

ދިއްކުރަން އުޅުނު އަތް ސާރާ ފޮޅާލިއެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެމުން ސާރާ ފާޑެއްގެ ފަކުރު ވައްތަރަކަށް އަހަންނާއި ދިމާލަށް ބަލާލިއެވެ.

“ފިރާ އަކީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް.. އަހަރެން ދުވަހަކުވެސް.. މި ދަރި ވެސް ބޭނުމެއް ނޫން”.

އިތުރު އެއްޗެކޭ ނުބުނެވެނީސް ސާރާ މަގުމައްޗާއި ވީ ދިމާލަށް ދުއްވައިގަތެެވެ. ހުރިހާ ކަމެއްވެ ނިމުނީ ސިކުންތެއްގެ ތެރޭގައެވެ. ހުރި ތަނަށް ޖެހި ބުދެއްހެން އަހަންނަށް ހުރެވުނީއެވެ. ހިތުގައި ރިއްސާލި ރިހުން މިހާރު ގަދަފަދަ ވޭނަކަށް ވެއްޖެއެވެ. ބާރަށް ދުއްވަމުން އައި ބަހެއްގައި ޖެހި ސާރާ ވިއްސައިގެން ދިޔަ މަންޒަރު ފެނިއްޖެއެވެ. ބުނަންވީ ކީކޭ ހެއްޔެވެ؟ ކުރެވޭނީ ކީއް ހެއްޔެވެ؟

ސާރާއެވެ. އަހަރެންގެ ހަޔާތަށް އަބަދަށްޓަކައި އަލްވަދާޢު ކިޔަނީ ހެއްޔެވެ؟

ސާރާގެ ހަށިގަނޑުން އޮހެރެމުން ދިޔަ ލޭތައް މަގުމަތި ރަތް ކޮށްލިއެވެ. ސައިކަލަކުން ފަޒީލާއި އެއްކޮށް ފޭބި ޒިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދުވަމުން ފޮޅެމުން އައިސް އޭނާ ސާރާގެ ގައިގައި ބައްދަމުން ދިޔައިރު ހީވަނީ މީގެ ގަޑިއިރެއް ކުރިން ޕާޓީ ދޫކޮށް ފިލާ ނުދާ ހެނެވެ. ރޮއި އަޑު ނެގި ވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެނެވެ. އަހަންނަށް ހުރިތާ އަދިވެސް ހުރެވުނީއެވެ. ސާރާގެ އެންމެ ފަހު ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ.

އެރޭ ދަންވަރު ސާރާގެ ހާލު ގޯސްވެ މުޅި ދުނިޔެއަށް އަލްވަދާޢު ކިޔުމަށްފަހު އޭނާ ދިޔައީ މާ ދުރު މަންޒިލަކަށެވެ. އަހަރެންގެ އަޑު ދުވަހަކުވެސް ނުފޯރާނެ މަންޒިލަކަށެވެ. އެރޭ ސާރާގެ ޖަނާޒާގައި އަހަރެން ބައިވެރިވީމެވެ. އެންމެނާއި އެއްކޮށް ކަށު ނަމާދުކޮށް އޭނާގެ އާއިލާގެ ހިތާމާގައި ބައިވެރިވީމެވެ. ޒިޔާން ފެންނާކަށް ނެތެެވެ. ފަޒީލް ބުނީ އޭނާޔަށް ކުރި އަސަރަކުން އެޑްމިޓްކޮށްފައި އޮތް ވާހަކައެވެ. ހިނިގަނޑު މައިތިރިވެވުނީ ވަރަށް ވަރުންނެވެ. ޒިޔާންގެ ޑްރާމާ ޤަބޫލުކުރާނެ މޮޔައިންވެސް މިދުނިޔޭގައި އުޅޭތީ އަހަރެން ހައިރާންވިއެވެ.

ކަށުނަމާދު ނިންމައިގެން ސަހަރާ ކައިރީގައި ޕާކްކޮށްފައި އިން ސައިކަލާއި ދިމާލަށް މަޑު ހިނގުމެއްގައި އަހަރެން ދިޔައީމެވެ. ނިކަގަހެއްގައި ހިޔަލުގައި އިން ސައިކަލު ފެނުމުން ހިނގުން އަވަސްކޮށްލީމެވެ. ދުވަހުގެ ވަރުބަލިކަން ސިކުނޑިއަށް ސަވާރުވަމުން ދާހެން ހީވާތީއެވެ.

“ކާކު މަރުވީ؟”

ހުރި ފިޔަވަޅުމައްޗަށް ހުއްޓެވުނެވެ. މީގެ ސިކުންތެއްގެ ކުރިން ހުސްކޮށް އިން ސައިކަލުގައި މިހާރު އިށީދެގެން އިނީ ދަންނަ މޫނެކެވެ. ސައިކަލާއި ދިމާލަށް މަޑު މަޑުން އަހަރެން އައީމެވެ. އަނދިރިގަޑުން މޫނު ރަނގަޅަށް ނުފެނުނަސް އެއަޑަކީ ދަންނަ އަޑެކެވެ.

“ފިރާ.. ދެރަވެފަތަ؟”

މިފަހަރު ސައިކަލުގައި އިށީދެގެން އިނީ ކާކުކަން އިނގިއްޖެއެވެ. ހައިރާންވެ ކުޑަކޮށް ބިރުވެރިކަން އަހަރެންގެ ހިތަށް ވެރިވިއެވެ. ކޮން ސަބަބަކާހުރެ ކަމެއް ނޭނގުނެވެ.

“ރަޝާ؟. މިތާ ކީއްތަ ތި ކުރަނީ؟”

ރަޝާ އޭނާގެ ދިގު ނިޔަފަތިތައް އަހަރެންގެ އަތުގައި އަޅުވާލިއެވެ. ކައިރިއަށް އަންނަން ބޭނުން ނުވިޔަސް އަހަރެންގެ ޖިސްމު އަމިއްލަ އިހްތިޔާރުގެ ނުފޫޒުން ބޭރުވި ކަހަލައެވެ. އަތުގައި ހިފުމުން ރަޝާގެ ނޭވާ ޖެހޭ ނުޖެހޭ ހިސާބަށް އާދެވުނީ ނޭނގި ހުއްޓައެވެ. އޭނާގެ ތުންފަތުގައި ވަނީ ރަތް ކުލަ ޖައްސާލާފައެވެ. ލޮލުގެ އެސްފިޔަތައް އިހުނަށް ވުރެ ދިގުހެން ހީވިއެވެ. ލައިގެން އިން ކަރުވަޅު ބޮޑު ޓީޝާޓުން ބަލާނެ ވަރަކަށް ބަލަން ދޫކޮށްލާފައި ހުރި ކަހަލައެވެ. ކުޅު ތަލީގައި ހިކުނެވެ. ރަޝާއަކީ ވަރަށް ރީތި އަންހެނެކެވެ.

“ބުރޯ! ކިހިނެތްވީ؟”

ސިއްސައިގެން ގޮސް އަހަރެން ފަހަތް ބަލާލީމެވެ. ފަޒީލް ހަލުވި ހިނގުމެެއްގައި އަންނަ މަންޒަރު ފެނި އަވަސް އަވަހަށް ރަޝާއަށް ބަލާލީމެވެ. ނަމަވެސް ރަޝާ ފެންނާކަށް ނެތެވެ. ނިކަގަހާއި ވީ ދިމާލުން އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. ދެންމެ ފެނުނު މަންޒަރަކީ ވަހުމެއް ހެއްޔެވެ؟ ނޫނީ….

“ހިނގާބަ މަ ގެޔަށް ވައްޓާލަދޭން… މަ ސައިކުގެ ޕެޓްރޯލް ހުސްވެއްޖެ”

އިތުރު އެއްޗެކޭ ނުބުނެ ފަޒީލާއި އެއްކޮށް އަހަރެން މިސްރާބުޖެހީ އޭނާގެ ގެޔަށެވެ. އެވަގުތު އަަހަރެންގެ ސިކުނޑީގައި ވަނީ ނޭނގޭ ބިރުވެރިކަމެއް އަށަގެންފައެވެ.

 

Share Article

Follow Me Written By

Cheen

Level 1

Other Articles

Previous

އެ މާޒީގެ ދުވަސްތައް

Next

އަބަދުވެސް މިހިތުގާ ވެޔޭ (7)

Next
April 29, 2020

އަބަދުވެސް މިހިތުގާ ވެޔޭ (7)

Previews
April 29, 2020

އެ މާޒީގެ ދުވަސްތައް

2 Comments!

  1. mia says:
    April 30, 2020 at 12:37 am

    vaau. Haadha reehchey. Dhn oi bai kon irakun?

  2. no name says:
    May 2, 2020 at 5:45 pm

    my dear ur so talented..amaxing…. vvvvvvv rethi mi prt vx ..love it .. looking forward for the nxt part..

Comments are closed.


All Right Reserved!