“އެއްވެސް ވާހަކައެއް ފަހުން ދައްކަން ނުބަހައްްޓާތި؟” ދެލޯ މަރާލައިގެން އޮވެ ހިނިތުން ވެލަމުން ސައްތާރު ބުނެލިއެވެ. “ކޮން ކުއްޖެއްތަ އެއީ؟” “އެއޮއް ކުޑަބެ ގޯތި ސީމާ!!” އަންވަރު ބުނެލިއެވެ. “ދެން ކޮންއިރަކުން ދަރިފުޅު ކައިވެނި ކުރަން ނިންމައިގެން ތި ހުންނަނީ؟” ސައްތާރު މަޑުމަޑުން ތެދުވެމަށްފަހު ފާރުގައި ބުރަކަށި ޖައްސާލަމުން ހަމަޖެހިލިއެވެ. “ނޭނގެ! ބައްޕަ ދުވަހެއް ބުނެދީބަލަ!” “ބައްޕަ އަށް ވަރިހަމަ މާދަމާ ކައިވެނި ކުރިއަސް! މިހާރުވެސް މި ހުންނަނީ ދަރިފުޅު މީހަކާ އިންނާނެ ދުވަހެއްގެ އިންތިޒާރުގަ! އުމުރުވެސް […]
“ހިލްމީ ރެޑީތަ..” ބޭރަށް ނިކުންނަމުން ފައިސަލް ގޮވާލިއެވެ. ހިލްމީ ކޯޓް ޗިޓާއި އެކު ބޭރަށް ނިކުތެވެ. އަދި ބޮލުން އާއެކޭ ބުނެލިއެވެ. ދަންވަރުން އަލިވެ ތިނެއް ޖަހަނީއެވެ. މުޅި ރަށު ތެރެ ނިދާފައިވާ ކަހަލައެވެ. ސްޓޭޝަންއިން ބޭރަށް ނިކުމެ އޭރު ސްޕެޝިއަލް ފޯސްގެ ޓީމްއެއް ރެޑީގައި ތިއްބެވެ. ކަޅު ޖެކެޓްލައި އަތުން ކަރަންޓް މުގުރި ހިފައިގެންނެވެ. ފައިސަލް އެމީހުންނާއި ދިމާލަށް ބަލާލިއެވެ. “އަހަރުމެންގެ މަސައްކަތަކީ ނާޝިދު ހައްޔަރު ކުރުން.. އެކަމަކު ހައްޔަރު ކުރާއިރު އެއްވެސް ކަހަލަ ގެއްލުމެއް […]
“ހަޅޭ ލަވާނެ ކަމެއް ނެތް! ކަލޭގެ އަމައެއް ނާންނާނެ!! ކަލޭ ތިހިރީ ބުނި އަގެއް ދީގެން ގަނެލާފައޭ!!” މާހިލް ޝިއާނާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ކަރު ބުޑުން ހަޅޭލަވަމުންދިޔައެވެ. “މިފަހަރު ކުޅި ދައްކާލާނަން!!” މާހިލް އަވަސް އަވަހަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ޓީވީ ރެކް މަތީ އޮތް ބޮޑު ކަތުރު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ޝިއާނާ ބިންމައްޗަށް ކޮއްޕާލުމަށްފަހު މާހިލް އަވަސް އަވަހަށް ގޮސް ކަތުރު ނެގިއެވެ. ހަރަކާތްތައް އަވަސް ވެފައި ވާވަރުން އޭނާގެ މުޅި […]
ވިސްނުމަކަށް ގެއްލިފައި އިން ޔައީޝް އިސްއުފުލައި ބަލައިލީ ކައިރީގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވިގެންނެވެ. އެއާއެކު އޭނާގެ ކަޅި ގޮސް ހުއްޓުނީ ޝިއާނާގެ މުށި ކުލައިގެ ފުން ދެލޮލަށެވެ. ޝިއާނާ ހިނިތުންވެލިއެވެ. ޔައީޝް ވެސް އެއްމިޔަކަނުން ހީލިއެވެ. އެވަގުތު އެއް ކޮލަށް އެޅިގެން ދިޔަ އަޑި ކޮޅުފެނިފައި ޝިއާނާގެ ހަތަރެސް ފައިން ހީބިހި ނަގައިގެން ދިޔައެވެ. ޝިއާނާ މަޑުމަޑުން ޔައީޝްގެ ކައިރީގައި އިށީނދެލިއެވެ. އޭނާގެ ބޭނުމަކީ ޔައީޝް އާ ވާހަކަ ދައްކާލުމެވެ. އޭނާގެ ހާލު އަހުވާލު އޮޅުން […]
“ކޮބާ ކަލޭއާ ޖެހުނީ!!” އަބްރާސް އާ މުހާތަބު ކޮށް ދޮންއަހުމަދު ރުންކުރުކަމާއެކު ބުނެލިއެވެ. “ކަލޭ ހަދަން ޖެހޭނީ މަ ބުނާގޮތެއް! އެހެން ނޫނީ ވާނެ ގޮތް ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ! ހަނދާން ކުރާތި! ކޮންމެ ތާކު ހުއްޓަސް ކަލޭ ހަދާ ނުހަދާ މަށަށް އެނގޭނެ!! ގޯހެއް ހަދައިފިއްޔާ…..” *** އިރުއޮއްސި އަނދިިރިވެގެން ދިޔައިރުވެސް މާހިލް އިނީ ހޮސްޕިޓަލުގައެވެ. މިއަދު ދައްކަން އައި ޕޭޝެންޓުންގެ އަދަދު ގިނަކަމުން އެ ހުރިހާ އެންމެންގެ ޑޮކިޔުމަންޓްސް ތަކާއި ޓެސްޓުތައް ހަމަޖައްސާ […]
އަހަރެންނަށް ހޭވެރިކަން ވި އިރު އަހަރެން އޮތީ ވަރަށް އަދިރި ތަނެއްގައެވެ. ދެލޮލަށް އެއްވެސް އެއްޗެއް ފެންނަ ގޮތެއް ނުވިއެވެ. އަތުން މަޑުމަޑުން ތަންތަނުގައި ހާކާލީމެވެ. އެތަނުގެ ހުރި އަޑިގުޑަން ކަން އަހަރެންނަށް އިހްސާސްވިއެވެ. އެއީ ހިލައިގެ ތަނެއްކަން އަހަރެންނަށް އެގުނީ އެތަނުގައި އަތްޖަންސަން ފެށުމުންނެވެ. އޭރުވެސް މީހާގެ ބޮލުގައި ވަރަށް ރިއްސަމުން ދިޔައެވެ. ވާން އުޅެނީ ކީއްކަން އަހަރެންނަކަށް ނޭގެއެވެ. މަޑުމަޑުން އަދިރި ތެރެއަށް ލޯ ހޭނެމުން ދިޔަ ވަރަކަށް އެތަނުގެ ބޮޑުމިން އެގެމުން ދިޔައެވެ. […]
ޝާލިނީ މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައީ ފެނުނު މަންޒަރުގެ ސަބަބުންނެވެ. ޝާލިނީއަށް ފަހަތަށް ޖެހިލެވުނެވެ. ކުރިމަތިން ފެނިގެން މިދަނީ ކޮންފަދަ މަންޒަރެއް ހެއްޔެވެ؟ ނޫނީ އެއީ އޭނާގެ ލޯ އޭނާއަށް ކުރާ ޖެއްސުމެއް ހެއްޔެވެ؟ އިސާހިތަކު އޭނަގެ ދެލޯ ފުރިގެން ގޮސް، ކަރުނަތައް ކޯތާފަތް މައްޗަށް އޮހޮރިގެން ދިޔައެވެ. ޝާލިނީގެ ކޮއްކޮ ބަލްޝަމް އިނީ ފާރުގެ ކަނަކަށް ބިއްޖެހިފައެވެ. އަތުގައި އޮތް ޗޯކުބުރި ފާރުގައި ކާއްތަމުންދިޔައިރު […]
(މިއީ، އަޅުގަނޑު ކުރިން އެސްފިޔައިގާ ޝާއިޢު ކުރި ދިގު ވާހަކަ، “ކަޅުފިނިފެންމާ” ގެ ދެވަނަ ސީޒަން އެވެ.) ކުއްލިއަކަށް ވިދާލިއެވެ. މުޅި އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔައެވެ. ހީވީ ވިލާތަކުގެ ތެރެއިން ރެދަން ކަނޑާލިހެންނެވެ. ހަމަ އެ ސިކުންތުގައި ޖަހާލި ބާރު ގުގުރީގެ ސަބަބުން ރޭގަނޑުގެ ހަމަހިމޭންކަން ކަނޑުވާލިއެވެ. ތުފާނީ ރެއެއްގެ ބިރުވެރިކަން، ރަށުގެ އެންމެންވެސް ދިޔައީ ތަހައްމަލު ކުރަމުންނެވެ. ކަޅު ހިލަގަނޑުތަކެއްފަދަ ވިލާތަކުން މުޅި އުޑުމަތިވަނީ ބައްދާލާފައެވެ. ސަމީރު ބާރު ހިނގުމެއްގައި މިސްރާބު ޖަހާފައިވަނީ […]
އަހަރެން ހަމަ އެހުރި ތަނުގައި ހުރީ އެވެ. ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީ މަލާމާތް ކުރާ ގޮތަށެވެ. (ކުރިން ނުބުނެ ވި ދިޔަ ވާހަކައެއް ބުނެލާނަމެވެ. ފަރީޤް އެތަނަށް ވަތް އިރު މޫނުމަތީގައި ކުރިން އަޅާފައިވާ ފޮތިގަނޑު ވަނީ ނަގާފައެވެ. ފަރީޤް އަކީ ފުޅާ ނިއްކުރިއަކާއި ބޮޑު މަތިމަހެއް ލާފައިވާ މީހެކެވެ. އަދި ތުބުޅިއެއް ލާފައިވާ ޒުވާނެވެ). އަހަރެންނަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަރީޤް އޭނަގެ އަތުގައިވާ ރިމޯޓެއް ކަހަލަ އެއްޗަކަށް އޮއްބާލިއެވެ. އެވަގުތު […]